އޮފީސް ބަލާލުމަށްފަހު އަޝްވާ ދިޔައީ އޭނާގެ ކެބިން ރައްޓެހިންނަށް ދައްކާލާށެވެ. މަޑު ނޫކުލައެއް ފާރުތަކުގައި ވީއިރު އަޝްވާގެ މޭޒާއި ޖެހިގެން ކަބަޑު ސެޓެއް އެފަރާތު ފާރުގައި ހުއްޓެވެ. އަދި ހަތަރު މީހުންގެ ޖާގައިގެ ސޯފާ ސެޓެއް އަނެއް ފަރާތުގައި ހުއްޓެވެ. “ވާވް.. ވަރަށް ރީތި އިނގޭ.. އަޝްވާ ވަރަށް ނަސީބުގަދަ” ވަށައިގެން ބަލާލުމަށްފަހު ހިންދު ބުނެލިއެވެ. “އަހަރެން ނަސީބުގަދައީކީ ނޫން. ބައްޕަ ދިނީމަ ލިބުނީ… މިއަށް ވުރެ ބޮޑަށް އަހަރެން ބޭނުންވަނީ އަމިއްލަ އެކައުންޓިން ފާރމެއް ފައްޓަން” […]
ރީމްއަށް އަތް މުއްކަވާލެވުނީ ވަމުންދާ ދެރަ ރުޅިއަށް ބަދަލުވެގެން ދާތީއެވެ. ޝަނުމްއަށް އޭނާގެ ހިތް ރޮއްވާލުމުގެ އެއްވެސް ހައްގެއް ނެތްކަމުގައި ރީމް ގަބޫލުކުރެއެވެ. އޭނާ ޝަނުމްގެ ދެކެ ވަނީ ހަގީގީ ލޯބިކަން ފާޅުކުރުމުންވެސް ޝަނުމްއަށް އެކަން ބަލައިނުގަނެވުނެވެ. ލޮލުން ކަރުނަ ހިލާލީ އެހެންވެއެވެ. ލޯތްބަކީ މިހާ އޮޅުން ބޮޅު އެއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވޭން ހުރި އެއްޗެއްކަން ރީމްއަށް ދަސްވެފައި މިވަނީ މިއަދަކު ނޫނެވެ. ފުރަތަމަ ގުޅުން ބޭއްވި ކުއްޖާ ރީމް މުޅިން އެހެން މީހަކަށް ބަދަލުކޮށްލައިފިއެވެ. […]
ދެމީހުން ވާހަކާއިގައި ތިއްބާ ކާއިންއަށް މާހިދުގެ ފޯނެއް އައެވެ. ކާއިން ހީކުރީ ބައްޕަ ދިމާވެގެން މިއުޅޭ ކަންތަކުގެ ހަބަރު ދޭން ގުޅާލީ ކަމަށެވެ. އެހެންނަމަވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ކާއިންއަށް ބަލަހައްޓައިގެން އިން އަޝްވާ އަށް ކާއިންގެ މޫނު މަތިން ފެނުނު ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނެވެ. “ކިހިނެތްވީ، ކީކޭ ބައްޕަ ބުނީ” ކާއިން ފޯނު ކަނޑާލުމާއި އެކު އަޝްވާ އަހައިލިއެވެ. “އައި ހޭވް އަ ސިސްޓަރ” ކާއިންގެ އަޑުގައިވެސް ވީ ހައިރާންކަމެވެ. “ކާކު!!!؟” […]
“ޑެޑީ” އިވުނީ ތުއްތު ކުއްޖެއްގެ އަޑެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލު ތެރެއިން އަޑެއް އިވުމުން ހިންދު އަދި ހަނާއަށް އަވަސް އަވަހަށް ކޮޅަށް ތެދުވެވުނެވެ. ރީމް ބައްދައިގަތީ ޝަނުމްގެ ގައިގައެވެ. މަލަކާ ޝައިމްގެ ގައިގައެވެ. ކާއިންއާއި އަޝްވިންއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަޝްވާ ގަތް ބިރާއިއެކު އަވަސް އަވަހަށް އަތުގައި އޮތް ރިމޯޓުން ޓީވީ ނިއްވާލިއެވެ. “ތާތީ” ކުޑަކުޑަ އީޝް މިފަހަރު ގޮވާލީ އަޝްވާއަށެވެ. އެއަޑު އައި ދިމާ ބަލާލި ވަގުތު އީޝް އެއްއަތުން ލޯ […]
ދުވަސްތައް ފާއިތުވަމުން ދަނީ ނުހަނު އަވަހަށެވެ. އެޔާއި އެކު އަޝްވާއާއި ޝަނުމްގެ ގުޅުން އިހުނަށްވުރެ ރަގަޅުވަމުން ދެއެވެ. ޑިޔުޓީގައި ނޫޅޭ ވަގުތެއް ނަމަ ޝަނުމް ވަގުތުތައް އަޝްވާއާއި އެކީ ހޭދަކުރެވޭތޯ ބަލައެވެ. އީޝް ބަލަމުން ގޭތެރޭ ކަންތައްކޮށްދިނުމުގައި ޝަނުމްގެ އެހީތެރިކަން ނުބުންޏަސް އަޝްވާއަށް ލިބެމުން ދެއެވެ. ޝަނުމް އޭނާއާއި ދޭތެރޭ ބަހައްޓާ ގާތްކަން ފެނި އަޝްވާއަށް އިތުރަށް ޝަނުމްގެ ސިފަތައް ދެކެ ގަޔާވެވެން ފަށައެވެ. އަޝްވާ ކެތްމަދުވެފައި ހުންނަނީ ޝަނުމްގެ ފަރާތުން އޭނާ ދެކެ ލޯބިވާކަމުގެ އިޝާރާތެއް […]
“ސުބުހާނައްﷲ.. އަޝްވާ އެކަނިވީމަ ފަލަ ކުލަބަށް އެހެންމީހުންވެސް ވައްދަން ދޯ ތިއުޅެނީ” އެވަގުތު އެތަނަށް އައި ކާއިންއަށް މޭޒުމަތި ފެނުމުން ހައިރާން ކަމާއި އެކީ ބުނެލިއެވެ. އޭނާއަށް ހުރިހާ އެއްޗެއް ހުސްނުވާނެތީ ކާއިން އައުމުން ޝަނުމް އޭނާއާއި އެކީ ބައިވެރިވެލުމަށް ދައުވަތު ދިނެވެ. ޝަނުމް ކާއިން ކެއުމުގައި ބައިވެރިކުރުވި ނަމަވެސް އަޝްވާ ކާއިން އެތަނަށް އައުމުން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ޝަނުމް ހުންނަ ތަންތަނުގައި ކާއިން އޭނާއަށް ކުރާ މަލާމާތް އިތުރުވާތީއެވެ. އަދި މިހާރު ޝަނުމްއާއި ކާއިންގެ އޮންނަ […]
އޭގެ އަނެއް ދުވަހެވެ. ޝަނުމްއާއި ޝައިމް ގޭގެ މަރާމާތައި ކުލަލުމުގައި ހެނދުނުއްސުރެ އަވަދިނެތި އުޅުނެވެ. މަލަކާ ވީ ޑިޔުޓީގައި ކަމުން އަޝްވާ އެމީހުންނަށް އެހީތެރިވެދިނުމުގައި އެކަނި އުޅުނެވެ. “މީތަ މަގޭ ޗެރީގެ ހިތް ވަގަށް ނަގައިގެން އުޅޭ މީހަކީ” ސިޓިންރޫމުގައި ހުރި މޭޒު ދޮށުގައި އިން އަޝްވާގެ ކަންފަތުގައި ޖެހުނީ ދެވަނަ އެހެން އަޑެއް ނޫނެވެ. އެއަޑު އިވުމާއި އެކީ އަޝްވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކާއިން.. ކޮން އިރަކު އައީ.. ނުވެސް ބުނެ… ޓެސްޓުތައް ނިމުނީތަ” […]
އަޝްވިންއަށް މިވަމުންދާ މަންޒަރު ފެނި ހިންދުއަށް ދުރުގައި ހުންނަން ވަރަށް އުދަގޫވިއެވެ. ދެންމެ ދެކެވުނު ވާހަކަތަކާއި މިހާރު އަޝްވިންގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުން ކަންތައް ވަރަށް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނެވެ. އެހިތަށް ލިބިފައިވާ ޒަހަމްތަކުގެ ފުންމިން އަމިއްލައަށް އަންދާޒާނުކުރެވޭނެކަން ހިންދުއަށް އެގުނެވެ. ނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އަޝްވިން ފާރުގައި ޖެހި ކޮންމެ ފަހަރަކު އޭގެ ތަދު އިހްސާސްވީ ހިންދުގެ ހިތަށެވެ. އެހެންމީހަކަށްޓަކައި އަޝްވިންގެ ހިތުގައި ރިއްސަމުން ދާ އިރު އަޝްވިންއަށްޓަކައި އޭނާގެ ހިތް އެދެނީ ބޭގަރާރުވަމުންނެވެ. […]
ވަރުބަލިވެފައިވާ ހަށިގަނޑަކާއި އެކީ ނިދިފައިވާ އަޝްވާއަށް ހޭލެވުނެވެ. އޭރު މުޅި ކޮޓަރީގައި ވަނީ ފަޑު އައްޔެކެވެ. ވަރަށް އުދަގުލުން ކަހަލަ ގޮތަކަށް އަޝްވާ ތެދުވާން މަސައްކަތް ކުރަން ފެށިއެވެ. ބޮލުގައި އަތް އަޅާއިގެން އަޝްވާއަށް ކޮޅަށް ތެދެވެވޭވަރު ވިއެވެ. އަޝްވާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބޯ އަބުރައި ގަންނަ ގޮތް ވިއެވެ. އެހީއަށް އެދެވޭނެހާ ހިތްވަރެއް ނުލިބި އަޝްވާ ވެއްޓެމުން ދިޔައެވެ. ދެންވާނީ ކިހިނެތް ކަމެއް ނޭނގޭ ހާލު […]