ނަމަވެސް އެތަނަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު އިވެމުން ދިޔަ އަޑަކުން ތިންމީހުންގެ ފައިގައި ވެސް ތަޅުއެޅުވުނު ފަދައެވެ. *** ހުރިހާ ފަރާތަކުން ބޯ ފިތެން ފެށުމުން ޔުނާން ކޮޓަރިން ނުކުމެ ހިނގައިގަތީ ރަސްފަންނަށް ބޯ ހަމަޖައްސާލަން ދިޔުމަށެވެ. ފޯނަށް ހުރިހާ ސަމާލުކަމެއް ދީގެން އިން ޔުނާންގެ ކަންފަތުގައި ޖެހުނު އަޑަކުން އޭނާގެ ހުރިހާ ހިއްސުތަކެއް ކޮޅަށް ޖެހުނު ފަދައެވެ. އެވަގުތަށް އޭނާގެ ކަންފަތް ބީރުވި ނަމައޭ އޭނާ އެތައް ފަހަރަކު ހިތައް އަރަމުން ދިޔައެވެ. ބިން ފަޅައިފައި […]
”މަން..މާ. މަ..ންމާ. ކީއްވެ އަޅުގަނޑު.. ދޫކ..ކޮށްލާފައި.. ދިޔ..ދިޔައީ…” ”މަންމާ..” މަންމާއޭ ކިޔައި އައިލީޝް ފުންމައިގެން ތެދުވީ މައިނޭވާލަމުންނެވެ. ނައިޝަމްއަށް ލިބުނު ސިހުމުގައި ކޮޅަށް ތެދުވެވުނު އިރު އެންމެ ހިނދުކޮޅަކަށްވެސް އައިލީޝްގެ މޫނުން ނަޒަރު ވަކިކޮށްނުަލައިއެވެ. ހާސްވެ ނޭވާ އުފުރެމުން ދިޔަ އައިލީޝް ފެނި ނައިޝަމްއަށް ހަމަބިމަށް އާދެވުނެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ ޑޮކްޓަރެއް ބަލައިއެވެ. ނައިޝަމް ޑޮކްޓަރެއް ގޮވައިގެން އައިއިރުވެސް އައިލީޝް އިނީ އެނދުގައި ހަމަ އެގޮތަށެވެ. ފުންކޮށް ނޭވާލާށެވެ. ”މިރޭ އައިލީޝް ޑިސްޗާރޖް […]
ދަންވަރުގެ ހަމަހިމޭން ވަގުތުގައި ނައިޝަމްއަށް ހޭލެވުނީ ކަރުހިތްކައި ގަނެގެންނެވެ. ކޮޓަރީގައި އިން ފެންޖަގު ހުސްވެފައި އިނުމުގެ ސަބަބުން ނައިޝަމް ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައީ ޖަގަށް ފެން އެޅުމަށެވެ. ބަދިގެއަށް ވަނުމާއިއެކު ފެނުނު މަންޒަރުން ނައިޝަމްއަށް ހީވީ އޭޏާގެ މޭގަނޑު އަނގައަށް އައި ހެންނެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އައިލީޝްގެ ބޯ ކައިރީ ލޭގެ ކޯރެއް ހެދިފައި ވާއިރު ފައި ވަނީ ކަފައިގެން ގޮސްފައިއެވެ. އައިލީޝް އޮތްގޮތް ފެނިފައި ނައިޝަމްގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް […]
ހަވީރުގެ ސައި އެންމެން އެކީގައި ބޮމުން ދިޔައިރު ‘ޕެރެޑައިސް’ ގެ ހަމަހިމޭން މާހައުލު ވަނީ ހަލަބޮލި ކޮށްލާފައިއެވެ. ޒާހިދާއާއި ނަތާޝާގެ އަޑު އެއް އަޑަކަށް އެތަނުގައި ހަރުލާފައި ހުރިއިރު އާކިފްއާ ޝާހިދުވެސް ދިޔައީ އެތައް ވާހަކައެއް ދައްކަމުންނެވެ. އެހަތަރު މީހުންނަށް ވެސް ނޭނގުނީ އެމީހުންގެ ދަރިންގެ ސިކުނޑީގައި އެވަގުތު އެބުރެމުން ދިޔަ ކަންތައް ގަނޑެވެ. ޔުނާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އައިލީޝްގެ މޫނުން ވަކިނުކޮށްލައެވެ. ދީވާނާވެފައިވާ ޕަރުވާނާއެއްހެން އައިލީޝްގެ މޫނަށް ބަލަމުން ދިޔައީ ހިތާހިތުން ތައުރީފުވެސް ކުރަމުންނެވެ. […]
ނައިޝަމްގެ ކޮޓަރީގެ ދޮރު ކުރި މައްޗަށް އަރައި އައިލީޝް ހުރީ ދޮރުގައި ޓަކި ޖަހަންވެސް ނުކެރިފައިއެވެ. އޭނާ ކުރަމުން ދިޔަ ކޮންމެ ހަރަކާތެއްގައިވެސް ޖެހިލުން ވުމެއްވިކަން ބަލައިލި ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ނައިޝަމްއަށް ގޮވުމުގެ ބަދަލުގައި އިރުކޮޅެއް ވަންދެން އައިލީޝް ދޮރުގައި ލެގިލައިގެން ހުރީ ރޭގައި ނައިޝަމްގެ މޫނުމަތިން ފެނުނު ހިތާމައާއި ލޮލުން ވެއްޓުނު ކަރުނަ ސިފަކޮށްލާށެވެ. ނަމަވެސް އެހެން ހުއްޓައި އައިލީޝް ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. އަމިއްލަ ހަށިގަނޑު ނުހިފެހެއްޓި ވެއްޓެން ދިޔުމާއިއެކު […]
”ނަތާޝާ. ކިހިނެއްތަ؟ މިގުޅާލީ ވަރަށް ބޮޑު ކަމަކުއޭ.” އާކިފްގެ އެދުމުގެ މަތިން ޒާހިދާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެކުވެރި ނަތާޝާއާއެވެ. ”ހަމަ ވަރަށް ރަނގަޅު. އަނެއްކާ ކޮން ކަމަކު ބާ ތިގުޅާލީ؟” ”އާކިފްވެސް މިހާރު ރަށުގަ އުޅޭބަ. ކިހާ ދުވަހެއް ވެއްޖެ އަހަރެމެން ބައްދަލު ނުވާތާ. އެއްސުފުރާ މަތިން ނުކާލާތާ. އެހެންވެ. މާދަން ހަވީރު ހަތަރަކަށް ދައުވަތު ދޭން ވެގެން ގުޅާލީ މި. އެންމެން ގޮވާގެން އަންނައްޗެ.” ނަތާޝާގެ ޖަވާބެއް ލިބުމުން ޒާހިދާ ވަގުތުން ފޯނު […]
ކައި ނިމުމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަނުމާއިއެކު ހަލަބޮލި ގޭތެރެ ހިމޭންވެގެން ދިޔައެވެ. ނަމަވެސް ކޮޓަރިއަށް ވަނެ ފަނަރަ ވަރަކަށް މިނެޓް ފަހުން ޒާހިދާ ކޮޓަރިން ނުކުމެގެން އައީ އޭނާގެ ކަންފަތުގައި ފޯނު ޖައްސައިލައިގެން ހުރެއެވެ. ”ސާބަހޭ މާޖިދު. ދެން ތިހާ ވަރަށް ނުގުޅަބަލަ. އާކިފްވެސް އެބައުޅޭ ގޭގަ. އޭނާއަށް މިކަންތައް އިނގިއްޖާ ކަމަކު ނުދާނެ. އެކަމު އަހަރެން އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ. އާކިފް ދިޔުމުން އެކަމު.” *** ޒައިކް އާއި ޔުނާން ކެތްތެރިކަމެއް […]
”ދަރިފުޅާ. ބަސް އަހައިގެން ރަނގަޅަށް ކިޔަވާތި. ބަރާބަރަށް ނަމާދު ކުރާތި. ރަނގަޅު ރައްޓެހިން ހޯދާންވާނީ. މާލެއަކީ މިރަށް ކަހަލަ ތަނެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި. އެގޭގައި އުޅޭ ދައްތަމެންނާއި ބޭބެމެންގެ ބަސްއަހާތި. ކަމަކަށް ބޭނުންވަންޏާ މަންމަމެންނަށް ގުޅާތި. މަންމަމެން އަބަދުވެސް މަސައްކަތް ކުރާނަން ދަރިފުޅު ބޭނުން ތަކެތި ހޯދައިދެވޭތޯ. މަންމަ ވަރަށް ހަނދާންވާނެ ދަރިފުޅު މަތިން. ވަރަށް ލޯބިވޭ.” ޝަމްހާ އޭނާގެ އަށާރަ އަހަރުގެ ދަރިފުޅު ނައިޝަމްގެ ގައިގައި ބައްދައިލައިގެން ހުރެ ބުނެލިއެވެ. ޝަމްހާ ބުނަމުން […]
އޭނާ ހަމަ ފެނުމާއެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށްއައެވެ. ހިތް އުފަލުން ނަށާލިއިރު ހިތުގެ ހިނގުންވެސް ބާރުވެގެން ދިޔައެވެ. ނުހަނު ހަލުވި ފިޔަވަޅުތަކަކާއެކު ގޮސް އޭނާގެ ކުރިމައްޗަށް ހުއްޓިލީމެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހިތް މާޔޫސްވެގެން ދިޔައީ އަަހަރެން ކައިރި ބަލައިވެސް ނުލައި އޭނާ އަހަރެން ފަހަނައަޅައި ދިޔުމުންނެވެ. އަނެއްކާވެސް އޭނާގެ ކުރިމައްޗަށް އެރީމެވެ. ނަމަވެސް ލިބުނީ ދިލައަކާއި ހޫނު އެކުލެވިގެންވާ ހަމަލާއެކެވެ. ކޯތާފަތުގައި އަތް އަޅާލަމުން ސުވާލުގެ ނަޒަރަކުން އޭނާއާ ދިމާލަށް ބަލައިލީމެވެ. […]