Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 13

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 26, 2018 13 Mins Read
50 Comments

“އަޝްވިން މަޑުކޮށްލާ.. އަހަރެން އެކަނި ހިނގައިދާނަން” އަޝްވިންއަށް ބަލާލުމެއް ނެތި ހިންދު ބުނެލިއެވެ. ހިންދު އެހެން އެދުނު ނަމަވެސް އަޝްވިން ހިންދުއާއި އެއްވަރެއްގައި އެގެޔާއި ދިމާލަށް ހިނގަމުން ދިޔައީ އެއްވެސް ފަރުވާލެއް ނެތިއެވެ. މަގުމަތިކަމުން ހިންދު މަޑުކުރުވައި ވާހަކަ ދެއްކުމަކީ އޭނާގެ އަދަބާއި ހިލާފު ކަމަކަށް ވުމުން ގެޔާއި ހިސާބަށް ދެވެންދެން މަޑުކޮށްލިއެވެ.

“ހިންދު.. އަހަރެން ހީކުރީ ހިންދު ވަރަށް އުފާވާނެ ކަމަށް އަހަރެން މިފަދަ ގުޅުމަކަށް އެދުމުން.. އަނެއްކާ ހިންދު ބޭނުންވަނީ ފަހުން މެރީ ކުރަންތަ” ގޭގެ ދޮރޯށިން ވަނުމާއި އެކީ އަޝްވިން އަހާލިއެވެ.

“ތިއަށް ދޭނެ ޖަވާބަކާއި މެދު އަހަރެން ވިސްނާލާނަން.. އިހަށް އަހަރެން އެކަނިވެލަން ފުރުސަތު ދީ” ހިންދު ހިތްވަރު ކުރަމުން ދިޔައީ ހިތާއި ސިކުޑީގެ ދެމެދުގައި އުފެދެމުން ދިޔަ ހައިޖާންގަނޑު މޫނުމަތިން ނުދެއްކޭތޯއެވެ. އަޝްވިން އެސުވާލުކުރުމާއި އެކީ ހިތް އުފަލުން ނަށަން ފެއްޓި ނަމަވެސް ސިކުޑިން އެކަން ނުކުރުމަށް ގޮވަން ފަށައިފިއެވެ.


 

ހިންދު ދިޔުމުން ރީމް ފޯނު ނަގައިގެން އެނދުގައި އޮށޯތީ ފޫހިވެގެންނެވެ. ފޯނުން ނަގާފައިވާ ފޮޓޯތައް ބަލަމުން ދިޔަ ރީމް އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއް އަތް މޭގައި އަޅައި އަނެއްކާވެސް ފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ. ލިބިފައިވާ ހައިރާންކަން ވީ އިތުރެވެ.

އެއީ އޮފީހުގެ އަހަރީ ދުވަހުގައި ނެގި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ. އެރޭ އެތާނގައި ގިނައީ އޮފީހުގެ މުވައްޒަފުން ކަމުގައި ވިޔަސް ހާއްސަ ދައުވަތެއް ދީގެން ދިހަ ވަރަކަށް މީހުންއައެވެ. އޭގެ ތެރެއިން އެކަކަށް އެހުރީ ރީމް ދަންނަ އިސްތަށިގަނޑެއްގެ ވެރިއެކެވެ. އިސްތަށިގަނޑުގެ ދިގުމިން ކޮނޑާއި ހަމައަށް ހުރިއިރު ތުބުޅި އިންޗިއެއްހާ ދިގެވެ. ހަމުގެ ކުލަ ދޮނެވެ. އިސްކޮޅުން ރީމްއަށް ވުރެ ދިގުވާނެކަން ޔަގީނެވެ.

އެމީހަކީ ރީމްއާއި ކުރިންވެސް އެތައް ފަހަރެއްގެ މަތިން ބައްދަލުވި މީހެކެވެ. ނުސީދާކޮށެވެ. ރީމްއަށް އޭނާގެ މޫނު ރަނގަޅަށް ފެނުނު ފުރަތަމަ ފަހަރަކީ މިއީއެވެ. ރީމް އަޝްވާމެން ގެއިން، ގެޔަށް ލައިދޭން ޝަނުމް  ދިޔަ ރޭ ރީމް ގައިގައި ޖެހުނު މީހަކީ މިއީއެވެ. އެރޭ މިމީހާގެ މޫނު ނުފެނުނު ކަމުގައި ވިޔަސް އިސްތަށިގަނޑު ކުޑަކޮށް ފެނުނެވެ. އަދި މިހާރު ވިސްނާލުމުން މިމީހާ ރީމް އަށް އޭނާ ދާ ގިނަ ތަންތަނުން ފެނުނުހެންވެސް ހީވާން ފަށައިފިއެވެ. ޖަލްސާ އޮތް ރޭ ރީމްއަށް އެމީހާ ފާހަގަނުވީ އެރޭ ރީމް މުޅިންވެސް އުޅުނީ ކުންފުނީގެ ޗެއާމަންއާއި އެކީގައި ކަމަށް ވުމުންނެވެ. އެހެން މީހުންނާއި ބައްދަލުވުމުގެ ފުރުސަތު ލިބޭ ގޮތްވީ ވަރަށް މަދުންނެވެ.

ރީމްއަށް އެއީ އެމީހާކަން ޔަގީނާއި ހަމައަށް ހީވާތީ ޝަނުމްއަށް ގުޅާލިއެވެ. ފުރަތަމަ ފަހަރަށް ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅާލިއެވެ. މިފަހަރު ޝަނުމް ފޯނު ބިޒީކޮށްލީއެވެ. ރީމް ދެން ކޮށްލީ މެސެޖެކެވެ. އެޔާއި އެކު ޝަނުމްގެ ސަމާލުކަން ލިބޭނެ ކަމަށް އުއްމީދުކޮށް ގުޅާލުމުން ނަސީބު އަތުގައި ހިފިއެވެ.

“ކިހިނެތްވީ” ހަލޯ ވެސް ނުބުނެ ޝަނުމް ބުނެލީ އެހެންނެވެ. ކަންނެތް ގޮތަކަށެވެ.

ރީމް ވެގެން އުޅޭ ގޮތް އޭނާއަށް އެނގޭ އެއްމެ ތަފުސީލްކޮށް ޝަނުމްއަށް ކިޔާ ދިނެވެ.

“ދެން އަހަރެން ކިހިނެތް ހަދައިދޭންވީ، ރީމްއަށް ތިހެން ޝައްކުވާހެން ހީވާނަމަ ފުލުހަށް މައްސަލަ ހުށަހަޅަންވީނު” ރީމްގެ ވާހަކަތައް އަޑުއެހުމަށްފަހު ޝަނުމް ބުނެލިއެވެ.

“ޝަނުމްއަށް ހީވޭތަ އެމީހާ އަހަންނަށް އެއްވެސް ގެއްލުމެއް ދޭން އުޅޭހެން” ރީމް ބުނެލިއެވެ.

“ނޭނގެ އަހަންނަކަށް ތިއަށް ބުނާނެ އެއްޗެއް. ރީމްގެ ހަށިގަނޑަށް ގެއްލުމެއް ނުދިނަސް، އޭނަ އުޅުނު ރީމްގެ ދަބަހުން އެއްޗެއް ނަގަން. ވެދާނެ އޭނަ ބޭނުންވާ އެއްޗެއް ރީމް އަތުގައި އޮތީ ކަމަށްވެސް. ނޫނީ ރީމް އެކަނި އުޅޭތީ ވައްކަން ކުރަން ވެސް އުޅެދާނެ” ޝަނުމް އޭނާއަށް ހީވާ ގޮތަށް ބުނެލިއެވެ.

“އަހަރެން އަތުގައި ނޯންނާނެ އެއްވެސް މީހެއްގެ އެއްޗެއް، އެހެން ނޫނަސް ވައްކަން ކުރަން އުޅޭ މީހެއް ނަމަ އަހަރެން ކޮލެޖު ނިއްމާފަ ރައްޓެހިންނާއި އެކު އުޅޭ ވަގުތު ފަހަތުން ނުހިގާނެ އެއްނު” ރީމްއަށް އެމީހާގެ ބޭނުން ނުވިސްނުނެވެ.

“ތިވެސް ތެދެއް، ރީމް އަތުގަ ނެތްތަ އޮފީހުގެ ޖަލްސާއަށް ދިޔަ މީހުންގެ ލިސްޓެއް” އިރުކޮޅަކު ވާހަކަ ނުދައްކައި ހުރުމަށްފަހު ޝަނުމް ބުނެލިއެވެ.

“ހިޔެއް ނުވޭ އޮންނާނެހެން، އަހަރެން އާދިއްތަ ދުވަހު އޮފީހަށް ގޮސް އޮފީސް ކުއްޖެއް ކައިރީ އަހާލާނަން އިނގޭ” ރީމް ބުނެލިއެވެ.

“އޯކޭ ބާއްވަނީ ދެން، އަހަރެން ވަރަށް ބިޒީ މިވަގުތު…” ޝަނުމް އުޅުނީ އަވަހަށް ފޯނު ބާއްވާށެވެ. ނަމަވެސް އޭގެ ކުރިން ރީމް މާދަމާ، ހުކުރު ދުވަހު މެންދުރު ކެއުމަށް އެގެޔަށް އައުމަށް ދައުވަތު ދިނެވެ.

“ސޮރީ ރީމް ، އަހަރެން މާދަމާ ވެސް ވަރަށް ބިޒީވާނެ، މީކާއިލް މާލެ އަންނާތީ އޭނައާއި އެއްކޮށް މުޅިންވެސް އުޅޭނީ” ބަހަނާ އެއް ދެއްކުމަށްފަހު ޝަނުމް ފޯނު ކަނޑާލިއެވެ.

ޝަނުމް އޭނާގެ އެދެންތަކަށް ކޮންމެ ފަހަރަކުވެސް އެކަހަލަ ބަހަނާއެއް ދައްކާތީ ރީމް ހުންނަނީ ފޫހިވާ ގޮތްވެފައެވެ. ގުޅާލިޔަސް ފޯނު ނަގަނީ މަދު ފަހަރެއްގައެވެ. ކޮށްލާ އެއްވެސް މެސެޖަކަށް ޖަވާބު ނުލިބެއެވެ. އެގެޔަށް ގޮސް ވާހަކަ ދައްކަން އުޅުނަސް ޝަނުމްގެ ރުހުން ލިބޭ ގޮތެއް ނުވެއެވެ. އެހެންކަމުން ޝަނުމްގެ ސަމާލުކަން ހޯދުމަށް ކޮންމެވެސް ކަމެއް ކުރަން ރީމް ވިސްނަން ފެށިއެވެ. އޭނާ ފަހަތުން އުޅޭ މީހާ ހޯދުމަށްވުރެ ބޮޑަށް ރީމްއަށް މުހިންމުވީ މިކަންތައް ހެއްޔެވެ؟


 

ހިންދުއަށް ކޮޓަރިއަށް އާދެވުނު އިރު ރީމްއަށް އޮތީ ނިދިފައެވެ. ނިދާ ބޮކީގެ ފަޑު އަލީގެ އެހީގައި ނިދަން ލާ ހެދުން ހިފައިގެން ހިންދު ފާހަނައަށް ވަނެވެ. ހެދުން ބަދަލުކޮށް ތާޒާވެލަން ހިންދު ހުއްޓިލީ ސިންކު ކުރިމައްޗަށެވެ. އަދި އިސްކުރު ދޫކޮށްލުމުގެ ކުރިން އޭނާގެ ސޫރައަށް ބަލާލިއެވެ. ދެލޯ ފެންކަޅިވެފައިވާ އިރު މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން އެއްމެ ފުން މާނާގައި ފެންނަމުން ދެއެވެ. މިރޭ މީ އޭނާ އެއްމެ އުފާކުރަންވީ ރެއެވެ. އެކަމަކު އެއުފާވެރިކަމުގައި ބައިވެރިވެވޭކަށް ނެތެވެ. ކަރުނަ ޖަމާވަމުން ދިޔަ ލޮލުން ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ކުރަހާލިއެވެ. ދުނިޔެ ހުއްޓެން އުޅޭހެން ހީވާން މިއުޅެނީ ކީއްވެ ހެއްޔެވެ؟ މާޒީ އަކީ ދުވަހަކުވެސް ހަޔާތާއި ވަކިވެގެން ނުދާނެ އެއްޗެއް ހެއްޔެވެ؟ މިރޭ ދިޔުމުގެ ކުރިން އަމިއްލަ ނަފުސަށް ކުރި އިތުބާރާއި ދިން ހިތްވަރުގެ ފާރު އެހާ އަވަހަށް ބިމާ ހަމަވީ ހެއްޔެވެ؟


 

ކޮލެޖުން އައި ގޮތަށް އަޝްވާ އިންތިޒާރު ކުރަމުން ދިޔައީ އަޝްވިން ގެޔަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ރީމް މިއަދު ބުނި ބަސްތަކުން އޭނާ ވިސްނަން ޖެހޭ އެތައް ކަމެއް ފެންމަތި ވެއްޖެއެވެ.

“ހާދަ ލަހުންނޭ ބޭބެ ތިއައީ” ސޯފާގައި އިން އަޝްވާ ތެދުވީ ދޮރުން ތެދުވެގެން އައި އަޝްވިން ފެނުމުންނެވެ.

“އަނެއްކާވެސް ބޭބެ އަންނަން ދެން ހޭލާ އިންނަން ފެށީދޯ” މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޝްވިން ރޭގަނޑު ޑިޔުޓީއިން އަންނަ ރެއެއް ނަމަ އަޝްވާ އަޝްވިންގެ އިންތިޒާރުގައި ހޭލާ އިދެއެވެ. އެއް ރޭ އަޝްވިންއަށް ގޭންގަކުން ހަމަލާ ދިން ރެއަށް ފަހުގައެވެ. އަޝްވާ މިކަންތައް ހުއްޓާލީ އަޝްވިންއާއި އަސްރާރުގެ އެތައް ނަސޭހަތަކަށް ފަހުގައެވެ.

“ނޫން” އަޝްވިން އާއި ދިމާލަށް ހިނގައި ގަންނަމުން އަޝްވާ ބުނެލިއެވެ.

“ކިހިނެތް މިރޭ ދިޔައީ” އަޝްވާ އަހާލިއެވެ.

“ހިންދު ކައިރިން އިންނަން އެހުމާއި ހަމައަށް ވަރަށް ރަނގަޅަށް ދިޔައީ. ހަމަ އެހެން އެހި އިރަށް ހިންދު ބިރުގަނެއްޖެ. ގެޔާއި ހިސާބަށް ދެވެންދެން ވާހަކަ ނުދައްކާ ހުރެފަ ބުނި ވިސްނާލާފަ ޖަވާބެއް ދޭނަމޭ” އަޝްވިން  މިރޭ ހިނގައި ދިޔަ ކަންތަކުގެ ހުސާލާއެއް ދިނެވެ.

“ބޭބެ ހިންދުއަށް ދެރައެއް ނުދެއްޗޭ، ޝީ އިޒް ސްޕެޝަލް ޓު މީ..” އަޝްވިން ހީކުރީ ހިންދު ކައިރިން އިންނަން އެހުމުން އެއްމެ ބޮޑަށް އުފާ ވާނެ އެކަކަށް އަޝްވާ ވާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ އެއްވެސް އަސަރެއް ނުފެނެއެވެ.

“ތިކަމާ އަޝްވާ ހާސްވާނެ ކަމެއް ނެތް. އަޝްވާއަށް ވުރެ ބޮޑަށް ބޭބެއަށް ހިންދު މާ މުހިއްމު ވެއްޖެ. ހިންދުއާއި ދިމާލަށް ބުނެގެން ނުވާނެ އެތައް އެއްޗެއް ބުނެވިއްޖެ. އެކަމަށް ހިންދުގެ މާފުވެސް ހޯދައިފިން… އަދި ހިންދުއާއި ބެހޭ ގޮތުން އަޝްވާ ނުކިޔައިދޭ އެތައް ކަމެއް މިހާރު އެގިއްޖެ. އެއްމެ ފުރަތަމަ ދުވަހު އެވާހަކަތައް ބޭބެއަށް އަޑުއިވުނީ ކުލިނިކުގައި އުޅޭ ދެކުދިން ދެއްކި ވާހަކައެއް ތެރެއިން. ހަމަ އެވަގުތު ބޭބެ ދިޔައީ ހިންދު ކުރެން އެއީ ތެދުތޯ އަހަން، އެކަމަކު ލިބުނީ އުއްމީދު ކުރި ޖަވާބެއް ނޫން” ވާހަކަ ދައްކަމުން ގޮސް އަޝްވިން ސޯފާގައި އިށީނެވެ.

“އެހެންވެ ބޭބެ ދެން ގުޅީ އެރަށުގެ ހޮސްޕިޓަލުގައި އުޅޭ ރައްޓެހި ޑޮކްޓަރަކަށް. އޭނަގެ ފަރާތުން ހަގީގަތް އެގުނީ. އޭނަ ބުނި އެރަށުގެ މީހުން ހިންދުއަށްބަދު ބަސްތައް ބުނެ ހަށި ވިއްކާ މީހެކޭ ބުންޏަސް އެއީ ތެދެއް ނޫނޭ.. އެއްރޭ ހޭނެތިގެން ހޮސްޕިޓަލަށް ގެންދިޔައިރު ހިންދުގެ މުޅި ހަށިގަނޑުގައި ވަކި އަޅައި ތޫނު ހަމަލާތައް ދީފައި ހުއްޓޭ ވެސް ބުނި. ހިންދުއަށް އެފަދަ ޖިސްމާނީ އަނިޔާއާއި ޖިންސީ އަނިޔާ ލިބުނު އިރު އަޝްވާ ކީއްވެ އެވާހަކަތައް އަހަރެން ކައިރީ ނުބުނީ، ކީއްވެ އެމައްސަލަ ރިޕޯޓު ނުކޮށް ހުރީ” އޭނާއާއި ޖެހިގެން އަޝްވާއަށް ބަލާލުމަށްފަހު އަޝްވިން އަހާލިއެވެ.

“ތިކަންތައް ވީ ހިންދު މާލެ އަންނަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އަޅުގަނޑުމެން އުޅުނިން ޖެންޑާއަށް ތި މައްސަލަ ހުށަހަޅަން އެކަމަކު ހިންދު އެގޮތެއް ބޭނުމެއް ނުވި. އަހާ އަހާ ސަބަބެއްވެސް ނުބުނި” އަޝްވާ ބުނެލިއެވެ. އެހާދިސާ ހިގާ ދިޔަ ރޭ ހިންދު އޭނާއަށް ގުޅައި ރުއި ވަރު އަޝްވާ އަދިވެސް ހަނދާނުގައި އެބަ ހުއްޓެވެ.

“ބޭބެ ނެތިން ހިންދުއަށް އެއްވެސް ގެއްލުމެއް ދޭކަށް.. ބޭނުމީ ބޭބެއަށް ދެވެން އޮތް ހިމާޔަތަކާއި ރައްކާތެރިކަމެއް ހިންދުއަށް ދޭން. ޝީ އިޒް ސްޕެޝަލް ޓު މީ ޓޫ..” ކުޑަކޮށް ހިނިތުންވެލާފައި އަޝްވިން ބުނެލިއެވެ.

“ވަރަށް އުފާވެއްޖެ، ބޭބެ ކުއްލިއަކަށް އިންނަން އެހީމަ ބިރުގަތަސް ހިންދު ވަރަށް އުފާވާނެ މިރޭ” އަޝްވާއަށްވެސް ހިނިތުންވެވުނެވެ.

 


 

 

ރީމްއަށް ހޭލެވުނީ ފަތިހު ފަސްގަޑި ބައިވެފައިވާވަނިކޮށެވެ. އަވަހަށް ފެންވަރައިގެން ނަމާދުކޮށްލައިގެން ހިންދުއާއި މަންމައަށް އެހީވެ ދިނުމަށް ރީމް ބަދިގެ ފަރާތަށް ދިޔައެވެ.

“މަންމާ.. އަހަންނަށް ފަތިސް ނަމާދަށް ނުގޮވީ ކީއްވެ.. ކިރިއާ ހޭލެވުނީ”  ތިން މީހުން ބަދިގޭގައި ތިއްބާ ކުޑަ ބުރުގަލެއް ބޮލުގައި އަޅަމުން އައި ބަދިގެޔަށް ވަން ނީމާ ބުނެލިއެވެ.

“އަހަރެން ނުގޮވިއަސް މިގޭ އެހެން ކުދިން ނަމާދަށް އަރަން ތެދުވޭ.. ނީމާ ނިދި ގަދަ ވިޔަސް ތީ ތަންފުކެއް ބޮޑުވަރު ކަންނޭނގެ” ރޮށި ފިހަން އުޅުނު އަމީހާ ބުނެލިއެވެ.

“ކޮން ކަމަކާ މިއޮތް ހެނދުނު އަރާރުން ވާން ތިފެށީ… އެމަންޖެ ކަމެއް ނުކުރިއަސް އަމީހާ ކަންތައް ބޮޑުކޮށްލާނެ” އެވަގުތު އެތަނަށް އައި މިގުދާދު ބުނެލިއެވެ. އަމީހާ އެމީހުންގެ ދެކުދިންނަށް ތަފާތު ކުރިއަސް މިގުދާދު އެދެކުދިން ދެކެ އެއްވަރަކަށް ލޯބިވާކަން އަމަލާއި ބަހުން ދައްކައެވެ. މިގުދާދުއަށް ހީވެފައި އޮންނަނީ ނީމާއަކީ އެމީހުން ކުއްޖަކު ހޯދަން ބޭނުން ނުވެ ތިއްބައި ލިބުނު ކުއްޖަކަށް ވުމުން އަދިވެސް އެރުޅި ނީމާއަށް ބާލަނީ ކަމަށެވެ. އެއީ ނީމާ އެދެމީހުންނަށް ލިބުނީ އަމީހާ ކިޔަވައިދިނުމުގެ ދާއިރާއިން ފާސް ނަގަން އުޅުނު ދުވަސްވަރު ކަމުން އެފާސް އަމީހާއަށް ނުލިބުމުން ކަމަށެވެ. މިގުދާދު އެތައް ފަހަރެއްގެ މަތިން އަމީހާއަށް ވިސްނައިދެވޭތޯ އުޅެއެވެ. އެކަމަކު މިއަދާއި ހަމައަށްވެސް އޭގެން އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.

“މާ ބޮޑު ކަމެއް ނުވޭ ބައްޕާ.. އަޅުގަނޑު ނިދަން އެރިއިރު ފަތިސްނަމާދަށް ފޯން އެލާމް ނުކުރެވުނީ.. އިރާދަކުރެއްވިއްޔާ ދެން އެހެން ނުވާނެ” ނީމާ އޭނާގެ މަންމަ ކުށްވެރިކުރާކަށް ބޭނުމެއް ނުވިއެވެ. އޭނައާއި ހެދި މަންމައާއި ބައްޕަ ޒުވާބު ކުރާ އަޑު އަހަން ކެތްނުވާނެތީއެވެ.

“ދަރިފުޅު ދެން ނިދަން އޮށޯންނައިރު ހިންދު ކައިރީ ގޮވާލަން ބުނެފަ ނިދައްޗޭ” މިގުދާދު މޭޒު ދޮށުގައި އިން އޭނާގެ އެއްމެ ހަގު ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އަދި ފެން ތައްޓަކާއި އޭނާ މިހާރު ކަމުން ދާ ބޭސް ގެނެސްދިނުމަށް އަމީހާ ކައިރިން އެދިފައި ދިޔައެވެ. އަމީހާ މިގުދާދުގެ ބޭސް ހިފައިގެން ދިޔުމުން ރީމް ހިންދުއަށް ބަލާލައި ނިތްކުރި މައްޗަށް އަރުވާލިއެވެ.

“ކޮބާ…ރޭގަވީ ހުރިހާ ކަމެއް ކިޔައިދީ.. ރައްޓެހިވާން އެހީތަ” ރީމް ގޮސް ހިންދު ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ.

“މެރީ ކުރަން އެހީ” ހިންދު ދިނީ ކުރު ޖަވާބެކެވެ. ރީމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަވަހަށް ހިންދުގެ އުޅަބޮށީގައި ހިފައި ހަމަ އަސްލަށް ހޭ އަހާލިއެވެ.

“ވާވް… ޔޫ އާރ ލަކީ.. ވަރަށް އުފާވެއްޖެ.. ކޮން ދުވަހަކުން މެރީ ކުރަނީ.. ބޮޑު ވެޑިންއެއް ބާއްވާނެތަ” ރީމް އަވަސް އަވަހަށް ސުވާލުތައް އަތުރާލިއެވެ.  ހިންދު އެޔަށް ޖަވާބެއް ނުދީ ގަދަކަމުން ކުޑަކޮށް ހިނިތުންވެލިއެވެ.

“ކިހިނެތްވީ.. އަޝްވިން އެހެން އެއްޗެކޭ ވެސް  ބުނީތަ” ހިންދުގެ މޫނުމަތިން އުއްމީދު ކުރާ ވަރުގެ އުފާވެރިކަމެއް ނުފެންނާތީ ރީމް އަހާލިއެވެ.

“ނޫން.. އަޝްވިން ބުނީ ދެމީހުން އެކުގައި އުފާވެރި ހަޔާތެއް އުޅެން ބޭނުމޭ.. އެކަމަކު އަހަންނަށް އެއުފާވެރިކަން ހޯދައިދެވޭނެހެން ހީނުވޭ” ހިންދު މަޑުމަޑުން ބުނެލިއެވެ.

“ތިބުނީ ކީކޭ.. ހިންދު ބޭނުމެއް ނުވޭތަ އަޝްވިން އާއި މެރީކުރަން” ރީމްއަށް ނުވިސްނުނެވެ. މިއީ ހިންދުގެ އެއްމެ ބޮޑު ހުވަފެނެވެ.

އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ރީމް ގޮވައިގެން ހިންދު އެމީހުންގެ ކޮޓަރިއަށް ދިޔައެވެ. އޭރު އޭނާގެ އަތް ފައި ފިނިވާން ފަށައިފިއެވެ.

“މިތާ އިށީދޭ އަހަރެން ވަރަށް ބޮޑު ވަރަށް މުހިއްމު ވާހަކައެއް ބުނަން ބޭނުން” ހިންދު ގޮސް ރީމް އެނދުގައި ބޭންދިއެވެ. އަދި ރީމް ކުރިމަތީ ތަށިމުށި މަތީ އިށީދެ ރީމްގެ ދެއަތުގައި ބާރަށް ހިފާލިއެވެ. ރީމް ހުރީ މިވަމުންދާ ކަންތައް އެގެން ނުހަނު ބޭނުންވެފައެވެ.

“ހަނދާންވޭތަ އަހަރެން އޭލެވެލް ނިންމާފަ  އެއްރޭ ވަރަށް ދަންވަންދެން އަޝްވާއާއި ރީމްއާއި ވާހަކަ ދައްކަން އޮތް ރޭ މަތިން” ހިންދު ފަށައިގަތެވެ. ރޭ ނިދަން އޮތް އިރު މިވާހަކަ ދައްކާނެ ގޮތަކާއި މެދު ވަރަށް ވިސްނުނެވެ.


 

މީގެ ކުޑަ ދުވަސްކޮޅެއް ކުރިއެވެ. މަންމަމެން އެދުމުގެ ގޮތުން ހިންދު ރަށަށް ބަދަލުވީ މާލޭގައި ދިރިއުޅޭނެ ތަނަވަސްކަމެއް ނެތުމުންނެވެ. ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތައް ދިމާވި ނަމަވެސް ހިންދު އެކަންތަކަށް ކެތްކުރިއެވެ. ކޮންމެ ހިތާމައަކަށްފަހު އުފަލެއް ވާނެ ކަމަށް ގަބޫލުކުރިއެވެ. އަދި ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ކަމަށް ގަބޫލުކުރިއެވެ. ރަށަށް ދިޔުމާއި އެކީ ހިންދުއަށް އޭނާގެ ހަޔާތުގައި ކުރިމަތިވާނެ އެއްމެ ބޮޑު އިމްތިހާނާއި ކުރިމަތިވިއެވެ. އެތައް އަހަރެއް ފަހުން މަންމަގެ ލޯބީގެ ބަސްތައް ކަންފަތާއި ހަމައަށް ފޯރިއެވެ. ހިންދު ނިދަން އެރުމުން ބޮލުގައި ފުނާއަޅުވައި ނިތްކުރިއަށް އެތައް ފަހަރެއްގެ މަތިން ބޮސްދިނެވެ. މަންމައެއް ދަރިއަކަށް ކުރާނެ ތައުރީފާއި ސަނާ އަޑު އިވިގެން ދިޔައެވެ. އެރޭ ހިންދު ނިދީ ހުރިހާ އުފާތަކެއް އޭނާގެ އުނގަށް ޖަމާވެފައިވާ މީހެއްހެންނެވެ. މަންމަގެ ލޯބި ދަރިފުޅަށް އޭނާ ވެއްޖެކަމުގެ ފޮނި ހިނިތުންވުމާއި އެކީގައެވެ.

މިގޮތުގައި ބަރާބަރު ހަތް ދުވަސް ފާއިތުވެގެން ދިޔައެވެ. ޖެހިގެން އައި ހުކުރުވިލޭރޭ މަންމަ ދިން ހަބަރާއި އެކީ ހިންދުގެ ފައިދަށުން ބިންގަނޑު ކަޑައިގެން ނުދިޔައީ ކިރިއާއެވެ. ހަށި ވިއްކުން ފަދަ ނުބައި އަމަލަކަށް އަމިއްލަ މަންމަގެ ފަރާތުން އޭނާއަށް ދައުވަތު ލިބުނެވެ. މީހާގެ މުޅި ހަށިގަނޑުގައި ފިނިކަމެއް ފެތުރިގެން ދިޔައެވެ. ލިބުނު ޝޮކާއި އެކީ ހިތް ހުއްޓިގެން ނުދިޔައީ ނަސީބެކޭ ބުނެވޭނެ ހެއްޔެވެ؟ ހަޔާތުގެ ހުރިހާ ކަމަކަށް ކެތްކުރި ނަމަވެސް ކެތްތެރިކަމުގެ ހައްދެއްވެސް އޮންނާނެއެވެ. މަންމަގެ ކޯމަތީ ޖަހާލުމަށްފަހު ދުވަފައި ގޮސް އަމިއްލަ ކޮޓަރީގެ ފާހަނާއިގެ ދޮރުގައި ތަޅުލައިގެން މުޅި ރޭ ހޭދަކުރީ ރުއިމުގައެވެ. އެކުވެރިންނަށް ގުޅައިގެން އޭނާ މިކަމުން ސަލާމަތްކޮށް ދިނުމަށް އެދި އާދޭސްކުރިއެވެ. ލޮލުން ކަރުނަ ހުސްވާނެ ނަމަ ހިންދު ލޮލުން ކަރުނަ ހުސްވީހެވެ.

ޖެހިގެން އައި ދެހަފުތާ ހިންދު ގިނަ ވަގުތު ހޭދަކުރީ ކޮޓަރި ތެރޭގައެވެ. މަންމަ ފެނުނަސް ބިރުން ތުރުތުރު އަޅައެވެ. ކާން ބޭރަށް ނުކުންނަނި ކޮއްކޮމެން ސްކޫލުން ގެޔަށް އަންނަ ވަގުތާއި ދިމާކޮށެވެ. މަންމައާއި ވާހަކަ ދައްކަން ބޭނުން ނުވާތީ އެކަންޏެއް ނޫނެވެ. އެހެން މީހެއް ޝިކާރައަށް ވުމުގެ ފުރުސަތު ކުޑަވާނެތީއެވެ.

ހޮނިހިރު ވިރޭލެއެކެވެ. ފާހަނާގެ ތަށިމުށި މަތީގައި އަބަދުހެން އިށީދެގެން އިންނަން ޖެހުމުން ހިންދު އޭނާގެ އެނދުގައި އޮށޯވެލީ ހަށިގަނޑަށް އަރާމެއް ދިނުމަށެވެ. ލޯމަރާލީ އަރާމަށް ކަމަށްވިޔަސް އެއްގަޑި އިރު ނުވަނީސް ހިންދުއަށް ކުރިމަތިލާން ޖެހުނީ އަނިޔާއާއި އެވެ. އޭނާގެ ހަށިގަނޑަށް ފާރަވެރި ވެގެން ހުރީ އެއްމެ މީހެއް ނޫނެވެ. ދެމީހުންގެ ބާރުގައި ހިންދުގެ އިއްފަތްތެރިކަން ނަގާލަމުން ދިޔައިރު އެހީއަށް އެދޭނެ އެއްވެސް ގޮތެއް ނެތެވެ. އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑު ނަގައި މަންމާއޭ ކިޔައި ގޮވިއަސް ވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟ އެތެރެއިންނާއި ބޭރުން ތަޅުލެވޭ ގޮތަށް ހުންނަ އެކޮޓަރިއަށް ވަނުމަށް އެހީވެ ދިނީ އޭނާ ބަނޑުއަޅައި ވިހެއި މަންމަ ނޫން ދެން އެހެންމީހަކަށް ނުވާނެއެވެ. ހިންދު އުއްމީދުކޮށްގެން ހުރި އުސްގަނޑަށް ނޭރިގެން އުޅެނިކޮށް ކުރިއަށްވުރެ އަނދިރި އަދި ވޭންދެވިނި އަޑިގަނޑަކަށް ވެއްޓުނީއެވެ. އޭނާގެ އަބުރާއި އިއްޒަތް ގެއްލުނީއެވެ. ދުނިޔެ ތެރެއަށް ގެއްލުނީއެވެ.


 

“ހިންދު… އަޅެ… ނުރޮއި” ރީމް ތެދުވެގެން ގޮސް ހިންދު ގައިގައި ބައްދާލިއެވެ. ކުދިކުދިވެފައިވާ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބޭތޯއެވެ. އެރޭ ހިންދު އަޝްވާއަށާއި ރީމްއަށް ގުޅައި ހުރިހާ ހަގީގަތެއް ކިޔާ ދިނެވެ. އަދި ވީހާވެސް އަވަހަކަށް މާލެ ގެންދިޔުމަށް އެދުނެވެ. ރީމްއާއި އަޝްވާ އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވެ ދިނެވެ. މާލޭގައި ކުއްޔަށް ކޮޓަރިއެއް ނުހިފޭނެކަމަށް ސަކީނާ، ހިންދުގެ މަންމަ ބުނުމުން ދެމީހުންވެސް އެގޭގައި ހިންދު ބަހައްޓައި ދިނުމަށް އެދުނެވެ. އެރޭގެ ހާދިސާއަށް ފަހު ހިންދުއާއި ސަކީނާގެ ގުޅުން ހީނަރުވެގެން ދިޔައެވެ. އެރެއަށްފަހު އެކަހަލަ ގޯނާއެއް ނުލިބުނު ކަމުގައި ވިޔަސް ހިންދު އަދިވެސް ބިރުގަނެއެވެ. ނިދި މަޑުވެ ރޭގަނޑުގެ އަނދިރި ކަމަށް ބިރުގަނެއެވެ. ބިކަހާލުގައި އޭނާގެ ހަޔާތް ޖެއްސި މަންމައާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ. އެތައް ޝަކުވާތަކެއް ކުރަން ބޭނުންވި ނަމަވެސް ވެއެވެ. ކޮން ކުށެއް އޮވެގެން އޭނާއަށް ކުރި އަނިޔާއެއް ތޯ އަހަން ބޭނުމެވެ. މަންމަމެންނަކީ އަނިޔާއަށް ހިމާޔަތެކެވެ. ލިބޭ ދެރަތައް މަދުކޮށް ދަރިން އުފަލުގައި ބައިތިއްބަން މަސައްކަތް ކުރާ ބައެކެވެ. ނަމަވެސް ތަގުދީރު އޭނާގެ ހަޔާތުގައި މިޖެއްސީ މުޅިން ތަފާތު ކުލައެކެވެ.

“އެއީ މާޒީ.. އެމީހުން ކުރި ކުށެއްގެ އަދަބު ހިންދުއަށް ނުލިބޭނެ… ހުރިހާ ކަމެއް ވެސް އިން ޝާ ﷲ ރަގަޅުވާނެ” ހިންދުގެ ބޮލުގައި ފިރުމާލަމުން ރީމް އޯގާތެރިކަމާއި އެކީ ބުނެލިއެވެ.

“ކިހިނެތް ހުރިހާ ކަމެއް ރަގަޅުވާނީ.. އަޝްވިން އަހަންނާއި އިންނަން އަހާއިރު އޭނާއަށް ހުރިހާ ހަގީގަތެއް އެގުނަސް އަހަރެން ކިހިނެތް އަހަރެންގެ ވީނާރަވެފައިވާ ހަށިގަނޑު ގެ ހާލަތު ބުނެދޭނީ…… މިރެއާއި ހަމައަށް އަހަރެން ހީކުރީ ހިތި މާޒީއިން އަސަރުކުރާނީ އަހަންނަށް އެކަނި ކަމަށް.. އެކަމަކު ” ހުއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތައް އެއް އަތުން ފުހެލަމުން ހިންދު ވާހަކަ ދެއްކިއެވެ. ތުރުތުރު އަޅަމުންދާ ހާލުގައެވެ. މާޒީ ފޮރުވަން އެޅި ފަސްތައް ނަގައި އަލުން ކޮންނަން ޖެހުމުން ދެރަނުވާނީ ކާކު ހެއްޔެވެ؟

ރޭ ލޯގަނޑު ކުރިމަތީ ހުރެ ހިންދު ވިސްނީ އެކަމާއި މެދުގައެވެ. ހިތުގެ މިތުރަށް ހަގީގަތް އެގުނަސް އޭނާގެ ހަށިގަނޑުގައި އެވާ ލަކުނުތައް ފެނި އަޝްވިން އޭނާ މަތިން ފޫހި ނުވާނެ ހެއްޔެވެ؟ ހިތް ބިރުގަތީ އެހެންވެއެވެ.

“ހުއްޓާލާ ދެން.. އަހަންނަށް ޔަގީން ތިކަމަށް މަދުނުވާވަރަށް ރޮއެފަކަން ހުންނާނީ” ރީމް ހިންދުގެ މޫނުން ކަރުނަތައް ފުހެ ދިނެވެ. އަދި ހިންދުގެ އަތް ތިލާގައި ހިފާލަމުން އިސް އުފުލައި ދިނެވެ.

“އަޝްވިން އަކީ ހިންދު ތި ހީކުރާ ވަރަށް ވުރެ ވިސްނޭ މީހެއް. ހިންދުއެއްނު އަބަދު ބުނަނީ އަޝްވިންއަކީ ވަރަށް އޯގާތެރި މީހެކޭ.. އަހަންނަށް ޔަގީން އަޝްވިން އަށް މިކަން ވެސް ވިސްނޭނެކަން. އެހެންނޫނަސް އަޝްވިން ހިންދު ދެކެ ހަގީގީ ލޯބިވާ ނަމަ މާޒީ އަކީ މައްސަލައެއް ކަމަށް ނުނަގާނެ. މިކަމަކީ ހިންދު ބޭނުންވެގެން ކުރި ކަމެއްވެސް ނޫނެއްނު.. މަޖުބޫރުވީ..” ރީމް ބަލަމުން ދިޔައީ ރޮމުން ދާ ހިންދު ހަމައަކަށް އެޅުވޭތޯއެވެ.

“ހިންދު ބޭނުން ނަމަ އަހަރެން އަޝްވިންއަށް ގުޅައި ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނެފާނަން.. އަދި ހިންދުއަށް ނުކެރޭނެ ނަމަ އަހަރެން މިވާހަކަ ކިޔައިވެސް ދީފާނަން.. ދެން މިއަދު ތިކަމާ މާބޮޑަށް ނުވިސްނާ.. ރޮމުން ރޮމުން ގޮސް ދެލޯ ފާރުވާ ހިސާބަށް ގޮސްފައެއްނު ތިހިރީ.. ” ރީމް ބުނެލިއެވެ.

“ނޫން.. އަހަރެން އަމިއްލައަށް ކިޔައިދޭނީ” ކޮޅަށް ތެދުވަމުން ހިންދު ބުނެލިއެވެ.

“އަހަރެން މަޑުކުރަންވީތަ” އަޝްވިންއަށް ގުޅަން ހިންދު ފޯނު ނެގުމުން ރީމް ބުނެލިއެވެ.

“ރީމް އިހަށް ދޭ، ރީމް ހުރިއްޔާ އިތުރަށް ރޮވިދާނެ” ހިންދު ބުނެލިއެވެ.

“އޯކޭ އަހަރެން ދަނީ ބަދިގެޔަށް، ނިއްމާފަ އާދޭ އިނގޭ” އެހެން ބުނެލުމަށްފަހު ރީމް ދިޔައެވެ.


 

ހެނދުނު އަށެއް ޖަހަނީއެވެ. ހުކުރު ދުވަހަށް ވުމުން އީޝް ނިދީ އަޝްވިންގެ ކޮޓަރީގައެވެ. އީޝް އަކީ ނިދި މަޑު ކުއްޖެކެވެ. އެހެންކަމުން އަޝްވިން ފަތިސް ނަމާދަށް ތެދުވި އިރު ތެދުވެގެން އަޝްވިންއާއި ދެމީހުން އެކުގައި ނަމާދުކުރިއެވެ. އަދި އަޝްވިން ނިދަން އެރުމުން ކައިރީގައި އޮށޯވެ ނިދަން އުޅުނެވެ. އީޝްއަކީ އެކުގައި އުޅޭ މީހުންގެ އަމަލުތައް މިސާލަކަށް ނަގައިގެން އުޅޭ ކުއްޖެކެވެ. ކަމެއް ކުރާ ތަން ފެނިއްޖެނަމަ އެގޮތް އަވަހަށް ދަސްކޮށްލައެވެ. އަޝްވާއާއި އަޝްވިން އާއި އެކީ ނަމާދަށް އަރައެވެ. އަސްރާރު ފޮތެއް ނަގައިގެން އިންނަ ތަން ފެނިއްޖެ ނަމަ އޭނާ ގެންގުޅޭ ފޮތް ނަގައިގެން ކައިރީގައި އިދެއެވެ.

އީޝްއަށް ހޭލެވުނީ ކައިރީގައި އޮތް އަޝްވިންގެ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ކާކުކަން ނޭނގި އީޝް ފޯނު ނަގާލިއެވެ. އަދި ނޭނގި ފޯނު ސްޕީކަރަށް ލެވުނެވެ.

“ހަލޯ އަޝްވިން” އެކޮޅުން ވާހަކަ ދެއްކީ ހިންދު އެވެ.

“ބައްޕަ ނިދަނީ” އަޝްވިންއަށް ބަލާލުމަށްފަހު އީޝް ބުނެލިއެވެ.

“އީޝްތަ… އީޝް ސައިބޮއިފިންތަ” ހިންދު އަހާލިއެވެ. ހިންދުގެ އަވަސްވެފައިވާ ހިތަށް ހަމަޖެހުމެއް ލިބުނީ ހީކުރި ގޮތާއި ހިލާފަށް އީޝް ފޯނު ނެގުމުންނެވެ.

“ނޯ… ހިންދު ދައްތަ އާދޭ ކޮއްކޮ ގޮވައިގެން ޕާކަށް ދާން، ބައްޕަ ބުނީ ހިންދު ދައްތަ….” އީޝް ވާހަކަ މެދު ކަނޑާލީ އަޝްވިން އީޝް އަތުގައި އޮތް ފޯނު ނެގުމުންނެވެ.

“ބައްޕަ ބުނީ ކީކޭ” އީޝް ޖުމްލަ ފުރިހަމަ ނުކުރުމުން ހިންދު އަހާލިއެވެ. އޭރު އަޝްވިން އީޝް ވާހަކަ ދައްކަމުން ދިޔައީ ހިންދުއާއި ތޯ ބަލަން ގުޅައިގެން ހުރި ނަންބަރު ބަލައި ޗެކުކުރަމުން ދިޔައެވެ.

” ބުނޭ ބައްޕަ ބުންޏޭ ބައްޕަ ވަރަށް ލޯބިވެއޭ ހިންދު ދައްތަ ދެކެ” އީޝް އަތަށް ފޯނު ދީ އީޝްގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އީޝް އަޝްވިންއަށް ބަލައި ފުޅާކޮށް ހިނިތުންވެލިއެވެ.

“ބައްޕަ ބުނީ ހިންދު ދައްތަ ދެކެ ބޮޑުކޮށް ލޯބިވެއޭ” އީޝް ހެވިފައި ބުނެލިއެވެ.

އީޝް އެހެން ބުނުމުން އަސްލަށްހޭ ބުނެ ހިންދު ހީލި އަޑު އަޝްވިންއަށް އިވުނެވެ.

އަޝްވިން އުޅުނީ އީޝް މެދުވެރިކޮށް ހިންދުއާއި ވާހަކަ ދެއްކޭ ތޯއެވެ. އެހެންނަމަވެސް އީޝް ތެދުވި ވަގުތު ފޯނު ކެނޑުނެވެ. އަޝްވިން ހިންދުއަށް ގުޅާލަން ހިތަށް އެރިއެވެ. ނަމަވެސް ނަސީބު ދެރަ ކަމުން ފޯނުގައި ގުޅާނެ ލާރިއެއް ނެތެވެ.


 

ބުރާސްފަތި ދުވަހު މެންދުރު ދިޔަ ގޮތަށް ޑިޔުޓީ ނިންމާލުމަށްފަހު ޝަނުމްއަށް ގެޔަށް އާދެވުނީ ދަންވަރު ތިނެއް ޖަހައި ބޮޑުވި ފަހުންނެވެ. ކުޑަކޮށް ނިދާލައި ފަތިސް ނަމާދުކޮށްގެން އިރުކޮޅަކު ނިދާލުމަށްފަހު ޝަނުމް މަތީ ބަޔަށް ދިޔައީ ބޮޑު ދައިތައާއި ބައްދަލުކޮށްލުމަށެވެ. މިއަދު މީކާއިލް މާލެ އަންނާތީ އެވާހަކަ ދައްކާލުމަށެވެ.

ޝަނުމް އެބަޔަށް ދިޔައިރު އަޝްވާ ފޮތްތައް ހިފައިގެން ސިޓިންރޫމުގެ ސޯފާގެ މޭޒު ދޮށުގައި އިނެވެ.

“ބޮޑުދައިތަމެން އެބަ އުޅޭތަ” ޓީވީއަށް ގެއްލިފައި އިން އަޝްވާއަށް ބަލާލަމުން ޝަނުމް އަހާލިއެވެ.

” ހޮސްޕިޓަލުގައި އޮތް ރައްޓެއްސަކާއި ބައްދަލުކޮށްލަންށޭ ކިޔާފަ ބައްޕައާއި ދެމީހުން ދެންމެ ބޭރަށް ނިކުތީ.. ކަމެއް ކޮށްދޭން ވީތަ” އަޝްވާ އަހާލިއެވެ.

“ނޫން.. މީކާއިލް އަންނާތީ އެއާރޕޯޓަށް ދާވަހަކަ ބުނެލަން މިއައީ.. ކިޔަވަން ފޮތް ނަގައިގެން ކޯއްޗެއްތަ ތިބަލަނީ ޓީވީއިން” ސޯފާގައި އިށީންނަމުން ޝަނުމް  އަހާލިއެވެ.

“މެންދުރަށް ކައްކާނެ ރަގަޅު އެއްޗެއް ފެނޭތޯ މިއުޅެނީ.. ޝަނުމް ސައިބޮއިފިންތަ” އަޝްވާ ޝަނުމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“ޓީވީއިން ދައްކާ ޕުރޮގުރާމަކުން ނޭނގޭނެ މީރުކޮށް ކައްކަން.. ބަދިގެޔަށް ވަދެ ކައްކަން އުޅެގެން ވާނީ”  ޝަނުމް ޓީވީ އަށް ބަލާލަމުން ބުނެލިއެވެ.

“ޝަނުމްއަށް އެނގޭތަ ވަރަށް މީރުކޮށް ކައްކަން” އަޝްވާ އަހާލިއެވެ.

“އަހަރެންގެ ކެއްކުން ނުބައޭ ނުބުނޭ އެއްވެސް މީހަކު.. އެހެންމީހުންނަށް ކަމު ދިޔަސް އަޝްވާއަށް ނުބައި ވެދާނެއެއްނު” ހިނިތުންންވެލަމުން ޝަނުމް  ބުނެލިއެވެ.

“ތިއެއް އެނގޭނީ ކައްކާފަ ކާން ދިނީމައެއްނު” އަޝްވާ ބުނެލިއެވެ.

“ޗެލެންޖެއް ދޯ ތިކުރީ.. އާދޭ އަހަންނާއި އެކު ބަދިގެޔަށް.. އަޝްވާއަށްވުރެ އަހަރެންގެ ކެއްކުން ވަކި ދެރައެއް ނުވާނެ. ބަރަބޯ މަސްހުނިން އެކަނި އަޝްވާއަށް ކުރި އެރޭނީ” ޝަނުމް އިންތަނުން ތެދުވަމުން ބުނެލިއެވެ.

ދެމީހުން އެކުގައި ގޮސް ބަދިގެޔަށް ވަނެވެ. އަޝްވާ ކުކުޅު ފިހަން ބޭނުންވާ ހުރިހާ ސާމާނެއް މޭޒު މައްޗަށް ނެގިއެވެ. މިއަދު ކައްކަން ގަތް ކުކުޅު ފުރިޖުން ނަގައި ގަނޑުކަން ފިލުވުމަށް ސިންކު މަތީ ބޭއްވިއެވެ.

“އަޝްވާ އިދޭ ބަލަން..  މެންދުރަށް ކުކުޅު ތައްޔާރު ކުރާނީ އަހަރެން އެކަނި” ވަޅިއާއި ކަޓިން ބޯޑު އަޝްވާ އަތުން ނަގަމުން ޝަނުމް ބުނެލިއެވެ.

“ކޮން ތާކުން ޝަނުމް ތިހާ މޮޅަށް ކައްކަން ދަސްކުރީ، އަހަރެން ހީކުރީ ފިރިހެނުންވީމަ އެއްމެ ކުޑަމިނުން ބަތް ކައްކަންވެސް ނޭނގޭނެ ކަމަށް” އަޝްވާ ޝަނުމް ކުރިމަތީ އިން ގޮނޑީގައި އަށީދެލަމުން ބުނެލިއެވެ.

“ތީ އޭ އަންހެނުންގެ މައްސަލައަކީ.. އަންހެނަކަށް ނިސްބަތްކޮށް ކަމެއް ނުކުރެވޭނެއޭ ބުނެފިނަމަ އައިސް ރޮލާ ކާލާނެ.. މިހާރުވެސް ދުނިޔޭގެ މޮޅެތި ޝެފުންނަކީ ފިރިހެނުން.. ކުޑަ އިރު ބަތްކައްކާ ކުޅެން ކުދިން ދުވެ އުޅުނު އިރު އަހަރެން އުޅުނީ އަމިއްލަ ގޭގެ ބަދިގެ ހިންގުމުގައި.. ދައްތަ އަންނަންވާއިރަށް ކަޅު ސައާއި ބަތާއި އަދި ސަޓަނި ތައްޔާރުކުރަން.. ބޮޑުދައިތަ ޖެހޭނީ ހަމައެކަނި ގަރުދިޔަ ނޫނީ ރިހަ ކައްކަން.. ” ޝަނުމް ބުނެލިއެވެ. އޭރު ފިޔާކޮށައި އެހެން ބާވަތްތައް ކޮށުމުގައި އުޅުނެވެ.

“ފިރިހެނުނަންނަށް ކައްކަން އެގޭނެ ނަމަ ކީއްވެޔޯ އެއްމެ އިރަކުވެސް ބަދިގެޔަށް ވަދެ އެހީވެ ނުދެނީ.. ކައްކަން އެގޭ މީހެއް ނަމަ އެނގޭނެ އެއީ ކުޑަކަމެއް ނޫންކަން…. ފިރިހެނުން ހަމަ ކަންނެތީ” އަޝްވާ އަންހެނުންގެ ދިފާއުގައި ބުނެލިއެވެ.

“ފިރިހެނުން ބޭނުންވަނީއޭ ލޯބިވާ އަބިމީހާ ނޫނީ ކޮއްކޮ ކައްކާފަ ދޭ އެއްޗެހި ކާން.. ލޯބިވާ މީހެއް ކައްކާފަ ދޭ އެއްޗެއް ކެއުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” ޝަނުމް އަޝްވާއަށް ބަލާލަމުން ބުނެލިއެވެ. އޭނާ މިގެޔަށް ބަދަލުވި ފަހުން ހެނދުނު ސައިބޯން އަންނަ ނަމަ އަޝްވާ އޭނާއަށް އެއްމެ މީރު ބަރަބޯ މަސްހުނި ތައްޔާރު ނުކުރާ ދުވަހެއް ނުދެއެވެ. އަޝްވާ ތައްޔާރު ނުކުރި ހަމައެކަނި ދުވަހުވެސް އޭގެ ރަހައިގައިވާ ތަފާތުކަން ދެނެގަންނަން ޝަނުމްއަށް އުނދަގޫ ނުވިއެވެ.

ދެމީހުން އެކަހަލަ ވާހަކާއިގައި ތިއްބާ އެތަނަށް ނަދީމާ އައީ މެންދުރުގެ ކެއުން ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ގަންނަން ޖެހެނީ ކޯއްޗެއްތޯ ބަލާލުމަށެވެ.

“ޝަނުމް މިއަދު މީ ހާއްސަ ދުވަހަކީތަ.. ދައްތަ ކައިރީ ބުނިނަމަ ތިހުރިހާ ކަމެއް ކުރަން އަންނާނަމޭ… އަޝްވާ، ދަރިފުޅާ ތިހެން ނީދެ ޝަނުމްއަށް އެހީވެދީ ބަލަ.. އެއޮތް ބޮޑު ކުކުޅު ޝަނުމް އެކަނި ކިހިނެތް ކައްކާނީ” ނަދީމާ ބުނެލިއެވެ. އަޝްވާ ވެގެން އުޅޭ ގޮތް ނަދީމާއަށް ކިޔާ ދިނެވެ.

“ތިހެންވިއްޔާ ދައްތައަށްވެސް ރަހަ ދައްކާލައްޗޭ.. މިގޭ އުޅޭ ޝައިމްއާއި އަޝްވިންވެސް ވަރަށް މޮޅުވާނެ ކައްކަން” ނަދީމާ މޭޒު ކައިރިއަށް ޖެހިލައި ޝަނުމްގެ ކެއްކުމުގެ ހުނަރު ބަލާލިއެވެ. ވަރަށް ފަރިތަ އަދި ގިނަ ތަމްރީމްތަކެއް ލިބިފައި ހުރިކަން އަތުގެ ހަރަކާތްތަކުން އެނގެއެވެ.

“ދެކުދިން މިއަދުގެ ކެއުން ތައްޔާރު ކުރޭ.. ދައްތަ މިދަނީ މާދަމާއަށް ބޭނުންވާ ސާމާނުކޮޅެއް ގަނެލަން މާރުކޭޓަށް”  ނަދީމާ އެހެން ބުނެލުމަށްފަހު ގޭގައި  ނެތް ތަކެތީގެ ލިސްޓެއް އޭނާ ގެންގުޅޭ ފޮތުގައި ލިޔެލިއެވެ. ކޮންމެ މަހަކުވެސް ކާން ބޭނުން ކުރާ ހުރިހާ ސާމާނެއް ގަންނަން އަސްރާރު ހުންނަނީ ނަދީމާ އަތަށް ވާވަރަށް ލާރި ދީފައެވެ.

“އަވަނު ހިކާ ހޫނުމިނެއްގައި ބަހައްޓައިގެންތަ މެންދުރަށް ކުކުޅު ރަގަޅަށް ރޯފިލާނީ” އަވަނަށް ކުކުޅުލަމުން ޝަނުމް އަހާލިއެވެ.

ހުކުރުން ފައިބައިގެން އައިސް ޝަނުމް މަތީ ބަޔަށް ދިޔައިރު އަޝްވާ މޭޒުމަތި ތަރުތީބު ކުރުމުގައި އުޅުނެވެ. ޝަނުމް އޭނާ އަވަނަށް ލީ ކުކުޅު ނަގައި މޭޒު މައްޗަށް އެރުވުމައިގެން އުޅުނެވެ.  ދެމީހުންގެ ދޭތެރޭ މާބޮޑު ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ބަލާއިރު އެބެލުންތަކުގައިވާ ލޯތްބާއި އެކަކު އަނެކަކަށް އެދޭވަރު ހާމަވެއެވެ. އަޝްވާ ހިނިތުންވެލާއިރު ޝަނުމް ހިތުގައި އެމަންޒަރު ބިންވަޅު ނަގަމުން ދިޔައެވެ.  ލައިގެން ހުރި މަޑު ފެހި ކުލައިގެ ގަމީހުގެ އަތްކުރި އޮޅާލައި ޝަނުމް ފަރުވާތެރި ކަމާއިއެކު ކުކުޅު މޭޒުމައްޗަށް ނަގަމުން ދިޔައިރު އަޝްވާއަށް އެތަން ނުބަލާ ނުހުރެވެނީ އޭނާގެ ބަސްނާހާ ހިތުގެ ސަބަބުންނެވެ.

ކެއުމަށް އިންސާފުކުރުމަށް އަޝްވާގެ އިތުރުން ގޭގެ އެހެން މެންބަރުން މޭޒު ދޮށަށް ޖަމާވިއެވެ.

އަސްރާރު ހަފީޒާއާއި އިންފަހުން ގިނަ ވަގުތު ދެމީހުން އެކުގައި ހޭދަކުރެވޭތޯ ބަލައެވެ. ޒުވާން އިރު ދަތުރު ކުރުމުގައި އުޅުނު ކަމުގައި ވިޔަސް މިހާރު އަސްރާރު ގިނަ ވަގުތު ހޭދަކުރަނީ ހަފީޒާއާއި ދަރިން ކައިރީ މާލޭގައެވެ.

ޝައިމްއާއި މަލަކާއާއި ދޭތެރޭ ކުޑަ ހަމަނުޖެހުމެއް ހިގުމުން ކާއިންއާއި އެއްކޮށް ޝައިމް ވަނީ ރޭގައި ރިސޯޓަކަށް ފުރާފައެވެ. މަލަކާ ކައިރިން ވެގެން އުޅޭ ގޮތް ނޭހިގެން އަޝްވާ އުޅެނީ ރޭ ޑިޔުޓީއަށް ދިޔަ ގޮތަށް ގެޔަށް އައީ ދެންމެ ކަމަށް ވާތީއެވެ.

އަޝްވިންވެސް އީޝް ގޮވައިގެން އައިސް މޭޒު ދޮށުގައި އިށީނެވެ.

“ހާދަ މީރުވަސް ދުވެޔޭ… މިހާރު މިގޭ ހުރިހާ ކަމެއް ކުރަނީ ޝަނުމްއާއި އަޝްވާއާއި ދެކުދިން ދޯ.. ހަފީޒާއާއި ނަދީމާއަށް އޮންނަނީ ބާޒާރަށް ދިޔުން އެކަނިހެން ހީވޭ” އަސްރާރު އައިސް އޭނާ އަބަދުވެސް އިންނަ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

“އެދެކުދިން އެކަންޏެއް ނޫން.. މަލަކާވެސް ބަދިގޭގަ އުޅެއޭ” ހަފީޒާ އަސްރާރު ބުނި ވާހަކައާއި ގުޅުވައިގެން ބުނެލިއެވެ.

“އަޅުގަނޑަށްވުރެ ބޮޑަށް އަޝްވާ ބަދިގޭގަ އުޅެނީ.. އަޅުގަނޑަށް އޮންނަނީ ގޭތެރެ ފޮޅާ ސާފުކުރުން.. ޝަނުމްއާއި ދެމީހުން އެކަނި ތިބެގެން މިގޭގެ އެއްމެނަށް ކައްކާލާ” މަލަކާ ކުޑަކޮށް ހީލަމުން ބުނެލިއެވެ.

“ބައްޕައަށް ހެޔޮ ކޮންމެ ކުއްޖެއް ކޮންމެ މަސައްކަތެއް ކުރިއަސް.. ހުރިހާ ކުދިން ހަމަޖެހިގެން އެއްބައިވެގެން އުޅުނީމަ ނިމުނީ… އެހެން ބުނީމައޭ ހަނދާން މިވީ.. ޝައިމް ކުއްލިއަކަށް ކޮންތާކަށްތަ އެދިޔައީ… އިދެގެން މާ ގިނަ ދުވަސްނުވާތީ  އޮފީސް ދަތުރުތަކުގައިވެސް ނުފޮނުވަން އުޅުނީ” އަސްރާރު ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.

“އަޅުގަނޑާއި އިނުމުގެ ކުރިންވެސް ޝައިމް ދާން ނިންމާފަ އޮތް ދަތުރަކަށްވީމަ އެއީ ދެން މާ ބޮޑު މައްސަލައެއް ނޫން. އަޅުގަނޑު ކަންބޮޑުވަނީ އަޝްވާ އެކަނި އޮފީހުގައި އުޅެން ޖެހޭނެތީ.. ޑޮކުޓަރުވެސް ބުނުއްވިއެއްނު އެހާ ބުރަކޮށް ނޫޅޭށޭ” މަލަކާ ބުނެލިއެވެ. ޝައިމް ދިޔުމުން ދެރަވިޔަސް އެކަން ފޮރުވަމުންނެވެ.

“އާން.. އަޝްވާ މިހާރުވެސް މާ ބުރަކޮށް ތިއުޅެނީ.. ބައްޕަ ނަދީމާ ގެނެސްފައި ހުންނަނީ ތިކުދިންނަށް ފަސޭހައަކަށޭ.. މީގެ ފަހުން ބަދިގެޔަށް ވަނަސް އެހާ ބުރަކޮށް ނޫޅޭތި.. ބޮޑު ކަމެއް ނަމަ ނަދީމާއާއި ހަވާލުކުރޭ.. ” އަސްރާރު ނަސޭހަތްތެރިވިއެވެ.

“ރީމްއާއި ހިންދު އޮފީހަށް ނުކުމެފިތަ މިހާރު” ކެއުމުގެ ތެރެއިން އަސްރާރު އަހާލިއެވެ. އަޝްވާ ދެކޮޅަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“އެ ކީއްވެ ޔޯ.. ވަޒީފާ ބޭނުން ނުވަނީތަ” އަސްރާރު ހައިރާންވެފައި އަހާލިއެވެ.

“އަޅުގަނޑު އަދި ނުބުނަން އެމީހުންނަށް ވަޒީފާ ހަމަޖެހުނު ވާހަކަ.. އެހެންނޫނަސް އަޅުގަނޑަށް ހީވަނީ ހިންދު ބޭނުންވަނީ ސުކޫލަކުން ޓީޗަރެއްގެ މަގާމުހެން.. އެކަހަލަ ވާހަކަތެއް މީގެކުރިން ދެއްކި” ސީދާ ކަން ހިނގައިދިޔަ ގޮތް ބުނަން އަޝްވާ ޖެހިލުންވިއެވެ.

“ތެދެއްތަ އަޝްވިން… ހިންދު ވަޒީފާއެއް ހޯދަން އެވަރުން އުޅޭއިރު ދަރިފުޅުވެސް ޖެހޭނެއެއްނު އެހީވެދޭން..” އެއްމެ ކައިރީގައި އިން އަޝްވިންއަށް ބަލާލަމުން އަސްރާރު އަހާލިއެވެ.

“އަޅުގަނޑުވެސް އެބަލަން ވަޒީފާއެއް ހަމަޖެހޭތޯ.. މިދުވަސްކޮޅުގެ ގޮތުން ހީވަނީ ފުރުސަތުތައް ގިނަ ވާނެހެން” އަޝްވިން ބޯ ކަހާލުމަށްފަހު ބުނެލިއެވެ. ދުވަސްކޮޅަކީ ތައުލީމީ އާއަހަރުގެ ދުވަސްތައް ފެށިގެން އުޅޭ ދުވަސްކޮޅު ކަމުން ބައިވަރު ސުކޫލުތަކުން އެކި ފުރުސަތުތައް ހުޅުވާލާފައިވެއެވެ.

ކެއުން ނިއްމާލުމަށްފަހު މަލަކާ އާއި ހަފީޒާ ތަށިތައް ދޮންނަން އުޅުނެވެ. އަޝްވާ ތިރީ ބަޔަށް ދިޔައީ މަލަކާ ބުނެގެން ފޯނު ޗާޖަރު ބަލައެވެ.

އަޝްވާ ޗާޖަރު ހިފައިގެން މަލަކާމެން ކޮޓަރިން ނިކުތްއިރު ލޮލުގައި އަޅައިގަތީ ބެލްކަނީގެ ރެއިލިންގައި އަތް ވިއްދައިގެން އިން ޝަނުމްއެވެ. ޝަނުމްއަށް މާބޮޑު ސަމާލުކަމެއް ނުދީ އަޝްވާ ދާން ހިނގައިގަތެވެ.

“އަޝްވާ މިތާ ކީއްކުރަނީ” އަޝްވާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ޝަނުމް ގޮވާލުމުންނެވެ.

“މަލަކާ ބުނެގެން ޗާޖަރު ބަލާ މިއައީ” އަތުގައި އޮތް ޗާޖަރު ދައްކާލަމުން އަޝްވާ ބުނެލިއެވެ.

“އަޝްވާއަށް ލަސްނުވަންޏާ އަހަރެން ވާހަކައެއް ދައްކާލަން ކުޑައިރުކޮޅަކު މަޑުކުރެވިދާނެތަ” ޝަނުމް އަޝްވާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. ޝަނުމް އުޅުނީ ކެއުން ނިންމާލުމަށްފަހު އެއާރޕޯޓަށް ދާށެވެ. ނަމަވެސް ފުލައިޓް ލަސްވުމުން ހަވީރު ދާން މަޑުކޮށްލީއެވެ.

ޝަނުމް ހުރީ ހިތުގެ ހާލަތު އަޝްވާއަށް ކިޔައިދޭން ކެތްމަދުވެފައެވެ. އެއްގެޔެއްގައި އުޅޭއިރުވެސް ހިތަށް ލިބެމުންދާ އުނދަގޫ ވަކި ކުޑައެއް ނޫނެވެ.

“މަޑުކުރެވިދާނެ.. ކޮން ވާހަކައެއް ދައްކަން ބޭނުންވަނީ” ޝަނުމް ދައްކަން އުޅޭ ވާހަކަ ނޭނގޭ ހާލު އަޝްވާ އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ބަދަލު … 02 ވަނަ ބައި

Next

ނޫޫރު (އަށާވީސްވަނަ ބައި)

Next
January 26, 2018

ނޫޫރު (އަށާވީސްވަނަ ބައި)

Previews
January 26, 2018

ބަދަލު … 02 ވަނަ ބައި

50 Comments!

  1. maroon says:
    January 26, 2018 at 5:52 pm

    Hello dear readers. Happy friday.
    Kommeves kujje mndf gai ulhey iru duties thah maroon ah mail kohdhyba.
    And hope u like this part too. Mistakeh oiy nama buneladheythi.
    Kommeves kujje suggest kuri ashwa weight loose kuran. But i dnt think i will do it. Give me ur opinion on this too. Loves tc ???

    What Twits do you think will happen next?

    1. Shudha says:
      January 26, 2018 at 6:25 pm

      dear i ll mail u tonight with my bro’s email… i dont have my own… ashwa ge weight loose kurun ehaa muhimmeh nun… nobody’s perfect… im she is beautiful.. yah and 10 ge kurin balaanan mail kureveytho… story varah nice.. waiting for next part… loves❤?

    2. maroon says:
      January 26, 2018 at 6:33 pm

      Hey love v v ufaa vejje. Thts my point too. She is beautiful the way she is. Thanku so much shudhaage support ah. Loves Tc ❤❤❤

    3. maroon says:
      January 26, 2018 at 9:51 pm

      Hey shudha i got ur mail. ❤

  2. maikko says:
    January 26, 2018 at 5:59 pm

    VarahVarah varah varah reeethi….. Waiting for the next part……???

    1. maroon says:
      January 26, 2018 at 6:14 pm

      thanku maikko ?

  3. Lia says:
    January 26, 2018 at 6:06 pm

    Ashwa kmme gothakah huhtas shanum loabi ve ehnun so weight loose kurun ehaa importnat kamakah nufeney… btw me first dhhe.. v v v reethi mivaahaka . Alah comment mi kohly ekam regular koh kiyan.. gud luck n love u .. waiting for the next part .. ly ???

    1. maroon says:
      January 26, 2018 at 6:15 pm

      Thats true. v ufaa vejje comment kollyma. loves and thanku ?

  4. Sheera says:
    January 26, 2018 at 7:04 pm

    Wow mihaar kiyey emme emme reethi vaahaka mii… Loved it … Maroon ??

    1. maroon says:
      January 26, 2018 at 7:28 pm

      Thanku sheera ? v v ufaa vejje

  5. sam♥ says:
    January 26, 2018 at 7:12 pm

    ♥♥♥♥♥

    1. maroon says:
      January 26, 2018 at 7:28 pm

      Thanku sam ?

  6. Hairaan says:
    January 26, 2018 at 7:37 pm

    Wow

    1. maroon says:
      January 26, 2018 at 8:07 pm

      Thanku hairaan ?

  7. syle says:
    January 26, 2018 at 7:38 pm

    Shanum libeyn jeheynee ashwa ah ingey???

    1. maroon says:
      January 26, 2018 at 8:07 pm

      Ok. Thanku syle. Thihen ves vedhaane ?

  8. mellow says:
    January 26, 2018 at 7:57 pm

    eyyy omg hindh and asween be so cute istg! shanum and ashwa ves hama heski loabi!

    1. maroon says:
      January 26, 2018 at 8:08 pm

      Thanku mellow yh i think too ?

  9. Hashaa says:
    January 26, 2018 at 8:04 pm

    Wow

    1. maroon says:
      January 26, 2018 at 8:08 pm

      Thanku hashaa ?

  10. Zilaa says:
    January 26, 2018 at 8:10 pm

    Story vrh salhi and waiting waiting for the next part

    1. maroon says:
      January 26, 2018 at 9:15 pm

      Thanku zilaa ?

  11. mishy says:
    January 26, 2018 at 8:28 pm

    ♥♥♥♥♥♥♥♡♡♡♡♡★★★★★★☆☆☆☆☆

    1. maroon says:
      January 26, 2018 at 9:15 pm

      Thanku mishy ?

  12. jeen says:
    January 26, 2018 at 9:03 pm

    މިބައި ވެސް ވަރަށް ރީތި.. ވަރަށް ގިނަ ދުވަސްކޮށްފަ އެސްފިޔައިން ވާހަކަ ކިޔަން ފެށީމި.. ރީތިވާނެހެން ހީވާތީ ކިޔަންފެށީ.. ވާހަކަ ވަރަށް ރީތި.. މެރޫންގެ ކުރިން ކިޔުން ވާހަކައަށް ވުރެ އަދި މި ވާހަކަ މާ ރީތި.. ވާހަކަ ލިޔުމުގައި ވެސް ކުށް ވެސް ވަރަށް މަދުކަން ފާހަގަ ކުރެވޭ.. އަދި ދުވަހުން ދުވަހަށް އަޕް ކުރާތީ ވަރަށް އުފާވޭ.. ދެން ކިހިނެއްބާއޭ ވާނީ ހިތަށް އަރަނީ؟

    1. maroon says:
      January 26, 2018 at 9:16 pm

      Thanku jeen. Good to knnow that m improving. Dhn vaa gotheh balamaa maadhamaa dhw. ?

  13. Zaaraa says:
    January 26, 2018 at 9:03 pm

    V salhi ?? waiting for next part ????

    1. maroon says:
      January 26, 2018 at 9:16 pm

      Thanku zaaraa ?

  14. Aki says:
    January 26, 2018 at 9:06 pm

    v reethi mi part ves.. konme henves shanum loabivaa kan asvaa ah bunedheythi

    1. maroon says:
      January 26, 2018 at 9:17 pm

      Thanku Aki. Sure ?
      ?

  15. Xxxx says:
    January 26, 2018 at 9:16 pm

    V.nice dear ?????

    1. maroon says:
      January 26, 2018 at 9:18 pm

      Thanku xxxx ?

  16. Mai says:
    January 26, 2018 at 9:29 pm

    Vv reethi mi part vx.. dhnn bai vx avahah up khlladheychey.. mai ah vx hyvany ashwa weight loose kurun ehaa imp eh noon hn.. i love this story

    1. maroon says:
      January 26, 2018 at 9:53 pm

      Thanku mai. Thts my thought too. In sha Allah.
      ?

  17. Any says:
    January 26, 2018 at 9:48 pm

    V reethi an molhu Masha Allah

    1. maroon says:
      January 26, 2018 at 9:54 pm

      Thanku Any ?

  18. Zuam says:
    January 26, 2018 at 9:57 pm

    Wow….varah varah varah reethi……
    Waiting

    1. maroon says:
      January 26, 2018 at 10:06 pm

      Thanku zuam ?

  19. Pinky shifoo says:
    January 26, 2018 at 9:59 pm

    Wow ????… Varah varah reethi mi part vx.. I’m speechless hama ??.. I don’t think that ashvaa needs to loose her weight because the way she is, she is beautiful.. ????.. Waiting for next part maroon.. Loves ????

    1. maroon says:
      January 26, 2018 at 10:08 pm

      Thanku pinky shifoo i was waiting for your comment . Yh she is ?
      Loves?

  20. Mixuhan says:
    January 26, 2018 at 11:17 pm

    Alhey haadha reeiichey mi part vx maroon..next part kiyaahithun keii madhuvehje..avahah upkhdhehchey.. Love your stories?

    1. maroon says:
      January 27, 2018 at 12:09 am

      Thanku mixuhan. Good to see ur comment every part
      ?

  21. Kitty ❤️ says:
    January 26, 2018 at 11:59 pm

    Mi story varah reethi ❤️❤️
    Ashvaa n shanum gulhuvahchey ☺️?
    Cmnt nukuriyas story baraabarah kiyan ingey ☺️ waiting ❤️

    1. maroon says:
      January 27, 2018 at 12:10 am

      Thanku kitty
      Maybe that might happen
      Good to see comments
      ?

  22. Hama bunely says:
    January 27, 2018 at 12:33 am

    Thalahssee e ee baheh noon hn heevany aslu bahaky thasallee ..
    Mi vrh reethi vaahaka eh cmnt nukurias hurihaa baeh vs kian..
    Waiting for the nxt part.. ??

    1. maroon says:
      January 27, 2018 at 12:40 am

      Thanku bunelyma. Thts a typing mistake. Will correct it. Thanku ?

  23. Jilaa says:
    January 27, 2018 at 8:03 am

    Hey maroon! ! Vrh nice story eh mee.next part kiyaahithun nuvx hurevey …vrh vrh vrh avahah upkohdheeba

    1. maroon says:
      January 27, 2018 at 1:28 pm

      Thanku jilaa in sha Allah ?

  24. Mixuhan says:
    January 27, 2018 at 9:52 am

    When is the next part maroon???? Waiting

    1. maroon says:
      January 27, 2018 at 1:28 pm

      Hey mixuhan. Iru ossumuge kurin in sha Allah

Comments are closed.

Next Episodeތިޔަ އަސަރު 14←


All Right Reserved!