Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އެހީގެއަގު

mohamed neer Level 210 Stories100 Stories
July 24, 2013 3 Mins Read
0 Comments

ހަވަނަބައި

” އިނާ ބޭނުން ކަންތައް ހޯދާ ޔަގީންކުރޭ. އަހަރެންނަށް ޔަގީންކަން އެބައޮތް އިނާ މިކަމުގަ އުޅެފިނަމަ އަހަރެންނަށް
ކާމިޔާބު ލިބޭނެކަން. ” ނާއިލް ވާހަކަ ދެއްކީ ވަރަށް ޔަގީންކަމާ އެކުގައެވެ. މިކަމުގައި ކުރިޔަށްދާން އިނާ ބޭނުންކަން އެނގުމުން ނާއިލަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.
ނާއިލާއި އިނާ އެމީހުންގެ ބައްދަލުވުން ނިންމާލުމަށްފަހު ގެއަށް ދިޔައީ އިރުއޮއްސުނު ފަހުންނެވެ.
ވަގުތަކީ ރޭގަނޑުގެ ވަގުތު ކަމަށްވާތީ ރެސްޓޯރެންޓްތެރޭން ފެންނަމުންދަނީ މަޑުމައިތިރިކަމާއި ހަމަހިމޭންކަމެވެ. ފަނޑު
އަލިކަމެއް ތަނައް ވެރިވެފައިވާއިރު ހިތްގައިމު ދިވެހި މިއުޒިކެއްގެއަޑު ވެސް މަޑުމަޑުން އިވެމުން ދިޔައެވެ. މީހުން މަދުވެފައި އަޑު މަޑެވެ.
އިނާ އާއި އަތީލް ތިބީ ލުއި ކެއުމަކާއެކު ކޮފީ ބޯށެވެ. އެކަމާއިގެން މަޝްޣޫލްވެ ތިބި ނަމަވެސް އެދެމެދުގައި ކޮންމެ
ވެސް މުހިންމު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއެކު ހިނިތުންވެ ތިބެގެން ވާހަކަ ދައްކަމުން އުފާކުރަމުންދިޔަ އަތީލާއި އިނާ އެމީހުންގެ ވާހަކަތައް މެދުކަނޑާލީ އިނިސްޕެކްޓަރ ނީސާމް އެތަނަށް އައުމުންނެވެ. ނީސާމް އައިސް އެމީހުން ކައިރިއަށް ހުއްޓުމުން އަތީލަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.
” އަހަރެން މީހަކު ހޯދާން މަސައްކަތް ކުރަމުންދަނިކޮށް އެމީހާ ފެނުނީ އަހަރެމެންގޭ ދޮރުމަތިން. އަހަރެންނަށް މިތަނުގަ
އިށީނދެވިދާނެތަ ؟ ” އިނާއަށް ބަލާލަމުން ނީސާމް ވާހަކަ ދެއްކިއެވެ.
” ކަލޭ ބޭނުމިއްޔާއި އިށީނދެވިދާނެ. ” ނީސާމަށް ބަލާލަމުން އިނާ ބުނެލިއެވެ.
އިނާ އެހެން ބުނުމުން އަތީލަށް ބަލާލާފަ ހިނިތުންވެލަމުން ނީސާމް އެތަނުގައި އިށީނެވެ.
” އެއް ދުވަސްވަރެއްގައި އަހަރެމެންނާއި ގުޅިގެން ކުއްވެރިން ހައްޔަރު ކުރުމުގައި އިނާ އުޅުނު. އެކަމު މިހާރު އަޑު
އިވިއްޖެ އިނާ މަސައްކަތް ކުރަމުން ދަނީ ކުއްވެރިން ސަލާމަތްކުރަން ކަމަށް. ނާއިލްގެ ކުށެއް ނެތްކަމަށް އޭނާ އެދައްކާ ވާހަކަތައް ގަބޫލުކުރެވޭތަ ؟ ” އަތީލަށް ބަލާލުމަށްފަހު އިނާއަށް ބަލާލަމުން ނީސާމް ވާހަކަ ދެއްކިއެވެ.
” ދޮގެއް ތިއީ. ” ނީސާމް އެހެން ބުނުމާއެކުހެން އިނާ ބުންޏެވެ.
” އަހަރެމެން ބުނާގޮތެއް ހަދަންޏާއި އިނާ އެކަމާއިގެން ކުރިޔަށް ދޭ. ވާދަވެރިކަމުގައި ފޯރި ހިފާނީ ވާދަކުރާން އެނގޭ
މީހަކާއި ވާދަކުރާން ނުކުމެގެންނު. އަސްލު ހުރިހާ ގޯހެއް ހަދާ މީހަކީ އެއީ. ޙަޤީޤަތް ނޭނގޭހެން ކާމިޔާބު ލިބޭނީ ކާކަށް ކަމެއް ވެސް ނޭނގޭ. އަބީދުގެ ވާހަކަތައް އަޑުއެހީމެއްނު. އަހަރެމެންނާއި އިނާ ގުޅިގެން ކުރި މަސައްކަތުން އޭނާ އޭނާގެކުށަށް އެއްބަސް ކުރުވީމެއްނު. އެންމެފަހުން އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވީ ޖަލުގެ ތޭރިތަކުތެރޭ އުޅުމަށްވުރެ އެއްބުރުން މަރުވުން ރަނގަޅު ކަމަށް ފެނިގެން ކަންނޭނގެ. ” އިނާއަށް ކަމެއް ހަނދާންކޮށްދެމުން ނީސާމް ވާހަކަ ދައްކަމުން ދިޔައީ ހިތްހަމަ ޖެހުމާއެކު ގައެވެ. ހަމައެހެންމެ އޭނާއަށް ލިބުނު ކާމިޔާބަށް އުފާކުރަމުންނެވެ.
އިނާއާ ވާހަކަދައްކާން އިރުކޮޅަކު އިނުމަށްފަހު ފޯނެއް އައިސްގެން ނީސާމް އެތަނުން ދުރަށް ދިޔައެވެ.
ރެސްޓޯރެންޓުން ނުކުމެގެން އިނާ އާއި އަތީލް އިނާމެން ގެއަށް ދިޔައީ އެކުގައެވެ.
އިނާ އާއި އަތީލް ވާހަކަ ދައްކަމުން ދައްކަމުން ގޮސް އިށީނީ އިނާމެންގޭ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ރަށުތެރެއަށް
ފެތުރިފައިވާ ނަލަހަނދުވަރުގެ އަލިކަން އެހިސާބަށް ވަރަށް ރަނގަޅަށް ފޯރާފައިވެއެވެ. އެހެންކަމުން މުޅިހިސާބުވަނީ އަލިވެފައެވެ.
” އެބުނާ އަބީދުގެ މައްސަލާގައި ސަރުކާރުގެފަރާތުން ވަކާލާތުކުރީ އަހަރެން. ނީސާމްގެ ވާހަކަތަކަށް އިތުބާރުކޮށް އަހަރެން
އެކަމާއިގެން ކުރިޔަށް ދިޔައިރު ވެސް، އަބީދުގެ މަންމަ ރޮއި އާދޭސްކޮށް ބުނަމުންދިޔަ އޭނާގެ ދަރިފުޅަކީ ކުއްވެރިއެއް ނޫނޭ. އޭނާ ކުށެއް ނުކުރެޔޭ. އަބީދު ވެސް ބުނަމުން ދިޔައީ އޭނާ އެކަން ނުކުރާކަމަށް. އެކަމަކު ……. ޙަޤީޤަތް އެނގުނުއިރު ވަގުތު ފާއިތު ވެއްޖެ. ނީސާމް ކަންތައް ކުރީ އޭނާގެ އަމިއްލަ އެދުމަށް. އަބީދުގެ ކުށެއް ނެތްކަން އެނގޭނެ ހުރިހާ ލިޔުމެއް އޭނާ ހުރީ ރައްކާ ކޮށްގެން. ” އަތީލަށް ބަލާލަމުން އިނާ ވާހަކަދައްކަމުން ދިޔައިރު އަޑާއި ހަރަކާތުން އަދި މޫނުމަތިން ފާޅުވަމުންދިޔައީ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ. ދެލޮލުގެ ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.
އިނާގެ ހިތާމައިގަ ބައިވެރިވެ އޭނާއަށް ހިތްވަރާއި ނަސޭހަތް ދިނުމުގަ އަތީލް ހުއްޓެވެ.
” އަތީލް! މިކަމުގައި ކަލޭގެ އެހީތެރިކަން އަހަރެން ވަރަށް ބޭނުން. ” އަތީލްގެ އަތުގައި ހިފަމުން އިނާ އެދުނެވެ.
” އަހަރެން އަބަދު ވެސް ހުންނާނީ އިނާއާއެކުގަ. އެކަމަކު.އެއީ އޭނާ ކުރި ކަމަކަށް ވެއްޖެނަމަ ……. ” އިނާއަށް
ބަލާން ހުރެ އަތީލް ބުންޏެވެ.
އިނާ އާއި އަތީލް އެކަމުގައި އެތައްއިރަކު އެތައްގޮތަކަށް ވާހަކަދައްކާ މަޝްވަރާ ކުރުމަށްފަހު އިނާ ނިންމީ ނާއިލްގެ
ދިފާޢުގައި މަސައްކަތް ކުރުމަށެވެ.
އާދިއްތަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ. ނާއިލާއި ބައްދަލުކުރުމަށްޓަކައި ނާއިލްގެ އޮފީހަށް އިނާ އާއި
އަތީލް ދިޔައިރު ނާއިލާއި ހަސަން ނާއިލްގެ އޮފީހުގައި ތިއްބެވެ.
އިނާ އައުމުން އެމީހުން ތިންމީހުން ވެސް ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ. އެހެންކަމުން އަވަސް އަވަހަށް އިނާއަށް
މަރުޙަބާ ކިޔާ އެތަނުގައި އިށީނުމަށް އެދުނެވެ.
ނާއިލްމެން އެދެމުންދިޔަ ފަދައިން ލަންމާގެ މަރުގެ މައްސަލާގައި ނާއިލްގެ ދިފާޢުގަ މަސައްކަތްކުރާން އިނާ އެއްބަސް
ވުމުން ނާއިލްމެން ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ.
އެމައްސަލާގައި ކުރިޔަށްދާނެ ގޮތާ ބެހޭގޮތުން ހަތަރުމީހުން ވާހަކަދައްކަމުން ދިޔައެވެ.
” އަހަރެން މިކަމުގައި ކުރިޔަށް ދަނިކޮށް، ލަންމާ މަރާލި މައްސަލާގައި ކަލޭގެ އަތެއް ވާކަށް ޕޮލިހުން ބުނަމުން އެދާ
ބުނުން އެއީ ޙަޤީޤަތެއްކަން ފަޅާއަރައިފިނަމަ ނުވަތަ ދޮގެއްހަދައިފިކަން ހާމަވެއްޖެނަމަ ހަމަވަގުތުން އަހަރެން މިކަން ދޫކޮށްލާނަން. އެގޮތާއި އެއްބަސްތަ ؟ ” ނާއިލަށް ބަލާލަމުން އިނާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑާއިހަރަކާތުން ފާޅުވަމުންދިޔައީ ހަރުކަށި ކަމުގެ އަސަރު ތަކެވެ.
” އިނާ! އެކަމަކު އެއީ އިންސާފެއް ނޫނެއްނު. ” އިނާއަށް ބަލާލަމުން ހަސަން ބުންޏެވެ.
” އަހަރެން އެއްބަސް. އަހަރެން ކަލެއަކަށް ދޮގެއް ނުހަދާނަން. ކަމެއް ސިއްރެއް ނުކުރާނަން. ” އިނާއަށް ޔަގީންކަން
ދެމުން ނާއިލް ވާހަކަ ދެއްކިއެވެ.
” އަހަރެން ބޭނުންވާނެ ކަލޭގެ އެޕޮއިންޓްމަންޓް ޑައިރީ. ބެންކް ސްޓޭޓްމަންޓް. ބައްދަލުވުންތަކުގެ ޔައުމިއްޔާ. އެކަން
ވާނެތަ ؟ ” ވާހަކަތައް ނިންމާލަމުން އިނާ ސުވާލު ކުރިއެވެ.
” އާން. އަހަރެން ދޭނަން. ” ނާއިލް ޖަވާބު ދިނެވެ.
” އަދިވެސް އެބައޮތް އެއްވާހަކަ. މިމައްސަލަ ނިމެންދެން ކަލޭ އެޅެން ޖެހޭނީ އެއްވެސް ބައްދަލުވުމަކަށް ނުގޮސް. ކަލެ
އަކަށް މަޖައްލާގެ މަސައްކަތެއް ނުކުރެވޭނެ. ވަކީލުންނާއި އާންމުންނަށް މިކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިގެން ނުވާނެ. ކަލޭގެ ހުރިހާ ޢަމަލަކުން ދައްކަންވާނެ ލަންމާ މަރުވުމުން ކަލޭ ކުރަމުންދާ ހިތާމަ އާއި ކަލެއަށް ލިބިފައިވާ މާޔޫސްކަން. ” އިނާ ވާހަކަ ދައްކަމުން ދިޔައީ ނާއިލަށް ބަލާން އިނދެއެވެ.
” ލަންމާ މަރުވުމުން އަހަރެންނަށް ވަމުންދާ ގޮތް ކަލޭމެންނަކަށް ނުފެނޭތަ ؟ ” މާޔޫސްކަމާއެކު އިނާއަށް ބަލާލަމުން
ނާއިލް އެހެން ބުނިއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ.
” ހަސަން. ކަލޭ ކައިރީ ވެސް އަހަރެން ވާހަކައެއް ބުނަން ބޭނުން. އެއީ މިކަމުގަ އަހަރެން ކަލޭމެން އެއްވެސް މީހެއްގެ
އެހީއެއް ބޭނުންނޫން ވާހަކަ. މިކަމުގައި އަހަރެން ކުރިޔަށް ދާނީ އަހަރެން އެކަނި. އެހީއެއް ބޭނުން ވެއްޖެނަމަ އެހީ ހޯދާނީ އަތީލް ކައިރިން. އަހަރެން މިކަން ކުރާނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ. ” ހަސަންއަށް ބަލާލަމުން އިނާ ވާހަކަ ދެއްކިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 33

Next

ދަރިފުޅު

Next
July 25, 2013

ދަރިފުޅު

Previews
July 23, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 33



All Right Reserved!