އަޝްވާ ހީކޮށްގެން ހުރި ގޮތާއި ހިލާފަށް ކާއިން މާޒިން އުޅޭ ތަނަށް ދިޔައީ ޓްކްސީއެއްގައެވެ. މީގެ ދުވަސްތަކެއް ކުރިން އޮފީހަށް ބައްދަލުވުމަކަށް އައި މީހާގެ ސޫޓް ކޭސްގައި ހަރު ކުރެވުނު ޓްރެކިން ޑިވައިސްގެ އެހީގައި ކާއިން ދިޔައީ އެމީހުން އާއްމުކޮށް ގޮސް އުޅޭ ތަންތަން ބަލަމުންނެވެ. އެގޮތުން މިއަދު ދާން މިއުޅޭ ތަނަކީ އޭގެތެރެއިން އެއްމެ ގިނައިން ގޮސް އުޅޭ އެއް ތަނެވެ. މާހިލް އައި ދުވަހު ކާއިން މި މައުލޫމާތުތައް މާހިލްއާއި ހިއްސާނުކުރުނީ ކާއިން ހިތުގައި […]
އީޝް އަޝްވާ ދައްކާލުމުން ކާއިން އީޝްއާއި ދިމާލަށް ބަލާލައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އީޝްއަށް ކާއިން އެ ދެއްކި އިޝާރާތުގެ މާނަ އެނގުނެވެ. އެހެންކަމުން އިތުރު އެއްޗެއް ބުނުނެ ކާއިން އާއި އެކީ ގޮސް މޭޒު ދޮށުގައި އިށީނެވެ. “ކާއިން ބޭބޭ! އީޝް ބައްޕަ އުޅެނީ އީޝްއަށް ކޮއްކޮ އެއް ހޯދަދޭން.. ކާއިން ބޭބެ ބޭނުންތަ ކޮއްކޮ އެއް” ކާއިންއާއި ޖެހިގެން އިށީދެގެން އިން އީޝް އަހާލިއެވެ. މީގެ ދުވަސްތަކެއް ކުރިން އަޝްވިން އީޝްއަށް ކުއްޖެއް […]
ޝަނުމް ކުޑަކޮށް ތާޒާ ވެލުމަށް ރީމް އާއި އެކީ ގޮސް ކޮޓަރިއަށް ވަނެވެ. އިއްޔެ ވީ ކަންތަކުގެ ވާހަކަ ދައްކަން ދެ މީހުން ވެސް ތިބީ ލަދުންނެވެ. އޭނާ ލޯބިވަނީ ހަމައެކަނި އަޝްވާ ދެކެ ކަމަށް ޝަނުމް އޭނާގެ ހިތަށް އެތައް ފަހަރެއްގެ މަތިން ވިސްނުވައިދެވޭތޯ އުޅެއެވެ. އަދި އިތުރު މީހަކަށް އެ ހިތުން ޖާގައެއް ނުދެވޭނެ ކަމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ރީމްގެ ބަދަލުވަމުން އަންނަމުންދާ މިޒާޖުގެ ސަބަބުން މިކަންތައް ބަދަލުވެގެން ހިނގައިދާނެ ކަމަށްޓަކައި ޝަނުމް […]
އެބައިގައި އުޅޭ އެއްމެން ޑިޔުޓީ އަށާއި އެކި ތަންތަނަށް ދިޔުމުން ގޭގައި ތިބީ ޝަނުމް އާއި ކާއިން އެކަންޏެވެ. ރަނގަޅަށް ނިދާލުމަށްފަހު އާފުރެމުން ކާއިން ސިޓިންރޫމަށް ދިޔައިރު ޝަނުމް ބަދިގޭގައި އުޅެއެވެ. “ކާއިން! އާދޭ ސައިބޯން” އަޝްވާ އޭނާ ކައިރީ އެދުމުން ޝަނުމް ކާއިން ދެ މީހުންގެ ގުޅުން ރަނގަޅު ކުރެވޭނެ ގޮތަކާއި މެދު ވިސްނިއެވެ. ކޮންމެ ގޮތެއް ވިޔަސް ޝަނުމްއަށް މިހާރު ކާއިން އަކީ ދުރު މީހެއް ކަމަށް ނުދެކޭވެނެއެވެ. “އަހަރެން ސައިނުބޯނަން” ކާއިން އަކީ […]
ކާއިން އޮތް ތަނުން ތެދުވެ ޝަނުމްގެ ގައިގައި ޖަހަން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން އަޝްވާ ކާއިންގެ ގައިގައި ހިފައި އެނދުން ތެދުވުމަށް ހުރަސް އެޅިއެވެ. “މަޑު ކުރޭ.. އަހަރެން އެބަ އަންނަން” އެހެން ބުނެލުމަށްފަހު އަޝްވާ ޝަނުމްގެ އަތުގައި ހިފައިގެން އެތަނުން ނިކުމެގެން ގޮސް މަލަކާ މެން ކޮޓަރިއަށް ވަނެވެ. “ކިހިނެތް ވެގެންތަ ޝަނުމް ތިއުޅެނީ.. ކާއިންގެ ބައްޕަ ގެއްލި އަދި އެޔަށްފަހު އެހާ ބޮޑު އޮޕެރޭޝަނެއް ކޮށްގެން ރަގަޅު ނުވަނީސް ތިހެން ބުނަން ހެޔޮވާނެތަ؟” […]
“އައްދިއްޔޯ މަންމާ” ޝައިމް ދޮރުން ނިކުތުމާއި އެކު އަޝްވާ ކާއިންގެ އަތުގައި ބާރަށް ވިކައިގަތެވެ. “ތަދު ވި ތަ؟ އެހެންވީމަ ކާއިންއަށް އެނގޭ ދޯ ތަދަކީ ކިހާ ވޭން ހުރި އެއްޗެއްކަން… އަދިވެސް މާ މޮޅުވެގެން އެކަނި ކަންތައް ކުރެވޭ ބަލަން އުޅޭތި!! އަހަރެން އެވަރަށް ނުދާސް ޢާދޭސްކުރުމުން ވެސް ކާއިން މާ ގަޓް ދައްކާލާފަ ދިޔައީ ކޯއްޗެއް ލިބޭނޭ ހިތާތަ؟ ކާއިން ގެޔަށް ނައިސްގެން އަހަރަމެން ކިހާ އިންތިޒާރެއް ކުރަން ޖެހުނުކަން އެނގޭތަ؟ ކާއިންއަށް ކީއްވެތަ […]
ކާއިންގެ އިންތިޒާރުގައި އަޝްވާ އާއި ކައުސަރު ވަގުތުތައް ގުނާލަ ގުނާލައި ތިއްބެވެ. ޝައިމް ކާއިންގެ ރައްޓެހިންނަށް ގުޅައި ކާއިން އެ މީހުންނާއި ބައްދަލު ކުރިތޯ ސުވާލުކޮށް ހެދިއެވެ. އަދި ކާއިން ދާނެ ގޮސްދާނެހެން ހީވާ ތަންތަނަށް ގޮސް ހެދިއެވެ. އެހެންނަމަވެސް އަދިވެސް ކާއިންގެ ހަބަރެއް ނުވެއެވެ. “ދޮންބޭ! ހޮޓަލަށް ދިޔައިން ތަ؟” ފަހަރެއްގަ ކާއިން އެތަނަށް ގޮސްދާނެ އެއްނު” ދޮރުން ވަދެގެން އައި ޝައިމް ފެނިފައި އަޝްވާ ބުނެލިއެވެ. “ދޮންބެ އެތަނަށް ވެސް ދެތިން ފަހަރެއްގެ މަތިން […]
އޭގެ އަނެއް ދުވަހަށް އިރުއަރައިފިއެވެ. އަޝްވާ ތަންކޮޅެއް އަވަހަށް ކާއިންއާއި އެކީ އޮފީހަށް ދިޔައީ ނުނިމި ހުރި މަސައްކަތްތައް ގިނަކަމުން އެކަންތައް ކުރުމަށް ވަގުތު ހޯދާށެވެ. އަދި މިއަދަކީ މިއުވާން އެއްބަސްވުމުގައި ސޮއިކުރަން އަންނަ ދުވަހަށް ވުމުން އެކަން ކުރުމަށް ވެސް ތައްޔާރު ވާން ޖެހޭތީއެވެ. “އަހަރެން އެބަ އަންނަން ރީމްގެ މޭޒުމަތީ ހުރި ފައިލްތައް ހިފައިގެން..” އަޝްވާ ކެބިންއަށް ނިކުންނަމުން އެވަގުތު އެތާގައި ހުރި ކާއިންއާއި ވާހަކަ ދައްކާލަމުން ބުނެލިއެވެ. ރީމް އަދިވެސް އޮފީހަށް […]
މިސްކިތަށް ދިޔުމަށް ނޫނީ ބޭރަށް ނުގޮސް ޝަނުމް މުޅި ދުވަސް ހޭދަކުރީ ރީމް ކައިރީގައެވެ. ދެ މީހުން އެކި ވާހަކަތައް ދެއްކިއެވެ. ރީމް ބުނިހެން ވާހަކަ ދައްކަން ފަށައިގަތުމުން ދައްކާނެ ވާހަކަތައް ހުރީ ހުސްނުވެފައެވެ. ޝަނުމްއަށް ވުރެ ބޮޑަށް ރީމްގެ ފަރާތުން އެކަން ފެންނަމުން ދިޔައެވެ. ރީމް ޝަނުމް މާ މަޑުން އިންނާތީ އެތައް ސުވާލުތަކެއް އަމާޒުކުރިއެވެ. އެ ގޮތުން ޝަނުމްގެ ވަޒީފާއާއި އާއިލާގެ އިތުރުން ޝަނުމްގެ އެތައް ކަމަކެވެ. ރީމް ޝަނުމްއާއި ވާހަކަ ދައްކާގޮތުން ހީވަނީ […]