Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 27

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 8, 2018 13 Mins Read
73 Comments

ފޮޓޯތައް ހާވަމުން ގޮސް އަޝްވާގެ ސަމާލުކަން ހުއްޓުނީ ކާއިންގެ ލެޕްޓޮޕު ވަގަށް ނަގައިގެން ދިޔަ މީހާގެ ސީސީޓީވީ ފޮޓޯ އަށެވެ. އެދުވަހަށް ފަހު އަޝްވާ އޭގެ މަތިން ހަނދާން ނެތުނަސް މިރޭ އެފޮޓޯ ފެނުމާއި އެކު މީހާ ދިޔައީ ސިހިގެންނެވެ. އެއީ އެދުވަހުވެސް އަޝްވާއަށް ޝައްކުކުރެވުނު މީހާއެވެ. އެދުވަހު މާޒިން ހުންނާނީ ޖަލުގައި ކަމުންނާއި މާޒިންގެ ފައިގައި އެހާ ގިނަ ލަކުނު ހުންނާނެ ކަމާއި މެދު އަޝްވާގެ ހިތުގައި ސުވާލު އުފެދުނެވެ. އެހަނަސް މިހާރު މާޒިން ޖަލުން މިނިވަންވެ އޭނާއަށް މާޒިން ފެނިއްޖެއެވެ. މި ފޮޓޯއިން ފެންނަނީ ހަމައެކަނި މީހެއްގެ ފައި ކަމުގައި ވިޔަސް އެއީ މާޒިން ގެ ފައި ކަމަށް އަޝްވާއަށް ޔަގީނެވެ. އެއީ މާޒިންގެ ކަކުލުގައި ބޮޑު ކަޅުކުލައިގެ ލަފެއް ހުންނާނެކަން އެގޭތީއެވެ.


 

 

ރޭ އުފާވެރިކަމާއި އެކު ނިންމާލެވުނަސް މިއަދު އިރު ނާރަނީސް މާކޯނި ގެޔަށް ތޫފާނެއް އައިސްގެން އުޅޭ ކަހަލައެވެ. މުޅި ގޭގައި ވަނީ ނުތަނަވަސްކަމެވެ. ރީމް އާއި ހިންދު ގޮވައިގެން ކާއިންއަށް އާދެވުނު އިރު ހުރީ ފަތިސްވާން ކައިރިވެފައެވެ. ވަގުތަކީ އެއްމެން ނަމާދަށް ތެދުވާނެ ވަގުތު ކަމުން އަމީހާ އަށާއި އާއިލާގެ އެހެން މެންބަރުންނަށް އެހަބަރު ދޭން އުދަގުލެއް ނުވިއެވެ. ގަޑިން ހަޔެއް ޖަހަންވާއިރަށް އެއްމެން އެގެޔަށް ޖަމާވިއެވެ.

“ކޮބާ ޝަނުމް” ދޮރުން އެތެރެއަށް  ވަދެގެން އައި އަސްރާރުގެ ދައްތަ ހަދީޖާއާއި، އަމީހާގެ އެއްމެ ފުރަތަމަ ސުވާލަކަށްވީ އެޔެވެ.

ފޯނުން ވާހަކަ ދެއްކިއިރު ލިބިފައިވާ ހާސްކަމާއި އެކު އަސްރާރުއަށް ޝަނުމް އެތާގައި މަޑުކުރިކަމެއް ނުބުނެވެއެވެ.

“ޝަނުމް އަލިފާންގަނޑު ނިއްވަން އެބައުޅޭ އެސަރަހައްދުގަ، އެހެން ކުދިން އެބަތިބި ޓީވީ ދޮށުގަ، އޭގެން މަންޒަރު ވަގުތުން އެބަ ދައްކާ… އަމީހާ ދޭބަލަ ރީމް ކައިރިއަށް، ޝަނުމް އެތާގައި އުޅޭތީ ވަރަށް ހާސްވެގެން އެބަ އުޅޭ، ދެތިން ފަހަރަކު އަހައިފި ޝަނުމް ގުޅައިފި ހޭވެސް” ވާހަކަ ދެއްކީ އަސްރާރުއެވެ.

ހަދީޖާ އާއި އަމީހާ ސިޓިންރޫމަށް ދިޔައިރު އެއްމެން ޓީވީ ދޮށުގައި ތިއްބެވެ. އަޝްވާ އިނީ ރީމްގެ އަތުގައި ހިފައިގެން އިންއިރު އެމީހުންނާއި ޖެހިގެން ހިންދު އިނެވެ. އަދި ކާއިންއާއި ޝައިމް އަދި މަލަކާ އެމީހުންގެ ފަހަތުގައި ކޮޅަށް ތިއްބެވެ. އެއްމެންވެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ހަމްދަރުދީއެވެ.

“ދަރިފުޅާ ސައިބޮއިފިންތަ” އަމީހާ ގޮސް ރީމް ކައިރީ އަނެއް ފަރާތުގައި ހުއްޓިލަމުން ބުނެލިއެވެ.

“ދައްތާ މިތާ އިށީދޭ، އަހަރެން އެބަ އަންނަން ސައިތައްޔާރުކުރަން ދައްތައަށް އެހީވެދޭން ގޮސްލާފަ” އަޝްވާ އިންތަނުން ތެދުވަމުން ބުނެލިއެވެ. އަޝްވާއާއި އެކު ހަދީޖާ ވެސް ބަދިގެޔަށް ދިޔައެވެ.

 

“ނަދީމާ! ފޮނި އެއްޗެހި ތަންކޮޅެއް ގިނައިން ހަދާލައްޗޭ” ހަދީޖާ އެހެން ބުނެލީ މިގޭގައި މިކަހަލަ ކަމެއް ދިމާވެއްޖެނަމަ އެއްމެންވެސް ގިނައިން ކާނީ ފޮނި އެއްޗެހިކަން އެނގޭތީއެވެ. ތިން އިރަށް ނުކެޔަސް ފުރިޖުގައި ކާނެ ފޮނި އެއްޗެއް ހުރިނަމަ އެއިން ބަނޑުފުރާލާނެއެވެ.

“ލައްބަ ދައްތާ! މިހާރު އަލިފާންގަނޑު އެއްކޮށް ނިއްމާލެއްޖެއެއްނު، އެކުދިންނަށް ސޭންޑްވިޗް ކޮޅެއް ހަދާދީފަ އެކަމާ އުޅޭނަން” ނަދީމާ ބުނެލިއެވެ. ޗުއްޓީ ނިއްމާލުމަށްފަހު ނަދީމާއަށް މާލެ އާދެވުނީ ރޭގެ ވަގުތެއްގައެވެ.

“ރަގަޅު!… ” ހަދީޖާ ބުނެލިއެވެ. އަދި ގޮސް އަސްރާރުއާއި ޖެހިގެން ކާމޭޒު ދޮށުގައި އިށީނެވެ.

“މީ ކިހިނެތް ރޯވި އަލިފާންގަނޑެއްތަ، މާހީމެން ކި މީހަކު ގަސްދުގައިކޮށްގެން އުޅޭ ކަމެކޭވެސް” ހަދީޖާ އޭނާއަށް ގޭތެރެއިން އިވުނީ ތެދު ވާހަކައެއްތޯ ޔަގީންކޮށްލަން އަހާލިއެވެ.

“އާން ގަސްދުގައި ކުރި ކަމެއް ކަމަށް ޕޮލިހުން ބުނަނީ، އެކަމަކު މިހާ އަވަހަށް ގޮތެއް ނިންމާކަށްވެސް ނޭގޭނެއެއްނު… އަޝްވިންމެން ގުޅާފައި ވެގެން އުޅޭ ގޮތް ބުނުމުން އަހަރެން ހިތް ނުހުއްޓުނީ ކިރިއާ، އަޝްވިން  ކިޔާދިން ގޮތުން ނަމަ އެތަނުން ނުކުމެވޭ ގޮތަށް ހުރި ހުރިހާ ދޮރެއްގައި އަލިފާން ރޯކޮށްފައި ހުރި. އަދި ތިންވަނަ ބުރިން ފެށިގެން އެއްމެ ތިރިއާއި ހަމައަށް ހުރިހާ ބުރިއެއްގައި އަލިފާނުގެ އަސަރު ހުރި.. އަހަންނަށް ކިރިއާވެސް ހަމަޖެހުމެއް މިލިބުނީ މިކުދިން ގެޔަށް އައިމަ، ޝަނުމްއާއި އަޝްވިންވެސް ދެންމެ ގުޅާފަ ބުނި އިރުކޮޅަކުން އެބަ އަންނަމޭ” އަސްސާރު ކިޔާދިނެވެ.

“އެތާނގަ ހުންނާނެއެއްނު މިގެންގުޅޭ ކުދިކުދި ކެމެރާތައް، އޭގެން އެކަން ކުރި މީހެއް ނުހޯދޭނެތަ” ހަދީޖާ އަހާލިއެވެ. އޭނާއަކީ މާގިނައިން ތަންތަނަށް ދާ މީހަކަށް ނުވެފައި އިއްޔެ އެހޮޓަލަށް ދިޔައިރު އެތާގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތައް ފެނި ދަރިން ކައިރިން އެއީ ކޯއްޗެއްތޯ އޮޅުންފިލުވިއެވެ.

“އާން، އިން ޝާ ﷲ މިކަން ކުރި މީހަކަށް މިކަމުގެ އަދަބު ލިބޭނެ، އަނިޔާ ލިބޭ އާއިލާތަކުން މަޑުންނެއް ނުތިބޭނެ މިކަހަލަ ބޮޑު ކަމެއްގައި ބަސްނުބުނެ” އަސްރާރު ޔަގީންކަމާއި އެކީ ބުނެލިއެވެ. އެއިން މީހަކު އިސްނުނެގިޔަސް އޭނާ އެކަނިހުރެ ނަމަވެސް ހަތަރު ކުދިންގެ ހައްގުގައި ތެދުވާނެކަން ކަށަވަރެވެ.

“އަޝްވާ، މާމަ އަންނަނީ ކޮން އިރަކުންތަ” މައުޟޫ ބަދަލުކޮށްލަމުން ހަދީޖާ އަހައލިއެވެ.

“މާމައަށް އާދެވޭނީ މެންދުރު ވަގުތެއްގައިހެން ހީވަނީ ދޯ ބައްޕާ” އަޝްވާ ބުނެލިއެވެ. އަސްރާރުގެ މަންމަ ނިޔާވެފައި ވީނަމަވެސް އަޝްވާގެ މަންމަ ފަރާތުގެ މާމަ ދުނިޔޭގައި އެބަ ހުއްޓެވެ. މާމަ އަކީ ކުޅުދުއްފުށީ ރައްވެއްސަކަށް ވުމުން މިއަދާއި ޖެހެންދެން އުޅެނީ އެރަށުގައެވެ. އިނާޔާ އަސްރާރުއާއި އިނދެގެން މާލެ ބަދަލުވިފަހުން އިނާޔާގެ މަންމަ އަހަރަކު އެއް ފަހަރު  މާލެ އައިސް އުޅެއެވެ. އިނާޔާ މަރުވުމަށްފަހު ޒުބައިދާއަށް މާލެ އައުންވީ ވަރަށް އުދަގޫކަމަކަށެވެ. އިނާޔާ މަތިން މާބޮޑަށް ހަނދާންވާނެ ކަމަށް ބުނެ މިއަދާއި ހަމައަށް ބަހަނާ ދައްކަމުން ދިޔައެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވީމައި ކަމަށް ވެދާނެއެވެ.

މާލެ ނާދެވުނަސް ޒުބައިދާ އޭނާގެ މާމަ ދަރިންނާއި މުނި މާމަ ކިޔާ އީޝްގެ ހަބަރު ބަރާބަރަށް ބަލަމުން ދެއެވެ. ބޯޓު މާލެ އަންނަ ދުވަހެއް ނަމަ ހަދިޔާ ދަޅުތަކުން އެގެ ފުރާލައެވެ. މިފަހަރު ޒުބައިދާ މާލެ އެއަންނަނީ ދެން އެބުރި ނުދާ ގޮތަށެވެ. މުސްކުޅި އުމުރުށް ދިޔުމުން ހަށިގަނޑުގެ ބަލިކަން އިތުރުވަމުންދާތީ މާލެއިން ލިބެން އޮތް އެހީއެއް ހޯދުމަށެވެ. އަދި ދަރިންނާއި ދުރުގައި ގިނަ ދުވަހު އުޅެވުމުން އާއިލާ މަތިން ހަނދާންވާތީއެވެ. ކުރިންވެސް މާލެ އަންނަން އުޅުނު ކަމުގައި ވިޔަސް އަސްރާރުގެ ހިތް ބަރުކަމެއް އޮވެދާނެތީ އަންނަން ނުކެރުނީއެވެ.


 

ހެނދުނުގެ ސައި ތަންކޮޅެއް އަވަހަށް ބުއިމަށްފަހު އަޝްވިން އާއި ހިންދު ކޮޓަރިއަށް ދިޔައެވެ. އެމީހުންގެ ފަހަތުން އީޝް އަޝްވިންގެ ފޯނާއި ކުޅެމުން އާދެއެވެ.

އަޝްވިން ހިންދު އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. އަދި ސިއްރު ސިއްރުން ހިންދުގެ ކަންފަތް ބުޑުގައި އެއްޗެއް ބުނެލިއެވެ. ހިންދު އަޝްވިންގެ މޭގައި އަޅައި ދުރަށް ކޮއްޕާލިއެވެ. އެމަންޒަރު ބަލަން ހުރި  އީޝް ދުވެފައި އައިސް އެނދަށް އަރައި އަޝްވިންގެ ފަހަތުން ބައްދައިގަތެވެ.

“ބައްޕާ ތަދުވިތަ” އީޝް ހާސްވެފައިވާ އަޑަކުން އަހާލިއެވެ.

“ނޫނޭ ދޫންޏާ، ދައްތަ ލަދުގަތީމަ ބައްޕަ ކޮއްޕާލީ” ފަހަތުން އީޝްގެ އަތުގައި ހިފައި ކުރިއަށް ގެންނަމުން އަޝްވިން ބުނެލިއެވެ.

“ކޮބާ ތިއްތި ހެދުން” އަތުން ކޮބާހޭ ބުނަމުން އީޝް އަހާލިއެވެ.

“ތިއްތި ހެދުން ފަހުން ލިބޭނެ، ހުރިހާ ކުދިންވާނެ ދޯ މިއަދު ހަވީރު ރީތިވެލައިގެން ހިނގާލަން ދާން، އިހަށް ހިނގާ ކާފަ އީޝްއަށް ދިން ހަދިޔާ ކަނޑާލަން” އަޝްވިން އީޝް ތިރީގައި ބެހެއްޓުމަށްފަހު ކޮޓަރީގެ އެއް ކަނެއްގައި ހުރި ބޮޑު ޕާރުސަލު ހިފައިގެން އައެވެ.

“އީޝް މީގެ ތެރޭގައި އޮތީ ކޯއްޗެއް؟” އަޝްވިން އައިސް އިށީނުމުން ހިންދު ސުވާލުކޮށްލިއެވެ.

“މިހެން ދާ އެއްޗެއް ދޯ ބައްޕާ” ޝަހާދަތް އިގިލިން ބަށް ބުރެއް އަޅާލަމުން އީޝް ބުނެލިއެވެ.

“އޭގެ މާނައަކީ ބައިސްކަލެކޭ، ކުރިން ދުވަހު ބައްޕަމެން ޕާކަށް ދިޔަފަހުން މިހެން ދާ އެއްޗެއް ހޯދަދޭން ކިޔަން ފަށައިފި. އަހަންނަށް އެއީ ކޯއްޗެއްކަން އެނގުނީ މިދިޔަ ހުކުރު ދުވަހު ޕާކަށް ގޮސް އީޝް އެތާހުރި ކުއްޖެއްގެ ބައިސްކަލު ދޭށޭ ކިޔާފަ ރުއީމަ” އަޝްވިން ހެމުން އީޝް އެދުވަހު އުޅުނު ގޮތް ހިންދުއަށް ކިޔާ ދިނެވެ. އޭރު އީޝް ދިޔައީ ބޮޑު ފޮށިގަނޑުގެ ވަށައިގެން ލައިފާ ހުރި ނޫކުލައިގެ ކަރުދާސްގަނޑު ނައްޓަމުންނެވެ. ޓޭޕް އަޅައިފައި ހުރި ތަންތަނުން އަޝްވިންގެ އެހީތެރިކަން ހޯދަމުންނެވެ.

އަޝްވިން ފޮށިގަނޑުގެ މަތި ނަގާލުމާއި އެކު އީޝްގެ ދެލޮލާއި އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އިރުކޮޅަކުން އެހެން ހުރުމަށްފަހު އެއް އަތުން އަނގަ މަތީ އަތް އަޅައި އަނެއް އަތުން ފޮށި ތެރޭގައި އޮތް ބައިސްކަލަށް އިޝާރާތްކޮށްލިއެވެ. އީޝްއަށް ވީވަރު ފެނިފައި އަޝްވިންއާއި ހިންދުއަށް ނުހީ ނުތިބުވުނެވެ. އަޝްވިން ހެމުން ބައިސްކަލު ފޮށިގަނޑުން ނަގައި ތަޅުންގަނޑު މަތީގައި ބެހެއްޓިއެވެ. ފެހި ކުލައިގެ އެބައިސްކަލުގައި ދެ ފުރޮޅު ހުރިއިރު ފަހަތުގައި އަދި އިތުރު ދެ ކުޑަ ފުރޮޅު ހުއްޓެވެ. ކުރިމަތީގައި ދިއްލާ ބޮއްކަކާއި މާއަޅާ ވަށިގަނޑެއްވެސް ހުއްޓެވެ.

“ދަރިފުޅު ބައިސްކަލު ދުއްވާނަންތަ މިގަޑީ” އީޝް ކައިރިއަށް ތިރިވެލަމުން އަޝްވިން އަހާލިއެވެ.

“ކޮއްކޮ ބިރުގަނޭ” އަޝްވިންއާއި ދިމާލަށް ބަލާލަމުން އީޝް ބުނެލިއެވެ.

“އެހެންތަ، ހުރިހާ ކުދިންވެސް ފުރަތަމަ ބިރުގަންނާނޭ.. އެކަމަކު ދަރިފުޅަށް އެނގޭތަ ބައިސްކަލު ދުއްވަން ވަރަށް ވަރަށް ފަސޭހަވާނެ. ހަވީރު ބައްޕައާއި ދެކުދިން އެއްކޮށްގޮސް ބައިސްކަލު ދުއްވަން ދަސްކުރާނީ އިނގޭ” އަޝްވިން ވާހަކަ ދެއްކީ އީޝްއަށް ވިސްނޭނެހެން މަޑުމަޑުންނެވެ.

“ދޫނި އަވަހަށް ގޮސް ކާފައަށާއި މާމައަށް ބޮޑު އުއްމައެއް ދީފަ ބުނޭ …”

“ޝުކުރިއްޔާ” އީޝް އަޝްވިންގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ. އުމުރުން ދެއަހަރާއި ބަޔަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ކަންތައް އެގެން ފެށި ދުވަހުން އަޝްވިން އީޝްއަށް ހުރިހާ ކަމެއް ދަސްކޮށްދެމުން ދަނީ ވަރަށް ފަރުވާތެރިކަމާއި އެކީގައެވެ. މީހުން ގައިގައި ޖެހުމާއި އަޑުލައި ނުހެދުމަށް ނަސޭހަތްދެއެވެ. އަދި ރަގަޅު ކުދިން އަބަދުވެސް ހަދިޔާއެއް ދިނުމުން ނޫނީ ކަމެއް ކޮށްދިނުމުން ޝުކުރު އަދާކުރާނެ ކަމުގައި ބުނެއެވެ. ކާ ގަޑިތަކާއި ނިދާ ގަޑިތަކަށް އެއްމެ ތުއްތު އިރުއްސުރެ އަހުލުކުރުވުމުގެ ނަތީޖާ މިއަދު ފެންނަމުން ދެއެވެ. ކުޅެން އުޅެފައި ވިޔަސް ގަޑިތަކުގައި އަޝްވާ ނޫނީ އޭނަ ކައިރިއަށް އަންނާނެއެވެ.

އަޝްވިންގެ ޖުމްލަ ފުރިހަމަކޮށް ދިނުމަށްފަހު އީޝް ދާން ދުއްވައިގަތުމުން އަޝްވިން ކުރިއަށް އަރައި ދޮރު ހުޅުވައިދިނެވެ. އަދި އީޝް ދިޔުމުން ދޮރު ނުލައްޕާ އައިސް ބައިސްކަލު އެއް ފަރާތްކޮށްލިއެވެ.

“ހާދަ މަޑުން ތިއިނީ، މިއަދު ރަގަޅަށް ސައިވެސް ނުބޮމެއްނު” ހިންދު ކައިރީ އިށީދެލަމުން އަޝްވިން އަހާލިއެވެ.

“މިހާ އަވަހަށް ސައިބޯންވީމަ ނުބޮވުނީ، އަދި ތަންކޮޅެއް ލަސްކޮށްލާފަ ކާނަން” ހިންދު ބުނެލިއެވެ.

“މައްސަލައެއް ނެތް، އަބަދުވެސް ގިނައިން ކައިގެން ހުންނާނީ. މިގެއިން ކާއެއްޗެހި ހުސްވާނެ އިރެއް ނާންނާނެ. ބޭނުން އެއްޗެއް ނެތް ނަމަ އަޝްވާ ނޫނީ ނަދީމާ ކައިރީ ބުނެލާ އިނގޭ” އެނދުގައި އޮށޯވެލަމުން އަޝްވިން ބުނެލިއެވެ.

“އަހަންނަށްވެސް ކައްކަން އެގެއޭ، އަޝްވާއަށް ވުރެ ވަކި ދެރައެއް ނުވާނެ” އަޝްވިން ކައިރީ އޮށޯވެލަމުން ހިންދު ބުނެލިއެވެ.

“އެހެންތަ، ތިހެންވިއްޔާ މިރޭގެ ކެއުން ހިންދު ތައްޔާރުކޮށްދޭން ޖެހޭނެ. އަދި ބުނަން ހިންދު ޖެހޭނެ މޮޑެފައި އަހަންނަން ކާންދޭންވެސް” އަޝްވިން ހިންދުއާއި ދިމާލަށް އެބުރިލަމުން ބުނެލިއެވެ.

“ހިނގާ ދޯ ކާކުގެ ކެއުން ތޯ މީރީ ބަލަން، ކޯއްޗެއް އަޝްވިންއަށް ކައްކަދޭން ވީ މިރެއަށް” އަޝްވިންގެ މޭމަތީގައި އަތް ހިންގާލަމުން ހިންދު ބުނެލިއެވެ.

“މިއަތުން ކައްކާފަދޭ ކޮންމެ އެއްޗެއްވެސް އަހަރެން ކާނަން” ހިންދުގެ އަތުގައި ހިފައި ބާރުކޮށްލަމުން އަޝްވިން ބުނެލިއެވެ. އަދި ތަންކޮޅެއް ކުރިއަށް ޖެހިލައި ހިންދުގެ ނިތްކުރިއަށް ލޯބިން ބޮސްދިނެވެ.

“މީ ކޮއްކޮ ބައްޕައެއް” ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އީޝް އައިސް ދެމީހުން މެދަށް ފުންމާލުމުންނެވެ.

“ކޮއްކޮ ޖެލަސްވީތަ ބައްޕަ ކައިރީ އެހެން ކުއްޖެއް އޮތީމަ” އީޝް އުރާލައިގެން އައިސް ބަނޑުމަތީ ބައިންދަމުން އަޝްވިން އަހާލިއެވެ. އީޝްއަށް “ޖެލަސް” އަކީ ކޯއްޗެއްކަން ނޭނގި ދެކޮޅަށް ބޯ ހޫރުވާލިއެވެ.

“މީ ބައްޕަގެ ދަރިފުޅު” އީޝްގެ މޭގައި އިގިލި ޖައްސާލަމުން އަޝްވިން ބުނެލިއެވެ. “މީ ބައްޕަގެ ވައިފް” ދެން އަޝްވިން އިޝާރާތްކޮށްލީ އޭނައާއި ޖެހިގެން އޮތް ހިންދުއަށެވެ.

“ނޫން، މީ ބައްޕަ ވައިފް” އީޝް މޭމަތީގައި އަތް ބާއްވާލަމުން ބުނެލިއެވެ. ހިންދުއާއި އަޝްވިންއަށް ހެވެން ފެށުމުން އީޝް އަނެއްކާވެސް އެހެން ބުނެލިއެވެ. އަދި އަޝްވިންގެ މޭމަތީގައި ބޯ އަޅާލައި އަޝްވިންގެ ހަށިގަނޑުގައި އޭނާގެ ކުޑަ ދެއަތް ފަތުރާލިއެވެ.

“ދޫނީ” އަޝްވިން އީޝްއަށް ގޮވަމުން ތެދުކުރުވިއެވެ. ހިންދުއަކީ އީޝްގެ މަންމަ ކަމަށް އަޝްވިން ނުބުނާނެއެވެ. މިއަދު އީޝްގެ މަންމައެއް ނެތްކަމުގައި ވިޔަސް ކޮންމެވެސް ދުވަހަކުން އެސުވާލު އޭނާއާއި އަމާޒުވާނެކަން ކަށަވަރެވެ. އެހެންނަމަވެސް އެއީ މާފަހުގެ ކަމަކަށް ވާތީ އަޝްވިން އެކަމާއި އަޅާނުލައެވެ. އޭގެ ބަދަލުގައި އަޝްވިން މަސައްކަތް ކުރަމުން ދިޔައީ އީޝްގެ ޅަ ސިކުޑިއަށް ހިންދުއަކީ އެމަގާމު މިއަދު ފުރާނެ މީހާކަން ބަޔާންކޮށްދިނުމަށެވެ. އަދި އެދެމީހުންގެ ހަޔާތުގައި ހިންދުގެ މުހިއްމުކަން ވިސްނައިދިނުމަށެވެ.

“މީ ބައްޕަގެ ދަރިފުޅު، ދެން މިހިރީ ބައްޕަގެ ވައިފް އިނގޭ” އަޝްވިން ދެތިން ފަހަރެއްގެ މަތިން ބުނެދިނެވެ. އީޝްއަށް މީ ދަސްކުރަން އުދަގޫކަމަކަށް ވީހެން ހީނުވެއެވެ. އަޝްވިންގެ ގައިމަތިން ތެދުވެ ހިންދު ކައިރީ އިށީދެލިއެވެ.

“މީ ބައްޕަ ވައިފް” އީޝް ބުނެލީ ހުރިހާ އަކުރެއް ހަމައަށް އަދި ރަގަޅަށެވެ.

“އާން މީ ބައްޕަގެ ވައިފް، އެކަމަކު މީ އީޝްގެ ދައްތަ އިނގޭ” ހިންދު މޭގައި އަތް އަޅާލަމުން ބުނެލިއެވެ.

“ދައްތާ..” ދައްތާއޭ ބުނެ އީޝް ދަމައިލިއެވެ.

“ބައްޕަގެ ދަރިފުޅު ހާދަ މޮޅޭ… މާޝާ ﷲ..” އީޝްގެ ބުރަކަށީގައި ފިރުމާލަމުން އަޝްވިން ބުނެލީ ފަހުރުވެރިކަމާއި އެކީގައެވެ. އާބަސްތަކާއި ޖުމްލަތައް ދަސްކުރަން އީޝްގެ ހުނަރުވެރިކަން އެބަހުރިއެވެ.

“ބައްޕި ދެކެ ލޯބިވޭތަ” އީޝް ހިންދުއަށް ބަލާލުމަށްފަހު  ކޮށްލި ސުވާލުން އަޝްވިންއާއި ހިންދުއަށް ވެސް ލިބުނީ ހައިރާންކަމެވެ.

“އާން ވަރަށް ބޮޑަށް ލޯބިވޭ” އަޝްވިންއަށް ބަލާލުމަށްފަހު ހިންދު ބުނެލިއެވެ.

“ކޮއްކޮވެސް ލޯބިވޭ ބައްޕަ ދެކެ” ހިންދު ގައިގައި ބައްދާލަމުން އީޝް ބުނެލީ ހިނިތުންވެލައި ހުރެއެވެ. އީޝްގެ ބައްޕަ ދެކެ ލޯބިވާ ކޮންމެ މީހެއް ދެކެވެސް އީޝް ލޯބިވާނެކަން ހާމަވެގެން ދިޔައެވެ. ހިންދު ނޫނެކޭ ބުނެފިނަމަ އީޝްގެ ހަރަކާތްތައް ބަދަލުވެގެން ދާނީ ކިހިނަކުން ހެއްޔެވެ؟

“ބައްޕަގެ ޓޫ ފެވަރިޓް ގާލްސް، ބައްޕަވެސް ވަރަށް ލޯބިވޭ އިނގޭ” އީޝްއާއި ހިންދު މެޔާއިލައި ބޮނޑިކޮށްލަމުން އަޝްވިން ބުނެލިއެވެ.

އާއިލާ ފުރިހަމަ މިވީ ކިހާ ހިތްގައިމު ގޮތަކަށް ހެއްޔެވެ؟ އެކަނި ދަރިއެއް ބެލުމަކީ އުދަގޫ ކަމަކަށް ނުވިޔަސް އެއީ ވަރުބަލިވާ ފަދަ ކަމެކެވެ. ހޮސްޕިޓަލަށް ދަމުން ކްލިނިކަށް ދަމުން އެހެންމީހުންގެ އެހީތެރިކަން ހޯދިއަސް މިއަދު ދަރިއެއް ބެލުމުގެ އުފަލާއި އޭގައިވާ ހިތްގައިމުކަން ހިއްސާކޮށްލެވޭނެ ފަރާތެއް އަޝްވިން ހޯދައިފިއެވެ. އަޝްވިންއާއި އެއްވަރަށް ހިންދުވެސް މިއުފަލުގައި ބައިރވެރިވާން ނިއްމީ އުފަލާއި އެކީގައެވެ. އަޝްވިންގެ ކޮންމެ ހިތާމައަކާއި އުފަލެއްގައި ހިއްސާވާނެ ކަމަށް ވައުދުވަމުންނެވެ.

އީޝްއަށް ލިބުނު އުފަލުގެ ކޮޅެއް ނެތެވެ. ބައްޕަ އޭނާއަށް ހޯދައި މިދިން މަންމައެއް ފަދަ ފަރާތަކީ އޭނާގެ ހިތުންވެސް ޖާގައެއް ހޯދައިފައިވާ ފަރާތެކެވެ. މިއުމުރުގައި އީޝްގެ ސުވާލުތަކަށް ފޫހި ކަމެއް ނެތި ޖަވާބު ދޭނެ ފަރާތެކެވެ. ބަލިވީމައި ކައިރީގައި ހުންނާނެ ފަރާތެކެވެ. އީޝްގެ ބަހުރުވައިން ނަމަ ނާނާ ކިޔައި ކައިރީގައި އޮށޯންނާނެ އިތުރު ފަރާތެކެވެ. އީޝްގެ ތުއްތު ކަމާއި އެކުވެސް އަޝްވިން ހިންދުއާއި އެކު އުޅޭއިރު އުފާވާކަން އެނގެއެވެ. .މިވީ ދުވަސްތަކުގައި  އަޝްވިން ހިންދުއާއި އެކު އުޅޭއިރު އަޝްވިންގެ ހަރަކާތްތައް ފަރުވާތެރިކަމާއި އެކީ އީޝް ބަލާ ހަދައެވެ. ހިންދު ކައިރީ އަޝްވިން ދެކެ ލޯބިވޭތޯ އަހައިލީ ލޯތްބަކީ ކޯއްޗެއްކަން ނޭނގި ހުރެއެވެ. އެހެންނަމަވެސް އޭނާއަށް އަޅާލާ އެއްމެން ލޯބިވާ ވާހަކަ ބުނާތީ އަމިއްލައަށް މާނައެއް އުފައްދާލީއެވެ.


 

ޝަނުމްއަށް ގެޔަށް އާދެވޭވަރުވީ ދިހައެއް ޖަހާ ބޮޑުވި ފަހުންނެވެ. އަލިފާން ނިއްވުމުގައި އެހީވެދިނުމަށްފަހު އޭނާ އޮފީހަށް ދިޔައީ އެތަނަށް ދޭންޖެހޭ މައުލޫމާތުތައް ދިނުމަށެވެ. އެޔަށްފަހު އެތަނުން ހެދުން ބަދަލުކޮށްގެން މާހިލްއާއި ދެމީހުން ކޮފީއަކަށް އެރިއެވެ.

ޝަނުމް ފާއިތުވި ދުވަސްތަކުގައި ރީމްއަށް އުދަގޫކުރަމުން ދާ މީހާގެ އިތުރު  މައުލޫމާތެއް ދިނެވެ. ޝަނުމް މާޒިންގެ މައުލޫމާތު ބޮޑަށް އެނގޭނީ ރީމްއަށޭ ބުނުމުން މާދަމާގެ ވަގުތެއްގައި ރީމް ގޮވައިގެން ސްޓޭޝަނަށް އައުމަށް އެދުނެވެ. އޭރުން މާހިލް އަށާއި އަދި މިކަމުގައި އެހީވެދޭނެ މީހުންނަށް މާޒިން ހޯދަން ފަސޭހަވާނެ ކަމަށްވެސް ބުންޏެވެ.

ކޮފީއިން ނިންމާލުމަށްފަހު ޝަނުމް ގެޔަށް ދިޔައިރު ގޭގެ އެއްމެން ކަހަލަ ގޮތަކަށް ތިބީ އޭނާގެ އިންތިޒާރުގައެވެ.

“ޝަނުމް، ތަނަކަށް އަނިޔާވިތަ” ހަފީޒާ ދުވަފައި އައިސް އަހާލިއެވެ.

“ނޫނޭ ބޮޑުދައިތާ، އަޅުގަނޑަށް ކަމެއް ނުވޭ. އެކަމަކު ވިހި ވަރަކަށް މީހުންނަށް އެކި އަނިޔާ ލިބި ހޮސްޕިޓަލަށް ގެންދިޔަ” ޝަނުމް ބުނެލިއެވެ.

“ކޮބައިތޯ ރީމް” ދެފަރާތް ބަލާ ހޯދާލިއިރުވެސް ރީމް ފެންނަން ނެތުމުން ޝަނުމް އަހާލިއެވެ.

“ރީމް އަހަރެންގެ ކޮޓަރީގަވީ، ޝަނުމް އައިމަ ނޫނީ ސައިނުބޯނަމޭ ކިޔާފަ އޮށޯތީ” އަޝްވާ ބުނެލިއެވެ. ޝަނުމްގެ ހެޔޮ ހާލުގައި ފެނުމުން ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

“އެމަންޖެ ގޮވައިގެން ސައިބޯން އާދޭ، ސައިބޮއިގެން ނިދާލީމަ ވަރުބަލިކަން ފިލައިދާނެ” އަމީހާ ބުނެލިއެވެ.

ޝަނުމް ގޮސް އަޝްވާގެ ކޮޓަރިއަށް ވެނެވެ. އޭރު ރީމް ސީލިންގަށް ބަލަހައްޓައިގެން އޮތީ ފުން ހިޔާލެއްގެ ތެރެއަށް ގެބިފައެވެ.

“އަހަރެން ނެތަސް ސައިބޮއިގެން އޮތްނަމަ” އެތެރެއަށް ވަންނަމުން ޝަނުމް ބުނެލިއެވެ. ޝަނުމްގެ އަޑު ޖެހުމާއި އެކު ރީމް ކެތްތެރިކުޑަވެފައިވާ ހާލު ކޮޅަށް ތެދުވިއެވެ.

“ޝަނުމް ވީ ތަނެއް ނޭނގޭއިރު އަހަރެން ކިހިނެތް ސައިބޯނީ، އެއްމެ ކުޑަމިނުން ގުޅާލި ނަމަ” ރީމް ޝަކުވާކޮށްލިއެވެ.

“އެހާ ބުރަކޮށް އުޅޭއިރު ފޯނު ނަގަން ވެއްޖެނަމަ އަހަރެން އަލިފާނުގައި ޖެހި އަޅިއަށް ވެދާނެއެއްނު” ޝަނުމް އައިސް ރީމް ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ.

“ނަސީބެއް ތިހެން ނުވިކަން.. އެއްވެސް މީހެއް ގުޅާއިރު ފޯނު ނުނަގައްޗޭ” ރީމް ވާހަކަ ދެއްކީ ކުޑަ ކުއްޖެއްހެންނެވެ.

“ހުމްމްމް.. ހިނގާ ދެން.. އަހަރެން ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ”

ދެމީހުން އެކުގައި ބަދިގެޔަށް ދިޔައިރު އަޝްވާއާއި އަމީހާ އެމީހުންނަށް ސައި ހަދައިދެނީއެވެ. ޝަނުމް މިގެޔަށް އަންނާނެކަން އެނގުމުން އަޝްވާ ފިހާރައަށް ގޮސް ބަރަބޮލެއް ގަނެގެން ޝަނުމްއަށް އެއްމެ މީރުކޮށް މަސްހުނި މޮޑެދިނެވެ. އަދި ޝަނުމްއަށް ކަމުދާނެހެން ހުނިރޮށި ފިހައި ގަރުދިޔާއި އެކު މޭޒުމައްޗަށް ނެގިއެވެ.

“އަޝް ތެންކިޔޫ” އަޝްވާ ދާން އުޅުމުން ރީމް ބުނެލިއެވެ. އަޝްވާ ހިނިތުންވަލައިފައި އެއީ އެވަރުކަމެއް ނޫނޭ ބުނެލިއެވެ. އަދި ރަގަޅަށް ސައިބޯންވާނެ ކިޔާފައި ދިޔައެވެ.

“މިއަދު ހަވީރު ހަތަރެއް ޖަހަންވާއިރަށް އަހަންނާއި އެކު ތާކަށް ދާން ތައްޔާރު ވައްޗޭ” އަމީހާ ގޮސް ދެމީހުން އެކަނިވުމުން ޝަނުމް ބުނެލިއެވެ.

“ކޮންތާކަށް ދާން” ރީމް އަވަސް އަވަހަށް އަހާލިއެވެ. މިގޭގެ ހަތަރުފާރުން ބޭރަށް ދާކަށް ބޭނުމެއް ނުކެރިފައެވެ.

“މާހިލްއާއި ބައްދަލުކޮށްލަން ޕޮލިސް ސްޓޭޝަނަށް، އެކަމަކު މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީ ނުބުނާތި. މަންމަ ކައިރީގަވެސް” ޝަނުމް ކޮށްލީ އަމުރެކެވެ. ރީމްގެ ރައްކާތެރިކަމަށްޓަކައެވެ.

“އޯކޭ” ރީމްއަށް އެފަދަ ކަމަކަށް އެއްބަސްވާން ކުޑަ ހިނދުކޮޅަކަށް ވިސްނާލަން ޖެހުނެވެ. ހަޔާތުގައި މިވީ ހާ ތަނަށް މަންމަ އެއްވެސް ކަމެއް ރީމް ސިއްރު ނުކުރެއެވެ.

“އަދި ފޮށިން އެއްޗެހި ނުނަގާ ބަހައްޓާ، ފަހަރެއްގަ ތާކަށް ފުރަންޖެހިދާނެ” މާހިލްއާއި ވާހަކަ ދެއްކުމަށްފަހު ފަހަރަކު ކަމެއް ކުރަން ޝަނުމް ނިންމިއެވެ. ދެމީހުންނަކީ އަލަތު ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ގުނަމުންދާ މީހުންނަށް ވުމުން ދެމީހުން އެކުގައި ތާކަށް ދިޔަސް ބަޔަކަށް ޝައްކުނުވާނެ ކަން ޔަގީނެވެ. ނަމަވެސް ސިއްރުތައް ބޭޒާރުނުކޮށް މިކަން ކުރާނެ މޮޅު ގޮތެއް ހޯދަން ޝަނުމްއަށް ޖެހޭނެއެވެ.

“މިދުވަސްކޮޅު މިކޮޅުގައި އުޅެން އެހާ ބުއްދިވެރި ނޫންވީމަ އަހަރެން މިގަސްދުކުރަނީ އެއް ހަފުތާއަށް ރީމް ގޮވައިގެން ރަށަށް ދާންކަމަށް، އެދުވަސްކޮޅު ތެރޭ އެމީހާ ހޯދޭނެ ކަމަށް މާހިލް އެބަ ބުނޭ” ރީމް ސުވާލުގެ ނަޒަރުން ބަލާލުމުން ޝަނުމް ބުނެލިއެވެ.

“ރަށަށް ދާ ވާހަކަ ގޭ މީހުން ފިޔަވައި އިތުރު އެއްވެސް މީހެއް ކައިރީ ނުބުނާތި، އަހަންނަށް ހީވަނީ މިކަންތަކުގައި ރީމް ވަރަށް ރަގަޅަށް ދަންނަ މީހެއްގެ އަތެއްވާހެން، އެހެންވެ ރީމް ދާހާ ތަނެއް ހޯދަން ފަސޭހަވަނީ” ޝަނުމް އިތުރުކޮށްލިއެވެ.

“އެކޮޅަށް ގޮސް އުޅެނީ ކޮންތާކު، އަހަރެން ބޭނުމެއްނޫން ހޮޓެލެއް ކަހަލަ ތަނެއްގައި އުޅޭކަށް” ރީމް ސުވާލުކޮށްލީ ޝަރުތަކާއި އެކީގައެވެ.

“ދެމީހުން އެކަނި އުޅެން އެކޮޅުގައި އުޅެން ރައްޓެއްސެއް ކައިރީ ބުނެގެން ގެޔެއް ލިބޭތޯ އެބަ ބަލަން، ގެޔެއް ހަމަޖެހެންދެން އެހެން ބަޔަކާއި އެކީ އުޅޭނީ” ޝަނުމް ކިޔައިދިނެވެ.

ރީމް ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ. ޝަނުމް ވަރަށް ރަގަޅަށް ދަންނަ މީހެކޭ ބުނުމުން ކައިރީގައި އުޅޭ އެއްމެންގެ ލިސްޓު ކިޔާލެވުނެވެ. ނަމަވެސް އެއިން އެއްވެސް މީހަކު އޭނާއަށް ގެއްލުމެއް ދޭނެ ކަމަށް ރީމް ގަބޫލުނުކުރެއެވެ. ދެން އެހެންވިއްޔާ އެއީ ކާކު ބާވައެވެ؟

 

ޝަނުމްއާއި ރީމްއަށް ސައި ހަދައި ދިނުމަށްފަހު އަޝްވާ ދިޔައީ ކާއިން ހޯދާށެވެ. ރޭ ދަންވަރު އަޝްވާއަށް ފެނުނު ފޮޓޯގެ މައުލޫމާތު ހިއްސާކޮށްލާށެވެ. ކާއިން ފެންނަ ތޯ އެތަން މިތަން ބަލަމުން ހޯދަމުން ދަނިކޮށް ކާއިން ފެނުނީ ގޭގެ ޓެރަހުގައި ސިގެރޭޓު ބޯން ހުރި ތަނެވެ. ކާއިން އަތުގައި އޮތް ސިގެރޭޓް ފެނުމާއި އެކު އަޝްވާ ބާރު ހިނގުމެއްގައި ގޮސް ކާއިން ސިގެރޭޓު ހިފައިގެން ހުރި އަތުގައި ހިފައި ދުރަށް ލިއެވެ.

ީގެކުރިން ކާއިން ސިގެރޭޓް ބުއިން ހުއްޓާލީ ޝައިމްގެ އެތައް ނަސޭހަތަކަށް ފަހުގައެވެ. ދިރިއުޅުމުގައި ދިމާވަމުން މިދާ ކަންތަކުން ސިކުޑި ހަމައަކަށް އެޅުމަށް އެއްމެ ފަސޭހަވަނީ މިގޮތް ކަމަށް ބަލައި ކާއިން އަނެއްކާވެސް ސިގެރޭޓް ބުއިން ފެށިތާ ދެތިން ދުވަސްވެދާނެއެވެ. އަޝްވާ ކާއިން ކައިރީ ނޫޅޭ ވަގުތުތަކުގައެވެ. އެއީ އަޝްވާއަށް އޭނާ ސިގެރޭޓް ބޯތަން ފެނިއްޖެނަމަ ރުޅި އަންނާނެ ކަން އެގޭތީއެވެ.

“ކާއިން ކުޑަކޮށް މޮޔަ ދޯ” ރުޅި އައިސްފައި ހުރެ އަޝްވާ ބުނެލިއެވެ.

“ނޫން..މީ މޮޔަ ނުވާން  ކުރާ ކަމެއް ” ކާއިން އަޝްވާގެ އަތުން ނެއްޓެން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ތި ބުއިމަށް ވުރެ އަހަންނަށް މާ ރަގަޅު ކާއިން ޖަލަށް ދިޔައަސް.. ގައިމު އެތާ ހުރެގެން ހެޔޮ ސިއްހަތެއްގައި ހުންނާނެ އެއްނު.. ކާއިންއަށް ތީގެން ވަގުތީ އުފަލެއް ލިބުނަސް ދުވަސްކޮޅަކުން ފެންނާނީ ކޮންމެވެސް ބައްޔެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނަ ތަން.. އެއީތަ ކާއިން ބޭނުންވާ ގޮތަކީ؟” އަޝްވާ ކާއިން އަތުގައި އޮތް ސިގެރޭޓް ގަދަކަމުން ނަގައި ބިން މައްޗަށް ވައްޓާލައި ފައިން އެރިއެވެ. ސިގެރޭޓްގެ ވަހަކީ އަޝްވާ ވަރަށް މޭ ނުބައި ކުރާ ވަހެއް ހުންނަ އެއްޗެކެވެ.

“ދެން އަހަރެން ހަދަންވީ ކިހިނެތްތަ.. ކިރިއާވެސް ފައިސާއެއް ލިބޭ ތަނަކަށް ހުރި އިމާރާތް ބިނާ ހަމައެވީ.. އަނެއްކޮޅުން ބައްޕަ އަށް ވެދާނެ ގޮތަކާއި މެދު އަހަރެން ނުހަނު ބިރުގަނޭ.. ” ފުން ނޭވާއެއް ލުމަށްފަހު ކާއިން ބުނެލިއެވެ. އޭރު ކާއިންގެ ދެލޯ ވަނީ ކަރުނުން ފެންކަޅިވެފައެވެ.

“ތި ވާހަކަ ދައްކާށޭ އަހަރެން ކާއިން ހޯދަން މިއައީ” އެހެން ބުނެލުމަށްފަހު އަޝްވާ އޭނާގެ ޖީބުގައި އޮތް ކާއިންގެ ފޯނު ނަގައި އޭގައި އޮތް ފޮޓޯ ކާއިންއަށް ދައްކާލިއެވެ. އަޝްވާ ބުނަން އެއުޅެނީ ކީއްކަން ނޭނގި ސުވާލު އުފެދޭ ފަދަ ނަޒަރަކުން ކާއިން އަޝްވާއަށް ބަލާލިއެވެ.

“މި މީހާގެ މަގުސަދު ނޭނގުނަސް އަހަންނަށް އެނގޭ މީ ކާކުކަން… ހަދާންވޭތަ ކުރިން ދުވަހު ދެމީހުން ބޭކަރީއަށް ގޮސް ތިއްބާ މީހެއް ފެނިގެން އަހަރެން އެއީ ރީމްގެ ކުރީގެ ލޯބިވެރިޔާ މާޒިންއޭ ބުނި ހަނދާން… މީ އޭނަ ކަމާއި މެދު އަހަންނަށް ޔަގީން.. މޫނު ނުފެނުނަސް ބަލާބަލަ މިހިރަ ކަޅު ކުލައިގެ ލަފަށް.. މާޒިންގެ ވެސް ހުންނާނެ ހަމަ މިކަހަލަ ލަފެއް.. އެދުވަހު އަހަރެން މާޒިންގެ ނަން ނުބުނީ އޭނަ ހުރީ ޖަލުގައި ކަމަށް ހީކޮށް” އަޝްވާ ކާއިންއަށް ކިޔައިދިނެވެ. އަޝްވާއަށް މާޒިންގެ ފައިތިލައިގައި ހުރި ލަކުނުތައް އައި ގޮތް ނުކިޔައި ދިނެވުނަސް ކާއިންއަށް އެއީ ކޯއްޗެއް ކަން މިހާރު އެގިއްޖެއެވެ.

“ރީމްގެ ކުރީގެ ލޯބިވެރިޔާ އަހަންނާއި އޮތީ ކޮން ގުޅުމެއް؟ ގައިމު އަހަރެން މީ ރީމް އާއި ވާހަކަ ދައްކާ މީހެއް ވެސް ނޫން” ކާއިންއަށް ނުވިސްނުނެވެ. އަޝްވާގެ ގާތް އެކުވެރިއެއް ކަމަކު ކާއިން ރީމް ދެކެ އިންތިހާއަށް ފޫހިވެއެވެ. ހާއްސަކޮށް އޮފީސް ތެރޭ ހިނގި ހާދިސާއަށް ފަހުގައެވެ.

“ރީމް އާއި ގުޅުމެއް ނެތަސް މީނައަކީ މަސްތުވާތަކެތީގެ އެއްމެ އުހުގައި އުޅޭ މީހެއް.. ރީމްއާއި އެއްކޮށް އުޅުނު އެއްދުވަހަކު ރީމްއަށް މާޒިންގެ ދަބަހުން މިހާ ވަރުގެ ހުދު ކުލައިގެ ކުޑި ތަކެއް އަޅާފައި ހުރި ކޮތަޅެއް ފެނުނު” އަތް ތިލައިގެ ސައިޒު ދައްކާލަމުން އަޝްވާ ބުނެލިއެވެ.

“އެދުވަހު އެދެމީހުން ވަރަށް ޒުވާބު ކުރި.. މާޒިން އެވަރަށް އާދޭސްކުރުމުން ރީމް އޭނާއަށް ދެވަނަ ފުރުސަތެއް ދިން. އަދި މާޒިން އެކަންތަކާއި ދުރުކުރުވަން ވަރަށް ނަސޭހަތް ދިން.. އެކަމަކު އެއިން އެއްވެސް ކަމަކުން މާޒިންއަށް ވީ ފައިދާއެއް ނެތް.. ދެވި ހިފާފައިވާ އެއްޗެއް ކަމުން ހަމަ ބޭނުން ކުރަމުން ދިޔައީ.. މާޒިންއާއި އެކީ ބޭރަށް ދާ ދުވަހެއް ނަމަ ރީމް އޭނާގެ ގެޔަށް ނުގޮސް އަންނާނީ އަހަރަމެންގެ ގެޔަށް.. އެއީ މާޒިން އޭނާއަށް ކުރާ އަނިޔާ އަމީހާ ދައްތައަށް ފެނިއްޖެނަމަ ދެމީހުން ދުރުކުރަން އުޅެފާނެތީ… އަހަރެން ހަނދާންވޭ އެއް ރޭ ރީމް ބޯ ފަޅައިގެން ބޮލުން ލޭ ފައިބާ ފައިބާ ހުރެ ގެޔަށް އައި ދުވަސް މަތިން.. ” އަޝްވާ ރީމްގެ މާޒީގެ ވާހަކަތައް ކާއިންއަށް ކިޔައިދޭން ފެށިއެވެ.

“އެއްމެފަހުން އެރޭ އަހަރެމެންނަށް ކެތްނުވެގެން އަހަންނާއި ހިންދު އަމީހާ ދައްތައަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީ.. އަމީހާ ދައްތަ ވަގުތުން ޕޮލިހަށް ގުޅައި މާޒިންގެ މައުލޫމާތު އެމީހުންނަށް ދިނީ.. އަހަރެމެން ހީ ކުރީ އެވަރަށް މަސްތުވާތަކެތި ފެނުނީމަ މާޒިންއަށް މިއަށް ވުރެ ބޮޑު ޖަލު ހުކުމެއް އަންނާނެ ކަމަށް، އެކަމަކު ކަންވީ އެހެންނެއް ނޫން ދޯ” އަޝްވާ ގެ ވާހަކަތައް ކަނުލައި އަޑު އަހަން ކާއިން އިނެވެ.

“ރީމް އަކީ ކުރިން ވަރަށް ހިތްހެޔޮ ކުއްޖެއް.. އެއްމެނަށް އިތުބާރު ކުރާނެ.. އެކަމަކު އެ މާޒިން ރީމް މުޅިން އެހެން މީހަކަށް ބަދަލުކޮށްލައިފި… ” ރީމްގެ މިޒާޖަށް އައި ބަދަލު އެއްމެ ގާތުން ދުށީ އަޝްވާއެވެ. މާޒިން ދިން އަނިޔާއަށްފަހު ރީމް އޭނާ އަމިއްލަ އުފަލުގެ ހައްގުގައި ތެދުވިއެވެ. ކޮންމެ ހާލަތެއްގައިވެސް ދުނިޔޭގެ ކެހިވެރިކަމަށް ކުރިމަތިލާން ނިންމިއެވެ. ބައެއް މީހުން އެއީ ރީމްގެ އަމިއްލަ އެދުން ބޮޑުކަމުން  ކުރާ ކަންތަކަށް ވީ ނަމަވެސް އަޝްވާ ގަބޫލުކުރަނީ މިހެންނެވެ.

“އަހަރެން ކޮންތާކުން މި މާޒިން ހޯދާނީ” އަޝްވާގެ ވާހަކަތައް އަޑުއެހުމަށްފަހު ކާއިން ބުނެލިއެވެ.

“ނޭނގެ އެއްވެސް ގޮތަކަށް. އެއްމެ ފަސޭހަވާނީ ޕޮލިހަށް މައްސަލަ ހުށަހެޅުން” އަޝްވާ އޭނައަށް ފެންނަ އެއްމެ ރަގަޅު ގޮތަށް ބުނެލިއެވެ.

ނޫން! އޭރުން މާޒިންއާއި އެކީ އަހަރެންގެ ބައްޕަވެސް ތުހުމަތުގައި ބެދޭނެ” ކޮންމެ ހާލަތެއްގައި ވެސް ކާއިން ވިސްނަނީ ކާއިންގެ ބައްޕައާއި ދޭތެރޭގައެވެ.

“ދެން މިހެން ތިއްބާ ހާލަތު މާ ގޯސްވެދާނެ.. ރޭވެސް ކާއިންއާއި މިގޭ އެހެން މީހުންގެ ފުރާނަ ސަލާމަތްވީ ކިރިއާ” އަޝްވާ ކަންބޮޑުވިއެވެ.

“ނޫން ނޫން… ތިނޫން އެހެން ގޮތެއް ބޭނުންވަނީ” ކާއިން ދެކޮޅަށް ހިނގަން ފެށިއެވެ. ހައްތަހާވެސް މައްސަލަ އިތުރަށް ގޯސްވަނީއެވެ.

“ދެން މިނޫން އެހެން ގޮތެއް ނެތޭ ކާއިން.. ކާއިން ވިސްނާލިއަސް އެގޭނެ ކާއިންއަށް އެހީވެދެވޭނީ ހަމައެކަނި ޕޮލިހުންނަށްކަން. އެމީހުން އަތުގަ މިހާރުވެސް މާޒިންގެ މައުލޫމާތު ހުންނާނެ. އެހެންވީމަ އޭނަ އުޅޭ ތަނެއް ހޯދަން ފަސޭހަވާނެއެއްނު” އަޝްވާ ކާއިންގެ ކުރި މައްޗަށް އަރައި ބުނެލިއެވެ.

“އަހަރެން މިބުނީއެއްނު ނޫނެކޭ! އަޝްވާއަށް އަޑު ނީވެނީތަ” ހާސްކަމާއި އެކު ކާއިންގެ ރުޅިގަނޑު ކެކިގަތެވެ.

“ސޮރީ ، އެއީ އަހަރެންގެ ބައްޕައޭ! އަހަރެން ޖެހޭނެ ބައްޕަ ބަލަން! އަހަރެން ޕޮލިހަށް އަންގާނަން.. އެކަމަކު އެއީ ބައްޕަ މާލެ ގެނެސް ބައްޕަ މިކަމުން ސަލާމަތް ކުރަން ގޮތެއް ހޯދައި ދިނުމަށްފަހު” ކާއިން ރުޅި އައުމުން އަޝްވާ ފަހަތަށް ޖެހުނު ތަން ފެނި ކާއިންގެ ރުޅި މަޑުވިއެވެ.

“ދެން މަންމައަށް ކިހިނެތް ހަދަނީ” އަޝްވާ އަހާލިއެވެ.

“އަހަންނަށް ހެޔޮ މަންމައަށް ކޮންމެ ކަމެއް ވިޔަސް” ކާއިން ޖަވާބު ދިނީ ފަރުވާ ކުޑަ ގޮތަކަށެވެ.

“އެއީ ކާއިންގެ މަންމައޭ! ކާއިން ނުވަމަސް ދުވަސް ވަންދެން ބަނޑުގައި ބާއްވާއިގެން ލޯބިދިން މަންމައޭ.. އަހަންނަކަށް ނޭނގެ ކާއިންއަށް ނޭނގެނީ ކަމެއް ނޫނީ ކާއިންގެ ގޮތް ދޫނުކުރުމުގެ ކަމުން ކަމެއް ކާއިންއަށް މަންމައެއްގެ ލޯބި އިހްސާސް ނުވަނީ.. ކާއިންގެ މަންމަ ކާއިންގެ ބައްޕައަށް ކިތައްމެ ގޯސް ވިޔަސް ކާއިންއަށް ހިތް ހެޔޮ ވާނެ ކަން ޔަގީން. އެއީ އެއްވެސް މަޔަކު ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިއަކަށް ދެރައެއް ލިބޭކަށް.. މަންމަ ނެތް ދުވަހަކުން ކާއިންއަށް އެލޯބި އިހުސާސްވާން ފަށާނެ. އެހެންވީމަ ތި ގޮތް ދޫކޮށްލައި މަންމައަށް އިތުރު ފުރުސަތެއް ދީ.. ” ކާއިންގެ މުޅި ދިރިއުޅުން ވަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ކަމުން ކާއިންއަށް ވިސްނައިދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް އަޝްވާ ދެކުނެވެ.

“އެއްމެ ފުރުސަތެއް ދެން މަންމައަށް ލިބޭނީ.. އިތުރަށް ދެން އެއްމެ ކަމެއްވެސް ބައްޕައާއި ދެކޮޅަށް ރާވައިފިނަމަ އަޝްވާ ބުންޏަކަސް އަހަރެން ދެން މަންމައާއި ގުޅުމެއް ނުބާއްވާނަން” އަޝްވާ ގޮތް ދޫނުކުރާނެކަން އެގޭތީ ކާއިން ބުނެލިއެވެ.

ދެމީހުން އެވާހަކައިގައި ތިއްބާ އަޝްވާގެ ފޯނަށް މެސެޖެއް އައެވެ. މީގެ ދެތިން މަސްކުރިން އެމެރިކާގެ ކުންފުންޏަކުން ހުޅުވާލި ތަމްރީން ފުރުސަތަކަށް އަޝްވާ ކުރިމަތިލައިފައި ވުމުން އަޝްވާ އެޔަށް ހޮވުނު ވާހަކަ އެމެސެޖުގައި އޮތެވެ. މެސެޖު ފެނުމާއި އެކު އަޝްވާގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ އެ ތަމްރީނުގައި ބައިވެރިވާން ހުށަހަޅާފައި ކަމުން މިފަހަރު ނަސީބު އަތުގައި ހިފީތީއެވެ.

“ކާއިން އަހަރެން ތިގޭގައި ބަހައްޓަ ދޭނަން ދޯ އެއް ހަފުތާއަށް… ” އަޝްވާ ކާއިންއަށް ބަލާލުމަށްފަހު ބުނެލިއެވެ.

“ނޫން” ކާއިން އަވަސް އަވަހަށް އެހެން ބުނެލި ނަމަވެސް އެނިންމުން ނިންމަން ޖެހުނީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ. ހާއްސަކޮށް އަޝްވާއަށާއި އޭނާގެ ބައްޕައަށް ލިބިދާނެ ގެއްލުމަކުން ދެމީހުންވެސް ސަލާމަތްކުރުމަށްޓަކައެވެ. ކާއިން އަޝްވާއަށް ސިއްރު ކުރާ ކަންތައް އަޝްވާއަށް އެގިއްޖެނަމަ ވަގުތުން ޕޮލިހަށް ގުޅާނެއެވެ. އަދި އަޝްވާއަށްވެސް އޭގެން އަސަރެއް ކޮށްފާނެއެވެ.

“ކާއިން ޕުލީސް.. އަހަރެން ހުންނާނީ ކާއިންގެ މަންމަ ކައިރީގައޭ.. އޭރުން މަންމައަށް ވިސްނައިދެވޭނެއެއްނު” އަޝްވާ ބަހަނާތައް ދައްކަން ފެށުމުން ކާއިން އެތަނުން ދާން ހިނގައިގަތެވެ.

“ކާއިން! ކާއިން!” އަޝްވާ ކާއިންގެ ނަން ގޮވައި އާދޭސްކުރަމުން ކާއިންގެ ފަހަތުން ހިނގައިގަތެވެ.


 

ގޭތެރެ އަނެއްކާވެސް ހަލަބޮލިކޮށްލީ މެންދުރު ވަގުތަށެވެ. ޒުބައިދާ އަންނަން ވާއިރަށް އަޝްވާއާއި ކާއިން އަދި ނަދީމާ އަދި ހަފީޒާ ސިޓިންރޫމުގައި ތިއްބެވެ. ޝައިމް އާއި މަލަކާ އަދި ޝަނުމް އަދި ރީމް ވީ ތިރީ ބައިގައެވެ. އަޝްވިން އާއި ހިންދު އީޝް ގޮވައިގެން ކޮޓަރީގައި އުޅުނެވެ.

އަޝްވާއާއި ކާއިން އަޝްވާ އެމެރިކާއަށް ދިޔުމާއި  މެދު ޒުވާބުކުރަން ތިއްބައި އަސްރާރު ޒުބައިދާ ގޮވައިގެން އެގެޔަށް އައެވެ. ޒުބައިދާއަށް އަޝްވާ ފެނުމާއި އެކު ހަލުވި ހިނގުމެއްގައި އައިސް އަޝްވާގެ ގައިގައި ބައްދައިގަތެވެ. މީގެ ދިހަ އަހަރާއި ބަލާއިރު އަޝްވާ ވަރަށް ބޮޑުތަން ތަފާތު ވިޔަސް އަޝްވާއަކީ އޭނާގެ މާމަ ދަރިފުޅު ކަމާއި މެދު ޒުބައިދާ އެއްވެސް ޝައްކެއް ނެތެވެ.

“ދަރިފުޅު ތީ ހަމަ އިނާޔާ، ހަމަ އެލޮލާއި އެމޫނު” އަޝްވާގެ ދެކޮލުގައި ހިފާލަމުން ޒުބައިދާ ބުނެލިއެވެ. މާމަ ދަރިން އެހާ ދުވަސްކޮށްލައިފައި ފެނުމުން ލޯ ތެންމާލިއެވެ.

“އަޅުގަނޑުވެސް ވަރަށް ގިނައިން ބުނަމޭ އަޝްވާއަކީ ހަމަ އިނާޔާއޭ، ދެމީހުންގެ ސައިޒުވެސް ހަމައެއްވަރެއްނު” އަސްރާރު ސަމާސާކޮށްލަމުން ބުނެލިއެވެ.

“މާމާ” އަޝްވާ އުފަލުން ފޮޅުނެވެ. މަންމަ ފަރާތުން އޭނާގެ ހަމައެކަނި އާއިލާއަކީ ޒުބައިދާއެވެ.

“ކޮބާ އަހަރެންގެ ދެން ތިބި ކުދިން، މީ ޝައިމްތަ” އަޝްވާ ކައިރީ ހުރި ކާއިންއަށް ބަލާލަމުން ޒުބައިދާ އަހައިލިއެވެ.

“ނޫނޭ މާމާ، އަޅުގަނޑުމެން މިތިބީ” ފަހަތުން އިވުނީ ޝައިމްގެ އަޑެވެ. އޭނާއާއި އެއްކޮށް މަލަކާވެސް އައެވެ. ޝައިމްމެން އައިތާ މާ ގިނައިރެއް ނުވަނީސް އަސްރާރު އަޝްވިންމެންނަށް ގޮވާލަން އެދުނެވެ.

“މިގޭ ހާދަ މީހުން ގިނައޭ އަސްރާރު، އާއިލާ ބޮޑުވެއްޖެ ދޯ” ޒުބައިދާ ބުނެލިއެވެ.

“ލައްބަ، ދަރިން މީހުންނާއި އިނީމަ މީހުން ގިނަވާނެ ނޫންތޯ، ރޭގަ ޕާޓީއަށް އާދެވޭވަރު ވިނަމަ އެއްމެނާއި ބައްދަލުވީސް” އަސްރާރު ބުނެލިއެވެ.

“ބައްޕާ، އާއިލާގެ ވާހަކަ ދައްކަން ފެށީމަ އަޅުގަނޑުމެން ބޭނުން ވަރަށް ބޮޑު ހަބަރެއް އެއްމެނާއި ހިއްސާކޮށްލަން” ޝައިމް ހިނިތުންވެފައި ބުނެލިއެވެ.

“މަލަކާ ބަނޑުބޮޑު” މަލަކާގެ އަތުގައި ހިފައިލަމުން ޝައިމް އާއިލާއަށް އިތުރުވާން އުޅޭ މެމްބަރުގެ އުފާވެރިކަން އެއްމެނާއި ހިއްސާކޮށްލިއެވެ. އެއްމެންގެ މަރުހަބާގެ ބަސްތައް ޝައިމްއާއި މަލަކާއަށް ރައްދުވިއެވެ.

މިއުފާވެރި ވަގުތު ހިއްސާކޮށްލަން ތިއްބައި ޝަނުމްއާއި ރީމް އެތަނަށް އައިސް ދެމީހުން ހަނީމޫނަށް ރަށަށް ދާން ބޭނުންވާ ވާހަކަ ބުނެލިއެވެ. ކާއިން ބަލައިލީ ޝަނުމްއަށް ބަލަހައްޓައިގެން ހުރި އަޝްވާ އަށެވެ. ދެންމެ އެމޫނުމަތީގައިވި ހިނިތުންވުން އިސާހިތަކު ފިލައިގެން ހިގައްޖެއެވެ.

އަޝްވާގެ ބަހާއި އަމަލާއި ތަފާތެވެ. ޝަނުމް ދެކެ ފޫހިވާން މަސައްކަތް ކުރަން ބުނާއިރު ކާއިންއަށް އަޝްވާގެ ދެލޮލުން ލޯބި ނޫނީ ނުފެނެއެވެ. އެތުންފަތުގައި ވި ހިނިތުންވުމުގެ ހިތިކަން ކާއިންއަށް އިހްސާސްވަމުން ދިޔައެވެ.

“އަސްރާރު ބޭބޭ! އަޅުގަނޑު އަޝްވާގެ ކޯސް ނިމެންދެން އަޝްވާ އަޅުގަނޑުގެ ގޭގައި ބަހައްޓަ ދޭނަން، ދެން ބައްޕަމެން މިކޮޅަށް ބަދަލުވާއިރު ބައްޕަމެންނާއި އެކީ ދެމީހުން އެއްކޮށް މިކޮޅަށް އަންނާނީ” ކާއިން ބުނެލިއެވެ. އަޝްވާގެ ހިތާމަތަކަށް ލުއެއް ލިބޭނީ ޝަނުމްއާއި ވީހާވެސް ދުރުގައި އުޅެގެން ކަމަށްވާތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބިއެހެނަސް..9

Next

ޒާރާ (24)

Next
February 8, 2018

ޒާރާ (24)

Previews
February 8, 2018

ލޯބިއެހެނަސް..9

73 Comments!

  1. Blume says:
    February 8, 2018 at 1:47 pm

    Woowww..amazing as always..v ufaavey maroon mikahala rythi vaahaka eh share kohlaathy..

  2. Blume says:
    February 8, 2018 at 1:50 pm

    Plx kaain aa ashwa gulhuvahcheyyy

    1. maroon says:
      February 8, 2018 at 8:52 pm

      Alhey emme furathama comment kuri blume ah reply kurevi dhw miulheny.sorry dear.. v ufaa vey kureega dhenes dhin story aai ehgothah blume mi stiry ves kiyaathy. Adhi thikahala comment thakun support dheythy..between ashwa and kaain somethings need to happen. Thabku blume ??

  3. maroon says:
    February 8, 2018 at 1:50 pm

    27th vana bai… baeh answers libijje kamah heekuran. Ashwin and hind ge married life is going smoothly adhi.. kaain ge sister kuriah oiy thin varakah parts in egeyne. Might be hind , reem or someone who i havent even mentioned.. do u think polihah massala husha helhumaky emme ragalhu goiy hen?? Let me know if u like the story. Loves

    1. annoying reader says:
      February 8, 2018 at 2:52 pm

      ައަޅޭ ރީމްގެ ޓްވިންސް އަށް ވެސް ވެދާނެ ދޯ؟؟ އައި ތިން ޕޮލިހަށް މައްސަލަ ޖައްސަން ވީހެން ކާއިން. އެހެންނޫނީ ފަހުން ކާއިން އަށް ދެރަ އެއް ލިބޭނީ. ވެން ނެކްސްޓް ޕާޓް މެރޫން

    2. maroon says:
      February 8, 2018 at 3:06 pm

      Dnt u think polihah massala hush halhaigen kaain salaamaiy vaanehen.. cause all evidence in the laptop might turn the case against him.. twins dhwww ?

  4. Zuam says:
    February 8, 2018 at 2:07 pm

    Wow…… varah varah varah reethi….
    Waiting
    ❤❤❤❤❤❤❤

    1. maroon says:
      February 8, 2018 at 3:00 pm

      Thanku zuam ?

  5. annoying reader says:
    February 8, 2018 at 2:12 pm

    ވަރަށް ރީތި މިޕާޓް ވެސް. އަނެއްކާ ރީމްގެ އެކްސް ކާއިން އަށާ ރީމް އަށް ޓާގެޓް ކުރަނީ ކާއިން ކޮއްކޮ އަކީ ރީމް އަށް ވީމަތަ؟ ބަޓް ހިންދުގެ ބައްޕަ މެން ހިންދު ދެކެ ރުޅި އަންނަނީ، ސްޓިލް ހިންދު އަކަށް ޓާގެޓް ނުކޮށް ރީމް އަށް ކުރަންޔާ ވެދާނެ ކާއިންގެ ކޮއްކޮ އަކީ ރީމް އަށްވެސް. ގިނަ އާންސާސް ބޭނުން އެބަވޭ ކިޔާވަރަކަށް. އައި ހޯޕް އެންމެ ފަހުން ކާއިން އަށް ލަނޑެއް ނުދޭނެ ކަމަށް މެރޫން. ޕްލީޒް ޑޯންޓް ފްރޭމް ހިމް. ލަވް ދިސް ޕާޓް ޓޫ.. ކުޑަކޮށް މިސްޓޭކްސް އެބަ ތިބި، ލައިކް އަސްރާރުގެ ދައްތަ ހަފީޒާ. ހަފީޒާ އެއީ އަސްރާރުގެ ވައިފް އެއް ނު؟

    1. maroon says:
      February 8, 2018 at 3:03 pm

      Yh ethan ragalhu koffin. Yes thi hurihaa answers dhemun dhaany..vedhaane thihen kamahves. Reem or hindh or someone else!!! Kaain is ready to take blame. So who knows wat he will do . Thanku dear ?

  6. Anonymous says:
    February 8, 2018 at 2:33 pm

    haadha reehchey adhi eh bai ap kohdheebala

    1. maroon says:
      February 8, 2018 at 3:03 pm

      Thanku ?

  7. Mixuhan says:
    February 8, 2018 at 2:39 pm

    Nice ..very interesting❤️when is the next part

    1. maroon says:
      February 8, 2018 at 3:03 pm

      Next part tmrw. Thanku dear ?

  8. shinyss says:
    February 8, 2018 at 2:44 pm

    cute story

    1. maroon says:
      February 8, 2018 at 3:04 pm

      Thanku ?

  9. maikko says:
    February 8, 2018 at 2:46 pm

    Varah reeethi storyyy……pls kaain ah dhera eh nudheythi……kaain and ashwaa gulhuavahchey……police ah engun kaneyngey rangalhy before anyghing happen to kaain….lots of love ❤?

    1. maroon says:
      February 8, 2018 at 3:04 pm

      Dhwww… polihah anganvy hama ..thanku maikko ? loves

  10. Shudha says:
    February 8, 2018 at 2:54 pm

    adhives ashwa ah hurt kurany tha?… let ashwa know kaain’s love for her… i think kaain ge kokko aky reem hen… kaain doesnt like reem but maybe that wud change… let kaain n reem be safe… for shanum will protect her… shanum reem dheke loabivaane kamah ummeedh kuran… i have a question… hindh aa ashwin ge party oi rey shanum ge rahtessakah hutteynu ashfaaq and isha… those are characters frm aavaa handhaan dhw? Masha Allah mi part ves v reethi..and eesh v cute… specially “mee bappi ge wife” scene…?? waiting for next part… thanku maroon.. loves?❤?❤

    1. maroon says:
      February 8, 2018 at 3:08 pm

      Ashwa ah adhi udhagoo vaane dhw shanum mathin hadhaan nahthaalan. But with help of kaain lets see if does and be able to move on happily.shanum ge fan dhw shudha aky ❤
      Yes those characters were from that story.. hehe. Eesh bai thah gina vaane dhn. Loves tc ?

  11. Lubu says:
    February 8, 2018 at 3:07 pm

    Yes yes a police ah massalah husha alha
    Ve nice mi part vess

    1. maroon says:
      February 8, 2018 at 8:58 pm

      Yes thikan kuran vy hama. Ekam eyrun kaain blame vejeyya??
      Thanku lubu ?

  12. Me says:
    February 8, 2018 at 3:18 pm

    Alhey. As a couple i like ashwa and shanum. Kaain is a family friend so she is helping him. Hama ekani carrier eh v matha fhuru v ashws aaa. Pls do some thing.

    1. maroon says:
      February 8, 2018 at 3:31 pm

      Vedhaane ehen rysin akaai hedhi kamah ves. Lets see . Thanku ?

  13. Shai says:
    February 8, 2018 at 3:24 pm

    Wow suber b???????

    1. maroon says:
      February 8, 2018 at 3:31 pm

      Thanku ?

  14. ?Shahu? says:
    February 8, 2018 at 3:28 pm

    as usual story is superb
    waiting for next part
    BTW marry kuri reyga shanum ashwa ah kuri msg adhives ashwa nukiyaneetha?

    1. maroon says:
      February 8, 2018 at 3:32 pm

      Ashwaa ge phone kaain aai exchange vi vaahaka bunefa innaane. So kaain adhi phone nudhenya nukiyeyne dhw.. thanku shahu ?

    2. Anonymous says:
      February 9, 2018 at 9:40 am

      Ashwa ge phn ah training ah dhaan furusathulibunu vaahaka aee dhw. so ashwa ah ashwage phn libihfa ehnu onnaany mihaaru. dhw?

    3. maroon says:
      February 9, 2018 at 10:33 am

      Yh thts a loop hole. Ekan egeyne next part ga

  15. Pinky shifoo says:
    February 8, 2018 at 3:38 pm

    Wow… Mi part vx hama awesome… Varah varah reethi ❤️❤️❤️… Waiting for next part… Take care n loves ?

    1. maroon says:
      February 8, 2018 at 8:36 pm

      Thanku pinky shifoo ? loves

  16. Shann says:
    February 8, 2018 at 3:45 pm

    Wow my luving maroon anehbai up kohly dhw.. Thankolheh bxykoh ulhenjehunyma mi part nukiyaa mi lasvy… Ekam eyruves hithaharaa mihaaru story up vedhaaney.. Hama kiyaahithun kehmadhu vefa hunnan jehuny.. Bxy kan hama fili iru avahah story kiyeytho miulheny.. Maroon ge story eh vihyaa khonmes gothakun vaguthu hoadhaigen kiyaanan, Insha Allah.. I luv maroon ge stories.. V v v molhu.. Hama abadhuves buneveyny maroon ge khonme story eh geves sifakurun hama obinoavey..hama v v molhu.. Maroon vareh hama nethey buneveyny.. Luv u

    1. maroon says:
      February 8, 2018 at 4:03 pm

      Oh shann. Cnt describe how happy i am to see ur comment. Thikahala readers thibeythy mihaa hiy varu milibeny. Much love to u. ? one of my fav readers…hope to see u next part ga ves. Tc .. loves. Thanku shann ?

    2. Shann says:
      February 8, 2018 at 7:53 pm

      WC maroon.. And thanks a lot.. Tc..

  17. Lamsha says:
    February 8, 2018 at 4:25 pm

    I love kaain so plx kaain nd ashwa gulhuva dheebala nd kaain ah dheragotheh nahadhaa thi ashwa ah angabala kaain loabi vaakan asusual story hama v v v v v v reethi waiting for the next part lots of loves

    1. maroon says:
      February 8, 2018 at 8:37 pm

      Lamsha v ufaa vejje mi part ah ves comment kollyma. Yes higaa dhw kaain loabi vaakan angan.. hehe..loves ?

  18. ?? says:
    February 8, 2018 at 4:41 pm

    Wow vvvvv salhi…..Maasha Allah
    I luv this story a lot … Adhi Alan mi comment kury . But abadhuvx kiyan ingey maroon❤
    Luv u & the story????
    Waiting for next part??

    1. maroon says:
      February 8, 2018 at 8:37 pm

      Shweet.. thanku dear. Kiyaalaakan angaalyma v happy. Thanku ?
      Loves

  19. Eysha says:
    February 8, 2018 at 4:42 pm

    So reem dho kaain sister akee?? Kain bappa vikki drugs ge sababun dhw mazin eulheni badhalu hifan
    V v reethi story keep it up ❤️❤️❤️

    1. maroon says:
      February 8, 2018 at 8:38 pm

      Who knows whats his purpose is. Yes that might be true also.. reem ah ves vedhaane. Thanku eysha ?

  20. ?? says:
    February 8, 2018 at 4:44 pm

    Luv it a lottt??????????

    1. maroon says:
      February 8, 2018 at 8:39 pm

      Thanku ?

  21. Thoo says:
    February 8, 2018 at 4:47 pm

    Masha allah??❤

    1. maroon says:
      February 8, 2018 at 8:39 pm

      Thanku thoo ?

  22. Eysha says:
    February 8, 2018 at 4:51 pm

    Reem kohko dhw reem ge informations dhenee

    1. maroon says:
      February 8, 2018 at 8:40 pm

      Vedhaane hama. They r rivals dhw reem ge mom ehaa bodah thafaathu kuraathy. Lets see

  23. Shina says:
    February 8, 2018 at 5:13 pm

    Masha allah mi part salhi.. kainge sis akee reem kamah hama belevenee.. kaain eba jehey kaainge lap haodhan.. eyahfahu poloce ah inform kuran.. kaain mee v thafaathu meehekey dhw.. baehfaharu ulhey gothun foohiwex vey enehbaa faharu v majaa.. masha allah maroonge hiyaalah saabasdheyvaruvey.. love you????? dhn vaanee kihineh baa????

    1. maroon says:
      February 8, 2018 at 8:41 pm

      Dhn vaa goiy balama next part thah kiyaalamun.kaain ge character adhi v bodah badhalu vaane. More of his reactions r coming.. thanku shina loves ?

  24. Mysh says:
    February 8, 2018 at 5:37 pm

    Kaain sister aky reem noony hindhu..v bodah hyvey hindhuhen..nd maroon plx kaain aa ashwa gulhuvadhyba??????

    1. maroon says:
      February 8, 2018 at 8:43 pm

      Hehe. Mysh yes thihen ves vedhaane. Kaain furathama mi problem is salaamaiy vi haa avahakah dhw loabi vaa vaahaka bunaany. But who knows eyge kurin ves bunefaane. Cox he loves her and might not want to loose her.thanku mysh ?

  25. Hairaan says:
    February 8, 2018 at 5:54 pm

    Varah reethi

    1. maroon says:
      February 8, 2018 at 8:43 pm

      Thanku dear ?

  26. Nashko says:
    February 8, 2018 at 6:35 pm

    ………..Wow its so interesting when next part

    1. maroon says:
      February 8, 2018 at 8:44 pm

      Tmre next part. Thanku nashko ?

  27. Maa says:
    February 8, 2018 at 7:12 pm

    Its vvv interesting…. marooon ur story hama vvvvv salhi…..when next part..

    Still more to know…… ahley ur story hama vvvvv salhi….. abadhu check kohlakohla hurevenee…. vvvvvvv interesting ingey story kuriah dhaagoiy……tc

    1. maroon says:
      February 8, 2018 at 8:45 pm

      Thanku maa.. thihaa loabi commenteh dhinyma.next part tmrw. Tc loves. See u tmrw ?

  28. Me says:
    February 8, 2018 at 7:32 pm

    Stil i vote for Ashwa and Shanum. As they love each other at 1st sight

    1. maroon says:
      February 8, 2018 at 8:45 pm

      Goaheh noon hama. Yes thats love and love deserves a chance ?

  29. Rose says:
    February 8, 2018 at 8:10 pm

    Kaain Kohko akee reem hen heevanee mi partves varah reethi keep going maroon☺☺☺☺

    1. maroon says:
      February 8, 2018 at 8:46 pm

      Hehe. Vedhaane. Thanku rose ?

  30. Awa says:
    February 8, 2018 at 9:27 pm

    Alhe maroon haadha reehchey… next avahah up kohdheebala plx… plx plx plx..
    Heheh.. mihn kiyaa iruvx engey liyan kuda irukolheh nagaanekan awa ah vx.. take your time and as alway perfect episode akah mi wait kuranee
    ??????

    1. maroon says:
      February 9, 2018 at 10:36 am

      Thanku awa. Yes writing takes up a lot of time. But sure miadhuge part up kuraanan 6 ge kurin. In sha Allah. ?

  31. Neesh says:
    February 8, 2018 at 10:39 pm

    Pls pls ashwa n shanum gulhuvahchey pls.masha allah maroon u r the best.

    1. maroon says:
      February 9, 2018 at 10:35 am

      Thanku neesh ?

  32. Faathee says:
    February 8, 2018 at 10:47 pm

    Kaain and ashwaa.. v reethi story. Masha Allah ? keep it up ??

    1. maroon says:
      February 9, 2018 at 10:34 am

      Thanku faathee ?

  33. mellow says:
    February 8, 2018 at 10:56 pm

    oh honey could you bring more of ashween and hindh. they are actually very cute haha.i totally love every of the couples

    1. maroon says:
      February 9, 2018 at 10:34 am

      Thanku mellow. Yes lets prove their love for each other ?

  34. Kokko says:
    February 9, 2018 at 12:48 pm

    ..how u doing love..comment nukuriyas story kiyan ngey..vrh vrh reethi nd vrh interesting..ideas vx vrh vrh molhu..damn..ur a gd writer..keep going dear…story up veythw bala balaa mi innanee…gd luck..Hey maroon

    1. maroon says:
      February 9, 2018 at 3:42 pm

      Thanku kokko. Yes m doimg fine. Hope u r too…loves. tc. Happy to see sucha beautiful comment ?

  35. Laylerr says:
    February 9, 2018 at 1:14 pm

    Wow.. varah reethi pls ashwa n shanum gulhuvaba

    1. maroon says:
      February 9, 2018 at 3:43 pm

      Thanku dear ?

Comments are closed.

Next Episodeތިޔަ އަސަރު 28←


All Right Reserved!