ކުޑަ ކޮޓަރިއެކެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. ސަތާރަވަރަކަށް މީހުން ތޮށްޖެހިގެން އުޅޭތަން ފެނެއެވެ. އެކުޑަ ކޮޓަރި ފެނިފައި އަހަރެންނަށް ހުރެވުނީ ހިންދިރުވާލަންވެސް ނުކެރިފައެވެ. އެއްވެސް ސާފުތާހިރުކަމެއް ތަނުން ފެންނަން ނެތް އިރު ނޭފަތަށް އަރަމުން ދިޔަ ވަހުން ނޯއް ދަމައިލަންވެސް ނުކެރެއެވެ. ހިތްވަރުކޮށްފައި ކޮޓަރިއަށް ވަދެލީ ބޮޑު މީހާގެ ހުއްދައާ އެކީއެވެ. އާއެކެވެ. އެއީ އަހަރެން ދެން އުޅެން ޖެހިފައި ހުރި ކޮޓަރިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވަގުތު ވޭތުކުރަން ދެން ޖެހޭނީ މިކުޑަ ކުޑަ […]
ތެޅެމުން ދިޔަ ހިތަށް ކުޑަވެސް ތަސައްލީއެއް ނުލިބެއެވެ. މުޅިގައި އުދާހުން ފެންވަރައިލާފިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ޖައިޝްއަށް އެ މެސެޖް ހުޅުވާލެވުނެވެ. އަދި ދެލޯ މަރައި ވަރަށް ވެސް ފުން ތިން ނޭވާ ލިއެވެ. ޖައިޝް އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. އަދި ތެޅެމުން ދިޔަ ހިތަކާއެކު ފޯނުގެ ސްކުރީނަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް ކޮށްފައި އިން މެސެޖް ކިޔާލިއެވެ. އެ މެސެޖް ކިޔާލާފައި ޖައިޝްގެ ހިތަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ވަގުތުން […]
ކުޑައިރުކޮޅެއްގެ ތެރޭގައި ޖައިޝްގެ ލޮލުގައި ކަރުނަތައް ވިދަން ފެށިއެވެ. އަތް ތުރުތުރު ލައިގެން އޭނާގެ އަތުން ފޯނުވެސް ވެއްޓިގަތެވެ. ”ޝިޔާން ދެން ތީ ކޮން ސަކަރާތެއް.” ހަމަހޭވެރިކަން ވުމުން އަވަސް އަވަހަށް ވެއްޓިފައި އޮތް ފޯނު ނަގައި އަނެއްކާވެސް ކަންފަތުގައި ޖަހައިލިއެވެ. އޭރު ޖައިޝްގެ އަޑުގައި ތުރުތުރު އަޅަމުން ދިޔައެވެ. ނިތްކުރިމަތިން އޮށްދާތަށް ހިއްލަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ”ޖައިޝް. އަހަރެން ސަކަރާތެއް ނުޖަހަން. އެދުވަހު އަހަރެން ދިޔައީމެއްނު ރައްޓެހިން ފެނިގެން. އެދެމީހުން ޕޮޒިޓިވް […]
ކުދިކުދި ރާޅު ތަކާ ސަމާސާ ކުރަމުން ދިޔަ ޖައިޝްގެ ތުންފަތުގައި ވަނީ ނުހަނު ރީތި ހިނިތުންވުމެކެވެ. މޫނުމަތި ވަނީ އުޖާލާވެފައިއެވެ. ޝިޔާން ވެސް ޢޭނާގެ ރައްޓެހިންނާ ވާހަކަ ދައްކާލުމަށް ފަހު މަޑު ހުދުކުލައިގެ ވެލިގަނޑަށް ފައި ވައްދަމުން ޖައިޝްއާ ދިމާލަށް ދިޔައީ ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކާ ސަމާސާ ކުރަމުންނެވެ. އެތައް ދުވަހަކަށް ފަހު ބޭރަށް ނުކުމެލައި މާހައުލުގެ ހިތްގައިމުކަން ހިތަށް ވެރިވުމުން އޭނާގެ ހިތަށް ވަނީ ހަމަޖެހުމެއް ގެނެސް ދީފައިއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް […]
ޖައިޝްގެ ތަނަވަސް މޭ މަތީގައި ރީޝް ޖެހިގެން ދިޔައިރު ރީޝްއަށް ހީވީ އޭނާގެ ނޭވާވެސް ހުއްޓިދާނެ ހެންނެވެ. މޭ ތެޅެމުން ދިޔަލެއް ބާރުކަމުން ހީވީ މޭކަށިވެސް ފަޅާލާފައި ހަށިގަނޑު ދޫކޮށް ނުކުމެދާނެ ހެންނެވެ. ރީޝްގެ ކަނދުރާ އާ ހަމައަށް ތިރިވެލުމަށްފަހު ޖައިޝް އެނާގެ ތުންފަތް ރީޝްގެ ދިގު ދޮން ކަނދުރާގައި ޖައްސާލިއެވެ. އަދި ކަންފަތާ ކައިރިއަށް އޭނާގެ އަނގަ ގެންގޮސް ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ”ވަރަށް ލޯބިވޭ.” ރީޝްގެ ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް އޭނާގެ […]
”ރީޝް. ކޮންހާ ލެޔެއް؟ ބަލީތަ؟” ޖައިޝްގެ މޫނުމަތިން ކުރިން ނުފެންނަ ފަދަ ހާސްކަމެއް ފެންނަމުން ދިޔައެވެ. ރީޝްގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީންދެލައިގެން އިން އިރު ދިޔައީ ރީޝްގެ އަމަލުތަކަށް އެސްފިޔަ ޖަހައިވެސް ނުލައި ބަލަމުންނެވެ. އެއީ މީގެ ކުރިން ޖައިޝްގެ ފަރާތުން ފާހަގަވެފައި ނުވާ އަމަލަކަށް ވުމުން ރީޝްއަށް ވެސް ލިބިގެން ދިޔައީ ހައިރާންކަމެކެވެ. ޖައިޝްއަށް ވެގެން މިއުޅެނީ ކިހިނެއްބާއޭ ރީޝްގެ ހިތަށް އަރަމުން ދިޔައިރު އޭގެ ދެވަނަ ސިކުންތުގައި ހަނދާނަށް އައީ ޖައިޝް އޭނާ […]
ކޮޓަރިއަށް ވަދެގެން އައި ރީޝް ގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ކޮޓަރީގައި ހުރި ކަޅު ސޯފާގައި އިށީންދުމަށްފަހު ޖައިޝްގެ މޫނަށް ހުއްޓާ ނުލައި ބަލަން ފެށިއެވެ. އެއާއިއެކު މާޒީގެ އެކިއެކި ސޮފުހާތައް ރީޝްގެ ކުރިމަތީގައި އުކެން ފެށިއެވެ. ~ ހަ އަހަރު ފަސް ~ ނޫ އުޑުގެ ދަށުގައި ހުދު ކުލައިގެ ބޯ ވިލާތައް ރަސްކަން ކުރަމުން ދިޔައީ ދުނިޔެއަށް ދެމުން ދިޔަ ދިލަ އަވިން އަރަމުން އައި ހޫނު މަތަކުރެވޭތޯއެވެ. ސާފު ފިނި […]
ޖައިޝްގެ އެއަމަލާ މެދު ވިސްނަން އިން ރީޝް ކުއްލިއަކަށް ކެއްސަން ފެށުމާއިއެކު އެންމެން ވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ރީޝް އެވަރަށް ކެއްސަމުން ދިޔައިރު ޖައިޝްގެ އަމަލު ހުރި ގޮތުން އެންމެން ވެސް ހައިރާން ވެގެން ދިޔައެވެ. ”ބައްޕި ދެންދަނީ. އަހަރެން ދެން ދަނީ މި.” ޖައިޝްގެ އުނގުގައި އިން ޝިޒާ ކައިރީ ހުރި ގޮޑީގައި ބޭންދުމަށްފަހު ފެން ބޯލައިގެން ގެއިން ނުކުންނަން ދިޔައިރު ކަޅި ޖަހާވެސް ނުލައި ޝިޒާ ބަލަން އިނެވެ. ކެއްސަމުން ދިޔަ ހާލުގައި […]
”ނޫ އާންޓީ. ޝިޒްގެ ބައްޕި އަންނާނޭ މިހާރު. މަންމިއަށް ގުޅީމަ މަންމި އަންނާނި ބަލާ. ޝިޒް ބޭނުމީ ޝިޒްގެ ބައްޕި މިއަދު ބަލައި އަންނަން. ބައްޕި ބުނި ޝިޒް ބަލައި އަންނާނަމޭ ވެސް.” ޝިޒާގެ ގާތުގައި އިން މުދައްރިސް ޝިޒާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ސުކޫލްގެ ބޮޑު ދޮރާ ދިމާލަށް ބަލައިލިއެވެ. އެއިރުވެސް އެތަނުން އެކެއްގެ ވެސް ހިލަމެއް ނުވެއެވެ. ނަމަވެސް ސައިލަކެއްގެ އަޑު އިވުމާއިއެކު އަނެއްކާވެސް ދެމީހުންގެ ލޯ އެދިމާލަށް ދިޔައެވެ. ”ބައްޕީ.” ޝިޒާ ދުވެފައި ގޮސް […]