މަންމާ. ތިއައީ ދޯ. އާދޭ އިށީންނަން.” މައުނާ ޒާހިދާއަށް އިޝާރާތް ކޮށް ސޯފާގައި އިށީންނަން ބުނެލިއެވެ. ”މަންމަގެ ދަރިފުޅު ހާދަ ބޮޑުވެއްޖޭ.” ޒާހިދާ ލޯބިން ފުރިފައިވާ ގޮތަކަށް މަައުނާގެ ގައިގައި ބައްދާލިއިރު އޭނާގެ ދެލޯ ކަރުނުން ބަންޑުންވަނީއެވެ. ”މަންމާ. ބައްޕަ ބުނި އަޅުގަނޑުގެ ދައްތައެއް ހުންނަ ވާހަަކަ. ކޮބާ އޭނަ؟” މައުނާ ޒާހިދާގެ ފަހަތް ދެފަރާތުން ބަލައިލަމުން އެހެން އަހައިލީ ޝައުގުވެރިވެފައި އިނެއެވެ. މައުނާ އޭނާގެ މަންމައާ އެތައް ދުވަހެއް ފަހުން ދިމާވުމުން އޭނާގެ ހިތަށް ވަނީ […]
އެނދުގެ ބެޑްޝީޓް ނަގައި އެއްލާލާފައިވާ އިރު އެނދުމަތީގައި އެންމެ ބާލީހެއްވެސް ނެތެވެ. އަލާމާރީގައި ހުރި ހުރިހާ ހެދުން ތަކެއް އުކާލާފައިވާއިރު ދެން ފެނުނު މަންޒަރުން އައިލީޝްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. އައިލީޝް ބަލާކަށް ނުހުރެ ފޯނު ނަގައި އަވަހަށް ނައިޝަމްއަށް ގުޅާލިއެވެ. އޭރު އައިލީޝްގެ ލޮލުން ދިޔައީ ކަރުނަތައް އިހްތިޔާރެއްނެތި ފައިބަމުންނެވެ. ކުށްވެރިއެއް ކަމުގެ އިހްސާސް ކުރެވެމުން ދިޔަ އައިލީޝްގެ ހިތުގައި ދިޔައީ އެތައް ވޭނެއް އަޅަމުންނެވެ. އެނދުމަތީގައި އިށީންދެލައިގެން އިން އައިލީޝްއަށް ކޮޅަށް ތެދުވެވުނީ އެތަނަށް ނައިޝަމް […]
”ދެން މިކަންވެސް ހަމައަކަށް އެޅެނީ މި. ހިނގަދާން ޕެކް ކުރަން.” މާޖިދު އެހެން ބުނެލާފައި ޒާހިދާގެ އަތުގައި ހިފައިގެން ގޮސް ކާރަށް އަރައިލިއެވެ. އަދި ބާރުމިނެއްގައި ދުއްވާލީ ތަނަކަށް ދާން ލަސްވެގެން އުޅޭ ފަދައަކުންނެެވެ. *** ބޮޑު ހުދުކުލައިގެ ކޮޓަރީގެ އެއްކަނުގައި ދެފައި ކުރުކޮށްލައިގެން އިން ޔުނާންގެ ލޮލުން ދިޔައީ ކަރުނަތައް ރޮނގަކަށް ފައިބަމުންނެވެ. ތުންފަތް ހިކިވެފައިވާއިރު ނޭފަތުން ދިޔައީ ދަވަތައް ފައިބަމުންނެވެ. އެއްއަތުގައި ފޯނު އޮޮތް އިރު ބަލަމުން ދިޔައީ ފޯނުގައި އިން ފޮޓޯއަކަށެވެ. އައިލީޝްގެ […]
ވީޑިއޯ ކިތަންމެ އަނދިރިޔަސް މީހުންގެ މޫނު ފެންނަ ވަރަށް މަންޒަރު ސާފުވާން ހުއްޓެވެ. ”މަޑުކޮށްބަލަ. ޒޫމް ކޮށްލަބަ.” އައިލީޝްއަށް ނުހަނު ބާރަށް އެހެން ބުނެވުނު އިރު އޭނާގެ ދެލޯ ވަނީ ބޮޑުކޮށްލެވިފައިއެވެ. މޫނުމަތީގައި އުދާސްތައް ހިލެމުން ދިޔައީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އައިލީޝް އެމީހާގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ނަމަވެސް އެއީ ކާކުކަމެއް އޭނާއަކަށް ދެނެއެއް ނުގަނެވުނެވެ. މޫނުމަތީގައި އަޅައިފައިހުރި މާސްކުން ހަމައެކަނި ފެންނަން ހުރީ އެމީހާގެ ދެލޮލެވެ. ހޫޑީއެއް ލައި ބޯ ވަނީ ފޮރުވާފައިއެވެ. […]
”އަސްލު ހަގީގަތުގަ ކޮންމެ ގޮތެއް ހަދާފައިވެސް ޔޫހާމެން މަސައްކަތް ކުރަން ޖެހޭނެ އެގޯތިން ބައެއް ހޯދަން. އައިލީޝްއަށް އެކަނި އެޔޮށް ބޮޑުގޭ ކިހިނެއްތަ ލިބޭނީ؟ ގޭ އެކަންޏެއް ނޫން. މުދަލާ ފައިސާވެސް. ޔޫހާއަށް ވެސް ބައެއް ލިބެން ޖެހޭނެ ދޯ؟” ޓެރަސް މަތީގައި ހުރި އަށްޓެއް ކަހަލަ ތަނެއްގައި ޒައިކްއާއި ޔޫހާ ދެފައި ވައްކޮށްލައިގެން އިނީ ކޭކް ކާށެވެ. ދެމީހުންގެ މޫނުމަތިންވެސް މަކަރުވެރިކަން ފެންނަމުން ދިޔައީ އެހައިވެސް ބޮޑަށެވެ. ”ތިބުނީ ރަނގަޅަށް. އެކަމު ހީވޭތަ އެ އައިލީޝްގެ […]
~ 10 އަހަރު ފަސް ~ ކަޅު ކުލައިގެ ފަޓްލޫނަކާއިއެކު ހުދު ކުލައިގެ ގަމީހެއްލައި ކަޅު ކުލައިގެ ޓައީއެއް އަޅާފައިވުމުން ނައިޝަމްގެ ފިރިހެންވަންތަކަން އިންތިހާއަށް ހާމަވާން ހުއްޓެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލައި މަތިމަހާއި ތުނބުޅި ރީތި ވަރަކަށް ކޮށާފައި ވުމުން ނައިޝަމްގެ ސްމާޓްކަން އިތުރުވެފައިވެއެވެ. އަތަށް ފައިލް އެތިވަރަކާއި ކަރުދާސް ބޮޑިއެއް ލައިގެން ދިޔައިރު މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ނަމަވެސް ތުންފަތުގައި ލުއި ހިނިތުންވުމެއް އެކުލެވިފައިއެވެ. މަޑު ހިނގުމެއްގައި އެއްޗެހިތައް ހިފައިގެން ނައިޝަމް […]
ދެމީހުން އެކުގައި ގޭތެރެއަށް ވަދެގެން ދިޔައިރު ސޯފާގައި އިށީންގެން ތިބި އެންމެންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ޔޫހާއަށާއި ޔުނާންއަށެެވެ. ނަމަވެސް އެއިން އެކަކުވެސް އެކަމަށް އަޅާނުލައި ގޮސް ސޯފާގައި އިށީންދެލައި ދެމީހުން ދެމީހުންގެ ނަޒަރު ބައްދަލުކޮށްލައި އެއްމިއްޔަކަނުން މަކަރުވެރި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ”ދެން މިދެކުދިންނެއްނު ގުޅުވަންވީ.” ޝާހިދު ބުނެލިއެވެ. އެއާއިއެކު ޔުނާންއާއި ޔޫހާގެ މޫނު މައްޗަށް ރުޅިވެރިކަން ވެރިކުރުވީ އެއްފަހަރާއެވެ. ޒާހިދާއާއި ނަތާޝާ ހިނިގަނޑެއް ޖަހައިލިއެވެ. ޝާހިދުވެސް އެމީހުންނާ އެއްބައިވެލިއެވެ. މަޑުމައިތިރި ކަމާއިއެކު ސޯފާގައި އިށީންދެލައިގެން […]
”މިވީ މާ ރަނގަޅަކަށްނު.” ޔޫހާއަށް ހިނިގަނޑެއް ޖަހައިލެވުނެވެ. ޔުނާންވެސް އޭނާއާ އެއްބައިވެލައި ހިނިގަނޑެއް ޖަހައިލީ މޮޅު ރޭވުމެއް ރާވަން ދެމީހުން އެކުވެރިވާން އުޅޭ ފަދައަކުންނެވެ. ދެމީހުން އެކުގައި ގޭތެރެއަށް ވަދެގެން ދިޔައިރު ސޯފާގައި އިށީންދެގެން އިން އެންމެންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ޔޫހާއަށާއި ޔުނާންއަށެވެ. ނަމަވެސް އެއިން އެކަކު ވެސް އެކަމަށް އަޅާނުލައި ގޮސް ސޯފާގައި އިށީންދެލައި
އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ އޮތް އަންހެން ކުއްޖާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ފޯނުން ފޮޓޯގަނޑަކަށް ބަލަމުން ދިޔައިރު މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލަތަކެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ވީ އިރު މޫނުމައްޗަށް ވަނީ ޖަންބު ކުލަ އަރާފައިއެވެ. ފަންދިގު އިސްތަށިގަނޑު އެނދުމަތީގައި ފަތުރާލައިގެން އޮތް އިރު އެއް އަތުން ދިޔައީ އިސްތަށިތަކާ ކުޅެމުންނެވެ. އެނެއް އަތުން ފޮޓޯގަނޑުގައި ފިރުމާލުމަށްފަހު ފޯނު ނިއްވާލިއެވެ. އަދި ދެލޯ މަރައި އަނެއްކާވެސް ތުންފަތަށް ފުޅާ […]