Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯ ފޮހެލާދޭށެ މަގޭ 23

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
June 3, 2020 6 Mins Read
14 Comments

”އަސްލު ލަހެއް ނޫނެއްނު. ހުރިހާކަމެއް ރަނގަޅަށެއްނު މިދަނީ. ސޯ އިޓްސް އޯކެއި.” އައިލީޝްވެސް ނައިޝަމްގެ މޫނަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެ ދެމީހުންގެ ހިތުގައިވެސް ރާގުތައް ކުޅެން ފެށިއެވެ.

ދިހަ އަހަރުވެގެން ދިޔައިރުވެސް ދެމީހުންކުރެ އެކަކުވެސް އެމީހުންގެ ހިތުގައި އުފެދެމުން އަންނަ ލޯބީގެ ގުލްޒާރުގެ ވާހަކައެއް އެއްވެސް މީހެއް ކައިރިއަކު ނުބުނެވެ. ދެމީހުންގެ ހިތުގެ އެންމެ އަނޑިއަށް އެކަންތައް ލައިގެން ސިއްރުކޮށްފައި ބަހައްޓާފައި އެހުރީ މަސްލަހަތަށް ޓަކައިއެވެ. ދެމީހުން އެކަކު އަނެކަކަށް އެހައި ބޭނުންވެފައި ހުރި ވަގުތުތަކުގައި ގާތް ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން ހުރިހާ ވާހަކައެއް ހުރިހާ ސިއްރުތަކެއް ކިޔައިދެއެވެ. ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ ވާހަކަތައްވެސް އެކަކު އަނެކަކަށް ވަނީ ކިޔާދީފައިއެވެ. ނަމަވެސް ހަމައެކަނި ނުކިޔާދީ އޮތީ ދެމީހުންނަށްވެސް އެކަމެއް އެނގޭ އެމީހުންގެ ލޯތްބެވެ. ލޯބީގެ ވާހަކައެވެ.

”ނައިޝަމް. މިއަދު ނައިޝަމް ނެތް ނަމަ އަހަރެން ކިހިނެއް އުޅޭނި. އަހަރެން ކިހިނެއް ހަދާނި. މިހާރު ނައިޝަމް ތީ އަހަރެންގެ ހުރިހާވެސް އުންމީދެއް. އަހަރެން ކައިރީ އަބަދުވެސް ތިހެން ހުރެދެއްޗެ. އަހަރެންގެ އެންމެ ގާތް މިތުރެއްގެ ގޮތުގައި އަހަރެންނަށް އެހީ ވެދެއްޗެ.” އައިލީޝްގެ ލޮލުން ދިލަނަގައި ކަރުނަތައް ޖަމާވާން ފެށިއެވެ. އޭގެ ސިކުންތެއްވެސް ނުވަނީސް ކަރުނައިގެ ރާޅެއް އައިލީޝްގެ ކޯތާފަތް މައްޗަށް ބިންދާލީ އެ ދޮން ކޯތާފަތްވެސް ރަތްކުރުވަމުންނެވެ.

އައިލީޝްގެ އަޑު އިވިފައި ނައިޝަމްގެ ލޮލުންވެސް ކަރުނަ ފާއްދައިލިއެވެ. އެދެލޮލުގައި ކަރުނަތައް ބޮޑިވަމުން ދިޔައިރު ބޭނުންވެފައި ހުރީ އައިލީޝް އޭނާގެ މެޔާލައި ބޮޑިކޮށްލާށެވެ. އެދެއަތުގެ ހިމާޔަތް މުޅި އުމުރަށް ދޭށެވެ. ނައިޝަމް އައިލީޝްގެ ކޮނޑުގައި އަތް އަޅާލަން ނެގި އަތް ތިރިކޮށްލެވުނީ ބޭއިހްތިޔާރުގައިއެވެ. ކީއްވެ ކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އައިލީޝްއަށް އޭނާގެ އެހީތެރިކަން ދިނުމަށް ޓަކައި އަތް ނަގައި އައިލީޝްގެ ކޮނޑުގައި ހިފައިލާ އޭނާގެ ގައިގައި ލައްކޮށްލިއެވެ. އަދި މަޑުމަޑުން އައިލީޝްގެ ބުރަކަށީގައި ފިރުމެން ފެށީ އިހްތިޔާރުން ބޭރުގައި ހުރެއެވެ. ”އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެން އައިލީޝްއަށް އެހީވާނަމޭ. އައިލީޝްއަށް ދިމާވާ ކޮންމެ ކަމެއްގައި އަހަރެން އެންމެ ފުރިހަމައަށް ބައިވެރިވާނަން. ކޮންމެ ހިތާމައެއްގައި ކޮންމެ އުފަލެއްގައި. އަހަރެން މިހުރީ އެންމެ ފުރިހަމައަށް އެހީވާން ތައްޔާރަށް. އައިލީޝް ނުރޮއިބަ. އައިލީޝް ރޮންޏާ އަހަރެންނަށްވެސް ރޮވޭނެ.” ނައިޝަމްގެ ދޫ އޭނާގެ އަތުން ދޫވެގެން ދިޔަ ފަދައެވެ. ބޭއިޚްތިޔާރުގައި ބުނެވެމުން ދިޔަ ބަސްތަކުން ހުދު ނައިޝަމްވެސް ހުރީ ހައިރާންވެފައިއެެވެ.

އައިލީޝް އޭނާގެ ބޯ ނައިޝަމްގެ ކޮނޑުން ނަގައި ކޯތާފަތްމަތީގައި ރޮނގަކަށް ކުރެހިފައި ހުރި ކަރުނަތައް އޭނާގެ އަތުގެ އިނގިލިތަކުން ފުހެލިއެވެ. ނަމަވެސް ރަނގަޅަށް ނުފޮހެވެނީސް ނައިޝަމް އައިލީޝްގެ އަތް ދުރަށް ޖައްސާލާ އޭނާގެ އަމިއްލަ އިނގިލިތަކުން އައިލީޝްގެ ކަރުނަތައް ފޮހެލަދިނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން އިނެއެވެ. ”އަހަރެން އަބަދުވެސް ބުނަމެއްނު އައިލީޝްގެ ދެލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކެއް ފުހެލަދޭން އަހަރެން ހުންނާނަމޭ.” ނައިޝަމްގެ އަނގައިން ބޭރުވި ޖުމުލައިން އައިލީޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެރީތި ހިނިތުންވުމުގެ ސަބަބުން ނައިޝަމް ރަނގަޅަށް މޮޔަކޮށްލިއެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ.

”ދެން ހިނގާ ދާން. މިހާރު އެގާރަ ޖަހަނީ އެއޮށް.” ނައިޝަމް ޖޯލިން ތެދުވެލައި ޖޯލީގައި އިށީންދެ އިން އައިލީޝްއަށް ބަލައިލިއެވެ. އައިލީޝްވެސް ބޯ ޖަހައިލާ އެތަނުން ތެދުވެ ގެޔަށް ދުޔުމަށް ލުއި ފިޔަވަޅުތަކެއް ނަގަމުން ހިނގައިގަތެވެ. ދެމީހުންގެ މޫނަށްވެސް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެއެވެ.

***

ޕޮލިސް ސްޓޭޝަނަށް ވަދެގެން އައި އަންހެން ކުއްޖާފެނި އެންމެންގެ އަނގައިންވެސް ސޮނި ނުފައިބާ ހުރީ ކިރިޔާއެވެ. ކަޅު ކުލައިގެ ގަޔަށް ބާރު ފަލަމަސްގަނޑާ ހަމައަށް އަރައި ޓޮޕަކާއިއެކު ހަމަ އެކުލައިގެ ކަލު ހީލްއަކަށް އަރައިގެން ހުރި ކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. މޫނުގައި ފައުންޑޭޝަން އުނގުޅައި ރަތް ކުލައިގެ ގަދަ ލިޕްސްޓިކަކުން ތުންފަތް ފަވާލާފައިވާއިރު އެސްފިޔަތައް ވެސް ވަނީ ޖަހާފައިއެވެ. ލޯ މަތީގައި ނުހަނު ގަދައަށް ފަވާލާފައި ހުރި މޭކަޕުން ރީތި ވައްތަރެއް ޖަހައެވެ. ތުއި ގޮތަކަށް ހިނގާލާފައި އައިސް އެތަނުން ފެންނަން ހުރި ފުލުހެއް ކައިރީ ހުއްޓިލައި ބޮލުގެ އިސްތަށިގަނޑުން ބައެއް ގެނެސް އޭނާގެ ޝަހާދަތް އިނގިލީގައި އޮޅަން ފެށިއެވެ.

”ކޮބާ އަހަރެންގެ ބައްޕަ. އަހަރެން މިއައީ އަހަރެންގެ ބައްޕައާ ބައްދަލުކޮށްލަން.” އެ އަންހެން ކުއްޖާ އޭނާގެ ކޮޑުގައި އަޅުވާފައި އިން ދަބަސް ހެޔޮވަރުކޮށްލައި ދަބަހުން އޭނާގެ ބޮޑު އައި ފޯން ނަގައިލިއެވެ.

”ނަން ބުނުއްވަ ފާނަން ތޯ. ބައްޕަގެ ވެސް.” ފުލުސް މީހާ އެ އަންހެން ކުއްޖާގެ ފޮނި ހަރަކާތްތަކަށް ބަލަން ހުރެ އަހައިލިއެވެ.

”އަހަންނަށް ކިޔަނީ މައުނާ. އަހަރެން މިއައީ އަހަރެންގެ ބައްޕަ އިބްރާހިމް މާޖިދުއާ ބައްދަލުކުރަން. ވީހާވެސް އަވަހަކަށް އެކަން ކޮށްލަދީބަލަ.” ލަސްވެފައިވާ މީހަކު ފަދައިން މައުނާ އޭނާގެ ފައި ކުޑަކޮށް ހިއްލާފައި ތަޅުވަން ފެށިއެވެ. އަދި ހަށަން ބަދެލައިގެން ހުރެ އެކިތަންތަނަށް ބަލަން ފަށައި ރަނގަޅުތަނެއް ފެނުނު ފަދައިން އެތާ ކައިރިއަށް ގޮސް ތުންފަތް އޫކޮށްލައި ނަފްސީއެއް ނަގައިލިއެވެ. މަންޒަރު ބަލަން ތިބި ފުލުހުންގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ޕޮލިސް ސްޓޭޝަނަކަށް އައިސް ވެސް އުޅެމުން ދިޔަ ގޮތުން ހައިރާން ނުވާނީ ކާކު ހެއްޔެވެ؟

”ހިންގަވާ އަޅުގަނޑާ އެކު.” އެ ފުލުސް މީހާ އައިސް މައުނާގެ ގާތު ހުއްޓިލައި އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. މައުނާވެސް ފަހަތުން ކެޓްވޯކްގައި ހިނގަމުން ދިޔައީ އެތަނުގައި ތިބި އެހެން މީހުންނަށް އޭނާގެ ރީތިކަމުގައި ސޭލް އަޅުވައިގެންނެވެ.

މައުނާ އެމީހާ ދެއްކި ގޮޑީގައި އިށީންދެ މާ ގިނައިރުތަކެއް ނުވަނީސް އެތަަނަށް މާޖިދު ގޮވައިގެން އެފުލުސް މީހާ ވަނެ އެތަނުގައި އިން އެހެން ގޮޑިއެއްގައި އިށީންދެލިއެވެ. މައުނާއަށް ހުއްޓާ ނުލައި ބެލެމުން ދިޔައީ މާޖިދުގެ އަތުގައި އަޅުވާފައި އޮތް އަޅި ކުލައިގެ ބިޑިއަށެވެ. ދެ ލޯ ބޮޑުކޮށްލާފައި ވަނީ އޭނާއަށް ހުޅުވޭނެ އެންމެ ބޮޑަކަށެވެ.

”ދަރިފުޅާ. މިތާ ކީއްތި ކުރަނީ؟ ކާކު ބުނީ ބައްޕަ ހުރީ މިތާގައިއޭ؟” މާޖިދުގެ ހިތް ވަނީ އަވަސްވެފައިއެވެ. ހިތުގެ ވިންދު ދިޔައީ ޖެހެން ހުރި އެންމެ ބާރަކަށް ޖެހެމުންނެވެ. މައުނާއަށް ކަރުނަވީ ލޮލަކުން މާޖިދަށް ބަލައިލެވުނީ މާޖިދުގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލުތަކުންނެވެ.

”ބައްޕާ. އަހަރެން މިއައީ ބައްޕަ މިތަނުން މިންޖުކުރާށޭ. ހާސްނުވޭ. އަހަރެން މިކަން ކުރާނަން. ބައްޕަ ނުކުރާ ކަމެއްގަ ނުޖެހޭ ބަންދު ކުރާކަށް. އަހަރެން މިއަދު މިތަނުން ދާނީ އެމީހުންނަށް އެކަން ސާބިތުކޮށްދީފައި.” މައުނާ ސާބިތުކަމާއިއެކު ބުނެލިއެވެ. އެވަގުތު މާޖިދުގެ ލޮލުން ނީރައިލީ އުފާވެރިކަމުގެ ކަރުނައެވެ. އެއްމިޔަކަނުން ހިނިތުންވެލެވުނު އިރު މައުނާއާ ދިމާލަށް ބަލަން އިނެވުނެވެ.

”ދަރިފުޅާ. ތިއީއޭ ދޯ ބައްޕަގެ ރަން ދޫނި. ތިބުނީ ތެދެއް. ބައްޕަ ނުކުރާ ކުށެއްގަ ހައްޔަރު ކުރާކަށް ނުޖެހޭ.” މާޖިދު ހިނިތުންވެލައިގެން އިނެ ބުނެލިއެވެ. އޭނާގެ ދެލޮލުގައި މިހާރު ވަނީ އުންމީދެވެ. އެތަނުން ނުކުމެވޭނެ ކަމުގެ އައު އުންމީދެއް އެހިތަށް ވެރިވެއްޖެއެވެ. މާޖިދު އާ އެތައް ވާހަކައެއް ހިއްސާކުރުމަށްފަހު ދީފައި އޮތް ގަޑި ހަމަވުމުން މައުނާ އެތަނުން ނުކުމެގެން ދިޔައީ ތަނުގެ ޗީފް ހޯދާށެވެ. އެތަނުން ފުލުހެއް ކައިރީ އަހައިގެން އެކަން އޭނާއަށް ވަރަށް އަވަހަށް ހާސިލްވިއެވެ. ޗީފްއަށް ހަމަޖެހިފައި އިން ކޮޓަރީގެ ދޮރުގައި މައުނާ ޓަކި ޖަހާލާފައި އިރުކޮޅަކު މަޑުކޮށްލީ ހުއްދަ ލިބެންދެންނެވެ.

ހުއްދަ ލިބުމާއިއެކު މައުނާ އެތެރެއަށް ވަނެ ނިކަން އަދަބުވެރިކަމާއިއެކު ސަލާން ގޮވާލިއެވެ. އަދި ޗީފްގެ އެދުމާއިއެކު ގޮސް ސޯފާގައި އިށީންދެލައި ދެއަތް ދެއަތަށް މޮޑެން ފެށިއެވެ.

”އަޅުގަނޑު މިއައީ ވަރަށް ބޮޑު ކަމަކަށް އެދެންވެގެން.” މައުނާ އިސްދަށަށް ޖަހައިލައިގެން އިނެ ބުނެލިއެވެ. އެވަގުތު ޗީފް ކޮންކަމެއްހޭ އަހައިލާފަދަ ގޮތަކަށް މައުނާއަށް ބަލައިލައި އެއް ބުމަ އަރުވާލިއެވެ. ” އަޅުގަނޑު މިއައީ އަޅުގަނޑުގެ ބައްޕަ އިބްރާހިމް މާޖިދު ނުކުރާ ކުށެއްގައި ހައްޔަރުކޮށްފައި ވާތީ އެކަމަށް. ނުކުރާ ކުށެއްގަ އެއްވެސް މީހަކު ހައްޔަރު ކުރެވިގެން ނުވާނެ. އެއީ އިންސާފެއް ނޫން. އެއީ އެމީހެއްގެ އަނބިދަރިންނަށް މައިންބަފައިންނަށް ދެވޭ ބޮޑު ހިތްދަތިކަމެއް. ހައްޔަރުކޮށްފައި ތިބީ މިތަނުގައި ކަމެއްވެސް އެމީހުންގެ އާއިލާގެ މީހަކަށް ނޭނގޭ. މައުލޫމާތު މި ލިބެމުން ދަނީ އެކިއެކި މީޑިއާތަކުން. ހަގީގަތުގައި މިއީ ވަރަށް ދެރަ ކަމެއް. އަޅުގަނޑުގެ ބައްޕައަށް ނުގުޅިގެން މަންމައާއި އަޅުގަނޑު އުޅޭތާ ތިން ދުވަސްވީ ފަހުން އެނގިގެން ދިޔައީ ބައްޕަވީ މިތަނުގައި ކަން. ސިންގަޕޯރއަކު ނޫންކަން.” މައުނާ ހީވީ އޭނާގެ ހިތުގެ އުދާސްތައް އެއްފަހަރާ ބަންޑުން ކޮށްލިހެންނެވެ.

”އާދެ. މިތަނަކުން އެއްވެސް މީހަކު ނުކުރާ ކުށަކަށް އަދަބެއް ނުދޭނެ. ހައްޔަރެއް ނުކުރާނެ. ތިއީ ބޮޑު އޮޅުމެއް. އެމީހަކު ހައްޔަރު ކުރާނީ ހެކިތައް ލިބިގެން. އެއްވެސް ޝައްކެއް ވަހުމެއް ނެތި ކުރެވޭ ކުންހީތައް ޔަގީނަށް ބަދަލުވެގެން ދަނީ ހެކިތައް ލިބުމުން. ހެކިތައް ފެނުމުން. އެހެންވީމައި އެއްވެސް މީހެއް ހައްޔަރެއް ނުކުރާނެ އެމީހަކު ކުށެއް ނުކުރަނީ ހެންނެއް. އަޅުގަނޑުމެން އިސްކަންދެނީ މުޖުތަމައުއިން ކުށް މަދުކޮށް ކުށް ކުރާ މީހުންނަށް އެކަމުގެ ހައްގު އަދަބު ދިނުމަށް. އަޅުގަނޑުމެން މާތްﷲ ގަންދީ ބޮޑު ހުވާ ކޮށްފައި ކުރި ބޮޑު ހުވައަކީ އަޅުގަނޑުމެން އެހުވައެއް އުވާލާނެ ހުވައެއް ނޫން. އެއީ ހިތުގެ އެންމެ އަޑިން ގަބޫލުކުރި ވައުދުވި ހުވައެއް. އެކަމަކު ވަރަށް ބޮޑަށް މަޢާފަށް އެދެން އާއިލާއަށް މިކަން ނާންގާ އޮތީމަ. އެހެން އެވީވެސް އާއިލާ ފަރާތްތަކުގެ ނަންބަރުތައް ނޭނގޭތީ. އުންމީދުކުރަން އިނގިއްޖެ ކަމަށް.” ޗީފް މަޑުމައިތިރި ކަމާއިއެކު މައުނާއަށް އެއްޗެއް ވިސްނޭތޯ ވާހަކަ ދެއްކިއެވެ. ނަމަވެސް ޗީފް ބުނަމުން ދިޔަ ކޮންމެ ބަހަކަށް މައުނާގެ ނިތަށް ދިޔައީ ރޫތައް ގިނަވަމުންނެވެ.

”އެހެންތަ. އެކަމަކު ތީ ތިހެން ވާނެ ކަމެއް ނޫން. ތި މީހުން ތީ މީހުންނަށް އޮޅުވާލާ މަކަރުވެރި އެއްވެސް ކުށެއް ނެތް މީހުންނަށް ލިބެން ނުޖެހޭ އަދަބު ދޭ ބައެއް. މި ބުނީނު އަހަރެންގެ ބައްޕަ އެއްވެސް ކުށެއް ނުކުރޭ. އަހަރެންގެ ބައްޕަ ކަލޭމެން ޖަލަށް ލާފައި ތިހުރީ އެއްވެސް އިންސާފެއް ނެތި. އަހަރެންގެ ބައްޕަ ދޫކޮށްލާ. މިބުނީނު ދޫކޮށްލާށޭ. އެއީ ތެދުވެރި މާތް މީހެއް. އަހަރެން ކަލޭމެންނަށް ވުރެ ބޮޑަށް އަހަރެންގެ ބައްޕައަށް އިތުބާރު ކުރަން.” ފަހަރަކަށްވުރެ ފަހަރެއް ދިޔައީ މައުނާގެ އަޑު ބާރުވަމުންނެވެ. ޗީފްގެ ކުރިމައްޗަށް އަރައި އިނގިލި ދިއްކުރަން ފެށުމުން އެތަނުގައި ތިބި ދެ ސެކިއުރެޓީ ގާޑެއް އައިސް އެތަނުން މައުނާ ބޭރު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ”މިހަފްތާގެ ބުރާސްފަތި ދުވަހު ޝަރީޢަތް ފެށިގެން ދާނެ. ގަޑި އަންގާލާނަން. މިނަންބަރަށް މެސެޖެއް ކޮށްލައި.” ޗީފް މައުނާގެ ދަބަހަށް ކާޑެއް ލައިދިނެވެ. ގަދަހަދަމުން ދިޔަ މައުނާއަށް އެދެމީހުންގެ ކައިރިން ސަލާމަތްވުން އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. ބާރުގަދަ ހަތަރު އަތުން ކިތަންމެ ވަރުގަދަކަމަށް ދެކިގެން އުޅުނު މައުނާވީ ބަލިކަށި މީހަކަށެވެ. ލުއި ފަތެއް ހެން އެދެމީހުން މައުނާ ގެންގޮސް އެތަނުން ބޭރު ކުރިއެވެ.

ރުޅިއައިސް ރަތްވެފައި ހުރެ މައުނާ އޭނާގެ ގެޔަށް ދިޔުމަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. އޭރުވަނީ އޭނާގެ ދެލޮލުގައި އަޅާފައި ހުރި އަނދުން ފެވިފައިއެވެ. ބަލާބެލުމަށް މޮޔައެއް ވައްތަރުވެސް ޖަހަމުން ދިޔައެވެ. ނަމަވެސް އެކަމަކަށް މައުނާ ސަމާލުކަމެއް ނުދީ ކުރިއަށް ހިނގައިގަތީއެވެ.

***

އަރީން ޔުނާންއަށް ނުގުޅާތާ ހަފްތާއެއް ވާން ކައިރިވި އިރުވެސް ޔުނާންއަކަށް އަރީންގެ އެއްވެސް ހަބަރެއް ނުވެއެވެ. ކިތަންމެ ފަހަރަކު އަރީންއަށް ގުޅަން ޔުނާންގެ ހިތަށް އެރިއެއް ކަމަކު ފަސްޖެހެވެނީއެވެ. ޔުނާންގެ ހިތް ބިރުގަންނަނީއެވެ. އައިލީޝްގެ ފަރާތުން ލުބުނު ފަދަ ޖަވާބެއް ލިބިދާނެތީއެވެ. އެފަދަ ޖަވާބެއް ދެވަނަ ފަހަރަށް އަޑުއަހާނެ ހިތްވަރެއް ޔުނާންގެ ނެތެެވެ. މިވީ ހަތަރު ވަރަކަށް ދުވަސް ތެރޭގައި ޔުނާންއަށް ހީވީ އޭނާގެ ހަށިގަނޑު އެއްބައި މަދުވެފައިވާ ހެންނެވެ. ހިތުގައި ބައެއް މަދުވެފައިވާ ހެންނެވެ. ހިތުން ނަގަމުން ދާ ތޫނު ދިލައަށް ޔުނާން ކެތްކުރަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑު ދިޔައީ ބަލިކަށިވަމުންނެވެ. ހިތުގެ ނާރުތައް ބުރިބުރިވެފައިވާ ފަދަ އިހްސާސެއް ޔުނާންއަށް ކުރެވެމުން ދިޔައިރު އެދެލޮލުން ކަރުނަ ނުހިކޭ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ.

ރެޔާއި ދުވާ ނިމިގެން ދަނީ ޔުނާން އަރީންގެ މަތިން ހަނދާންކޮށްކޮށް އޮއްވައެވެ. އެދެލޮލުން އެކަމަށް ޓަކައި ކަރުނަ ބާލަން އޮއްވައެވެ. އެ ހިތުގައި އެތައް އުދާސްތަކެއް އުފައްދަމުންނެވެ. އަރީން ދުށުމަށް އެދެލޯ އިންތިޒާރުގެ ވަގުތު ގުނަމުން ދިޔައީ ފެންނާނެ ކަމަށް އުންމީދު ކޮށްގެންނެވެ. ބެލްކަނީގައި އެތައް ގަޑިއިރެއް ވަންދެން ދޭހާ އަތްވެއްގައި ޖެހޭހާ ފިންޏެއްގައި ޔުނާން ހުރެއެވެ. އަރީންގެ އަޑު އަހައިލުމަށް އެ ކަންފަތް އިންތިޒާރު ކުރަމުން ދިޔައީ ހިތްވަރާއިއެކުއެވެ. ނަމަވެސް މަރުވެފައިވާ ހިތަކާއިއެކުއެވެ.

***

ބުރާސްފަތި ދުވަހުގެ މެންދުރު އެކެއް ޖެހި ވަގުތަކީ ކޯޓަށް ރިޕޯޓަރުންނާއިއެކު ފުލުހުން އަދި އަޑު އަހަން އަންނަ މީހުންނައިގެން ފުރި ބާރުވެގެން ދިޔަ ވަގުތެކެވެ. ނައިޝަމް އޭނާގެ ރަތް ކުލައިގެ ރިބަނެއް ދަމާފައި ހުރި ކަކުލާ ހަމައަށް އަންނަ ކޯޓުލައިގެން އޭނާ އިށީންނަން ހަމަޖެހިފައި އިން މޭޒު ކައިރީ އިށީންދެލައިން އިނީ އެތަނަށް މީހުން ހަމަވަންދެންނެވެ. ޝިޔާމްގެ އެދުމާއިއެކު އޭނާވެސް އެތަނުގައި ނައިޝަމްގެ ކައިރީ އިށީންދެލައިގެން އިނެ ގަނޑުތަކަށް ނަޒަރު ހިންގަމުން ދިޔައެވެ. އެގޮތުގައި ފަނަރަ ވަރަކަށް މިނެޓް ހޭދަ ވެގެން ދިޔައީ އެތަނަށް މީހުން ހަމަ ކުރުވާފައިއެވެ.

އައިލީޝްވެސް ފުލުހުންގެ ކައިރީގައި އިށީންދެލައިގެން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މައުނާވެސް އެތަނަށް އައިސް އިނީ ކަންތައް ހިނގާ ނުހިނގާއެއް ބަލާށެވެ. އިރުކޮޅަކުން ވަކީލަކާއިއެކު އެތަނަށް ވަދެގެން އައި މާޖިދަށް މައުނާގެ ކަޅި ދަތުރުކުރިއެވެ. އަދި އެތަނުން ތެދުވެވި މާޖިދު ގޮސް ގޮޑީގައި އިށީންނަންދެން މައުނާއަށް ބަލަން ހުރެވުނެވެ. ނައިޝަމްއަށް ވެސް ބަލަން ހުރެވުނީ މާޖިދާ ދިމާލަށެވެ.

އޭގެ ދެވަނަ ސިކުންތުގައި ނައިޝަމްގެ ލޮލުގައި އަޅައިގަތީ އެތަނުގައި ކޮޅަށް ހުރި މައުނާއެވެ. ވަގުތުން ބިންފަޅާފައި އަޑިއަށް ދާންވީއޭ ވެސް ނައިޝަމްގެ ހިތަށް އެރިއެވެ. ނޫނީ ވަރަ ޖަހާފައި މައްޗަށް އުދުހިގެން ދާންވީއޭ ވެސް ހިތަށް އަރަމުން ދިޔައެވެ.

މާޖިދަށް ބަލަން ހުރެފައި އިށީންނަން އުޅުނު މައުނާގެ ލޮލުގައި ވެސް ނައިޝަމް އަޅައިގަތެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ދެލޯ ބޮޑުކޮށްގެން ނައިޝަމްއަށް ބަލަން ހުރެވުނީ ގަބޫލު ނުކުރެވިފައިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު މައުނާއަށް އެތަނުން ނުކުމެގެން ގޮސް ނައިޝަމްގެ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނޭނގޭ! (9)

Next

ވަކިވީލޯބިން ރީތިގޮތުގައި

Next
June 3, 2020

ވަކިވީލޯބިން ރީތިގޮތުގައި

Previews
June 3, 2020

ނޭނގޭ! (9)

14 Comments!

  1. ?Aashko?? says:
    June 4, 2020 at 12:23 am

    Alhuga first tha?
    Maasha Allah V reethi mi part ves. Sis ur the best when is next . Curiously waiting for the next part. Lysm❤

    1. ?Nafu✨ says:
      June 4, 2020 at 9:11 pm

      ??yayy.. aashko mifaharu first.. congratulations aashko??? vr ufaavehjje mibai vs aashko ah kamudhiyae ma.. thank u sooo much aashko. next part maadhan rey nafu upkohla dheynan.. keep waiting.. lym

  2. Ram says:
    June 4, 2020 at 12:34 am

    Maasha Allah Mibai ves V reethi

    1. ?Nafu✨ says:
      June 4, 2020 at 9:12 pm

      thank u soo much ram.. vr ufaavehjje mibai vs ram ah kamudhiyae ma

  3. sama says:
    June 4, 2020 at 12:37 am

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi
    reethi reethi reethi reethi reethi
    v furiham
    im speachless
    when next
    next part ves thankolheh avahah up kolladhechey

    1. ?Nafu✨ says:
      June 8, 2020 at 12:29 pm

      thank u soo much sama. it means a lot. vr ufaavehjje sama ah mibai kamudhiyae ma. adhi comment kohlyma

  4. Livy says:
    June 4, 2020 at 6:21 am

    Varah Varah Varah reethi ❣️??❣️?✨?
    Maa sha Allah ???????????
    Curiously waiting waiting waiting for the next part ??? ly ???

    1. ?Nafu✨ says:
      June 4, 2020 at 9:14 pm

      vr ufaavehjje livy ah mibai vs kamudhiyae ma. thank u sooo much livy. unmeedhu kuran livy ge support nafu ah libeyne kamah.. keep waiting.. lym

  5. Kairaa says:
    June 4, 2020 at 8:25 am

    Wowwwwwwww…varah varah reethi mi bai vx….. Curiously Waiting for the next part…. Lysm sis

    1. ?Nafu✨ says:
      June 4, 2020 at 9:18 pm

      vr ufaavehjje mibai vs kairaa ah kamudhiyae ma. thank u sooo much kairaa.. keep waiting.. lym

  6. Nww-she says:
    June 4, 2020 at 9:09 am

    Masha Allah
    Mi part varah varah varah varah reethi
    Curiously waiting for the next part
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Stay safe sissssss

    1. ?Nafu✨ says:
      June 4, 2020 at 9:20 pm

      vr ufaavehjje nww-she ah mibai vs kamudhiyae ma. thank u soo much nww-she.. keep waiting.. stay safe..

  7. Izabell says:
    June 4, 2020 at 12:50 pm

    Mi part vx varah reethi, Ma Sha Allah ?????????????? varah curious vejje. Next part avahah up kollahchey

    1. ?Nafu✨ says:
      June 4, 2020 at 9:22 pm

      vr ufaavehjje izabell ah mibai kamudhiyae ma. thank u soo much isabell.. unmeedhu kuran izabell ge support nafu ah thigothah libeyne kamah.. nafu ah next part up kohla dheveyni maadhan rey.. keep waiting

Comments are closed.

Next Episodeލޯ ފޮހެލާދޭށެ މަގޭ 24←


All Right Reserved!