ދިވެހި މިބިމުގައި ޝަހީދުވި ހުސެއިން އާދަމް ފަދަ ބަތަލުންގެ ޒިކުރާއިން އިބުރަތް ހާސިލްކޮށްގެން އަދުގެ ދިވެހި ސިފައިން ދިވެހި ބިމުގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނެއް ވާން ތައްޔާރަށް ތިބެއެވެ. އަޅުގަނޑުމެންނަށް އެބޭކަލުންގެ މަސައްކަތް ކައިރިން ނުފެނުނު ކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި އެބޭކަލުން ނުހަނު ބުރަ މަސައްކަތް ކުރެއެވެ. ނޮވެމްބަރ ތިނެއް ތަކުރާރު ނުވަނީ ދިވެހި ފަސްގަނޑަށް ފާރަވެރިވާ ދުޝްމަނުން ނުތިބޭތީ އެއް ނޫނެވެ. މިއަދުވެސް ފެނިގެން މިދިޔައީ އެފަދަ މަންޒަރެކެވެ. ޝަނުމް އޭނާގެ ފުރާނަ […]
ކާއިންއާއި އަޝްވާ ގޮސް އިށީނީ ގޭގެ ވަށައިގެން ރާވާފައި ހުރި ތިރި ފާރުބުޑު މަތީގައެވެ. ރަށަކީ މީހުން މަދު ރަށަކަށް ވުމުން ރޭގަނޑުގެ މިވަގުތުގައި މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. “ކާއިން” އިށީދެ ހަމަޖެހިލުމާއި އެކު އަޝްވާ ކާއިންއަށް ބަލާލުމަށްފަހު ބުނެލިއެވެ. “އަހަރެން ބޭނުން ޝަނުމް ކައިރީ އަހަރެން ލޯބިވާ ވާހަކަ ބުނަން.. ކާއިން އަހަންނަށް އެހީވެދޭނަންތަ” އަޝްވާ ބުނެލި ޖުމްލައިން ކާއިންއަށް ލިބުނީ ހައިރާންކަމެވެ. ދެބުމަ ކައިރިކޮށްގެން އަޝްވާއަށް ބަލާލި އިރު ލުއި ހިނިތުންވުމަކާއި އެކީ […]
ކާއިން ޝަނުމްއަށް ވުރެ ބާރަށް ސައިކަލު ދުއްވާލިއެވެ. އެމީހުންނަށް ވުރެ ކުރިން މަންޒިލާއި ހަމައަށް ދެވޭ ތޯ އެއްނޫނެވެ. ޝަނުމްއާއި އެކީ އެހެން ކުއްޖެއް އިންނަ ތަން ފެނިއްޖެނަމަ އަޝްވާ ދެރަވާނެކަން އެނގޭތީއެވެ. . އެމީހުންނަށް ދެވުނު އިރު ހިންދުއާއި އަޝްވިން އިންތިޒާރުގައި ތިއްބެވެ. “ޝޮޕިންކޮށް ނިމުނީތަ މިހާރު” ސައިކަލުން ފައިބަމުން އަޝްވާ ބުނެލިއެވެ. “އެއް ދުވަހުން ހުރިހާ ކަމެއް ނިމޭތަ. އަޝްވާވެސް މިކައިވެންޏާއި ދިމާކޮށް ވިއްޔާ ވަޒީފާއަށް ތިނިކުތީ” ހިންދު ބުނެލިއެވެ. “ދެމީހުން އެވަރަށް ޒުވާބުކޮށް […]
ހެނދުނު ހެނދުނާ ތެދުވެގެން ކާއިން ބެލީ ބަރާބަރު ގަޑިއަށް އޮފީހަށް ދެވޭތޯއެވެ. އަބަދުވެސް ގަޑި ޖެހޭތީ އަޝްވާ ހަޅޭތްލަވާތީ މިއަދު ފޯނު އެލާމް ކުރިއެވެ. އަދި އަޝްވާ އަބަދުހެން ޝަކުވާ ކުރާތީ ބޯ ރީއްޗަށް ކޮށާލައި ތުބުޅިވެސް ރީތިކޮށްލިއެވެ. ކާއިން ލާން ނެގީ ކަޅުކުލައިގެ ގަމީހެކެވެ. އަދި އެޔާއިއެކު އަޅަން މެރޫން ކުލައާއި ކަޅުކުލައިގެ ޓައީ އެކެވެ. އެއީ އަޝްވާ އޭނާއަށް ގަނެދިން ދިހަ ޓައީގެ ތެރެއިން އަޝްވާ އެއްމެ ކަމުދާ ކަމަށް ބުނި ޓައީއެވެ. ޖިންސުގެ […]
ކާއިން މެންދުރު ނަމާދުން ފައިބައިގެން އައިސް އޭނާ އުޅޭ ހޮޓަލުގެ ކޮޓަރިއަށް ވަން އިރު ކަމަކު ދާކަށް ނެތެވެ. މުޅި ތަންވަނީ އެފުށް މިފުށަށް ޖަހާލާފައެވެ. އެއްމެ މުހިއްމު އެއްޗަކަށް އޭނާގެ ލެޕްޓޮޕް ވަނީ ވަގަށް ނަގާފައެވެ. ލަސްކުރުމެއް ނެތި ކާއިން ހޮޓަލުގެ މެނޭޖަރަށް ގުޅައި ވެގެން އުޅޭ ގޮތް ކިޔާ ދިނެވެ. މިހޮޓަލަކީ އޭނާގެ ބައްޕަގެ ބޮޑު ހިއްސާއެއް އޮންނަ ހޮޓަލަކަށް ވުމުން ހޮޓަލުގެ އެކި ކަންތަކުގައި މެނޭޖަރާއި އެކި ފަހަރު މަތިން ބައްދަލުވެފައި ވެއެވެ. […]
ޝަނުމް މީކާއިލްގެ ފަހަތުން ސިޑިން އަރަމުން ދިޔައެވެ. މީ ރީމްގެ ގެ ހުންނަ އިމާރާތަށް ވިޔަސް އެއީ ކޮން ފަންގިފިލާއެއްކަން ޝަނުމް އަށް ނޭނގެއެވެ. އެހެންކަމުން އިތުރު ސުވާލެއް ނުކުރެ މީކާއިލްގެ ފަހަތުން ދިޔައެވެ. “އަހަރެންތަ ދޮރުގަ ޓަކި ދޭންވީ” ދެވަނަ ފަންގިފިލާއަށް އަރައި މަޑު ނޫކުލަ ލާފައިވާ ގޭގެ މައި ދޮރު ކައިރީ ހުއްޓިލަމުން މީކާއިލް އަހާލިއެވެ. “އަހަރެން ނޫނެއްނު މިއައީ އަންހެން ކުއްޖެއް ގުޅާލާ އިރަށް ކެތްނުކުރެވިގެން” މީކާއިލްއާއި ދިމާލަށް ލޯއަޅާލަމުން ޝަނުމް ބުނެލިއެވެ. […]
ހިންދު މާކޯނި ގެޔަށް އައީ އަޝްވާ އާއި ބައްދަލުކޮށްލާށެވެ. ދެރައްޓެހިންގެ މެދުގައިވާ ނުތަނަވަސްކަން ނިމުމަކަށް ގެންނާށެވެ. ހިންދު އައިއިރު އަޝްވާ ހުރީ ކޮޓަރީގައި ކަމުން ހިންދު މަޑުކޮށްލީ ސިޓިންރޫމުގެ ސޯފާގައެވެ. “ހިންދު ދައްތާ!!!!” ހިންދު މަޑުކޮށްގެން މާ ގިނަ އިރެއް ނުވަނީސް އީޝް އޭނާއަށް ގޮވަމުން އެތަނަށް އައެވެ. އަތުގައި އޮތް ފޯނާއި އެކު ހިންދު ކައިރިއަށް ސޯފާއަށް އެރިއެވެ. “ބަލާ، ދައްތަ ތިއްތިކަން” އަޝްވިންގެ ފޯނު ހިންދުއާއި ދިމާލަށް ދިއްކޮށްލަމުން އީޝް ބުނެލިއެވެ. ހިންދު އަށް […]
އަޝްވާ ޗާޖަރު ހިފައިގެން މަލަކާމެން ކޮޓަރިން ނިކުތް އިރު ލޮލުގައި އަޅައިގަތީ ބެލްކަނީގެ ރެއިލިންގައި އަތް ވިއްދައިގެން އިން ޝަނުމްއެވެ. ޝަނުމްއަށް މާބޮޑު ސަމާލުކަމެއް ނުދީ އަޝްވާ ދާން ހިނގައިގަތެވެ. “އަޝްވާ މިތާ ކީއްކުރަނީ” އަޝްވާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ޝަނުމް ގޮވާލުމުންނެވެ. “މަލަކާ ބުނެގެން ޗާޖަރު ބަލާ މިއައީ” އަތުގައި އޮތް ޗާޖަރު ދައްކާލަމުން އަޝްވާ ބުނެލިއެވެ. “އަޝްވާއަށް ލަސްނުވަންޏާ އަހަރެން ވާހަކައެއް ދައްކާލަން ކުޑައިރުކޮޅަކު މަޑުކުރެވިދާނެތަ” ޝަނުމް އަޝްވާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. ހިތުގައި […]
“އަޝްވިން މަޑުކޮށްލާ.. އަހަރެން އެކަނި ހިނގައިދާނަން” އަޝްވިންއަށް ބަލާލުމެއް ނެތި ހިންދު ބުނެލިއެވެ. ހިންދު އެހެން އެދުނު ނަމަވެސް އަޝްވިން ހިންދުއާއި އެއްވަރެއްގައި އެގެޔާއި ދިމާލަށް ހިނގަމުން ދިޔައީ އެއްވެސް ފަރުވާލެއް ނެތިއެވެ. މަގުމަތިކަމުން ހިންދު މަޑުކުރުވައި ވާހަކަ ދެއްކުމަކީ އޭނާގެ އަދަބާއި ހިލާފު ކަމަކަށް ވުމުން ގެޔާއި ހިސާބަށް ދެވެންދެން މަޑުކޮށްލިއެވެ. “ހިންދު.. އަހަރެން ހީކުރީ ހިންދު ވަރަށް އުފާވާނެ ކަމަށް އަހަރެން މިފަދަ ގުޅުމަކަށް އެދުމުން.. އަނެއްކާ ހިންދު ބޭނުންވަނީ ފަހުން މެރީ ކުރަންތަ” […]