“އިޝާ ، ކޮންތާކަށް” އަޝްފާން އަވަސްއަވަހަށް އަހާލިއެވެ.
އެހެންނަމަވެސް އިޝާއަށް މި އަޑު އިވުނުހެން ހީނުވެއެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު އެއޮތް ޓްރެފިކް ބޮޑު މަގުން ޕޭމަންޓަށް އެރިއެވެ. އަޝްފާންއަށް މިމަންޒަރު ފެނުނު ނަމަވެސް ދެން ވީގޮތެއް ނޭނގުނެވެ. އޭނާއަށް އިޝާ ގެއްލިއްޖެއެވެ. ކާރުން ފައިބައި ވަށައިގެން ހޯދި ނަމަވެސް އިޝާގެ އެއްވެސް ހިލަމެއް ނުވިއެވެ.
ނިދަން އެނދުމަތީއޮތް ފަޒުނާއަށް އޮވެވުނީ ހިނިތުންވެވިފައެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ސިފަވެގެން އަޝްފާންގެ ފިރިހެންވަންތަ ކެމެވެ. އެމަސްތުވީ ބެލުމެވެ. އެ ދީވާނަވީ ހިނިތުންވުމެވެ.
“ގުޑް މޯނިންގް ދޮންބޭ، ތެދުވޭ ސައިބޯން” އަޝްފާން ގައިމަތީ އޮތް ރަޖާގަނޑު ދަމައިގަންނަމުން އަރޫޝާ ބުނެލިއެވެ.
“އަދި ފަސް މިނެޓް” އަޝްފާން ބެލީ އަދިވެސް ނިދޭތޯއެވެ.
“އޯކޭ. އެކަމަކު ފަސް މިނެޓް ފަހުން ނުތެދުވެއްޖެއްޔާ ފެން އަޅާނަން” އަރޫޝާ މިހެން ބުނެލުމަށް ފަހު ކޮޓަރިން ނިކުތްނަން ހިނގައިގަތެވެ.
“އޭ. މަޑުކޮށްބަލަ، އިޝާގެ ޚަބަރެއްވިތަ. މާ ޓްރެފިކު ބޮޑުވީމަ އިޝާ ވަކި ހިސާބަކުން ކާރުން ފައިބައިން ދިޔައީ. ގޮވީމަ އަޑެއްވެސް ނީވުނު.ދޮންބެއަށް ހޯދާހޯދާ ނުފެނުނު. ދެން ގެއަށް އައިރު ކޮއްކޮ ނިދާފަ އޮތީމަ އަޅާނުލީ” އަޝްފާން ރޭގަ ކަންތައް ހިނގައިދިޔަ ގޮތް ކުރުކޮށް ކިޔައި ދިނެވެ.
“ދޮންބެ ގޮވާލިނަމަ. މަޑުކުރޭ މިގުޅަނީ”
“ނޫން ދޮންބެ ގުޅާނީ”އަރޫޝާ އަތުން ފޯން ޖަހައިގަތެވެ.
“އޯކޭ. އެކަމަކު އިތުރު އެއްވެސް ވާހަކައެއް ދައްކައިގެންނުވާނެ. އަހަރެން ބޭނުމެއް ނޫން ދޮންބެ ތިލިސްޓަށް އަހަރެންގެ ރައްޓެހިން އިތުރުވާކަށް” އަރޫޝާ އެހެން ބުނެލި ރާގުން ހީވީ އަމުރެއް ކޮށްލިހެންނެވެ.
އަރޫޝާ ކޮޓަރިން ދިޔުމުން އަޝްފާން އިޝާގެ ނަންބަރަށް ގުޅާލިއެވެ. ރިންގުގެ އަޑު ކެނޑިގެން ދިޔައިރުވެސް އިޝާ ފޯން ނުނެގީމަ މާޔޫސްވިއެވެ. ނުދައްނަ ނަންބަރެއް ވީމަ ނުނެގީކަމަށް ހިތައި އަޝްފާން މެސެޖެއް ފޮނުވާލިއެވެ.
” މީ އަޝްފާން. ރޭގަ ސޭފްކޮށް ގެއަށް ދެވުނުތަ” ޓައިޕްކޮށްލުމަށް ފަހު ސެންޑަށް ފިއްތާލުމާއެކު އަޝްފާން އިޝާގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ. މާގިނަ ވަގުތު އިންތިޒާރު ކުރަން ނުޖެހުނެވެ.
“އާން ދެވުނު. ތެންކްޔޫ” އިޝާގެ މިމެސެޖުން އަޝްފާންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނެވެ.
“ކީއްވެ ކާރުން ފައިބައިގެން ދިޔައީ” އަޝްފާން އޭނާގެ ހިތު ތެރޭގައި އޮތް އެތައް ސުވާލެއްގެ ޖަވާބު ބޭނުންވިއެވެ. އެހެން ނަމަވެސް އިޝާގެ ރިޕްލައިއެއް ނާންނާތީ އެސުވާލުތަކުގެ ޖަވާބު ލިބޭގޮތް ނުވިއެވެ.
މިއަދު މޭޒުމަތި ވަރަށް ތިޔާގި ދުވަހެކެވެ. ހެނދުނުގެ ނާސްތާ އަށް އެތައް ބާވަތެއްގެ ކާތަކެތި އެބަހުއްޓެވެ.
“ހާދަ ބައިވަރެއް ރުޝް” ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށް އަޝްފާން އަރޫޝާ އަދި ފަޒުނާ އާއި ބައިވެރިވިއެވެ.
“މީ ފަޒޫ މިއަދު މާވަރަކަށް ކައްކާލާފަ. ދޮންބެ ހުރީމަ ކަންނޭނގެ” އަރޫޝާ ސަމާސާކޮށްލިއެވެ.
“ތެދެއް ފަޒޫ. ވަރަށް މީރު އިނގޭ” އަޝްފާން ބިސްގަނޑުން އެތިކޮޅެއް ކާލަމުން ބުންޏެވެ.
އަޝްފާންގެ އެކުޑަ ތައުރީފުންވެސް ފަޒުނާގެ ހިތް ފުރުނުކަހަލައެވެ. ހެނދުނު ހެނދުނާ ތެދުވެގެން އޭނާ ބަދިގޭގައި އުޅުނީ އަޝްފާން ތެދުވާންވާ އިރަށް ނާސްތާ ތައްޔާރުކޮށްލެވޭތޯއެވެ. އަޝްފާން އަށް އެންމެ މީރު އެއްޗެއް ނޭނގޭތީ ގިނަ ބާވަތްތައް ހަދަންޖެހުނެވެ. ވަރުބަލި ވިނަމަވެސް އަޝްފާންގެ އެ ތައުރީފާއި އޭނާއާއި ދިމާލަށް ބަލައި ހީލާ ހީލުމުން ވަރުބަލިކަން އެއްކޮށް ފިލައި ދިޔަކަހަލައެވެ.
ގިނަ ދުވަސްތަކެއް ރައްޓެހިންނާއި ދުރުގައި ހޭދަކުރުމުން މިއަދު އެއްކޮށް އަޝްފާން ހޭދަކުރީ ކޮފީތަކުންނާއި ސަކައިކަލު ބުރު ޖެހުމުގައެވެ. ސަކަރާތާއި ސަމާސާ ކުރުމުގައެވެ. ގެއަށް އާދެވުނު އިރު ހުރީ ދަންވެފައެވެ. ވެފައި ހުރި ވަރުބައްޔާއެކު އަޝްފާނަށް އެނދަށް ވެއްޓިގަނެވުނެވެ. އަރާމްކޮށް ނިދާލުމަށް ދެލޯ މަރާލެވުނެވެ. އެހެން ނަމަވެސް އޭނާގެ ސިކުޑި މިކަމަށް ތަންނުދިނެވެ. އިޝާ ފަހުން ރިޕްލައި ނުކުރީ ކީއްވެތޯ ސުވާލު އުފެދުނެވެ. ދެކޮޅަށް ހެލިލަ ހެލިލައި އަޝްފާންއަށް އޮވެވުނީ ފޯނަށް ގެއްލިފައެވެ. ދެންމެ ދެންމެ އިޝާ ގެ މެސެޖެއް އައިސްދާނެ ކަމަށް ހިތް ބުނާކަހަލައެވެ. މިހިޔާލުގައި އޭނާއަށް އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.
ކުއްލިއަކަށް ދޮރުގައި މީހަކު ތަޅައިގަތް އަޑާއި އެކު އަޝްފާން ދިޔައީ ސިއްސައިގެންނެވެ.
“ދޮންބޭ” ދޮރު ހުޅުވާލުމާއެކު އަރޫޝާ އޭނާގެ އަތުތެރެއަށް ވެއްޓިގަތެވެ. ނަމަވެސް އަޝްފާން އޭނާ ބިންމައްޗަށް އެއްކޮށް ނުވެއްޓެނީސް ހިފެހެއްޓިއެވެ. އަދި އުރާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. އަރޫޝާ ވަނީ ހޭނެތިފައެވެ. ނިތްކުރީގައި އައްޖައްސާލުމުން ގަދައަށް ހުންއައިސް ފައިވާކަން އަޝްފާނަށް އެގުނެވެ. އެހެންކަމުން ލަސްނުކޮށް އޭނާ އަވަހަށް އެންބިއުލާންސަށް ގުޅިއެވެ. އަދި ފަޒުނާއަށް ގޮވައި ތެދުކުރުވިއެވެ.
އަޝްފާންއާއި އަރޫޝާ،އިޝާ އަދި ލާމިއު އައިސީޔޫ ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ހޮސްޕިޓަލަށް ގެނައިތާ މިހާރު 4 ގަޑިއިރު ވީއިރުވެސް އަދިވެސް އަރޫޝާއަށް ވަމުންދާ ގޮތެއް ޑޮކްޓަރުންނަށް ނޭނގެއެވެ. އެތައް ޓެސްޓުތަކެއް ހެދިކަމުގައި ވިޔަސް ކުރިއެރުމެއް ނުލިބެއެވެ.
“ބައްޕާ މަންމާ” އައިސީޔޫއާއި ދިމާލަށް އަންނަމުން ދިޔަ އޭނާގެ މައިންބަފައިން ފެނުމުން އަޝްފާން ގޮވާލިއެވެ.
“ކިހިނެތް މިހާރު” އަމީރާގެ އަޑުގައި ކުކުރުމުގެ އަސަރު ހުއްޓެވެ.
“އަދިވެސް ހޭނެނާރާ، އެތައް ޓެސްޓުތަކެއްކޮށްފި އެކަމަކު ވާ ގޮތް ނޭނގޭ” މާޔޫސީ ރާގަކަށް އަޝްފާން ބުނެލިއެވެ.
“އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ” ޝާހިދުގެ އެންމެނަށް ހިތްވަރު ދިނެވެ. އެވަގުތު އަރޫޝާގެ ޑޮކްޓަރު އައިސީޔޫން ނިކުތެވެ. އެންމެން އެއްކޮށްހެން ޑޮކްޓަރާ ދިމާލަށް ދެވުނެވެ. އެންމެން ތިބީ އަރޫޝާއަށް ވާގޮތް އޮޅުންފިލުވަން ކެތްމަދުވެފައެވެ.
“ކިހިނެތް މިހާރު” ޝާހިދު ފުރަތަމަ ސުވާލުކުރިއެވެ.
“މިހާރު ހޭއަރައިފި. ސްޓޭބަލްވެސް ވެއްޖެ. އެކަމަކު ބޮލުގައި ރިއްސުމާއި ވަރުބަލިކަން ފަދަ ކަންތައް އެބަހުރި.” ޑޮކްޓަރުގެ މިހަބަރުން އާއިލާއާއި ރައްޓެހިންނަށް ހިނިތުންވުން ގެނެސްދިނެވެ.
“މީ ކިހިނެތްވެގެން ވީ ގޮތެއްތޯ” މިފަހަރު ސުވާލު ކުރީ އަޝްފާންއެވެ.
“ތީ ބޭޑް ނިއުސްއަކީ. އަޅުގަނޑުމެންގެ ޓެސްޓްތަކުން ނުދައްކާ އެއްވެސް ކަމެއް ގޯސްކަމެއް. އެކަމަކު އަރޫޝާއަށް އެ ދިމާވި ކަންތައްކާ ބަލާފަ އަޅުގަނޑުމެންނަށް ހިޔެއްނުވޭ މީ ނޯމަލް ކަމެއްހެން. އިތުރު ޓެސްޓްތަކެއް ހަދަމުން މިދަނީ އަދިވެސް. ދެން އެކަހަލަ ކަމެއް ދިމާވެއްޖެއްޔާ އަރޫޝާ ވަރަށް ކްރިޓިކަލް ހާލަތަކަށް ދާނެ ކަމަށް ލަފާކުރެވެނީ” ޑޮކްޓަރުގެ މިބަސްތަކުން އެންމެނަށް އިސްޖަހައިލެވުނެވެ. ވޭނީ އަސަރުން މުޅިތަން ފުރާލިއެވެ. އެއްބަޔެއްގެ ލޮލުން ކަރުނައިގެ އަސަރު ފާއްދާލިއިރު އަނެއްބަޔަކަށް ތިބެވުނީ ހުއްޓުން އަރާފައެވެ. އެންމެ އެކުގައި އުޅުނު އަރޫޝާ ގެ މިއަދުގެ ހާލަތުން ދެން ހަދަންވީ ކިހިނެތްކަން ނޭނގިފައެވެ.
“މަންމާ” ނިދިފައި އޮތް އަރޫޝާ ލޯހުޅުވުމާއެކު އެންމެ ފުރަތަމެވެސް ގޮވާލެވުނީ އޭނާގެ މަންމައަށެވެ. އަދި ވަށައިގެން ހޯދާލެވުނެވެ. ހާސްކަން ވެރިވެފައި އޮތް އެހިތަށް ހަމަޖެހުން ލިބުނީ އޭނާ ލޯބިވާ އެއްމެން އެނދު ކައިރީގައި ތިބުމުންނެވެ.
“ދަރިފުޅާ.. ރަގަޅުތަ މިހާރު. ދަރިފުޅަށް ކިހިނެތްތަވީ” އަމީރާ އޭނާ ލޯބިވާ ދަރިފުޅު ގައިގައި ބައްދާލީ މައިވަންތަކަމުގެ ކުލުނާއެކީގައެވެ.
“އޯކޭ މިހާރު.. މަންމާ އަޅުގަނޑަށް ހީވީ ރޭގަ މީހަކު އަޅުގަނޑުގެ ކަރުގައި ހިފިހެން. ނޭވާވެސް ހާސްވި. ދެތިންފަހަރު ހޮޑާއި އެއްކޮށް ލޭވެސްއައި. މަންމާ އަޅުގަނޑު ބިރުގަނޭ” ގިސްލަގިސްލާފައި އަރޫޝާ ކިޔައިދިނެވެ. އެވަގުތު އެތާތިބި އެއްމެނަށް އެކަކު އަނެކަކެއްގެ މޫނަށް ބަލާލެވުނެވެ. ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ.
“ދަރިފުޅާ.. ތިހެން ނުވާނެ. ތިވާނީ ދަރިފުޅަށް ފެނުނު ހުވަފެނެއް ކަމަށް” އަމީރާ އެވާހަކަތައް ގަބޫލްކުރަން ބޭނުން ނުވިކަހަލައެވެ.
“ނޫނޭ މަންމާ. އަޅުގަނޑު ދޮގެއް ނުހަދަން. އަޅުގަނޑުގެ ކަރަށް ވަރަށް ތަދުވެސްވިޔޭ” މަންމަ އޭނާގެ ވާހަކަތައް ގަބޫލްނުކުރުމުން އަރޫޝާގެ ގިސްލުމުގެ އަޑު ބާރުވިއެވެ.
“އަމީރާ އަހަންނަށް ދަސްވެފަ ހުރި ކަންތައްމީ. އަމީރާ އާއި ކައިވެނި ކުރުމުގެ ކުރިން ބައްޕައާއި އެކު އަހަރެން މިމަސައްކަތް ކުރިން. އޭރުވެސް މިހާލުގަ، ހަމަ އަހަރަމެންގެ ދަރިފުޅު އެބުނާ އުނދަގޫ ވެގެން އެތައް ބަޔަކު އެހީއަށް އާދޭ. އެފަހުން ކިތައްމެ އަހަރެއް ވިޔަސް އަހަރެންނަށް ފެނި ދަސްވެފަ ހުރި ކަންތައްމީ” ޝާހިދު އަމީރާ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
“އެކަމަކު އެމަންޖެ ކާކަށް ކޮން ގޯނާއެއްކޮށްގެން އޭނައަށް އެހެން ދިމާވާންވީ” ޝާހިދުގެ ބަސްތައް އަމީރާ އަށް ގަބޫލްކުރަން ދަތިވިއެވެ. އެއްވެސް މީހަކު އޭނާގެ ދެލޯ ފަދަ ދަރިފުޅަށް ގެއްލުމެއްދޭން އޭނާ ނޭދެއެވެ.
“އަމީރާ ހަމަޖެހިބަލަ، ﷲ ގެ އިރާދަފުޅުން އަހަރެންނަށް އެގިފަ ހުރި އިލްމެއްގެ ބޭނުންކޮށްގެން ދަރިފުޅު މިވަބާއިން ސަލާމަތްކުރާނަން. ހިތްވަރު ކުރޭ. ކެތްތެރިންނާއެކު މާތް ﷲ ވޮޑިގެންވާނެ” ޝާހިދުގެ އަމީރާ ގައިގައި ބައްދާލަމުން ބުންޏެވެ.
މުޅި ގޭތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. އަރޫޝާގެ ފަރުވާއަށް އޭނާ ގެއަށް ބަދަލުކުރިތާ މިއަދަށް މިވީ ދެވަނަ ދުވަހެވެ. މިދެވަސްތެރޭ އަމީރާ ގިނަ ވަގުތު ހޭދަކުރީ އަރޫޝާގެ ހިދުމަތުގައެވެ. އެހެންކަމުން ގޭތެރޭ ކަންތަކުގައި އިޝާ އަދި ފަޒުނާ ހަރަކާތްތެރިވެ އުޅެއެވެ.
ލާމިއު އަދި އަޝްފާން ޝާހިދުގެ އެދުމުގެ މަތިން ރުގުޔާގެ ކަންތައް އެންމެ ރައްކާތެރިކޮށް ގެންދިޔުމަށް އެހީތެރިވަމުން ދިޔައެވެ. އަޝްފާން އޭނަގެ ކޮއްކޮގެ އަދި ލާމިއު އޭނާގެ ވާން އުޅޭ އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމުގައި އަތުކުރި އޮޅާލައިގެން ހިދުމަތުގައި ތިއްބެވެ.
އިޝާ ނަމާދުން ފައިބައިގެން ތިން ފިރިހެނުން އެއްކޮށް އަރޫޝާގެ ކޮޓަރިއަށް ވަނެވެ. އިރުތަކެއްނުވެ އިވެން ފެށީ ގުރުއާނުގެ މޫރިތި އާޔަތްތަކުގެ އަޑެވެ.
3618 Comments
Comments are closed.
Haadha kurey… ekm reethi
Thanku NAXY
Dhn part dhikohlaanan ☺
Pretty.
Thanku POOHBEAR
Hello dear readers.. if u read my story please leave a comment. Even if it is negative comment it will be appreciated for improvement
-maroon-
V salhi
Thanku SUMMER ☺
V rythi mibai ves..Next prt thankolheh dhigu koh lahchey…Next prt kon iraku up kohlany??
Thanky DHIMRA AND YUAN SHIPPER.. in sha allah by saturday . Much love ?
V reethi
Thanku MAREE
Vvv nice..hama nice story thakuge therein himeney story eh…gud luck babe….??????????????
Thanku LYN
Much love ??
V nice. But too short.
Thanku NAASH
Kon iraku next part up kuranee
Next part is available ?
nice