Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އެހީގެ އަގު ހަތްވަނަބައި

mohamed neer Level 210 Stories100 Stories
July 27, 2013 3 Mins Read
2 Comments

ހަތްވަނަބައި

” އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ” ހަމަޖެހޭގޮތް ދައްކާލަމުން ނާއިލް ބުންޏެވެ.

” އަހަރުމެން ކަންތައް ކުރާނީ އިނާ ބުނާގޮތަށް. ” އިނާގެ ވާހަކައާ ގުޅުވައިގެން ހަސަން ބުންޏެވެ.

ލަންމާގެ މަރުގެ ކަންތަކުގައި ނާއިލްގެ ފަރާތުން ކޯޓަށް ދާގޮތަށް އިނާ ހަމަޖެހި އެކަމާއިގެން ކުރިޔަށް ދިއުމަށް ބޭނުންވާ

ކަންކަމާ ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާކުރާން ބޭއްވި ބައްދަލުވުން ނިންމާލުމަށްފަހު އިނާ އާއި އަތީލް ދިޔައީ އިނާ މަސައްކަތް ކުރާ އޮފީހަށެވެ. ހަމައެހެންމެ އިނާ އޮފީހަށް ލުމަށްފަހު އަތީލް ދިޔައީއެވެ.

އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު، ޕޮލިސްސްޓޭޝަނަށް އިނާ ދިޔައީ ނީސާމާއި ބައްދަލުކޮށްލާށެވެ. ލަންމާގެ

މަރުގެ މައްސަލާގައި، ނީސާމް ވެސް އެދުނު ފަދައިން ނާއިލްގެ ފަރާތުން ކޯޓަށްދާނީ އޭނާކަން ނީސާމަށް އަންގާލާ ބައެއް ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާލާށެވެ.

ޕޮލިސްސްޓޭޝަނަށް ގޮސް އިނާ އެދުނުފަދައިން ނީސާމާއި ބައްދަލު ކުރެވޭނެގޮތް އެތަނުން ހަމަޖައްސައި ދިނެވެ.

ނީސާމާއި ބައްދަލު ކުރުމަށްޓަކައި އިނާ ގޮސް ނީސާމްގެ އޮފީހަށް ވަތްއިރު މޭޒުކައިރީގަ ނީސާމް އިނެވެ. ނީސާމަށް އިނާ ފެނުމާ އެކުހެން މަރުޙަބާ ކިޔަމުން އިށީނުމަށް ބުނެ ގޮނޑިއެއް ދެއްކިއެވެ. އަދި އިނާއަށް ހީލިއެވެ.

” ނީސާމް! ކަލޭގެ ހުށަހެޅުން އަހަރެން ގަބޫލުކޮށްފިން. ތިޔަ މައްސަލާގައި ނާއިލްގެފަރާތުން ކޯޓަށްދާނީ އަހަރެން. ”

ނީސާމް ދެއްކި ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން އިނާ ބުންޏެވެ.

” އާން. ރަނގަޅު. ތިކަމުގަ އަހަރެން ކީއް ކޮށްދޭންވީ ؟ ” އިނާއަށް ބަލާލަމުން ނީސާމް ވާހަކަ ދެއްކިއެވެ.

” ކަލޭގެ ކައިރިން ކަމަކަށް އެދިގެން ކާކު އަންނާނީ ؟ އަހަރެން ބުނާން މިއުޅެނީ އަބީދުގެ މައްސަލާގައި ކަލޭ ކަންތައް

ކުރިގޮތަށް މިފަހަރު …. ” އިނާ ބުނާން އުޅުނު ޖުމްލަ މެދުކަނޑާލީ ނީސާމް ވާހަކަ ދައްކާން ފެށުމުންނެވެ.

” އެ ނުބައިމީހާ މަރުވީ އަމިއްލައަށް. ނަސީބެއްނު އޭނާ އަމިއްލައަށް މަރުވިކަން. އެހެންނޫނީ އޭނާ ދުނިޔޭގައި ހުރިހާ

ދުވަހަކު އުޅޭނީ އެހާލެއްގަ. ނާއިލްއަކީ ކުޑަކުޑަކޮށް ކިޔަވައިގެން ހުރި މޮޅު ލިޔުންތެރިއެއް. ކުރިއަރަމުން އަންނަ ޒުވާން ވިޔަފާރި ވެރިއެއް. ވިސްނޭމީހެއް. ކަލޭ ވެސް އޭނާއަށް ވިސްނައިދީ. އަހަރެންނާއި ވާދަނުކޮށް ކުށް ގަބޫލުކުރުމަށް ބުނޭ. ފަހަރެއްގަ ވެދާނެ ޤާނޫނުތައް އޭނާއަށް ނޭނގެނީ ކަމަށް ވެސް. ” ހިތްހަމަ ނުޖެހުމާއެކު ވާހަކަ ދައްކަމުންދިޔަ ނީސާމް އޭނާގެ ވާހަކަތައް ނިންމާލީ އިނާއަށް ބަލާލަމުންނެވެ. ހަމައެހެންމެ އޭނާގެ ކާމިޔާބަށް ހިނިތުން ވެލަމުންނެވެ.

” ޤާނޫނުގެ ކަންތައް ކަލެއަށް ވުރެ ބޮޑަށް އަހަރެންނަށް އެނގޭ. ކަލޭ ވިސްނައިގެން ހުރޭ. ނާއިލްއަކީ ކުށްވެރިއެއް

ނޫންކަން ސާބިތުވާފަދަ އެއްވެސް ލިޔުމެއް ކަލޭ ފޮރުވައިގެން ހުރެއްޖެނަމަ ޤާނޫނު ނަންބަރު …. ” އިނާ ވާހަކަ ދައްކާ ނުނިމެ ނީސް ނީސާމް ވާހަކަ ދައްކާން ފެށިއެވެ.

” ހުއްޓާލާ. ކަލޭ ކޮންމެހެން އަހަރެންނަށް ޤާނޫނު ކިޔާދޭނެ ކަމެއްނެތް. ދެކަމެއް އަހަރެން ހަނދާން އެބަހުރި އެއް

ކަމަކީ ކަލޭ. އަނެއް ކަމަކީ ޤާނޫނީ ފޮތްތަކެއް އެބަހުރިކަން. އަހަރެންނަށް އެނގޭ އެވަގުތަކު ބޭނުން ކުރާނީ ކޮން އެއްޗެއްކަން. ” މަލާމާތުގެ ބެލުމަކުން އިނާއަށް ބަލާން ހުރެ ވާހަކަދައްކަމުން އެއްމިޔަކަނުން ނީސާމް ހީލިއެވެ.

” ޤާނޫނީ ކަންކަމަށް ކަލޭ ވަރަށް ޝައުޤުވެރިކަން އެބަހުރި ދޯ ؟ ކަލޭ ބޭނުން ކަމެއް ނާއިލަށް ކުރޭ. އޭނާ އަކީ

ކުށްވެރިއެއް ނޫނިއްޔާއި އޭނާ ގޮވައިގެން އަހަރެން ދާނީ ކަލޭގެ ކުރިމަތިން. ބަލާން ހުރޭ. މިއީ އަހަރެންނާއި ކަލޭގެ ކުރިމަތި ލުމެއް. ” ނީސާމްގެ ކުރިމަތީގައި ފަސް ނުޖެހޭފަދަ ވަރުގަދަ އަޒުމެއްގައި ހުރި އިނާ އޭނާގެ ނިންމުން އިއްވިއެވެ.

ނީސާމްއާ ދިމާއަށް އެހެން ބުނެފައި އިނާ ނުކުމެގެން ދިޔައިރު އޭނާގެ ކިބައިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމުގެ

އަސަރުތަކެވެ. އެހެނަސް ނީސާމް އިނީ ހައިރާންކަމާއެކު ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

ލަންމާގެ މަރުގެ މައްސަލާގައި ނާއިލްގެ ފަރާތުން ވަކާލާތު ކުރުމަށް ހަމަޖެހިފައިވާ އިނާ އެކަމާއިގެން ކުރިޔަށް ދިއުމަށް

ޓަކައި ނާއިލްގެ ފަރާތުންނާއި އެހެނިހެން ފަރާތްތަކުން ވެސް ހޯދާންޖެހޭ މަޢުލޫމާތު ހޯދާ އެއްކުރަމުން ދިޔައެވެ. ބޭނުން ވާވަރަށް މަޢުލޫމާތު ލިބެމުންދާތީ އިނާ ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

އިނާ އާއި ނާއިލް އެކިފަހަރު އެކިތަނުން ބައްދަލުވަމުން ނާއިލްގެ ހަޔާތުގެ ވާހަކަތައް އިނާއަށް ކިޔައިދެމުން ދިޔައެވެ.

ހުކުރުދުވަހުގެ ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ. އިނާ އާއި ނާއިލް ވާހަކަދައްކަން ތިބީ ރަށުގެ އަތިރިމަތީގައި ހުރި ޖޯލިފަތިތަކުން ޖޯލިފައްޗެއްގަ އެވެ. މާދުރުނޫން ހިސާބަކުން ވަރަށް ރީތިކޮށް މޫދާއި ކަނޑު ފެންނާން އޮތްއިރު، ހިތްގައިމު ވަރަކަށް ވައި ޖެހެމުން ދިޔައެވެ. ހުކުރުދުވަހަކީ މަދަރުސާތައް ބަންދު ދުވަހަކަށް ވާތީ ވަރަށް ގިނަ ކުދިން މޫދުގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

” އަހަރެންނާއި ލަންމާ ބައްދަލުވީ ޓައިނީހާރޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ހިންގި ހަރަކާތަކާއި ބެހޭގޮތުން މަޢުލޫމާތު

ހޯދާން ދިޔަ ދިއުމެއްގަ. އެދުވަހަށްފަހު އަހަރެންނަށް ލަންމާ ވަރަށް ކަމުދިޔަ. އަދި އޭނާގެ ކޮންމެ ހަރަކާތަކީ އަހަރެންނަށް ވަރަށް މުހިންމު އެއްޗަކަށްވި. އޭގެފަހުން އަހަރެން މަސައްކަތް ކުރަމުންދިޔައީ ލަންމާއާ ގާތް ގުޅުމެއް އުފެއްދޭތޯ. އަހަރެންގެ ފަރާތުން ލަންމާއަށް ވެސް ކޮންމެވެސް މުހިންމު ކަމެއް ފެނުނީ ކަންނޭނގެ. އަހަރެން އެދެމުންދިޔަ އެދުން ލަންމާ ގަބޫލުކުރި. އަހަރެމެންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަށް މާގިނަ ދުވަހެއް ނުވެ އަހަރެމެން ކައިވެނި ކުރީ. ކައިވެނީގެ މާފަހުން އަހަރެންނަށް އެނގުނު ލަންމާއަކީ އަހަރެންނާ އެކަށީގެންވާ ވަރަށްވުރެ ރީތި އަދި ފެންވަރުމަތި މީހެއްކަން. އެކަމު އަހަރެން އިންތިޒާރު ކުރިން އެކަން ހަމައަކަށް އެޅޭނެކަމަށް. އެކަމަކު ….. އަހަރެންނަކަށް އޭނާއަށް ހަމައަކަށް ނޭރުނު. އޭނާ ތިރިއަކަށް ނައި. އަހަރެމެން ދެމީހުން އެކުގައި ތަންތަނަށް ގޮސްއުޅެން. ގަބޫލުކުރާން ވެސް ދަތިވާނެ. އަހަރެމެން ދެމީހުން އެކުގައި ތަންތަނަށް ގޮސް އުޅުނު ނަމަވެސް އަހަރެމެން ދެމީހުން ދެމެދުގައި އެއްވެސް ގުޅުމެއް ނޯވޭ. އެކުގައި އުޅުނު ނަމަވެސް ހިތްހަމަ ޖެހުމެއް ނުލިބޭ. ދެމީހުން ވެސް އެކަކު އަނެކަކަށް އެދޭ ކަމަށް ބުނޭ. އެކަމު ވެސް އެކަނިވޭ …. ވަރަށް ބޮޑަށް އެކަނިވޭ. ” އެވާހަކަތައް ކިޔައިދީ ނިންމާލިއިރު ނާއިލް ހުރީ ވަރަށްބޮޑަށް މާޔޫސްވެ ދެރަވެފައެވެ. ދެލޮލުގެ ކައިރިން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރުތައް ވެސް ފާޅުވާން ހުއްޓެވެ.

އޮއްސުނު އިރާއެކުހެން ވިދާ ގުގުރާ ބާރުވަޔާއެކު ވެހޭންފެށި ވާރޭ ދިހައެއް ޖަހާންވީއިރު ވެސް ހުއްޓާނުލައެވެ. އިނާ

އާއި އަތީލް ތިބީ އިނާމެންގޭ ފެންޑާތެރޭގައި ކޮންމެވެސް ވާހަކައެއްދައްކާށެވެ. ކުޑަދޮރުތައް ލައްޕާފައި ހުރި ނަމަވެސް ދޮރުފޮތިތައް ކަހާލާފައި ހުރުމުން ވަރަށްރީތިކޮށް ބޭރު ފެންނާން އޮތެވެ. އިނާ އިނީ މޭޒުކައިރީގައި އިށީނދެގެން ކޮންމެވެސް އެއްޗެއް ލިޔާން ނަމަވެސް އަތީލް ހުރީ ކުޑަދޮރުކައިރީގަ ކޮޅަށެވެ.

ސިއްސައިގެން ގޮސްފައި ކަހަލަގޮތަކަށް ވަރަށް ޝައުޤުވެރިކަމާއެކު އަތީލް ބޭރު ބަލާލުމުން އިނާ ވެސް އަވަސް އަވަހަށް

އެދިމާއަށް ބަލާލިއެވެ. ކުރަމުން ދިޔަ ގަދަ ވިއްސާރައަށް ސަމާލުކަމެއްނުދީ ނެތި ފޯވެގެން އައި ނާއިލް ފެނުމުން އިނާ އާއި އަތީލް ވަރަށް ހައިރާންވިއެވެ. މަޑުމަޑުން ތެދުވެގެން ދޮރާއި ދިމާއަށް އިނާއަށް ދެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

” ނާއިލް! ކިހިނެތްވީ ؟ ” ދޮރު ހުޅުވާލާ ނާއިލަށް ބަލާލަމުން އިނާ އެހިއެވެ.

އިނާ ސުވާލުކުރި ނަމަވެސް ނާއިލް ޖަވާބެއް ނުދިނެވެ. ހަމައެހެންމެ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އިނާއާ ދިމާ

އަށް އަންނާން ފެށިއެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ކަހަލަ ގޮތަކަށް އިނާ ހުއްޓާ ނާއިލް އައިސް ހިފެހެއްޓީ އިނާގެއަތުގަ އެވެ. އެއާއެކު ސިއްސައިގެން ގޮސްފައި އިނާއަށް ބަލާލެވުނީ ނާއިލްގެ މޫނަށެވެ. އިނާ ބަލާލިއިރު ނާއިލް،ހުރީ އިނާގެ މޫނަށް ބަލަހައްޓައިގެން ކަމަށްވާތީ އެދެމީހުންގެ ހަތަރުކަޅި ހަމަވެ އިނާގެ ހަރަކާތްތަކަށް ހުއްޓުން އައެވެ. އިނާގެ އަތް ހިއްލާލާ އެއަތުގައި ނާއިލް ބޮސްދިނުމާއެކު އިނާއަށް ލޯ މަރާލެވުނެވެ. މަސްތުން ފުރިފައިވާ ފަދައަކުން ލޯމަރާލައިގެން ހުރި އިނާގެ މޫނުގަ ފިރުމާލަމުން އޭނާގެ ތުންފަތުގައި ނާއިލް ބޮސް ދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ހިތި ހަގީގަތް

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 34

Next
July 27, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 34

Previews
July 26, 2013

ހިތި ހަގީގަތް

2 Comments!

  1. ސުނާމާ says:
    July 27, 2013 at 1:35 am

    އިންތިޒާރުގަ އިންދަ އަޕް ކޮށްލީ. ވަރަށް ތެންކްސް

  2. ގަމީސް says:
    July 29, 2013 at 9:42 am

    ވަރަށް އަސަރުގަދަ ވާހަކައެއް. މިއީ ވަރަށް ރީތި ވާހަކައެއް. ތެންކްސް

Comments are closed.

Next Episodeއެހީގެއަގު←


All Right Reserved!