”ރޭޝް، ފަހުން ގުޅާނަން އިނގޭ…” ޖަމީލާގެ އަޑު ކަންފަތުގައި ޖެހުމާއެކު މަލްސާ ފޯނުކޯލު ކުރުކޮށްލިއެވެ. އަދި ބެލްކަނީގެ ދޮރު ހުޅުވާލަމުން ބޮޑުކޮޓަރިއަށް އަވަސް ނަޒަރެއް ދިނެވެ. އެވަގުތު ބޭރަށް ދާން ތައްޔާރުވެގެން ހުރި ޖަމީލާ ފެނުމުން މަލްސާއަށް ލިބުނީ ހައިރާންކަމެވެ. ޖަމީލާއަކީ މީގެ ކުރިން ބާޒާރު ކޮށްލަން ވިޔަސް ގެއިން ނިކުންނަ މީހެއް ނޫނެވެ. ގިނަ ފަހަރު ގެއަށް ބޭނުންވަ ތަކެތި ބާޒާރުކޮށް ހެދުމަކީ އެނަގެ ބައްޕަގެ ޒިންމާއެކެވެ. ބައެއްފަހަރު ފިހާރައެއްގައި ސޭލް އަޅުވާފައިވާނަމަ ބައްޕައާއެކީގައި ޖަމީލާ […]
ކާކޮޓަރީގައި އެކަނިވުމާއެކު މޭޒު ދޮށުން ގޮނޑިއެއް ނަގައި އޭގައި ޖަމީލާ ހަމަޖެހިލިއެވެ. އެއަށްފަހު އޭނަ ވިސްނަން ފެށީ ޝުއައިބުގެ އެދުން ފުރިހަމަކޮށްދޭނެ ގޮތަކާމެދުގައެވެ. ޝުއައިބު އެދުނު ފަދައިން ކަންތައް ކޮށްދެވިއްޖެނަމަ ހުރިހާ ގޮތަކުން ވެސް އޭނައަށް މަންފާ ލިބެން އެބައޮތެވެ. ބޭނުންވާ ވަރަށް ފައިސާ ލިބުމުގެ އިތުރުން މަލްސާގެ ދިރިއުޅުން ނަރަކައަކަށް ހަދާލުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެއެވެ. ފަޟީހަތްކޮށް މީހުންގެ ތެރެއަށް ނިކުމެ އުޅެން ދަތިވާވަރުކޮށްލެވޭނެއެވެ. އުފަލުގައި ދިރިއުޅުމުގެ ފުރުސަތެއް ވެސް ނުމެލިބޭނެއެވެ. އަބުރު ގެއްލި […]
މެންދުރުގެ ކެއުމަށް އިންސާފުކުރަން އަޝްކާންއާއި ކައްޔިސް ތިބީ މާލޭގައި އަލަށް ހުޅުވި ރެސްޓޯރެންޓެއްގައެވެ. ރެސްޓޯރެންޓް ހުންނަނީ މާލޭގެ ހަލަބޮލި މާހައުލާއި ދުރު ހިސާބެއްގައިކަމުން އެއީ ގިނަ ބަޔެއްގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. ހަމައެއެއާއެކު ކެއުމުގެ ފެންވަރު ރަގަޅުވުމުން ވެސް ގިނަ ބަޔަކު އެތަނަށް އާދެއެވެ. ގަޑީގެ ގޮތުން ގިނަ އޮފީސްތަކުގެ މުވައްޒިފުންތަކުން ރެސްޓޯރެންޓް އޮތީ ފުރާލާފައެވެ. މީހުން ގިނަ އެމާހައުލާ މެދު އަޝްކާން އިނީ ގަޔާނުވެފައެވެ. ވެޓައިޓަރު އައިސް ދިއްކޮށްލި މެނޫގައި ހިފުމުގެ ބަދަލުގައި އޭނަ ހިތްހަމަނުޖެހުމާއެކު […]
އަތުގައި އޮތް ފައިލު ގެނެސް މޭގައި ޖައްސާ ބާރުކޮށްލުމަށްފަހު މަލްސާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ތުންފަތުގައި ކުރަހާލި ހިނިތުންވުމާއެކު މިސްރާބު ޖެހީ ކެބިންއާއި ދިމާއަށެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެފައި ވެއެވެ. އަދި ނޭވާގެ ހިނގުން ވެސް މެއެވެ. އަތްފައި ވަނީ ފިނިވެފައެވެ. ލިބިފައިވާ ނުތަނަވަސްކަން މޫނުމަތިން ފޮރުވަން މަލްސާ މަސައްކަތްކުރިއެވެ. އޭނަ ހިނިތުންވަމުން ދިޔައީ ހާސްކަމުގެ އިހުސާސްތައް ސިއްރުކުރުމުގެ ނިޔަތުގައެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނަގެ ހުވަފެންތަކުގެ ރާޖާއާއި […]
އިންޓަވިއުއަށް ދާން ތައްޔާރުވަމުން ދިޔަ މަލްސާ ކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު ތުންފަތުގައި ކުލަ ޖައްސަން ގެންގުޅުނު ލިޕްސްޓިކްގެ މަތި ޖަހާލަމުން ރީތިވާ މޭޒު މަތީ ބެހެއްޓިއެވެ. ދެން އޭނަ ބަލާލީ ރީތިވާ މޭޒުގެ ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށެވެ. ލުއި މޭކަޕްގެ އެހީގައި މަލްސާގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދީފައި ވެއެވެ. އަނދުނުން ފަވާލާފައިވި މުށިކުލައިގެ ދެލޮލުގައި ވަނީ ތަފާތު ވިދުމެކެވެ. ދޮން މޫނުންވެސް ފެންނަނީ ތާޒާ ކަމާއި […]
މަލްސާގެ އިންތިޒާރުގައި ވަގުތު ގުނަމުން ދިޔަ ރޭޝަމް އޭނަގެ ފޯނުނަގައި މަލްސާއަށް ގުޅަން އުޅުނު ވަގުތު ގޭގެ ބެލް ޖަހާލި އަޑު އޭނައަށް އިވުނެވެ. ކަންފަތުގައި ޖައްސާލަން އުޅުނު ފޯނު ތިރިކޮށްލަމުން ރޭޝަމް އަވަސްވެގަތީ ދޮރުހުޅުވުމަށެވެ. ދޮރުހުޅުވާލުމާއެކު ރޭޝަމްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ މަލްސާ ފެނުމާއެކުގައެވެ. ދުވަސްތަކަކަށްފަހު އެކުވެރިޔާއާއި ބައްދަލުވުމާއެކު ލިބުނު ހިތްހަމަޖެހުން ރޭޝަމްއަކަށް ސިއްރެއް ނުކުރެވުނެވެ. އޭނަ ވަގުތުން މަލްސާގެ ގައިގައި ބައްދާލީ ކުޑަ ހަޅޭކެއްގެ އަޑާއެކުގައެވެ. ”ދޮންތަމެން ދުވަހަކު ބޮޑެއް ނުވާނެ، ހީވަނީ ކުޑަކުދިންތަކެއް […]
”ގިޔާން… މަޑުކޮށްބަލަ…” ހަލުވިކޮށް ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ތިރިއަށް ފައިބަމުން ދިޔަ ގިޔާންއަށް މަލްސާ ގޮވާލިއެވެ. ނަމަވެސް އައިސްފައި ހުރި ރުޅީގެ ސަބަބުން މަލްސާގެ އަޑަށް ގިޔާން އިޖާބައެއް ނުދިނެވެ. އޭނަ އިހުނަށްވުރެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ”ގިޔާން!…” ތަންކޮޅެއް ބާރަށް މަލްސާއަށް ގޮވާލެވުނެވެ. އޭނަވެސް އަވަސްއަވަހަށް ސިޑިން ފޭބިއެވެ. ގިޔާންއާއި އެއްހަމަ ކުރެވުނީ އިމާރާތުގެ މައިދޮރުން ގިޔާން މަގަށް ނިކުންނަން އުޅެނިކޮށެވެ. ސިޑިއާއި މައިދޮރާއި ދެމެދު އޮންނަ ހިމަ ކޮރިޑޯން ދުވެލާފައި ދިޔަ މަލްސާ ހިފީ ގިޔާންގެ […]
ދަންވަރަށް ބޯމަތިވެގެން އައި ވިއްސާރައިގެ ތޫފާން އަލިކޮށްލީ ފަތިސް ނަމާދަށް ބަންގިވެސް ގޮވި ފަހުންނެވެ. ހުއްޓާލުމެއް ނެތި ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މަގުތަކުގައި ހެދިފައިވާ ފެން ކޯރުތައް ބަންޑުންވާން ކައިރިވެފައި ވާއިރު، މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ވެސް ދަތިވެއި ވެއެވެ. އޭރުވެސް ޖެހެމުން ދިޔަ ވަޔަށް އެއްވެސް ބަދަލެއް އައިސްފައި ނެތެވެ. ރޯޅިތަކުގެ ބޫން އަޑުފަށްގަނޑު އެއްއަޑަކަށް ފަޒާގެ ތެރޭގައި ގުގުމާލާފައި ވާއިރު، ރޯޅިތަކުގެ ފިނިކަމާއި ވާރޭގެ ތެތްކަން އެކުވެ ފަޒާގެ […]
މި ވާހަކަ މިހާރު ވާނީ ”ސަން އޮންލައިިން”ގައި ޝާޢިއު ކުރެވިފައެވެ. މުތާގެ އެހެނިހެން ވާހަކަތަކަށް ލިބުނު ފަދަ ތަރުހީބެއް ”އިންދިރާސް”އަށް ވެސް ލިބިގެން ދާނެ ކަމަށް އުއްމީދުކުރަމެވެ. ވާހަކައަށް ކިޔުންތެރިންގެ ޚިޔާލުތައް ލިބޭނެކަމަށް އުއްމީދުކުރަމެވެ.