މައުނާއަށް ހުރިތަނަށް ތިރިވެލެވުނެވެ. އަދި އަނެއްކާވެސް ނައިޝަމް ދެއްކި ވާހަކަތަކަށް ވިސްނަން މަސައްކަތް ކުރެވުނެވެ. ނަމަވެސް އޭނާގެ ހިތް އޭގެ އެންމެ ބާރު މިނުގައި ދިޔައީ ދެޅެމުންނެވެ. އެހިތަށް ތަސައްލީއެއް ލިބުންވީ ދަތި ކަމަކަށެވެ. ހިތަށް ހަމަޖެހުމެއް ލިބުންވީ ނާދިރު ކަމަކަށެވެ. ނައިޝަމް އޭނާގެ ކުރިމަތިން ގެއްލެންދެން މައުނާ އުޑުފައިން އިށީންދެ ރޮމުން ދިޔައެވެ. ކުރެވުނު ކަމަކާމެދު ދެރަވެ ލަދުވެތި ވާ ފަދައިން މައުނާ އިސްޖަހައިލައިގެން ހުރެ އެތަނުން ނުކުންނަން ހިނގައިގަތެވެ. ޔޫހާވެސް މައުނާގެ ފަހަތުން އަނގައިން […]
މާޖިދަށް ބަލަން ހުރެފައި އިށީންނަން އުޅުނު މައުނާގެ ލޮލުގައި ވެސް ނައިޝަމް އަޅައިގަތެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ދެލޯ ބޮޑުކޮށްގެން ނައިޝަމްއަށް ބަލަން ހުރެވުނީ ގަބޫލު ނުކުރެވިފައިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު މައުނާއަށް އެތަނުން ނުކުމެގެން ގޮސް ނައިޝަމްގެ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. ނަމަަވެސް އޭގެ ކުރިން ޔޫހާ މައުނާއަށް ގޮވައިލާ އެތަނުގައި އިށީންދުމަށް ބުނެލިއެވެ. މައުނާވެސް ކުޑަކުއްޖެކޭ އެއްފަދައިން ޔޫހާގެ ބަސް އަހައި އެތަނުން ގޮޑިއެއްގައި އިށީންދެލިއެވެ. އެތައް ސުވާލަކުން ފުރިފައިވާ […]
”އަސްލު ލަހެއް ނޫނެއްނު. ހުރިހާކަމެއް ރަނގަޅަށެއްނު މިދަނީ. ސޯ އިޓްސް އޯކެއި.” އައިލީޝްވެސް ނައިޝަމްގެ މޫނަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެ ދެމީހުންގެ ހިތުގައިވެސް ރާގުތައް ކުޅެން ފެށިއެވެ. ދިހަ އަހަރުވެގެން ދިޔައިރުވެސް ދެމީހުންކުރެ އެކަކުވެސް އެމީހުންގެ ހިތުގައި އުފެދެމުން އަންނަ ލޯބީގެ ގުލްޒާރުގެ ވާހަކައެއް އެއްވެސް މީހެއް ކައިރިއަކު ނުބުނެވެ. ދެމީހުންގެ ހިތުގެ އެންމެ އަނޑިއަށް އެކަންތައް ލައިގެން ސިއްރުކޮށްފައި ބަހައްޓާފައި އެހުރީ މަސްލަހަތަށް ޓަކައިއެވެ. ދެމީހުން އެކަކު އަނެކަކަށް އެހައި ބޭނުންވެފައި […]
”ތިއީ މާޖިދުގެ އަންހެނުން ތޯ؟” އެވަގުތު އެމީހާ ކޮށްލި ސުވާލުން ޒާހިދާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެތައް ސުވާލެއް ހިތުގައި އުފެދެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޒާހިދާ އޭނާގެ ބޯ ބާރަށް ތަޅުވާލަމުން އާންއެކޭ ކިޔަން ފެށިއެވެ. ”އާދެ. އަޅުގަނޑަށް މާޖިދު ހުރިހާ ވާހަކައެއްވެސް ކިޔާދިން. އަދި އަޅުގަނޑަށް ބުނެވޭނީ ތިބުނި ކަންކަން ވަރަށް ރަނގަޅަށް ކޮށްދޭނަމޭ. ދޭން ޖެހޭ ރުފިޔާވެސް ހުރީ ދީފަ.” އެކޮޅުން އިވެމުން ދިޔަ ބަސްތަކުން ޒާހިދާގެ ހިތް އުފަލުން […]
”އައިލީޝް. ދެން ދޭ. އޭނާގެ އަނގަ ހުޅުވުނީއެ.” އައިމިނަތު އެހެން ބުނުމާއިއެކު އަތުގައި ހުރި ކަރުދާސް ބޮޑިތައް ހިފައިގެން އެތަނުން އައިލީޝް ނުކުމެ އެނެއް ދޮރުން ހާމިދު އިން ބަޔަށް ވަނެލިއެވެ. އައިލީޝް އެތަނަށް ވަނުމާއިއެކު ހާމިދު ބަލައިލި ގޮތުން އައިލީޝްގެ ހިތް ތެޅިލިއެވެ. ސިހުމެއް ލިބިގެން ދިޔައެވެ. މުޅި މީހާ އުދާސްވާން ފެށިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އައިލީޝް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައި ދިނުމަށްފަހު މަޑު ހިނގުމެއްގައި ގޮސް އިށީންދެލިއެވެ. އޭރުވެސް ހާމިދުގެ […]
ޒާހިދާއަށް ލިބިފައި ހުރި ސިހުން ފިލައިގެންނެއް ނުދެއެވެ. މީހާ ގަނބުވެފައި ހުރިއިރު އެސްފިޔަވެސް ޖަހާނުލައިއެވެ. ”މިވަނީ ކިހިނެއް ހެއްުޔެވެ؟ އަހަރެންގެ ލޯބިވާ ދޮން ބައްޕަ މަރައިލީ އަހަރެންގެ ބައްޕަ ހެއްޔެވެ؟ އަހަރެންގެ ހަގީގީ ބައްޕަ ހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟” ޔޫހާގެ އަސަރު ކުރުވާފައިވާ ހިތަށް އެތައް ސުވާލެއް ފުނި ޖެހެމުން ދިޔައެވެ. ކޮންމެ ކަރުނަ ތިއްކެއް އެދެލޮލުން ވެއްޓެނީ ހިތުގައި އުފެދިފައި ހުރި ސުވާލުތައް ދުލުން ބޭރުކުރާނެ ހިތްވަރެއް ނުލިބިއެވެ. ވާންވީ ވަނީ […]
”އެއީ އަހަރެންގެ.. ބައްޕަ.” އައިލީޝްގެ ދުލުން އަޑު ބޭރު ވީ ބުރިބުރިވެގެންނެވެ. އައިލީޝް އެމީހުންނަށް ހަގީގަތް ހާމައެކުރީ އެއީ އެމީހުންނަށް ވެސް އެނގެން ޖެހޭ ކަމެއްކަން އެނގުމުންނެވެ. ނަމަވެސް އެމީހުންނަށް އެވާހަކަތައް އިވިފައި ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. ބޯޓުގައި މަސައްކަތް ކުރާ މީހާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައިއެވެ. އޭނާ އާކިފް މަރައިލި ގޮތުގެ ވާހަކަދައްކަމުން ދިޔައިރު އައިލީޝްގެ ފަރާތުން ފެނުނު ކެތްތެރިކަމުން އޭނާ އަންތަރީސް ވާވަރުވިއެވެ. ”އަޅުގަނޑުމެން ތި […]
”ކިހިނެއްވީ ކަމެއް. ކާކު މަގޭ ބައްޕައަކީ.” ޔޫހާއަށް އެހެން ބުނެލެވުނީ ވަރަށްވެސް މަޑުންނެވެ. ޒާހިދާއަށް ވެސް އެއަޑު އިވުނީ ނުހަނު މަޑުންނެވެ. ޔޫހާގެ ޖުމުލަ އަޑު އިވިފައި ޒާހިދާގެ އަނގަ ބަންދުވެގެން ދިޔައެވެ. އެއީ މީގެ ކުރިން އޭނާއާ ދުވަހަކުވެސް ޔޫހާ ކޮށްފައި ނުވައި ސުވާލެކެވެ. ”ދަރިފުޅާ. މިތާ އިށީންދެބަލަ. މަންމަ މިއުޅެނީ ތި ވާހަކަ ދައްކާށޭ.” ޒާހިދާ އެހެން ބުނެ ސޯފާގައި އިށީންދެލީ ބަސް ހުއްޓިފައި ހުރި ޔޫހާގެ އަތުގައި ހިފައިލައިގެން ހުރެއެވެ. ”އާކިފް އާ […]
”ކީއްކުރަން؟ އަހަރެމެންނަށް ގުޅަން ނޫޅޭ މީހަކު، ގުޅީމަ ފޯނު ނުނަގާ މީހަކަށް ގުޅަނި ކީއްކުރަން. ކޮން ބޭނުމަކު” ޒައިކްގެ ޖަވާބު ނުހަނު ރުންކުރުވެފައި ސާދާއެވެ. ޒައިކްގެ އެ ބުނުމުން ނަތާޝާގެ ލޮލުން ކަރުނަތައް ފައިބަންނަން ފެށީ އެއްވެސް އިހްތިޔާރަކާއި ނުލައިއެވެ. ނަތާޝާއަށް އެއްޗެކޭ އިތުރަށް ބުނަން ނުކެރޭ ވަރުކޮށްފައި ޒައިކް ކޮޓަރިއަށް ވަދީ އެމައިމީހާއަށް ކުރާނެ އަސަރު އަންދާޒާވެސް ކޮށްނުލެވޭ ހާލުއެވެ. އެމައިމީހާގެ ހިތުގައި އަޅަމުންދާ ވޭން ތަސައްވުރުވެސް ކޮށްނުލެވޭ ހާލުއެވެ. ބުރުގާގެ ކަނެއް ނަގައި ނަތާޝާ […]