މުޅިން އައު ދުވަހަކަށް މަރުޚަބާ ކިޔަމުން ފެނުން ތޮޅިލި އިރުގެ ދޯދިތަކުން އުދަރެސް ދޮންކުރަމުން ދިޔަ އެވެ. ފަތިހުގެ ތެތް ފިނިކަން ފަޒާގެ ތެރެއިން ފަނޑުވެ އިރުގެ ހޫނުކަން ދުނިޔެއަށް ސަވާރުވާން ފަށައިފިއެވެ. ކޮޅުކޮޅަށް ދައުރުވަމުން ދިޔަ ވިލާތައް ޖަރީވެފައި ވަނީ އިރުގެ ރަންގު ކުލަތަކެވެ. ކޮޓަރީގެ ބެލްކަނީގައި ހުރި އުސައިދު ފުލުފުލުގައި ސިނގިރޭޓު ބޮމުން ދިޔައެވެ. އެގޮތުގެ މަތީން ގޮސް އެއްފޮށި ހުސްކޮށްލުމަށްފަހު ދެވަނަ ފޮށި އޭނަ ނެގިއެވެ. ނަމަވެސް މީހާއަށް ހަމަޖެހުމެއް ނުވާ ކަހަލައެވެ. […]
ދުވަހުގެ ބާކީ ވަގުތުތައް ދިންމާ ހޭދަކުރީ ނުތަނަވަސްކަން މަތީގައެވެ. ޓެސްޓްތަކުގެ ނަތީޖާ އަންނާނެ ގޮތާ މެދު ނުވިސްނޭ އެންމެ ސިކުންތެއް ވެސް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއްތަނެއްގައި ހަމަޖެހިލައިގެން ގިނަ އިރު ވަންދެން އިނދެވޭ ކަމަކަށް ވެސް ނުވިއެވެ. ކުރިއަށް އޮތް ތަނުގައި ކަންތައް ވެދާނެ ގޮތަކާ މެދު މެދުކެނޑުމެއް ނެތި ވިސްނެމުން ދިޔަ އެވެ. ލިބިފައިވާ ނުތަނަވަސްކަމާ ހުރެ ހަމަ ނޭވާލާން ވެސް އޭނައަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ. ސިކުނޑީގެ ނާރުތަކަށް ވާންކަން ވެރިވެ […]
ބަރްކާގެ ހަޅޭކުގެ އަޑަށް މަލްސާ ދިޔައީ ސިއްސައިގެންނެވެ. މުޅި މީހާ ފިނިވެގެން ދިޔަ އިރު މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ. ލިބިފައިވި ނުތަނަވަސްކަމުގެ ސަބަބުން އަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދިފައި ވިއެވެ. ހޫނު ކޮފީ އަތަށް ބަންޑުންވުމުގެ ސަބަބުން އަތުގައި އުފެދިފައިވި ދިލައިގެ އުދާސްކަމާއި ހޫނުކަން އެވަގުތު ކޮޅުގައި އޭނައަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. އެއަށްވުރެން ބޮޑަށް ބަރްކާގެ ރުޅިވެރިކަމާއި އެދެލޮލުން ފާޅުވަމުން ދިޔަ ނަފުރަތުގެ ސަބަބުން މީހާ ވަނީ ބިރުގަނެފައެވެ. އެއީ އޭނަގެ ފަހު […]
ހަވީރު ދަޅައަށް ނަލަހެދިލައިގެން ބޭރަށް ނިކުންނަން ދިޔަ ބަރްކާއަށް ބޮޑުކޮޓަރީގެ ސޯފާގައި ޓީވީ ބަލަން އިން ދިމްނާ ފެނުމާއެކު މޫނި ކުނިކޮށްލެވުނެވެ. އޭނަގެ ނަސޭހަތުގައި ބޮލާލައި ޖެހުމުން ދިމްނާ ދެކެ އޭނަ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ނާޒިމާއި އަޝްކާން ވެސް އޭނަގެ ނިންމުމަށް އެއްބާރުލުން ދޭން ދެކޮޅު ހެދުމުން ހިތުގައި އޮތް ރުޅިވެރިކަމާއި ނަފުރަތާއި އެކުގައި ވެސް ބަރްކާއަށް މަޖުބޫރުވީ ދިމްނާގެ ނިންމުމަށް އިހުތިރާމް ކުރާށެވެ. ނަމަވެސް އޭނަގެ މޫނުމަތިންނާއި އަމަލުތަކުން އެ ހިލަ ހިތުގައި […]
އުސައިދުގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވެގެން ދިޔަކަން އަޝްކާންއަށް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މުށްކަވާލެވުނުއިރު އޭނަގެ ކަތުރު ކަށިގަނޑަށް ވާންކަން ވެރިވެގެން ދިޔައެވެ. ރުޅިވެރިކަމުގެ ހޫނުކަން ސިކުނޑިއަށް ސަވާރުވެގެން ދިޔަ ހިނދު އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަފުރަތުގެ ބެލުމަކުން އޭނަ އުސައިދުއަށް ބަލާލިއެވެ. އަޝްކާންއަށް މޮޔަ ކަމެއް ކުރެވުމުގެ ކުރިން ހުޝިޔާރުވެ ހުރި ކައްޔިސް، އަޝްކާންއާއި އުސައިދުގެ ދެމެދަށް ވަނެވެ. އަޝްކާންގެ މޭގައި އަތް ޖައްސާލަމުން ދެފަރާތަށް […]
”މާދަން ހެނދުނު ދިހައެއް ޖަހާއިރަށް މިކޮޅަށް ދުރުވެވޭނެތޯ ކޮންޓްރެކްޓްގަ ސޮއިކޮށްލަން؟…” ފޯނުގެ އަނެއްކޮޅުން ވިވިއަން ބުނެލި އަޑު މަލްސާއަށް އިވުނެވެ. އުފާވެރިކަން ހިތަށް ވެރިވެފައިވި މަލްސާއަށް ވަގުތުން ބޯޖަހާލެވުނެވެ. އެމަންޒަރު ދެކެން ވިވިއަން ގާތުގައި ނެތްކަން ހަނދާންވުމާއެކު ކުރެވީ މޮޔަކަމެއްކަން ހިތަށް އެރުމުން އަމިއްލަ ނަފުސަށް ހިނިތުންވެވުނެވެ. އަދި އަވަސްއަވަހަށް ވިވިއަންގެ ސުވާލަށް ޖަވާބު ދިނެވެ. ފޯނުކޯލް ނިމުމުން ކަންފަތާއި ފޯނު ވަކިކޮށްލެވުނެވެ. އެނދަށް ހަށިގަނޑުގެ ބުރަހެލިކަން ދޫކޮށްލަމުން މުށުތެރޭގައި އޮތް ފޯނަށް ބަލަން މަލްސާއަށް އޮވެވުނެވެ. […]
”އަޅުގަނޑަށް އަންގާ އެންމެ އަވަސް ތާރިހުގައި ވެސް ޖޮއިން ކުރެވިދާނެ…” ފިނިވެފައިވި އަތުގެ އިނގިލިތައް މަހާލަމުން މަލްސާ ހިނިތުންވެލިއެވެ. އަޝްކާންގެ ނަޒަރު އޭނައަށް ހުއްޓޭ ކޮންމެ ފަހަރަކު މަލްސާގެ ހިތުގެ ވިންދާ ކުޅެލައެވެ. ނަފުސަށް ދިރުން ގެނެސްދެއެވެ. އެދެލޮލުގެ ފުރިހަމަކަމުގެ ސަބަބުން ނޭވާ ވެސް ކުރުވާހެން ހީވެއެވެ. ބޭއިހްތިޔާރުގައި ހިނިތުންވެވެއެވެ. އެފަދަ ކުޑަ ބައްދަލުވުމަކުން ވެސް އޭނައަށް އަންނަ ބަދަލުތަކާ ހެދި މަލްސާ ހައިރާން ވެއެވެ. ޔަޤީނުން ވެސް އޭނަގެ ހިތުން އަޝްކާންއަށް ދެވިފައިވާ މަޤާމަށް އިތުރު […]
ބިންމަތީގައި ޖެހުނު ގޮތުން ދިމްނާއަށް ރޮއިގަނެވުނެވެ. ދަށްބަނޑަށް އަރާފައިވާ ތޫނު ތަދުގެ ސަބަބުން ހެޔަށް ގޮތްތަކަށް ވެދާނެހެން ވެސް ހީވިއެވެ. އިރުކޮޅެއް ވަންދެން ހަރަކާތެއް ގެންނަން ނޭނގިފައި ދިމްނާއަށް އޮވެވުނެވެ. އޭރު ހޯސްލާފައި އެދެލޮލުން ވޭނީ ކަރުނަތައް ފައިބަމުން ދިޔަ އެވެ. މަޑު ކުކުރުމެއް އެހަށިގަނޑުގައި ވިއެވެ. ވޭނާއި ކެކުޅުމުގެ ތެރޭގައި ވަނިކޮށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. ކަރުނުން ފުސްވެފައިވާ ދެލޮލުން ދިމްނާއަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ދެން އޭނަގެ ކަންފަތުގައި […]
”މިވަރުގެ މުސީބާތަކާ މަގޭ މުޅި ހަޔާތުގައިވެސް ދިމައެއް ނުވެޔޭ، ރައްޓެއްސަކާ އެކީގައި ކޮފީއަކަށް އެރޭ ކަމަކަށް ނުވެޔޭ، ބައްދަލުވާ ކޮންމެ ވަގުތަކު ދެކެވެނީ ކަލޭގެ ލަދުކުޑަ ވާހަކަ، މަގޭ އަގު އެންމެންގެ ކުރިމަތީގައި ވައްޓާލައިފިއޭ، ހުސްނާއަށް މޫނު ދައްކަންވެސް ލަދުގަންނަވަރު ކޮށްފިޔޭ… އަހަރެންގެ އެކުވެރިންގެ ކުރިމަތީގައި އަހަރެންގެ ޤަދަރުވެސް ކަލެއާ ހެދި ވެއްޓިއްޖެ… އެއީ ދޯ ކަލޭ ބޭނުންވާ ގޮތަކީ؟… އޭއި!، ކަލެއާ އަހަރެންމި ވާހަކަ ދައްކަނީ… ޖެހި ބުދެއްހެން ހުންނަން ވީކީ ނޫނޭ، ލަދުކުޑަ!…” ދިމްނާއާ […]