Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް… 25 (ފަހުބައި)

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
April 4, 2020 21 Mins Read
15 Comments

އަޝްކާންއަށް ގުޅާފައި ވަރަށް އަވަހަށް ގެއަށް އައުމަށް ދިމްނާ އެދުނެވެ. ލިބުނު ހާސްކަމުގައި އަޝްކާން ވަރަށް ގިނަ ސުވާލުތަކެއް ކުރިއެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރަން ބޭނުން ވެގެންނެވެ. ނަމަވެސް ޖަވާބު ދިނުމެއް ނެތި ދިމްނާ ފޯނު ކަނޑާލިއެވެ. އޭރު ދިމްނާގެ ގާތުގައި ހުރި އެލީންއަށް ހެވެނީއެވެ. އެއީ އޭނަގެ އެދުމުގެ މަތިން ދިމްނާ ކުރިކަމެކެވެ.

”ދެން ގުޅާ ދޮންދޮންއަށް…” އެލީން އެދުނީ ކައްޔިސްއަށް ގުޅުމަށެވެ. ހަމަ އަޝްކާންގެ ގާތުގައި ބުނި ވާހަކަތައް ތަކުރާރުކުރުމަށް އޭނަ އެދުނެވެ. އޭނަ މާލޭގައި ހުރިކަން އަންގަން ބޭނުންވާތީ އެގެއަށް އެންމެން ގަންނަން ބޭނުންވީއެވެ. ސަޕްރައިޒެއް ދޭން ވެގެންނެވެ.

”ހޫނ، ތިއުޅެނީ އެސޮރުމެން ހާސްކުރުވަން…” ދިމްނާ ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ. ކުރުނުކޮށް ބުނަން ފެށުމުން ކައްޔިސްއަށް ވެސް އެންމެފަހުން ދިމްނާ ގުޅިއެވެ.

”ތެންކިއު، ދެން އިންތިޒާރުގަ މަޑުކުރަންވީ… އަހަރެން ދާނީ ޑައިނިންގް ރޫމަށް، ގޮސް ދެމީހުން އައީމަ ނިކުންނާނީ… އިޒެކީލް ކަމް ވިތް މީ…” ދިމްނާ ގާތު ކަންތައްކުރަންވީ ގޮތް ބުނެދިނުމަށްފަހު އެލީން އެނބުރިލީ އިޒެކީލްއާ ދިމާއަށެވެ. އެއަށްފަހު އިނގެރީސި ބަހުން މުހާތަބު ކުރަމުން އެކީގައި ހިނގައިގަތެވެ.

އިޒެކީލްއާއި އެލީން ކާކޮޓަރިއަށް ވަން އިރު ހަވީރުގެ ސައި ތައްޔާރުކުރުމުގައި ނޯކަރުންނަށް އިރުޝާދު ދިނުމުގައި ބަރްކާ އުޅެއެވެ. އެހެނިހެން ދުވަސްތަކަށް ވުރެން އޭނަ ހުރީ ރުންކުރުވެފައެވެ. އެކަކަށް ވެސް ރަގަޅަށް މަސައްކަތްކުރެވޭ ކަމަކަށް ނުވެއެވެ. އޭނަ އައިސްފައި ހުރި ރުޅިގަނޑުގެ ރޯޅިތައް އަމަޒުކުރަމުން ދިޔައީ އެހެނިހެން މީހުންނަށެވެ. ދިމާވެފައިވި މުސީބާތްތަކުން ބަރްކާ ހުރީ ބޮލަށްތުރާވެފައެވެ.

”އިރުކޮޅަކުން ސައި ތައްޔާރުވާނެ…” އެލީން ފެންނައިރަށް ބަރްކާ އޭނަގެ ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލިއެވެ. އަޑަށް ފޮނިކަން ގެނެސްފިއެވެ.

”އޯވ، ތެންކިއު އާންޓީ، އަހަންނަށް ކަމުދާ އެއްޗެހި ދޯ ތިތައްޔާރުކުރަނީ، ޔޫ އާރ ސޯ ސްވީޓް، އިޒްއަށް ވެސް ތަފާތު އެއްޗެއް ކާލުމުގެ ފުރުސަތު ލިބޭނެ…” ސުފުރާމަތީ އެތުރިފައިވި ތަފާތު ހެދިކާއާއި ފޮނި އެއްޗެހީގެ ބާވަތްތަކަށް ބަލާލަމުން އެލީން ޝުކުރުއަދާކޮށްލިއެވެ. އޭނަ އިޒެކީލްއަށް ކާމޭޒުދޮށުން ގޮނޑިއެއްގައި އިށީންނަން އިޝާރާތްކޮށްލިއެވެ. އެއަށްފަހު އަވަސްވެގަތީ އިޒެކީލްއަށް ތަށްޓެއް ތައްޔަރުކޮށްލަދޭށެވެ. އެއްފަރާތެއްގައި އެމަންޒަރު ބަލަން ހުރި ބަރްކާގެ މެއިން ދިލަނަގަން ފެށިއެވެ. ފޫހިކަން ހިތަށް ވެރިވިއެވެ. އެހެނަސް، އޭނައާއި އެލީންގެ ނަޒަރު ބައްދަލުވުމާއެކު ދެއްކުންތެރިކަމުގެ ހިނިތުންވުމެއް ތުންފަތުގައި ކުރަހާލިއެވެ.

*****

”ދޮންތާ ކިހިނެއްވީތަ؟… އާރ ޔޫ އޯލްރައިޓް…” ދުވެލާފައި އައިސް ބޮޑުކޮޓަރިއަށް ވަން އަޝްކާންއަށް ސޯފާގައި އިން ދިމްނާ ފެނުމާއެކު އަވަސްއަވަހަށް ބުނެވުނެވެ. އޭނަ ހުރީ މައިނޭވާލެވޭވަރުވެފައެވެ. ދާހިއްލާފޯވެފައެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއް ހުއްޓާލުމަށްފަހު އޭނަ އެއައީ ދިމްނާއަށް ކަމެއް ވީކަމާ ހިތާއެވެ.

އަޝްކާން ފެނި ދިމްނާގެ މޫނަށް ވެރިވީ ހަމްދަރުދީގެ ކުލަވަރުތަކެވެ. ހަލުވިކޮށް ހިނގާފައި އައި އަޝްކާން ދިމްނާގެ ގާތަށް ހުއްޓުނެވެ. އެވަގުތަކީ ކައްޔިސް ވެސް އައި ވަގުތެވެ. އޭނަވެސް އައީ އަވަސްއަރުވާލައިގެންކަން ބަލާލުމުން އެނގެއެވެ. އަޝްކާންއާއި ކައްޔިސްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.

”ސަޕްރައިޒް!!!…” ކާކޮޓަރިން ނިކުތް އެލީން ތޫލި ހަޅޭކެއްގެ އަޑާއެކު ބުނެލިއެވެ. އެއާއެކު ދެޒުވާނުންގެ ނަޒަރު ހުއްޓުނީ އެލީން އަށެވެ. ހާސްކަމާއި ކަންބޮޑުވުމުގެ އަސަރު މޫނުމަތިން ފިލައި އުފާވެރިކަން ވެރިވެއްޖެއެވެ. ދެޒުވާނުންނަށް ވެގެން އުޅޭއެއްޗެއް ވިސްނުނީ ދެނެވެ.

”މީ އެލީ ކުރިކަމެއް ދޯ، ކިރިޔާއެއްނު ހާޓް އެޓޭކެއް ނުޖެހުނީ، ހީކުރީ ދޮންތައަށް ކަމެއް ދިމާވީ ކަމަށޭ…” އެލީންއާ ދިމާއަށް ބަލާލަމުން އަޝްކާން ބުންޏެވެ. އޭނަގެ ނަޒަރު ދިމްނާއަށް ހުއްޓުނު ހިނދު ޝަކުވާގެ ކުލަވަރުތައް ވިއެވެ. ދިމްނާ މަޢާފަށް އެދުނެވެ. ”އެލީ އަހަންނަށް މަޖުބޫރުކުރީއޭ…” ދިމްނާ ބުނެލިއެވެ.

އެލީންއަށް ބަލާލި އަޝްކާންއާއި ކައްޔިސް އެކުއެކީގައި ހަށަން ބަނދެލަމުން ދިމްނާގެ ގާތުގައި ސޯފާގައި އިށީނެވެ. އެގޮތް އެލީންއަށް ކަމަކު ނުދިޔައެވެ. ތުންދިގުކޮށްލާފައި ބޮޑާ ހާކަމުން ކައިރިއަށް އައިސްފިއެވެ.

”ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ، އެކަމަކު ތިތިބީ ރުޅި މޫނު ހަދައިގެން، ދެން ވަރަށް ފޫހިވޭ، ދެން ދޮންދޮން ތިހެން ނީދެބަލަ…” ކުސްތަޅަމުން އެލީން ބުނެލިއެވެ. އޭނަ ހީވީ ކުޑަކުއްޖެއްހެންނެވެ. ކަރުން ތޫލި އަޑެއް ނެރެމުން ތުން ދިގުކޮށްލިއެވެ. އަދި ހަށަން ބަނދެލިއެވެ.

އަޝްކާންއާއި ކައްޔިސްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ބާރުބާރަށް ހީގަނެވިއްޖެއެވެ. ދިމްނާއަށް ވެސް ނުހީ ނީދެވުނެވެ. ރުޅިއާދެވުނު އެލީން އޭނަގެ އަތްމުއްކަވާލަމުން ފުރަތަމަ ހަމަލާ އަމާޒުކުރީ ކައްޔިސްގެ ބުރަކައްޓަށެވެ. އެއަށްފަހު ދެވަނަ ހަމަލާ އަމާޒުކުރީ އަޝްކާން އަށެވެ.

”އައްދޯއި، ތަދުވެއްޖެޔޭ، މަންމަ ކައިރީ ބުނާނަން…” އަޑުބަދަލުކުރަމުން ކައްޔިސް ބުނެލިއެވެ. އަނެއްކާ ވެސް ހުނުމުގެ އަޑު މާހައުލުގައި ގުގުމާލިއެވެ.

”ބުންޏަސް ވަރިހަމަ، ދޮންދޮންއަށް ވުރެން މަންމަ ލޯބިވަނީ އަހަރެންދެކެ، އާފްޓާރ އޯލް އައެމް އެ ޕްރިންސެސް!…” ކައްޔިސްއާ ދިމާއަށް ދޫނެރެލަމުން އެލީން ބުނެލިއެވެ. ދެން ފެށުނީ ދެބެއިންގެ ތޮޅުމެވެ. އަޝްކާންއާއި ދިމްނާ ތިބީ މަޖާވެފައެވެ. މާޒީގެ ހަނދާންތައް އާލާވަމުން ދިޔައެވެ.

”ހޫނ، ދެން ޝާން، ކީއްވެ އަހަރެންގެ ގްރެޖުއޭޝަނަށް ނައީ… މީނދަ ދޮންދޮންގަނޑު ވެސް އަޔޭ، އަހަރެން އެހާ ވަރަށް ގުޅާފަ ކަމެއްކޮށްދޯށޭ ބުނެފަ އެކަމަށް އެދުނީމަވެސް ނަޔޭ، ވަރަށް ފޫހިވޭ…” އަޝްކާންއަށް ބަލާލަމުން އެލީން ލޯއަޅާލިއެވެ. އޭނަގެ ހިތުގައިޖެހޭވަރުގެ ކަމެއް އަޝްކާން ކޮށްފިއޭ ބުނެލިއެވެ.

”ސޮރީ… އޮފީސްކަންތަކުގެ ވަރަށް ބިޒީކޮށް އެދުވަސްކޮޅު އުޅެން ޖެހުނީ…” ކަންފަތުގައި ހިފަމުން އަޝްކާން މަޢާފަށް އެދުނެވެ.

”އެންމެ ކަމެއް ކޮށްދިނީމަ މަޢާފްކޮށްދޭނީ…” ހަށަން ބަނދެލަމުން އެލީން ބުންޏެވެ.

”އަވަހަށް ބުނޭ…” އަޝްކާން ބުމަ އަރުވާލިއެވެ.

‘ޝާންގެ މިސިސްއާ ބައްދަލުކޮށްދީ، ޝާން އެހާ ވަރުން ވާހަކަދެއްކީމަ ވަރަށް ބޭނުން ބައްދަލުކޮށްލަން، ޕްލީސް، ނޫނެކޭ ނުބުނައްޗޭ…” އަޑުމަޑުކޮށްލަމުން ސިއްރެއް ބުނާހެން އަޝްކާންގެ ގާތުގައި ދެއަތް ޖޯޑުކުރަމުން އެލީން އެދުނެވެ. ހިނިތުންވުމަކާއެކު އަޝްކާން އެއްބަސްވިއެވެ.

”މާދަމާ ރެއަށް ބާރބެކިއުއެއް ރާވާނީ، އެތަނުން އެލީއަށް މަލްއާ ބައްދަލުކޮށްދޭނަން…” އަޝްކާން ޚިޔާލެއް ދިނެވެ. ހަތަރު އެކުވެރިން ބައްދަލުވުމުން މަޖާ ނަގަން ބޭނުންވީތީއެވެ. އަޝްކާންގެ ޚިޔާލަށް އެންމެން އެއްބާރުލުން ދިނެވެ.

”އޯހ ނޯ، އިޒް…” ޒަމާންތަކަކަށްފަހު އެކުވެރިންނާ ބައްދަލުވުމުން އޭނަގެ ލޯބިވެރިޔާ މަތިން ވެސް އެލީން ހަނދާން ނެތުނެވެ. އޭނައަށް ދުއްވައިގަނެވުނީ ކާކޮޓަރިއާ ދިމާއަށެވެ.

”ކޮން އިޒްއެއް؟…” އަޝްކާން އަހާލިއެވެ.

”ހިނގާބަލަ، އޭރުން އެނގިދާނެއެއްނު…” ކާކޮޓަރިއަށް ދާން ސޯފާއިން ތެދުވަމުން ދިމްނާ ބުނެލިއެވެ. އަޝްކާން ދެން ބަލާލީ ކައްޔިސް އަށެވެ. ކައްޔިސް ކޮނޑުއަރުވާލީ އޭނައަށް ވެސް ނޭގެއޭ ބުނާ ފަދައަކުންނެވެ.

*****

އެލީން އޭނަގެ ލޯބިވެރިޔާ ތަޢާރަފްކޮށްދިނެވެ. އިޒެކީލްގެ މަޖާ މިޒާޖުގެ ސަބަބުން އެންމެނާ އެކުވެރިވާން ގިނަ އިރެއް ނުނެގިއެވެ. ކުދިންނަށް ވަގުތު ދެމުން ބަރްކާ ކާކޮޓަރިން ނިކުންނަން ދިޔަ އިރު އާޝްކާންއަށް އޭނަ ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ފުރަތަމަ ފަހަރަށް ބަރްކާ ހުރީ އަޝްކާން ދެކެ ރުޅި އައިސްފައެވެ. އޭނައަށް އިވުނު ހަޤީޤަތް ތެދަކަށް ނުވުމަށް އެދި އޭނައަށް ދުޢާކުރެވުނެވެ. އެއީ ހަޤީޤަތަކަށް ވެއްޖެނަމަ ވާނެ ގޮތެއް ހިތަށް ގެންނަން ވެސް ދައްޗެވެ. ކޮންމެ ފަދަ ކަމެއްކުރަން ޖެހުނަސް އާއިލާއަށް ލަދުވެތިކަމަކާ ކުރިމަތިލުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ. ނުބައިމީހަކަށް ވާން ޖެހުނަސް ހެވެވެ. އަޝްކާންއަށް އޭނަ ވިސްނައިދޭނެއެވެ. އަޝްކާން ގުޅެން ޖެހޭނީ އަޝްކާންއާ އެއްފެންވަރެއްގެ މުއްސަނދި ކުއްޖަކާއެވެ. އިތުރު އެއްވެސް މަގެއް އިހްތިޔާރުކުރުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.

*****

ނަތާޝާއަށް އޭނަގެ އަންހެންދަރިފުޅު ފެނުމުން އުފަލުން ގޮސް ރޮވުނެވެ. އެލީން އަންނާނެ ދުވަސް ފަސްކުރަމުން ގޮސް ކުއްލިޔަކަށް އައުމުން ލިބުނު އުފާވެރިކަން ބަރުދާސްތުނުކުރެވުނީއެވެ. އެލީންގެ ގައިގައި އޮޅިލައިގަންނަމުން ނަތާޝާއަށް ފުންނޭވާތަކެއެއް ދޫކޮށްލެވުނެވެ.

”ވަރަށް އަންފެއާރ، އެލީއައީމަ އަހަރެން ބާކީ ކުރަނީ…” ބޮޑާހާކާ ރާގަކަށް ކައްޔިސް ބުނެލިއެވެ. ނަތާޝާއަށް ހެވުނެވެ. އަވަސްއަވަހަށް، ކައްޔިސްވެސް އޭނަ ގާތަށް އައުމަށް އަތުގެ އިޝާރާތުން ނަތާޝާ އެންގިއެވެ. ދެބެއިންގެ ގައިގައި ބައްދާލި ނަތާޝާގެ ފަރާތުން ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.

އެލީންގެ ހޮވުން ނަތާޝާއަށް ކަމުދިޔައެވެ. ފުރަތަމަ ބައްދަލުވުމުންވެސް ހަރުދަނާ ޒުވާނެއްކަން އެނގުނެވެ. އިޒެކީލް އޭނަގެ އާއިލާއާއި ބެހޭ ތައާރަފެއް ދިނެވެ. އިޒެކީލްގެ މައިންބަފައިންނަކީ އަރަބި ދަރިފަސްކޮޅުން އައިސްފައިވާ ބައެކެވެ. އުފަން ގައުމަކީ ބަހްރެރިނެވެ. އިޒެކީލްގެ އުމުރުން ފަސް އަހަރުގައި ލަންޑަނަށް ބަދަލުވިގޮތަށް ދިރިއުޅުމުން އަންނަނީ ލަންޑަންގައެވެ. މިހާރު އެއީ އިނގިރޭސިވިލާތުގެ ރަށްވެހިންނެވެ. އިޒެކީލް ހާއްސަވެފައިވަނީ ނިއުރޮލޮޖީގެ ދާއިރާއިންނެވެ. އެލީންވެސް ހާއްސަވެފައިވާ ރޮނގުންނެވެ.

*****

ގޭގައި ސިއްރު ބައްދަލުވުމެއް ބާއްވަން ބޭނުންނުވާތީ ބަރްކާ ދިޔައީ ކުންފުނީގެ ދަށުން ހިންގާ ގެސްޓްހައުސްއަކަށެވެ. އެތާނަގއި އޭނައަށް ހާއްސަކުރެވިފައިވާ ސޫޓެއް ހުރެއެވެ. ފޯނުނަގައި ވަގުތާއި ތަން ބުނެފައި އޭނަ ހުރީ އިންތިޒާރުގައެވެ. އޭނަގެ ”ސްޕައި” އަންނާނެ އިރަކަށެވެ.

ބަރްކާ އިންތިޒާރުކުރަމުން އައި ވަގުތު ޖެހި އަޝްކާންއާއެކީ ފެންނަ އަންހެންކުއްޖާގެ މައުލޫމާތުތައް އޭނައާ ހަމައަށް ފޯރައިފިއެވެ. އޭނަގެ އަތަށް ގެނެސްދެވުނު ފައިލަކީ ކުންފުނީގެ އެމްޕްލޯއިމެންޓް ރިކޯޑުން ގެނެވުނު ފައިލެކެވެ. ފައިލު ހުޅުވާލުމާއެކު ބަރްކާއަށް ދަތްކުޑި ވިކާލެވުނެވެ. އެއީ އަޝްކާންގެ ސެކްރެޓަރީއެވެ. މަލްސާއެވެ. އޭނަގެ އަގުބޮޑު ހެދުމަށް ކޮފީ ވަރާލި ނާތަހުޒީބު އަންހެންކުއްޖާއެވެ. އަތުގައި އޮތް ފައިލު ބަރްކާއަށް ހޫރާލެވުނެވެ. އޭނަ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ.

”އޭނަގެ އާއިލާއާ ބެހޭ މައުލޫމާތަކީ ކޮބާ؟…” ސިއްރު ހޯދަން ހަވާލުކުރި މީހާއަށް ބަލާލަމުން ބަރްކާ ހަޅޭއްލަވައިގަތެވެ. އެމީހާ ކިޔައިދޭން ފެށިއެވެ. ބަރްކާއަށް އޭނަގެ ރުޅިގަނޑު ކޮންޓްރޯލްކުރަން ދަތި ވިއެވެ. އިވެމުން ދިޔަ ވާހަކަތަކުން އޭނަގެ ތަބީއަތު ގޯހުން ގޯހަށް ދިޔައެވެ.

”އަން!، ކަލޭގެ ލާރިގަނޑު މިއޮތީ، ދާން އުޅޭ މިތަނުން…” އަތްދަބަހުން ނެގި ފައިސާބޮނޑި ހޫރާލަމުން ބަރްކާ ބުންޏެވެ. ރުޅިގަދަވެގެން ގޮސް އޭނަގެ ހޭބުއްދި ފިލާ ދާހާވިއެވެ. ފައިސާބޮނޑި ނަގަމުން އެމީހާ އަވަސްއަވަހަށް ނިކުމެގެން ދިޔައެވެ.

”މިދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ، އެރަންޑި ކަލޭގެ ހޭއަރުވާލާނަން، ކޮން ހައިސިއްޔަތެއް ހުރެގެންތަ މަގޭ ދަރި ފަހަތު އޭނަ އަޅުވާލީ، ބަލަން ހުންނާތި، ކަލޭ ހީކުރީ ކަލޭގެ މަކަރުވެރިކަން މަށަށް ނޭގޭނެ ކަމަށްތަ!، ޗީޕް ބިޗް، ލާހިކެއް ނޫން ދެން އަޝްކާންއާ ކައިރިވާކަށް، ހޭއަރުވާލާނަން، ވަރަށް ހުވެފެން ދެކެފިންދޯ، މުއްސަނދިކަމުގެ ލައްޒަތު ކަލޭގެ އަރުތެރެއަށް ފޭދުނަކަ ނުދޭނަން، ގޮތެއްފޮތެއް ނެތް އަންހެންއެއްޗެކޭ…” މަލްސާއާ ދިމާއަށް ބަރްކާއަށް ހަޅޭއްލަވައިގަނެވުނެވެ.

”ކަލޭގެ ހައިސިއްޔަތު ކަލެއަށް ނިކަން ރަގަޅަށް ދައްކާނަން… އާސްމާނުގަ ވަރަށް ގިނަ ދުވަހު އުޅެވިއްޖެއެއްނު، މީ ކަލޭ ހަމަބިމަށް އަންނަންވީ ވަގުތު، ކަލޭ އިހު އުޅުނު ސަލާންޖަހާ ހަޔާތަށް އެނބުރި ދާންޖެހޭ ވަގުތު… ބިޗް!… ކަލޭ ތި ޗެލެންޖް ކުރީ މަށާތަ؟… ބަރްކާއާ؟… ކުޅި ދައްކާލާނަން…” ބަރްކާ މަކަރުވެރި ހިނިގަނޑެއް ޖަހާލިއެވެ.

”ބަލައިގެން ހުންނާތި، ކަލޭގެ ފެންވަރު ދައްކާނަން…” ބަރްކާ ވިސްނާލިއެވެ. ކަންތައްކުރަންވީ ގޮތަކާ މެދުގައެވެ. ފުރަތަމަވެސް އެހުރިހާކަމެއް އޭނައަށް އެނގިއްޖެކަން އަޝްކާންއަށް އަންގަން ބަރްކާ ބޭނުންވިއެވެ. އެއަށްފަހު އޭނަ ދެން ހަމަލާ ދޭނީ މަލްސާއަށެވެ. ދެމީހުން ދުރުކޮށްފައި ނޫނީ އޭނަ ހަމަނޭވާއެއް ނުލާނެއެވެ.

*****

ޖެހިގެން އައި ދުވަހުގެ ރޭގަނޑަށް ހަމަޖެހުނު ބާރބެކިއުގެ ތެރޭން އެލީންއަށް މަލްސާއާއި ބައްދަލުކުރުމުގެ ފުރުސަތު ލިބުނެވެ. އެކަމާ އޭނަ ހުރީ ވަރަށް އުފަލުންނެވެ. އަޝްކާންގެ ހޮވުން އޭނައަށް ވަރަށް ކަމުދިޔައެވެ. މަލްސާގެ ރީތިކަމަށް ވެސް އެލީން ތައުރީފުކުރިއެވެ.

”ޔޫ ނޯ ވަޓް!، މަލްސާގެ ވާހަކަ ބުނަން ޝާން އަހަންނަށް ގުޅި ދުވަހު ބޮޑު ޝޮކެއް ފުރަތަމަ ލިބުނީ، ޤަބޫލުކުރަން ދަތިވި، އެއީ ހަމަ ޝާންބާއޭ ހިތަށް އެރި، އަބަދު އަންހެންކުދިންނަށް ފިލަން އުޅުނު ޝާން ބާއޭ ހިތަށް އެރީ، އެއްވެސްވަރަކަށް ލޯބީގެ ކަންތަކާ ޝާން އުޅެފައެއް ނުވޭ… އަބަދު އުޅުނީ ކިޔެވުމުގަ، އެއަށްފަހު ވިޔަފާރީގަ، އެކަން ބަދަލުވެގެން ދިޔައީ މަލްސާއާ ބައްދަލުވިފަހުން، ދިރިއުޅުމުގެ ކަންތައް ދަސްވީވެސް އޭގެ ފަހުން، އޭގެ ކުރިން މީހުންނާ ގުޅެން އަޝްކާން މަސައްކަތެއް ނުކުރާނެ… އަބަދު އުޅޭނީ އެކަހެރިކޮށް، މޭއިބީ ބިކޯޒް ހީ ވޯސް ނޮޓް ރެޑީ ޓު އެކްސެޕްޓް އަދާރސް ލަވް… އެކަމަކު މިހާރު މިފެންނަނީ މުޅިން ތަފާތު ޝާންއެއް، އެހުރިހާކަމެއްގެ ހައްޤު ފަރާތަކީ މަލްސާ، އަންހެން އެކުވެރިޔަކު ހުރީތީ މަލްސާ ކަންބޮޑު ޖުވައްޗޭ، އަހަރެން ޝާން ދެކެނީ ބޭބެއެއްގެ ގޮތުގައި… ހެހެހެ…” އަލިފާންގަނޑުކައިރީ ހުރި އަޝްކާންއަށް ބަލާލަމުން އެލީން ބުނެލިއެވެ. އަޝްކާންއާ މެދު އުފާވެފައިވާ މިންވަރު މަލްސާއަށް އެލީންގެ ފަރާތުން ފެނުނެވެ.

”ޕްލީސް ބީ ވިތް ހިމް… ކިތަންމެ އުނދަގޫތަކާ ކުރިމަތިވިޔަސް ޝާން ދޫކޮށްނުލައްޗޭ… ޔޫ މޭކް ހިމް ހެޕީ، ސޯ އޯލްވޭސް ބީ ވިތް ހިމް…” މަލްސާގެ އަތުގައި ހިފާލަމުން އެލީން އެދުނެވެ. އޭނަގެ އަޑުގައި ވަނީ އާދޭހެވެ.

”އެނގޭ މަލްސާ ވަރަށް ކަންބޮޑުވާކަން، ފެމިލީ ބެކްގްރައުންޑްގެ ސަބަބުން ބައެއްފަހަރު އަންކޮމްފޮޓަބްލް ވާކަން، މީހުން ބުނެފާނެ އެއްޗަކާ މެދު ފިކުރުބޮޑުވާކަން… އެކަމަކުވެސް……. ފަހަރެއްގައި އަހަރެން މިއެދެނީ ވަރަށް ބޮޑު ކަމަކަށް ވެދާނެ، ހީކުރެވިދާނެ މަލްސާއާ މެދު ވިސްނުމެއްނެތި އަމިއްލަ އެދުން އިސްކުރަނީއޭ، އެކަމަކުވެސް، ޝާންގެ އަތުން ދޫކޮށްނުލާތި، އޯރ އެލްސް ހީ ވިލް ބީ ބްރޯކެން، ހީ އިޒް އޯލްރެޑީ ލޯންލީ، ބަޓް ޔޫ މޭކް ހިމް ހޯލް…” އެލީން ބުނެލިއެވެ.

”އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސް ޝާންއާއެކުގައި ވުމަށް މަސައްކަތްކުރާނަން… ދެމެދުގައިވާ ފަރަގުތަކުން އަރައިގަންނަން މަސައްކަތްކުރާނަން، އަހަރުމެންގެ ދެމެދުގައިވާ ލޯތްބަށް އިތުބާރުކުރާނަން…” މަލްސާ ބުނެލިއެވެ. އެލީންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

”ދެން ހިނގާ އެމީހުންނަށް އެހީވާން…” އެލީން ބުނެލިއެވެ. ”އެހެންނޫނީ އެއްޗެހި އަންދާލައިގެން ގެއަށް ދާން ޖެހޭނީ ހުސް ބަނޑާ ކަން ނޭގެ…”

*****

އަޝްކާންއާއި ބަރްކާ ކުރިމަތިލީ ހެނދުނުގެ ނާސްތާ ކުރިއަށް ދިޔަ ވަގުތުގައެވެ. ހިތްހަމަނުޖެހުމާއެކު އަޝްކާންއަށް ބަލަން އިދެފައި އޭނަ ވާހަކަދައްކަން ފެށިއެވެ. އޭރު ކާމޭޒު ދޮށުގައި ދިމްނާއާއި ނާޒިމު ވެސް ތިއްބެވެ.

”މަންމަގެ ކަންފަތަށް އަޝްކާންއޭ ކިޔައިގެން މިއިވެނީ ކޮންކަހަލަ ވާހަކަތަކެއްތަ؟…” އޮރެންޖް ޖޫސްތަށިން ކޯވަރެއް ބޯލަމުން ބަރްކާ ބުނެލިއެވެ. ބަރްކާގެ ޖުމްލައާއެކު، އަޝްކާންގެ އިތުރުން ދިމްނާއާއި ނާޒިމްގެ ސަމާލުކަން ވެސް ބަރްކާއަށް ހުއްޓިއްޖެއެވެ.

”ކޮން ވާހައެއްތޯ؟…” ހައިރާންކަން ލިބުނު އަޝްކާންއަށް އަހާލެވުނެވެ. އޭގެ ސަބަބުން އިތުރަށް ބަރްކާ ރުޅިގަދަވިއެވެ. ނޭގޭ ކަމަށް ހެދެން އަޝްކާން އުޅޭތީއެވެ.

”ހަމަ ނޭގިގެންތަ ތިއުޅެނީ؟… އެހެންވިއްޔާ މަންމަ ބުނެދީފާނަން، ކޮން އަންހެނަކާ އެކުގަތަ މުޅި މާލެ ކުޑަކުރަމުން ތިދުވަނީ، މަންމަ ދުވަހަކު ހިޔެއްނުކުރަން އަޝްކާން ތިހެން އުޅޭފާނެޔެކޭ…” ބަރްކާ އަޑަށް ބާރުލަމުން ބުނެލިއެވެ. އަޝްކާން ދިޔައީ ސިއްސައިގެންނެވެ. މަންމައަށް އެވާހަކަތައް އަޑުއިވުނީ ކިހިނެއް ބާވައޭ އޭނަގެ ހިތަށް އެރިއެވެ. ލިބުނު ޝޮކުގައި އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން އިދެވުނެވެ.

”އަހަރެން ލަދުގަންނަވާލުންތަ އަޝްކާންގެ ބޭނުމަކީ، އޭނ!… އެނޫން އަންހެނަކު ހަމަ ނުވީތަ؟، މީ ދުނިޔޭން އަންހެނުން ހުސްވުމުގެ ކޮޅުމައްޗެއް ނޫނޭ، މީހުން ދައްކާނެ ވާހަކައަކާ މެދު އެއްފަހަރު ވެސް ވިސްނާލިންތަ!… އަޝްކާންގެ ސަބަބުން ގެއިން ނިކުންނަން އަހަރެން ލަދުގަންނަ ވަރުވެއްޖެ، ފެންނަ ކޮންމެ ރައްޓެސަކުގެ ދުލުގައި ވަނީ އެންމެ ވާހަކައެއް، އަހަރެންގެ ފިރިހެންދަރި އޭނަގެ ސެކްރެޓަރީއާއެކު ލޯބީގެ ގުޅުން ބާއްވަނީއޭ…” ބަރްކާ ހަޅޭއްލަވައިގަތެވެ.

”ކީއްވެ އެއްޗެއް ނުބުނެ ތިއިންނަނީ؟… މަންމަ މިއަހަނީ އެއީ ތެދެއްހޭ!…” ބަރްކާ ގޮނޑިން ތެދުވެއްޖެއެވެ. އޭނަ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ.

”ބަރްކާ…” ނާޒިމު ގޮވާލިއެވެ. ”ކޮބާތަ މައްސަލައަކީ، އަޝްކާން ބޭނުން ކުއްޖަކާ ރައްޓެހިވުމުގެ ފުރުސަތު އޭނައަށް ލިބެން ޖެހޭނެ ދޯ…”

”މީ ނާޒިމުވެސް ކުރުވާ ކަންތަކޭ…” ނާޒިމާ ދިމާއަށް ބަރްކާ ތުހުމަތުގެ އިނގިލިދިއްކޮށްލިއެވެ.

”މަންމައަށް ތިހީވަނީ ރަގަޅަށް، އަހަރެން މިއުޅެނީ މަލްސާއާ ރައްޓެހިވެގެން، ރަގަޅު ވަގުތެއް ބަލާފައި މަންމައަށް އަންގަން އަހަރެން ހުރީ، ދެން އެވަގުތެއް ނާންނާނެކަން އެނގިއްޖެ…” ހުރިހާކަމެއް ހާމަވުމުން އިތުރަށް ސިއްރުކުރަން އޭނަ ބޭނުމެއް ނުވިއެވެ. މަންމަގެ ފަރާތުން އެފަދަ ކަމެއް ފެނިދާނެ ކަން އޭނައަށް ފުރަތަމަވެސް އޮތީ ލަފާކުރެވިފައެވެ. މުއްސަނދިކަމާއި ފަޤީރުކަން އަޅާކިޔުމުގައި މަންމައަކީ މާހިރެކެވެ. އެކަމުގެ ބިރުވެރިކަން ހިތުގައި އޮތުމުން މަލްސާގެ ވާހަކަދައްކަން އޭނަ ފަސްޖެހުނެވެ. ނަމަވެސް ދެން އިތުރަށް ފަސްޖެހެން އޭނަ ބޭނުމެއް ނޫނެވެ. މަންމަގެ ތުހުމަތުތަކުން މަލްސާ ދިފާއުކުރަން އޭނަ ބޭނުންވިއެވެ.

”ރަގަޅު ވަގުތެކޭ، އަޝްކާން ތި ހުރީ ހަމަހޭގަތަ؟ އެ އަންހެނާ ރަގަޅަށް ވެސް އަޝްކާންގެ ސިކުނޑިއާ ކުޅެލައިފި…” ބަރްކާ ބުނެލިއެވެ.

”މަލްސާއެއް ނޫން އަހަރެންގެ ފަހަތުން ލޯބި ހުށަހަޅަމުން ދުވުނީ، މަންމަގެ މި ފިރިހެން ދަރިފުޅު މަލްސާގެ ފަހަތުން އެލޯތްބަށް ސަލާން ޖަހަމުން ދުވީ… މަލްސާގެ ކޮން އުނިކަމެއް ހުރެގެންތަ މަންމަ ތިހެން ތި ވާހަކަދައްކަނީ، މަލްސާ ހުރީ މޮޅަށް ކިޔަވައިގެން، ލިބިފައި ވަނީ ރަގަޅު ތަރުބިއްޔަތެއް، ދެން ކޮންކަމަކާތަ މަންމަ ރުޅި އަންނަނީ، ހަމައެކަނި މެދުފަންތީގެ އާއިލާއަކުން އައިސްފައި ހުރީމަތަ؟…” މަންމަގެ ޖުމްލަތަކުން އަޝްކާންގެ ހިތަށް އަސަރުކުރިއެވެ. ހިތުގައިވި ޝަކުވާތައް ބަންޑުންވާން ފެށިއެވެ.

”އާނ، އެހެންވެގެން މިބުނަނީ، އޭނައާއި ވަކިވޭ، ލާހިކެއް ނޫން ދެން ތިގުޅުން ކުރިއަށް ގެންދާކަށް، އެފަޤީރު ކަލޭގެ ޖެހޭނީ އަޝްކާންގެ ދިރިއުޅުމުން ދުރަށް ދާން… އަޑު އިވިއްޖެތަ، ދުރަށް ދާންށޭ ޖެހޭނީ…” އައިސްފައި ހުރި ރުޅިގަނޑާއެކު ކާމޭޒުމަތީ ހުރި ތަށިތައް ހޫރާލަމުން ބަރްކާ ބުނެލިއެވެ.

”މަންމާ، އަޝްކާން އެހުރީ އުފަލުން، އަޝްކާންގެ ހިތްހަމަޖެހުން މަންމައަށް މުހިންމެއް ނޫންތަ؟، ހާދަ ދުވަހެއްގެ ފަހުންނޭ އަޝްކާންގެ މޫނުން އުފާވެރިކަން އެފެންނަނީ، މަންމަ ބޭނުމެއް ނުވޭތަ އެއުފާވެރިކަން ދެމިގެން ދާކަށް؟، މަލްސާއަކީ މަންމަ ތިހީކުރާ ކަހަލަ ކުއްޖެއް ނޫން، އެއްފަހަރު ވެސް ބައްދަލުކުރުމެއް ނެތި ކިހިނެއް ގޮތް ނިންމަން މަންމައަށް އެނގޭނީ؟… ތިހެން ކަންތައް ކުރުމުން އަޝްކާންގެ ހިތުގައި ޖެހޭކަމެއް މަންމައަށް ނޭގޭތަ؟…” ކޮއްކޮގެ ދިފާއުގައި ދިމްނާ ތެދުވުނެވެ. އޭނަ އަޝްކާންއަށް ބަލާލި ވަގުތު އެދެލޮލުން އޭނައަށް ހިތްދަތިކަން ފެނުނެވެ. އިތުރަށް އޭނައަށް ކެތެއް ނުކުރެވުނެވެ. އޭނަގެ ދިރިއުޅުން ބަރުބާދުވެ ދިޔަ އުސޫލުން އަޝްކާންއާ މެދު ކަންތައްވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ކޮއްކޮގެ އުފަލަށްޓަކައި މިފަހަރު އެއްވެސް މީހަކަށް އޭނަ ދުލެއް ނުދޭނެއެވެ. މަންމައަށް ވިޔަސް ހެވެވެ.

”ދިމްނާއަށް އެނގިގެން ވާ ކަމެއް ދޯ މިއީ… ބަލަ ދިމްނާ ޖެހޭނީ އެކަހަލަ ކަންތައް ހުއްޓުވާށޭ، ހިތްވަރުދޭކަށެއް ނޫނޭ!!!…” ބަރްކާ ލޯއަޅާލިއެވެ. ”އެޑަކައިތު އަހަރެންގެ ދަރިންގެ ސިކުނޑި ކާލައިފި…”

”ބަރްކާ ކިހިނެއްތަ ތިވަނީ، ކޮބާތަ އެކަމުގައި އޮތް މައްސަލަކައީ؟، ފަޤީރުކަމާއި މުއްސަނދިކަމަކީ އިންސާނުން އުފައްދައިގެން އުޅޭ އެއްޗެއް… ތިމާއަށްވުރެން އަނެކާގެ މައްޗަށް ބާރުވެރިވާންވާން އަދި ނިކަމެތިކޮށްލަން ވެގެން ގެނެސްގެން އުޅޭ އެއްޗެއް، އިޓްސް ޓު ފީޑް ދެއާރ އީގޯ… ތިކަހަލަ ތަފާތުކުރުންތައް ގެންގުޅޭކަށް ނުވާނެ، ބަރްކާއަށް ޔަޤީންކަން ދެވޭނެތަ މާދަމާވެސް މިމުއްސަނދިކަމުގައި އުޅެވިދާނެކަމަށް؟، ފަޤީރުނުވާނެކަމަށް؟…. ﷲ އެކަމަކަށް އިރާދަ ކުރެއްވިހާ އަވަހަކަށް އެހެން ވެސް ވެދާނެ، އޭރަށް ބަރްކާގެ ތި ބޮޑާކަން ދާނީ ކޮންތާކަށް……….. ތީ ރަގަޅު ވިސްނުމެއް ނޫން، ތިހެން ވިސްނަން ހެޔޮވެސް ނުވާނެ… އަޝްކާން އެހެރީ ބޮޑުވެފައި، އަމިއްލައަށް ކަންކަން ނިންމޭ ވަރުވެފައި… ބަރްކާގެ ތިވިސްނުން ބަދަލުކުރޭ، ދިމްނާގެ ދިރިއުޅުން ބަރުބާދުވި ފަދައިން އަޝްކާންގެ ދިރިއުޅުން ވެސް ބަރުބާދުވާންތަ ބޭނުމީ؟……………………… އަޝްކާން ވަނީ އުފަލުގައި ނަމަ އަހަރެންގެ ރުހުން ލިބޭނެ، ވަރިހަމަ ބަރްކާ ހިތްހަމަނުޖެހުނަސް، ވަރަށް ދުވަހު އެއްޗެއް ނުބުނެ ކެތްކޮށްފިން، އެއީ އަހަރުމެންގެ ދަރީންނޭ، އެދަރިންގެ އުފަލަށް އަހަރުމެން ވިސްނަން ޖެހޭނެއޭ، ބަރްކާގެ ބޮޑަކަމާއި ކިބުރުވެރިކަން ހަމަޖައްސަން އެދަރިންގެ އުފާތައް އަހަރެން ޤުރުބާނެއް ނުކުރާނަން، އަހަންނަށް ހެޔޮ ބަރްކާ ކޮންމެ ގޮތަކަށް ދެކުނަސް، އަޝްކާން ރައްޓެހިވާނީ އަޝްކާން ބޭނުން ކުއްޖަކާ، ވަރިހަމަ ކޮންމެ ފަދަ އާއިލާއަކުން އަޔަސް… އެކަމާ ހިތްހަމަނުޖެހެންޏާ އެއީ ބަރްކާގެ މައްސަލައެއް… ތި ވުސްނުން ބަދަލުކުރި ދުވަހަކުން އެމައްސަލައަށް ހައްލެއް ލިބޭނެ…” ނާޒިމު އޭނަގެ ފަހުގެ ނިންމުން އިއްވާލިއެވެ.

”އަޝްކާންއަށް ކަމުދާ ކުއްޖާއާއި ބައްދަލުކުރަން ބައްޕަ ބޭނުން، ދަރިފުޅުގެ ހޮވުން ދެކިލަން ވެސް ބޭނުން…” އަޝްކާންއަށް ބަލާލަމުން ނާޒިމު ބުނެލިއެވެ. އިސްއުފުލާ ބައްޕައަށް އަޝްކާން ބަލާލިއެވެ. ޝުކުރުވިކަން އެލޮލުގައި ވިއެވެ. މަންމަގެ ނަފުރަތުން އުދާސްކަން ލިބިފައިވި ހިތަށް ފިނިކަމެއް ލިބުނެވެ.

”އަހަރެން މީ ނުބައި މީހާ، ހުރޭ ދަރިންނަށް ވަސްވާސް ދީގެން… މަ ބަލާނަން ކިތައް ދުވަހަށް ތޯ ތިކަމެއް ކުރިއަށް ދާނީ…” ބަރްކާ ބާރުބާރަށް ހިނގާފައި ގޮސް ކާކޮޓަރިން ނިކުތެވެ. ބަރްކާއަށް ބަލަން ހުރި ނާޒިމު ދެފަރާތަށް ބޯހޫރާލިއެވެ. ބަރްކާގެ ފަހަތުން ދިއުމުގެ ކުރިން އޭނަ އަޝްކާންއާ ވާހަކަދެއްކިއެވެ.

”މަންމަގެ ވާހަކައިން ދެރަނުވޭ، ތިކުއްޖާއާއި ބައްދަލުވުމުން މަންމަގެ ވިސްނުން ބަދަލުވެދާނެހެން ބައްޕައަށް ހީވަނީ، މަންމައާއި ބައްޕަ ވާހަކަދައްކާނަން، ދަރިފުޅު ދެރަނުވޭ، އެއީ ދަރިފުޅުގެ ހަޔާތުގެ ބައިވެރިޔާކަމުގައި ވާނަމަ ބައްޕަގެ އެއްބާރުލުން ދަރިފުޅަށް ލިބޭނެ، ތަފާތުކުރުމުގެ އުސޫލެއް ދުވަހަކު ބައްޕަ ނުގެންގުޅެން، މި މުއްސަނދިކަމަކީ ދާއިމަށް ދެމިގެންދާނެ އެއްޗެއް ނޫން… ދަރިފުޅު ދެރަނުވައްޗޭ، ބައްޕަ މިކަން ހައްލުކޮށްދޭނަން…” އަޝްކާންގެ ކޮނޑުގައި ފިރުމާލަމުން ނާޒިމު ހިނިތުންވެލިއެވެ. އެއަށްފަހު އޭނަ ހިނގައިގަތީ ބަރްކާގެ ފަހަތުންނެވެ.

”ޝާން ޑޯންޓް ސްޓްރެސް ޔޯރ ސެލްފް، ބައްޕަ އެހުރީ ޝާންއާއެކު، މަލްސާއަކީ ނުލާހިކު ރަގަޅު ކުއްޖެއް، ފުރުސަތު ލިބިއްޖެއްޔާ މަންމަގެ ވިސްނުންވެސް ބަދަލުކޮށްލާނެ… ދެރަނުވައްޗޭ… އަހަރެން ޝާންގެ ކޮންމެ ނިންމުމަކާ އެކީގައި ވާނަން…” ކޮއްކޮއަށް ހިތްވަރުދެމުން ދިމްނާ ބުނެލިއެވެ. ދިމްނާއަށް ބަލާލަމުން އަޝްކާން ހިނިތުންވެލަން އުޅުނެވެ. ނަމަވެސް ސިކުނޑީގައި އުފެއިވި ތޫފާނުގެ ސަބަބުން އެކަން ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

*****

”ބަރްކާ…” ބަރްކާގެ ފަހަތުން ދިޔަ ނާޒިމު ގޮވާލިއެވެ. އޭނަ ހަލުވިކޮށް ހިނގާފައި ގޮސް ބަރްކާގެ އަތުގައި ހިފެހެއްޓިއެވެ. ފަސްއެނބުރި ބަލާލަމުން ނާޒިމުގެ އަތް ބަރްކާ ފޮޅުވާލިއެވެ. އަދި ނާޒިމާ ދިމާއަށް މޫނު ހަދާލިއެވެ.

”އަޝްކާންގެ ނިންމުމަށް އަހަރުމެން ޖެހޭނެ ޤަދަރުކުރަން، ކަންކަމަށް މަޖުބޫރުކުރަމީ ހައްލެއް ނޫނޭ، ދަރިންގެ އުފަލާ މެދު ބަރްކާ ވިސްނާނީ ކޮން ދުވަހަކުންތަ، ބޮޑުވަމުން އައިއިރު އެކުދީންނަށް އަހަރުމެންގެ ލޯތްބެއް ނުލިބުނު، ވިޔަފާރި ކަންތަކުގައި އުޅެން ހަދައިގެން ވަގުތެއް ނުދެވުނު، މިއަދު އެދަރިން އެތިބީ ބޮޑުވެފައި، ދިމްނާގެ ދިރިއުޅުން އަހަރުމެންނަށް ހެދުނު ގޯހެއްގެ ސަބަބުން އެވަނީ ހީނަރުވެފައި، ދެން ހުރީ އަޝްކާން… އޭނަ ބޭނުންވާ ފަދައިން ކަންތައްކޮށްދީ…. އެބުނާ ކުއްޖަކާ ބައްދަލުކުރުމުން ގޮތް އެނގިދާނެތާ… އަހަރެންގެ ހިތް ނުބުނޭ އެއީ ބަރްކާ ތުހުމަތުކުރާ ކަހަލަ ކުއްޖަކަށް ވެދާނެޔޭ… އެއްފަހަރު ވިޔަސް ތިވިސްނުން ބަދަލުކޮށްފަ އެހެން ނަޒަރިއްޔާތަކުން ދެކިބަލަ، ޔޯ އީގޯ އިސް ނޮޓް އިމްޕޯޓެންޓް، އަހަންނަށް މުހިންމީ އަޝްކާން، ވަރިހަމަ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޔަސް، އަހަރެން ހުންނާނީ އަހަރެންގެ ފިރިހެންދަރިފުޅާ އެކުގައި، އަހަރެން ބަސް ޤަބޫލުކުރަން ޖެހޭނީ…” ހެޔޮ ނިޔަތުގައި ވިސްނައިދޭން އުޅުމުން ބަރްކާ މޫނަށް ގެންނަން ފެށި ކުލަވަރުތަކުން ނާޒިމު ހިތްހަމަނުޖެހުނެވެ.

”އަޝްކާން ހިތްހަމަނުޖެހޭ ކަމެއް ނުކުރާތި، އެހެން ނޫނީ އަހަންނަށް ވެސް ބަރްކާ ކަންތައް ކުރާ އުސޫލުން ކަންތައް ކުރަން ޖެހިދާނެ…” ނާޒިމު ދިނީ އިންޒާރެކެވެ. އެދަރަޖައަށް ދެމަފިރިންގެ ގުޅުން ގޮސްފާނެ ކަމަކަށް ނާޒިމު ހިޔެއް ނުކުރެއެވެ. ދަރިންނަށްޓަކައި ހުރިހާކަމެއްގެ އިން ފަހަނައަޅާއި ދާން އޭނަ ހުރީ ގަސްދުކޮށްގެންނެވެ.

”އަޝްކާން އެކުއްޖާއާއި ކައިވެނިކުރަން ބޭނުންނަމަ އިންނާނީ އެކުއްޖާއާއި، އަޑުއިވިއްޖެތަ؟…” ނާޒިމު ބުންޏެވެ. އެއަށްފަހު އެތަނުން ދާން ހިނގައިގަތެވެ.

ހުއްޓުން އަރާފައި ބަރްކާއަށް ހުރެވުނެވެ. އެވަރުން ވެސް ބަލި ޤަބޫލުކުރަން އޭނަ ބޭނުމެއް ނުވިއެވެ. ފަހަރެއްގައި ވެސް ނާޒިމު އޭނަގެ ނިންމުމާއި ދެކޮޅު ވެދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ނަމަވެސް މަންޒަރުތައް ނިއުޅިގެން އެދިޔައީ އޭނައާ ދެކޮޅަށެވެ. މަލްސާގެ ބޮލުގައި ހުރިހާ ކަމެއްގެ އިލްޒާމު އަޅުވަމުން ބަރްކާ ކުދި ކިޔާލިއެވެ.

”އައި ވިލް ނޮޓް ލެޓް ދެޓް ބިޗް ގޯ ސޯ އީޒިލީ……” ހަދަންވީ ގޮތަކާ މެދު ބަރްކާ ވިސްނާލިއެވެ. އެހާ ފަސޭހައިން ބަލި ޤަބޫލުކުރަން އޭނަ ބޭނުމެއް ނޫނެވެ. ވަރުގަދަ ހަނގުރާމައަކަށް ދާން ޖެހުނަސް އޭނައަށް ހެވެވެ.

*****

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތެވެ. ނޫރާލް ފިޔަވާ ހުރިހާ އެންމެން ކައުމުގައި ބައިވެރިވަމުން ދިޔައެވެ. މޭޒު ދޮށަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. ކުއްލިޔަކަށް ގޭގެ ބެލް އަޅުވާލި އަޑަށް އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. އެއަޑަށް، މަލްސާއަށް ވުރެ ކުރިން ގޮނޑިން ތެދުވީ ޖަމީލާއެވެ.

”މަލްސާ މަޑުކުރޭ، އަހަރެން ގޮސްފާނަން…” ޖަމީލާ ބުނެލިއެވެ. އެއަށްފަހު ސިންކު ކައިރިއަށް ޖެހިލަމުން އަތްދޮވެ ނިންމާލަމުން އޭނަ ހިނގައިގަތީ ދޮރު ހުޅުވުމަށެވެ. އެގަޑީގައި އައި މީހަކާ މެދު ޖަމީލާގެ ހިތުގައި ސުވާލު އުފެދުނެވެ.

ދޮރު ހުޅުވާލުމާއެކު ޖަމީލާއަށް ލިބުނީ ހައިރާންކަމެކެވެ. ކުރިމަތީ ހުރި މެދު އުމުރުގެ އަންހެން މީހާގެ ބޮލުން ފެށިގެން ގޮސް ފަޔާ ހަމައަށް ޖަމީލާއަށް ބަލާލެވުނެވެ. ޒަމާނީވަންތަކާއި މުއްސަނދިކަމުގެ ކުލަވަރުތައް އޭނައަށް ފެނުނެވެ. އެމޫނަށް ސަމާލުވުމާއެކު ލިބިފައިވި ހައިރާންކަން އިތުރުވެގެން ދިޔައެވެ. އެއީ އޭނައަށް ޓީވީއާއި ނޫސްތަކުން ވަރަށް ގިނައިން ފެނިފައިވާ މޫނެކެވެ. މާލޭގެ މަހުޖަނުންގެ ތެރޭން ގުނާލެވޭ ފަރާތެކެވެ. އެފަދަ މީހަކު އޭނަގެ ގޭގެ ދޮރުގައި ޓަކިދިނުމުން ޖަމީލާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ހައިރާންވެ އަންތަރީސް ވެފައެވެ.

ޖަމީލާއަށް ބަރްކާ ބަލާލީ ފޫހިކަމުގެ ނަޒަރަކުންނެވެ. އޭނަ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލިއެވެ. އެފަދަ ފީކަޅާ ތަނަކަށް އަންނަން ޖެހުމުން އޭނަގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވެއެވެ. މޭނުބައިކުރުވާ ގޮތްވީ ފަގީރުންގެ ގެއަކަށް ވަންނަން ޖެހުމުންނެވެ. ހިތް އާސުމާނަށް ލައިގެން ހުރި ބަރްކާގެ ފަރާތުން ކިބުރުވެރިކަން ފާޅުވީ ޖަމީލާއަށް ބަލާލުމުން މޫނަށް ޖައްސާލި ވައްތަރުތަކުންނެވެ.

”އައްސަލާމުއަލައިކުމް، ކޮން ބޭނުމަކުތޯ؟…” ބަރްކާ ސަލާން ގޮވާނުލުމުން ޖަމީލާ ބުނެލިއެވެ. ބަރްކާގެ މޫނުގައިވި ޝުއޫރުތައް ފެނި ޖަމީލާއަށް އޭނަ ލައިގެން ހުރި ހެދުމަށް ބަލާލެވުނެވެ. ދެރަވަރުގެ ހެދުމެއް ލައިގެން ހުރިކަން އޭނައަށް ރޭކާލީ ދެނެވެ. ނުތަނަވަސްކަމާއެކު ހެދުމުގެ ފަސްބައިގައި ހިފަހައްޓާލެވުނެވެ.

”ތީ މަލްސާގެ ދޮންމަންމަ ދޯ؟…” ބަރްކާ އަހާލިއެވެ. އޭނަ އެސުވާލުކުރީ ކޮންމެހެން ނޭނގިގެންނެއް ނޫނެވެ. މަލްސާގެ ހުރިހާ ވަނަވަރެއް އޭނަ ވަނީ ހޯދާފައެވެ. އެއީ އޭނަގެ އަތުގައި އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ.

”ލައްބަ…” ޖަމީލާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

ބަރްކާގެ މޫނަށް ވެރިވީ މަލާމާތެވެ. ނުލަފާ ގޮތަކަށް އޭނަ ހިނިތުންވެލިއެވެ.

”އޭނަ އެބައުޅޭތަ؟…” ބަރްކާ އެހިއެވެ.

”މަންމާ، ކާކުތަ؟…” ޖަމީލާ މާގިނައިރުވާން ފެށުމުން މަލްސާ ގޮވާލިއެވެ. މީހަކާއި ވާހަކަދައްކާހެން ހީވެގެން އޭނަ ބޮޑުކޮޓަރިއަށް ބޯދިއްކޮށްލިއެވެ. ދޮރުކުރިމަތީގައި ޖަމީލާ ހުރުމުންނާއި އެތާނގައި ހުރި ޓީވީގެ ސަބަބުން ބޭރުގައި ހުރި މީހާ ފެންނަގޮތެއް ނުވިއެވެ. އޭނަ އަތްދޮވެލައިގެން ބޮޑުކޮޓަރިއަށް ނިކުތީ ޖަމީލާގެ މޫނުން ފެނުނު ކުލަވަރުތަކުން ހިތުގައި ސުވާލު އުފެދިގެންނެވެ.

ހުއްދަ ހޯދުމެއް ނެތި ޖަމީލާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން ބަރްކާ އެތެރެއަށް ވަދެގަތެއެވެ. މަލްސާގެ އަޑު އިވުމުން އޭނަ ރުޅިއައީއެވެ. އެ ހަޔާތްކުޑަ އަންހެންކުއްޖާއާއި ކުރިމަތިލާން ބޭނުން ވީއެވެ.

ބަރްކާ ފެނުމުން މަލްސާއަށް ލިބުނު ހައިރާންކަމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތުގެ ތެޅުން އަވަސްވެ މީހާއަށް ނުތަނަވަސްކަން ލިބުނެވެ. އޭނައަށް ހާސްކަމާއެކު ބަލާލެވުނީ ޖަމީލާ އަށެވެ. ޖަމީލާގެ ދެލޮލުން ސުވާލުތައް އޭނައަށް ފެނުނެވެ. އަޝްކާންގެ ވާހަކަ އާއިލާއަށް އޭނަ އަންގާފައެއް ނުވެއެވެ. އެފަދަ ދަނޑިވަޅެއް ނުލިބޭތީއެވެ. ނަމަވެސް ކުއްލިޔަކަށް އެގެއަށް ބަރްކާ އައުމުން މަލްސާ ހާސްކުރުވިއެވެ. ސުވާލުތައް ހިތުގައި ފުނިޖެހުނެވެ. ވަކިންބޮޑަށް ނޭވާ ހާސްކުރުވީ ބަރްކާގެ މޫނުމަތިން ފެނުނު ރުޅިވެރިކަމުންނެވެ. މަލްސާގެ ހިތަށް ވެރިވެގެން އައީ ހަމަ އެންމެ ސުވާލެކެވެ. އޭނައާއި އަޝްކާންގެ ގުޅުމުގެ ވާހަކަ ބަރްކާގެ ކަންފަތާ ހަމައަށް ފޯރީ ހެއްޔެވެ؟

މަލްސާއަށް ހިންދިރުވާލެވުނެވެ. އޭނަގެ ހިތުގައި ބިރުވެރިކަން އޮތް ދުވަސް އެވަނީ އޭނައާއި ކުރިމަތިލާފައެވެ. އޭނައާއި އަޝްކާންގެ ގުޅުމަށް ތަފާތު ފިއްތުންތައް ކުރިމަތިވާނެކަން މަލްސާއަށް އެނގެއެވެ. އަޝްކާންގެ ލޯބި އޭނަ ޤަބޫލުކުރީ އެހުރިހާ ކަމެއް އެނގި ހުރެއެވެ. އަޝްކާންގެ އަތުގައި ހިފީ ސާބިތުކަމާއެކު އެކަންކަމާ ކުރިމަތިލާށެވެ. އެހެނަސް، ލޯކުރިމަތިން ހަޤީޤަތް ފެނުމުން ޖެހިލުންވުން ހިތުގައި އުފެދިއްޖެއެވެ. ހިތް ބިރުވެރިކަމާއެކު ތެޅެން ފެށައިފިއެވެ.

”މަލްސާއާއި ބައްދަލުކުރަން ތޯ ތިއައީ… ސޯފާގައި އިށީންނަން ވީ ނޫން ތޯ؟…” ޖަމީލާ ބުނެލިއެވެ.

”ހުއް ކަލޭގެ މުޑުދާރު ގޭގައި ވަގުތު ހޭދަކުރާކަށް ނޫން އަހަރެން މިއައީ…” ބަރްކާ، ޖަމީލާއާ ދިމާއަށް ހަރުކަށިކަމާއެކު ބުނެލުމަށްފަހު މަލްސާއާއި ކުރިމަތިލިއެވެ. ވަމުން ދިޔަ ގޮތުގެ ހިލަން ޖަމީލާއަށް ވީ ދެނެވެ. ސިކުނޑީގެ ލޯގަނޑަށް އެރި މަންޒަރުތަކާއާއި ހުރިހާކަމެއް އޭނައަށް ގުޅުވާލެވުނެވެ. މީގެ ކުރިން މަލްސާއާއެކު އޭނައަށް ފެނުނު ޒުވާނާ ދަންނަ ވައްތަރުޖެހީ ކީއްވެގެންކަން އޭނައަށް ވިސްނުނީ އަދިރިޔާއެވެ. ދެލޯބޮޑުކޮށްލަމުން ޖަމީލާއަށް ބަލާލެވުނީ މަލްސާ އަށެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ބިރުވެރިކަމުން އޭނަގެ ހީ ޔަޤީނަށް ބަދަލުވިއެވެ.

”ކަލޭ ބޭނުންވެގެން ތިއުޅެނީ ކޯޗެއް، އޭނ… ފައިސާތަ، އަހެންވެއްޖެއްޔާ ބޭނުން އަދަދަކަށް ފައިސާ ދީފާނަން، ކަލެއާ ހެދި އަހަރެންގެ އާއިލާގެ ހަމަޖެހުން ގެއްލިއްޖެޔޭ… މި މާލެއިން ކަލެއަށް މަގޭ ދަރި ނޫން އިތުރު މީހަކު ނުވީތަ؟…” މަލްސާ ކުރިމައްޗަށް ހުއްޓުނު ބަރްކާ ހަޅޭއްލަވައިގަންނަމުން ޝަހާދަތްއިނގިލިން މަލްސާގެ މޭގައި ޖައްސާ ފަހަތަށް ކޮއްޕާލިއެވެ.

މަންޒަރު ބަލަން ހުރި ޖަމީލާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް މަލްސާއާއި ބަރްކާގެ ދެމެދަށް ވަނެވެ.

”އަތަކުން ނޫން ވާހަކަދައްކާނީ…” ބަރްކާއާ ދިމާއަށް ޖަމީލާ ބުނެލިއެވެ. އެއީ އަނދައަނދާ ހުރި އަލިފާންގަނޑަށް ޕްޓްރޯލް އެޅުން ފަދަ ކަމަކަށް ވިއެވެ. ބަރްކާ އިތުރަށް ރުޅި ގަދަ ވިއެވެ.

އަޑުހަރުވެގެން ހުސޭނުވެސް ނިކުތެވެ. އޭނައަށް ބަރްކާ ފެނި ހައިރާންކަމާއެކު ބަލަން ހުރެވުނެވެ.

”ކަލޭ ހުރޭ މަޑުން!، ކަލޭގެ ދޮންދަރިއަށް ރަގަޅަށް ދަސްކޮށްދީފައެއްނު ހުރީ މުއްސަނދި ފިރިހެނުންގެ ފަހަތުން ދުވަން، ފައިސާއަށް ބޫތުކައިފަ ތިބި ބައެކޭ…” ބަރްކާ ލޯއަޅާލިއެވެ.

”އަހަންނަށް ޔަޤީން މަލްސާ ތިހެން ނޫޅޭނެކަން، މަލްސާއާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްނުކުރެވޭނެ، އެއް އަތް ޖަހައިގެން ދުވަހަކު އަޑު ކިޔާފައިވޭތަ؟…” ޖަމީލާ ހޫނު ރައްދެއް ދިނެވެ. ބަރްކާގެ ނުބައިކަން ފެނި މަލްސާ ދިފާއުކުރަން އޭނަ ބޭނުން ވިއެވެ.

”ހުއް، މާ މާތް މީހަކަށް ވާނެކަމެއް ނެތް… ކަލޭމެން ބޭނުންވަނީ ފައިސާތަ، އެހެން ވެއްޖެއްޔާ މިއޮތީ ބްލޭންކް ޗެކެއް… ހަމަ މިހާރު އަޝްކާންއާއި ރުޅިވޭ، ކަލޭ ހީކުރީ ކަލޭގެ މަގުސަދު ހާސިލުވާނެ ކަމަކަށްތަ؟، ނުވާނެ، ކަލޭ ޖެހޭނީ އަޝްކާންއާއި ރުޅިވާން، ކަލޭ ބޭނުންވަނީ ފައިސާއެއްނު، ބޭނުންވަރަކަށް މިދެނީ، ކަލޭމެން ކަހަލަ މީހުންނަނީ ފައިސާއިން ގަނެލެވޭ ބައެއް!…” ބަރްކާގެ ޖުމްލައިން މަލްސާގެ ހިތަށް އަސަރުކުރިއެވެ. އޭނަގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މޭގައި ރިއްސާލިއެވެ.

ބަރްކާގެ ދުލުން ވަރަށް ހުތުރު ބަސްތައް މަލްސާއަށް އަމާޒުވިއެވެ. އެކަމާ ހިތްހަމަނުޖެހުނު ޖަމީލާއާއި ހުސޭން ބަރްކާއާ ދިމާއަށް އެއްޗެއް ބުނަން އުޅުމުން ބަރްކާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.

”އަން މިއޮތީ ކަލޭގެ ޗެކް…” އަތްދަބަހުން ނެގި ޗެކް މަލްސާގެ މޫނާ ދިމާއަށް ހޫރާލަމުން ބަރްކާ ބުންޏެވެ. މަލްސާއަށް އެވަގުތު ލޯމަރާލެވުނެވެ. އެދެލޮލުން ފައިބައިގެން ދިޔައީ ހިތްދަތިކަމުގެ ކަރުނައެވެ.

ޖަމީލާ ހުރީ ބުނާނެއެއްޗެއް ނޭގިފައަވެ. ބަރްކާގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީތީއެވެ. އެއްޗެއް ބުނަން އުޅުނު ތަނާ މަލްސާ އޭނަގެ އަތުގައި ހިފައިފިއެވެ. ލަސްލަހުން ދެފަރާތަށް ބޯހޫރާލީ ހިމޭންކަން ކިޔާރުކުރާށޭ ބުނާ ފަދައިންނެވެ.

މަލްސާ ގުދުވެލަމުން ޗެކް ނެގިއެވެ. އެމަންޒަރު ފެނި މަލާމާތާއި ކާމިޔާބީގެ ހިނިތުންވުމެއް ބަރްކާގެ ތުންފަތަށް ވެރިވިއެވެ. ކާމިޔާބުވެއްޖެޔޭ ހިތާ ކިބުރުވެރިކަން އިސްކުރެވުނެވެ. އެހެން ހުއްޓާ ސިހުން ލިބުނީ މަލްސާ ކުރި ކަމެއްގެ ސަބަބުންނެވެ.

”އަޝްކާންގެ މަންމައަށް ވީތީ އަހަރެން ޤަދަރުކުރަން، އެކަމަކު އަހަރެން މީ ފައިސާ ދުވަހަކު ބޭނުންވީ މީހެއް ނޫން، އަހަރެން އަޝްކާންއާ ރައްޓެހިވީ ފައިސާގެ ދަހިވެތިކަމުގައެއް ނޫން…… ލޯބިވާތީ… އެލޯތްބަކީ ބްލޭންކް ޗެކަކުން ގަނެލެވޭނެ އެއްޗެއް ނޫން، އެއަށްވުރެން މަތިވެރި ސާފު ލޯތްބެއް އެއީ… އަޝްކާންގެ ހިތުގައި ޖެހޭ ފަދަކަމެއް އަހަރެން ނުކުރާނަން…” ޗެކް ވީދާލުމަށްފަހު ބަރްކާގެ އަތުގެ ތެރެއަށް މަލްސާ ލައިދިނެވެ. އެއްޗެއް ނުބުނެ ހިމޭނުން ހުންނަންވެއްޖެނަމަ ވެދާނެ ކަމަކާ މެދު މަލްސާގެ ހިތް ބިރުގަތީއެވެ. ހަމައެއާއެކު އޭނައާއި އާއިލާގެ ބޮލުގައި އެޅުވެމުން ދިޔަ ދޮގު ތުހުމަތުތަކުން އޭނަގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ނުރުހުންތެރިކަން ހިތުގައި ވިޔަސް އޭނަ ބަރްކާއާއި ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

ބަރްކާ ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. ވީދާލާފައި އޮތް ޗެކަށް އޭނަ ނަޒަރު ހިންގާލަމުން އަތުގެ ތެރެއަށް އޭތި ބޮޑިކޮށްލިއެވެ.

”ބުނަން އައި އެއްޗެއް ބުނެވިއްޖެދޯ… ދެން ނިކުންނަން އުޅޭ މީގެއިން… އިތުރު އެއްޗެއް ބުނެފިނަމަ ގަދަބާރުން ގެއަށް ވަދެ ބިރުދައްކަން އުޅޭކަމަށް ބުނެ ފުލުހަށް އަންގާނީ، ކަލޭގެ ތި ފައިސާ ހިފައިގެން ނިކުމޭ މިގެއިން، ތި ބޭނުން މީހަކު މިގެއަކު ނެތް… ދެން މީގެ ފަހުން މިގެއަށް ކަލޭ ނިކަން ވަދެބަލަ، މަށަކީ ނުބައި މީހެއްކަން ދައްކާނަން، މަގޭ ދަރިފުޅާ ދިމާއަށް ތިހެން އައިސް ތުހުމަތުގެ އިނގިއްޔެއް ދިއްނުކުރެވޭނެ. ނިކުމޭ… ހަމަ މިހާރު ނިކުމޭ…”

ބަރްކާގެ އަތުގައި ހިފާ ދަމަމުން ގޮސް މައިދޮރުން ބޭރަށް ޖަމީލާ ކޮއްޕާލިއެވެ. ބަރްކާ އެދިޔަ ބަރުމިނުގައި ގޮސް އެރީ ސިޑީގެ ރެއިލިންގްއަށެވެ. ފައި އަރިއަޅާލިގޮތުން އަނގަވަތަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އޭނައަށް އެއްޗެއް ނުބުނެވެނީސް ބަން ލާފައި ޖަމީލާ ދޮރު ލައްޕައިފިއެވެ.

އަބުރު ކަތިލެވިގެން ދިޔަހެން ބަރްކާއަށް ހީވިއެވެ. ޖަމީލާ ކުރިކަންތަކުން އޭނަ ހުރީ ސިހުމެއްގެ ތެރޭގައެވެ. ހޭވެރިކަން ވުމުން އޭނަ އިސްކުރީ ރުޅިވެރިކަމެވެ. އެވަރުން ވެސް ބަލި ޤަބޫލުކުރަން އޭނަ ބޭނުމެއް ނުވިއެވެ. އަތުގައި އޮތް ޗެކު ގުޅައަކަށް ލަމުން ދޮރާދިމާއަށް ހޫރާލިއެވެ.

”ފްރީކް!… ބަރްކާ ބުނެލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދާން އޭނަ ހިނގައިގަތީ ކުދިކިޔަމުންނެވެ.

*****

”މަލްސާ…” ރޮވިފައި ހުރި މަލްސާއަށް ޖަމީލާ ގޮވާލިއެވެ. މަލްސާ ހުރީ ހިތުގައި ޖެހިފައިކަން އޭނައަށް އެނގުނެވެ. އޭނަ މަސައްކަތްކުރީ މަލްސާގެ ހިތަށް ފިނިކަމެއް ގެނެސްދެވޭތޯއެވެ.

”މުދަލާއި ފައިސާ ލިބުމުން އެމީހުން ހީކުރަނީ ބޭނުން ގޮތެއް ހެދިދާނެ ކަމަށް، އެހެން މިގެއަށް އައިސް އޭނައަށް ކިހިނެއް އެފަދަ ކަމެއް ކުރެވޭނީ، މަލްސާ ރުއިން ހުއްޓާލާ، ތި އަޝްކާންއެއް މަލްސާ ދެކެ ލޯބިވާނަމަ މިފަދަ ކަމެއް ހިނގުމުގެ ފުރުސަތެއް ނުދޭނެ…” ޖަމީލާ ރުޅިއައީ އަޝްކާން ދެކެއެވެ. އެކަމުން މަލްސާގެ ހިތަށް އުނދަގޫވިއެވެ.

”މަންމާ ތިހެން ނުބުނޭ، އަޝްކާންއަކީ އެފަދަ މީހެއް ނޫން… އަހަރެން ވަރަށް ލޯބިވޭ އަޝްކާންދެކެ…” ގިސްލެވިފައިވާ އަޑަކުން މަލްސާ ބުނެލިއެވެ. އޭނަ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ހާސްކަމެއްގެ ތެރޭގައެވެ.

”ދެން ރުއިން ހުއްޓާލަބަލަ…” މަލްސާ ގެންގޮސް ސޯފާގައި ބައިންދަމުން ޖަމީލާ ބުނެލިއެވެ.

”މަންމަ ބޭނުން އަޝްކާންއާއި ބައްދަލުކުރަން، އޭނައަށް ގުޅާ… އޭނައަށް އެނގެން ޖެހޭނެ އޭނަގެ މަންމަ ކުރިކަންތައް، މަލްސާއާ ދިމާއަށް ބުނި ބަސްތައް އަޑުއަހަން ޖެހޭނެ…” ޖަމީލާ ބުނެލިއެވެ.

”ނުކެރޭނެ، އޭރަށް އިތުރު މައްސަލަތައް ޖެހެނީ…” ގޮތް ހުސްވެފައިވާ ރާގަކަށް މަލްސާ ބުންޏެވެ.

”ތީ ހައްލެއް ނޫން، ލޯބިވާނަމަ ހުރިހާކަމެއް ހައްލުކުރުމުގެ ހިތްވަރު ލިބެންޖެހޭނެ، ތިހެން މަލްސާ ހުންނަންޏާ މަލްސާއަށް ފުރައްސާރަކުރަން އެއަންހެންމީހާއަށް އިތުރު ހިތްވަރެއް ލިބޭނީ، ލޯބިވާނަމަ ހުރިހާ ކަމަކާ ކުރިމަތިލުމުގެ ހިތްވަރު ހުންނަން ޖެހޭނެ!……” ޖަމީލާ ނަސޭހަތްތެރިވިއެވެ.

*****

މަލްސާއަށް ގުޅާގުޅާ ފޯނު ނުނެގުމުން ނުތަނަވަސްކަން ލިބުނު އަޝްކާން އެންމެފަހުން މަލްސާގެ ގެއާ ހަމައަށް އައެވެ. އޭނައަށް ހައިރާންކަން ލިބުނީ އޭނަ ގޯޅިއަށް ވަން ވަގުތު މަލްސާގެ އެޕާރޓްމެންޓް ކުރިމަތީ އޮވެފައި ދުއްވާލި ކަޅުކުލައިގެ ކާރު ފެނުމުންނެވެ. އޭނަގެ ހިތަށް ގޮތްތަކެއް ވެގެން ދިޔަ އެވެ. ހިތުގައި ސުވާލުތައް އުފެދުނެވެ.

”މަންމަ؟… ކީއްކުރަންތަ މިގަޑީގަ؟ މިގެއަށް އައީ؟… އޯހ ނޯ، މަލްސާ، އެހެންވެގެންތަ އަހަރެންގެ ފޯނަށް މިހުރިހާ އިރު ޖަވާބު ނުދިނީ، ވަޓް ޑިޑް ޝީ ޑޫ…” އަޝްކާންއަށް ބުނެވުނެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ކާރު ޕާކްކުރަމުން އޭނަ ދުވެފައި އެޕާރޓްމެންޓްގެ ސިޑިއާ ދިމާއަށް ދިޔައެވެ. އޭނަ ހުރީ މައިނޭވާ ލެވޭވަރުވެފައެވެ. އެޕާރޓްމެންޓާ ހުރި ފަންގިފިލާއަށް އެރުމާއެކު ހަށިފުރާ ނޭވާތަކެއް ލާން އޭނަ މަސައްކަތްކުރިއެވެ. ގުދުވެލަމުން ނޭވާ ހަމައަކަށް އަޅުވަން އުޅުނު އަޝްކާންއަށް ގުޅައަކަށް ލާފައި އޮތް ކަރުދާސް ކޮޅެއް ލޮލުގައި އަޅާއިގަތެވެ. ހައިރާންކަމާއެކު ގަނޑުކޮޅު ނެގިއެވެ. އެއަށް ދެވުނު ނަޒަރާއެކު އޭނަގެ ދެލޯބޮޑުވިއެވެ. ރުޅިވެރިކަމުގެ ޖަޒުބާތުތައް ވެސް ހިތަށް ވެރިވިއެވެ. އޭނައަށް މަންޒަރު ސާފުވެއްޖެއެވެ. މަންމަ އެގެއަށް އައި ބޭނުމަކީ އެއީ އެވެ. އަޝްކާންގެ ހިތުގައި މަންމައާ މެދު ޝަކުވާތައް އުފެދުނެވެ. ހިތުގައި ޖެހުނެވެ. އެއަށްވުރެން ބޮޑަށް އޭނަ ކަންބޮޑުވީ މަލްސާއާ މެދުގައެވެ.

*****

މަލްސާގެ ކޮޓަރިއަށް ވަދެ ފޯނު ނަގައިގެން ޖަމީލާ ނުކުތެވެ. ފޯނަށް އައިސްފައި އިން މިސްކޯލުތައް އޭނައަށް ފެނުނެވެ.

”އޭނަ އެބައިން ގުޅާފަ…” މަލްސާ ގާތަށް ހުއްޓެމުން ޖަމީލާ ބުންޏެވެ. ”ގުޅާބަލަ އޭނައަށް…”

ދެން އިވުނީ މައިދޮރުގައި ޓަކިދިންއަޑެވެ. ޖަމީލާ މިފަހަރު ދޮރާދިމާއަށް ބަލާލީ ނުރުހިފައެވެ. އޭނަ ހީކުރީ ބަރްކާ އަނެއްކާ ވެސް އައީ ކަމށެވެ. މޫނު ހަދާލަމުން ދޮރާ ދިމާއަށް އޭނަ ދިޔައެވެ. އިންޒާރުދެމުން އޭނަ ދޮރު ހުޅުވާލިއެވެ.

”އަޝްކާން؟…” މަލްސާއަށް އަޝްކާން ފެނުމުން ސޯފާއިން ތެދުވުނެވެ. ފަސްއެނބުރި މަލްސާއަށް ބަލާލި ޖަމީލާ ފަރުވާތެރިކަމާއެކު ދޮރު ކުރިމަތީ ހުރި ޒުވާނާއަށް ބަލާލިއެވެ. އެއީ މަލްސާއާއެކު އޭނައަށް މަސްތަކެއް ކުރިން ފެނުނު ޒުވާނާއެވެ. އަޝްކާންއެވެ.

”ކީއްކުރަން ތިއައީ؟، އަޝްކާންގެ މަންމައަށް ކުރެވުނުވަރު ކުޑަވެގެން ތިއައީ އަނެއްކާ ވެސް މަލްސާ ދެރަކުރަންތަ، އެވެސް އިންސާނެކޭ، ހިތުހުރިހާއެއްޗެއް ކީމަ އޭނަ ވެސް ދެރަވާނެކަމެއް ނޭގޭތަ!…” ޖަމީލާ ބޭނުންވީ ރުޅި އަންނާށެވެ. އެހެނަސް، މަލްސާގެ ހާލަތުފެނި އޭނަގެ އަޑު ކުރެހުނެވެ.

”އަޅުގަނޑު އެތެރެއަށް ވަނަސް އެންމެ ރަގަޅު ތޯ؟…” ޖަމީލާ ގާތު އަޝްކާން އެހިއެވެ. މޫނުހަދާފައި ވެސް ޖަމީލާ ހުއްދަދިނެވެ. ޝުކުރުވެރިވި އަޝްކާން އަވަސްއަވަހަށް މަލްސާ ގާތަށް ދިޔައެވެ. މަލްސާ ގާތަށް ތިރިވެލަމުން އެއަތުގައި ހިފާލިއެވެ.

”އައެމް ސޮރީ…” އަޝްކާން މަޢާފަށް އެދުނެވެ. އެއަޑުގައި ވަނީ ރިހުމެވެ.

”މަންމައަށް މަލްސާގެ ހިތުގައި ޖެއްސިފައިވާ ނަމަ އެކަމަށް އަހަރެން މަޢާފަށް އެދެން، މިހުރިހާ ކަމެއް މިވީ އަހަރެންގެ ސަބަބުން، އަހަރެންގެ ނުކުޅެދޭ ކަމުން، އެކަމަކު މިކަން ހައްލުކުރަން ބޭނުން، މަލްސާ ނޫން އިތުރު ފަރާތެއް އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ގެންނަން ބޭނުމެއް ނޫން… ނުވެސް ގެންނާނަން!… މަލްސާ އަހަންނަށް ވަގުތުކޮޅެއް ދީ، އަހަރެން ހުރިހާކަމެއް ރަގަޅުކުރާނަން، ބަޓް ޕްލީސް އަހަންނާއި ވަކިނުވާތި، މަލްސާއާއި ވަކިވާންވެއްޖެނަމަ އަހަންނަށް ކެތްކުރަން އުނދަގޫވާނެ، ޕްލީސް…” އަޝްކާން އާދޭސްކުރިއެވެ. އެއާދޭސްތަކުން ވެސް މަލްސާ ދެކެ އަޝްކާން ވާ ލޯބި މަލްސާއަށް އިހުސާސްކުރެވުނެވެ.

”ވައްކެއް ނުވާނަން، އަހަރެން ޝާންއަށް އިތުބާރުކުރާނަން… އަހަރެން ވަރަށް ލޯބިވޭ ޝާން ދެކެ…” މަލްސާ ބުނެލިއެވެ. އަޝްކާންގެ ދޮލުން ކަރުނައި ދިލަކަށް ފާޅުވިއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު އޭނަ ކޮޅަށް ތެދުވުނެވެ. އަދި ވަކިވަކީން ޖަމީލާއާއި ހުސޭނުގެ މޫނަށް ބަލާލިއެވެ. މަޢާފަށް އެދެމުންނެވެ. އެއީ މަލްސާގެ މައިންބަފައިންނާ ބައްދަލުވާން އޭނެ ބޭނުންވި ގޮތެއް ނޫނެވެ.

”އަހަރެން ކައިވެނިކުރަން ބޭނުންވޭ މަލްސާއާއި، އެކަމަކު ދެޢާއިލާގެ ހެޔޮއެދުމާއެކުގައި، މަންމަގެ އާނ ބަސް ހޯދަން އަހަރެން މަސައްކަތްކުރާނަން، އެދުވަހަކުން އަހަރެން އަނބުރާ އަންނާނަން ކައިވެންޏަށް ރުހުން ހޯދާން… އުއްމީދުކުރަން ރުހުން ލިބޭނެކަމަށް…” ހުސޭންއަށް ބަލާލަމުން އަޝްކާން ބުނެލިއެވެ. އެޖުމްލައިގައި ސާބިތުކަން ވިއެވެ. މަލްސާދެކެ ވާ ލޯބި ސާފުކޮށް ބަޔާންކޮށްދިނެވެ.

******

ގެއަށް އާދެވުނު އިރު އަޝްކާންގެ ހިތުގައި ރުޅިވެރިކަމެއް ނެތެވެ. އެހިތުގައި ވީ ހިތާމައާއި މޮޅިވެރިކަމެވެ. އޭނަ ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ގޮސް މަންމަގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. އިރުކޮޅެއްފަހުން ދޮރު ހުޅުވީ ބައްޕައެވެ.

ބައްޕައާއި ހަތަރުކަޅި ހަމަވުމުން އަޝްކާންގެ ދެލޮލުން ކަރުނައިގެ ދިލަކަން ފާޅުވިއެވެ. ފިރިހެން ދަރިފުޅަށް ބަލަން ހުރި ނާޒިމަށް އެއްފަރާތަކަށް ޖެހިލެވުނީ އެތެރެއަށް ވަންނަން ތަންދައްކަމުންނެވެ. އަޝްކާންގެ ހިތްދަތިކަން ފެނި އޭނަގެ ހިތް ގެނބުނު ކަހަލަ އިހުސާސެއް ނާޒިމަށް ކުރެވުނެވެ.

ބަރްކާ އިނީ އެނދުގައި އިށީދެލައިގެންނެވެ. އަޝްކާން ފެނުމުން އޭނަ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި އަޝްކާން ގޮސް އޭނަގެ މަންމަގެ ގާތަށް ކަކޫމައްޗަށް ތިރިވެލިއެވެ.

”މަންމަ މިރޭ ތިކުރި ކަމަކުން އަހަރެން ވަރަށް ބޮޑަށް ލަދުގަނެއްޖެ، އަހަރެން ދުވަހަކު ވެސް އުއްމީދެއް ނުކުރަން މަންމަ އެފަދަ ކަމެއް ކޮށްފާނެކަމަކަށް، މިއަދު ހެނދުނު މަންމައާ އަދަބުކުޑަކޮށް ވާހަކަދެކެވިފައިވާނަމަ އަހަރެން މަޢާފަށް އެދެން، އެކަމަކުވެސް މަލްސާއާއި މެދު އެފަދައިން ކަންތައްކުރުމުގެ ހައްޤެއް މަންމައަށް ލިބިފައި ނުވޭ… އެއީ ވެސް މީހެއްގެ ދަރިއެކޭ، އެދަރިއަށް ވެސް އިހުތިރާމު ލިބެން އެމީހުން ވެސް ބޭނުންވާނެޔޭ… މަންމަގެ މި ދަރިފުޅާ މެދު އެފަދައިން ކަންތައް ކުރިނަމަ މަންމަގެ ހިތަށް ކުރާނީ ކޮން ކަހަލަ އަސަރެއްތަ؟…. މަންމައަށް ކެތްކުރެވޭނެތަ، ބްލޭންކް ޗެކެއް ދީ ލަދުގަންނަވާލަން ކެރޭނެތަ… މަންމާ… އަހަރެން މަލްސާ ދެކެ ވަރަށް ލޯބިވޭ، އެނޫން ކުއްޖަކު ހަޔާތަށް ގެންނާކަށް ބޭނުމެއް ނޫން، އެކަމަކު މަންމަގެ ރުހުން އަހަރެން ބޭނުން، މަންމަގެ ރުހުން އެކައިވެންޏަށް ނުލިބިއްޖެނަމަ ހަޤީޤީ އުފާވެރިކަމެއް އަހަންނަކަށް ނުލިބޭނެ… މަންމަގެ ނުރުހުމުގައި އަހަންނަށް ކައިވެނި ކުރެވެން އެބައޮތް… އެކަމަކު އަހަރެން އެފަދައިން ކަންތައްކުރާކަށް ބޭނުމެއް ނޫން، މަންމަގެ ހިތުގައި ޖައްސާކަށް ވެސް ބޭނުމެއް ނޫން، އެކަމަކު އަހަންނަށް މަލްސާ ނުލިބޭނަމަ އިތުރު އެއްވެސް މީހަކާ ކައިވެންޏެއް ނުކުރާނަން…” އަޝްކާންގެ އަޑުގައިވަނީ ރިހުމެވެ. އަޝްކާން ރޮމުން ދިޔަކަން ބަރްކާއަށް އެނގުނެވެ. ނަމަވެސް އޭނަ ހުރީ ރުޅިއިސްކޮށްގެންނެވެ. އަޝްކާން އާދޭސްކޮށްފައި ދިޔައިރު ވެސް އަނގަޔަކުން ނުބުންޏެވެ.

”ތިއީތަ ދަރިންދެކެ ބަރްކާ ވާ ލޯތްބަކީ، އަހަރެން ދުވަހަކު ނުދެކެން އަޝްކާން ބޮޑުވިފަހުން ރޮނިކޮށް، އެކަމަކު މިއަދު އެކަމަށް ވެސް އަޝްކާންއަށް މަޖުބޫރުކުރުވީ ބަރްކާ، އަޝްކާން ބޭނުންނަމަ ބަރްކާގެ ނުރުހުމުގައި ކައިވެނިކޮށް މިގެ ދޫކޮށްފައި ދިއުމުގެ ފުރުސަތު ވެސް އެބައޮތް، އެކަމަކު އޭނަގެ މަންމައަށް ލިބިދާނެ ދެރައަކާ މެދު ވިސްނާފައި އެހެން ކަންތައް ކުރަން ނޫޅޭކަމާމެދު ޝުކުރުކޮށްބަލަ!… ދެންވެސް ބަރްކާއަށް އެއްޗެއް ނުވިސްނޭތަ، ހެޔޮނުވާނެ އެދަރިފުޅުގެ ފުރަތަމަ ލޯބި ޤުރުބާންކުރަން މަޖުބޫރުނުކުރޭ، އަމިއްލަ އެދުން އިސްނުކުރޭ، ހަމަ އެންމެ ފަހަރަކު، އެންމެ ފަހަރަކު އެދަރިފުޅުގެ އުފަލަށް އިސްކަން ދީބަލަ، ހެޔޮނުވާނެ ބަރްކާ، ބަރްކާގެ ހިތެއް ވެސް ނެތީތަ؟، ވޭނެއް ހަމަ ނާޅާތަ؟، ބޮޑުވެފައި ހުރި ފިރިހެންކުއްޖަކު އާދޭސްކޮށް ރޮއެފައި ދިއުމުން ދެރައެއް ނުވޭތަ، އެދަރިފުޅު ބަރްކާދެކެ ވާ ލޯބި އިހުސާސެއް ނުކުރެވޭތަ؟… އެއްޗެއް ވިސްނެސް ވެއްޖެދޯ… މުއްސަނދިކަމާއި ފަޤީރުކަމުގެ ފަރަގު ދުރުކޮށްލަމުން އެއްފަހަރު ވިޔަސް ދުނިޔެއަށް ލޯހިންގާލަބަލަ، މީ ވަގުތީ ތަނެކޭ…” ނާޒިމު ބުނެލިއެވެ. އޭނަ ކޮޓަރިން ނިކުމެގެން ދިޔައީ ބަރްކާ ދެކެ ހިތްހަމަނުޖެހުމުންނެވެ.

*****

ބަރްކާއަށް ވިސްނާލެވުނެވެ. އަޝްކާންގެ ޖުމްލަތައް އޭނަގެ ކަންފަތުގެ ތޫރީގައި ގުގުމަމުން ދިޔައެވެ. މޭގައި ރިއްސާލިއެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. އެދަރިފުޅުގެ ރުއިމުގެ އަޑުން ނަފުސަށް ސިހުން ގެނުވިއެވެ.

”ކީއްވެގެންތަ އެ ނޫން އަންހެނަކު ނުފެނުނީ، ކީއްވެތަ؟…” ގިސްލަމުން ބަރްކާއަށް ބުނެވުނެވެ. އޭނަގެ ނަޒަރުގައި އޭނަ މަސައްކަތްކުރަނީ އަޝްކާންއަށް ހެޔޮ މުސްތަޤުބަލެއް ހޯދައިދޭށެވެ. ”އަޝްކާން، މަންމައަށް މަޢާފްކުރޭ، އެކަމަކު ދަރިފުޅު ދިރިއުޅުން ނަގާލާތަން ބަލަން މަންމައަކަށް ނުހުރެވޭނެ…” ކަރުނަތައް ފޮހެލަމުން ބަރްކާ ބުންޏެވެ.

*****

ކަންތައް ގޯހަށް ދިޔަކަން އެނގި ދިމްނާއާއި އެލީން މަލްސާއާއި ބައްދަލުކުރިއެވެ. ވިސްނައިދިނެވެ. އަޝްކާން ހުރިހާކަމެއް ރަގަޅުކުރާނެކަމުގެ ޔަޤީންކަން ދިނެވެ. އަދި އަޝްކާންއަށް އިތުބާރުކުރުން މަތީ ދެމިހުރުމަށް ބުނަމުން، ބަރްކާ ކުރި ކަންތަކަށް މަޢާފަށް ވެސް އެދުނެވެ.

މަލްސާ ހުރީ އެންމެންގެ ފަރާތުން ލިބެމުން ދިޔަ އެހީއާއި، އޯގާތެރިކަމާއި އަޅާލުން ފެނި އަސަރުކޮށްފައެވެ. ބަރްކާއާ މެދުގައި އޭނަގެ ހިތުގައި ޝަކުވާއެއް ނެތެވެ. ބަރްކާ ކަންތައް ކުރަމުން އެދަނީ ބަރްކާއަށް ފެންނަ އެންމެ ރަގަޅު ގޮތަށެވެ. ނަމަވެސް އަޝްކާން ބުނިފަދައިން އިންތިޒާރުކުރަން މަލްސާ ބޭނުންވިއެވެ. އެލޯތްބަށްޓަކައެވެ. އަޝްކާންއަށް ދިމާވެފައިވާ އުދާސްކަމުގައި އޭނައާއި ވަކިވެއްޖެނަމަ އިތުރު ހިތްދަތިކަމެއް ލިބިދާނެކަން އޭނައަށް އެނގެއެވެ. މަލްސާ ހިފަހައްޓާލީ އުއްމީދުގެ ފަހު ވާފަށުގައެވެ. އެވާފަށް ކަނޑައިގެން ހިނގައިދާނެ ކަމުގެ ބިރު އެހިތުގައި އޮތެވެ. އޭނައަށް ކެތްތެރިވެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟

*****

އެލީންގެ އެދުމުގެ މަތިން ބަރްކާއާއި ބައްދަލުކުރަން ނަތާޝާ އައެވެ. އޭރު ކަންތައް ގޮސްފައި އޮތް ހާލަތު އެލީންގެ ވާހަކަތަކުން ނަތާޝާއަށް ވަނީ އެނގިފައެވެ. އޭނަ ބޭނުންވީ ބަރްކާއަށް ނަސޭހަތް ދޭށެވެ. ބަރްކާގެ ނިންމުން ބަދަލުކުރެވޭތޯއެވެ.

”ބަރްކާ، ތިހެން ކަންތައްކުރީމަ އަޝްކާންއަށް މާޔޫސްކަން ލިބޭނެކަމެއް ނޭގޭތަ، މިހާރު އަޝްކާން ހުންނަނީ މަތިމަރުވެއި، އެމަންޒަރު ދެކެން ބަރްކާގެ މައިލަގޮނޑިއަށް ކެތްކުރެވޭނެތަ؟… ތި ވިސްނުން ދޫކޮށްލާ، އަޝްކާންގެ އުފަލާ މެދު ވިސްނާލަބަލަ، އަހަރެން ވެސް މަލްސާއާ ބައްދަލުކޮށްލިން، ވަރަށް ހިތްހެޔޮ އަހުލާޤު ރަގަޅު ކުއްޖެއް، އަޝްކާންދެކެ ނުހަނު ލޯބިވޭ، އެއީ ބަރްކާ ތިހީކުރާ ކަހަލަ ނުބައި ކުއްޖެއްނަމަ ފުރަތަމަ އުޅުނީ ވިޔަފާރި ބަނޑުއަޅާކަށްނު، އެކަމަކު އޭނަގެ ފަރާތުން އެކަހަލަ ކަމެއް ފެނުނުތަ؟… ނުފެނޭ!، ހެޔޮނުވާނެ އެކުދިންނާ މެދު ތިހެން ކަންތައްކުރަން، ތިހާ ހިތްނުބައި މީހަކަށް ބަރްކާ ބަދަލުވީ ކޮންދުވަހަކުތަ؟ އެންމެފަހަރަކު ވިޔަސް ބަރްކާގެ ވިސްނުން ދޫކޮށްލަބަލަ، ދުނިޔެއާ މެދު މުޅިން އެހެން ނަޒަރަކުން ދެކިބަލަ، މީހުން ބައިބަޔަށް ނުބަހަބަލަ، މުއްސައިކަން އަދި ފަޤީރުކަން އަޅުވާ ނުކިޔަބަލަ… އޭރުން ބަރްކާއަށް މުޅިން އެހެން މަންޒަރެއް ފެންނާނެ… ހަމަ އެންމެ ފަހަރަކު… އަޅެ ތަޖުރިބާކޮށްލަން ހިނގާބަލަ… އޭރުން ހަޔާތަށް އައު ބަދަލުތަކެއް އަންނާނެ… ހިތްހަމަޖެހުން ލިބޭނެ… ފުރަތަމަކަމަކަށް ވެސް ބަރްކާ އެކުވެރިންގެ ގޮތުގައި ގެންގުޅޭ ރަހުމާއާއި ސަލްމާ ދޫކޮށްލާ، އެމީހުންގެ ވަސްވާހާޖެހި ތިކަމެއް ތިވަނީ، އެއީ ރަގަޅު ބައެއް ނޫން، ދޭތެރެޖައްސާ ފިތުނަ އުފައްދާބައެއް، އަހަންނަށް ޔަޤީން ބަރްކާއަށް ހުޝާމަދުކޮށްފައި ފުރަގަސްދޭއިރަށް ބަރްކާގެ ނުބައި ވާހަކަދައްކާނެ ކަން، އެމީހުންނާއި އެމީހުންގެ ބައިގަނޑު އުފާކުރަން ނޫޅޭ، އެމީހުންގެ ވާހަކަ އަޑުނާހާ، އެމީހުންގެ ބޮޑާ އަދި ކިބުރުވެރި ދިރިއުޅުމަށް ލޯބި ނުކުރޭ… މީހުން ދެކޭ ގޮތަކާ މެދު ބަރްކާ ވިސްނާކަށް ނުޖެހެޔޭ… ﷲއާ މެދު ބިރުވެރިތވޭ، އެކަލާނގެ ލޯތްބާއި ރިހުން ހޯދަން މަސައްކަތްކުރޭ، އޭރުން ހަޤީޤީ އުފަލާއި ކާމިޔާބު ހާސިލުވާނެ…”

ނަތާޝާ ވިސްނައި ދީދީ އަނގަވާޅުވިއިރުގައި ވެސް ބަރްކާ ގުޑާ ނުލިއެވެ. އެންމެފަހުން ބަލި ޤަބޫލުކޮށް އޭނައަށް ޖެހުނީ ދާށެވެ.

ހިމޭނުން އިން ކަމުގައި ވިޔަސް ނަތާޝާގެ ވާހަކަތަކުން ބަރްކާގެ ހިތަށް އަސަރުކުރިއެވެ. ނަތާޝާ ދިއުމުން އަމިއްލަ ދިރިއުޅުމާ މެދު ފުންކޮށް ވިސްނުނެވެ.

*****

އަޝްކާންގެ އުދާސްކަމާއި މާޔޫސްކަން ބަރްކާއަށް ފެނުނެވެ. އެކަމާ މެދު ފުންކޮށް ވިސްނަން އޭނައަށް މަޖުބޫރުވިއެވެ. ދުނިޔެއާއި މެދު ދެކެމުން އައި ނަޒަރިއްޔާތު ބަދަލުކޮށްލަން ޖެހުނެވެ. އޭނަ މަލްސާއާ މެދު ރުޅިއަންނަނީ އެންމެކަމެއްގެ ސަބަބުންނެވެ. ނަމަވެސް އެއީ މަލްސާއަށް އަމިއްލަ އިހުތިޔާރުގައި ބަދަލުކުރެވޭނެކަމެއް ނޫނެވެ. އެއީ އާލަމްތަކުގެވެރި ﷲ ހިންމަވައި ދެއްވި ގޮތެވެ.

މަލްސާގެ ގައިގައި އުނި ސިފައެއް ނެތެވެ. ބަލާލަން އެހާމެ ރީއްޗެވެ. ހުރީ ކިޔަވައިގެންނެވެ. އަޝްކާންގެ އުފާތަކާ ގުޅިފައިވަނީ ވެސް މަލްސާއާ އެވެ. ދެން އޭނަ މަލްސާދެކެ ނަފުރަތުކުރަނީ ކީއްވެގެން ހެއްޔެވެ؟

*****

އެއްމަސް ފަސް…

އުސައިދުގެ އެދުމުގެ މަތިން އުސައިދުއާއި ބައްދަލުކުރަން ދިމްނާ ޖަލަށް ދިޔައެވެ. އެއީ އެކަމަށް އެދި އުސައިދު އާދޭސްކުރާތާ އެތައް މަހެއް ފަހުންނެވެ. ބައްދަލުކުރާ ކޮޓަރީގައި ތިބިއިރު އުސައިދުއަށް ބެލެނީ ދިމްނާ އަށެވެ. ދިމްނާ ހުރީ އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ. ކުރެވުނު ކަންތަކާ މެދު އުސައިދު ހުރީ ދެރަވެފައެވެ. އޭނަ ދިމްނާއާ ބައްދަލުކުރަން ބޭނުންވީ މަޢާފަށް އެދެންވެގެންނެވެ.

”ދަރިފުޅު ކިހިނެއްތަ؟…” އުސައިދު ބޭނުންވީ ދިމްނާގެ ބަނޑުގައިވާ އޭނަގެ ދަރިފުޅުގެ ހާލު އޮޅުންފިލުވާށެވެ.

”ރަގަޅު، އުސައިދުއަށް ލިބެން އުޅެނީ އަންހެންކުއްޖެއް…” ދިމްނާ ބުނެލިއެވެ. ”އަހަންނާ މެދު އުސައިދު ކަންތައް ކުރި ފަދައިން އެދަރިފުޅާ މެދު މީހަކު ކަންތައް ކޮށްފިނަމަ އުސައިދު ދެރަވާނެތަ؟…”

”އާނ، އެދަރިފުޅާށް އަނިޔާއެއް ލިބޭން އަހަރެން ބޭނުމެއް ނުވާނެ… ދިމްނާ!… އަހަންނަށް މަޢާފެއްނުކުރާނަންތަ؟….” އުސައިދު އެހިއެވެ.

”ބައެއް ކުށްތަކަކީ މަޢާފު ލިބުން ހައްޤުވާ ކަންތަކެއް ނޫން… އަހަންނަށް އުސައިދުއަށް މަޢާފުކުރުމަކީ ވަރަށް އުނދަގޫކަމެއް… މިތާނގައި އުސައިދު ހޭދަކުރާ ދުވަސްތަކުގައި ކުރެވުނު ކަންތަކާ މެދު ވިސްނާނެކަމަށް އަހަރެން އުއްމީދުކުރަން… ޖަލުން މިންޖުވުމަށްފަހު ދަރިފުޅާ ބައްދަލުކުރަން ބޭނުންވާ ނަމަ އެފުރުސަތު ލިބޭނީ ކޯޓުގެ ކަންތައް ފުރިހަމަކުރުމަށްފަހު… މިއީ އުސައިދު އަމިއްލައަށް ކުރި ކަންތައް…” ގޮނޑިން ތެދުވަމުން ދިމްނާ ބުނެލިއެވެ. އިތުރަށް އެތާނގައި މަޑުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ. އުސައިދުއަށް ފުރަގަސް ދެމުން އޭނަ ކުރިއަށް ހިނގައިގަތެވެ. ފަސްވަމުން ދިޔަ ހިޔަނިތަކުގެ ތެރެއަށް މާޒީ ދޫކޮށްލަމުންނެވެ. އެކަމުން ހިތަށް ފިނިކަން ގެނެސް ދިނެވެ.

ނިކުމެގެން ދިޔަ ދިމްނާއަށް ބަލަން އުސައިދުއަށް އިނދެވުނީ މާޔޫސްވެފައެވެ. ކުށްވެރިކަމުގެ ކަސްތޮޅުތަކުން ހަތަރެސްފައިގައި ހިލިހިލާ ޖެހިގެން ދިޔަ ކަހަލައެވެ.

*****

ދުވަސް ނެގިކަމުގައި ވިޔަސް ނޫރާލްއަށް ޖަމީލާއާއި ހުސޭނުގެ މަޢާފު ލިބުނެވެ. އޭރު ނޫރާލް ވިހާ ދުވަސް ކައިރިވެއްޖެއެވެ. ނޫރާލް ވިހެއުމަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަކުރީ މަލްސާއެވެ. ހީވަނީ ދަރިއަކު ލިބެން އުޅެނީ މަލްސާއަށް ހެންނެވެ. ނޫރާލް ވީހާ ދުވަސް ކޮލެޖުގެ ޗުއްޓީ ދުވަސްކޮޅާ ލައްވާލުމުން ގިޔާންއަށްވެސް ރާއްޖެ އައެވެ. ގިޔާން އޭރު އުޅެނީ ކޮލެޖުން ދިމާވި ދިވެހި ކުއްޖަކާ ރައްޓެހިވެގެންނެވެ. ނަމަކީ ޝާޔާ އެވެ.

*****

ނޫރާލްއަށް ލިބުނީ ފިރިހެންކުއްޖެކެވެ. ދަރިފުޅު ލިބުމުން ނޫރާލްއަށް ވަރަށް ގަދަޔަށް ރޮވުނެވެ. އެއީ ކީއްވެގެންކަން އެނގުމުން އާއިލާގެ ހުރިހާ މެންބަރުން ނުރާލްއަށް ހިތްވަރުލައިދިނެވެ. ކުށަށް ތައުބާވެ އައު އަޒުމަކާއެކު ނޫރާލްވަނީ ދިރިއުޅުމާ ކުރިމަތިލާފައިކަން ހަނދުމަކޮށްދިނެވެ. އެއީ ވަރަށް މަދު ބަޔަކަށް ނޫނީ ނުލިބޭ ސަބީބެއްކަންވެސް ބުނެދިނެވެ.

ކުޑަދަރިފުޅާއެކު ގެޔަށް ދިރުމެއް ގެނެސްދިންކަން ގައިމެވެ. ކުޑަދަރިފުޅުގެ ކަންތަކާ މުޅިން ހަވާލުވެ ހުރީ ޖަމީލާއެވެ. މަލްސާ ވަރަށް ގާތުން ބަލަމުން ދިޔަ އެވެ.

”ދޮންތާ ރަގަޅަށް ބަލައްޗޭ… ދެން އެންމެ އަވަހަށް ބޭބީއެއް ލިބޭނީ ދޮންތައަށްހެން ހީވަނީ… ދޯ މަންމާ…” ކުޑަދަރިފުޅު ފެންވަރުވައިގެން އައިސް ރީތިކުރަން އިން ޖަމީލާގެ ގާތުގައި މަލްސާ އިނުމުން ނޫރާލް ދިމާކޮށްލިއެވެ.

”ދެން…” މަލްސާ ލަދުގަންނަ ގޮތްވެ ނޫރާލްއާ ދިމާއަށް ލޯއަޅާލިއެވެ.

”އެބުނާހެން، ކޮބާތަ ޝާން؟، ގިޔާންއާ ހުސޭނާއެކީ ހުކުރަށް ދިޔަ މީހާ ޚަބަރެއް ނުވެޔޭ… މަންމަ ނެގި ކާއްޗެހި ހުންނާނީ މިހާރު ހީހޫވެފަ ކަންނޭގެ…” ކުޑަމީހާގެ ނެޕީޖައްސަމުން ޖަމީލާ ބުނެލިއެވެ.

”މަންމާ މިއައީއޭ…” އެއިވުނީ އަޝްކާންގެ އަޑެވެ. މަލްސާއަށް ހިނިތުންވުމަކާއެކު ދޮރާދިމާއަށް ބަލާލެވުނެވެ. ފިރިމީހާ ފެންނަ ކޮންމެ ފަހަރަކު މަލްސާގެ ހިތް އުފަލުން ނަށާލައެވެ.

”ދޮންތަބޭ… އަހަންނަށް ހީވަނީ ދޮންތަ ބޭބީއެއް ބޭނުންވެގެން ހެން އުޅެނީ…” ނޫރާލްގެ ޖުމްލައިން އަޝްކާން ގާތަށް އައީ ނުލަފާ ހިންޏެވެ.

”އެހެންތަ، އަހަރެން ހަމަ ތައްޔާރު، މަލް ތައްޔާރުތަ…” އަޝްކާންގެ ޖުމްލައިން ހުރިހާ އެންމެން ބާރުބާރަށް ހޭން ފެށިއެވެ. މަލްސާ އިނީ ލަދުން ގޮސް މަރުވާވަރު ވެފައެވެ.

”މީނައަށް ނޯންނާނެ ސަމާސާކުރަން ތަނެއްތަނެއް…” އަޝްކާންއަށް ބަލާލަމުން ޖަމީލާ ދެފަރާތަށް ބޯހޫރާލިއެވެ.

އަޝްކާންއާއި މަލްސާގެ ކައިވެނި ކުރެވުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ދެޢާއިލާގެ ރުހުމާއެކުގައެވެ. ކައިވެނީގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް އުޅުނީ ބަރްކާއެވެ. ދަނބިދަރިފުޅުގެ ގޮތުގައި އޭނަ މަލްސާ ބަލައިގަތީ ހެޔޮހިތަކާއެކުގައެވެ. އަޝްކާންގެ އުފަލަށްޓަކައެވެ.

*****

ދިމްނާގެ ހަޔާތަށް ވެސް އުފާވެރިކަން ވެރިވިއެވެ. ދަރިފުޅާއެކު އައު ހަޔާތަކަށް ކުރަމުން ދިޔަ ފޮނި އުއްމީދުތައް ފުރިހަމަކޮށްދިނީ ކައްޔިސްއެވެ. ދިމްނާއާއި ކައްޔިސްގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދިގެން އައީ ދިމްނާއަށް ފަރުވާ ކުރުމުގައި ކައްޔިސް އުޅުނު ދުވަސްކޮޅުގައެވެ. އިހުސާސްތައް ދިމްނާއާއި ކައްޔިސް ހިއްސާކުރީ ޖެހިލުންވުމާއެކުގައެވެ. އޭނައަށް ވުރެން އުމުރުން ދޮށީވުމުން އޭނަގެ ހުށަހެޅުން ދިމްނާ އިންކާރުކޮށްފާނެ ކަމުގެ ބިރު އެހިތުގައި އޮތެވެ. ވީވެސް އެހެންނެވެ. ދިމްނާ ދެކޮޅު ހެދިނެވެ. ކައްޔިސްއާ ވާހަކަދެއްކުން ހުއްޓާލިއެވެ. އެދެމެދަށް ދުރުކަން ގެނައެވެ. އެކަމާ ދެރަވިޔަސް ކައްޔިސް ހިތްވަރުއެލުވައެއް ނުލިއެވެ. ސާބިތުކަމާއެކު ހުރުމުގެ ނަތީޖާއަކަށްވީ ދިމްނާގެ ހިތް ބަދަލުވުމުވެ. ކައްޔިސްއަށް ފުރުސަތު ދިނުމެވެ. ލޯބިވެވުމެވެ.

ކައްޔިސްއާއި ދިމްނާގެ ގުޅުމާ މެދު ބަރްކާ ވަރަށް އުފާވިއެވެ. ދެދަރިންގެ ދިރިއުޅުން ވެސް ބާއްޖަވެރިވެގެން ދިއުމުން އެކަމަށް އޭނަ މާތްﷲއަށް ހަމްދުކުރިއެވެ. ކުރީގެ ކިބުރުވެރި ދިރިއުޅުން ދޫކޮށްލުމަށްފަހު ބަރްކާ ވަނީ މުޅިން އެހެން ނަޒަރަކުން ދުނިޔެއާ މެދު ދެކެން ފަށާފައެވެ. ދީނީ ކަންކަމަށް އޭނައަށް ދެވޭ އަހައްމިއްޔަތުކަން އިތުރުކުރިއެވެ. ގޯސް އެކުވެރިން ދޫކޮށްލިއެވެ. ހެދުންއެޅުމުގައި ދެއްކުންތެރިކަން ދޫކޮށްލައި ސާދާކަމަށް ލޯބިކުރަން ފެށިއެވެ. ސަދަޤާތްކުރުން އިތުރުކޮށް ދަތިހާލުގައި އުޅެމުން ދިޔަ މީހުންނަށް އެހީތެރިވާން ފެށިއެވެ. އެކަންކަމުގައި އުޅޭއިރު ބަރްކާގެ ހިތަށް ފިނިކަން ލިބެއެވެ. ބަރްކާއަށް އައި ބަދަލުތަކާ މެދު ނާޒިމު އުފާކުރިއެވެ. އިހުނަށްވުރެން އަނބިމީހާ މެދު އޭނަ ފަހުރުވެރިވިއެވެ.

*****

ފަސް އަހަރު ފަސް…

އިރުއޮއްސެމުން ދިޔަ ވަގުތެވެ. ރީތިދަޅަތަކުން ދުނިޔެއަށް ދިރުން ގެނެސްދެމުން ކަނޑުގެ ސަތަހައިގެ ނިވަލަށް ވަންނަން އިރު ތައްޔާރުވަނީއެވެ. ޖެހެމުންދާ ފިނި ރޯޅިތަކާއި، ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑުފަށްގަނޑު އެކުވެގެން އައިސް މުޅި މާހައުލުގައި ގުގުމަމުން ދިޔައެވެ. އޭގެ ސަބަބުން ހިތަށް ފިނިކަން ގެނެސްދެމުން ދިޔައެވެ. ބީޗްޗެއާރ އެއްގައި އޮށޯވެލައިގެން އޮތް މަލްސާ މަޑުމަޑުން އަށްމަހަށް ދާ އޭނަގެ ބަނޑުގައި ފިރުމަމުން ދިޔައެވެ. ލޯމަރާލަމުން މަޑު ނާނާއެއްގެ އަޑު އޭނަ އަޅުވާލިއެވެ. އޭރު ދަރިފުޅުގެ ތޮޅުންތައް އިހުސާސްކުރެވި މަލްސާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އެހެން އޮތްނަތާ އިރުކޮޅެއް ފަހުން އިވުނީ މަލްސާގެ ދޮށީ ދަރިފުޅު ރުހާންގެ އަޑެވެ.

”މީ ވަރެއްގެ ކުއްޖެއް… އެތާ ހުރި އައިސްކްރީމް ސްޓޭންޑް ފެނި ބިންމައްޗަށް ވެއްޓި ރޯންފެށީމަ ކިރިޔާ ލަދުން ހަލާކުނުވީ…” ތިންއަހަރަށްދާ ރުހާން އުރާލައިގެން އައި އަޝްކާން، މަލްސާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ކުއްލިޔަކަށް މަލްސާއަށް ލޯހުޅުވާލެވުނެވެ.

”ދެން އައިސްކްރީމް ދިނީތަ؟…” މަލްސާ އަވަސްއަވަހަށް ރުކާންއަށް ބަލާލިއެވެ. ކަމަކު ދާކަށް ނެތެވެ. މުޅި މޫނާއި ހެދުމުގައި އައިސްކްރީމް ހާކައިގެން އައިސްކްރީމް ބޯން އަޝްކާންގެ އުނގުގައި ރުހާން އިނެވެ.

”ދެން އަޝްކާން، އޭނަ ބޮޑާ ހޭކީމަ ބޭނުން ކަންތައް ކޮށްދެނީ ކީއްވެތަ؟، އެހެންނޫނަސް މިގަޑީގައި ކީއްވެ އައިސްކްރީމް ދިނީ، ދެން އުޅެން ޖެހޭނީ ރޯގާ ވައްތަރުވެގެން…” އަޝްކާންއަށް ލޯއަޅާލަމުން މަލްސާ ބުނެލިއެވެ.

”ބޭބީ ރުޅިނާދެބަލަ، ލޭމައްޗަށް ގޮސްފާނެއޭ، ރުހާން ބަލިވެއްޖެއްޔާ އަހަރެން ބަލާނަމޭ…” އަޝްކާން މައުސޫމް އަޑަކުން ބުނެލިއެވެ. ރުހާން އޭރު ނުހަނު ގަޔާވެފައި އައިސްކްރީމް ބޯން އިނެވެ. އެމަންޒަރު ފެނި އިތުރަށް ރުޅި ހިޔާރުކޮށްގެން މަލްސާއަކަށް ނީދެވުނެވެ. އޭނަ ރުހާންގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ. މަލްސާގެ އެހަރަކާތުން ނިކަން ލޯތްބާއެކު މަލްސާއަށް ރުހާން ބަލާލިއެވެ. އަދި މަންމީއޭ ބުނެލަމުން މަލްސާއަށް އައިސްކްރީމް ދޭން އުޅުނެވެ. މަލްސާ ކައިރިވެލުމުން މަލްސާގެ އަނގަޔަށް އައިސްކްރީމްކޮޅެއް ލައިދިނެވެ.

”ތެންކިއު…” މަލްސާ ހިނިތުންވަމުން ރުހާންގެ ނޭފަތުގައި ހިފާލިއެވެ.

”ކޮބާ ބައްޕިއަށް؟…” ޝަކުވާގެ ރާގަކަށް އަޝްކާން އެހިއެވެ.

”ބައްޕި ނޯ!…” އައިސްކްރީމް ގަނެދޭން އަޝްކާން ދެކޮޅު ހެދީތީ އަދިވެސް ރުހާން ހުރީ އަޝްކާން ދެކެ ހިތްހަމަނުޖެހިފައެވެ. މޫނަށް ގެނައި މައުސޫމް ހަރަކާތްތަކުން އެކަން ހާމަކޮށްލިއެވެ.

”ވަރެއްގެ ކުއްޖެކޭ…” ހެމުންހެމުން އަޝްކާން ބުނެލިއެވެ. އޭނަ ރުހާން އަތުން ގަދަކަމުން އައިސްކްރީމްކޮޅެއް ހޯދުމުން ރުހާން ރޯން ފެއްޓިއެވެ. ބޮޑުދެލޮލުގައި ވަނީ ހުސް ކަރުނައެވެ.

”ޝާންގެ ބޭބީކަން އަދި މާބޮޑުވާނެޔޭ… ކީއްވެތަ ރުހާން ރޮއްވާލީ، ދެން ހުއްޓައެއް ނުލާނެ މާދަމާ އިރުއަރަންދެކަށް…” އަޝްކާންގެ ގައިގައި ބޮޑިއެއްއަޅާލަމުން މަލްސާ ބުންޏެވެ.

”ސޮރީ… ބައްޕި ދޫނި އަވަހަށް ހުއްޓާލާ، މޫދަށް އެރެން ބޭނުންތަ؟…” އަޝްކާން ދުއްވައިގަތީ ރުހާން ގޮވައިގެން މޫދާ ދިމާއަށެވެ. އެކަމަށް މަނާކުރަމުން ދެބަފައިންގެ ފަހަތުން މަލްސާ ދިޔައެވެ. ނަމަވެސް އޭނައަށް ވުރެ ކުރިން ގޮސް އަޝްކާން މޫދަށް ފައިބައިފިއެވެ. އޭރުވެސް މަލްސާ ހަޅޭއްލަވަމުން ދިޔައެވެ.

”ޝާން ދޭން ނޫން، ރުހާން ގޮވައިގެން އާދޭ… އޭނައަށް ފިނިވާނެޔޭ…” ކަންބޮޑުވުމުގެ ރާގަކަށް މަލްސާ ބުނެލިއެވެ. އޭނަ ހުއްޓާލީ ހީހީފައި އަޝްކާންއާއެކު ސަމާސާކުރަމުން ދިޔަ ރުހާން ފެނިފައެވެ. އެތުއްތު މޫނުގައިވި މައުސޫމް ހިނިތުންވުމުން އޭނަގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ދެބަފައިންނަށް ބަލަން ރާޅުފަށާކައިރީގައި މަލްސާ އިށީނެވެ. އޮއްސެމުންދިޔަ އިރުގެ ރީތި ކުލަތަކުގެ ތެރޭން އޭނަގެ ދުނިޔެ ފެންނަމުން ދިޔަ ހިނދު މަލްސާއަށް ހިނިތުންވެވުނެވެ. އަދި އޭނަގެ ބަނޑުގައި ދެއަތުން ވަށާލެވުނެވެ. ހަޔާތުގެ ކޮންމެ ވަގުތަކަށް އޭނަ ޝުކުރުވެރިވެއެވެ. ﷲއަށް ހަމްދުކުރެއެވެ. އެކަލާނގެ އިރާދަފުޅުން އޭނަގެ ދިރިއުޅުން ވަނީ ބާއްޖަވެރި ވެފައެވެ. ބަހާރުގެ ކުލަތަކުން އެވަނީ ރަންގުވެފައެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ ފިރިއަކު އެބަހުއްޓެވެ. އޭނަގެ އާއިލާ ފުރިހަމަ ކޮށްދޭން ލޯބިލޯބި ދެވަނަ އަޝްކާންއެއް އެބަހުއްޓެވެ. ދުވަސްކޮޅަކުން އިތުރު މެހުމާނަކު ވެސް އިތުރުވާނެއެވެ. އޭރުން އާއިލާއަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެއެވެ. ހިތަށް ވެރިވެގެން އައި އުފާވެރިކަމުން ފުރިހަމަ ހިނިތުންވުމެއް އެތުންފަތަށް ވެރިވެގެން ދިޔައެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު މަލްސާ ބަލާލީ އޭނަގެ ލޯބިވާ ފިރިމީހާއާއި ދަރިފުޅަށެވެ.

އަޝްކާންގެ ތަފާތުވުމެއް ނެތް ލޯބިން އޭނަގެ ދިރިއުޅުމަށް ދިރުން ގެނެސްދީފިއެވެ. ހިތަށް ރާހަތު ގެނެސްދީފިއެވެ. ދުޢާއަކީ އެ ސާފު ލޯބި ދުނިއުމުރަށް ދެމިގެން ދިއުމެވެ.

-ނިމުނީ-

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 8 –

Next

ވާނަމޭ އުމުރަށް އެކީ ޖާނާ 12

Next
April 4, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 12

Previews
April 3, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 8 –

15 Comments!

  1. Muthahhar Ibrahim (Mutha/S.Hithadhoo) says:
    April 4, 2020 at 2:34 am

    Alhamdulillah, after a long time finally I was able to complete the story. I know a lot of readers were not happy that the story came to a hiatus last year. I know many readers are still disappointed. I deeply apologize for it. Sometimes in life things doesn’t go as planed and you have to take a break to sort everything else. Due to the long breaks this story was a challenge for me, but I gave my best while writing this story.

    I hope this story was a good read for everyone. If you enjoyed the story, please, leave an overall feedback.

    I’m not sure when I will be able to publish a new story, so for now it’s a goodbye to my beloved readers. Your valuable feedback “negative and positive” was what kept me going throughout the writing career. It always made be motivational.

    Please be safe, follow the health guidelines and In Sha Allah, everyone will be safe. Stay home and eat healthy. ?

    Muthahhar Ibrahim, Mutha/S.Hithadhoo

    1. Yan♥️ says:
      April 4, 2020 at 5:57 am

      Varah reethi Masha Allah
      Kiyaane ehjeh vx neygifa myny vaahaka kiyamun dhiyagady ga varah dheravx vi igeytha this is the best story I have read.

    2. HAWWA ZAIKAA says:
      April 4, 2020 at 8:08 am

      Fahun nimmalumuge kurin dhimna dharifulhu vaahaka vx liyelinama reethi vaane ithurah ……and nooraal also??
      Elm vx varah rythi mi vaahaka?

  2. tee says:
    April 4, 2020 at 5:13 am

    aah this story was truly beautiful. I enjoyed reading it from start to finish.
    It’s quite different than other stories i’ve read on here. The villains had believable motivations and their redemption was satisfying to read.
    There are so many characters i loved in this story and I’m sad to say goodbye to them.
    I do hope you will continue writing! thank you for this wonderful story!!

  3. Thiththa Faa says:
    April 4, 2020 at 6:25 am

    ❤️

  4. sama says:
    April 4, 2020 at 6:41 am

    Masha allah
    vaahaka hama habeys
    v furihama v reethi
    hehe
    Hiyehves nukuran mihaaavahah vaahaka nimeynekamakah
    alhe aharemennah ves ashkaan kahala rangalhu baiveri eh libeynenama
    v ufavejje vaahaka nimmaaladhineema
    thank you muthaa

  5. Liyaa says:
    April 4, 2020 at 8:24 am

    Mashaa allah v v reethi vaahaka.????

  6. Shhhhh says:
    April 4, 2020 at 8:40 am

    مشاء الله hama kosvejje mee hama mihaathanah kiyun vaahaka thakun faahaga kohleveyne vaahaka eh vara varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah reethi hama bunaane ehcheh ves neynge sifa kurun thah ves ibaarai kurunves varah salhi heevani hama kurimathin Huriha kameh fenunu hen asluves neynge bunaane ekahcheh ves unmmeedhu kuran adhi konmes dhuvahakun thi liyun theriya ge vaahaka eh fennaane kamah aaah vaahaka haadha salhieyyyy?❤️?❤️???????????❤️??❤️?❤️???????????????❤️??????❤️?????????????
    Stay safe

  7. Yanaa says:
    April 4, 2020 at 9:36 am

    Maa sha Allah❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    varah varah varah reethi????
    ?????????????

  8. Aish_na says:
    April 4, 2020 at 11:50 am

    Ma Sha Allah varah reethi mi vaahaka. Unmeedhu kuran mikahala ithuru vahakathah kiyaalan libeyne kamah… Kurierumai faagathikan thibayah Allah minvaru kurahvaashieve. Aameen

  9. Sh says:
    April 4, 2020 at 12:18 pm

    Aanmukoh ehves story akah comment eh nukuran. Kithanme inthizaaru kohgen kiyaa vaahaka eh vias hama comment nukurevey. This is one of the amazing story I’ve ever read. Aslu sun.mv in hukuru dhuhu ekani genesdhin iruves hama hiyhama jehun dhigu episodes gennaathy. Hehe. Mutha ah kaamiyaabah edhen. Waiting for stories like this. All the best muthaa.

  10. imkko says:
    April 4, 2020 at 1:54 pm

    Maasha allah …. mi baives v v v furihama …. gonna miss this story so much ….. one of the best stories ive read so far …. well done dear …. keep your good work up …. we’ll wait for another story of your even if it takes days insha allah …. im soooooooo happy for all …. especially ashkaan and malsa …. they are finally living a happy life …. n happy that barka ah heyo visnun libuneema ves …. n heevejjey kayyas and dhimna hen ves …. but once again gonna miss this story … luv u n love this story dear ❤❤❤❤❤

  11. Lysh says:
    April 4, 2020 at 4:51 pm

    Wow muthaa..hama habeys mi story vx..ur the best..I’ll be waiting for the next story of urs. Hope mi ahvureves dhen liyaa vaahaka maa reethi vaanekamah. #stay hame, be safe

  12. Maru says:
    April 12, 2020 at 8:35 am

    Story was beautiful from beginning but fahatha Dhiya varaka ranglha hurihaa kame detail nuko gina kankan hide kuramun nimmaleema Vara dera.. Alsu vara dhiguko genes dheveyne. The wedding and high lifestyle of barka and Malsa’s friend and barka’s friends and social media cos ahskaan is a celebrity.. E baithah Vara vai. I was hoping this to end beautifully

  13. king says:
    April 14, 2020 at 9:35 pm

    masha allah

Comments are closed.


All Right Reserved!