ރީމް އެ ފަޅިއަށް ޖެހިލުމުން ޝަނުމް ރީމް އިން ފަރާތަށް އެބުރުނެވެ. އަދި ރީމްގެ އުނަގަނޑުގައި އަތް ވަށާލައި މޫނު ފޮރުވާލިއެވެ. ޝަނުމްއަށް ރޮވެން ފެށުނެވެ. ނެތް އުފާތަކަކަށް އެދިގެން އަދިވެސް ވީ އިންތިޒާރު ކުރަން ހެއްޔެވެ؟ ލޯބިވުމަކީ އޭނާއަށް ކުރެވުނު ކުށެއް ކަމަށް ހީވާން ފަށައިފިއެވެ. މި ލިބޭ ހިތާމައާއި ހިތްދަތިކަމުގެ ސަބަބަކީ އެއީ ހެއްޔެވެ؟ ޝަނުމް ރީމްގެ އުގުގައި ބޯ އަޅައިލައިގެން އޮތް އިރު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަގާމް ދޫކޮށް […]
“ކާއިން، ބަލައިގެން އުޅެއްޗޭ.. މޮޔަ ކަމެއް ނުކުރާތި.. އެކަހަލަ ކަމެއް ކުރަން ހިތަށް އެރުމުން އަހަންނަށް ގުޅާލާތި.. އޭރުން އަހަރެން ދުވެފަ ދާނަން ކާއިން ހުއްޓުވަން… ” އަޝްވާގެ ދެލޯ ފެންކަޅިވިއެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަރުނަތައް އޭގެ މަގާމް ދޫކޮށް އޮހިގަތެވެ. ކާއިން ދަނީއެވެ. އަޝްވާ ބުނިހެން އޭނާއަށް ހީވަނީ ހަށިގަނޑުން އެއްބައި އުނިވާން އުޅޭހެންނެވެ. “ޔަގީން! އަޝްވާ ވެސް ބަލައިގެން އުޅޭތި. ތީ އަހަރެންގެ ނަންބާރ ވަން އަދި އަހަރެން އެއްމެ ބެސްޓް […]
“ރީމް ތަ މަސްހުނި ހެދީ؟” ހުރިހާ ތަށިތައް ރީމް ކައިރިއަށް ގެންގޮސް ނިމުމުން މޭޒުމަތީގައި ހުރި މަސްހުނި ތައްޓަށް ބަލާލަމުން ޝަނުމް އަހައިލިއެވެ. “ނުބައީ ތަ؟” ފަހަތަށް އެބުރި ޝަނުމްއާއި ދިމާލަށް ބަލާލަމުން ރީމް އަހައިލިއެވެ. އޭރު ޝަނުމް އޭގެ ރަހަ ބަލަނީއެވެ. ރީމް ވަރަށް ފަރުވާތެރި ކަމާއި އެކީ ޝަނުމްގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަ ވަރު ބަލަމުން ދިޔައެވެ. “ނުބައީ ތަ؟” ދެވަނަ ފަހަރަށް ރީމް އެ ސުވާލުކޮށްލީ ޝަނުމް އެތިކޮޅެއް ކާލުމަށްފަހު […]
ދެމީހުންނަށް އެތަނަށް ދެވުނު އިރު މިއުވާން މެހުމާނުންނަށް މަރުހަބާ ކިޔުމުގައި އުޅުނެވެ. ދެމީހުން އެކުގައި މިއުވާން ކައިރިއަށް ދާން މިސްރާބު ޖެހިއެވެ. އެހިސާބަށް ނުދެވުނީސް ލެއްޕެމުން ދިޔަ އިމާރާތުގެ ލިފްޓުގެ ތެރެއިން ކާއިންއަށް ދަންނަ މޫނެއް ފެނުނެވެ. އެހެންކަމުން އަޝްވާ ކައިރީ މި އަންނަނީ އޭ ބުނެ ބާރު ހިނގުމެއްގައި ކާއިން އެދިމާލަށް ހިނގައިގަތެވެ. ކާއިން ދާން ހިނގައިގަތުމުން އަޝްވާ ކާއިންއާއި ދިމާލަށް އަތް ދިއްކޮށްލީ ކާއިން ކައިރީ ނުދިޔުމަށް ބުނުމަށެވެ. އެހެންނަމަވެސް ކާއިން ދިޔަ ބާރުމިނާއި […]
ނިދަން އަރައި އޮތް ކާއިން މިހާރު ގެންގުޅޭ ލެޕްޓޮޕަށް އޭނާ މާޒިންގެ ގެއިން ނެގި ޕެންޑްރައިވް ޖަހާލިއެވެ. އެޔާއި އެކު މޫނު މައްޗަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެ ޕެންޑްރައިވްގައި ހުރި ގިނަ މައުލޫމާތުތަކަކީ މީގެ ކުރިން އޭނާ ގެންގުޅުނު ލެޕްޓޮޕުގައި ހުރި މައުލޫމާތެވެ. އަދި އޭގެ އިތުރުން ބައެއް ބޭރު މީހުންގެ ފޮޓޯތަކާއި ގެތަކާއި އެހެނިހެން މައުލޫމާތުތައް ވެސް ހުއްޓެވެ. އެއީ ކޮން ބައެއްގެ މައުލޫމާތު ކަން ކާއިންއަށް ނޭގުނަސް އެއީ ކޮން ބައެއް ކަމާއި […]
ފިރިހެނުން ހުކުރުން ގެޔަށް އަންނަން ވާ އިރަށް އަޝްވާއާއި ހަފީޒާ އަދި ހިންދު ބަދިގޭގައި އަވަދިނެތި އުޅެއެވެ. ގޭގެ ކަންތަކުގައި ކުރިން އަޝްވާއަށް އެހީވެދޭން އުޅެނީ ހަމައެކަނި ނަދީމާ ކަމަށް ވިޔަސް މިހާރު އެކަންތައް ބަދަލުވެއްޖެއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ރީމް ގެޔަށް ދޫކޮށްލުމުން އެމީހުން ބަދަލުވީ މިގެޔަށެވެ. މީހުން ގިނަ ތަނެއްގައި އުޅުމަކީ ރީމްއަށް އެއްމެ ރައްކާތެރި ގޮތް ކަމުން ޝަނުމް މިގޭގައި ކުޑަ ދުވަސްކޮޅަކު ހުރެވޭނެ އިންތިޒާމް ހަފީޒާއާއި އަސްރާރުއާއި ވާހަކަ ދައްކައިގެން ހަމަޖެއްސިއެވެ. […]
ހައްސާނުއާއި އަމީހާއާއި ދޭތެރޭ ހިނގަމުން މިދާ ކަންތައް ބަލަން އަޝްވާ ހުރީ ވާނުވާގައެވެ. ދެމީހުން ވެސް ކުރިން ދަންނަން ތޯ އަހާލަން އުޅެނިކޮށް އަޝްވާއަށް ކާއިންގެ ފޯނެއް އައެވެ. “އަހަރެން މި ވަންނަނީ އެގެޔަށް، ދެތިން ގަޑިއިރު ތެރޭ ހަބަރެއް ނުވެއްޖެނަމަ ޝައިމް ކައިރީ ބުނެލާތި” އަޝްވާއަށް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ ކާއިން ފޯނު ކަނޑާލިއެވެ. ކާއިންގެ ފޯނުން އަޝްވާގެ ހިތަށް ބިރުވެރިކަމާއި ހާސްކަން ވަނެވެ. ލަސްކުރުމެއްނެތި އެކޮޓަރިން ނިކުމެ ޝައިމްއަށް ގުޅައި ކާއިން […]
“އެތައް ދުވަހެއް ވެއްޖެ މީކާއިލް ކައިރީ ބުނެގެން މި މައްސަލަ ޕޮލިހަށް ހުށަހެޅިތާ! އޭގެ ފަހުން ރީމް ދެ ފަހަރެއްގެ މަތިން މާޒިންގެ މަގުސަދާއި އޭނާގެ އެތައް ބައިވަރު މައުލޫމާތެއް ދީފި.. މިވަރުން މި ކޭސް ނިއްމާލުވޭނޭތަ ތިބުނަނީ؟ ދެން އިތުރަށް ކޮން މައުލޫމާތެއް ބޭނުން ވަނީ؟ ޖަލުން މިކަހަލަ މީހުން މިނިވަންވެގެން ދާއިރު އެމީހުންނާއި ބެހޭ ކަންތައް މިތަނަށް ނޭނގުމަކީ ގަބޫލުކުރަން ވަރަށް ދަތި ކަމެއް!! ” ޝަނުމް ކޮޅަށް ތެދުވަމުން އެހެން ބުނެލިއެވެ. ކަންބޮޑުވެފައިވާ […]
ވަގުތަކީ ރޭގަނޑު ނުވައެއް ޖެހި ވަގުތެވެ. ދެތިން މެއިލް ކިޔާލުމަށްފަހު އިންބޮސް ރިފުރެޝްކޮށްލި ވަގުތު ނުދަންނަ އީމެއިލް އެޑްރެހެކުން ރީމްއަށް މެއިލްއެއް އައިސްފައި އޮތެވެ. ދުވަސްވަރަކީ އޮފީހަށް އައު މުވައްޒަފުން ނަގަމުންދާ ދުވަސްވަރުކަމުން ރީމް ހީކުރީ އެއީ އެއިން ކުއްޖަކު ފޮނުވާފައި އޮތް މެއިލް ކަމަށެވެ. އެހެންކަމުން އެމެއިލް ހުޅުވާލިއެވެ. އެޔާއިއެކު ސްކުރީން ދެތިން ފަހަރެއްގެ ނިވިފައި ކުރިން ހުރި ގޮތަށް ބަދަލުވިއެވެ. މި ލެޕްޓޮޕަކީ ވަރަށް މައްސަލަތައް ގިނަ އެއްޗަކަށް ވުމުން ރީމް ހީކުރީ އެއީ […]