(ނޯޓް: ވަމޭ ގާތުގައި ޓްރެއިލާރގައި އިން ގޮތަށްވުރެ މިހާރު އިންނާނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިއެވެ. ހަމައެކަނި ބަދަލުވެފައި ވަނީ އެހަ ކުދިން ވަޒީފާއަދާކުރާ ތަނެވެ. ޓްރެއިލާގައި އިންނާނީ ހަ ކުދިންވެސް ސުކޫލުގައި އުޅޭ ވާހަކައެވެ. އުންމީދު ކުރަން ހުރިހާ ކިޔުންތެރިންނަށްވެސް އަންޑަސްޓޭންޑްވި ކަމަށް.. އަދި ކަމުދާނެ ކަމަށް އުންމީދު ކުރަން..)
# ”ނިހާން.. އަހަރެންދެކެ ރުޅިއަޔަސް އަހަރެން ގޮވައިގެން ދެވިދާނުން..” މަލަކާ ނިހާންގެ ފަހަތުން ދުވަމުން ބުނެލިއެވެ. ގެއިން ނުކުމީން ސުރެ ނިހާން ހުންނަނީ މަލަކާއަށްވުރެ ކުރީގައިއެވެ. ”މަލަކާ ގޭތެރޭގައި ހުރީނުން..” ނިހާން ހިނގުން ހުއްޓާނުލައި ހަމަ އެބާރު ހިނގުމުގައި ހުރެ ބުނެލިއެވެ. މަގޫ ގަސްތަކުގެ ތެރިން ދެމީހުން ހިނގާފައި ދިޔައީ އެމީހުންނާއެކު އައި އެހެން އެކުވެރިން ހޯދުމަށެވެ. ނިހާން އަނެއްކާވެސް މަލަކާ އެކަނި ބަހައްޓާފައި ބާރަށް ހިނގާފައި ދިޔައީއެވެ. ނިހާން ނުހަނު ދުރަށް ދިޔަ ފަހުން މަލަކާ އަނެއްކާވެސް ވަރަށް ބާރަށް ދުއްވާގަނެވެ. މަގޫ ގަސްތަކާއި ކަށިކެޔޮ ގަސްތަކުގެ ތެރެއިން ލާފައިއެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީހެން މަލަކާ މޫގަޑެއްގައި އަޅާގަނެފައި ބަނޑުވަތަށް ވެއްޓުނެވެ. ހަމައެއާއި އެކު އެއްލި ކަޅިން މަލަކާއަށް ފެނުނި އެއްޗަކުން އެހެން އެއްވެސް ތަނަކަށް ބަލާލަން ނުކެރުނެވެ. #
”އާ….” ބިރުގަނެފައި އިން މާއީ އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަނީ ބަލަމުން ދިޔަ ފިލްމުން އިންސާނެއްގެ ބޮލުގެ ކަށިގަނޑު ފެނުމުންނެވެ. މޫނުމަތީގައި ބާލީސް އަޅައިގެން މާއީ އިނީ ދެން ފިލްމް ނުބަލަން ހުވާކޮށްގެންނެވެ. ”ސާބަހޭ މާއީ.. މާއީ އާއެކީ ނުބެލޭނެ ބިރުވެރި ފިލްމެއް.. އަހަރުންގެ ކަންފަތުގެ ތޫރި ނޭނގޭ މިހާރު އިންކަމެއްވެސް… ފަޅައިގެން ނުދާކަމެއްވެސް ނޭނގެ..” އިކާލް މާއީއަށް ކުދި ކިޔައިލިއެވެ. ހަމަ ރަނގަޅަށްވެސް މާއީގެ ސަބަބުން ފިލްމު ބަލަންތިބި ފާއިޒްއާއި ރާކިންވެސް ތިބީ ސިއްސައިގެން ގޮހެވެ. ”ދެން ހެވޭ ތި ވަރަށް އެއްޗެހި ނުކިޔަސް.. އަހަރެން ބުނީމެއްނު މީތި އެޅުވިޔަސް ނުބެލޭނޭ.. އެހެން ބުނީމަވެސް އެޅުވީނުން.. މިހާރު ތި ނިއްވާލަ.. މިރޭ ނޭނގެ ނިދޭނެ ކަމެއްވެސް ދެނެއް..” މާއީގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އިކާލް އަވަސްއަވަހަށް ފިލްމް ނިއްވާލީ މާއީ ބިރުގަނެފައި އިންކަން އިނގުމުންނެވެ. ރާކިން އާއި ފާއިޒް ވެސް ތިބީ މާއީއަށް އެވަރު ވުމުން ބިރުގަނެފައިއެވެ. އެހެންކަމުން ތިން މީހުންވެސް މާއީގެ އެ ބިރު ހަނދާން ނައްތާލުމަށްޓަކައި އެމީހުން ކުޑައިރު ކޮށްފައި ހުރި މަޖާ ކަންތަކުގެ ވާހަކަ ދައްކަން ފެށިއެވެ. އެކުދިން އެކުރި ކަންތައް ހަމަ ރަނގަޅަށްވެސް ކާމިޔާބުވިއެވެ. މިނެޓެއްގެ ތެރޭގައި މާއީގެ ބިރުވެރިކަން ފިލައިދިޔައެވެ. އަދި އިކާލްމެން ދައްކަމުން ދިޔަ މަޖާ ވާހަކަ ތަކުގައި ބައިވެރިވިއެވެ. ހަތަރު ކުދިންވެސް އިކާލްމެންގެ ގެއިން ދިޔައީ ބާރަ ޖަހަން ކައިރިވެފައި ވަނިކޮށެވެ. މާއީ އާއި އިކާލް އުޅެނީ އެއް ގެއެއްގެ ދެ އެޕާޓްމެންޓުގައި ކަމުން މާއީ ގިނައިން އުޅެނީ އިކާލްގެ އެޕާޓްމެންޓްގައިއެވެ.
މާއީ އާއި އިކާލްއަކީ އެންމެ ކުޑައިރުން ފެށިގެންވެސް ދެ އެކުވެރިންނެވެ. ކުޑަ އިރު ކޮށްފައި ހުރި މަޖާ ކަންތައްތައްވެސް ދެމީހުން ވަނީ އެކަކު އަނެކަކަށް ކިޔާދީފައިއެވެ. އެކަކުވެސް އެމީހުންގެ ވާހަކަތަކެއް ސިއްރެއް ނުކުރެއެވެ. ނަމަވެސް އެދެމީހުންނަށްވެސް ނޭނގިފައި އޮތްކަމަކީ އެދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް ލޯބި އުފެދިފައިވާކަމެވެ.
******
ވައިލެޓްކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަންނަ ރީތި ހެދުމަކާއިއެކު ހުދު ކުލައިގެ ސްކިނީއެއް ލާފައި އޭގެ މަތިން ހުދުކުލައިގެ ޑޮކްޓަރު ކޯޓް ލާފައި ހުރި މާއީގެ ރީތިކަން އިންތިހާއެވެ. ފަން ކަޅުކުލައިގެ އިސްތަށިގަނޑު އެއްވެސް ގޮތެއް ނަހަދައި ދޫކޮށްލާފައި ވާއިރު މާއީ ބަލައިލަން ނުހަނު ރީއްޗެވެ. މޫނުގައި އެއްވެސް މޭކަޕްއެއް ނުކޮށް ހަމައެކަނި ފިޔާތޮށި ކުލައިގެ ލިޕްސިޓިކްއަކުން ފިނިމަލެއްފަދަ އެ ތުނި ތުންފަތް ފުއްދާލާފައިވާއިރު މާއީގެ ދޮން ހަންގަނޑާއި އެކުލަ ނުހަނު ގުޅެއެވެ. ހިތިފަތު ބުމައިގެ ދަށުގައިވާ ފެހިކުލައިގެ ދެލޯވަނީ ދިގު އެސްފިޔަ ތަކަކުން ރައްކާތެރި ކުރެވިފައިއެވެ. އެދެލޮލުގެ ޖާދޫގައި މިޒަމާނުގެ ފިރިހެން ކުދިން ނުޖެހި ނުދާނެކަން ހަމަ ޔަގީނެވެ. ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން ދިޔަ އެންމެންނަށް ފުން ހިނިތުންވުމެއް ރައްދު ކުރަމުން މާއީ ރިސެޕްޝަނާއި ކައިރިވެފައި ސޮއި ކޮށްފައި ދިޔައީ އޭނާ އިންނަން ހަމަޖެހިފައިވާ ރޫމާ ދިމާލަށެވެ. އެދުވަހަކީ މާއީއަށް ނުހަނު ބުރަ ދުވަހެއްކަމުން ކުރިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމުމުގައި މާއީ އަވަދިނެތި އުޅުނެވެ. މާއީއަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެކެވެ.
******
ހޮސްޕިޓަލުގެ ދޮރުން ވަދެގެން ހިނގާފައި ދިޔަ ޒުވާނާއަށް އެތަނުގައި ގިނަ މީހުންގެ ލޯތައް ވަނީ އަމާޒުވެފައިއެވެ. ނޫކުލައިގެ ގަމީހަކާއިއެކު ކަޅު ފަޓުލޫނެއް ލައި އަދި އެ ގަމީހުގެ މަތިން ކަޅު ކޯޓެއް ލާފައި ހުރުމުން އެޒުވާނާ ނުހަނު ސްމާޓްކަމަށް ދައްކައެވެެ. މަތިމަހާއި ތުނބުޅި ރީތި ވަރަކަށް ކޮށާފައިވުމުން ޒުވާނާގެ ފިރިހެންވަންތަކަން އިތުރެވެ. އަދި އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލާފައިވާ ގޮތުންވެސް މެއެެވެ. އެތައް މީހުންގެ ލޯތައް ޒުވާނާއަށް އަމާޒުވެފައިހުރި ކަމުގައި ވިޔަސް އެޒުވާނާ އެކަމަކަށް އެހައި ފަރުވާލެއް ހުރި ހެންނެއް ހިޔެއް ނުވެއެވެ.
ޒުވާނާ މަޑު ހިނގުމެއްގައި ގޮސް ރިސެޕްޝަނާއި ކައިރިވެލީ ސޮއި ކުރަން ޖެހޭ އެއްޗެހީގައި ސޮއިކުރުމަށެވެ. އެތަނުގައި ތިބި ގިނަ ނަރުހުންވެސް ތިބީ އެޒުވާނާއާ ދިމާލަށް ބަލާށެވެ. ”ޑޮކްޓަރ އިކާލް.. މިއަދު ބިޒީ ނޫނިއްޔާ އަޅުގަނޑާ އެއްކޮށް ކެންޓީނަށް ދެވިދާނެ ތޯ؟” ރިސެޕްޝަނުގައި އިށީންދެލައިގެން އިން ރާޔާ އިކާލްއާއި ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. ”އިކާލް.. މިއަދު އަހަރެންނާއެކީ އެބަ ޖެހޭ ވަރަށް މުހިންމު ތަނަކަށް ދާން.. ދެވޭނެތަ؟” ފާއިޒް އެތަނަށް އައިސް ބުނެލިއެވެ. ހަމަ އެވަގުތު އެތަނުގައި އިން ދީނާގެ ލޮލުގެ ނަޒަރުވަނީ ފާއިޒަށް ހުއްޓިފައިއެވެ. ތަނެއް ގުޑުވައިވެސް ނުލައި ދީނާ އިނީ ފާއިޒްގެ މޫނަށް ބަލަހައްޓައިގެންނެވެ. ”ހޫމް.. ދެވޭނެ..” ދެމީހުންވެސް އެތަނުގައި ހުރެ އެއްބަސް ވެލަމުން އެތަނުން ދިޔައީ ބަނޑަށް ހޭން ތިބެފައިއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ؟ ރާޔާ ކޮންމެ ދުވަހަކުވެސް އިކާލްގެ ފަރާތުން އެދޭ އެދުމަކީ އެއީއެވެ. ނަމަވެސް އިކާލްއަށް ޖަވާބެއް ނުދެވި އުޅެނިކޮށް އެތަނަށް ފާއިޒް ނޫނީ ރާކިން އައިސް އެކަހަލަ ކޮންމެ ދަނޑިވަޅަކުން އިކާލް ސަލާމަތްކޮށްދެއެވެ. ކޮންމެސް އެއްޗެކޭ ކިޔާފައިއެވެ.
ރާޔާ އާއި ދިނާއަކީ ހޮސްޕިޓަލުގައިވެސް ހުރި އެންމެ ފެޝަން ދެނަރުހުންނެވެ. އެންމެ ގަދަޔަށް މޭކަޕް ކޮށްލައިގެން އެތަނަށް އައިސް އަބަދުވެސް އުޅެނީ ފުރިހެނުންނަށް ފޮނި ދެއްކުމުގައިއެވެ.
ރާޔާމެންނަށް ނުފެންނަ ހިސާބަކަށް ގޮސް އިކާލްއާއި ފާއިޒް އަތް ޖަހާފައި ހޭންފެށީ މިއަދުވެސް އެކަން ކާމިޔާބުވުމުންނެވެ. ”ކޮބާ ފާއިޒް… މިއަދުވެސް ދީނާ އިނީ ކަލޭ ކައިރި ބަލަން ގެއްލިފަ.. ކަލޭ އެތަނަށް އައި ފަހުން އެހެން އެއްވެސް ތަނަކަށްވެސް ބަލާވެސް ނުލައި… ދެން އޭނާއަށް ޕްރޮޕޯސް ކުރަންވީނުން ދޯ.. ތިދެމީހުން ވަރަށް ގުޅެ އޭ..” އިކާލް ފާއިޒްގެ ކޮނޑުމަތީގައި އަތް ބާއްވާލައިހުރެ ބުނެލިއެވެ. ނަމަވެސް ފާއިޒް އާއި ޖެއްސުމަށެވެ. ”އައްޗި.. މަ ނޫޅެން ތުންފަތުގަ ދަވާދު ލާފައި ތިބޭ ކުދިންނާ ހެދިއެއް.. އާރގް… މޫނު ވެސް ހީވަނީ ފުއް ބާލިދީއަށް ލާފަ ހުރިހެން.. ދެން އެޔޮށް ލާ ބާރު އެއްޗެހި ދޯ.. ބަލާ ބެލުމަށް ހީވަނީ ފެންޓާ ފުޅިއެއް ހެން…” ފާއިޒްގެ ވާހަަކަ ނިންމާފައި ދެމީހުން އެއްފަހަރާ ހިނިގަނޑެއް ޖަހާލިއެވެ. އެތަނުގައި އުޅޭ ގިނަ ޑޮކްޓަރުންނާއި ނަރުހުން ރާޔާ އާއި ދީނާއާއި ދިމާލަށް އަބަދުވެސް ކިޔާނީ އެހެންނެވެ. ފެންޓާފުޅިއޭ އެވެ. ނަމަވެސް އެދެކުދިން އެމީހުން ކިޔާ އެއްޗެއްސަށް އެއްވެސް ވަރަކަށް އަޅައެއް ނުލައިއެވެ. ނަމަވެސް ފާއިޒް އެހުރިހާ އެއްޗެއް ދިނާ އާއި ދިމާލަށް ކީ އޭނާގެ ހިތް މަތީގައި އަތް އަޅައިގެން ހުރެއެވެ. އެހެނީ ފާއިޒްވެސް ލޯބިވަނީ ދީނާ ދެކެއެވެ. ނަމަވެސް އޭނާ އެކަން އެއްވެސް މީހެއް ކައިރީ ބުނާކަށް ނޫޅެއެވެ. ސަބަބަކީ އެވާހަކަ ބުނުމުން އޭނާއާއި މީހުން ދިމާ ކުރާނެ ކަން އިނގޭތީއެވެ.
ދެމީހުންވެސް އެތަނުގައި އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި ވަކި ވެލީ ބްރޭކް ގަޑިގައި ދިމާވުމަށެވެ. އިކާލްއަކީ ހަމުގެ ހާއްސަ ޑޮކްޓަރަކަށް ވީއިރު ފާއިޒް އަކީ މުޅި އެ ހޮސްޕިޓަލުގައިވެސް ހުރި އެންމެ މޮޅު ކެންސަރުބަލީގެ ހާއްސަ ޑޮކްޓަރެވެ. އެތަށް ބައެއް އެކުދިންނަށް ތައުރީފާއި ގަދަރު ކުރެއެވެ.
******
އޮރެންޖު ކުލައިގެ ގަމީހަކާއިއެކު ކަޅު ކުލައިގެ ފަޓްލޫނެއް ލާފައި ހުރި ރާކިން ނުހަނު ރީތިކަމަށް ދައްކައެވެ. އަދި އެއެއްޗެހި މަތިން ޑޮކްޓަރު ކޯޓްލާފައި ހުރުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. އިކާލްއެކޭ އެއްފަދައިން ރާކިންގެ ފިރިހެންވަންތަކަން ވެސް ދިޔައީ ހާމަވަމުންނެވެ. ރިސެޕްޝަނާއި ދިމާލަށް މަޑު ހިނގުމެއްގައި ހިނގާފައި ދިޔައިރު ރާކިންގެ ނަޒަރު ހުއްޓިފައި ހުރީ އެތަނުގައި އިން ރާޔާއަށެވެ. ފަހަކަށް އައިސް ރާކިންގެ ހިތުގެ ތެރޭގައި ރަސްކަން ކުރާ ހަމައެކަނި ފަރާތަކީ ރާޔާއެވެ. ރާކިންގެ ހިތުން ރާޔާއަށް ވަނީ ވަރަށް ހާއްސަ މަގާމެއް ދެވިފައިއެވެ. ރާކިން ރިސެޕްޝަނާއި ކައިރިވެފައި އެތަނުން ދިޔައީ ރާޔާއަށް ވަރަށް ފުން ނަޒަރެއް ދިނުމަށްފަހުއެވެ. އަދި ފިރިހެންވަންތަ ހިނިތުންވުމެއްވެސް ދީފައިއެވެ.
ރާކިން އަކީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކަށް ވުމުން އެދުވަހު އޭނާއަށް އުޅެން ޖެހޭނީ ވަރަށް ބުރަކޮށެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް ރާކިންގެ ހާލެވެ. ހެނދުނު އަށެއްގައި ބަލި މީހުން ބަލަން ފަށާ މީހަ ނިމޭނީ ކޮންމެ ދުވަހަކުވެސް ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ.
******
އިކާލް އޭނާގެ ރޫމަށް ވަނެ ލާފައި ހުރި ކަޅު ކޯޓް ބާލައި ޑޮކްޓަރު ކޯޓަށް ބަދަލު ކޮށްލާފައި ގޮސް ގޮޑިއަށް ޖެހިގަނީއެވެ. ރާޔާގެ ސަބަބުން އެނާ އަބަދުވެސް އެހުންނަނީ ރުޅިއައިސްއެވެ. ބްރޭކް ގަޑީގައިވެސް އެންމެ ދުވަހަކުވެސް އިކާލްއަށް ހަމަޖެހިލައިގެން ސައެއް ނުބޮވެއެވެ. އެހެންކަމުން މިއަދުވެސް އިކާލް އެއިނީ އެކަމާ ބޯގޮވާފައިއެވެ.
******
”އޭއި ރާޔާ.. ކީއްވެފަތަ މިއަދު ތި އިންނަނީ މާ ބަސް މަދުވެފަ؟” ދީނާ ރާޔާގެ އަތުގައި ކޮއްޓާލަމުން ބުނެލިއެވެ. އިކާލް އެތަނަށް އައިސް ދިޔަ ފަހުން ރާޔާ އިންނަނީ އެ އެގޮތަށެވެ. އެއްވެސް މަސައްކަތެއްވެސް ކުރަނީކީ ނޫނެވެ. ”ކަމެއް ނުވޭ… އެކަމަކު ދީ ބުނެބަލަ… އިކާލް ކީއްވެތަ އަބަދު މަ ކަޑަކޮށްފަ އެ ބަހައްޓަނީ؟ މަ މިހާރު ކިތައް ދުވަސްވެއްޖެ އިކާލް ކައިރީ މަށާއިއެކު ކެންޓީނަށް ދެވިދާނެ ހޭ ކިޔާތާ.. އެކަމަކު އިކާލް އެންމެ ދުވަހަކުވެސް މަށަށް ޖަވާބެއް ދިންތަ؟ އިކާލްއަށް ނޭނގެނީތަ މަ އިކާލްދެކެ ލޯބި ވާވަރު.. އަޅެ ދީ ބުނެބަލަ..” ރާޔާ އެތަނުގައި އިނެ އޭނާގެ ހިތުގެ އުދާސްތައް އެއްފަހަރާ ބޭރުކޮށްލިއެވެ. އޭރު އޭނާގެ ދެލޮލުން ދިޔައީ ހުއްޓާނުލައި ކަރުނަތައް ފައިބަމުންނެވެ. އަދި ރާޔާގެ އަނގައިންދިޔައީ މަޑު ގިސްލުމެއްގެ އަޑު ބޭރުވަމުންނެވެ. ”ރާޔާ ކައިރީ މަ ބުނީމެއްނުން.. އިކާލް ލޯބިވަނީ އެހެން މިހެއް ދެކެއޭ.. ދެން ކީއްކުރާންތަ އިތުރަށް އިކާލްގެ ފަހަތުން ތިއުޅެނީ.. މަަށަށް ހީވޭ ރާކިންވެސް މާ ރާޔާ ދެކެ ލޯބި ވާހެން… އިކާލްގެ ފަހަތުން ތިހެން އުޅެން ރާޔާ މިހާރު ވަރުބައްޔެއް ނުވޭތަ؟ އިކާލް ނޫޅޭ ވަރަކުން ރާޔާ ތިއުޅެނި ކީއްވެގެންތަ؟” ދީނާވެސް ރާޔާގެ ހާލާއިމެދު ދެރަވެ ހިތާމަ ކުރެއެވެ. އެނާގެ އެންމެ ގާތް އެކުވެރިޔާއަކީ ރާޔާކަމުން އަބަދުވެސް ރާޔާއަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށް އެދި ދީނާ ދުޢާ ކުރެއެެވެ. ދީނާ ކުރި އެއްވެސް ސުވާލަކަށް ރާޔާ ޖަވާބު ނުދީ އެތަނުން ދިޔައީ އޭނާގެ މަސައްކަތް ކުރުމަށެވެ.
******
މާއީ ގޮޑީގައި ހަމަޖެހިލީ އޭނާ ބަލަން ހުރި ހުރިހާ ބަލިމީހުން ބަލައި ނިމުމުންނެވެ. ކިތަންމެ ވަރުބަލިވި އެއްކަމަކު މާއީ އެންމެ އަދާކުރާ ހިތްވާ ވަޒީފާއަކީ އެއީއެވެ. އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވުންވެސްމެއެވެ. ސަބަބަކީ ކޮންމެ ދުވަހަކުވެސް މާއީއަށް އެތައް ހާސް ކުދިންނާ ވާހަކަ ދައްކާލެވޭތީއެވެ. އެއީ މާއީ އަބަދުވެސް އެންމެ ކުރާހިތްވާ ކަންތަކެވެ. ކުޑަކުދިންނާ އެއްކޮށް ސަކަރާތް ޖަހާލައި އެކުދިންގެ ވާހަކަތައް އަޑުއަހައިލުމެވެ.
މާއީ އެގޮތުގައި އިންދާ އެތަނަށް ފާއިޒް އައިސް ސައި ބޯން ހިނގާށޭ ބުނުމުން މާއީ ދެން އަވަސްވެގަނީ އަވަހަށް ސައިބޯން ދިޔުމަށެވެ. ބަނޑުހައިވެފައި އިންލެއް ބޮޑު ކަމުންނެވެ.
*****
”ކޮބާ މިއަދުގެ ކަންތައްތައް ކިހިނެއްތަ އިކް.. އެއްކަލަ ރާޔާ އަކާއި ދިމަލެއް ނުވޭތަ؟” މާއީ ކާއެއްޗެހި ހިފައިގެން އައިސް އިކާލްމެންގެ ކައިރީގައި އިށީންނަމުން އިކާލްއާއި ދިމާ ކޮށްލިއެވެ. ފާއިޒް ވެސް ދިޔައީ އެކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ. ތިން މީހުންވެސް އެކަކު އަނެކަކަށް ދިމާކުރުންމަތީގައި ތިއްބާ އެތަނަށް ރާކިން އައުމުން ތިން މީހުންވެސް ހިމޭންވިއެވެ. ސަބަބަކީ ރާކިން ލޯބިވަނީ ރާޔާ ދެކެކަން އެ ތިން މީހުންނަށްވެސް އެނގޭތީއެވެ. ނަމަވެސް ރާކިންއަކަށް ރާޔާ ލޯބިވަނީ އިކާލްދެކެ ކަމެއް އެއްވެސް ވަރަކަށް ފަހުމްވެސް ނުވެއެވެ.
”އޭއި މިރޭވެސް ވާނުން ފިލްމެއް ބަލާލަން.. މަ އިންނާނެ ވަރަށް ބިރުވެރި އިނގިރޭސި ފިލްމެއް ހޯދާފަ… މާއި ޖެހޭނެ ކޮންމެެހެންވެސް އެ ފިލްމް ބަލަން… އަހަރެމެންގެ ކަންފަތު ތޫރި ފަޅާލަން..” ރާކިން އައިސް ފުރަތަމާނުންވެސް ބެހިލީ މާއީއާއެވެ. ރާކިންގެ ފަހަތުން ފާއިޒްވެސް މާއީ އާއި ބެހެން ފެށިއެވެ. ”ހޫން.. މަ ނޫޅެން ކޮންމެހެން ތިޔާ ފިލްމް ނުބެލިގެންނެއް.. ތި ތިން މީހުން ބެލުން މާ ރަނގަޅުވާނެ.. އެހެންނޫނަސް އަހަރެން މީ ފިޑިއެއްނު..” މާއީ އެތަނުން ކާއެއްޗެހި ހިފައިގެން ދިޔައީ ރުޅިއައި ކަމަށް ހެދެމުންނެވެ. ނަމަވެސް ހަގީގަތުގައި މައީ ބޭނުންވީ ރާކިންމެން ބިރުގަންނަވާލާށެވެ. މާއީ ރުޅި އައުމުން ނޫނީ ބިރުގަނުމުންވެސް އެންމެ ބިރުގަންނާނީ ރާކިން ކަމަށް ވާތީއެވެ. ”އޭ.. މާއީ އެދިޔާ މަ ދެކެ ރުޅިއައިސްގެން ކަންނޭގެ ދޯ.. ދެން ކިހިނެއް ހަދާނި…. ކަންތަކާއި ޖެހުނީއޭ މި..” ރާކިން ބޯ ކަހާލަމުން ޗޮކެއް ކަނޑާލިއެވެ.
މާއީ އެތަނުން ގޮސް އިރުކޮޅެއް ނުވަނީހެން އަނެއްކާ އެތަނަށް ރާޔާ އާއި ދީނާ އައެވެ. ނަމަވެސް އެތަނުން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ފާއިޒްގެ އެޔޮށް ގަދަ އަނގަވެސް އިނީ އަތަނުގައި ދީނާ އިނުމުން ބަންދުވެފައިއެވެ. އެހެންކަމުން ތިން މީހުންވެސް ކައި ނިންމާލައިގެން އެތަނުން ދިޔައީ އެއްވެސް ވާހަކައެއް ނުދައްކައެވެ.
******
”ދަރިފުޅާ ރާކިން.. މަންމައަށް އާދެވުނި މަންމަގެ ރޫމްގަ ވޮލްޓް ބާއްވާފަ.. ދަރިފުޅު ބިޒީ ނޫނިއްޔާ އާދެވިދާނެތަ ހިފައިގެން ގެޔަށް؟ ބައްޕަވެސް ސުކޫލުގަ ބިޒީކޮށް އުޅޭތީ ބުނީ ނުދެވޭނެ އޭ..” ރާކިންގެ މަންމަ އިރާދާ ވަރަށް ހާސްވެފައި ބުނެލިއެވެ. އިރާދާއަކީވެސް ރާކިން ފަދައިން އެތެރެހަށީގެ ހާއްސަ ޑޮކްޓަރެކެވެ. އަދި އެ ހޮސްޕިޓަލުގައިވެސް ހުރި އެންމެ މޮޅު އެއް ޑޮކްޓަރެވެ. ”މަންމަ ހާސް ނުވޭ.. އަހަރެން މިދަނީ ވޮލްޓް ހިފައިގެން..” ރާކިން ފޯނު އޭނާގެ ޖީބަށް ލުމަށްފަހު އެތަނުން ދިޔައީ އިރާދާ ވޮލެޓް ބަލައިއެވެ.
******
މެންދުރުފަހު ދޭއް ޖަހާއިރަށް އިކާލްމެންގެ ޑިއުޓީ ނިމުމުން އެމީހުން އަވަސްވެގަނީ އަވަހަށް ގެޔަށް ދިޔުމަށެވެ. ވެފައި ހުރި ވަރުބަލިން ކަމަށް ވެސް ވެދާނެއެވެ. މާއީ އާއި އިކާލް އެކުގައި ދިޔައިރު ފަހަތުގައި ރާޔާ ހުރީ އެދެމީހުންނާ ދިމާލަށް ލޯ އަޅައިގެން ބަލާށެވެ. ނަމަވެސް އެކަމެއް އިކާލްމެންނަކަށް ނޭނގެއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
56 Comments!
Comments are closed.







Vhk dhn aneh hen ok… but mistakes eba huri… ” nukumiihsure ” eh nuun ” nukuthiihsure” innaany… dhn faahaga kurevunu ” tha ” innan jehey than thanuga vrh ginain ” nuunu ” jahaafa hunna kan… dhn baeh jumlathah hama eh nujehey… up kohlaafa proof read kuriima mistakes madhu vaane… ☺ good luck❤❤❤
Thanks rainstorm.. ya I’ll try to improve those mistakes… Thanks once again for highlighting the mistakes..
Hey…..nafu ge new story v reethi igey……doctors nd nurses dhw ulheny…… Hehe….. Waiting fr nxt….. LYSM nafu sissy……. Keep it up dear………
thanks kylie… and keep waiting ingey dear…
Assalam alaikum
Miothy dhn nafu liyan Hama jehifai vaa vaahakaige furathama Bai.. unmeedhu kuran kiyun therinnah kamudhaane kamah.. adhi huri mistakes thah bunela dhehchey.. Nd sorry vr bodah buni dhuvahah nugenes dhevunyma.. next part Insha Allah Wednesday GA.. keep waiting.. have a nice day..????lysm??
Varah reethi mi bai…..e film akee “eynaa” kiyaa film eh dhw……hehehe….naseebehnnu ethan falhaanulikn….
Thanks kairaa.. ya eyyi eynaa kiyaa film eh.. hehe
Vr Rythi furathama Bai vs.. mi gothah dhn huri part that Vs genesdheyne kamah unmeedhu Kuran.. keep going nafu …. Have a nice days ahead.. waiting for next.. curiously waiting
thanks naiha… ya i will try… and keep waiting..
Beautiful
thanks hai
Rythi vr.. vr kiyaa hiyy vrhjjee.. avahah genes dhybae next part.. plxuu
thanks majaa… ya keep waiting
Aslu vr Rythi mi vaahaka Vs.. doctors and nurse dhw.. vr kiyaa hiyy eba vey.. avahah up kohla fhyba.. waiting
thanks dear… ya keep waiting
Furathama Bai Vs Hama eha Vs furihama………..
thanks nayaa
Story thafaathu kohly ma vr ufaavehjje.. aslu school ga kufhin ulhey goii hedhym vr common vaane dhw.. ehnve kudakoh dhera Vs vi.. dhn ekam hospital ulhey gothah hedhym vr ufaavi.. u r very talented.. wonderful writer.. keep going ingey.. good luck.. waiting …..
heheh thanks king..
Furathama Bai Vs vr salhi.. dhn huri baithah Vs salhi vaane kamah mi unmeedhu kurani.. waiting… Lysm..
thanks dear… ya will try… and keep waiting
Vr Rythi.. nafu u r my favourite writer now
awww… thanks dear…
Rythi vr
thanks mal
Came for my k actors and actresses.. but mi vaahakaage fahun varah varah salhi… so I will keep reading this story … when is next part??? LYSM????❤
Sorry? mi vaahaka age feshun.
aww.. .hehe… thanks dear… ya keep reading upcoming parts… and comment ur views about the story.. next part tomorrow.. keep waiting
Ok?
?
Woww!! Varah reethi!!
I feel really sorry for raya… Ikaal eyna ah malaamaai kura kan egijjenama haadha dheravaaney.. really interesting.. loved it!! Next part avahah genesdhehchey Nafu!!
aww.. thanks mal… ya mihaaru liyamun midany.. keep waiting ingey dear…
varah salhi story.. keep it up…lysm
Thanks dear..
wow… first part vs hama habeys … varah vrah reethi
Thanks dear..
wht a nice lwbi story… cant wait to read next part
Thanks dear…
bunaane ehche vs neygunu…. hama ehaa vx reeethi first part hope next part miyah vure lwbi vaane kamah…lv u
Thanks dear.. ya I’ll try my best..
wow…i hope that next parts would more fantastic than thi part … and we can enjoy while wrinting…. and you are the best writer i have known … i can dive in story while i am reading your’s …it was amazing… i would like to meet you ..but i know it wouldn’t happen…. anyway i just want say that with out knowing u i am in love with you… i love from the bottom of my heart….hoping that i will meet you soon…love you
Thanks dear.. ya I’ll try my best..
varah reethi mi part …ebahuri mistakes kuda koh … dhenn story up kuraa iru ragalhah check kohllaafa up kuryma mistake madhu vaane
Thanks dear.. ya I’ll try my best to improve.. but please let me know the mistakes..
nice…but need to improve
Thanks dear.. will try.. but let me know the mistakes that I have made..
Doc ulhey stories v kiyaahih vey ekahala vaahaka v madhu mi site gaves ehnve v dhera vey..n btw v reethi mi story ge feshun? plus thanku mikahala doc ulhey story eh genesdhineethee?
Aww… Thanks dear… Nd ur welcome..
Varah?? varah?? reethi.??maa sha Allah.??waiting?? for?? the ??next ?part.?
Thanks yanaa.. ya keep waiting
haha. dhivehi film eyna ga vaagoih dho iyothee feshumuga. i though eyge copy eh kamah furathama
Ya.. eyyi EYNAA.. hehhe
hey when is next part … i thought u said yesterday it would be up
Neygey kon dhuvahaku kameh upload vaany bunaakah.. nafu mihaaru dhevana part submit kohfa miadhu mi e dhevana dhuvas.. adhivs upload eh ekam nuvey.. keep waiting dear..
not fair ehn story up veyba kyve sis ge story up nuvany …. thi eh vs gotheh noon dhw …. enme kiyaa hiyy vany sis ge story ehn kithah faharu mihaaru hadhaafi… dhenn varah fooohi..
Nafu ah ehgothakah Vs neygey… Admin ah msg Vs kohfin iyya Vs miyadhu vs… nafu 3 December GA submit kurin story.. dhn dear vs msg kohba admin ah.. nafu ah myga kureveyne kameh neii.. nafu Vs mihury vr foohi Vefa ehnve…