Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އަނދިރިވުމުން ހަވަނަބައި

mohamed neer Level 210 Stories100 Stories
July 26, 2013 3 Mins Read
0 Comments

މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަން

      ތިން ހަތަރު މިނިޓް ނިހާޔަތު ކުރިމަސައްކަތުން ޓޯޗުބައްތި އަތުޖެހުނެވެ. އެއާއެކު ފަހަތަށް ބަލާލެވުނު ވަގުތު ނިހާޔަތަށް ފެނުނީ ދޮރޯށި ކައިރީގަހުރި މީހެކެވެ. އެތަނުގައި މީހަކު ހުރިކަން ނިހާޔަތަށް ޔަގީންވީ މާދުރުން އައިސްފައިވާ އައްޔެއް އޭނާގެ ގަޔަށް އެޅިފައި ހުރުމުންނެވެ.

      އެގޭ ފުރާޅުމައްޗަށް އަރާއުޅުނުމީހަކީ އެއީ ކަމުގައި ނިހާޔަތަށް ގަބޫލު ކުރެވުނެވެ. އެހެންވެ ނިހާޔަތުގެ ހާސްކަމާއި ބިރުގަތުން ކުރިޔަށްވުރެ އިތުރުވެގެން ދިޔައެވެ. ނިހާޔަތު އަވަސް އަވަހަށް ބައްތި ނަގައިގެން ގެއާދިމާއަށް ދުއްވައިގަތެވެ.

      ގެއަށްވަދެ ދޮރުލައްޕާ ތަޅުލުމަށްފަހު ނިހާޔަތު ދިޔައީ އޭނާގެ ކޮޓަރި އަށެވެ. ކޮންމެވެސް ވަރަކަށް ތެމިފައިހުރި ނަމަވެސް ތެތްހެދުން ބަދަލުކުރާކަށް ނިހާޔަތު ބޭނުމެއް ނުވިއެވެ. އެހެންވެ ތުވާއްޔެއް ގައިގަ އޮޅާލައިގެން އަރާ އެނދުގައި އޮށޯތެވެ.

      ގަތްފައިވާ ބިރުންނާއި ވެރިވަމުންދިޔަ ނުތަނަވަސްކަމުގެ ސަބަބުން ނިހާޔަތަކަށް ނިދޭގޮތެއް ނުވިއެވެ. ނިދިޖެހިލާ އިރަށް ސިއްސައިގެން ގޮސް ހޭލެވެނީއެވެ.

     ކުރިމަތިވަމުންދިޔަ ކަންތައްތަކުގެ ސަބަބުން ނިހާޔަތުގެ ބިރުގަތުމާއި ނުތަނަވަސްވުން އިތުރުވަމުން ދިޔައެވެ. ހަމައެހެންމެ ސިފާން ރަށުގައި ހުރުމުގެ ބޭނުންތެރި ކަމާމެދު ވިސްނޭން ފެށިއެވެ.

      ސިފާންގާތު އެވާހަކަތައް ދައްކައިފިނަމަ އޭނާގެ ވަޒީފާއަށް ވުރެ ބޮޑަށް އިސްކަން ދޭނީ އެދެމައިންނަށް ނިހާޔަތަށް ޔަގީން ވެއެވެ. ކަންތައްތައް އެހެންވެއްޖެނަމަ ނަތީޖާ ރަނގަޅު ނުވާނެކަން ނިހާޔަތަށް އެނގެއެވެ. ނިހާޔަތުގެ ސަބަބުން ސިފާންގެ ވަޒީފާ ގެއްލޭކަށް ނިހާޔަތު ބޭނުމެއް ނުވެއެވެ. އެހެންނޫނަސް ނިހާޔަތަކީ ހިތްވަރުގަދަ އެހާމެ ކެރޭ ޒުވާނެކެވެ. ކޮންމެކަމަކާއި ވެސް އޭނާ ކުރިމަތިލާނީ ހިތްވަރާއެކު ކެރިގެންނެވެ.

       ވަގުތުތައް ފާއިތުވަމުން އައިސް ދުވާލުގެ އަލިކަންފިލައި ރޭގަނޑުގެ އަނދިރިކަން ވެރިވާން ފެށިއެވެ. ގެއިން ބޭރުގައި އުޅުމަށްފަހު ނިހާޔަތުމެން ގެއަށް އައިއިރު ވަރަށްރީތި ލޯބިލޯބިބުޅަލެއް ގޯތިތެރޭގައިއޮތެވެ. އަސްރާއަށް އެބުޅާ ފެނުމުން އެދިމާއަށް ދުއްވައިގަތެވެ.

       ވަރަށް ފަރުވާތެރިކަމާއެކު އަސްރާއަށް ބަލާލަމުން އެބުޅާ ދުއްވައިގަތީ އަސްރާއާ ދިމާއަށެވެ. އޭރު އޭގެ ދެލޯވަނީ ރުޅި އައިސް ރަތްވެފައެވެ.

       ” ދަރިފުޅާ !” ނިހާޔަތަށް އެމަންޒަރު ފެނުމާއެކު އަސްރާއަށް ގޮވާލަމުން އަސްރާއާ ދިމާއަށް ދުއްވައިގަތެވެ.

       އަސްރާއާ ދިމާއަށް ނިހާޔަތު ދުއްވައިގަތުމުން އަސްރާއާ ދިމާއަށް ބުޅާ ފުންމައިގަތެވެ. އެހެނަސް ފަސްގަނޑުގަ އަޅައި ގެންފައި އަސްރާ ވެއްޓުމުން ބުޅާ ދިޔައީ އަސްރާގެ ގައިމަތިންނެވެ.

       ނިހާޔަތު ގޮސް އަސްރާ އުރައިގެން ގެއާ ދިމާއަށް ދުއްވައިގަންނަމުން ސާމިރާއަށް ވެސް ގޮވިއެވެ. އެއާއެކު ސާމިރާ ވެސް ދުއްވައިގަތެވެ. އެމީހުންގެ ފަހަތުން ބުޅާ ވެސް ދުއްވައިގަތެވެ.

       ނިހާޔަތުމެން ދުވެފައި ގޮސް ގެއަށް ވަދެ ދޮރު ލެއްޕުމާއެކު ބުޅާ އައިސް ޖެހުނީ ދޮރުފަތުގައެވެ.

       އަސްރާއަށް ކާންދީ ރީތިކޮށްފައި ނިންދަވާން ބުނެފައި ނިހާޔަތު ދިޔައީ އޭނާގެ ކޮޓަރި އަށެވެ.

       އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. އެނދުގައި އޮށޯވެލައިގެން އޮއްވައި ނިހާޔަތަށް ނިދިއްޖެއެވެ.

       ނިދިފައި އޮތް ނިހާޔަތަށް ހޭލެވުނީ ކޮންމެވެސް މީހަކު އޭނާގެމޫނުގައި ފިރުމާ ކަހަލަ އިޙްސާސެއް ވެގެންނެވެ. އެކަމުގެ ސަބަބުން ނިހާޔަތު ކަންބޮޑުވިއެވެ. މަޑުމަޑުން ލޯހުޅުވާލަމުން ވަށައިގެން ހޯދާލިއިރު އެއްވެސްމީހަކު ފެންނާކަށް ނެތެވެ. އެހެނަސް އެމީހެއްގެ އެހަރަކާތްތައް ކުރިޔަށް ދިޔައެވެ. އެމީހާގެ ހަރަކާތްތަކަށް ވިސްނާލުމުން އެއީ ފިރިހެނެއްގެ ހަރަކާތްތަކެއްކަން ޔަގީން ވިއެވެ.

       ނިހާޔަތުގެ ހާސްކަމާއި ކަންބޮޑުވުން ބިރުގަތުމަށް ބަދަލުވިއެވެ. އަވަސް އަވަހަށް ތެޅިގަންނަމުން ހަޅޭލަވައިގަތެވެ. ހަމަ އެވަގުތު ކަހަލަގޮތަކަށް ނިހާޔަތު ވިއްސައިގެން ގޮސް ތަޅުންމައްޗަށް ޖެހިއްޖެއެވެ.

       ފެންޑާތެރޭގައި ޓީވީބަލާން ތިބި އަސްރާ އާއި ސާމިރާ ސިއްސައިގެން ދިޔައީ ނިހާޔަތުގެ ބާރު ރުއިމާއި ހަޅޭކުގެ އަޑަ ށެވެ. އަވަސް އަވަހަށް އަސްރާ އުރައިގެން ސާމިރާ ދުއްވައިގަތީ ނިހާޔަތުގެ ކޮޓަރިއާ ދިމާއަށެވެ.

       ސާމިރާމެން ގޮސް ބެލިއިރު އެކޮޓަރި ހުރީ ތަޅުނުލައެވެ. ސާމިރާމެން އެ ކޮޓަރިއަށް ވަތްއިރު ނިހާޔަތު އޮތީ ތަޅުން މަތީގައެވެ. ނިހާޔަތު ފިޔަވާ އެހެން މީހަކު އެ ކޮޓަރިއަކު ނެތެވެ.

       ނިހާޔަތަށް ސާމިރާމެން ފެނުމުން އަވަސް އަވަހަށް ތެދުވެގެން އައިސް އަސްރާ އުރާލާ ގަޔާލާ ބޮނޑިކޮށްލިއެވެ.

       ” ސާމިރާ! އަވަހަށް ނުކުމޭ. ” ސާމިރާއަށް ބަލާލަމުން ނިހާޔަތު އަވަސް އަވަހަށް ބުންޏެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. ނުތަނަވަސްކަމުގެ ކުލަވަރު ވެސް މެއެވެ.

        ކޮޓަރީ މޭޒުމަތީގައި އޮތް ތަޅުދަނޑިފަތި ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ނިހާޔަތު ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން ދުވެފައި ސާމިރާ ވެސް ކޮޓަރިން ނުކުތެވެ. އަދި އެދިޔަގޮތަށް ގޮސް ގެއިން ވެސް ނުކުތެވެ.

       ނިހާޔަތާއި ސާމިރާ އަދި އަސްރާ ގޮސް ސައިކަލަށް އެރިއެވެ. ބިރުގަނެ ހާސްވެފައި ހުރިވަރުން،  ސައިކަލްގެ ތަޅު ވަޅަށް ތަޅުދަނޑި ދިމާކުރުމަކީ ވެސް ނިހާޔަތަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންވެ އެކަމުގައި ކުޑަވަގުތުކޮޅެއް ހޭދަކުރާން ޖެހުނެވެ.

       ސައިކަލް ސްޓާޓްވުމާއެކު ނިހާޔަތު ސައިކަލް ދުއްވާލިއެވެ. ނިހާޔަތު ސައިކަލް ދުއްވަމުން ދިޔަލެއް ބާރުކަމުން ސާމިރާ އިނީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެ ހާސްވާގޮތް ވެފައެވެ.

      ” ނިހާޔަތު! ބަލައިގެން ދުއްވާތި. ” ނިހާޔަތު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ސާމިރާ ބުންޏެވެ.

       ދެތިން މަގެއްގައި ސައިކަލް ދުއްވުމަށްފަހު ނިހާޔަތު ދިޔަގޮތަށް ގޮސް ސައިކަލް މަޑުކުރީ ލައިލާމެން ގެ ކައިރި އަށެވެ. އޭރު ވެސް ނިހާޔަތުގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުންދަނީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.

       އަސްރާ އުރައިގެންހުރި ނިހާޔަތު ގޮސް އެގޯތިތެރެއަށް ވަނުމުން އޭނާގެ ފަހަތުން ސާމިރާ ވެސް ގޯތިތެރެއަށް ވަނެވެ. އަދި ތިންމީހުން އެކުގައި ގޮސް ގެކައިރިއަށް ހުއްޓެމުން ނިހާޔަތު ސަލާން ގޮވާލިއެވެ.

       ނިހާޔަތު ދެތިންފަހަރަކު ސަލާން ގޮވާލުމުން ސަލާން ބަލައިގަންނަމުން އައިސް ދޮރުކައިރިއަށް ހުއްޓުނީ ލައިލާ އެވެ.

       ” އަނހަ … ނިހާޔަތު! ހާދަ ނުވަގުތެއްގައި ތިޔައައީ. ކިހިނެތް ؟ ” ނިހާޔަތު ފެނުމާއެކު ލައިލާ ވާހަކަދެއްކިއެވެ. ހަމައެހެންމެ ގޭތެރެއަށް ވަނުމަށް ވެސް ބުންޏެވެ. ނިހާޔަތުގެ މޫނުމަތިން ނުތަނަވަސްވުމާއި ކަންބޮޑުވުމުގެ އަސަރުތައް ލައިލާއަށް ފާހަގަ ކުރެވުނެވެ.

       ” މިރޭ މިގޭގައި މަޑުކުރެވިދާނެތޯ ބަލާލަން. ” ލައިލާއަށް ބަލާލަމުން މަޑުމަޑުން ނިހާޔަތު ބުނެލިއެވެ.

       ” ނިހާޔަތު ދައްކާ ވާހަކަ. ތިކަން ހަމަޖެހޭނެ. ” ނިހާޔަތު ކައިރީގައި އަންނާން ބުނަމުން ލައިލާ ވާހަކަދެއްކިއެވެ.  އޭރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން އަދި އަޑުން ފާޅުވަމުންދަނީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ.

       ނިހާޔަތުމެން އެގޭގަ ތިބުމަށްޓަކައި ލައިލާ ކޮޓަރިއެއް ހަމަޖައްސައި ތިންމީހުންނަށް އެތަނުގައި ނިދޭނޭހެން ތައްޔާރު ކޮށްލިއެވެ. ލައިލާގެ އޯގާތެރިކަމާއި ހިތް ހެޔޮކަމުގެ ސަބަބުން ނިހާޔަތަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

       ” ވަރަށްބޮޑަށް ޝުކުރިއްޔާ! ” ލައިލާއަށް ބަލާންހުރެ ހިނިތުން ވެލަމުން ނިހާޔަތު ޝުކުރު އަދާކުރިއެވެ.

       ” މިދެން އެވަރުގެ ކަމެއް ނޫނެއްނު .. އާދޭ ކާންދާން. ” ކޮޓަރިން ނުކުންނާން ހިނގައި ގަންނަމުން ލައިލާ ވާހަކަ ދެއްކިއެވެ.

       ލައިލާގެ ފަހަތުން ގޮސް ނިހާޔަތުމެން ވެސް ކާގެއަށް ވަނެވެ. އެގެއަކީ ވެސް ނިހާޔަތުމެން އުޅެމުންދާފަދަ ފުރިހަމަ ރީތި ގެއެކެވެ.

                                                                       ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ދަރިފުޅު

Next

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (ދިހަވަނަ ބައި)

Next
July 26, 2013

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (ދިހަވަނަ ބައި)

Previews
July 25, 2013

ދަރިފުޅު



All Right Reserved!