އަށެއް ޖަހަން ސާޅީސް ފަސް މިނެޓަށް ވުމާއިއެކު ރީޝް ޝިޒާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެލީ ސުކޫލަށް ގެންދިޔުމަށް ތައްޔާރު ކުރާށެވެ. *** އޮފީހުގެ އެކި މަސައްކަތުގައި މަސްއޫލުވެގެން އިން ޖައިޝްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިއްޔެ ޒާން ދެއްކި ވާހަކަތަކެވެ. ކޮންމެސް ވަރަކަށް ޒާން ދެއްކި ވާހަކަޔަށް އެއްބަސް ވެވެމުން ދިޔަ ނަމަވެސް މުޅިއަކުން އޭނާއަކަށް އެވާހަކަތަކެއް ގަބޫލެއް ނުކުރެވެއެވެ. އޭނާ ދެކޭ ގޮތުގައި އަންހެނުންނަކީ ދަރިން ބަލަން ގޭގައި ތިބެން ޖެހޭ ބައެކެވެ. ގޭތެރެގެ […]
ޒާންވެސް ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރިން ނުކުމެފައި ހުއްޓެވެ. އަދި ޖައިޝް ކޮޓަރިއަށް ވަދުމުން އެނާވެސް ގޮސް އެކޮޓަރިއަށް ވަދެލިއެވެ. ”ދަރިފުޅާ ތީ މީހުން އުޅޭ ގޮތްތަ؟ ދަރިއަކު ބެލުމަކީ ހަމައެކަނި އަނބިމީހާ ކުރަން ޖެހޭ ކަމެއް ނޫނޭ. މަންމަ އާއި ބައްޕައާ ދެމީހުން ވެގެން ރަނގަޅަށް ދަރިއަކު ތަރުބިއްޔަތު ކުރެވެނީ. ބައްޕަމެންނަށްވެސް އިނގޭ ދަރިފުޅު އޮފީހުގަ ބިޒީކަން. އެކަމަކު އޮފީހުގަ ވެސް ހުސް ވަގުތު ލިބޭނެ ދޯ. އެ ހުސްވަގުތުގަ ގެޔަށް އައިސް ޝިޒާއާ އެކު […]
ޖައިޝްގެ ވާހަކަތަކުން ރީޝްގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. އެގޮތުގައި ހުރެ ރީޝް ގޮސް އެނދުގައި އޮށޯވެލައި ޝިޒާގެ ބޮލުގައި ފިރުމާލިއެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައި ދެލޯ މަރާލިއެވެ. *** ”ދަރިފުޅާ އިނގޭތަ؟ ރޭގަ ހަބަރުން ކީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ކޮރޯނާ ފެތުރެމުން ދާ ވާހަކަ. ވަރަށް ނުރައްކާތެރި ވައިރަހެކޯ އެއީ. މީހާގެ ފުއްޕާ މޭ ރީއްޗަށް ހަލާކު ކޮށްލާ ވައިހެއްކޯ އެއީ. އެ ބަލި ޖެހުނީމަ ހުން އައިސް ކާ […]
ފަތިހުގެ ފިނި ވަގުތުގައި ފެންވަރައިލައިގެން ނުކުތް ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާ ކަމެވެ. އެ ހަރުދަނާ ހަށިގަނޑުގައި ފެން ތިކިތައް ތަތްވެލާފައި ހުރުމުގެ ސަބަބުން ނުހަނު ފިރިހެންވަންތަ ކަމަށް ދައްކައެވެ. ކުރުކޮށް ކޮށާލާފައިވާ ތުބުޅިންނާއި މަތިމަހުގައި ވެސް ފެންތައް ތަތްވެލާފައިވި އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ބޮލުގައި ހުރި ފެންތިކިތައް ފުހެލުމަށެވެ. ފެން ހިއްކާލުމަށްފަހު އެނދުމަތީގައި އިސްތިރިކޮށްފައި އޮތް ކަޅު ފަޓުލޫނު އޭނާ ލިއެވެ. އަދި އެޔަށްފަހު ގަދައަޅި ކުލައިގެ ގަމީސް ގަޔަށް ހެޔޮވަރު […]
ފޯނުގެ އަނެއްފަރާތުން އިވުނު އަންހެން އަޑުގެ ސަބަބުން ނަތާޝާގެ ސުވާލުތަކަށް އިތުރު ސުވާލެއް އިތުރު ވެގެން ދިޔައެވެ. ފޯނު އެނެގީ ކާކު ހެއްޔެވެ؟ ޔުނާން މީހަކާ ކައިވެނި ކުރީ ހެއްޔެވެ؟ އެއީ ޔުނާންގެ ކާކު ހެއްޔެވެ؟ ނަތަޝާއަށް ލިބުނު ސިހުމުގައި ފޯނު ކަނޑާލެވުނެވެ. ދެލޮލުން ކަރުނަ އެތި ފައިބަން ފެށީ އޭނާގެ ހިތަށް ލޮޅުމެއް ގެނެސްދީފައިއެވެ. އެއަޑު އިވިފައި ނަތާޝާގެ ހިތުގައި ހީވީ މީހަކު ވިކައިލި ހެންނެވެ. އޭނާގެ ހަގު ދަރިފުޅު ކައިވެނި ކުރާތަން ދެކެން އޭނާ […]
”މޭމް.” ސާޔާ އާއި ރައުހާ އެ ދިމާލަށް ދުއްވައި ގަތް އިރު ފަހަތުން ހައްސާން އާއި ހަލަފްވެސް ދުވެފައި އެދިމާލަށް މިސްރާބު ޖެހިއެވެ. ~ ތިރީސް މިނެޓް ކުރި ~ ”ޔެސް. ޔެސް. ވީ ޑިޑް އިޓް. ވޯހޯ.” ޝިޔާމް އެތަނުގައި ތިބި އެންމެންގެ އަތުގައި އަތްޖަހަމުން ދިޔައީ އެކަން ކާމިޔާބު ވުމުންނެވެ. އާކިފްއަށް އިންސާފު ހޯދައި ދެވި ކުށްވެރިން ޖަލަށް ލެވުމުން އެންމެންގެ މޫނަށްވެސް ވަނީ އުޖާލާކަން ގެނުވާފައިއެވެ. އެންމެފަހުން ޝިޔާމް ނައިޝަމްގެ ކުރިމައްޗަށް އަރައި […]
އެމީހާ އައިސް އަހަރެންގެ އަތުގައި ހިފާ ދަމާފައި ގޮސް ހަމަލާ ދީ ވައްޓާލާފައި އޮތް މީޙާގެ ކުރިމަތީގައި ބޭންދިއެވެ. އަދި އަހަރެންގެ ކުރިމަތީގައި ވަޅިން ދެވަނަ ހަމަލާ އޭނާގެ މެޔަށް އަރުވާލިއެވެ. މަންޒަރު ބަލަން ނުކެރިގެން އަހަރެން އިސްދަށަށް ޖަހައިލިނަމަވެސް ދެން ހުރި މީހާގެ އަތުގައި އޮތް ދަގަނޑު ހޮޅި ބުރިން އަހަރެންގެ ދަތްދޮޅީގައި އަޅުވާލައި ނަގައިލިއެވެ. އެހިސާބުން އަހަރެންނަށް އެމީހުން ކުރި އަދި ދެއްކި ކޮންމެ މަންޒަރެއް ބަލަން މަޖުބޫރުވިއެވެ. ތިންވަނަ ފަހަރަށް ވެސް ވަޅި […]
ޒައިކްގެ އަތް ގޮށްމުއްކެވިގެން ދިޔައެވެ. އަނެއްކާވެސް އޭނާއަށް އެއިވުނީ އޭނާ ރުޅިއަންނަ އެންމެ ނަފްރަތު ކުރާ އޭނާގެ ކޮއްކޮގެ ވާހަކައެވެ. އެންމެ މީހަކަށްވެސް ޔުނާންގެ ވާހަކަ ނުދައްކައި ނޫޅެވެނީބާއޭ ޒައިކްގެ ހިތަށް އަރަމުން ދިޔައެވެ. ”ޔޫހާ އަހަރެން ގާތު އޭނާގެ ވާހަކަ ނުދައްކަބަލަ. ގެޔަށް ވަދެއްޖާވެސް ޔުނާން. ޔުނާން. ޔުނާން. ބޯ ފަޅައިގެންދާ ވަރު ވެއްޖެ މިހާރު ތި ކަމަކާ ހުރެ. އާދޭސްކޮށްފަ މިބުނީ އެ ޔުނާންއެއްގެ ވާހަަކަ އަހަރެން ގާތު ނުދައްކާ.” ޔޫހާއާ ދިމާލަށް އެނބުރިލައި […]
”އައިލީޝް.” އައިލީޝް ކުއްލިއަކަށް ސިއްސައިގެން ގޮސް ފަހަތަށް އެނބުރިލީ އޭނާއަށް މީހަކު ގޮވައިލުމުންނެވެ. ފަހަތަށް އެނބުރިލި އައިލީޝްގެ ދެލޯ ވަނީ ބޮޑު ވެފައިއެވެ. އަނގަވަނީ ތަންމިނަށް ހުޅުވިފައިއެވެ. ބަލާކަށް ނުހުރެ ދުވެފައި ގޮސް އެމީހާ ގައިގައި ނުހަނު ބާރަށް ބައްދައިލިއެވެ. އެދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއިރު ތުންފަތުގައި ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. އައިލީޝްއާ އެމީހެއް ގާތްކަމުން ނައިޝަމް ހުރީ ވާނުވާގައިއެވެ. އެއީ އޭނާއަށް ދުވަހަކު ލޮލުން ފެނުނު މީހެއްވެސް ނޫނެވެ. އެހެންކަމުން އެދެމީހުން ކައިރިއަށް ހިނގާލާފައި ގޮސް […]