Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 12

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 25, 2018 9 Mins Read
42 Comments

އޮފީސް ބަލާލުމަށްފަހު އަޝްވާ ދިޔައީ އޭނާގެ ކެބިން ރައްޓެހިންނަށް ދައްކާލާށެވެ. މަޑު ނޫކުލައެއް ފާރުތަކުގައި ވީއިރު އަޝްވާގެ މޭޒާއި ޖެހިގެން ކަބަޑު ސެޓެއް އެފަރާތު ފާރުގައި ހުއްޓެވެ. އަދި ހަތަރު މީހުންގެ ޖާގައިގެ ސޯފާ ސެޓެއް އަނެއް ފަރާތުގައި ހުއްޓެވެ.

“ވާވް.. ވަރަށް ރީތި އިނގޭ.. އަޝްވާ ވަރަށް ނަސީބުގަދަ” ވަށައިގެން ބަލާލުމަށްފަހު ހިންދު ބުނެލިއެވެ.

“އަހަރެން ނަސީބުގަދައީކީ ނޫން. ބައްޕަ ދިނީމަ ލިބުނީ… މިއަށް ވުރެ ބޮޑަށް އަހަރެން ބޭނުންވަނީ އަމިއްލަ އެކައުންޓިން ފާރމެއް ފައްޓަން” އަޝްވާ ސޯފާގައި އިށީދެލަމުން ބުނެލިއެވެ. ގުރޭޑް އަށަކުން ފެށިގެން އޭނާގެ ހުވަފެނަކަށް ވެފައިވަނީ އެކަމެވެ. އެހެން ނަމަވެސް ބައްޕަގެ އެދުމުގައި ހުވަފެންތަކުގައި ކުލަ ނުޖައްސައި އެކަމާއިގެން އުޅޭކަށް ބޭނުމެއް ނޫނެވެ.

“އަހަރެން އެބަ އަންނަން ފެން ފޮދެއް ބޯލައިގެން” އޮފީހުގެ ތައާރަފެއް ދިން އިރު ސައި ކޮޓަރި ހުންނަތަން ދައްކައިފައިވާތީ ހިންދު އެތަނަށް ދިޔައެވެ. މިދުވަސްކޮޅު ރޯގާ ޖެހިފައި ހުރުމުން ކަރު ހިއްކުން އިތުރުވެއްޖެއެވެ. ފެން ނުބޮއި ހުރެފިނަމަ ކެއްސައިގެން ލޮލުން ކަރުނަ އަންނަ ހިސާބަށް ދެއެވެ.

“އަޝްވާ ތިހެން ބުންޏަސް އަޝްވާ ތީ އަހަރަމެން ތެރޭ ހުރި އެއްމެ ނަސީބުގަދަ މީހަކީ.. އަޝްވާ ބޭނުން ހުރިހާ ކަމެއް ކޮށްދޭން މީހުން އެބަ ތިބި” ހިންދު ދިޔުމުން ރީމް ބުނެލިއެވެ. ހިތުގައިވާ ބޮޑާ ކަމަކުން ނޫނެވެ. “އަހަންނަށް މީހުން ތިބޭ ފަދައިން ރީމްއާއި ހިންދުއަށްވެސް މީހުން ތިބެއެއްނު.. އަހަރެން އެކަނި ހުރެގެންވެސް ތިދެމީހުންގެ ހުރިހާ ކަމެއް ކޮށްދޭނަން” މޭގައި އަތް އަޅާލަމުން އަޝްވާ ބުނެލިއެވެ.

“ކުރިން އަޝްވާ އެކަނިވެސް އަހަރަމެންގެ ކަންތަކާއި މެދު ވިސްނާ މިންވަރު އެހެން އެއްވެސް މީހަކަށްވުރެ ބޮޑު. އެކަމަކު މިހާރު އަހަންނަށް ހީވަނީ އަޝްވާ ދުވަސްކޮޅަކުން އަހަރަމެން މަތިން ހަނދާން ނެތިދާނެހެން” ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާލުމަށްފަހު ރީމް ބުނެލިއެވެ.

“ތިބުނި އެއްޗެއް ނޭނގުނު” ސުވާލުގެ ނަޒަރުން ރީމްއާއި ދިމާލަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“އަޝްވާ އަހަރަމެންނާއި އެކީ ހޭދަކުރާ ވަގުތު ވަރަށް މަދުވެއްޖެ.. ކުރިން ތިން މީހުން އެއްކޮށް ތިބެގެން ހުރިހާ ވާހަކައެއް ދެއްކިޔަސް މިހާރު އަޝްވާއަށް އަހަރަމެންގެ ވާހަކަތައް އަޑުއަހަން ފުރުސަތެއް ނުލިބޭ” މަޑުމަޑުން ތަފުސީލަށް ދަމުން ރީމް ބުނެލިއެވެ.

“އަހަންނަށް ނޭނގޭ ކޮން ކަމެއް ރީމްއާއި ހިންދުއަށް ދިމާވީ.. އަހަންނަށް އެނގޭ ހިންދުއާއި ބޭބެގެ ހުރިހާ ކަމެއްހެން. އަހަންނަށް އެނގޭ ހިންދުގެ މަންމައާއި ބައްޕަ ހަޅޭތްލަވާކަން އަދިވެސް. އަދި ރީމްގެ ކޮއްކޮއާއި ދެމީހުންގެ ކޯޅުންގަނޑުވެސް އެނގޭ” އަޝްވާއަށް ރީމް ބުނި އެއްޗެއް ސާފުނުވުމުން ބުނެލިއެވެ.

“އަޝްވާއަށް ހިންދުއާއި ބެހޭ ގޮތުން ތިވަރަށް އެއްޗެއް ތިއެގެނީ އަނެއް ފަރާތުގައި ހުރީ އަޝްވާގެ ބޭބެއަށް ވުމުންނެއްނު.. އެގޭތަ އަޝްވާގެ ބޭބެ ހިންދުއާއި ދިމާލަށް ކީ އެއްޗެހި. އެނގޭތަ ހިންދު ވަޒީފާއިން ވަކިވީ އަޝްވިން ބުނެގެންކަން.. ދެން ހުރީ އަހަރެން. ކޮއްކޮއާއި މަށާ ދޭތެރޭ ކޯޅުމެއް ހިނގާތާ ކޮން ދުވަހެއް. އެއީ އެއްމެނަށް އެނގޭ ބޮޑު ހަގީގަތެއް.. އަޝްވާއަށް އެނގޭތަ އަހަރެން ޝަނުމް ދެކެ ލޯބިވާކަން” ރީމް ކިޔަމުން ދިޔަ ލިސްޓު ކުރުކޮށްލީ އަޝްވާ އިންތަނުން ތެދުވުމުންނެވެ.

“ރީމް ޝަނުމް ދެކެ ލޯބިވޭތަ” އަޝްވާ ބޭނުންވީ އޭނާއަށް އަޑުއިވުނީ ރަގަޅަށްތޯ ބެލުމަށެވެ. ރީމް ޝަނުމްގެ ނަން ގެނައި ގޮތުން ހައިރާންކަން އިތުރުވެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“އާން.. ޕާޓީ ތެރެއިން ޝަނުމް ފެނުނު ފަހުން އަހަންނަށް ޝަނުމް ކަމުގޮސްފި. އަހަރެން ތިގެޔަށް ދާ ކޮންމެ ދުވަހަކު ބަލަން ޝަނުމްގެ ސަމާލުކަން ހޯދޭތޯ… އަހަރެން ޝަނުމް ދެކެ ލޯބިވާކަން އެއްމެ ފުރަތަމަ އަންގަން ބޭނުންވީ އަހަރެންގެ އެއްމެ ގާތް އެކުވެރިޔާއަށް.. އެކަމަކު ކީއްކުރާނީ.. ކާއިން އައުމުން އަޝްވާއަށް އަހަރަމެންގެ މަގާމް އޮޅިއްޖެއެއްނު” ރީމް ދިޔައީ ނޭގި ނަމަވެސް އަޝްވާގެ ހިތަށް އިތުރުވޭނެއް ދެމުންނެވެ.

“އަޝްވިންއަކީ އަޝްވާގެ ބޭބެ ކަމުގައި ވިޔަސް ހިންދުއާއި ދިމާލަށް އެފަދަ އެއްޗެއް ބުނާއިރު އެއްމެ ކުޑަ މިނުން ހަމްދަރުދީގެ ބަހެއް ނުލިބުނު. އަޝްވާ އެއްފަހަރުވެސް ހިންދުގެ ފަރާތުން ހަގީގަތް ހޯދާލަން އުޅުނިންތަ. ހިންދު ތިގެޔަށް ނުދާން އުޅެނީ ކީއްވެތޯ އަހާލިންތަ.  ރައްޓެހިންގެ އިހްސާސްތަކަށް ވިސްނާލަން ނޭނގޭ” އަޝްވާއަށް އެއްޗެއް ބުނަން ފުރުސަތު ނުދީ ރީމް ކުރިއަށް ގެންދިޔައެވެ. އެވަގުތު އެތަނަށް ފެންބޯން ދިޔަ ހިންދު އައެވެ. އަދި ވެގެން އުޅެނީ ކީއްތޯ އަހާލިއެވެ.

“ހިންދުވެސް މިކަމަށް އެއްބަސްވާނެ. އަޝްވިންއާއި ހެދި ހިންދު ވަޒީފާއިން ވަކިވުމަށްފަހު ހިންދު އާ ޖޮބެއް ހޯދަން އުޅޭ ހާލު އެއްމެ ރަގަޅަށް އެނގޭނީ އަޝްވާއަށް. އެކަމަކު އަމިއްލަ އޮފީހުގެ ވެރިޔާއަށްވެ ހުރެ އަޝްވާއަށް ނުކެރުނު ހިންދުއަށް މިތަނުން ވަޒީފާއެއް ހޯދައިދޭކަށްވެސް. އަޝްވާ އަކީ އަހަރަމެންގެ ރައްޓެއްސެކޭ ނުބުނެވޭހާ ދުރަށް އަޝްވާ އަހަރަމެންނާއި ދުރުވެއްޖެ. ” އަޝްވާ ލޮލަށް ޖަމާވަމުން ދިޔަ ކަރުނައަށް ފަރުވާލެއް ނުދީ ރީމް ބުނެލިއެވެ. ހިތުގައި ފޮރުވައިގެން ހުރި އެތައް ޝަކުވާއެކެވެ.

“އަހަރެން އެއްއިރެއްގައިވެސް ރީމްމެން ދުރަށް ނުލަން. ކިޔެވުމާއި ގޭގެ ކަންތަކާއި އޮފީހުގެ ކަންތައް އެއްފަހަރާ ކުރަން ޖެހުމުން ރީމްމެންނަށް ތިހެން ހީވިއަސް ތިއީ ހަގީގަތެއް ނޫން.  ކުރިން ދެވުނު ވަރަށް ވަގުތު ނުދެވުނަސް އަހަރެން ބަލަން ވީވަރަކުން ވަގުތު ދެވޭތޯ.. ” އަޝްވާ ވިސްނައިދެވޭތޯ އުޅުނެވެ.

“އާއިލާ ފުރިހަމަވެ ދިރިއުޅުމުގައި ބޭނުންވާ ހިސާބަށް ދެވުނީމަ ކާކު ބޭނުންވާނީ ކުރީގެ ރައްޓެހިން. އެހެން މީހުން އަޝްވާވެސް ދެން ބަލާލީ އަޝްވާއާއި އެއް ފެންވަރެއްގެ މީހުންނާއި އެކީ އުޅެވޭތޯ.. ހިންދު ހިނގާ ދާން. އަހަރަމެން އަގު ވަޒަންކުރަން ނޭނގޭ މީހުން ކައިރީ އަހަރަމެންވެސް ނުތިބޭނަން” ދޮރު ކައިރީ ހުއްޓިގެން ހުރި ހިންދުގެ އަތުގައި ހިފައި އޭނާއާއި އެކީ ގެންދަމުން ރީމް ބުނެލިއެވެ.

“ރީމް މަޑުކޮށްބަލަ.. ” އަޝްވާ ހޯލްވޭގައި ހުރެ ރީމްމެންނަށް ގޮވާލިއެވެ. ރީމްގެ ވާހަކައިން ނޭނގޭ އެތައް ކަމެއް އެނގިގެން ދިޔައީ ޝޮކެއްގެ ގޮތުގައެވެ. އެހުރިހާ މަދު ސިކުންތުކޮޅެއް ތެރޭ ސިކުޑިއަށް ނަގައިގަންނަން ވަރަށް އުދަގޫވިއެވެ.

އަޝްވާ ގޮވުމުންވެސް ރީމް މަޑުނުކޮށް ދިޔައީއެވެ. ހިންދު ފަހަތް ބަލާލި ނަމަވެސް ރީމް ހުރީ ދޫދޭ ގޮތަކަށް ނޫން ކަމުން ރީމްއާއި އެކީ ދިޔައީއެވެ. ރީމް އަޝްވާއާއި ބެހޭ ގޮތުން ނުސީދާކޮށް ނަމަވެސް އެފަދަ ވާހަކަތަކެއް ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހިންދު ހީކޮށްގެން ހުރީ ތިންމީހުން އެކުގައި ތިބެ މައްސަލަ ހައްލުކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ރީމްގެ ކެރުންތެރިކަމާއި އެކީ ޝަކުވާތައް އެބޭރުކޮށްލީ އެއްމެ ހީނުކުރާ ދަނޑިވަޅުގައެވެ.

“ޗެރީ.. ކިހިނެތްވީ” ފަހަތުން އިވުނީ ކާއިންގެ އަޑެވެ. އަޝްވާ ހުރީ ހުއްޓުން އަރާފައެވެ. އެހެންކަމުން އަޝްވާގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް އަބުރާލިއެވެ.

“ކަމެއް ނުވޭ” ކާއިންއަށް ބަލާލުމެއް ނެތި އަޝްވާ ބުނެލިއެވެ. އަދި ކާއިންގެ އަތުން ދޫވެގެން ގޮސް އޭނާގެ ކެބިންއަށް ވަނެވެ.

ކާއިންއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނީ އަޝްވާގެ ލޮލުގައިވާ ކަރުނައިގެ އަސަރު ފެނުމުންނެވެ. އެހެން ކަމުން އަޝްވާގެ ފަހަތުން ދިޔައެވެ. ކާއިން އެކެބިންއަށް ވަންއިރު އަޝްވާ އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީދެގެން އިނދެ ފޯނުން ރީމްއަށް ގުޅަމުން ދިޔައެވެ.

ދެތިން ފަހަރު ގުޅުމުންވެސް ފޯނު ނުނެގުމުން އަޝްވާ ފޯނު މޭޒުމަތީ ބާއްވާލުމަށްފަހު ފުން ނޭވާއެއް ލިއެވެ.

މާގިނަ އިރެއް ނުވެ ޝައިމް އައިސް އަޝްވާގެ މޭޒުމަތީގައި ދެ ސިޓީ އުރަ ބޭއްވިއެވެ. އަދި ހިންދުއާއި ރީމްއަށް ހަވާލުކޮށް ދިނުމަށް އެދުނެވެ.


 

މާޒީ އާއި މޫނުބަލާ ލޯގަނޑާއި ގުޅުވައިގެން މީހުން ބުނެ އުޅޭ ބަހުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

ލޮލަށް ފެންނަ ކަންތަކާއި އަޑު އިވޭ ބަސްތަކުން މާޒީގެ ސަފުހާތައް ލިޔެވެއެވެ.  އެހެންކަމުން މާޒީއަކީ ފޮނި ހަނދާންތަކެއްވާ އުފާވެރި އެއްޗެކޭ ބުނެވީނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. މިފަދަ ހިތާމަވެރި ކަމެއް ދިމާވުމުން ހަމްދަރުދީގެ ބަސްތައް އެކުގައި އުޅޭ މީހުންގެ ފަރާތުން ލިބެއެވެ. ބޮލުގައި ފިރުމާލުމަށްފަހު ހިތްވަރު ދެއެވެ. އެއީ މާޒީއަށް ވުމުން އެކަންތައް ހިތުން ފުހެލުމަށް ނަސޭހަތްދެއެވެ. އެކަންތައް އެއީ ނުވާ ކަމަކަށް ހަދާލަން ބުނަނީވެސް މަދުންނެއް ނޫނެވެ. އެކަމަކު އޭގެ ވޭން ތަހަމްމަލް ނުކުރެވޭ މީހަކަށް އެއީ ކިހާ އުނދަގޫކަމެއް ކަން އެގޭނެ ހެއްޔެވެ؟

މިހުރިހާ ކަންތަކާއި އެކުވެސް ތިބާ މަސައްކަތް ކުރަނީ އާ އަޒުމަކާއިގެންނެވެ. ލޮލުން ކަރުނަ އޮހެރޭ އިރަށް އަތުގެ ނުފުށުން ފުހެލަނީ ހިތްވަރު ގަދަ މީހެއްކަމަށް  އެހެން މީހުންނަށް ދެއްކުމަށެވެ. އެކަމަކު ތިބާ ދެރަކޮށްލަން މަސައްކަތް ކުރާ މީހުންނަށް ތިބާ ފޮރުވަން މަސައްކަތް ކުރާ ހަގީގަތް ފެންނަމުންދާ ކަހަލައެވެ. ކޮންމެ ދުވަހަކަށް އިރުއަރާއިރު އެމިހުން ތިބާ ދެރަކޮށްލަން ރޭވުންތަކެއް ރާވާހެން ތިބާއަށް ހީވާނެއެވެ. މިގޮތަށް ދުވަސްތައް ފާއިތުވަމުން ގޮސް ތިބާގެ ހިތްވަރު ބަދަލުވެގެން ދަނީ ތިބާ ނެތިކޮށްލާ އެއްޗަކަށެވެ. އަމިއްލަ ނަފަސަށް ކުރާ އިތުބާރު ގެއްލި އެހެން އެމީހުންގެ ބަސް ގަބޫލުކުރެވެން ފެށެއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ނޭނގި ނަމަވެސް އަމިއްލަ ނަފުސުގެ އެއްމެ ބޮޑު ހަތުރަކީ ތިބާ ކަމުގައި ވެގެންދެއެވެ.

މޫނު ބަލާ ލޯގަނޑު ކުރި މަތީ އިށީދެގެން އިން ހިންދުގެ ހާލަކީވެސް މިއީއެވެ. އަމިއްލަ ސޫރައަށް ބެލެމުން ދަނީ ބިއްލޫރިހެން ހަށިގަނޑު ތެރޭގައިވާ ހިތް ތަޅައިގެން ދާހެން އިހުސާސް ކުރެވޭ ހާލުގައެވެ. ބިއްލޫރިވެސް ތަޅައިގެން ދިޔުމަށްފަހު އަބުރާ ކުރިން ހުރި ގޮތަށް އިއާދަވުމަކީ ކުރެވޭނެ އެއްޗެއް ނޫނެވެ. އެތައް ހާސް ބަޔަކަށް ވަކިވެގެން ދާއިރު އެއްބައި އެތިކޮޅުތައް ގެއްލިގެން ދެއެވެ. މިރޭ ހިންދު އެމަސައްކަތް ކުރަނީ ވީރާނާ ވެފައިވާ ހިތުގެ ބައިތައް އިއާދަކުރެވޭ ތޯއެވެ. އެހެންނަމެވެސް ހިތް ތަޅައިގެން ދިޔައިރު ވަކިވި ތޫނު އެތިކޮޅުތައް ބިރުވެރި ހަނދާންތަކެއްގެ ސިފާގައި އަނެއްކާވެސް ހަމަލާ ދޭން ފަށާފިއެވެ.

ހިންދު ލޯމަރާލިއެވެ. އަމިއްލަ ނަފުސު ހޭލައްވާލައި އާއަޒުމެއް ކަނޑައެޅިއެވެ. އޭނާއާއި އެކީ ދިރިއުޅުމުގެ މި ކަނޑުގައި ދަތުރުކުރަން ބޭނުންވާ ބައިވެރިއާއަށް ހުރިހާ ހަގީގަތެއް ކިޔާ ދޭން ބޭނުމެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރު މިރޭ އަލުން ހޯދާނެވެ.

ގެޔަށް އައިސް ރީމްއަށް ވިސްނުނީ އަޝްވާއާއި ދޭތެރޭގައެވެ. އޮފީހަށް ގޮސްވެސް މަސައްކަތް ކުރާ ހިތް ނެތުމުން އަޝްވާއަށް ގުޅާލަން ފޯނު ނެގިއެވެ. ހަތް ނަންބަރު ކީބޯޑުގައި ޖެހުމަށްފަހު ކޯލް ފިތަށް ފިއްތާނުލައި އަވަސް އަވަހަށް ފޯން ލޮކު ކޮށްލިއެވެ. ހިތުގައިވާ އިހުސާސްތައް ބޭރުކުރެވުނަސް ރީމްއަށް ހަމަޖެހުމެއް ލިބުނުހެން ހީނުވެއެވެ. ނުރުހުން ވިޔަސް އަޝްވާ އާއި ދޭތެރޭ އުފެދިފައިވާ ލޯތްބަށް ކުޑަ ނަމަވެސް ލޯތްބެއް ނާދެއެވެ. އެކުގައި ހޭދަކުރި ކޮންމެ ވަގުތެއް އަގު ނުކުރެވޭހާ ބޮޑެވެ. ކުރި ސަމާސާކުރުންތަކާއި ދިން އަޅާލުން އެހެން ފަރާތަކާއި އަޅާނުކިޔޭނެއެވެ. ރީމްގެ ކޮންމެ ކަމެއްގައިވެސް އެހީވެދޭން ހުރެއެވެ. ހިތްވަރު ދެއެވެ.

ރީމް ހަސަދަވެރިވީ ހެއްޔެވެ؟ ނޫނެކެވެ. ރީމް ބިރުގަތީއެވެ. އެފަދަ ރައްޓެއްސެއް އޭނާ އަތުން ގެއްލިދާނެހެން ހީވުމުންނެވެ. މިއީ އިންސާނީ ތަބިއްޔަތު ނޫން ހެއްޔެވެ؟ ލޯބިވާ އެއްޗެއް އަތުން ބީވާން އުޅޭނަމަ ހިތް އަވަސްވެދެއެވެ. ހިތަށް އުނދަގޫވަމުން ދިޔައީ އެހެންވެއެވެ. މަސައްކަތަށް ދޭންވާ ސަމާލުކަން ނުދެވޭތީ ރީމް ގެޔަށް ދިޔައީ މަސައްކަތްތައް މާދަމާއަށް ފަސްކޮށްލުމަށްފަހުގައެވެ.

“އަޝްވިން އާއި އެކީ މިރޭ ދާންވީތަ” ރީމް އައިސް އެނދުގައި އިށީނުމުން އެދިމާލަށް ބަލާލަމުން ހިންދު އަހާލިއެވެ. މިއަދު ހެނދުނު ހިނގި ކަންތަކަށްފަހު ދާ ހިތް ކެނޑިއްޖެއެވެ. އެކުވެރީން ތެރޭ ދެބަސްވުންތައް ހިނގިޔަސް މިހާ ހިސާބަކަށް ނުދެއެވެ. ހިންދު އެއްވެސް މީހެއްގެ ކޮޅަށް ބުރަވާކަށް ބޭނުމެއް ނޫނެވެ. ދެމީހުންގެ ބަހަށްވެސް އޭނާ އެއްބަސްވެއެވެ. ރީމް އެބުނާހެން އަޝްވާއަށް އެމީހުންނަށް ވަގުތު ދެވޭވަރު ކުރިއާއި އަޅައިބަލާއިރު މަދެވެ. އަދި ކާއިންއާއި ދެމީހުންގެ ގުޅުން ސިއްރުކުރާހެންވެސް ހީވެއެވެ. އަނެއް ކޮޅުގައި ހުރި އަޝްވާ ވެސް ދައްކަނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. ގޭގެ ކަންތަކާއި އޮފީހާއި އަދި ކޮލެޖަށް ދަމުން އަޝްވާއަށް ވަގުތުވަނީ ވަރަށް މަދުންނެވެ. ބުރަކޮށް އުޅެމުން އަޝްވާއަށް ވާވަރަކުން އެމީހުންނަށް ވަގުތު ދޭކަމަށް ހިންދު ގަބޫލުކުރެއެވެ.

“ދާންވާނެ.. އެހެންނޫނީ އަޝްވިންއަށް ހީވެދާނެ ހިންދުއަށް އޭނާ ކަމުނުދަނީހެން” ރީމް ހިންދުއަށްޓަކައި ގަދަކަމުން ހީލިއެވެ. އަދި ލޯގަނޑު ކައިރިއަށް އައިސް ހިންދުގެ ޝޯލް އެޅުވުމަށް އެހީވެ ދިނެވެ. ހިންދު އާއްމުކޮށް އަޅަނީ އާދައިގެ ބުރުގާ ކަމުގައި ވިޔަސް މިރޭ އަޝްވިންއަށްޓަކައި ހާއްސަވާން ބޭނުންވިއެވެ. އެހެންކަމުން މެރޫން ކުލައި ދިގު ފަސްބައި ބޮޑު ހެދުމަކާއި އެކީ މާ ޖެހި ޝޯލްއެއް އަޅަން ނިންމިއެވެ.

“ރީމް ކޮންމެ ރެއަކު ކުރާ މެސެޖުތަކުން ހީވޭތަ އަޝްވިންއަށް އެހެން ގޮތަކަށް ވިސްނޭނެހެން.. އަހަރެން އެލޮތްބަށް ފެންބޮވައިގެންފައި ހުއްޓަސް އަހަރެން ބޭނުމެއް ނޫން އެކަން ދައްކާކަށް” ލޯގަނޑުން ރީމްއަށް ބަލަމުން ހިންދު ވާހަކަ ދައްކަމުން ދިޔައެވެ.

“ކީއްވެތަ ތިހެން ތިބުނީ.. ލޯބި ހާމަނުކޮށް ހުންނަން ލޯތްބަކީ ކުށެއް ނޫނޭ.. އަހަރެން ޝަނުމް ދެކެ ލޯބިވާކަން ބުނަން ޖެހިލުންނުވާހެން ހިންދުވެސް އަޝްވިންއަށް އިސްނަގައި ލޯބި ހުށަހަޅާބަލަ… ލޯބިވުމަކީ ހައްގެއް.. އެހައްގު ހޯދަން މަސައްކަތް ނުކުރާނީ އެއްމެ ފިޑިމީހުން” ހިންދުގެ ކޮނޑުގައި ހިފާލަމުން ރީމް ބުނެލިއެވެ. އަދި ޖީބުގައި އޮތް ފޯނު ނަގައި ހިންދުގެ ފޮޓޯއެއް ނަގާލިއެވެ. ރީމް އުޅުނީ އަޝްވާއަށް އެފޮޓޯ ފޮނުވާށެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަޝްވާއާއި ކުރި ޒުވާބުގެ މަތިން ހަނދާންނެތުނެވެ. ފޮޓޯގައި އިން ޝެއާރ ބަޓަންއަށް ފިއްތާލުމަށްފަހު ރީމް ހިންދުއަށް ބަލާލިއެވެ. ހަނދާނަށް އައީ ގުރެޖުއޭޝަން އޮތް ރޭ ތިން މީހުން އެކުގައި ޖެހި ސަކަރާތެވެ. ހިންދުއާއި އަޝްވާ މޭކަޕް ކުރަން އޭނާ ކުރި އާދޭހެވެ.

“އަހަރެންގެ ވާހަކަ ނުދައްކާ ރީމް އުޅެބަލަ ޝަނުމްގެ ރުޅިމަޑުކުރަން. ޝަނުމް އެކުއްޖަކަށް ލޯބި ހުށަހެޅުމުގެ ކުރިން އަވަހަށް އާބަސް ލިބޭތޯ އުޅޭ.. އެހެންނޫނީ ރީމްވާނީ ފިޑިމީހަކަށް” ރީމް ޝަނުމްގެ ވާހަކަ ގެނައުމުން ހިންދު ބުނެލިއެވެ.

“ޝަނުމް އަކީ ވަރަށް ގޮތުގައި ހިފަހައްޓާ މީހެއް.. ޝަނުމްގެ ރުޅި މަޑުނުކުރެވުނަސް އަހަންނަށް ގޮތް ހުސްނުވާނެ. ޝަނުމް އަހަރެންގެ ހަޔާތަށް ބޭނުންވަނީ އެއްމެ މީހެއްގެ އާބަސް. އަހަރެންމީ ފިޑިމީހެކޭ ނުބުނެވޭހާ ފަސޭހައިން ޝަނުމް އަހަރެންގެ މީހަކަށް ހަދާނަން” ރީމް ޔަގީންކަމާއި އެކީ ހިތާއި ހިތާ ކިޔާލިއެވެ.


 

ތަނުގައިވީ މަޑު އައްޔެކެވެ. މޭޒުތައް ތަރުތީބުން އަތުރާލާފައިވާއިރު މީހުން އައިސް ގޮނޑިތައް ފުރާލަމުން ދެއެވެ. އަޝްވިން އާއި އެކީ ރެސްޓޯރެންޓުގެ ދޮރުން ވަން ހިންދު މުޅި ތަނަށް އަވަސް ނަޒަރެއް ހިންގާލިއެވެ.

“އެހެންތާކަށް ދާން ހިނގާ” ހުސްކޮށް އިން އެއްވެސް މޭޒެއް ނުފެނުމުން ހިންދު ބުނެލިއެވެ. އަޝްވިން ހިންދުއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެކުގައި ރެސްޓޯރެންޓުގެ ދޮރުން ވަދެގެން އެއްމެ ކައިރީގައި ހުރި ކައުންޓަރަށް ދިޔައެވެ. އަދި އޭނާގެ ނަން ބުނެލިއެވެ. ކައުންޓަރުގައި އިން ކުއްޖާ ވެއިޓަރަށް ގޮވާލައި ހިންދުއާއި އަޝްވިން ގޮވައިގެން އެމީހުންނަށް ހާއްސަކުރެވިފައިވާ މޭޒު ދައްކާލުމަށް ބުންޏެވެ. އަޝްވިން އޮތީ މިރެއަށް ރިޒަވޭޝަން ހައްދާފައެވެ.

ވެއިޓަރު ތަންކޮޅެއް އެތެރޭގައި އިން މޭޒަކަށް ހިންދުއާއި އަޝްވިން ގެންދިޔައެވެ. މައިދޮރުން ވަދެގެން އަންނަ އިރު ނުފެންނަ ގޮތަށް ހުރި އެބައިގެ ޕުރައިވެސީ ބޮޑެވެ.

“މިރޭ ރަގަޅަށް ކާންވާނެ އިނގޭ” ވެއިޓަރު މެނޫ ދީފައި ދިޔުމުން އަޝްވިން ބުނެލިއެވެ. ހިންދު އަޝްވިންއަށް ބަލާލަމުން ހިނިތުންވެލިއެވެ. މަޑުނޫކުލައިގެ ގަމީހުގެ އަތް ވަނީ އުޅަބޮށިން ތިރިއަށް އޮޅާފައެވެ. އިސްތަށިގަނޑު ރީއްޗަށް ފުނާއަޅާފައިވާ އިރު މޫނުމަތިން ތާޒާކަން ދައްކުވައިދެއެވެ. އަދި ޖަހާފައިވާ މީރު ސެންޓުގެ ވަސް ހިންދުއާއި ހިސާބަށްވެސް ފޯރައެވެ.

އަޝްވިން އޭނާ ކާނެ އެއްޗެއް ހޯދާލުމަށްފަހު މެނޫ މޭޒުމަތީ އެއް ފަރާތުގައި ބޭންދިއެވެ. އަދި ކުރިމަތީގައި އިން ހިންދުއަށް ބަލާލިއެވެ. މެރޫން ކުލައިގެ މާޖެހި ޝޯލް ތެރެއިން އޮމާން މޫނު ސާފުކޮށް ފެންނަމުން ދިޔައެވެ. އަދި އެސްފިތައް ދިގު ލޮލާއި ތުނި ތުންފަތެކެވެ.

“މީރު އެއްޗެއް ފެނިއްޖެތަ” ހިންދު ބަލާލުމުން އަޝްވިން އަހާލިއެވެ. ހިންދު މެނޫއިން އޭނާއަށް ކަމުދިޔަ ކެއުން އަޝްވިންއަށް ދައްކާލިއެވެ. އަދި ބޯން އޮރެންޖު ޖޫސް ތައްޓެއް ރަގަޅުވާނެ ކަމަށް ބުންޏެވެ.

ވެއިޓަރު އައުމުން އަޝްވިން އޯޑަރު ދިނެވެ.

“ކޮން ދުވަހަކުން ވަޒީފާއަށް ނުކުންނަނީ” ވެއިޓަރު ދިޔުމުން އަޝްވިން އަހާލިއެވެ.

“ޖޮބެއް ނުލިބޭ އަދިވެސް.. މާދަމާވެސް އިންޓަވިއުއަކަށް ދާން މިއުޅެނީ” ފެން ފޮދެއް ބޯލަމުން ހިންދު ބުނެލިއެވެ.

“އަޝްވާ ބުނި އެއޮފީހުން ރީމްއާއި ހިންދުއަށް ޖޮބު ހަމަޖައްސަން އުޅޭ ވާހަކަ.. އިއްޔެވެސް އެވާހަކަ ދެއްކި އަހަރެން ކައިރީ.. އެތަނުން ވަޒީފާ ބޭނުން ނުވަނީތަ” ހިންދު އެހެން ބުނުމުން އަޝްވިން އަހާލިއެވެ.

“އަޝްވާ ތިކަހަލަ އެއްވެސް ވާހަކައެއް ނުބުނޭ..” ހިންދުއަށް ލިބުނީ ހައިރާންކަމެކެވެ. މިއަދު ރީމް އަޝްވާއާއި ދިމާލަށް ހަޅޭތްލެވި އެއް ސަބަބަކީ މިއީއެވެ.

“އަދި ނުބުނަނީ ކަމަށްވާނީ.. ބައްޕަ އަޝްވާއާއި އޮފީސް ހަވާލުކުރުމުގެ ކުރިންވެސް އުޅުނު ހިންދުއަށް އެތަނުން ވަޒީފާއެއް ހަމަޖެހޭތޯ.. އެކަމަކު ބައްޕަ ބުނެގެން އަޝްވާ އަމިއްލައަށް އޮފީސް ހިންގަންދެން ވަޒިފާ ހަމަނުޖައްސާ އުޅުނީ” އަޝްވިން ބުނެލިއެވެ.  ހިންދުއަށް ވިސްނެން ފެށުނީ ރީމްއާއި ދެމީހުން އަޝްވާ އެމީހުންނަށް ވަޒީފާ ނުދީގެން ދެއްކި ވާހަކަތަކެވެ.

“އަޝްވާގެ ވާހަކަ ބާއްވާފަ ހިންދުއާއި ބެހޭ ގޮތުން ވާހަކަ ދައްކަމާ..ކޯސް ނިމުނީމަ ކޮން ކަމެއް ކުރަން ގަސްދުކުރަނީ” އަޝްވިން އަހާލިއެވެ.

“ޑިގުރީއަށް ވުރެ މައްޗަށް ކިޔަވަން ބޭނުން.. ވަޒީފާއަކަށް ދަމުންވެސް އެހިސާބަށް ދެވޭތޯ ބަލާނަން” ހިންދު ބުނެލިއެވެ.

“އާން.. ރަގަޅަށް ކިޔަވަންވާނެ. މީހުންނަށް  ހީވެފައި އޮންނަނީ އަންހެން ކުދިންވީމަ ތިބެން ޖެހޭނީ ގޭގެ ހަތަރު ފާރުގެ އެތެރޭގައޭ.. އެކަމަކު ކިޔެވުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް. ހިންދުވެސް ބޭނުންވާ ހިސާބަށް ދެވޭތޯ ބަލާތި..” އަޝްވިން ހިނިތުންވެލުމެއް ހަދިޔާކުރަމުން ބުނެލިއެވެ.

ގަޑީގެ ކަށި ހުއްޓުމެއް ނެތި ހިގަމުން ދިޔައިރު އަޝްވިންއާއި ހިންދު ދެމީހުންގެ ދިރިއުޅުމާއި ބެހޭ ގޮތުން ކުދި ކުދި ސުވާލުތައް ކުރިއެވެ. އަޝްވިން އީޝްގެ ސަކަ މިޒާޖުގެ ވާހަކަ ދެއްކިއެވެ. ހިންދު އެވާހަކަތައް އަޑުއަހަން އިނީ ފޫހިކަމެއް ނެތިއެވެ. ދެގަޑިއިރުގެ ދިގު ކެއުމަކަށްފަހު އަޝްވިން ފުން ބެލުމަކުން ހިންދުއާއި ދިމާލަށް ބަލާލިއެވެ. އަދި ދައްކަން ގަސްދުކޮށްގެން އައި ވާހަކަ ދެއްކުމަށް ތައްޔާރުވެލިއެވެ.

“ހިންދު..” އަޝްވިން ހިންދުއަށް ގޮވާލިއެވެ.

“އަހަންނަށް އެނގޭ ހިންދުއަކީ މުސްތަގުބަލާއި މެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރާ ކުއްޖެއްކަން…އަޝްވާ އަހަންނަށް ކިޔާދޭ ވާހަކަތަކުން އެކަނިވެސް އެކަން އެގިއްޖެ” އަޝްވިން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަހަރެންގެ އުމުރުން ތިރީސް އަހަރު ވާން މިއުޅެނީ.. ބައެއް މީހުން މިހާރު ކިޔާނެ އަހަރެންމީ މުސްކުޅިއެކޭވެސް.. މުސްކުޅިއެއްކަމަކު އަހަރެން ބޭނުން އެހެން މީހުން ބޭނުންވާ ފަދަ އުފާވެރި އާއިލާއެއް.. ލިއުޝާއާއި ކައިވެނި ކުރި ދުވަހު އަހަރެން ހީކުރީ އަހަންނަށް މީހުން އެބުނާ އުފާވެރި އާއިލާއެއް ލިބުނީ ކަމަށް.. އެކަމަކު ކަންތައް ބަދަލުވެގެން ދިޔައީ ނުހަނު އަވަހަށްކަން ހިންދުއަށްވެސް އެގޭނެ.. ” އަޝްވިން އޭނާ ދައްކަމުން ދިޔަ ވާހަކަ ކުޑަކޮށް މެދުކަނޑާލިއެވެ. އަދި އޭނާ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދީގެން އިން ހިންދުއަށް ބަލާލިއެވެ. ދެލޯ ބޮޑުކޮށްގެން އިން ހިންދުއާއި ހަތަރުކަޅި ހަމަކޮށްލިއިރު ހިތް ބާރަށް ތެޅެމުން ދިޔައެވެ.

“މިރޭ އަހަރެން ހިންދު މިތަނަށް މިގެނައީ ލިއުޝާއާއި ބެހޭ ގޮތުން ޝަކުވާ ކުރާކަށް ނޫން..އަހަރެން ބޭނުމީ ހިންދުއާއި ދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަން..” އަޝްވިން ފުން ނޭވާއެއްލިއެވެ.

“ހިންދުއަށް މީ އަވަސް ކަމަކަށް ވެދާނެ. އެކަމަކު އަހަރެން ބޭނުން ހިންދުއާއި އެކީ އުފާވެރި އާއިލާއެއް ބިނާކުރަން. ހިންދު ތީ އީޝްއަށް މަންމައެއްގެ އަޅާލުން ދެވޭނެ ފަރާތެއް. އަދި އަހަންނަށް އަންބެއްގެ ލޯބި ދެވޭނެކަމާއި މެދު ޝައްކެއް ނުކުރަން” ހިތުއަޅައިގެން އައި ވާހަކަ އަޝްވިން އިއްވާލިއެވެ.

“އަޝްވިން އަހަރެން…” ހިންދުއަށް ބުނާނެ އެއްޗެއް ނޭގުނެވެ.

“އަހަރެން ނެތިން މިރެއިން މިރެއަށް ހިންދު ކައިރިން ޖަވާބު ހޯދާކަށް.. ހިންދުއަށް ވިސްނަން ބޭނުންވާ ވަގުތު ދޭނަން” ހިންދުގެ ހާސްކަން ފެނި އަޝްވިން ބުނެލިއެވެ.

“އަހަރެން..” ހިންދު އިން ގޮނޑިން ތެދުވިއެވެ. އޭރު މުޅި މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ.

“ހިންދު ހަމަޖެހިލަބަ.. އަހަރެން ނެތިން އެއްވެސް ކަމަކަށް ހިންދުއަށް މަޖުބޫރުކުރާކަށް” ހިންދު މާޒީއާއި ބެހޭ ގޮތުން އަޝްވިން ހޯދި މައުލޫމާތުން ހިންދުއަށް މިހެން ވެދާނެ ކަމަށް އަޝްވިންއަށް އެނގެއެވެ. އެހެންކަމުން ހިންދުއަށް ވިސްނައިދެވޭތޯ އުޅުނެވެ.

“ހިންދު” ހިންދު އެއްވެސް އެއްޗެއް ނުބުނެ ދާން ހިނގައިގަތުމުން އަޝްވިން ގޮވާލިއެވެ. އެވަގުތަކީ ވެއިޓަރު ބިލް ހިފައިގެން އައިވެސް ވަގުތެވެ. އަވަހަށް ވޮލެޓުން ނަގައި ލާރި ދައްކަން އުޅުނެވެ. ނަމަވެސް އެއްމެ ކުޑަކޮށްގެން އޮތީ އެއްހާސް ރުފިޔާގެ ނޫޓެއް ކަމުން އެ ނޫޓު ވެއިޓަރު އަތަށް ދިއްކޮށްލުމަށްފަހު އަޝްވިން ހިންދުއާއި އަރާ ހަމަކުރުމަށް އަވަސް ހިނގުމެއްގައި ދިޔައެވެ. ބާކީ ލިބުމަށްވުރެ ހިންދުއާއި އެކުވުން މުހިއްމު ވީމައެވެ.

“ހިންދު ތަންކޮޅެއް މަޑުން ހިނގާބަލަ.. އާދޭ އަހަންނާއި އެކީ ސައިކަލުގަ ދާން” ރެސްޓޯރެންޓުން ނުކުމެ ހިންދުއާއި އަރާ ހަމަކުރަމުން އަޝްވިން ބުނެލިއެވެ.

“އަޝްވިން މަޑުކޮށްލާ.. އަހަރެން އެކަނި ހިނގައިދާނަން” އަޝްވިންއަށް ބަލާލުމެއް ނެތި ހިންދު ބުނެލިއެވެ. ހިންދު އެހެން އެދުނު ނަމަވެސް އަޝްވިން ހިންދުއާއި އެއްވަރެއްގައި އެގެޔާއި ދިމާލަށް ހިނގަމުން ދިޔައީ އެއްވެސް ފަރުވާލެއް ނެތިއެވެ. މަގުމަތިކަމުން ހިންދު މަޑުކުރުވައި ވާހަކަ ދެއްކުމަކީ އޭނާގެ އަދަބާއި ހިލާފު ކަމަކަށް ވުމުން ގެޔާއި ހިސާބަށް ދެވެންދެން މަޑުކޮށްލިއެވެ.

“ހިންދު.. އަހަރެން ހީކުރީ ހިންދު ވަރަށް އުފާވާނެ ކަމަށް އަހަރެން މިފަދަ ގުޅުމަކަށް އެދުމުން.. އަނެއްކާ ހިންދު ބޭނުންވަނީ ފަހުން މެރީ ކުރަންތަ” ގޭގެ ދޮރޯށިން ވަނުމާއި އެކީ އަޝްވިން އަހާލިއެވެ.

“ތިއަށް ދޭނެ ޖަވާބަކާއި މެދު އަހަރެން ވިސްނާލާނަން.. އިހަށް އަހަރެން އެކަނިވެލަން ފުރުސަތު ދީ” ހިންދު ހިތްވަރު ކުރަމުން ދިޔައީ ހިތާއި ސިކުޑީގެ ދެމެދުގައި އުފެދެމުން ދިޔަ ހައިޖާންގަނޑު މޫނުމަތިން ނުދެއްކޭތޯއެވެ. އަޝްވިން އެސުވާލުކުރުމާއި އެކީ ހިތް އުފަލުން ނަށަން ފެއްޓި ނަމަވެސް ސިކުޑިން އެކަން ނުކުރުމަށް ގޮވަން ފަށައިފިއެވެ.


 

 

ހިންދު ދިޔުމުން ރީމް ފޯނު ނަގައިގެން އެނދުގައި އޮށޯތީ ފޫހިވެގެންނެވެ. ފޯނުން ނަގާފައިވާ ފޮޓޯތައް ބަލަމުން ދިޔަ ރީމް އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއް އަތް މޭގައި އަޅައި އަނެއްކާވެސް ފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ. ލިބިފައިވާ ހައިރާންކަން ވީ އިތުރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

މިލަ ހަނދުވަރު (ތިންވަނަ ބައި )

Next

ލޯބި އެހެނަސް… ފެށުން

Next
January 25, 2018

ލޯބި އެހެނަސް… ފެށުން

Previews
January 25, 2018

މިލަ ހަނދުވަރު (ތިންވަނަ ބައި )

42 Comments!

  1. Dhoonaa says:
    January 25, 2018 at 5:59 pm

    Yey this time I’m the first
    dhw mi part vx v salhi

    1. maroon says:
      January 25, 2018 at 6:15 pm

      Thanku dhoona and yes ??

  2. Mai says:
    January 25, 2018 at 5:59 pm

    ??Me first dho v reeti love you so much

    1. maroon says:
      January 25, 2018 at 6:15 pm

      Dhe kudhinves eh vaguthegga dhw.
      Yes
      Loves and thanku ?

  3. maroon says:
    January 25, 2018 at 6:03 pm

    A lot of readers are going to hate reem. Dnt worry ei hama beynun vaa gothaky.
    Sorry miadhu thankolheh lahun up kurevunyma. Thanku for waiting. And a lot is going to happen this weekend so keep waiting. More of ashwa , kaain ge unkown sister, shanum ,reem ge life ves. And malaka and shaimge kuda thankolhehves gennaanan ngey. Again lots of thanks ???…

    1. maroon says:
      January 25, 2018 at 6:12 pm

      And adhi v v v bodu shukureh shudha and maany ah. Shanum ge character is from there idea

      ❤❤❤

    2. Shudha says:
      January 25, 2018 at 10:32 pm

      ur welcome maroon❤

  4. annoying reader says:
    January 25, 2018 at 6:12 pm

    alhey reem ves then thaneh dhoreh nubala ashwa ah ehen hadhan veytha. plz ashwa and shanum gulhuvachey. and i think kaain ge sister is hindh hen. plz reem ashwa ah landeh dhevuna nudhechey maroon. v reethi mi party ves. been waiting all day

    1. maroon says:
      January 25, 2018 at 6:17 pm

      Reem maa rulhi gadhaee dhw. That might happen dear
      Kaainge sister adhi egeyne thankolheh fahun. Hind ahves vedhaane
      Thanku for waiting
      ?

  5. maikko says:
    January 25, 2018 at 6:17 pm

    I was waiting for it so much……….. I just love it… Hindhu and ashwin avahah gulhuvaaba… ??????

    1. maroon says:
      January 25, 2018 at 6:25 pm

      Thanku maikko ? their love parts r coming

  6. Shudha says:
    January 25, 2018 at 6:19 pm

    one question though…. hindh ge maazy aky koba… reem ge ulhun rangalhu kurany tha .. fahun… yes i hate reem … and if thats what u want lets see.. 😉 … Masha Allah varah reethi mi part ves and hama ehaame mysterious… waiting for next part… thank u maroon mihaa reethi story eh genesdheythi… so far my fav story… :-D… loveeeeeess <3

    1. maroon says:
      January 25, 2018 at 6:24 pm

      Maazy adhi egeyne. Keep waiting ..
      Ragalhuves vedhaane. Noony miyah vure goas ves vedhaane.
      And thanku for shanumge idea ah. More of his character in the job will be coming.
      Thanku so much ? loves tc

    2. Shudha says:
      January 25, 2018 at 10:36 pm

      ur welcome maroon… shudha v hithah araa kyve baa ey shanum ge job and life ge kanthathah ehaa dull ee.. that’s a great news for me… shanum ge lroffesional and personal life ge storys thakah inthizaaru kuraanan.. thanku maroon for this lovely story… May Allah grant u a happy life… loves?

    3. maroon says:
      January 26, 2018 at 9:36 am

      Well i still dnt knw much abt mndf job duties. I am researching more to add it more. If u know or anyone know about it plx email me . It wud be a great help.
      ???
      Loves tc shudha

  7. Blu.. says:
    January 25, 2018 at 6:27 pm

    Wow v reethi.. Waiting for the next part.. ?

  8. Zaaraa says:
    January 25, 2018 at 7:01 pm

    A’lhy kiyaahithun hutaa enimuni?? n vv reethi mi part vex waiting for next part ????

    1. maroon says:
      January 25, 2018 at 8:34 pm

      Thanku zaaraa ?

  9. Reader says:
    January 25, 2018 at 7:13 pm

    Photo ga innaany shanum aa ashawaa dhemyhunnah balahahtaign innathan kanneynge… Exciting… Interesting….. fabulous hama

  10. Reader says:
    January 25, 2018 at 7:15 pm

    Or hindhu ge nudes tha? Wth?heevey varah ekahala konmes ehcheh hen ves

    1. maroon says:
      January 25, 2018 at 8:35 pm

      Well i dnt want to ruin the suprise so lets wait dhw reader
      Thanku thihaa shaugaai eky kiyaathy ?

  11. syle says:
    January 25, 2018 at 7:48 pm

    Kaainge sis akee hindhu dw

    1. maroon says:
      January 25, 2018 at 8:35 pm

      Maybe
      Thanku syle ?

  12. Pinky shifoo says:
    January 25, 2018 at 7:56 pm

    Wow ????.. I’m speechless… Mi part vx varah varah reethi ??… Haadha reehchey ??????.. I hate Reem ??.. Heheheh curiously waiting for the next part..

    1. maroon says:
      January 25, 2018 at 8:37 pm

      Thanku pinky shifoo thihaa shaugaai eky kiyaathy
      ?
      Yh i hate her too

  13. Zuam says:
    January 25, 2018 at 8:03 pm

    Wow …. varah reethi…..waiting
    ❤❤❤❤

    1. maroon says:
      January 25, 2018 at 8:37 pm

      Thanku zuam ?

  14. Saadhu says:
    January 25, 2018 at 9:00 pm

    Alhey maroon.haadhahaa reechay dhw.kiyaa hivanee.maadhen kiyaala libenetha.mihaaru mi site ga eme reethi vahaka.l love u this story very much?????

    1. maroon says:
      January 26, 2018 at 9:33 am

      V ufaa vejje comment kiyaalaafa. Yes miadhu kiyaalan libeyne.
      Loves thanku ?

  15. Eyra says:
    January 25, 2018 at 9:20 pm

    Varah reethi???

    1. maroon says:
      January 26, 2018 at 9:33 am

      Thanku eyra ?

  16. Xxxx says:
    January 25, 2018 at 10:31 pm

    V.reethi dear..???

    1. maroon says:
      January 26, 2018 at 9:33 am

      Thanku xxxx ?

  17. Kitty ❤️ says:
    January 25, 2018 at 11:26 pm

    Mi reem dheke varah foohivey.shanum libuna nudhehchey ? story varah reethi ❤️❤️

    1. maroon says:
      January 26, 2018 at 9:37 am

      Yh. Thts means my job on her character is going well
      And i hate her too
      Thanku kitty?

  18. Mixuhan says:
    January 26, 2018 at 5:59 am

    Avahah next part up khdhehchey..story varah nice …waiting for the next part

    1. maroon says:
      January 26, 2018 at 9:37 am

      Thanku mixuhan. Yes miadhu kiyaalan ready vegen hurey ?

  19. Rish says:
    January 26, 2018 at 10:53 am

    Vrh vrh vrh reethi mi vaahaka vx. maroon ge vaahaka thah vrh reethi vrh kiyaahiyvey next part kihaa iraku up vaany

    1. maroon says:
      January 26, 2018 at 5:47 pm

      ޝުކުރިއްޔާ ރިޝް. މިހާރު އަޕްކޮށްފިން (?

  20. Eysha says:
    January 26, 2018 at 5:07 pm

    V v v v reethi ❤️❤️Mihaaru irukolhakaa check kureveni up v thi??

  21. maroon says:
    January 26, 2018 at 5:48 pm

    ޝުކުރިއްޔާ އީޝާ. މިހާރު އަޕްކޮށްފިން (?

  22. Same says:
    January 28, 2018 at 9:34 pm

    Reethi

Comments are closed.

Next Episodeތިޔަ އަސަރު 13←


All Right Reserved!