މިހާރު ޝައިމްގެ ކައިވެނީގެ ހަފުލާއަށް ޒީނަތްތެރި ކޮށްފައިވާ ޓެރަސްގައި ދެފަރާތުގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހަރަކާތްތެރިވަމުން ދިޔައެވެ. އަލަތު ކައިވެނީގެ ގޮށް ޖެހުނު މަލަކާއާއި ޝައިމް އެއްމެނާއި ސަލާމް ކުރަން އެއްފަރާތުގައި ތިބި އިރު މެހުމާނުންގެ ފޮޓޯ ނެގުމުގައި ކާއިން އަވަދިނެތި އުޅެމުން ދިޔައެވެ. ކާއިންއަކީ ޝައިމްގެ އެއްމެ ގާތް ރަހުމަތްތެރިއާއެވެ. ޝައިމްއަށް ލޯބި ހޯދަން ދިމާވި ދަތިތަކުގައި އޭނާއަށް އެހީވެ ދިނުމަށް ކާއިން ދިވެހިރާއްޖެއަށް އައިސްގެން އެއުޅެނި އޭނާ ކިޔަވަމުންދާ އެމެރިކާގެ ކޮލެޖުގެ ޗުއްޓީ ދުވަސްކޮޅާއި […]
“ފޯނު އަތަށް ނަގައިގެން ކިހިނެތް ވެފައި ތިއިނީ” އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން، އުނގުމަތީ އޮތް ބާލީސް މަތީ އޮތް ފޯނަށް ގެއްލިފައި އިން ހިންދު ފެނިފައި ރީމް އަހާލިއެވެ. “މިއުޅެނީ އަޝްވިންއާއި ވާހަކަ ދައްކާނެ ގޮތެއް ނޭނގިގެން. އަހަރެން ތެންކުޔޫ މެސެޖެއް ފޮނުވީމަ އޭނަ ރިޕުލައި ކުރީ “އެނީޓައިމް ” އޭ ކިޔާފަ.. ރީމް ބުނެބަލަ އަހަރެން ކީކޭތަ ކިޔަންވީ” ބޯ އަރިކޮށްލައި ރީމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ދެން ލިޔޭ.. އައި ލަވް ޔޫ.. ލެޓްސް […]
އަސުރުން ތިރިވި ފަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމަށްފަހު މިހާރު ވިލާތައް ކެހި އުޑުމަތި ސާފުވާން ފައްޓައިފިއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް މަރުހަބާ ކިޔަމުން އަލްވަދާއު ކިޔަން ތައްޔާރުވަނީއެވެ. އުޑުގެ ކޮންމެ ދިމާލަކުންވެސް ވީ އެއްމެ ރީތި ކުލައެއް ދިއްލޭތޯ މަސައްކަތް ކުރަމުން އެބަދެއެވެ. ގުދުރަތީ ރީތި މަންޒަރަކުން އެއްމެންނަށް އާޝޯހުކަން ގެނެސްދެމުންނެވެ. ހުޅުމާލެއިން މާލެއަށް ދަތުރު ކުރަމުން ދިޔަ ފެރީގައި އަޝްވިން އިނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަޝްވާއާއި ޖެހިގެންނެވެ. ހުޅުމާލޭގައި […]
އަޝްވާ އަސްރާރުގެ އެއްމެ ހަގު ދަރިފުޅު އަޝްވާ އަކީ މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކިޔެވުމުގައި ރަންވަނަ ތަކެއް ހާސިލްކޮށްގެން މިހާރު އަޝްވާ އެދަނީ އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރަމުންނެވެ. ވަޒީފާއަށް ދާން ބޭނުން ވިޔަސް އަޝްވާއަށް އެފުރުސަތު ލިބިގެން ނުދަނީ ބޭބެ، އަޝްވިންގެ ދަރިފުޅު ބެލުމަށްޓަކައި އެވަގުތުތައް ހޭދަކުރާތީއެވެ. އީޝްގެ ކަންތައް ކޮށްދިނުމަށްޓަކައި އޭނާ އިސްނެގީ އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. ބޭބެއަށް ހެޔޮ ހިތުން ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި […]
ޝައިމް އާއި މަލަކާއާއި ދޭތެރޭ ލެވެމުން ދިޔަ ފާރު އިސާހިތަކު ބިމާއި ހަމަވެއްޖެއެވެ. ޝައިމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. މަލަކާއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލީ ނުހަނު ލޯބީގެ ނަޒަރަކުންނެވެ. އެތައް ވާހަކަތަކެއް އެބެލުމުން ހިއްސާކުރަމުންނެވެ. “ޝައިމް ގަބޫލުތަ” ޝައިމް ބަހެއް ނުބުނުމުން ފާއިޒު އަހާލިއެވެ. ޝައިމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަގީގަތުގައިވެސް އޭނާއަށް އެލޯބި ލިބެނީ ހެއްޔެވެ؟ އަނައްކާ މީ އޭނާއަށް ފެންނަ ހުވަފެނެއް ނޫންބާވައެވެ. “ޝައިމް ކިހިނެތްވީ” ކާއިން އައިސް ޝައިމްގެ […]
“ޝައިމް” މަލަކާ ޝައިމް ގައިގައި ބައްދާލިއެވެ. ވަރަށް ބާރަށެވެ. ދެން ދުވަހަކުވެސް ދޫކުރާނެ ހިޔާލެއް ނެތިއެވެ. ޝައިމްގެ މޭގައި މޫނުޖެހުމާއިއެކު މަލަކާގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޮހިގަތެވެ. އެހިތަށް ކެތްނުވީއެވެ. ގޮތެއް ނިންމާފައި އޮތަސް ޝައިމްގެ ފަސްފަހަތުން ދާން ހިތް އޮބި ނޯންނަ ވަރަށް ގޮވަމުން ދެއެވެ. “އޭ މަލާ.. މަލާ ނުރޮއި… އަހަރެން މިއަދުވެސް ބުނީމެއްނު ދެން އެއްމެ ފަހަރަކުވެސް މަލާ ރޯތަން އަހަންނަށް ފެނިގެންނުވާނޭ.. އެހާ އަވަހަށް ހަނދާން ނެތުނީތަ” ޝައިމް މަލަކާގެ ބޮލުގައި […]
މަލަކާގެ ހިތުގައި ރިއްސަމުން ދިޔައެވެ. އެއްމެން އޭނާއަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ދާއިރު އެޔަށް އެއްވެސް ރައްދެއް ނުދީ ދުރުގައި ބަލަހައްޓައިގެންނެވެ. ރައްދެއް ދެވެން އޮތް ނަމަވެސް އޭނާ ގަޔަކު އެހިތްވަރެއް ނެތެވެ. އެއްމެންހެން އޭނާވެސް ކުށްވެރިކުރަމުން ދަނީ އަމިއްލަ ނަފުސެވެ. ޝައިމްގެ ލޮލުން އެފެންނަމުންދާ ހިތާމައިގެ އަޑު އޭނާއަށްވުރެ ބޮޑަށް އެގޭނެ މީހެއް ނެތެވެ. ލޯފާރުވަމުން ދަނީ ޝައިމްއާއި ދުރަށް ދާން ޖެހޭތީ އަޅާ ކަރުނައިންނެވެ. މަލަކާ ކައިވެންޏަށް ތައްޔާރުވަމުން ދާއިރު ޝައިމް ތައްޔާރުވަމުން އެދަނީ […]
ދޮރުގައި ޓަކި ދިން އަޑު އިވުނަސް ޝައިމް ދޮރު ނުހުޅުވައި މަޑުކޮށްލީ މަލަކާގެ ޖަވާބެއް ލިބޭތޯއެވެ. މަލަކާ ދޮރު ހުޅުވަން ދާން އުޅުމުން ޝައިމް މަލަކާގެ އަތުގައި ހިފަހައްޓައި އިތުރަށް ދޮރާއި ކައިރިވުމަށް ހުރަސްއެޅިއެވެ. “ޖަވާބެއް ދީފަވެސް ދޮރު ހުޅުވިދާނެ” މަލަކާ ޝައިމްއަށް ބަލާލުމުން ޝައިމް ބުނެލިއެވެ. “ވެދާނެ ބައްޕަކަމަށްވެސް” މަލަކާ އުޅުނީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ޝައިމްގެ އެސުވާލަށް ޖަވާބު ނުދެވޭތޯއެވެ. މަލަކާ އެހެން ބުނުމުން ޝައިމް މަލަކާގެ އަތުން ދޫކޮށްލިއެވެ. އަދި ދޮރު ކައިރީ […]
“ޝައިމް” މަލަކާ ޝައިމްއަށް ގޮވާލިއެވެ. “މަލަކާ، އަހަރެން ވަރަށް ލޯބިވޭ.. މަލަކާ އަހަންނާއި ދުރަށް ނުދައްޗޭ.. އަހަރެންގެ ލޯތްބަށް ނޫނެކޭ ނުބުނައްޗޭ” މަލަކާއަށް އިތުރު ބަހެއް ބުނެވުމުގެ ކުރިން ޝައިމް މަލަކާގެ ތުންފަތް މަތީ ޝަހާދަތް އިގިލި ޖައްސާލަމުން ބުނެލިއެވެ. ބޭގަރާރުވަމުން ދާ ހިތުގެ އާދޭސްތައް އިއްވަމުންނެވެ. ދެމީހުންގެ ނަޒަރު ސީދާކުރަމުންނެވެ. އަނެކާއަށް ހިތުގެ ޝަކުވާތައް އިއްވަމުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަލަކާ އިސްޖަހައިލިއެވެ. އަދި ޝައިމްގެ މޭގައި މަޑުމަޑުން ބޯއަޅާލިއެވެ. ލޮލުން އޮހިގަތް ކަރުނަތައް ފޮރުވަމުންނެވެ. […]