Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 8

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
April 8, 2017 6 Mins Read
42 Comments

އިޝާ ނަމާދުން ފައިބައިގެން ތިން ފިރިހެނުން އެއްކޮށް އަރޫޝާގެ ކޮޓަރިއަށް ވަނެވެ. އިރުތަކެއްނުވެ އިވެން ފެށީ ގުރުއާނުގެ މޫރިތި އާޔަތްތަކުގެ އަޑެވެ.

ގަޑިން އެއޮތް ނުވަގަޑި ބައި ވަނީއެވެ. އަދިވެސް ޝާހިދުގެ ކިޔެވުމުގެ އަޑެއް ނުކެޑެއެވެ. ހަރުހިއްކާލާ ކޮންމެ ފަހަރު ފެންފޮދެއް ބޯލައި ކިޔެވުން ކުރިއަށް ގެންދިޔައެވެ. އަރޫޝާވަނީ ވޭނެއްގައިކަން އޭނާގެ ކުކުރުމުގެ އަޑުން އެނގެއެވެ. ދޭތެރެއަކުން ގަދައަށް ހެލިގަނެއެވެ. ލާމިއު އަރޫޝާގެ ފައިގައި ހިފަހައްޓައިގެން ހުރި އިރު އަޝްފާން އޭނާގެ ކޮއްކޮގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރީ އަރޫޝާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައެވެ.

“މަންމާ” އަރޫޝާއަށް ބާރަށް ގޮވައިގަނެވުނެވެ. އެވޭނީ އަޑުއިވި ސިޓިންރޫމުގައި އިން އަމީރާއަށް ދުއްވައިގަނެވުނީ ކޮޓަރިއާ ދިމާލަށެވެ.

“ދަރިފުޅާ” އަމީރާ ކޮޓަރިއަށް ވަން ވަގުތު އަރޫޝާ ދިޔައީ ހޮޑުލަމުންނެވެ.

“ކީއްތި ކުރަނީ. އިތުރަށް އޭނައަށް ވޭން ދެނީތަ” އަމީރާއަށް ރޮވޭގޮތްވިއެވެ.

“އަމީރާ.. ވޭނުގައި ވިޔަސް ދެން މިކަން މި ނިމުނީ. އޭނަގެ ހަށިގަނޑުގައި ހުރި އޭގެ އަސަރު އެއްކޮށް ފިލައިދިޔަ ކަމަށްޓަކައި ﷲ އަށް ޝުކުރުކުރަން.. އަރާދަކުރެއްވިއްޔާ ދެން ދަރިފުޅު ދާނީ ރަގަޅުވަމުން” ޝާހިދުގެ އެބަސްތަކުން އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނެވެ.


 

“ދަރިފުޅާ ހާދަ ދަންވިފަހުން ރޭގަ ގެއަށް އައީ” ބަދިގޭގައި ކައްކަން ހުރި ހަސީނާއަށް ލާމިއު ބޭރަށް ނުކުންނަތަން ފެނުމުން އަހާލިއެވެ. ލާމިއު އަކީ އަބަދުވެސް ރޭގަޑުގެ ބާރައިގެ ކުރިން ގެއަށް ވަންނަ ކުއްޖެކެވެ. އެހެންނަމަވެސް ރޭގައި އޭނާ ގެއަށް އައީ ފަތިސް ވީ ފަހުންނެވެ.

“އަރޫ ވަރަށް ބަލިކޮށް އުޅެތީ އެގޭގައި މަޑުކޮށްލީ” މިހެން ބުނުމަށްފަހު ލަސްނުކޮށް ދާން ލާމިއު އުޅުނެވެ.

“ކިހިނެތްވީ އެމަންޖެއަށް” އެހެން ނަމަވެސް ލާމިއު މަޑުކުރުވީ މަންމަގެ ސުވާލުތަކުންނެވެ.

“ދެތިން ރޭކުރިން އަރޫ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައީ. އެމީހުންނަށް ވާގޮތެއް ނޭނގުނު. ދެން އަރޫގެ ގެ ބައްޕަ ރަގަޅަށް ބެލިއިރު ކޮންމެވެސް މީހެއް އަރޫއަށް ކާއެއްޗަކުން ފަންޑިތަ ހަދާފަ ހުރީ. އެކަން ރަގަޅުކުރުމަށް އަރޫގެ ބައްޕަ ރޭގަ ރުގުޔާ ކިޔެވީ. އެހެންވެ އަރޫ ހަމައަކަށް އެޅެންދެން އެގޭ މަޑުކޮށްލީ. ސޮރީ މަންމައަށް އަންގާނުލެވުނީމަ” ލާމިއުގެ މިބަސްތަކުން ހަސީނާގެ މޫނުމައްޗަށް ކޮންމެވެސް ކަހަލަ ބަދަލެއް ގެނެސްދީފިއެވެ. އަދި އިސްޖަހައިލެވުނީ އޭނާ އަކީ ކުށްވެރި ފަރާތްކަން ގަބޫލްކުރެވިގެންނެވެ. ނަމަވެސް މިކަން އޭނާ ލާމިއު އަށް ފޮރުވީ އޭނަގެ މޫނުމަތިން ދައްކާލި ހިތާމާއިގެ ކުލަވަރުންނެވެ.

“ދަރިފުޅު ކީއްވެ މަންމަ ކައިރީ ކުރިން ނުބުނީ، އެހެން ނޫންނަމަ މަންމަ އަރޫޝާ ކައިރިއަށް ދެވުނީހެއްނު” ގަދަކަމުން ވިޔަސް އެހިތާމާއިގައި ބައިވެރިވާކަން ހަސީނާ ދައްކަން އުޅުނެވެ.

“ދެން އަޅުގަނޑު ހާސްވެފައި ހުރި ވަރުން ނުބުނެވުނީ، ސޮރީ، އަޅުގަނޑު މިއުޅެނީ އެގެއަށް ދާން. މަންމަ އަންނަންވީއެއްނު އަޅުގަނޑާއި އެކީ . ގައިމު އަރޫ ވަރަށް އުފާވާނެ” ލާމިއު އަރޫޝާ ކައިރިއަށް އޭނާގެ މަންމަ ގެންދަން ބޭނުންވިއެވެ.


 

“އަރޫ މަންމާ ކޮބާ އަރޫ. ކޮޓަރީގަ ދޯ. މިއައީ އަޅުގަނޑު މަންމަ ގޮވައިގެން” ކައިރީގައި ހުރި ހަސީނާއަށް އިޝާރަތްކޮށްލަމުން ލާމިއު ބުނެލިއެވެ.

“ހަސީނާ ކިހިނެތް . ހާދަ ދުވަސްކޮށްލާފައޭ ދޯ މިދިމާވީ، އަރޫ އެބައިން ކޮޓަރީގަ. އާދޭ” އަމީރާ ހަސީނާއާއި ސަލާމްކޮށްލިއެވެ.

“ލާމީ، ލާމީ މަންމާ” އެތެރެއަށް ވަދެގެން އައި ހަސީނާއާއި ލާމިއު ފެނުމުން އަރޫޝާގެ މޫނުމަތިން އުޖާލާކަން ފެނިގެންދިޔައެވެ.

“އަވަހަށް އިށީދޭ، އަހަރެން އެބަ އަންނަން ބޯނެ އެއްޗެއް ގަނެގެން” ހަސީނާ އަލަށް އެގެއަށް އައުމުން އަމީރާ ކިޔަން ބޭނުންވީ ހޫނު މަރުހަބާއެކެވެ.

އަދި އެވަގުތު ލާމިއުއަށް އޮފީސް ފޯނެއް އައިސްގެން އޭނާ ދާންޖެހުނެވެ.

ހަސީނާއި އަރޫޝާ އެކަނިވެރިވީއެވެ. އަރޫޝާއަށް ވީގޮތް ކިޔައިދިނުން ފިޔަވަޔި އެދެމެދުގައި އޮތީ ހަމަހިމޭންކަމެވެ. އަރޫޝާއަށް ވާހަކަ ދައްކަން ނުކެރުނީ ހަސީނާއަކީ އެހާ ގިނައިން އޭނާއާއި ވާހަކަ ދައްކާމީހަކަށް ނުވުމުންނެވެ. އެގައަށް ދާ މަދު ފަހަރު ފަހަރުވެސް ހަސީނާ އޭނާއާއި އެހާ ގިނައިން ވާހަކަ ނުދައްކާތީ މިއަދު އޭނާއަށް ހަސީނާއާއި ވާހަކަ ދައްކަން ދަތިވިއެވެ.ކިތައްމެ ދައްކަން ބޭނުން ވިޔަސް ވާހަކަ ދައްކަން ފައްޓާނީ ކޮން ކަމަކާ ބެހޭގޮތުން ކަންވެސް އޭނާއަށް ނުވިސްނުނެވެ. އަނެއްކޮޅުން ހަސީނާއަށް އިދެވުނީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ އަށް ކުރެވުނީ ކުށެއްކަން މޫނުމަތިން ފެންނަމުންދާ ކުލަވަރުން އެނގެއެވެ. އޭނާގެ ކުށަށް އިއުތިރާފުވެ މާފަށް އެދޭނީބާއެވެ؟ ނޫނީ އަރޫޝާ މިހާރު ރަގަޅުކަމުން އެކަން ނުވާ ކަމަކަށް ހަދާ ފޮރުވާލާނީހެވެ؟ ކޮންމެ ގޮތެއް ވިޔަސް އޭނާއަށް އެކުރެވުނީ ވަރަށް ބޮޑު ގޯސްކަމެއްކަން އަރޫޝާގެ ހާލަތު އެނގުމުން އޭނާއަށް ވިސްނުނެވެ. މުދަލުގެ ދަހިވެތިކަމުގައި އެކުރެވުނީ އަރޫޝާގެ ފުރާނައަށް ނުރައްކާތެރިވެދާނެ ފަދަ ކަމެކެވެ

“ދަރިފުޅާ އަރޫޝާ މަންމަ ބޭނުން ދަރިފުޅު ކައިރީ ވާހަކައެއް ބުނަން ބޭނުން. މަންމަ ބޭނުމެއް ނޫން ލާމިއުއަށް މިކަން އެނގޭކަށް. އޭނައަށް އެގިއްޖެއްޔާ މަންމައަށް މާފުނުކުރާނެކަން ޔަގީން” ހަސީނާ ފުން ނޭވާ އަކަށްފަހު އޭނާގެ ކުށަށް އިއުތިރާފުވާން މަސައްކަތްކުރިއެވެ.

“ކޮން ވާހަކައެއް މަންމާ، އަޅުގަނޑު ނުބުނާނަން ލާމި ކައިރީ” އަރޫޝާ ސުވާލުން ފުރިގެންވާ ބެލުމަކުން ބަލާލިއެވެ.

“ދަރިފުޅު ހަނދާންވޭތަ މަންމަ ގެއަށް އެންމެ ފަހުން ދިޔަ ދުވަސް. އެދުވަހު މަންމަ ދަރިފުޅަށް ޖޫސްތައްޓެއް ދިނީމެއްނު” އަރޫޝާގެ އަތުގައި ފިރުމާލަމުން ހަސީނާ އޭނާއަށް އެ ދުވަހު ވީ ކަންތައް ހަނދާންކޮށްދޭން އުޅުނެވެ. އަރޫޝާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“އޭގެ ދެތިން ދުވަސްކުރިން މަންމަ މީހަކާއި ބައްދަލުކުރިން. އެމީހާ ދިން އެއްޗެއް މަންމައަށް ދަރިފުޅުގެ ޖޫސްތައްޓަށް” ހަސީނާއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

“އެކީއްވެ. ކޯއްޗެއް އެޅީ” އަރޫޝާގެ ހިތަށް ބިރުވެރިކަން ވަނެވެ. އަދި ހަސީނާއާއި ދުރަށްޖެހެވުނެވެ.

“މަންމައަށް ދަރިފުޅުގެ މުދަލަށް މާބޮޑަށް ދަހިވެތިވެވުނީ.އެމީހާ ބުނި ފަހަރެއްގަ މިހެން ވެދާނޭ. އެކަމަކު މަންމައަށް އަމިއްލަ އެދުން އިސްކުރެވުނީ މަންމައަށް ގަބޫލްކުރެވިއްޖެ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއްކަން. ދަރިފުޅާ އަރޫޝާ މަންމައަށް މާފުކޮށްދީ. ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރަން އަހަރެން ވައުދުވަން” ހަސީނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަދި މާފަށް އެދޭ ފަދަ ބެލުމަކުން އަރޫޝާއާއި ދިމާލަށް ބަލައިލިއެވެ.

“ކޮންމެހެން ވައުދު ވާނެކަމެއް ނެތް. އަހަރެން ދިރިހުއްޓާ ލާހިކައެއްނޫން ކަލޭއާއި ލާމިއުގެ ހިޔަނިވެސް އޭނަށް އެޅޭކަށް. ދާން އުޅޭ މިތަނުން. އަރޫޝާ ކަލޭމެންނަށް މާފެއް ނުކުރާނެ.” އެވަގުތު ފިހާރައިން އައި އަމީރާއަށް ހަސީނާގެ ވާހަކަތައް އަޑުއިވި ހަޅޭއްލަވައި ގަނެވުނެވެ.

“އަރޫޝާ” ހަސީނާއަށް މާފަށް އެދޭ ހާލު އަރޫޝާއަށް ގޮވައިލެވުނެވެ. އަރޫޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އަދި ހިތާމައެވެ. ލާމިއުގެ މަންމަ އެފަދަ ކަމެއް ކޮށްފާނެ ކަމާއި މެދު އޭނާ ހީވެސް ނުކުރެއެވެ.

“ނިކުމޭ ހަމަ މިހާރު، ހަނދާންކުރާތި ދެން އަރޫޝާއާއި ކައިރިވެގެންވެސް ނުވާނެ” އަމީރާގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.

“ކިހިނެތް ވެގެން މިއުޅެނީ” އެވަގުތު އެތަނަށް އައި ލާމިއު ހުރީ ވާނުވާގެއެވެ.

“ވެގެން އުޅޭ ގޮތް ކޮންމެހެން ނޭނގޭކަމަށް ހަދާނެކަމެއް ނެތް. ﷲ އަށް ޝުކުރުކުރަން ކަލޭމެންގެ ވަބާއިން އެމަންޖެ ސަލާމަތްކުރި ކަމަށްޓަކައި” ލާމިއުގެ ސުވާލަށް އަމީރާ ދިނީ ވަރުގަދަ ރައްދެކެވެ.

“މަންމާ.. މީގޮތް ކިޔާ ދީބަލަ” އަދިވެސް ވާނުވާ ނޭނގޭތީ ލާމިއު އޭނާގެ މަންމަކުރެން އަހާލިއެވެ.

“ދަރިފުޅާ މަންމައަށް މާފުކޮށްދީ.. މަންމަ އެދުވަހު އަރޫޝާގެ ޖޫސްތައްޓަށް އެޅީމަ މިއަދު އަރޫޝާއަށް އެހާލު ޖެހެން ޖެހުނީ” ހަސީނާ އޮޅުންފިލުވައިދެން އުޅުނެވެ. ލާމިއުއަށް މިވާހަކަތައް ގަބޫލްކުރަން ދަތިވިއެވެ. އަދި އެތައް ހާސް ސުވާލަކުން ހިތް ފުރުނެވެ.

އެހެންނަމަވެސް އިތުރަށް އެގޭގައި އެމީހުން މަޑު ކުރުމަށް އަމީރާ ދެކޮޅު ހެދިއެވެ. ދަރިފުޅަށް އެހާލު ޖެއްސި ބަޔަކު އެގޭ ފުރާޅު ދަށުގައި އެންމެ ސިކުންތަކުވެސް މަޑު ކުރުމަށް އޭނާ ދެކޮޅު ހެދިއެވެ.


 

ދުވަސްތައް ފާއިތުވާލެއް ލާމިއު އަށް ވަރަށް ލަހެވެ. އެންމެ ދުވަހެއްވެސް ހީވަނީ އެތައް އަހަރެއް ހެންނެވެ. އަރޫޝާގެ އުނިކަން އޭނާގެ އުޅުމުން ވަރަށް ރަގަޅަށް ދައްކުވައިދެއެވެ. އަރޫޝާގެ ހަނދާންތައް އޭނާ މާޔޫސްކޮށް ކަންނެތް ކުރުވައިފިއެވެ. ރޭތައް ދިގުވެ އަރޫޝާ އޭނާގެ އިތުބާރު އޮޔާލީހެން ހިތަށް އަރާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ފާއްދާލައެވެ. މި ފާއިތުވި އެއްމަސް ތެރޭގައި އޭނާއަށް އެއްގޮތަކަށް ވެސް އަރޫޝާގެ ހަބަރެއް ނުވެއެވެ. އަރޫޝާގެ ފޯން އޮތީ ނިއްވާލާފައެވެ. އަދި އޭނާގެ ރައްޓެހިންނާއި އާއިލާ މީހުން އޭނާގެ ވާހަކަތަކަށް ދެމުން ދިޔައީ ބީރު ކަންފަތެކެވެ. އެހެންކަމުން އޭނާއަށް އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ވީ ވަރަށް ދަތިކަމަކަށެވެ.

ލާމިއު މިހާލުގައި އުޅޭ އިރު އަރޫޝާގެ ހާލުވެސް ވަކި ކުޑައެއް ނޫނެވެ. ގޭގައި އޮންނަން ޖެހުމުން އޭނާގެ ސިކުޑީގައި އަބަދުހެން އެބުރެމުން ދިޔައީ ލާމިއުގެ ހިޔާލްތަކެވެ. މޫނުމަތިން މަޔޫސީކަން ފެންނަމުން ދާއިރު މުޅި ހަށިގަނޑުން ފެންނަމުން ދިޔައީ އަނަރޫފަކަމެވެ. އާއިލާއާއި ރައްޓެހިންގެ ހިތްވަރު ދިނުން އޭނާއަށް ނުފުދެއެވެ. އޭނާ ލާމިއުއަށް ކުރި އިތުބާރު މިއަދު މިވަނީ ޒަހަރަށް ބަދަލުވެފައެވެ.


 

“ޕޮއް” ބެލްކަނިން ބޭރު ބަލަން ހުރި ފަޒުނާ ދިޔައީ ސިއްސައިގެންނެވެ.

“އަޝްފާން……..” ކައިރީގައި ހުރި އަޝްފާން ފެނި ފަޒުނާއަށް ހީލާފައި ގޮވައިލެވުނެވެ.

“ކަމަކު އޭ މިއަޔީ… މާދަމާއަކީ ރުޝްގެ ބާތްޑޭ އެއްނު . އަހަރެން ބޭނުން ސަޕްރައިސް ޕާޓީއެއް ދޭން. ހެލްޕް ވެދެވޭނެ؟” އަތުގައި އޮތް ބޮޑު ކޮތަޅު ދައްކާލަމުން އަޝްފާން ބުނެލިއެވެ.

“އަޅޭ. އަހަރެން ހަނދާންވެސް ނެތް”

“އޭމައްސަލައެއް ނޫން. އަހަރެންވެސް ދެންމެ ހަނދާންމިވީ. މިގަޑީ ރެޑީކުރަން ފައްޓާފިއްޔާ ރޭގަޑު 8 އަށް ނިމޭނެހެން ހީވަނީ” އަޝްފާން ކޮތަޅުން އެއްޗެހި ނަގަމުން ބުންޏެވެ.

” އާން ހިނގާ ދޯ އަވަހަށް ފައްޓަން” ފަޒުނާ އަޝްފާންނަށް އެހީވެދޭން އުޅެގަތެވެ.

ލިބުނު ކުޑަ ވަގުތު ކޮޅު ތެރޭގައި އަޝްފާން އާއި ފަޒުނާ ގޭގެ ޓެރަސް ރެޑީކުރަމުން ދިޔައެވެ. އުއްބައްތި ތަކާއި ލައިޓްތަކުންނެވެ. އަދި އެކިކުލަ ކުލާއި ގެ ޕުއްޕާހަމުންނާއި މާތަކުންނެވެ. ބާތުޑޭ ލިޔެފައިވާ ބެނާ ހަރު ކުރުމަށްޓަކައި ފަޒުނާ ހަރުގަނޑަށް އެރިއެވެ. އެއްއަތުން ބެނާގައި ހިފަޓައިގެންނެވެ. 5 ވަނަ ހަރުފަތަށް އެރިތަނާ ފަޒުނާ ކައްސާލާއިގެން ވެއްޓެން އުޅުނެވެ. އެހިނދު އޭނާއަށް އެހީއަށް އެދި ބާރަށް ގޮވާލެވުނެވެ. ފަޒުނާގެ ނަސީބު ވަރަށްވެސް ގަދައެވެ. އަޝްފާންގެ ހުޝިޔާރުކަން މިއަދު އޭނާ ސަލާމަތްކޮށްދިނެވެ. ބިންމައްޗަށް ވެއްޓުމުގެ ބަދަލުގައި އޭނާ ވެއްޓުނީ އަޝްފާންގެ ބާރުގަދަ އަތުތެރެއަށެވެ. އެއާކު އޭނާގެ ބިރުވެރިކަން ފިލައި މޫނު މައްޗަށް ލަދުރަކިކަން ގެނެސްދިނެވެ.

“ފަޒޫ…. ކިރިޔާއެއްނު ނުވެއްޓުނީ” އަޝްފާން އެހެން ބުނެލި އިރުވެސް ފަޒުނާ އޮތީ އަޝްފާންގެ އަތް މަތީގައެވެ. ބުނަންވީ ކީއްކަމެއް ހަދަން ވީ ކިހިނެތް ކަމެއް ނޭނގޭ ހާލުގައެވެ. އަޝްފާންގެ ތޫނު ބެލުން ހުރީ ސީދާ އޭނާއާއި ދިމާލަށް ކަމުން ފަޒުނާއަށް ލަދުގަނެ ލޯމަރާލެވުނެވެ. ހިތުގެ ވިންދު އަވަސްވިއެވެ.

“ހެހެހެ.. ލަދުގަތީ ދޯ” އަޝްފާން މަޑުމަޑުން ފަޒުނާ ބިންމައްޗަށް ތިރިކުރުވިއެވެ. ދެފައި ބިންމަތީ ޖެހުމާއެކު ފަޒުނާއަށް ލޯ ހުޅުވާލެވުނެވެ. އަދި ލަދުވެތި ބެލުމަކުން އަޝްފާންއަށް ބަލާލެވުނެވެ. އަޝްފާންގެ އަތް ތެރޭގައި އަބަދަށް އޮވެވޭނަމައޭ ހިތަށް އެރިއެވެ. އެހޫނު ނޭވާ އިން އޭނާގެ މޭއަބަދަށް ފުރާލަން ބޭނުންވިއެވެ.

“ގެނޭ އަހަރެން އަތަށް. ފަޒޫ ހުރޭ ބިންމަތީ… އަހަރެން ވެއްޓިއްޖެޔާ ހިފަހައްޓައްޗޭ” އަޝްފާން ހެމުން ބުނެލިއެވެ.


 

އުއްބަތިތަކާއި ލައިޓުތަކުން މުޅި ބެލްކަނި ވަނީ ޒީނަތްތެރިކުރުވާފައެވެ. މޭޒުމަތި ފުރާލާފައި ވަނީ އަރޫޝާއަށް އެންމެ މީރު ކާތަކެތީންނެވެ. އުފާވެރި މާހައުލެއްގައި އަރޫޝާގެ އުފަންދުވަސް ފާހަގަކުރީ ރައްޓެހިންނާއި އާއިލާ އެކީގައެވެ. އަރޫޝާގެ މޫނުމައްޗަށް އެތައް ދުވަހަކަށް ފަހު ހިނިތުންވުން ގެނެސްދީފިއެވެ. ދެގޮތެއް ނުވާ ރައްޓެހިންނާއި އޭނާ ދެކެ ލޯބިވާ އާއިލާއެއްގެ ރައްކާތެރިކަމުގެ އިތުބާރު އޭނާއަށް އިހްސާސްވިއެވެ.

“އިޝާ. ތެންކުޔޫ ވަރަށް ބޮޑަށް.. އަބަދުވެސް އަހަރެން ކައިރީ ދެގޮތެއްނުވެ ހުރީތީ” ޕާޓީ ނިއްމާލައި އިޝާ ގެއަށްދާން ރެޑީވާތަން ފެނި އަރޫޝާ ބުނެލިއެވެ.

“އަރޫ… ތެންކުޔޫ ބުނާކަށް ނުޖެހޭނެއެއްނު. ރައްޓެހިން ތިބެންވާނީ އެކަކު އަނެކަކެއްގެ ހިދުމަތުގައެއްނު” އަރޫޝާ ގައިގައި ބައްދާލުމަށްފަހު އިޝާ ގެއަށް ދާން ހިނގައިގަތެވެ. އެހެން ނަމަވެސް ސިޑި ކައިރިން އޭނާއަށް ހުރަސްއެޅީ މައްޗަށް އެރީ އެވަގުތު މައްޗަށް އެރި އަޝްފާންއެވެ.

“އިޝާ.. ދަނީތަ.. ގެއަށް ލައިދެން” އަޝްފާން އަހާލިއެވެ.

“ނޫން.. އިޝާ ހިނގާފަ ގޮސްދާނަން”

” ކާރު އޮތީ ޕެޓްރޯލް ހުސްވެފައޭ.. ރޭގަޑު އެކަނި ދާކަށްނުވާނެއެއްނު. ފުރޭތައެއް ކާލަފާނެ” އަޝްފާން އިޝާއާއި ސަމާސާކޮށްލިއެވެ.

“ހެހެހެ.. އޯކޭ” އަޝްފާންގެ ބަހަށް އިޝާ ދެކޮޅު ނުހެދީ ރޭގަޑު އެކަނި ގެއަށް ދާން އޭނާވެސް ޖެހިލުންވާތީއެވެ.

ދެމީހުން އެއްވަރަކަށް ހިގަމުން ދިޔައިރު ދެމެދުގައި ވަނީ ހިމޭންކަމެވެ. އިޝާއަކީ އަބަދުވެސް ބަސްމަދު ކުއްޖެއްކަމުން އޭނާ ވާހަކައެއް ނުދައްކައެވެ. މިއާ ހިލާފަށް އަބަދުވެސް ސަމާސާ ކުރުމާއި އަންހެންކުދިންނާއި ވާހަކަ ދެއްކުމުގައި އެންމެ ކުރީ ސަފުގައި އުޅޭ އަޝްފާންއަށް ވެސް ހުރެވުނީ ބަސްހުއްޓިފައެވެ. އެހިތުގައި އިޝާއާއި ދައްކަން ބޭނުންވާ އެތައް ވާހަކަތަކެއް ހުރި ނަމަވެސް އޭނާގެ ދޫ ވަނީ އެކަމަށް ނުކުޅެދިފައެވެ. ވާހަކަ ދައްކަން އަގަ ހުޅުވި ނަމަވެސް އަޑު ބޭރުވާ ގޮތެއް ނުވިއެވެ.

ވަކި ހިސާބަކަށް ދެމީހުންނަށް ދެވުނުތަނާ ކުއްލިއަކަށް ވާރޭ އޮއްސާލާފިއެވެ. ހިޔާ ހޯދުމަށްޓަކައި އަޝްފާންއަށް އިޝާ އަތުގައި ހިފައި އެތާ ކައިރީގައި ހުރި ހިމަ އަސްކަނި ދަށް ދިޔައެވެ. އަޝްފާން ވާރޭގެ ތިކިތަކުން އިޝާ ހިޔާކުރުމަށްޓަކައި އަޝްފާން ހުރީ އިޝާކުރިމަތީގައެވެ. އޭރު ބޯކޮށްވެހެމުން ދިޔަ ވާރޭ އަޝްފާންގެ ބުރަކަށި ތެންމަމުން ދިޔައެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އެޅޭހާ ކައިރީ ހުރި އަޝްފާނަށް ހުއްޓުމެއްނެތި ބެލެމުން ދިޔައީ އިޝާގެ މޫނަށެވެ.

(ވާހަކައިގެ ބައެއް ނޫން: އަޝްފާންއާއި އިޝާތަ ގުޅޭނީ ނޫނީ އަޝްފާންއާއި ފަޒުނާތަ؟..ހިޔާލް ކޮމެންޓުކޮށްލަވާ ؛) )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތް އެދެނީ (2)

Next

ފުން އިހުސާސެކޭ 4

Next
April 8, 2017

ފުން އިހުސާސެކޭ 4

Previews
April 7, 2017

ހިތް އެދެނީ (2)

42 Comments!

  1. RiMu says:
    April 8, 2017 at 12:38 am

    mee first… hyvany isha n ashfaan henn… nice story
    but fazoo aa ves vedhaane dhww

    1. maroon says:
      April 8, 2017 at 12:43 am

      Thanku RIMU
      Yes u first …hehe hama vedhaane ?
      Much love

  2. Maree says:
    April 8, 2017 at 12:50 am

    V reethi

    1. maroon says:
      April 8, 2017 at 12:51 am

      Thanku MAREE

  3. haja says:
    April 8, 2017 at 1:48 am

    V reethi mi part maybe fazoo and ashfaanu

    1. maroon says:
      April 8, 2017 at 8:28 am

      Wait for the upcoming parts to find out

  4. Sweetie says:
    April 8, 2017 at 7:09 am

    fazna gulhenee.

    1. maroon says:
      April 8, 2017 at 7:25 am

      Maybe she will get him ?

  5. Maahy ❤ says:
    April 8, 2017 at 7:41 am

    Ishaa gulheyny ashfag aa..
    ND faxoo gulheyny ashfaan aa…If i am not wrong ashfaq is asfan’s brother dhw..ehnvejjeyya v interesting vaane ?

    1. maroon says:
      April 8, 2017 at 7:48 am

      Hehe thanku MAAHY
      Gavaidhun kiyaa kudhinna egeyne if ashfag n ashfan akee brothers vejjeyyaa…. ?❤

  6. Maahy ❤ says:
    April 8, 2017 at 7:51 am

    Hmm gavaidhun kiyan ekm adhi kiriyaa comment eh mikury

    1. maroon says:
      April 8, 2017 at 8:00 am

      egijje brothers ey bunyma gavaidhun kiyaa kujjekan.. happy to have readers like u
      Much love

  7. Fau says:
    April 8, 2017 at 7:57 am

    Ashfaan aa ishaa aa gulheny

    1. maroon says:
      April 8, 2017 at 8:09 am

      Thanku FAU for reading
      Wait for the upcoming parts

  8. Hajja says:
    April 8, 2017 at 8:04 am

    Fazunaa gulhuneema reethi vaanee

    1. maroon says:
      April 8, 2017 at 8:11 am

      Maybe ashfaan ahves loabi vevidhaane dhw fazna dheke ?

  9. yus says:
    April 8, 2017 at 8:31 am

    Fazoo as gulhenee

    1. maroon says:
      April 8, 2017 at 8:50 am

      YUS lets see

  10. Ithuu says:
    April 8, 2017 at 9:34 am

    Aslu isha n ashfaq qulhen jeheyny n adhi lamiu aa aroo aa vx massalah rangalhu kuran vaaneh eh nun.. n lamiu ah eyna geh kusheh nehvaahaka bunumuge furusathu liben vaaneh eh nun… n nice stry… gud luck … waiting for the next part. ….??

    1. maroon says:
      April 8, 2017 at 9:49 am

      Thanku ITHUU…
      Read upcoming parts. Maybe maafah edheyne furusatheh libidhaane lamiu ?

  11. Dhimra and Yuan shipper says:
    April 8, 2017 at 9:43 am

    Fazna and Ashfan..
    Ashfan dhemyhun dheke lwbi efa..Fahun Fazna dheke Isha ahvure lwbi vihyaa v rythi vaane..

  12. Cherry says:
    April 8, 2017 at 9:45 am

    Fazuna aa maagulhey..V rythi mi baives..dhen onna bai up kuraany kon iraku?

  13. maroon says:
    April 8, 2017 at 9:51 am

    Thanku CHERRY
    Keevebaa fazna aai maagulheny?? ?
    Maybe they will be the end game …in sha allah varah avahah upkoh dheynan

  14. Chum handi says:
    April 8, 2017 at 10:10 am

    Masha Allah…. salhi… I think Fazna aa henn gulheynee…. cuz Ishaa biteh hure ennun

    1. maroon says:
      April 8, 2017 at 10:40 am

      Thanku CHAM HANDI

  15. Lilyyy says:
    April 8, 2017 at 10:23 am

    Fazoo n ashfaan gulhuveema reethi vaanee

    1. maroon says:
      April 8, 2017 at 10:42 am

      Isha aai gulhuveema hadi vaane? ?

  16. mezzo says:
    April 8, 2017 at 11:39 am

    I think fazoooooooooooooo

    1. maroon says:
      April 8, 2017 at 9:49 pm

      Thanku MEZZOOOOOO for your opinion. Plz read tonight’s part for more ❤

  17. Azu says:
    April 8, 2017 at 12:02 pm

    Fazoo aa gulhuvaa….ehen noonee ashfag ah vaanee kihineh??esoru ves maa vagu vagah viyya ulhen vee….dheben ekaku dheke loabi veema kada vaane dho…hehe

    1. maroon says:
      April 8, 2017 at 12:34 pm

      Hehehe. Lets see

  18. Lathu says:
    April 8, 2017 at 12:17 pm

    Ash and isha and asfaan nd fazu

    1. maroon says:
      April 8, 2017 at 9:45 pm

      Thanku LATHU
      Lets hope ash will come ❤

  19. fahee says:
    April 8, 2017 at 2:43 pm

    Ishaa and ashfaan

    1. maroon says:
      April 8, 2017 at 3:06 pm

      Faharegga ashfanah ishaa libidhaane ?

  20. pinkyyy says:
    April 8, 2017 at 3:46 pm

    Ishaa and ashfaan

    1. maroon says:
      April 8, 2017 at 5:33 pm

      Alhey ebbai kudhin beynunvanee isha , aneh kudhin fazu.. anyway thanks for reading

  21. shafu says:
    April 8, 2017 at 4:53 pm

    Ishaa n ashfaan

  22. Aai says:
    April 8, 2017 at 9:32 pm

    Maybe ashfaan and isha ekam vaahaka vv obi

    1. maroon says:
      April 8, 2017 at 9:42 pm

      Thanku AAI
      50% chance dheefaanan thikamah ??
      Much love ❤❤

  23. haw shia shaba shi r says:
    April 25, 2017 at 4:35 pm

    Ishaa ge first love ishaa ah,asfaan n fazoo best vaane,nice story ,keep it up

  24. Shahy says:
    July 18, 2017 at 11:16 am

    Fazoo r gulhuneema salhi vaany

Comments are closed.

Next Episodeއާވާ ހަނދާން 9←


All Right Reserved!