“އެނގޭތަ؟ ޝަނުމް މެރީ ކުރި ރޭ އަހަންނަށް މެސެޖެއް ކޮށްފައިން” ކައިރީގައި ހުރި ޖޫސްތަށިން ފޮދެއް ބޯލުމަށްފަހު އަޝްވާ ބުނެލިއެވެ. ކާއިންއަށް ޝަނުމްގެ ނަން އިވުމުން އަޝްވާއަށް ބަލާލިއެވެ. “އޭގަ އޮތީ ތަގުދީރުގައި މިހެން ކަންތައް ވާނެ ކަމަށް ލިޔެވިފައި އޮތަސް ޝަނުމް އަހަރެން ދެކެ ވަރަށް ލޯބިވަމޭ. އަދި އަހަންނާއި އެކު މުސްތަގުބަލެއް ނެތް ކަމުގައި ވިޔަސް ޝަނުމްގެ ހިތަކުން އަހަރެންގެ ނަން ނުފިލާނޭ.. ދެން އޮތީ އަހަންނާއި މެރީ ނުކުރެވޭ ސަބަބު އެގެން ބޭނުން […]
އަޝްވާއަށް ލިބުނު ތަމްރީނު ޕުރޮގުރާމެއްގައި ދާން ނިންމި ކަމުގައި ވިޔަސް އެކޮޅަށް ގޮސް ހުންނާނެ ތަނެއް ނުލިބުމުން އަޝްވާ އުޅުނީ އެފުރުސަތު ދޫކޮށްލާށެވެ. އެހެންނަމަވެސް އަސްރާރުގެ ހިޔާލާއި އެއްކޮށް އަޝްވާ ކާއިންގެ ގޭގައި ބެހެއްޓި ދާނެތޯ އެއްސެވެ. ކާއިންގެ އާއިލާ މިވަގުތު އޮތް ހާލަތުންނާއި މަންމައާއި އެހާ ރަގަޅު ގުޅުމެއް ބޭއްވިފައި ނުވާތީ ކާއިން އެކަމަށް އެއްބަސް ނުވިއެވެ. އަޝްވާއާއި ދެމީހުން އެތައް ޒުވާބެއް ކުރިއިރުވެސް ކާއިންގެ ހިޔާލު މީގެ އެއްމިނެޓު ކުރިން ހުރީ ހަމައެގޮތުގައެވެ. “އޮފް […]
ފޮޓޯތައް ހާވަމުން ގޮސް އަޝްވާގެ ސަމާލުކަން ހުއްޓުނީ ކާއިންގެ ލެޕްޓޮޕު ވަގަށް ނަގައިގެން ދިޔަ މީހާގެ ސީސީޓީވީ ފޮޓޯ އަށެވެ. އެދުވަހަށް ފަހު އަޝްވާ އޭގެ މަތިން ހަނދާން ނެތުނަސް މިރޭ އެފޮޓޯ ފެނުމާއި އެކު މީހާ ދިޔައީ ސިހިގެންނެވެ. އެއީ އެދުވަހުވެސް އަޝްވާއަށް ޝައްކުކުރެވުނު މީހާއެވެ. އެދުވަހު މާޒިން ހުންނާނީ ޖަލުގައި ކަމުންނާއި މާޒިންގެ ފައިގައި އެހާ ގިނަ ލަކުނު ހުންނާނެ ކަމާއި މެދު އަޝްވާގެ ހިތުގައި ސުވާލު އުފެދުނެވެ. އެހަނަސް މިހާރު މާޒިން ޖަލުން […]
“ޝަނުން ލޯބިވާ ކުއްޖާއާއި މެރީ ނުކުރީ ކީއްވެކަން ބުނެދީފާނަންތަ” މީ ވަގުތު ކުރަން އެއްމެ ރަގަޅު ސުވާލު ހެއްޔެވެ؟ “އެއީ ކުއްޖާއަކީ ތެލެސީމިއާ ކެރިއާކަށް ވީމަ” އެހެން ބުނެލުމަށްފަހު ޝަނުމް ފާހަނައަށް ވަނެވެ. ޝަނުމް ފާހަނައަށް ވަނުމް ރީމް އެނދުގައި އޮށޯތެވެ. ލައިގެން ހުރި ބޮޑު ހެދުމުގެ ސަބަބުން މާ ގިނައިރަކު އެހެން އޮވެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ޝަނުމް ފާހަނައިން ނިކުންނަންވާއިރަށް ބެލްކަންޏަށް ނުކުތެވެ. ޖެހޭ ފިނިވައިރޯޅިތަކުން މުޅި ފަޒާގައި ފިނިކަމެއް ވެއެވެ. މިފަދަ ހިތްގައިމު […]
ބައްޕަގެ ކުރި މަތީގައި އިތުރު އެއްޗެއް ނުބުނެ ހިންދު މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. ހިތް ބިރުގެންފައިވާ ހާލުގައެވެ. ގޭގައި އިތުރު މީހެއް ހުރި ނަމައޭ ވަރަށް ބޮޑަށް ހިތަށް އެރިއެވެ. ކޮޓަރިއަށް ގޮސް ހިންދު އަޝްވިންއަށް ގުޅާލަން އުޅުނެވެ. އެހެންނަމަވެސް ފޯނު އޮތީ ޗާޖު ހުސްވެފައެވެ. ހިތް އަވަސްވެފައިވާ ހާލު ޗާޖަރެއް ފެނޭތޯ ހިންދު އެތަން މިތަން ހޯދިއެވެ. އެހެންނަމަވެސް ނަސީބު އަތުގައި ހިފާ ގޮތެއް ނުވިއެވެ. ޗާޖަރު ހޯދަމުން ދިޔަ ހިންދުއަށް ސިހުން ގެނުވީ […]
ހަނދުވަރުގެ އަލީގައި އަޝްވިން ހިންދުގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. މާނަ ފުން ބަސްތަކަކުން ހިންދު އުފާކޮށްދެމުންނެވެ. ހަގީގީ ލޯތްބަކީ އެއްމެ ފަހަރަކު ވެވޭ އެއްޗެއް ކަމަށް މީހުން ބުންޏަސް އެއީ ދޮގެއް ކަން އަޝްވިން ސާބިތުކޮށްދެމުން ދިޔައެވެ. މިހާރު އަޝްވިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ ހިންދު އޭނާގެ ހައްގަކަށް މުޅިން ހެދޭނެ ދުވަހަކަށެވެ. ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނަން ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ. އަޝްވިން އޭނާ ކައިރީގައި ހުރި ހިންދުއަށް ބަލާލައި ހިނިތުންވެލިއެވެ. […]
ކޯސްގާރޑު ހުދު ޔުނީފޯރމުގައި ޝަނުމް ފެންނަމުން ދިޔައީ ވަރަށް ވެސް ހަރުދަނާ ކޮށެވެ. ގައުމުގެ ދިފާއުގައި ނިކުތުމުން އެއްމެންގެ މެދުގައި ޝަނުމްއަށް އޮތް އިހުތިރާމް ވަރަށްވެސް ބޮޑުވެއްޖެއެވެ. ޖަލްސާއަށް ހާޟިރުވި އެތައް ބަޔަކު ޖަލްސާ ފެށުމުގެ ކުރިން ޝަނުމް ކައިރިއަށް އައިސް އޭނާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ. އަދި އެއްމެހާ ދިވެހީން ޝަނުމް އެ ދެއްކި ނަމޫނާގައި ހިފައި ގައުމާއި ދީނުގެ ހައްގުގައި ތެދުވެއްޖެނަމަ އެއްވެސް އަދުއްވަކަށް މިފަސްގަނޑުގައި ފައި ނުޖެއްސޭނެ ކަމަށް ބުންޏެވެ. ޝަނުމްއަށް އެތައް […]
ކާއިން އަޝްވާ ކައިރިއަށް ޖެހިލައި އަޝްވާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އަޝްވާގެ ގައިގައި ބައްދާލިއެވެ. ވަރަށް ލޯބިން ނުހަނު އޯގާތެރިކަމާއި އެކީގައެވެ. އެމީހުން އެހެން ތިއްބައި އެތަނަށް މަލަކާ އައިސް ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ. ކާއިން މަލަކާއާއި އަޝްވާ ހަވާލުކުރުމަށްފަހު ޝަނުމް ހޯދަން ދިޔައެވެ. ޓެރަހުގެ ދޮރުން ނިކުތުމުގެ ކުރިން ކާއިން އަޝްވާއަށް ބަލާލިއެވެ. މަލަކާގެ ކޮނޑުގައި ބޯ އަޅައިގެން އަޝްވާ އޮތެވެ. މޮޅިވެފައިވާ މޫނަކާއި އެކީގައެވެ. ކާއިން އެދަނީ ޝަނުމް އާއި ވާހަކަ ދައްކާށެވެ. […]
ލޯބީގެ އިޝްގުގައި ޖެހި އަޝްވާގެ ހިތުގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ޝަނުމްއަށް އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން ބޭނުމެވެ. ބޭގަރާރުވަމުން ދާ ހިތަށް ހަމަޖެހުމެއް ހޯދަދޭން ބޭނުމެވެ. އިއްޔެ ހޮސްޕިޓަލުގައި ދެމީހުން އެކަނި ވަގުތު އަޝްވާ އޭނާގެ ލޯތްބަށް އިއުތިރާފްވާން އުޅުނެވެ. އެހެންނަމަވެސް އެވަގުތު އެތަނަށް ރީމްގެ މަންމަ އަމީހާ އައުމުން ހާލަތު އެކަމަށް ތަންނުދިނީއެވެ. އޭރުން ފެށިގެން އަޝްވާ މަސައްކަތް ކުރަމުން ދަނީ ޝަނުމް އާއި އެކަނި ވެލެވޭނެ ވަގުތެއް ހޯދުމަށެވެ. ކާއިން އަޝްވާއަށް އޭނާގެ […]