”އަހަރެންގެ ދަރިފުޅުގެ ޤާތިލުން މި ހާދިސާގެ ނާޖާއިޒް ފައިދާ ނަގާނެކަން އިނގޭތީ އަހަރެން އައީ! އަޑުއިވިއްޖެތަ؟…” ވީނާ ހުރީ އޭނަގެ ގޮތުގައެވެ. އެތަނުން ދާ ޚިޔާލެއް އޭނަގެ ނެތެވެ. ރޫޔާ ހީވަނީ ރުޅިއައިސް ރޫޅިދާނެހެންނެވެ. ވީނާގެ ވިހަ ދޫގެ ސަބަބުން އޭނަގެ މަންމައަށް ކަމެއް ވެއްޖެނަމަ އޭނަ އެއަންހެނާއަށް ދުވަހަކު މާފެއް ނުކުރާނެއެވެ. ރޫޔާ ލޮލުން ފޭބި ކަރުނަތަށް ފޮހެލަމުން އެތާ ހުރި ގޮނޑިބަރިއެއްގައި އިށީނެވެ. ރޫޔާގެ ފަހަތުން އީނާ ވެސް އިށީނެވެ. އޭނަ ރޫޔާއަށް ހިތްވަރު […]
”ޔޫ ސްކެއާރޑް މީ….” އަވަސް ވެފައިވާ ހިތަކާއެކު ރޫޔާ ބުންޏެވެ. ނަޒްޔަކް އެހާ ކައިރީން ފެނުމުން ރޫޔާގެ ހިތުގެ ތެޅުން ކުރިއަށްވުރެ ބާރުވެގެން ދިޔައެވެ. އެއާއެކު އޭނަގެ ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލަމުން ރޫޔާ ހަށިފުރާ ނޭވާއެއް ލިޔެވެ. ނަޒްޔަކް އެހާ ކައިރީގައި ހުރުމުން އޭނައަށް އުނދަގޫވެސް ވިއެވެ. ”މިރޭ މިތާންގަތަ ހުންނަނީ؟ ޖިންނި ލޯބިވެރިއެއް ހުންނަނީތަ އަނެއްކާ؟…” ނަޒްޔަކް ރޫޔާގެ މޫނަށް ފުންނަޒަރެއް ހިންގާލަމުން ބުންޏެވެ. ކޮންމެވެސް ކަމަކާ ހިތާމަކުރާކަން އެ ރީތި ދެލޮލުން ހެކި […]
އެއް ހަފްތާ ފަސް…. އެރޭގެ ހާދިސާއަށް ފަހު ދެ ޢާއިލާގެ ގުޅުން ރަގަޅުވެ އުފާވެރިކަމުގެ ދުވަސްތަކަށް އިރުއަރައިގެން އައި ކަހަލައެވެ. މެންދުރުގެ ކެއުމަށް ފަހު ފަޒްލާމެން ތިބީ ވާހަކަ ދައްކާލާށެވެ. ދެކެވެމުން ދިޔަ ވާހަކައަކީ އީނާ އާއި އަލްޔަސްގެ ކައިވެނީގެ ވާހަކަތަކެވެ. ރޫޔާ ވެސް އެންމެންގެ ވާހަކަތަކުގައި ބައިވެރިވެލަން ބޮޑުކޮޓަރިއަށް ނިކުތެވެ. އެންމެންގެ މޫނުމަތިން ރޫޔާއަށް އެވަގުތު ފެނުނީ އުފާވެރިކަމެވެ. ކުރިން ގެއަތް ވެރިވެފައި އޮތް މަޔޫސްކަމަކާއި ފަޅުކަމަށް ނިމުމެއް އަތުވެއްޖެއެވެ. އޭނަގެ މަންމަގެ ސަބަބުން ހަލާކުގެ […]
މައިމޫނާއަށް ހީވީ ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. އޭނައަށް ރަގަޅަށް ނޭވާލެވުނީކީވެސް ނޫނެވެ. ހަޤީޤަތް އެއޮތީ ބޭޒާރުވެފައެވެ. ފަޒާގެ ތެރެއަށް ފެތުރިފައި އޮތް ގަދަ ފިނީގެ ތެރޭން ވެސް މައިމޫނާއަށް ހޫނުވާން ފެށިއެވެ. ހިތް އަވަސްވެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިއްޖެއެވެ. ފަތަން ނޭގޭ މީހަކު ގެނބެން ފެށުމުން ކުރެވޭނެ އިހުސާސްތައް އޭނައަށް އެކުޑަ ވަގުތު ކޮޅުގެ ތެރޭގައި އިހުސާސް ކުރެވިއްޖެއެވެ. ކުރިމަތިން ފެންނަމުން ދިޔަ ސޫރައަށް ބަލަން ހުރެ ދުޢާ ކުރެވުނީ މިއީ […]
”ގަންނަން ބުނި ތަރުކާރީތައް ލިބުނުތަ؟” ނަޒްޔަކް ދިއުމާއެކު އެތެރެއަށް ވަންނަން ދިޔަ ޒެލީންއާ އުމެއިރާ ސުވާލުކޮށްލިއެވެ. ”ހޫމްމްމް…” ކޮތަޅުތައް ދިއްކޮށްލަމުން ޒެލީން ބުންޏެވެ. ދެން އޭނަ ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ”ދަރިފުޅާއެކު އައީ ކާކުތަ؟” މަންމަގެ ސުވާލުން ޒެލީންއަށް ސިހުން ލިބުނެވެ. ”އެކުވެރިއެއް…” ޒެލީން ބުންޏެވެ. ”ދުވަހަކު ނުދެކެން….” އުމެއިރާ ބޭނުންވީ ދެކުދިންގެ ގުޅުން އޮތް މިންވަރެއް އޮޅުން ފިލުވާށެވެ. އޭނަގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ނުދެއެވެ. ޒެލީން އުމެއިރާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި […]
”ފިޒޫ ތިބުނީ ތެދެއް، ވެދާނެ ހިތާމައެއް ލިބުމުގެ ކުރިން އަހަންނަށް ވިސްނެން ކަމަށް ވެސް މިއަދު އަލްޔަސްއާ ބައްދަލު އެވީ… ހީ ލަވްސް ސަމްވަން އެލްސް… ދެލޯބިވެރިންގެ ދެމެދަށް ވަނުމަކީ ރަގަޅުކަމެއް ނޫން، ވެދާނެ އަލްޔަސް އުޅެނީ އެކުއްޖާއާ މެރީކޮށްގެން ކަމަށް ވެސް… އަހަރެން ވާހަކަ ދައްކަން އުޅުނީމަ ވެސް އިގްނޯރ ކުރީ އެސަބަބާ ހެދި ކަންނޭގެ، ނުވިސްނުނީ އަހަންނަށް…. އަހަރެންގެ ހިތަށް ވިސްނައިދޭނީ، ލިބެން ނެތް އެއްޗެއް ހާސިލް ކުރަން އުޅުމުން އިތުރަށް ހިތަށް އަނިޔާތައް […]
އަލްޔަސް ގެއަށް އައިއިރު ދަންވަރު ގަޑީގައި ވެސް ހީވަނީ ގެއަށް ކުޑަވަރެއްގެ ޢީދެއް އައިސްފައިވާ ހެންނެވެ. ކުލްޘޫމް އުފަލުން ގޮސް ހީވަނީ މޮޔަ ވެދާނެހެންނެވެ. ތާއިފް ވެސް މެއެވެ. ވާނީވެސް އެވަރު ނޫން ހެއްޔެވެ؟ އެތައް އަހަރުތަކެއް ފަހުން ދަރިފުޅު އައުމުން ކުލްޘޫމްގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ދެން ނަޒްޔަކްއަށް ދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. މެލޭޝިޔާއަށް ގޮސް އަހަރަކު ދެފަހަރު ބައްދަލުވީ ކަމުގައި ވިޔަސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭކަމަކަށް ނުވެއެވެ. ނަޒްޔަކް ބަލިކުއްޖަކަށް ވުމުން […]
”ނޯ އިމްޕްރޫވްމެންޓް…” ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން އަލްޔަސް ބުންޏެވެ. ނަޒްޔަކް ވަކި އެއްޗެއް ނުބުނެ އަލްޔަސް އާ އީނާ އާއެކު ހިނގައިގަތީ މާލެ ފުރަން އޮތް ފެރީއާ ދިމާއަށެވެ. ނަޒްޔަކް ބޭރުފުށުން ދައްކަން ބޭނުން ނުވިކަމުގައި ވިޔަސް އެ ހިތަށް ވަނީ އަސަރުކޮށްފައެވެ. ރާނިޔާއާއި ބައްދަލުކޮށްލަން ވެސް ބޭނުންވެފައި ވަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެތައް އަހަރުތަކެއް ފަހުން ބައްދަލުވާއިރު ކޮއްކޮއަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ. ކޮއްކޮގެ ހިތާމަތަކަށް ލުޔެއް ލިބޭތޯ ނަޒްޔަކް މާތްﷲއަށް […]
އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނަށް ބަލަން އިނދެފައި އީނާ އަވަސް ނޭވާތަކެއް ލިޔެވެ. އަލްޔަސް ގާތު ފުރަން އުޅޭ ވާހަކަ އޭނަ ބުނީ މެސެޖަކުންނެވެ. މިވަގުތު އެއްވެސް މީހަކާއި ވާހަކަ ދައްކަން ބޭނުންނުވާތީ އަލްޔަސްގެ ފޯނުކޯލަކަށް ވެސް އޭނަ ޖަވާބެއް ނުދިނެވެ. އީނާ ހުރީ ޝޮކެއްގައެވެ. ލިބުނު ޝޮކް ފިލައިގެން ދާން އެތައް އިރެއް ނެގިއެވެ. ރާނިޔާ އުފުލާނެ ހިތާމަތަކާ މެދު ވިސްނާލިޔަސް ހިތަށް ތަދުވެއެވެ. ހަމައެއާއެކު ދޮންބެގެ ހިތަށް ކުރާނެ އަސަރުތައް ވެސް އޭނައަށް އިހުސާސް […]