Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 29

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 10, 2018 14 Mins Read
51 Comments

“އެނގޭތަ؟ ޝަނުމް މެރީ ކުރި ރޭ އަހަންނަށް މެސެޖެއް ކޮށްފައިން” ކައިރީގައި ހުރި ޖޫސްތަށިން ފޮދެއް ބޯލުމަށްފަހު އަޝްވާ ބުނެލިއެވެ.

ކާއިންއަށް ޝަނުމްގެ ނަން އިވުމުން އަޝްވާއަށް ބަލާލިއެވެ.

“އޭގަ އޮތީ ތަގުދީރުގައި މިހެން ކަންތައް ވާނެ ކަމަށް ލިޔެވިފައި އޮތަސް ޝަނުމް އަހަރެން ދެކެ ވަރަށް ލޯބިވަމޭ. އަދި އަހަންނާއި އެކު މުސްތަގުބަލެއް ނެތް ކަމުގައި ވިޔަސް ޝަނުމްގެ ހިތަކުން އަހަރެންގެ ނަން ނުފިލާނޭ.. ދެން އޮތީ އަހަންނާއި މެރީ ނުކުރެވޭ ސަބަބު އެގެން ބޭނުން ނަމަ އެ ސަބަބު ބަޔާންކޮށްދޭން ތައްޔާރަށް ހުރި ވާހަކަ” އަޝްވާ ކިޔައިދިނެވެ.

ސިންކު ކައިރީގައި ހުރި ކާއިން މަޑު ހިނގުމެއްގައި އައިސް އަޝްވާ ކައިރީ އިށީދެލިއެވެ.

“އަޝްވާ ބޭނުންތަ ސަބަބު އެގެން” ކާއިން އަޝްވާ އަށް ބަލާލަމުން އަހާލިއެވެ.  އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޝްވާ ހިނިތުންވެލައި ސައިބުއިމާއިގެން ކުރިއަށް ދިޔައެވެ. އަޝްވާ ސަބަބު އެގެން ނުހަނު ބޭނުމެވެ. ހަމައެޔާއި އެއްވަރަށް ޝަނުމް އާއި ދުރުގައި އުޅެންވެސް ބޭނުމެވެ. ވަޅުލަން މަސައްކަތް ކުރަމުން މިދާ އިހުސާސްތަކަށް އޭރުން ބުރޫ އަރައިފާނެ ކަމަށް އަޝްވާގެ ސިކުޑި އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދެމުން ދިޔައެވެ.

އަޝްވާ ޖަވާބެއް ނުދިނުމުން ކާއިން ދެން އިތުރަށް އެމައުޟޫއަށް ވާހަކަ ނުދައްކައެވެ. ކާއިންއަށް ސަބަބު އެގުނު ނަމަވެސް އޭގެން މިއަދު ކުރާނެ ފައިދާއެއް ނެތެވެ. ކަން ވެ ނިމިއްޖެއެވެ. އޭގެ ބަދަލުގައި ކާއިން ބޭނުމީ އަޝްވާއަށް އެހީވެދޭށެވެ. ޝަނުމްގެ ނަން އެހިތުން ފޮހެލުމަށެވެ. ލޯބިން މަހުރޫމް ވިޔަސް އަޝްވާ އުފަލުގައި ބަހައްޓާށެވެ. އޭނާގެ ހިތުގައި އުތުރި އަރަމުން ދާ ޖަޒުބާތުތައް އޯގާތެރިކަމުގެ ނަމުގައި އަޝްވާއަށް ފޯރުކޮށްދޭށެވެ. އޭރުން އަޝްވާގެ މިލާފައިވާ ހިނިތުންވުމަށް އާރޯކަން ލިބޭނެކަން ޔަގީނެވެ.


 

ވަކި ތަރުތީބަކުން ގަސްތައް ހައްދާފައި ހުރި ބަގީޗާގައި އަޝްވާ އިނީ ވާހަކަ ފޮތެއް ކިޔާށެވެ. އެހެންނަމަވެސް  ދޭތެރެ ދޭތެރެއިން ވަށައިގެންވާ މާހައުލު ހޯދާލައެވެ. ވާހަކަ ފޮތުން ސިފަކޮށްދޭ މަންޒަރަށް ވުރެ ކުރިމަތިން ފެންނަމުން ދިޔަ ގުދުރަތީ މަންޒަރު ފުރިހަމަ ކަމުންނެވެ. ކޮންމެ ގަހެއްގައިވާ ކޮންމެ މަލެއް ހީވަނީ ރީތީގެ ވަނައަކަށް ވާދަކުރާ ހެންނެވެ. ފަޑު ނުވާ ރީތި ކުލަތަކުން ޖަރީވެ ތިބެގެންނެވެ. މި މާތަކުގެ ކަރުގަނޑުން ފޮނި ބޮމުން މާބުރާއި ބަޅިނދާ ކޮކާތައް އުދުހެމުން ދިޔައެވެ. މާހައުލަށް އިތުރު ފުރިހަމެއް ގެނެސްދެމުން ދިޔައީ އިރުކޮޅުކޮޅައި ޖެހިލާ ހިތްގައިމު ވައިރޯޅިތަކެވެ. ހިތް ފުރޭ ހާ ވެއެވެ. ފޫހި ކަމެއް ނެތެވެ.

މިމަންޒަރަށް ހިތުން ތައުރީފުކުރަމުން ދިޔަ އަޝްވާ ސިއްސައިގެން ދިޔައީ ފަހަތުން އައިސް ކާއިން އަޝްވާގެ ކޮނޑުގައި ހިފައި ތަޅުވާލުމުންނެވެ.

“ބިރުގަނެއްޖެ ދޯ” ދުބަމަ މައްޗަށް އަރުވައި އެހެން ބުނެލަމުން ކާއިން އަޝްވާ އާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ.

“ނޫން.. ކޮން ބިރެއް ގަންނަންވީ.. ކާއިން ތިކަހަލަ ކަމެއް ކޮށްފާނެ ކަމަށް އަހަރެން ހުންނަނީ އަބަދުވެސް ސަމާލުވެގެންނޭ” ފަރުވާ ކުޑަކޮށް ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.

“ތިކަމެއް ނޭނގެ.. ދެންމެވެސް ދިޔައީ ސިއްސައިގެން” އާފުރެލަމުން ކާއިން ބުނެލިއެވެ.

“ދެން ބައެއް ފަހަރު އެހެންވެސް ވާނެ ދޯ… މިހާރު ބައްޕައާއި މަންމަ އޯކޭ ވެއްޖެތަ” ކާއިން އުޅުނީ ރޭ ހަތަރު ދަމު ބައްޕަގެ ކަންތަކާއި ހޭލާ ކަމުން އަޝްވާ އަހާލިއެވެ.

“އާން ބައްޕައާއި މަންމަ ނަސީބަކުން ގުޅިއްޖެ.. އެކަމަކު މައްސަލައަކީ ބައްޕަ މަންމައަށް އިތުބާރު ކުރިއަސް އަހަންނަށް އަދިވެސް މަންމައަށް އިތުބާރު ނުކުރެވޭކަން” ދެކޮޅަށް ބޯ ހޫރުވާލަމުން ކާއިން ބުނެލިއެވެ. މިހުރިހާ ކަމެއް މިހާ ހިސާބަށް މިދިޔައީ ހައްސާނުއާއި އެހެން އަންހެނަކާއި ދޭތެރޭ ގުޅުމެއް އޮންނަ ކަން ކައުސަރުއަށް އެގުނު ދުވަހުން ފެށިގެންނެވެ. އެދުވަސްކޮޅު އައި ރުޅިއެއްގެ ސަބަބުން ކައުސަރު ބޭނުންވީ އޭނާއަށް ލިބިފައި އޮތް ބާރުގެ އެހީގައި ހައްސާނުއަށް ގެއްލުން ދޭށެވެ. އެހެނަސް ކައުސަރުގެ އުޅުން މިހާ އަވަހަށް ބަދަލުވި އެއްވެސް ސަބަބެއް ކާއިންއަށް ނުވިސްނުނެވެ. ފޮރުވިފައި އޮތް ބޭނުމެއް އޮތީ ހެއްޔެވެ؟

“މަންމައަށް އިތުބާރު ކުރަންވާނެ.. ކާއިންގެ ބައްޕައަށް ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ކާއިންގެ މަންމަ ކާއިން ދެކެ ނުހަނު ލޯބިވޭ.. އަހަރެން މިކޮޅަށް އައިތާ މިވީ އެއްމެ ދެތިން ދުވަސް . އެކަމަކު ކާއިން ގެ ރައްޓެއްސަކަށް ވީމަ އަހަންނަށް ކަންތައް ކޮށްދޭ ގޮތް ކިހާ ފުރިހަމަ.. ނުކައި ހުއްޓަސް އަންނާނެ ހޯދަން. އަބަދު ބުނާނެ އެއްކޮށް ކޮންމެވެސް ތާކަށް ހިނގާށޭ” އަޝްވާ ބުނެލިއެވެ.

“ވެދާނެ އެއްކޮށް ރަނގަޅުވީ ކަމަށްވެސް.. އެކަމަކުވެސް އަހަންނަށް ކުޑަ ދުވަސްކޮޅެއް ބޭނުންވާނެ މަންމައަށް އިތުބާރު ކުރެވެން ފަށަން.. ތެދަށް ބުންނަންޏާ އަހަރެން ކޮންމެ ކަމެއް ބޭނުން ވެގެން  ބައްޕަ ކައިރީ އެދުނަސް މަންމަ އިސްނަގައި ވަރަށް ގިނަ ކަންތައް އަހަންނަށް ކޮށްދޭނެ. ބައްޕައާއި ދެމީހުން ޒުވާބު ކުރިއަސް މަންމަ އެއްމެ ފުރަތަމަ ހޯދާނީ އަހަރެން ވީ ތަނެއް. އެއީ އަހަރެން ކުރިމަތީ ޒުވާބު ނުކުރަން… ބައްޕަ ވިޔަފާރި ދަތުރު ތަކުގައި ގެޔަށް ނާންނަ ރޭރޭ ތަކުގައި މަންމަ އަންނާނެ އަހަންނާއި އެކި ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާލަން . އެކަމަކު މަންމަ އަންނާނެ ކަން އެނގި އަހަރެން އޮންނާނީ ކޮޓަރީގެ ދޮރުގައި ތަޅުލައިގެން.. ކާން ގޮވަން އަޔަސް އެތައް އާދޭހެއް ކުރުމުން ނޫނީ ދޮރު ވެސް ނުހުވަޅަން” އަޝްވާގެ ސަބަބުން ކާއިން އަށް އޭނާގެ މަންމަގެ ރަނގަޅު ކަންތަކާއި ވިސްނާލަން މަޖުބޫރުވިއެވެ. ހުދު ގަނޑެއްގައި ކިތައްމެ ކުޑަ ކަޅު ތިއްކެއް ހުރި ކަމުގައި ވިޔަސް މީހުންނަށް ފެންނާނީ އެކަންތަކެވެ. ވިސްނޭނީ އެކަމާއި ދޭތެރޭއެވެ. އެގޮތުން ކާއިންއަށްވެސް އޭނާގެ މަންމަ ކޮށްދިން ހެޔޮ ކަންތަކުގެ ބަދަލުގައި ފެންނަމުން ދިޔައީ ކުރި ހަމައެކަނި ގޯސް ކަމެވެ.

“އަހަރެން ހީކުރަން ކާއިންއަށް ވަރަށް އަވަހަށް މަންމައަށް ދޭންވާ ލޯބި ދެވެން ފެށޭނެ ކަމަށް. ގެއްލިއްޖެ ވަގުތެއް އަބުރާ ނުލިބޭނެ ކަން ކާއިން އަބަދުވެސް ހަނދާނުގައި ބަހައްޓައްޗޭ” ކާއިން އަށް ވިސްނަން ފުރުސަތު ދީ އަޝްވާ އޭނާ އަތުގައި އޮތް ހިފައިގެން ތެދުވިއެވެ. އަދި ފޮތް މެޔާއި ކައިރިކޮށްލައިގެން ހުރެ މާ ބަގީޗާގެ ރީތިކަން ބަލާލުމަށް އެތާ ތެރޭ ހިނގަން ފެށިއެވެ.

އަޝްވާ އަށް ދެތިން ފިޔަވަޅު ނޭޅެނީސް ކާއިން ތެދުވެގެން އައިސް އޭނާއާއި އަރައި ހަމަކުރިއެވެ. އަދި އެތަނުން ސަންފުލާވާރ އެއް ބިދެލުމަށްފަހު އަޝްވާގެ އިސްތަށިގަނޑުގައި ހުރި ދަތީގެ އެހީގައި އެމާ ބޮލުގައި ހަރުކޮށްދިނެވެ.

“ވަރަށް ރީތިތަ”  މާ ބޮލުގައި ހަރުކުރުމަށްފަހު ކާއިން އޭނާއަށް ބަލާލި ގޮތުން އަޝްވާ އަހައިލިއެވެ.

“އާން ވަރަށް ބޮޑަށް” ކުޑަކޮށް ހިނިތުންވެލަމުން ކާއިން ބުނެލިއެވެ. އަދި އަޝްވާގެ އިސްގަނޑުން މޫނުމައްޗަށް ވެއްޓިފައި އޮތް ބައި އެއްފަރާތްކޮށްލަ ދިނެވެ.

“ސަމާސާ ނުކޮށް ބުނެބަލަ، ރީތިތި އަހަރެން” އަޝްވާއަށް ކާއިންގެ ބަސް ގަބޫލުނުކުރެވުނެވެ. މިއަދާއި ހަމައަށްވެސް ކާއިންގެ ފަރާތުން އޭނާއަށް ތައުރީފެއް ކޮށްލަނީ ހަމްދަރުދީވެގެންނެވެ. އެހެންނޫންނަމަ ކާއިންގެ އަނގައިން އޭނާއަށް އަބަދުވެސް ރައްދުވާނީ މަލާމާތާއި ފުރައްސާރައެވެ.

“ތެދު ހެދީމަވެސް ތިހެން ތިބުނީ، ދެން ކިހިނެތް ތައުރީފެއް ކޮށްލާނީވެސް” ކާއިން ފުންނޭވާއެއް ލުމަށްފަހު ބުނެލިއެވެ.

“ތެދު ހަދަނީއެއްނޫން، ތެދު ބުނާނީ އަދި ދޮގު ހަދާނީ! ” އަޝްވާ ކާއިންގެ ކުށް ބަސް ރަނގަޅުކޮށްލަ ދިނެވެ.

“ކާއިން އަހަންނަށް ކިތައްމެ ތައުރީފެއް ކުރިއަސް އަހަރެން ގަބޫލުނުކުރާނަން، ކާއިންއަށް ވުރެ މަގުމަތިން ދާ މީހަކު އަހަންނަށް ކޮށްލާ ތައުރީފަކުން އަހަރެން މާ ހިތްހަމަޖެހޭނެ” ކާއިންގެ ކޮލުގައި ބާރަށް ހިފާލަމުން އަޝްވާ ބުނެލިއެވެ. އަދި ކާއިންއާއި ދުރަށް ދާން ހިނގައިގަތެވެ.

“އަޝްވާ! އަދިވެސް ޝަނުމްދެކެ ލޯބިވޭތަ” އަޝްވާ ދާން ހިނގައިގަތުމުން ކާއިން ސުވާލުކޮށްލިއެވެ.

“މީހެއްގެ ދެކެ ލޯބިވުމަކީ ވަރަށް ފަސޭހަ ކަމަކަށް ވިޔަސް އެލޯތްބެއްގެ މަތިން ހަނދާން ނައްތާލުމަކީ ވަރަށް އުދަގޫކަމެއް” ފަހަތް ނުބަލައި އަޝްވާ ބުނެލިއެވެ.

“ކާއިންއަށްވެސް މީހެއް ދެކެ ލޯބިވެވުމުން އެކަން އެނގޭނެ”

“އަހަރެން ނޫޅެމޭ މީހެއް ދެކެ ލޯބިނުވެވިގެން، އަޝްވާ ދެން ޝަނުމްގެ މަތިން ހަނދާން ނައްތާލެވޭހާ ވަގުތާއި ސަބުބުތައް ލިބިއްޖެއެއްނު، އަދިވެސް ހަމަ ލޯބިވަމޭތަ ތިކިޔަނީ” ކާއިން ބުނެލީ ޝަކުވާގެ ރާގަކަށެވެ.

“އާން އަދިވެސް ލޯބިވަން، އެކަމަކު ޝަނުމްގެ ހިޔާލުތަކާއި ވަރަށް ބޮޑަށް ދުރުވެވިއްޖެ، އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަހަންނަށް ޝަނުމް މަތިން އެއްކޮށް ހަނދާން ނެތިދާނެ، އެހެންވީމަ ކާއިންވެސް އަހަރެން ކައިރީ އަބަދު ޝަނުމްގެ ވާހަކަ ނުދެއްކޭތޯ ބަލާ، އޭރުން ތަންކޮޅެއް ފަސޭހަވާނެ” އަޝްވާގެ ވާހަކަތަކުން ކާއިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނޭނގި ނަމަވެސް ކާއިންއަށް އަޝްވާގެ ދެލޮލަށް ބަލާލުމަށްފަހު ހީލެވުނެވެ.

“ކާއިން ތިހެން ހަމްދަރުދީވެގެން ތިއުޅެނީ ކޮންމެވެސް ޖެއްސުމެއް ކޮށްލާނަމޭ ހިތާ ދޯ” ކާއިން ހިނިތުންވެފައި ހުރިތަން ބަލަމުން އަޝްވާ ބުނެލީ ޝައްކުގެ ރާގަކަށެވެ.

“ނޫން، ޝަނުމްގެ ކަމެއްގައި އަހަރެން ދުވަހަކުވެސް ޗެރީއަށް ޖެއްސުމެއް ނުކުރާނަން، އަހަންނަށް އެގޭ އެއީ ގަސްދުގައި ކުރާ ކަމެއް ނޫންކަން. އަދި ޗެރީއަށް ޗެރީގެ ހިތް ކޮންޓުރޯލު ކުރެވޭނެ ނަމަ ޝަނުމް އަކީ މިހާރު އެއްވެސް މީހަކަށް ނުވާނެކަން” އަޝްވާގެ ކޮލުގައި މަޑުމަޑުން ހިފާލަމުން ކާއިން ބުނެލިއެވެ.

“ހޫމް، ދެން ތިހެން ވާހަކަ ދައްކައިގެން އަހަރެން ބިރުގަންނަވަން ނޫޅޭ… ހިނގާ ކޮފީޝޮޕަށް ކޮފީއެއް ބޯލަން، ކާއިންގެ މަންމަ ނެތީމަ މިއަދު މީރު ކޮފީއެއްވެސް ނުލިބުނު” ކާއިންގެ އަތުގައި ހިފައި ހިނގައިގަންމުން އަޝްވާ ބުނެލިއެވެ.

ދެން ކާއިން އަޝްވާ ކޮފީ ގިރާ ގޮތް އޭނާއަށް ވުރެ ނުބައި ކަމަށް ބުނެލިއެވެ. ކާއިން އެހެން ބުނުމުން ދެމީހުންގެ ވާހަކަ ދެއްކުން ސަމާސާ އާއި ދެބަސްވުންތަކަށް ބަދަލުވެގެން ދިޔައެވެ.


 

އިރުގެ ރަންދޯދިތަކުން އާދުވަހަކަށް މަރުހަބާ ކިޔަމުން ދެއެވެ. ޝަނުމް ފަތިސް ނަމާދަށް ތެދުވި ގޮތަށް މިސްކިތަށް ނައިސް ދިޔައީ އެކުވެރީންނާއި އެކީ މަސްބާނާށެވެ. ދުވަސްތަކަކަށް ފަހު މިކަހަލަ ކަމެއް އެއްމެން އެއްކޮށް ތިބެގެން ކޮށްލަން ލިބުމުން އެއްމެންގެ ފޯރިވެސް އެހާ ގަދައެވެ. ރައްޓެހި އުފާވެރި އަދި މަޖާ މާހައުލެއްގައި ފަރުމަސްކޮޅެއް ބާލައިގެން ޝަނުމްއަށް ގެޔަށް އާދެވޭވަރުވީ ހަތް ގަޑި ބައި ހާއިރުއެވެ. ގެނައި މަސްތައް ބަދިގެޔަށް ގެންގޮސްލުމަށްފަހު ކޮޓަރިއަށް ފެންވަރާލަން ދިޔައިރު ރީމް އަދިވެސް ނިދީގައެވެ. ރީމްގެ ކަންކަމަށް މާ ސަމާލުކަން ނުދިނަސް ޝަނުމްއަށް ފާހަގަކުރެވުނު އެއްކަމެއް އޮތެވެ. އަދާކުރަންޖެހޭ ނަމާދުތައް ބަރާބަރަށް ކުރިއަސް ފަތިސް ނަމާދަށް އަރަން ރީމް ނުހޭލާކަމެވެ. ޝަނުމް އާއްމުކޮށް ސައިބޮނީ ހެނދުނު ނުވަގަޑި ބައިހާ އިރުގައެވެ. ރީމް އަށްގަޑި ބައިހާ އިރަށް ނިދުމަށްފަހު ތެޅިފޮޅިގެން ސައިބޯން މޭޒުމައްޗަށް އެއްޗެހި އަރުވައެވެ. މަންމައާއި އެއްކޮށް މާލޭގައި އެއްގެޔެއްގައި އުޅުނުއިރު ކަންކަން ދަސްނުކުރަނީ ހެއްޔެވެ؟ އަމީހާ ނަމާދަށް އަރަން ރީމްއަށް ނުގޮވަނީ ހެއްޔެވެ؟ އެހާ ގިނައިރު ވަންދެން ނިދަން އޮންނަން ފުރުސަތު ލިބުނަސް މިއަދު ކަންކަން ބަދަލުވެއްޖެއެވެ. އަމިއްލަ ދިރިއުޅުމެއް ފަށައިން ހިދުމަތް ކުރަން ޖެހޭ ފިރިއެއް އެބަ ހުއްޓެވެ. ނުބުންޏަސް ކަންކަމުގައި އިސްނަގަން ޖެހޭނެ ނޫންހެއްޔެވެ؟

“ރީމް، ތެދުވާކަށް ނުވާތަ އަދިވެސް” ޝަނުމް ފެންވަރައިގެން ނިކުތްއިރުވެސް ރީމް އޮތީ ނިދާފައިކަމުން އަތުގައި ކޮއްޓާލިއެވެ. ދެތިން ފަހަރު ގޮވާލުމުންވެސް ރީމް ހޭލާކަށް ނޫޅުނެވެ. ޝަނުމް އިތުރަށް މަސައްކަތް ނުކުރެއެވެ. އަންނައުނުލައި ރީތިވެލައިގެން ބަދިގެޔަށް ދިޔައީ ބަނޑުހައިވެފައި ހުރުމުން ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށެވެ.

ރީމްއަށް ހޭލެވުނީ ޝަނުމް ކޮޓަރީގެ ދޮރު ލެއްޕި ވަގުތަށެވެ. ކަންނެތްކަމާއި އެކު ދެލޯ އުގުޅަމުން ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ގަޑިން ނުވައެއް ޖަހަނީއެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ފާހަނައަށް ވަނެވެ. އެއްގަޑި އިރު ތެރޭ ވަރަށް ވަރުން މޭޒުމައްޗަށް ކާތަކެތި ނެގޭއިރު ބައިގަޑި އިރު ތެރޭ އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ ތެޅިފޮޅިގެން ފާހަނައިން ނިކުމެ ކުޑަ ބުރުގަލެއް އަޅައިގެން ރީމް ބަދިގެޔާއި ދިމާލަށް ދުއްވައިގަތެވެ.

“އާދޭ ސައިބޯން” ދުވެފައި އައިސް ބަދިގެޔަށް ވަން ރީމް ފެނިފައި ޝަނުމް ބުނެލިއެވެ. އޭރު ޝަނުމް ހުރީ ބިހުގެ ތޮށިގަނޑު ނޮޅާށެވެ. ރީމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރީއްޗަށް ވާހަކަ ދެއްކިޔަސް ޝަނުމް ހުރީ ނުރުހިފައިކަން އެގޭތީ މަޑު ހިނގުމެއްގައި އައިސް މޭޒު ދޮށުގައި އިށީނެވެ. މަސްދަޅުން ތައްޔާރު ކޮށްފައި ހުރި މަސްހުންނާއި ތެލުލި ރިހާކުރާއި ހުނި ރޮއްޓާއި އަދިވެސް އެހެން ބާވަތްތައް ހުއްޓެވެ.

“ރުޅި އައިސްފަދޯ، ސޮރީ އަހަންނަށް ނިދުނީ” ޝަނުމް އައިސް ކުރިމަތީ އިން ގޮނޑީގައި އިށީނުމުން ރީމް ބުނެލިއެވެ.

“ފަތިސް ނަމާދަށް ހޭލައިގެން ކިތައްމެ ގިނައިރު ވަންދެން ނިދިޔަސް އެއްމެ ރަގަޅު، އަހަރެންގެ އަބިމީހާއަށްވެ ހުރެ ރީމްގެ ފަރާތުން ފެންނަން ބޭނުންވާ އެއްމެ މުހިއްމު ސިފައަކީ އެއީ… ނަމާދު އޭގެ ވަގުތުތަކުގައި ކުރުމުން އެހެން ކަންތައްވެސް ބަރާބަރަށް ކުރެވޭނެ” ޝަނުމް ރީމްއަށް ބަލާލަމުން ބުނެލިއެވެ.

“ދެން ނަމާދަށް ތެދުވާނަން، ޝަނުމްވެސް އަހަންނަށް ނުހޭލެވިއްޖެއްޔާ ގޮވާލައްޗޭ” ކުޑަ ހިނިތުންވުމަކާއި އެކީ ރީމް ބުނެލިއެވެ.

“އަވަހަށް ކާން ފަށާ، ހީކުރަން އަހަރެންގެ ކެއްކުން ރީމްއަށް ކަމުދާނެ ކަމަށް، ރަގަޅު ކުރަންވީ ކަންތައް ބުނެލާ، އޭރުން ދެން ފަހަރަކުން އެކަމެއް ރަގަޅުކޮށްލާނަން” މަސްހުނި ތައްޓަށް އަޅަމުން ޝަނުމް ބުނެލިއެވެ.

ޝަނުމް އޭނާ ދެކެ ލޯބިނުވާއިރު މިހާ ރަގަޅަށް އޭނާއަށް ކަންތައް ކޮށްދޭންވީ ސަބަބަކާއި މެދު ވިސްނާލަން ރީމްއަށް މަޖުބޫރުވިއެވެ. މިވީ އެއް ހަފުތާ ތެރޭ ދެމީހުން ޒުވާބު ކުރިއަސް ޝަނުމް އަބަދުވެސް ރީމް ކައިގެން ހުރިތޯ ބަލާ ހަދައެވެ. އަނބިމީހާއަށް ވީމަ ކަންނޭނގެއެވެ. ރީމް ހިތަށް އެރިއެވެ.


 

އަޝްވާ މާލެ އައިސް ގެޔަށް ވަނުމާއިއެކު އީޝް ދުވެލާފައި ގޮސް އުރާލުމަށް އެދުނެވެ.

“ތާތިވެސް ވަރަށް ހަނދާންވިއޭ އީޝް މަތިން، ހިނގާ އަވަހަށް ކާފަމެން ކައިރިއަށް ހަދިޔާތައް ކަނޑަން” އީޝް އުރާލައިގެން އަޝްވާ ކާއިންއާއި އެކީ ސިޓިންރޫމަށް ދިޔައެވެ.

“ދަރިފުޅާ، ބައްޕައަށް ގުޅާލިނަމަ މާލެ އައިސް” އަޝްވާ ފެނުމާއި އެކީ އަސްރާރު ބަލަން އިން ޓީވީގެ އަޑު މަޑުކޮށްލިއެވެ.

“ބައްޕަމެންނަށް ސަޕްރައިސެއް ދޭންށޭ ނުބުނެ މިއައީ، ކޮބާ މިގޭ އެއްމެން…..މަލަކާމެން އަދިވެސް އެގޭގަ ދޯ އުޅެނީ” އަޝްވާ އައިސް އަސްރާރު ކައިރީ އިށީނެވެ. އަދި ކޮނޑުގައި އޮތް ދަބަސް ނަގައި ކޮޅަށް ހުރި ކާއިން އަތަށް ދިނެވެ.

“އާން ޝައިމްމެން އެގޭގަ އަދިވެސް ތިބީ، މަލަކާ އަދިވެސް ވަރަށް ބަލިކޮށް އުޅެނީ…. ބޭބެ ވީ ޑިޔުޓީގަ، އެކަމަކު ހިންދު އެބަ އުޅޭ ކޮޓަރީގަ.. ދެން ޝަނުމްއާއި ރީމްގެ ހަނީމޫން އަދިވެސް ނުނިމޭތީ އެމީހުން ވީ އެރަށުގަ” އަސްރާރު އެއްމެންވީ ތަން ކިޔާދިނެވެ.

“ކޮބާ ދޮންމަންމަ! ދޮންމަންމަ އަށް ގެނައިމޭ ވަރަށް ކަމުދާނެ އެއްޗެއް ދޯ ކާއިން” އަޝްވާ ބުނެލިއެވެ. “ދައްތަ” ކިޔުމުގެ ބަދަލުގައި އަޝްވާ މިހާރު ހަފީޒާއަށް “ދޮންމަންމަ”ގެ ނަމުން މުހާތަބު ކުރެވޭތޯ ބަލައެވެ. މީހުން ދޮންމަންމައިން ދޮން ނިޔަދުރެއް ފަދައޭ ބުންޏަސް އަޝްވާ އަށާއި ގޭގެ އެހެން ކުދިން ދެކެ ހަފީޒާ ވަރަށް ލޯބިވެއެވެ. އެއީ ހިތްހެޔޮ ކަމުގެ މިސާލެކެވެ.

“ދޮންމަންމަ ވީ ރައްޓެއްސެއް ބަލިވެގެން ހޮސްޕިޓަލަށް ގޮސް، ބައްޕައަށް ނުގެންނަންތަ ހަދިޔާއެއް” އަޝްވާގެ ކޮނޑުގައި ހިފާލަމުން އަސްރާރު ބުނެލީ މަޖާވެލާފައެވެ.

“ނޫނޭ، އެއް ފޮށިގަނޑު އެއްކޮށް އެއީ ހަފީޒާ ދައްތައާއި ބޭބެއަށް ގެނައި ތަކެތި، ބާކީ ތިބި މީހުންނަށް އަނެއް ފޮށިގަނޑު.. އަޝްވާ މުޅި އެއްދުވަސް ހޭދަކުރި ބޭބެމެންނަށް އެއްޗެހި ގަންނާށޭ ކިޔާފަ” ކާއިން ހެމުން ބުނެލިއެވެ.

“އަޅުގަނޑު އެއްމެ ލޯބިވާ މީހުންނަށޭ ގިނައިން އެއްޗެހި ގަތީ، ބައްޕަވެސް ބޭރަށް ގޮސްފަ އަންނަ ފަހަރު ފަހަރު އަޅުގަނޑަށް އެއްމެ ގިނައިން ހަދިޔާ ގެންނާނީ” އަސްރާރު އާއި ދިމާލަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“އަހަރެންވެސް ރަށުން އައިއިރު އެއްމެ ގިނައިން ހަދިޔާ ގެނައީ އަޝްވާ އަށޭ، ތި އުސޫލުން  ނަމަ އަހަރެންނަށްވެސް ވީ ބައި ވަކި ކުޑައެއް ނުވާނެދޯ” އެވަގުތު އެތަނަށް އައި ހިންދުއަށް އަޝްވާގެ ވާހަކަ އަޑުއިވުމުން ބުނެލިއެވެ.

“ގަބޫލުކޮށްފިން، އެކަމަކު އަހަރެން އެއްމެ ލޯބިވަނީ ބައްޕަ ދެކެ އެހެންވީމަ ބައްޕައަށް މިފަހަރު އެއްމެ ގިނަވާނީ… ކޮންއިރަކުން ދެމީހުން ހަނީމޫން ނިއްމާލާފަ ޑިޔުޓީއަށް ނިކުންނަން ފެށީ” އަޝްވާއަށް އެކޮޅުގައި އުޅުނު އިރު އެހާ ގިނައިން މާލެއަށް ގުޅައި ނުހެދެއެވެ.

“އަދި ހަނީމޫނަށް ނުދެވިގެން މިއުޅެނީ.، އެކަމަކު ޗުއްޓީއެއް ލިބުނުހާ އަވަހަކަށް ދާނަން.. އަޝްވާއެއްނު ބޮޑު ޗުއްޓީއެއް ނަގައިން ބޭރަށް ގޮސްލާފަ ތިއައީ” ހިންދު އައިސް އަޝްވާ ކައިރީ އިށީންނަމުން ބުނެލިއެވެ. އަޝްވާގެ އުގުގައި އިން އީޝް ހިންދުގެ އުގަށް ބަދަލުވިއެވެ. އޭރު އީޝް ދިޔައީ އަތުގައި އޮތް އަޝްވާގެ ފޯނުން އޭނާއަށް އެއްމެ ކަމުދާ ގޭމް ކުޅެމުންނެވެ.

“އާން ލިބުނު ބޮޑު ޗުއްޓީއެއް ، އެކަމަކު މި ކާއިންއާއި ހެދި ރަގަޅަށް ނިދާލެވޭ ވަރެއްވެސް ނޫން. އިރު ނާރަނީސް އައިސް ދޮރުގައި ތަޅައިގަންނަން ފަށާނެ ސައި ހަދާދޭ ކިޔާފަ، މި ހީވަނީ އަހަރެންމީ އޭނައަށް ކައްކާފަ ކާންދޭން ގެންދިޔަ މީހެއްހެން” ކާއިން އާއި ދިމާލަށް ލޯއަޅާލަމުން އަޝްވާ ބުނެލިއެވެ.

“ދެން ގޭގަ އުޅޭ އަންހެނުން ދޯ ފިރިހެނުންނަށް ކާންދީ ހަދައިދޭނީ، އެހެންނޫނަސް އަޝްވާ ވަރަށް މީހުންނަށް ކައްކަދޭ ހިތްވެޔެއްނު. އަހަރެން މިހިތަށް އަރަނީ އަޝްވާއާއި އިންނަން ޖެހޭ މީހަކު ދެދުވަސް ނުވަނީސް ހުންނަނޭ ގޮތަކާއި މެދު، އުޅޭ ތަނެއްގެ ދޮރުތައް ފުޅާކުރަންޖެހޭ ހިސާބަށް ދާން ޖެހޭނެކަން ޔަގީން” ކާއިން އޭނައިގެ އާދައިގެ މަތިން އަނެއްކާވެސް އަޝްވާއާއި ދިމާކޮށްލިއެވެ. އަޝްވާ އޭނާގެ ދިފާއުގައި އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ބައްޕަ ހުރުމުން އެކަމާ މާބޮޑަށް އަޅާނުލީއެވެ. ކާއިންއަށް އޭގެ ބަދަލު ފަހުން ލިބޭނެކަން ޔަގީނެވެ.

އަޝްވާ ހަދިޔާ ބަހައި ނިމުނު ތަނާ ޝައިމް މަލަކާ ޑޮކްޓަރަށް ދެއްކުމަށްފަހު އެގެޔަށް އައެވެ. ދެމީހުން އެއްކޮށް މަލަކާ މަންމަމެންގެޔަށް ބަދަލު ނުވާތީ މިގޭގައި ހުރި ބައެއް އެއްޗެހި ބަލާއާއެވެސް އެކީގައެވެ. ޝައިމް އާއި މަލަކާ ސިޓިންރޫމުގައި ތިބުމަށްފަހު އެމީހުންގެ ކޮޓަރިއަށް ދިޔުމުން ކާއިން އެމީހުންގެ ފަހަތުން ގޮސް އެކޮޓަރިއަށް ވަނެވެ. ޝައިމް ކުޑަކަމެއްގައި އެހީ ވެދޭން އަންނާށޭ ބުނުމުންނެވެ.

“މަށަށް އޮފީހަށް ނިކުމެވޭނީ މިއަންނަ ހަފުތާ ތެރޭހެން ހީވަނީ، ބައްޕަ މިކޮޅަށް އައިމަ ކުރަންޖެހޭ ބައެއް ކަންތައް އެބަހުރި” ޝައިމް އަށް ކަބަޑުގައި ހުރި ވަށްގަނޑެއްގެ ތަޅު ނައްޓައިދެމުން ކާއިން ބުނެލިއެވެ.

“އަޝްވާއަށް މައްސަލައަކަށް ނުވަންޏާ މަށަށް އޯކޭ، އޭނަ މިހާރުވެސް ކިޔާނެ ކާއިންއަށް މާ ދޫދީގެންނޭ އަހަރެން އުޅެނީ” ޝައިމް ދިޔައީ ބައެއް އަންނައުނުތައް އެމީހުން ގެނައި ދަބަހަށް އަޅަމުންނެވެ. މަލަކާ ބޯ އަބުރާތީ އެނދުގައި އޮށޯވެލައިގެން އޮތެވެ.

“ކާއިން! އަޝްވާ މިހާރު ޝަނުމްގެ ވާހަކަ ދައްކާތަ” މަލަކާ އޮވެފައި އަހާލިއެވެ.

“އަޝްވާ ކީއްކުރަން ޝަނުމްގެ ވާހަކަ ދައްކަންވީ” ސުވާލުގެ ނަޒަރުން މަލަކާއާއި ދިމާލަށް ބަލާލަމުން ޝައިމް އަހާލިއެވެ. މަލަކާއަށް އޭނާއަށް ބުނެވުނު އެއްޗަކާއި މެދު ވިސްނުމުން ދެލޯ ބޮޑުކޮށް ޝައިމްއާއި ދިމާލަށް ބަލާލިއެވެ. މަލަކާއާއި ކާއިންއަށް އަޝްވާއާއި ޝަނުމްގެ ވާހަކަ އެގުނަސް އެއިން އެއްވެސް މީހަކު އެވާހަކަ ޝައިމް ކައިރީ ނުބުނެއެވެ.

 

“މަލާ” އަޝްވާ އައިސް ދޮރު ހުޅުވާލުމާއި އެކު އެއްމެންގެ އަނގަ ބަންދުވިއެވެ. މަލަކާއާއި ކާއިން ޝައިމްއަށް އެވާހަކަ ކިޔައިދިނުމުން އޭނާވެސް ހުރީ އަޝްވާ އެފަދަ ކަމެއް ކުރީތީ ހައިރާންވެފައެވެ.

“ކީކޭ އަޝްވާ” މަލަކާ އަވަހަށް އޮތްތަނުން ތެދުވަމުން ބުނެލިއެވެ.

“އެއްމެން ކިހިނެތްވެފަ ތިތިބީ!” އެއްމެން އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން އަޝްވާ އަހައިލިއެވެ. އަޝްވާ އެހެން އެހުމުން ކާއިންއާއި ޝައިމް އެމީހުން ކުރަން ތިބި މަސައްކަތަށް އެބުރި ދިޔައެވެ.

“އަހަރެން އުޅުނީ މިއެއްޗެހި ހިފައިގެން އެގެޔަށް ދާން ކަމަށް، އެކަމަކު ދެން އައިމަ ދިނީމަ ވީނު ދޯ” އަތުގައި އޮތް ބޮޑު ކޮތަޅު ހިފައިގެން އައިސް އަޝްވާ މަލަކާ ކައިރީ އިށީނެވެ. އަދި އޭގެން ފަހަރަކު އެއްޗެއް ނަގައި މަލަކާއަށް ދެމުން ދިޔައެވެ.

އޭގައި ގިނައިން ހުރީ އުފަންވާ އުޅޭ ދަރިފުޅަށް ގެނެސްފައި ހުރި ހަދިޔާތަކެވެ. ވަކި ޖިންސެއްގެ ކުއްޖެއްކަން ނޭނގޭތީ ދެޖިންސަށްވެސް ކަމުދާނެ ރީތި ތުއްތު ހެދުންތަކެވެ. ބޭބީ ބުލޭންޓެކާއި އަދިވެސް ދަރިފުޅު އުފަންވާއިރަށް ބޭނުންވާނެ ބައިވަރު ސާމާނެވެ.

“ވަރަށް ރީތި އިނގޭ، ތެންކިޔޫ ސޯ މަޗް، އަހަރެން މިހާރުވެސް ކިޔަން ފަށައިފީމޭ މި ޝައިމް ކައިރީ އެއްޗެހި ގަންނަން ހިނގާށޭ ދާން.. ކޮންމެ ފަހަރަކުވެސް ކިޔައީ މާދަމާ އޭ، ހިޔެއް ނުވޭ އެމާދަމާއެއް ދުވަހަކުވެސް އަންނާނެހެން” މަލަކާގެ އިތުރުން ޝައިމްވެސް ހުރީ ވަރަށް އުފާވެފައެވެ. މަލަކާ އެއާއިލާ އާއި ގުޅުމާއި އެކީ މިއާއިލާއިން އޭނާ ދެކެ ލޯބިވާވަރު ފެނިފައެވެ. ހާއްސަކޮށް އަޝްވާ މަލަކާއަށް ބަހައްޓާ ގާތްކަމުގެ ވާހަކަ ޝައިމް އަބަދުވެސް  ދައްކައެވެ.

“ކާއިން އަހަންނަށް ހީވަނީ އެދުވަހު ބުނި ބަސް ތެދުހެން، ބަލާބަ މިހާރުވެސް އަޝްވާ އެއުޅެނީ އަހަރަމެން ދެމީހުންނަށްވުރެ ކުރީގަ” ކާއިން ކުރިން ދުވަހެއްގައި ދެއްކި ވާހަކައަށް އިޝާރާތްކޮށްލަމުން ޝައިމް ބުނެލިއެވެ.

“ކީކޭތަ ކާއިން ބުނީ” އަޝްވާ ދެލޯ ކުޑަކޮށްލަމުން އެހެން ބުނެލީ ކާއިން އޭނާއާއި ބެހޭ ގޮތުން ރަގަޅު އެއްޗެއް ނުބުނާނެކަން ޔަގީންވާތީއެވެ.

“ކާއިން ބުނީ މަލަކާ ދަރިފުޅު ވިހާއިރަށް އަޝްވާ ބޭބީ ވަގަށް ނަގައިގެން ދާނޭ،  އެއީ ދޮގެއް ދޯ ފެޓީ ” ޝައިމް ހެމުން އެހެން ބުނެލިއަސް އަޝްވާ ގާތަށް އައީ ރުޅިއެވެ. ރުޅި އައިސްފައި ހުރެ ގޮސް ކާއިންގެ ބުރަކަށީގައި ތަދުނުވާނެހެން ޖަހާލިއެވެ.

“ކާއިން ހެން އަހަރެންމީ ވަގެއް ނޫނޭ” އަޝްވާ ކާއިންގެ ގައިގައި ޖަހައިގަތްތަން ފެނުމުން ޝައިމް ބާރަށް ހޭންފެށިއެވެ. އަޝްވާ ބަލާކަށް ނުހުރެ އައިސް ޝައިމްގެ އަތުގައި ބާރަށް ވިކައިގަތެވެ.

“މި ދޮންބެ ގަނޑަށްވެސް އެގޭނީ އަބަދު ކާއިންގެ ކޮޅަށް އަރަން” އަޝްވާގެ އަޑު ބާރުވި ވަރަކަށް ކާއިންއާއި ޝައިމްގެ ހުނުމުގެ އަޑުވެސް ގަދަވިއެވެ.

“ބައްޕާ ބަލާބަ އަޝްވާ ބޭބީއަކަށް ވެއްޖެ އަނެއްކާވެސް، މިހާރުވެސް އަޅުގަނޑު ގައިގަ އެޖަހަނީ” އަޝްވާގެ ހަމަލާތަކުން ސަލާމަތްވުމަށް ޝައިމް ދޮރު ކައިރިއަށް ގޮސް ބުނެލިއެވެ.

“ޝައިމް ދެން އަޝްވާއާއި ދިމާކުރުން ހުއްޓާލަބަ، އޭނައަށް ތިހާ ވަރަށް ޖެއްސުންކޮށްގެން ކޮން އުފަލެއްތަ ލިބެނީ” އަޝްވާގެ ދިފާއުގައި މަލަކާ ބުނެލިއެވެ.

“އަހަރެންގެ ލޯބިވާ ސިސް މަތިން ވަރަށް ހަނދާންވެއޭ، މިހާރު ބޮޑުވީމަ ކުރިން އުޅުނުހާ މަޖާކޮށް ނޫޅެވޭނެ ދޯ” ޝައިމް ދޫ ނެރެ އަޝްވާއާއި ދިމާލަށް ވައްތަރު ޖައްސަމުން ބުނެލިއެވެ.

“ކުޑައިރުވެސް ދޮންބެ އުޅެނީ އަބަދު މިހެން، ޓީވީ ރިމޯޓުވެސް އޮންނަން ޖެހޭނީ ދޮންބެ އަތުގަ، އަދި އަހަރެން ގޮސް ބައްޕަ ކައިރީ ދޮންބެގެ ގޯސް ވާހަކަ ބުންޏަސް ގަބޫލެއް ނުކުރާނެ، ބައްޕަ އަބަދުވެސް ބުނަނީ އެއީ ދޮންބެ ލޯބިން އުޅޭ ގޮތްވީމަ އަޅާނުލާށޭ، އެކަމަކު ބުނަންތަ ދޮންބޭ! އައި ހޭޓް ޔޫ! އޭރުވެސް މިހާރުވެސް” އަޝްވާ މަލަކާ ކައިރިއަށް އައިސް އިށީންނަމުން ކުޑަކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ.

“ފެޓީ! އައި ލަވް ޔޫ ޓޫ” ޝައިމް އައިސް އަޝްވާގެ ބޯ ހާވާލަމުން ބުނެލިއެވެ.

“އަހަންނަށް ހިޔެއް ނުވޭ ދުވަހަކުވެސް ބޭބެ ދެކެ ލޯބިވާ ވަރަށް އަހަންނަށް ދޮންބެ ދެކެ ލޯބިވެވިދާނެހެން” މަޖާވެލާފައި އަޝްވާ  އެހެން ބުނެލުމުން ޝައިމް ސީރިއަސްވެ ހަމައަސްލުވެސް ހޭ އަހައިލިއެވެ.

“އާން ! ބޭބެ ހުރިހާ ކަމެއްގައި ވެސް އަހަންނަށް އިތުބާރު ކުރާނެ، އަދި އެހީވެސް ވާނެ، ފަލަވީމަ ދުވަހަކުވެސް އެއްޗެހި ނުކިޔާނެ.. އެކަމަކު ދޮންބެއަށް އަޅުގަނޑު ފަލަވަނީ ބައްޔެއްގެ ސަބަބުން ކަން އެގޭއިރުވެސް އެއްޗެހި ކިޔުން ހުއްޓާނުލާނެ” ހަމަ ހަގީގަތުގައިވެސް މީހުން އޭނާ ފަލަ ވާހަކަ ދައްކާތީ ދެރަވެއެވެ. ހާއްސަކޮށް އެކަމަކީ ބައްޔެއްގެ ސަބަބުން ވާ ކަންތައް އެގުނު ދުވަހުން ފެށިގެންނެވެ. އެއްބަނޑު އެއްބަފާ މީހުން ސަކާރާތް ޖެހުން އެއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަން އެގޭތީ ޝައިމް ކުރާ އެހެން ސަމާސާތަކަށް އަޝްވާ ދެރައެއް ނުވެއެވެ. އޭގެ ބަދަލުގައި އަޝްވާވެސް ބަލަނީ ޝައިމްއަށް ލަޑެއް ދެވޭތޯއެވެ.

“އަޝްވާ އައި އޭމް ސޯ ސޮރީ، އެކަމަކު ދޮންބެ އެހެން ބުނަނީ ކޮންމެހެން އަޝްވާ ދެރަކޮށްލާކަށް ނޫން، އެއްކޮށް އުޅޭއިރު ސަމާސާކޮށްލަން އެހެން ބުންޏަސް ދެން ފަލައޭ ކިޔައިގެން ދިމާ ނުކުރާނަން އިނގޭ، އައި ވޯންޓް ޓު ބީ ޔޯރ ފެވެރިޓް ބުރަދާ” ޝައިމް ދެރަވިއެވެ.

“މާފުކޮށްފިން، އަދި ބުނަން ބައެއް ކަންތަކުގައި ޔޫ އާރ ސްޓިލް މައި ނަންބާރ ވަން، އެހެންވީމަ ދެމީހުން ދެކެވެސް ހަގީގަތުގައި އެއްވަރަކަށް ލޯބިވެވެނީ”

އަޝްވާއާއި ޝައިމް އާއިލީ ލޯބީގެ ވަގުތެއް ހިއްސާކުރަމުން ދިޔައިރު ކާއިންއަށް ވިސްނެމުން ދިޔައީ އަޝްވާ ދެއްކި ވާހަކަ ތަކާއި މެދުގައެވެ. އޭނާގެ ހިތުން ނޭނގި ނަމަވެސް ޖާގައެއް ކަށަވަރު ކުރަމުން ދާ އަޝްވާގެ އިހުސާސްތަކާއި މެދުގައެވެ. ކާއިން ފަލައޭ ބުނެ އަޝްވާއަށް ޖެއްސުންކުރާލެއް ޝައިމްއަށްވުރެ އެތައް ގުނައެއް ގިނަކަން ޔަގީނެވެ. ރުޅި އައިސްގެން ކާއިންއާއި ދިމާލަށް ހަޅޭތްލެވިޔަސް އަޝްވާ އެއްވެސް ދުވަހަކު ކާއިން ކައިރިން އެހެން ނުކިޔުމަށް ނޭދެއެވެ. ކީއްވެ ހެއްޔެވެ؟ އަޝްވާއަށް އޭނާގެ ހިޔާލު މުހިއްމު ނޫނީ ހެއްޔެވެ؟ ނޫނީ އަދިވެސް އަޝްވާ އަދިވެސް އޭނާ އާއި ދޭތެރޭ ދެކެނީ ހަމައެކަނި ޝައިމްގެ އެއްމެ ގާތް އެކުވެރިޔާ ފަދައިން ހެއްޔެވެ؟

ދެމީހުންގެ ގުޅުން ބަދަހިވި ނަމަވެސް އެފަދަ ގުޅުމަކަށް އަޝްވާ ނޭދޭނެ ކަން ހިތަށް އެރުމުން ކާއިން ދެރަވިއެވެ. ކާއިން އޭނާގެ އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އަޝްވާ އަށް އިތުބާރު ކުރެއެވެ. އަދި ކާއިންގެ އޮޅުންބޮޅު ދިރިއުޅުމުގެ ކަންތައް އަޝްވާ އެކޮށްދެނީ ހެޔޮ ހިތުންނެވެ. މަންމައާއި އޮތް ގުޅުމާއި ސިގެރޭޓް ބުއިމާއި އަދި އެއްމެ ބޮޑަށް ބައްޕައަށް އެހީވެ ދިނުމަށް އަޝްވާ ގެ އެހީތެރިކަން ލިބެއެވެ. އޭގެ އަގު އަދާކުރާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް ކާއިންއަށް އަޝްވާގެ ހިތް ހިބަކުރެވެމުން ދެއެވެ.


 

އަޝްވިންއަށް ގެޔަށް އާދެވޭ ވަރުވީ ހަވީރު ވަގުތަށެވެ. ކޮޓަރިއަށް އައިސް ވަންއިރު އީޝް އިނީ އަޝްވާ ގެނެސްދިން ލިޔާ ބޯޑުގައި ކުރަހާށެވެ. ހިންދު އިނީ ކިޔަވާ މޭޒު ދޮށުގައި މާދަމާގެ ފިލާވަޅުތައް ތައްޔާރު ކުރުމަށެވެ. ކޮލެޖު ފެށެނީ ޖޫން މަހުގައި ކަމުން އޭގެ ކުރިން ސްކޫލަށް ކިޔަވައި ދޭން ގޮސް ރަގަޅު ތަޖުރިބާއެއް ލިބޭނެއެވެ.

” ހަވީރު ސައިބޮއިގެންތަ ތިއިނީ” އަޝްވިން އައިސް ހިންދު ކައިރީ ހުއްޓިލަމުން ބުނެލިއެވެ. ހިންދު ގަޔާވާ ކަމެއް ކުރަން ފަށައިފިނަމަ ކާ ގަޑި ޖެހުނަސް އެހެން މީހަކު އައިސް ބުނުމުން ނޫނީ އިން ތަނުން ނުތެދުވާނެކަން އެގޭތީއެވެ.

“ނޫން، އަޝްވިން މިއަންނަނީއޭ ބުނީމަ މަޑުކޮށްގެން މިހިރީ، ހޮސްޕިޓަލު ކިހިނެތް” ހިންދު ތެދުވެ އަޝްވިންގެ ޓައީ ނައްޓައި ދެމުން އަހައިލިއެވެ.

“ވަރަށް ބިޒީކޮށް މިދުވަސްކޮޅު މިދަނީ، ވިއްސާރަވީމަ ގައިން ގަޔަށް އަރާ ބަލިތައް އެހެން ދުވަސްތަކާއި ހިލާފަށް ގިނަ، އެކަމަކު ވަގުތު ހުސްކޮށްލައިގެން ލިއުޝާއާއި ވާހަކަ ދައްކާލަން ދިޔައިން” އަޝްވިން ލިއުޝާގެ ނަން ބުނުމުން ހިންދު އަޝްވިންއަށް ބަލާލިއެވެ.

“ލިއުޝާ ކީކޭ ބުނީ” ހިންދު އަހައިލިއެވެ.

“ބުނި ހޮނިހިރު ދުވަހު ގެންނަ ގޮތަށް އީޝް ބަލާ ހުކުރު ދުވަހު އަންނާނަމޭ، ހިންދު ބުނިހެން މަށަށްވެސް ހީވަނީ އޭނައަށް މިހާރު ވިސްނެން ފަށައިފިހެން، ވަރަށް ގިނައިރު ވަންދެން އިން  އީޝްގެ ވާހަކަ ދައްކަންވެސް” އަޝްވިން ބުނެލިއެވެ.

“އެކަމަކު ހީވޭތަ އީޝް ދާނެހެން މުޅި ދެދުވަހަށް، އޭނައަކީ ނުދަންނަ މީހުންނާއި އެހާ ގަޔާވާ ކުއްޖެއް ނޫން.. ލިއުޝާއަކީ އޭނަގެ މަންމައަށް ވިޔަސް އީޝްއަކަށް ނޭނގެ މަންމައެއް ހުންނަ ކަމެއްވެސް” އީޝްއަށް ބަލާލަމުން އަޝްވިން ބުނެލިއެވެ.

“މިއުމުރަކީ ކުދިން އެމީހުންނަށް އަޅާލާ މީހުން ފާހަގަކޮށް އެމީހުންނާއި އެކީ އުޅެން މަސައްކަތް ކުރާނެ އުމުރު، އީޝްއަށް މަންމައެއް ހުރިކަން ބުނެދިނުމަކީ އަޝްވިން ކުރަން ޖެހޭނެ ކަމެއް، އަދި އީޝްއަށް ލިއުޝާގެ ލޯބި ހޯދައިދޭން މަސައްކަތްވެސް ކުރަންޖެހޭނެ. މަންމައެއްގެ ލޯތްބަކީ ކިހާ މުހިއްމު އެއްޗެއްކަން އަހަރެން ނުބުންޏަސް އަޝްވިންއަށް އެގޭނެ” ހިންދު ބޭނުންވަނީ ލިއުޝާ ދިފާއު ކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި ހިންދު މަސައްކަތް ކުރަމުން ދަނީ އޭނާގެ ދަރިއެއްގެ ހައިސިއްޔަތުގައި ހުރި ތުއްތު ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައި ދޭށެވެ. ލޯބިވުމަކީ އެއީ އެވެ. އަމިއްލަ އެދުން އެއް ފަރާތް ކުރުމަށްފަހު އެހެން މީހުންގެ އުފާ ކުރިއަށް ނެރުމެވެ.

“ބައްޕާ!” އީޝްގެ ސަމާލުކަން ކުޅެން އިން ބޯޑުން ނެއްޓޭވަރުވީ އަޝްވިން އައިސް ކައިރީގައި އިށީނުމުންނެވެ.

“ބައްޕަ އައިކަމެއްވެސް ދަރިފުޅަކަށް ނޭނގުނެއްނު” އަޝްވިން އީޝްގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.

“މީ ތާތި ގެނެސްދިން ހަދިޔާއެއްތަ” އީޝް ބޯ ޖަހައިލިއެވެ.

“ބައްޕާ، ގްރީން ކުލައި ނަގާނީ ކިހިނެތް” އީޝް އިނީ ބޯޑުން ދައްކަމުން ދިޔަ ތަސްވީރުގައި ކުލަ ޖައްސާށެވެ.

“ބައްޕައަކަށް ވެސް ނޭނގެ! ދޭބަލަ ތާތި ކައިރީ އަހައިލަން” އަޝްވިން އީޝް އަތުން ބޯޑު ނަގައި އެޔާއި ކުޅޭނެ ގޮތެއް ނުހޯދުމުން ބުނެލިއެވެ. އީޝް އަޝްވިންގެ ކޮލަށް ދޮނެއް ދިނުމަށްފަހު ބޯޑު ދެއަތުން ނަގައިގެން އަޝްވާ ގާތަށް ދާން ދުއްވައިގަތެވެ. އީޝް ދިޔުމުން ކުޑަ އިރުކޮޅަކަށް މަޑުކުރުމަށްފަހު އަޝްވިން ތެދުވެގެން ގޮސް ދޮރުގައި ތަޅުލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ފޮތްތައް ކަބަޑަށް ލާން ހުރި ހިންދުގެ ފަހަތުން ގޮސް ބައްދާލިއެވެ. އަދި ހިންދުގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު ކަރުގައި ބޮސްދިނެވެ.

އަޝްވިން ކޮށްލާ އެކަހަލަ ކުއްލި ސަމާސާތަކަށް އަދިވެސް ހިންދު ހޭނޭވަރެއް ނޫނެވެ. ކޮންމެ ފަހަރަކުވެސް އެނޭވާގެ ހޫނުކަމާއިއެކު އެކު އޭގެ އަސަރު  ހިންދުގެ އެއްމެ ހިމަނާރާއި ހަމައަށް ކުރެވެން ފަށައެވެ.

“އީޝް އައިސްދާނޭ” ހިންދު ބަހަނާއެއް ދައްކާލިއެވެ.

“އީޝް ދެން ނާންނާނެ މިވަގުތު” އަޝްވިން ހިންދު އަތުގައި ހިފައިގެން  ގޮސް އެނދުގައި ބޭންދިއެވެ. އަދި ހިންދުގެ އަތުގައި  ބާރަށް ހިފާލިއެވެ. ހިންދު އަޝްވިންގެ ލޮލަށް ބަލާލިއިރު އެލޮލުން ފެންނަމުން ދަނީ ލޯތްބެވެ. އެކަކު އަނެކަކަށް ބޭނުންވާ ވަރެވެ.


 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޝަނުމް އިނީ އޭނާގެ ރައްޓެހިންނާއި އެކީ ގޭ ބިއްދޮށުގައި އޮތް ހުސް ޖާގައިގައެވެ. ރީމް އާއި ދެމީހުންގެ ކައިވެނީގެ ސަޔަށް ރަހުމަތްތެރިން އެދުމުން އެމީހުންނަށް ދޭން ކުޑަ ކެއުމެއް ތައްޔާރުކޮށްލުމުގައި ރީމް އުޅެއެވެ. ޝަނުމް ދޭތެރެއަކުން ގޮސް ރީމް އަށް އަތް ގާތްކޮށްދިނުމުގައި އުޅެއެވެ.

“މިރުސް ހުސްވީތަ” ތައްޔާރު ކުރަމުން ދިޔަ ސަޓަންޏާއި ރިހައަށް ރީމް އެއްމެ މިރުހެއް އެޅި ތަން ފެނިފައި ޝަނުމް އަހާލިއެވެ.

“ނޫން އަދި ހުސްނުވޭ.. ޝަނުމް އަށް ކުޅިކޮށް ނުކެވޭނެތީ އެހާ ގިނައިން މިރުސް ނާޅަނީ” ޝަނުމް އަށް ބަލާލުމަށްފަހު ރީމް ބުނެލިއެވެ.

ކައިވެނީގެ ކުރިން ޝަނުމްއަށް ފެނުނު ރީމްގެ އުޅުން މިހާރުގެ  ވަރަށް ބޮޑަށް ބަދަލުވާހެން ޝަނުމް އަށް ފާހަގަކުރެވުނެވެ. ޝަނުމް ހިތްހަމަނުޖެހިގެން ކަމެއް ރަގަޅުކުރަން ބުނެފި ނަމަ ރީމް އެކަންތައް އިސްލާހުކުރެއެވެ. ޝަނުމް ކުރިމަތީ އަޑު އިސްނުކުރެއެވެ. ފަތިސް ނަމާދަށް ފޯނު އެލާމްކޮށް ނަމާދު ކުރަން މަސައްކަތް ކުރެއެވެ. މިރޭ ވެސް މިފެނުނީ އެކަހަލަ މިސާލެކެވެ.

ޝަނުމްއަށް ރީމްއަށް ޖަވާބެއް ނުދެވެނީސް ޝަނުމްގެ ފޯނު ރިންގުވާން ފެށިއެވެ. ކޮށަން ހުރި މަސްތައް އެއް ފަރާތް ކޮށްލުމަށްފަހު އަތް ދޮވެލައި ޖީބުގައި އޮތް ފޯނު ނެގި އިރު ގުޅަނީ މާހިލްއެވެ. މާހިލްގެ ނަން ސްކުރީނުން ފެނުމާއި އެކު ޝަނުމް ރީމްއަށް ބަލާލިއެވެ.

“މަންމަތަ!” ޝަނުމް ބަލާލި ގޮތުން ރީމް އަހާލިއެވެ.

“ނޫން! މާހިލް” ފޯނު ކަންފަތުގައި ޖައްސާލަމުން ޝަނުމް ބުނެލިއެވެ.

ޝަނުމް އާއި ރީމް ކައިވެނިކޮށްގެން މިއީ އަށް ވަނަ ދުވަހެވެ. މިކޮޅަށް އައިސް ކޮންމެ ދުވަހަކު ޝަނުމް މާހިލްއަށް ގުޅައި އެމީހާ ހޯދުމުގެ ހަބަރު ހޯދައެވެ. އެހެންނަމަވެސް އެއްވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެއެވެ. އެނގޭ ހާވެސް އެއްޗަކީ މިއީ އެއްމެ މީހެއްގެ ރޭވުމެއްގެ ގޮތުގައި ހިންގާ ކަމެއް ނޫންކަމެވެ.

“އަހަރެން ހޯދި ހޯދުން ތަކުން އެނގުނު ގޮތުގައި މާޒިން ވަނީ މީގެ ތިން މަސް ކުރިން ޖަލުން މިނިވަންފަ.. ރީމް އަހަރެން ކައިރީ ބުނި ގޮތުން ނަމަ މާޒިން އަކީ ދެ އަހަރަށް ވުރެ ބޮޑު ޖަލު ހުކުމެއް އަންނަ ވަރަށް ވުރެ ބޮޑަށް އެތަކެތި ބޭނުން ކުރި މީހެއް. އެހެންވެ އަހަރެން އޭރު އެކޭސް ތަހުގީގު ކުރި އޮފިސަރާއި ވާހަކަ ދައްކާލިން.. އޭނަ ބުނީ އޭރު އެމީހުން މައްސަލަ ކޯޓަށް ހުށަހެޅި ކަމަށްވިޔަސް އެކަށީގެންވާ ހެކިތައް ނުދެއްކުމުން ކޯޓުން ނިންމީ އެއްމެ ދެ އަހަރަށް މާޒިންއަށް ހުކުމް ކުރުމަށް ކަމަށް.. އަދި ރީމްއަށް އަނިޔާ ކުރި ކަން އެނގިގެން އެކަމުގައި ރީމްގެ ބަހެއް ހޯދާލަން އުޅުމުން ރީމް އެކަމަށް އެއްބަސް ނުވުމުން އެކަން ނުވީ ކަމަށް” މާހިލް އޭނާ ހޯދި ހޯދުންތައް ޝަނުމްއަށް ކިޔާ ދިނެވެ. ރީމް އެއްބަސް ނުވި ވާހަކަ އަޑުއިވުމުން ޝަނުމް ސުވާލުގެ ނަޒަރުން ރީމްއަށް ބަލާލިއެވެ. އަނިޔާ ލިބުމުން އެކަމުގެ ބަދަލު ހޯދަން ރީމް ނޫޅުނު ސަބަބެއް ޝަނުމްއަށް ނުވިސްނުނެވެ. ޝަނުމްއަށް އެނގޭ ގޮތުން ނަމަ ރީމް އަކީ އަބަދުވެސް ރީމް އަމިއްލަ އުފަލަށް އުޅޭ ކުއްޖެކެވެ.

 

” މާޒިން އެބަ އޮތް އެމެރިކާއަށް މީގެ ދެ މަސް ކުރިން ދަތުރު ކޮށްފަ. އެކޮޅުގައި ތިބި މީހުންނާއި ވާހަކަ ދައްކާލައިގެން އަހަރަމެން އެބަ ބަލަން މާޒިން އެތަނަށް ދިޔަ ސަބަބެއް ހޯދޭތޯ” މާޒިން އިތުރުކޮށްލިއެވެ.

“އާން މައްސަލައެއް ނެތް.. އަހަރެން ފަހުން ގުޅާލަމޭ” ޝަނުމް ފޯނު ކަނޑާލިއެވެ. އަދި ރީމް ކައިރިއަށް ޖެހިލައި މައްސަލައަށް އެއްބަސްނުވީ ކީއްވެތޯ އަހާލިއެވެ. ރީމް ޝަނުމް ކުރި ސުވާލަށް ދޭނެ ޖަވާބަކާއި މެދު ވިސްނާލިއެވެ.

“އެއްބަސް ވެގެން އަހަންނަށް އެއަނިޔާ ނުލިބޭ ކަމަށް ނުވާނެއެއްނު” ރީމް ހުރީ މާޒިންގެ ވާހަކަ ދައްކަން ބޭނުން ނުވެފައި ކަން މޫނު މަތިން ހާމަ ވަމުން ދިޔައެވެ.

“ތީ ތެދެއް. އެކަމަކު އަނިޔާ ދިން މީހާއަށް އަދަބު ދޭން ބޭނުން ނުވާ ނަމަ އޭނާއަށް ލިބޭ އިތުރު ހިތްވަރަކަށް އެކަން ވާނެ.. އެކަހަލަ މީހުންނަށް އަދަބު ދީގެން ނޫނީ ހެޔޮ ވިސްނުމެއް ނުލިބޭނެ” މާޒިންގެ ވާހަކަ ދެއްކުމުން ރީމްގެ މޫނު މަތީގައިވި ކުލަ ވަރު ބަދަލުވިތަން ޝަނުމް ދުއްޓެވެ. އަދި ރީމް ކޮންމެވެސް ކަމެއް ފޮރުވާކަން އެނގުނެވެ. އެހެން ނަމަވެސް މިއީ އެވާހަކަ ދައްކަން އެއްމެ އެކަށީގެންވާ ވަގުތު ކަމަށް ނުވުމުން ޝަނުމް މައުޟޫ ބަދަލުކޮށްލިއެވެ.


 

އަތަށް އެރި ވަޒަނަށް ފަހު ޝަނުމް ޑިޔުޓީއަށް ނުނިކުންނާތީ އޭގެ އެއްވެސް ހަބަރެއް އޭނާއަށް ނުލިބެއެވެ. މައްސަލަ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި ބޭރުގެ އެހީތެރިކަމާއި އެއީ ކޮން ބައެއް ތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަން އޭނާ ހޮސްޕިޓަލުގައި އޮތް ވާ އެތަނަށް އައި ސިފައިންގެ އިސް ބޭފުޅަކު ވަނީ ވިދާޅުވެފައެވެ.  އަދި އެމީހުންގެ ޑީއެންއޭ އާއި އެހެންވެސް ފޮރެންސިކު ހެކީގެ އަލީގައި އެމީހުންގެ ގައުމާއި އެމީހުންނަކީ ކޮން ބައެއް ކަން މިހާރު އެނގޭނެ ކަން ޔަގީނެވެ. ޝަނުމް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ ދެން އަލުން ޑިޔުޓީއަށް ނިކުމެވޭނެ ދުވަހަކަށެވެ. މިއީ ކޮންމެ މީހެއްގެ ކަމަށް ވިޔަސް އެމީހަކަށް ލިބެން ޖެހޭ އެއްމެ ބޮޑު ހައްގު އަދަބު ލިބެން ޖެހޭނެކަން ޔަގީނެވެ. ނެތި ދިޔައީ އެއްމެ ފުރާނައަކަށް ވީ ނަމަވެސް މެއެވެ.


 

 

ރީމް އޮފީހަށް ނުދިޔަސް އޮފީހުގެ ކަންތައް ކުރުމުގައި އެހީތެރިވަދެމުން ދިޔައެވެ. މާދަމާއަކީ މާލެ ދާ ދުވަސްކަމުން އޭގެ ކުރިން ނުކުރެވި ހުރި މަސައްކަތަށް ކޮށްލުމުގެ ނިޔަތުގައި ރީމް ލެޕްޓޮޕް ނަގައި އޮފީހުން ފޮނުވާފައި ހުރި މެއިލްތައް ކިޔާލަމުން ދިޔައެވެ. މާކެޓިންއަށް ހަދަން ޖެހޭ ޝީޓުތަކާއި ކުރަން ޖެހޭ ދިރާސާތަކުގެ ތަފުސީލް އޮފީހުގައި އޭނާއާއި އެއްކޮށް މަސައްކަތް ކުރާ ކުދިން ފޮނުވާފައި ހުއްޓެވެ.

ވަގުތަކީ ރޭގަނޑު ނުވައެއް ޖެހި ވަގުތެވެ. ދެތިން މެއިލް ކިޔާލުމަށްފަހު އިންބޮސް ރިފުރެޝްކޮށްލި ވަގުތު ނުދަންނަ އީމެއިލް އެޑްރެހެކުން ރީމްއަށް މެއިލްއެއް އައިސްފައި އޮތެވެ. ދުވަސްވަރަކީ އޮފީހަށް އައު މުވައްޒަފުން ނަގަމުންދާ ދުވަސްވަރުކަމުން ރީމް ހީކުރީ އެއީ އެއިން ކުއްޖަކު ފޮނުވާފައި އޮތް މެއިލް ކަމަށެވެ. އެހެންކަމުން އެމެއިލް ހުޅުވާލިއެވެ. އެޔާއިއެކު ސްކުރީން ދެތިން ފަހަރެއްގެ ނިވިފައި ކުރިން ހުރި ގޮތަށް ބަދަލުވިއެވެ. މި ލެޕްޓޮޕަކީ ވަރަށް މައްސަލަތައް ގިނަ އެއްޗަކަށް ވުމުން ރީމް ހީކުރީ އެއީ އޭގެ ކަމަކަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. މުޅި ސްކްރީން ގަނޑުވެއްޖެއެވެ. ރީމް ދެތިން ފަހަރަކު ލެޕްޓޮޕް ލައްޕާފައި ހުޅުވި އިރުވެސް ބަދަލެއް ނާދެއެވެ. ލެޕްޓޮޕް އެއްކޮށް ހަލާކުވީ ކަމަށްބަލައި ރީމް ތެދުވާން އުޅުނު ވަގުތު ލޮލުގައި އަޅައިގަތް ފޮޓޯ އެއްކޮށް މުޅި މީހާ ގަނޑުވި ކަހަލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޝީން

Next

ލޯބިއެހެނަސް..12

Next
February 10, 2018

ލޯބިއެހެނަސް..12

Previews
February 10, 2018

ޝީން

51 Comments!

  1. maroon says:
    February 10, 2018 at 5:04 pm

    Hello. Mihaaru egijje dhw kaain dad aai bahdhalu kuran dhiyaee kon boy ekkan. Girl aky kaakukan adhi neyge. And why do you think reem aniyaa ah ebbas nuvy? Maybe cox of blackmail or love? Anyway still more questions with answers. Ashwa and shaim ge thankolheh genesdhiny ei ebai muhimmu vaanethy adhi fahun. I mean how much they love each other. And kaain mihaaru confess vaanvytha loabi vaa kamah or should he wait until ashwa gets over shanum.. and reem eba ragalhuvey dhw… hehe. Hope u like this part too. Much love tc ???

  2. Natha says:
    February 10, 2018 at 5:09 pm

    Yeah me first

    1. maroon says:
      February 10, 2018 at 5:42 pm

      Yes. Thanku natha ?

  3. Hishh says:
    February 10, 2018 at 5:57 pm

    Alheyy this story is so nice comment nukuriyas mivahaka gavaaidhun kiyan hama up veythw bala balaa hunnany ehaa vec interesting mi vahaka
    Alhe kaain aa ashvaa yaa gulhuvahchey
    Reem ragalhu veema shanum ah reem dheke loabi veveynee kanneyge
    Adhi vec baivaru answers nulibey dhw varah curious dhen answers annaane gothakaa dheythereyga
    Mirey adhi one part up kohla dheebah kiyaa hithun hureveny eh noon this is the best story mihaaru esfiya in Anna ❤❤❤❤

    1. maroon says:
      February 10, 2018 at 7:36 pm

      Hey hishh.v ufaa vejje story kiyaakan angaalyma.shanum ah reem ge ragalhu sifathah fenijenama might fall dhw hama.yes so many answers adhi beynun vey. Lets see what the end game is. Couples and truths are going to be known in twists.. thanku hishh ?

  4. Axy says:
    February 10, 2018 at 5:57 pm

    ???????? me first

    1. maroon says:
      February 10, 2018 at 6:59 pm

      mifaharu noon dhw.. ekam v ufaa vejje comment kollyma. thanku axy ?

  5. Nikki says:
    February 10, 2018 at 6:08 pm

    Kaain should wait a lil bit… cox Ashwa needs time to get over shanum…. BT plxx Ashwa n kaain gulhu vahcheyyy …

    1. maroon says:
      February 10, 2018 at 7:00 pm

      Thanku nikki. i think thats why he is waiting adhi.. lets see what the end game is ?

  6. Shann says:
    February 10, 2018 at 6:13 pm

    Masha Allah, haadha ryhchey mibaives.. Miyadhu ves mihaaru mi story up vehjetho belun adhadhuves neyngey.. Mee mihaaru mi site ga in enme enme rythi n enme enme molhu vaahaka.. Haadha ryhchey mibaives.. Mi site ga miyahvure molhu vaahakeh nethey hama bunelan jeheyny.. N mi site mihaa rythikoh sifakurun genesgen mihaa rythikoh liyaa story eh ves hama nethey bunelan jeheyny.. Hurihai gothakunves v v molhu story ekey buneveyny mi.. Maroon thy kudhinnaa haadha gulhey kuhjekey dhw.. Comment thakahves rply kohfa hunnany v v frndly koh n hama ehaa loabikoh.. U r the best.. N U r my favorite story writers.. Abadhuves thigothuga dhemi hunnahchey.. Luv u

    1. maroon says:
      February 10, 2018 at 7:08 pm

      oh shann… v v v v ufaa vejje comment kiyaalaafa. M showing all my teeths ? ? hehe… .. omg so much thaureef… much love from me.. I always wait for your beautiful comment komme parteh up koffa.. one of my best readers who give such amazing courage and love. Readersge support aky real strength for writers.. huthuras reechas e vaahaka bunumun v ufaa vaane. And shann, m going to remember you forever. one of the sweetest readers. yes abadhuves readers aai gaaiy gulhumeh beyveythw balan. eventhough story liyany maroon beynun vaa gothah viyas tthi kudhinge hiyaalu v muhimmu kamah dhekeythy. and i have made three beautiful friends through story writing in this site.. love your comment and you.. much love ???

  7. Ashwa says:
    February 10, 2018 at 6:29 pm

    vv reethi dhn hama Ashwa n Kaain gulhuvantha thi visnany ekam e dhemyhun frinds ge gothuga thibiyyaa hyvey miyah vure furihama vaanehen

    1. maroon says:
      February 10, 2018 at 7:23 pm

      Thats a superb idea. Lets see the end game. Might be them or not.. thanku ashwa ?

  8. Shanum says:
    February 10, 2018 at 6:55 pm

    Asluves shanum r ashwa gulhuvan beynumee

    1. maroon says:
      February 10, 2018 at 7:24 pm

      Ashwa hen shanum ves beynuvany egoiy dhw. Yes they might be the end game. Thanku shanum ?

  9. Shudha says:
    February 10, 2018 at 6:58 pm

    koacheh baa? reem ah fenuny… let her stay safe… shudha akah hiyeh nuvey liusha eulheny rangalhu niyatheh ga heneh… eesh ah dhera gotheh nuhadhaathi… eesh loves ashwin v bodah… eesh ah mamma ge loabi dhinas ashwin aa dhuru nukuraathi… shanum aa reem rangalhu kuruvaba… shanum v rangalhu ingey.. ashwa happy koh bahattachey… she is my fav in the story… eyna dhera nukurey… kaai. ge prblm aa reem ge prblm ge gulhumeh vey… so lets see… Masha Allah maroon.. v v v v reethi mi part… hyvany vaahakaiga ulheveyhen… shudha ah emme reethi story maroon ge… shudha ah v gina ibrai libey mi vaahaka in… v emotional.. thanku mihaa furihama vaahaka eh genesdhey thyve… u r the best.. sorry kurin ep ah cmnt nukurevunyma… i was busy.. waiting for next part.. loveeeeesss

    1. maroon says:
      February 10, 2018 at 7:30 pm

      Hey shudha missed u in the last part.liusha hama jealous vaahen maroon ha heevany. Ehen noony kyhkuran dhw hama marry kuraa irah annan vy..eventhough shanum hates her he is taking care of her . He is a real man..yes mi maazin gadu dhw emmenge life ruin kuramun mi dhany…maroon dheyn ulhey iburai haasil vaathy v ufaa vejje. Much love. ?? and a huge THANKU ?

  10. Pinky shifoo says:
    February 10, 2018 at 7:13 pm

    Superb ???…. Varah varah reethi… I think because of blackmail Reem aniyaa ah ehbas nuvee… Waiting for next part… Keep up the good work maroon… Tc loves ?

  11. annoying reader says:
    February 10, 2018 at 7:25 pm

    varah reethi mi part ves.alhey kain shud wait adhi confess nukoh. noony ashwa gehlli dhaane. anyway i think mazin and hana hen kain dad aa meet kuri. omg i am holding my breathe nw. wats gonna happen next? will kain go to jail? plz maroon kain and shanum hate each other but please let them talk abt this issue leaving personal prblms aside. ashwa and shaim ge scene varah cute ? mi ulhey liusha kykuran eesh gendhan ulheni ? waiting waitng for more answrs

    1. maroon says:
      February 10, 2018 at 8:03 pm

      Yes. E hana ge habarehves nuvey dhw mihaaru. Maybe for her dad is she trying to ruin kaainge dadge life.. kaain jail ah dhiyumaai medhu buneveyny chance eba othey. Ekam eyrun nukuraa kushegge adhabu libumaky v goas kameh. And shanum aai dhemyhun ehthanegga bai thibbaigen viyas thikan kuranvy…liusha buneveyny hama jealous vegenney dhw. Thanku annoying reader.. ??

  12. A says:
    February 10, 2018 at 7:42 pm

    Pls kaain ashwa gulhuva bala
    And hafeeza ah dhon mamma kee ma v awkward
    Dhahtha is good in my opinion
    Ashwa and kaain
    Shanum and reem
    Hindh and ashwin
    Maazin jail and hana jail ah ???

    1. maroon says:
      February 10, 2018 at 8:06 pm

      Couples to be and hiddens truths are going to be revealed. Yes ei normal koh beynun kuraa lafzeh noon kamun awkward feel vany. V ufaa vejje thi dhin hiyaalah. Maazin and hana dhw.. hehe.. fonuvaalanvy hama. Thanku A ?

  13. Me says:
    February 10, 2018 at 8:42 pm

    Mi site ge v gina vaahaka kiyan. Ekam v madhun coment kurany. Mi vaahaka kiyaafa hama coment nukoh nuhurevey maroon. Ur the best writer i hav seen so far. Konme manzareh ves genesdheefa hunnany sifa vaanehaa reethi koh. Keep ot up dear. And Ashwa ah adhives reason eh neyge dhw shanum marry nukuri. My
    ?…. vote for them

    1. maroon says:
      February 10, 2018 at 10:20 pm

      Thanku Me. V ufaa vejje comment kollyma. Ashwa and shanum dhw adhivs. Theg might happen hama. ?

  14. Ana says:
    February 10, 2018 at 9:18 pm

    Hama nujuhey baithah v gina. Reem kaivenyah 5 dhuvas v iru ashwa kos nimaafa aisfi. Ashwa kos libunee vx vaakkahaiga bunaagothun emeehun infahun. Liysha dharifulhu hoadhan aee vx kiyaaleema heevanee hindhu nd Ashwin inthaa mass dhuvas fagun hen. Mikahala mikahal kankan baivaru.

    Mihaaru vaahaka mulhin hadivejje mikahala hamanujehey kankan ginakamun. Ekahala kankamah visnaalahchey dhen.

    1. maroon says:
      February 10, 2018 at 9:47 pm

      Reem aai shanum marry kurithaa 8 days vejje kamah bunefa innaaanee. So ehenvyma week ehge program eh nimmaalfa aadheveyne dhw. Dhn hind aai eesh eh schoolakah fonuvanu viyas marry kurumuge kurinves ashwin hind balama dhaa kamah eba oiy. Ehenvyma ehen othumakun massala eh noon kanneyge.anyway thi dhin hiyaalah v bodah shukuriyya. And efadha kameh kiyuntherinnah visneyne hen genesdheyn try kuraanan.thanku Ana ??

    2. maroon says:
      February 10, 2018 at 9:50 pm

      .week akah ashwa egeyga bahattai dheyn edhunas e vedhaane dhw week daysge program ah ves. And mihaa gina characters aai ekko liyaa iru mistakes hunnaae kamah gabool kuran.Hope adhives vaahaka kiyai efadha kameh vaanama bunedhinun. Eyrun dhw ragalhu kureveynee

  15. Hairaan says:
    February 10, 2018 at 9:24 pm

    Wow varah reethi

    1. maroon says:
      February 10, 2018 at 10:21 pm

      Thanku hairaan ?

  16. reysh says:
    February 10, 2018 at 9:28 pm

    Maroon ge vaahakaehga varah reethi varah kiyaa hih vey keep it up waiting for next part

    1. maroon says:
      February 10, 2018 at 10:21 pm

      Thanku reysh ?

  17. Xxxx says:
    February 10, 2018 at 9:41 pm

    Haadha reehchey dear??keep it up

    1. maroon says:
      February 10, 2018 at 10:22 pm

      Thanku xxxx ?

  18. Sammy says:
    February 10, 2018 at 10:10 pm

    Story v reethi . Hurihaa kamehves baraabaru. ???

    1. maroon says:
      February 10, 2018 at 10:22 pm

      Thanku sammy ?

  19. I says:
    February 10, 2018 at 11:31 pm

    Sanum aa asvaa gulhuvahchey ehennoany kamakunudhaane edhemeehun enme best baani

    1. maroon says:
      February 11, 2018 at 5:06 pm

      Thanku I ?

  20. mie says:
    February 11, 2018 at 12:10 am

    Ashwa aa kaain gulhuvahcheyy..eiy hama
    the best couple

    1. maroon says:
      February 11, 2018 at 5:06 pm

      Hehe. Thanku mei ?

  21. Maa says:
    February 11, 2018 at 8:18 am

    Obiness to the max …….. reeem ah konkahala pic eh baa e fenunee….. thanks ingey ur hard wrk ah

    1. maroon says:
      February 11, 2018 at 5:07 pm

      Higaa dhw balama.thanku.maa ?

  22. ?unlucky ? says:
    February 11, 2018 at 1:01 pm

    hi maroo comment nufonuvigen las v ekam hama up wi thanaa keen this is the best story i have read so fur you r the best writer you can do this maroo lot of love and good luck and MAY ALLAH BLESS YOU AND GRANT YOUR WISHES ❤❤❤❤❤❤

    1. maroon says:
      February 11, 2018 at 5:08 pm

      Thanku dear. V dhera vaa nameh thy. Much love. Thanku again. And cover pic badhal kuran eba visnan ngey ?

  23. seema says:
    February 11, 2018 at 1:54 pm

    މި ވާހަކަ ވަރަށް ހަޑިވެއްޖެ ކުރީ ޕާޓް ވެސް މި ޕާޓް ވެސް ނުކިޔަން އެހެންވެ. ވަރަށް ދެރަވެއްޖެ ވަރަށް ކިޔާހިތުން ކީ ވާހަކައެއް ހަޑިވެގެން ކިޔުން ހުއްޓާލަންޖެހުނީމަ.

    1. maroon says:
      February 11, 2018 at 5:08 pm

      Its okay. Thanku seema ?

  24. Kkk says:
    February 11, 2018 at 2:11 pm

    Hey mi part vx varah varah lwbi.thankx maroon.we all are with you..ashwa ah shanum libeyne thrr??hope you will give the answerss….❤❤❤

    1. maroon says:
      February 11, 2018 at 5:08 pm

      Answers libeyne story in ngey.. yes maybe hama vun eka sheegenvey ? thanku kkk

  25. Shudha says:
    February 11, 2018 at 4:20 pm

    heyy maroon when next part? waiting

    1. maroon says:
      February 11, 2018 at 5:09 pm

      8 ah up kureveythw mi balany. Thankolheh dhigukoh genesdheyn beynun vaathy ?

  26. Dhivehi Story Reader says:
    February 26, 2018 at 11:26 am

    Pls Shanum and Ashva. Eyrun vaahaka reethi vaanee noonee ehaa reehcche nuvaane vaahakaige gothun e dhemeehun gulheny. Eyrun ending v nice vaane

  27. nsza says:
    March 7, 2018 at 7:46 pm

    haadha hadi ey adhi liyey 100 aa hisaabah

Comments are closed.

Next Episodeތިޔަ އަސަރު 30←


All Right Reserved!