Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯ ފޮހެލާދޭށެ މަގޭ 25

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
June 10, 2020 6 Mins Read
8 Comments

މައުނާއަށް ހުރިތަނަށް ތިރިވެލެވުނެވެ. އަދި އަނެއްކާވެސް ނައިޝަމް ދެއްކި ވާހަކަތަކަށް ވިސްނަން މަސައްކަތް ކުރެވުނެވެ.

ނަމަވެސް އޭނާގެ ހިތް އޭގެ އެންމެ ބާރު މިނުގައި ދިޔައީ ދެޅެމުންނެވެ. އެހިތަށް ތަސައްލީއެއް ލިބުންވީ ދަތި ކަމަކަށެވެ. ހިތަށް ހަމަޖެހުމެއް ލިބުންވީ ނާދިރު ކަމަކަށެވެ. ނައިޝަމް އޭނާގެ ކުރިމަތިން ގެއްލެންދެން މައުނާ އުޑުފައިން އިށީންދެ ރޮމުން ދިޔައެވެ. ކުރެވުނު ކަމަކާމެދު ދެރަވެ ލަދުވެތި ވާ ފަދައިން މައުނާ އިސްޖަހައިލައިގެން ހުރެ އެތަނުން ނުކުންނަން ހިނގައިގަތެވެ. ޔޫހާވެސް މައުނާގެ ފަހަތުން އަނގައިން ބަހެއްވެސް ބުނެ ނުލާ ކުރިއަށް ހިނގައިގަތީ އޭނާވެސް ނައިޝަމް މައުނާއަށް އަމާޒު ކުރި ބަސްތަކާއި މެދު ވިސްނަމުންނެވެ.

***

”އައިލީޝްއަށް އިނގޭތަ؟ މިޒަމާނުގަ ގިނަވާނި ކިހިނެއް އުޅޭ ވަކީލުންނެއްކަން؟” ރޮމުން ދިޔަ އައިލީޝްގެ ދެލޯ ފޮހެލައިދެމުން ނައިޝަމް އައިލީޝްގެ ލޮލަށް ބަލަން ހުރެ އަހައިލިއެވެ. އެވަގުތު އައިލީޝް އޭނާގެ އެއް ބުމަ އަރުވައިލީ ބުނާށޭ ބުނާ ފަދައަކުންނެވެ.

”ދޭ ވޯކް ފޯރ ދަ މަނީ. ނޮޓް ފޯރ ޖަސްޓިސް.” ނައިޝަމް އެހެން ބުނެލުމާއިއެކު އައިލީޝް ނައިޝަމްގެ ދެލޮލަށް ބަލައިލީ އެބުނީ ކީކޭކަން ރަނގަޅަށް ދޭހަ ނުވާ ފަދައަކުންނެވެ. ”މިބުނީ ވަކީލުން މިހާރު މަސައްކަތް ކުރަނީ ރުފިޔާއަށޭ. ލައިކް ރިޝްވަތު. މީހުން ބޭނުން ވަރަކަށް ރުފިޔާ ދޭނަމޭ ބުނެގެން ހައްލާލަނި. އެހެން ވަނީ. އެހެންވެފަ އެހުރީ މާޖިދުގެ ވަކީލަށްވެސް. އައިލީޝް ނުބަލަމެއްނު ބައްޕަަގެ އެކައުންޓްގައި ހުރީ ކިހައި ވަރެއްގެ ރުފިޔާއެއްތޯވެސް. މާޖިދުގެ ވަކީލަށް ހުރިހާ ހަގީގަތެއް އެނގޭނެ. ހަގީގަތް އެނގިހުރެ ކުރާ ކަންތައް އެއީ.”

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ގައިގައި އައިސް ބީހިލާ އަރާމު ފިނި ވައިރޯޅިތަކުން ދެމީހުންގެ ހަށިގަނޑަށް ވެސް އަރާމުވެގެން ދިޔައެވެ. ނަމަވެސް އައިލީޝް އިނީ ނައިޝަމް ދައްކަމުންދިޔަ ވާހަކައިގެ ސަބަބުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބިފައިއެވެ. ”އޮހް. ނައިޝަމްއަށް އިނގެއެއްނު ޒާހިދާގެ އަތުގައިކަން ވީ ބައްޕަގެ ކާޑު. އެކަމަކު އަހަރެންގެ ހިތުގައި އެންމެ ޝަކުވާ އުފެދުނީ ގާޒީވެސް އެވަކީލު ކުރަމުން ދިޔަ މޮޅު ސުވާލުތަކަށް ބޯ ޖަހައިތީ. ގަޒީއަށް ވެސް އެކަން ނޭނގެނީތަ؟” އައިލީޝް އުޑުމަތީގައި ވިދާ ބަބުޅަމުން ދިޔަ ސާދަ ވިލޭރޭގެ ހަނދަށް ނަޒަރު ހިންގައިލިއެވެ.

”ގާޒީއަށް ވެސް ހަގީގަތް ނޭނގިދާނެ. އިނގިވެސް ދާނެ. އެކަމަކު ގަބޫލު ކުރެވޭ ކޮޅަކަށް އެކަން ނިންމާނެ. ގަބޫލުކުރެވޭ ހެކި ހުރި ކޮޅަކަަށް. އެންޑް ޑޫ ޔޫ ނޯ؟ އޯލް ދަ ޕްރޮސެކިއުޓާރސް އާރ ލޯޔާސް. ބަޓް ލޯޔާސް އާރ ނޮޓް ޕްރޮސެކިއުޓާރސް. އަހަރެންވެސް ބޭނުމިއްޔާ ލޯޔާއެއްގެ ގޮތުގައި މިކަހަލަ ކޭހެއްގައި އުޅެވިދާނެ.” ނައިޝަމްވެސް އުޑުގައި އެކަނިމާ އެކަނި ރަސްކަން ކުރަމުން ދިޔަ ހަނދަށް ބަލައިލާ ހިނިތުންވެލިއެވެ.

”އޮހް. އެކަމު ނައިޝަމް ލޯޔާއަކަށް ނުވާތި. ނައިޝަމްވެސް ހައްލާލަދާނެ.” އައިލީޝް ނައިޝަމްގެ އަތުގެ ތެރެއަށް އަތްލާ އާދޭހުގެ ރާގަކަށް އެހެން ބުނެލުމާއިއެކު ނައިޝަމްއަށް ބަލައިލެވުނީ އެދެމީހުންގެ އަތަށެވެ. ”ސޮރީ.” ލަތުވެތިގޮތަކަށް އައިލީޝް އިސްޖަހައިލުމާއިއެކު ނައިޝަމްގެ ހިތް ލޯބިން ފުރިގެން ދިޔައެވެ.

”ތީ ނުވާނެ ކަމެއް. ހިތުގައި އީމާންތެރިކަމެއްވާ މީހަކު އެކަހަލަ ކަމެއް ނުކުރާނެ. އެއީ ކީހައި ގޯސް ކަމެއް. ރިޝްވަތު ދިނުން. ކުރި ކަމެއް ނުވާ ކަމަކަށް ކިތަންމެ ވަރަކަށް ދައްކަން އުޅުނަސް އެކަލާނގެ ހަޟްރަތުގައި އެއީ ނުވާނެ ކަމެއް. އެކަމެއް ވަގުތުން ފޮތުގައި ލިޔެވިގެންދާނެ. އެއްވެސް މީހަކަށް އެނެއް މީހެއްގެ ގައިގައި އަތްލުމުގެ ބާރެއް ނޯންނާނެ. އަނިޔާވެރިވުމެއް އަނިޔާއެއް ދިނުމެއް ނޯންނާނެ.” ނައިޝަމްއަށް އަނެއްކާވެސް ބަލައިލެވުނީ އައިލީޝްގެ ފެންކަޅިވެފައިވީ ރީތި ދެލޮލަށެވެ. އެދެލޮލުން އެތައް ހާސް ކަމެއް ނައިޝަމްއަށް ބުނެދޭން އުޅޭ ފަދައެެވެ. އެމޫނުމަތީގައި މާޔޫސްކަމެއްވާ އިރު އެކަމަށް ފަރުވާއެއް ދިނުމަށް އެދޭ ފަދައެވެ.

”އަހަރެން އުންމީދުކުރަން ނައިޝަމް އަބަދުވެސް ތިގޮތުގައި ހުންނާނެ ކަމަށް. އެންޑް މާދަން އަދި ޖެހޭ ހޮސްޕިޓަލަށް ދާން. އައިޖީއެމްއެޗަށް. ނައިޝަމް ދާނަން ތަ؟” އައިލީޝް އޭނާގެ މޫނަށް ހިނިތުންވުމެއް ވެރިކުރެވޭތޯ މަސައްކަތް ކުރިއެވެ. އެދެލޮލުގައި ހުރި ކަރުނަތައް ހިންދައިލެވޭތޯ މަސައްކަތް ކުރިއެވެ.

”އައިލީޝް ގެންދަން ހުރިއްޔާ އަހަރެންވެސް ދާނަން.” އައިލީޝްގެ މޫނަށް ވެރިވި ހިނިތުންވުން ފެނިފައި ނައިޝަމްއަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގައިއެވެ. ގެންދާނަމޭ ބުނެ އައިލީޝް ގޭތެރެއަށް ވަންނަން ހިނގައިގަތީ އޭނާގެ ދެލޮލަށް ނިދި ބަރުވަމުން ދިޔުމުންނެވެ. އެސްފިޔަ ތަކަށް ބަރުވެ ދެލޯ މެރެމުން ދިޔައިރު އަނގައިން އެތައްފަހަރަކު ދިޔައީ ހާ ފުރެމުންނެވެ. އެކަމުގެ ސަބަބުން ދެލޮލުން ފެން އެތި ފައިބަމުން ދިޔައެވެ.

***

”ދަރިފުޅާ ޒައިކް. އަދިވެސް ކޮއްކޮގެ ހަބަރެއްނުވޭ. މަންމަ ގުޅާ ގުޅާ ފޯނެއްވެސް ނަގަނީކީ ނޫން. އެކަމް މިހާރު ވައިބާއިން އޮންލައިން ވޭ.” ތައްޓަށް ބަތް އަޅަމުން ދިޔަ ޒައިކްގެ ހަރަކާތްތައް ހުއްޓުނެވެ. ހީވާ ގޮތުން އެއީ އޭނާ އަޑުއަހަންވެސް ބޭނުންނުވާ ވާހަކައެކެވެ.

”އަހަރެން މަންމަ ގާތު ކިތައް ފަހަރުތަ ބުނަންވީ އެ ޔުނާންއެއްގެ ވާހަކަ ނުދައްކާށޭ. އަހަރެމެންނާ އެކީ ނޫޅެން ވެގެންނެއްނު މިގެއިން ދިޔައީ. އަހަރެމެންގެ އަޑު އަހަން ބޭނުންނުވާތީ އެއްނު ގުޅީމަ ފޯނު ނުނަގަނީ. ދެން ތިހާ ވަރަކުން ތިއުޅެނީ ކީއްވެގެންތަ؟” ޒައިކްގެ ރުޅި ފަޅައިގެން ދިޔައެވެ. ޔުނާން މަތިން އޭނާ ދުވަހަކުވެސް ހަނދާން ކުރާކަށް ބޭނުމެއް ނޫނެވެ.

”ހެޔޮނުވާނެ ދަރިފުޅާ. އެއީ ދަރިފުޅުގެ އެއް ލެޔެއް ހިނގާ ދަރިފުޅުގެ ކޮއްކޮއޭ. ތިހެން ނުބުނެބަލަ. ތިކަހަލަ އެއްޗެހި ނުކިޔަބަލަ. ޔުނާން މިގެއިން އެދިޔައީ މަންމައަށް ވެސް އަދި ދަރިފުޅަށްވެސް ޔުނާންއާ މެދު ކަންތައް ކުރެވުނު ގޮތުން. މިކަން އަހަރެމެން ޖެހޭނެ ގަބޫލުކުރަން. ދަރިފުޅުގެ ބައްޕައަށް މިއަދު ތި މަންޒަރުތައް ފެންނަނަމަ ކިހާ ދެރައެއް ވާނެ. ކިހައި އަސަރެއް ކުރާނެ. މިއަދު މަންމަގެ ހިތުގައި މި އަޅާ ވޭން ހަމަ އެ ބައްޕަގެ ހިތުގައި ވެސް އަޅާނެ. ތިގޮތަށް ކަންތައް ކުރީމަ ވާނެ ދެރަ، ކުރާނެ އަސަރު، އަޅާނެ ވޭން، ދަރިފުޅަށްވެސް އިހްސާސްވާނެ މިކަހަލަ ކަމެއް ދަރިފުޅަށްވެސް ދިމާވީމަ. އާދޭސްކޮށްފަ ބުނަން ދަރިފުޅާ. ޔުނާން ވީތަނެއް މަންމައަށް ހޯދައި ދީ.” ނަތާޝާއަށް ރޮއިގަނެފައި ޒައިކްގެ އަތުގައި ހިފައިލެވުނެވެ. އެ ހިތުގައި އަޅަމުން ދިޔަ ވޭން ޒައިކްއަށް ވިސްނޭނެނަމަ ކިހައި ރަނގަޅު ހެއްޔެވެ؟

”އަހަރެންވެސް އާދޭސްކޮށްފައި ބުނަން އެ ޔުނާންއެއްގެ ވާހަކަ އަހަރެން ގާތު ނުދައްކަބަލަ. އަހަރެމެން ކީއްތަ ކުރީ އޭނާ މިގެއިން ދާން. އަމިއްލައަށް މަތިންބާން ޖެހިގެން ދިޔައީނު.” ޒައިކް ނަތާޝާގެ އަތް ފޮޅުވާލާ ނުވެސް ކައި އޭނާގެ ކޮޓަރިއަށް ވަނެވެ.

”ޔޫހާ. މިގަޑީ ފްރީތަ؟ ހިނގާބަ ދުއްވާލަން ދާން.” ޒައިކް ބެލްކަންޏަށް ނުކުމެލީ އޭނާގެ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.

”އޯ ޒައިކް. އަހަރެން މިގަޑީ ވަރަށް ބިޒީ. މިއުޅެނީ ހޮސްޕިޓަލަށް ވަރަށް ހާލުދެރަ ޕޭޝިއެންޓެއް އައިމަ އެކަމާ. ފަހުން ގުޅާލާނަން. މިގަޑީ ނެތް ވާހަކަ ދެއްކޭކަށް. ބާއި.” ޒައިކްވެސް އިތުރު އާދޭހެއް ނުކޮށް ފޯނު ބާއްވާފައި ގޮސް އެނދުގައި އޮށޯވެލީ ދެން އޭނާގެ ބޮލަށް ހަމަޖެހުމެއް ލިބޭނީ ނިދާލީމަ ކަމަށްވާތީއެވެ.

***

ޒާހިދާއަށް އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގެމުން ދިޔައީ އެހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. މައުނާވެސް އޭނާގެ ކޮޓަރިން ނުނިކުމެ އެދުވަހު ހަތަރު ދަން ދިޔައިރު ޔޫހާވެސް މިއަދު އެއްކޮށް އެއުޅެނީ ހޮސްޕިޓަލުގައިއެވެ. ވެފައިހުރި ފޫހިންނާއި މާޔޫސްކަމުން ވަށައިލައިފައިވާ ހިތަށް ހަމަޖެހުމެއް ހޯދުމަށް ކުރާނެ ކަމެއްވެސް ޒާހިދާއަކަށް ނުވިސްނެއެވެ. ބޭރަށްދާ ކަށް ވެސް ޒާހިދާ ބޭނުމެއް ނޫނެވެ. އައިލީޝް ނޫނީ ނައިޝަމްއަށް ފެނިއްޖެ ނަމަ ހައްޔަރު ކޮށްދާނެތީއެވެ. މައުނާ ކޮޓަރިން ނުނިކުމެ ގިނައިރު ވާން ފެށުމުން ޒާހިދާ އޭނާގެ ކޮޓަރިން ނިކުމެ މައުނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. މަޑު ހިނގުމެއްގައިއެވެ. ކޮޓަރި ދޮރު މައްޗަށް އަރައި ދެތިން ފަހަރަކު ދޮރުގައި ޒާހިދާ ޖަހައިލިއެވެ. އަދި ތަޅުވެސް އަނބުރާލިއެވެ. ނަމަވެސް ތަޅުލާފައި ހުރުމުން ދޮރު ހުޅުވޭ ގޮތެެއް ޒާހިދާއަކަށް ނުވިއެވެ. ނަމަވެސް ހުއްޓާ ނުލައި ދޮރުގައި ތަޅަން ފެށިއެވެ.

ފާރުގައި ދެފައި ލައްކޮށްލައިގެން ބުރަކަށި ތަޅުންގަނޑުގައި ބާއްވާލައިގެން އޮތް މައުނާގެ ދެލޯ ވަނީ މަރާލާފައިއެވެ. ނަމަވެސް އޭނާގެ އަތުން އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައިރު ނިދަނީ ނޫންކަން ޔަގީންވަމުން ދިޔައެވެ. އަދި މޫނަށް އަަރައި ފައިބަމުން ދިޔަ އެކި ކުލަތަކުން ކަމަކާ ވިސްނަނީކަން ވެސް ޔަގީން ވަމުން ދިޔައެވެ. ”ނައިޝަމްއަކީ އެހައި ކެރޭ މީހެއް ކަމަކަށް މީގެ ކުރިން އަހަރެން ނުދެނެ ހުއްޓެވެ. ނައިޝަމް އަހަރެންނަށް އެހައި ރުޅި އައިސް ވާހަކަ ދައްކަދާނެ ކަމަކަށް ކުޑަކޮށްވެސް ހީނުކުރަމެވެ. ނައިޝަމް އަހަރެން ދެކެ އެހައި ރުޅި އަންނާނެ ކަމަކަށް ފަހަރެއްގައިވެސް ހީނުކުރަމެވެ.” މައުނާގެ ހިތުގައި އުފެދިފައި ހުރި ހީތަކާއި މެދު ދިޔައީ ހުއްޓާ ނުލައި ވިސްނަމުންނެވެ. ”ޕިސްޕިސް. އަދިވެސް އަހަރެންވެސް ވިސްނަންވީ ނައިޝަމްއާ މެދު ހެއްޔެވެ. ނައިޝަމް އެއީ މާ މާތް މީހެއްވެސް ނޫނެވެ. އަހަރެން ބޭނުންކޮށްލީއެވެ. ބައްޕަ ނުކުރާކަމަކަށް ހެކި ހޯދަން އެވަރު ކުރަން ޖެހޭ ހެއްޔެވެ. އަހަރެން ކައިރީ ސާފުކޮށް އަހައިލި ނަމަވެސް ކިޔައިދިނީމުއެވެ. އެފަދަ ގޮތަކަށް އަހަރެންގެ ބައްޕައާ މެދު ނައިޝަމްއަށް ވާހަކައެއް ނުދެއްކޭނެއެވެ. އަހަރެންގެ ބައްޕައަކީ ނައިޝަމް އެބުނާހާ ނުބައި މީހެއް ނޫނެވެ. މަންމައަކީވެސް މެއެވެ. މަންމައާ ދެކޮޅަށް ދައްތަ ތެދުވި ނަމަ މިހާރު އެހައި ރީތިކޮށް އެކީ އެއުޅެނީ ކީއްވެ ހެއްޔެވެ؟ ނައިޝަމް އޭނާގެ ކޮޅު މޮޅު ކުރަންވެސް އެދެއްކީ ހުސް ހަމަނުޖެހޭ ވާހަކައެވެ. ގަބޫލުނުކުރެވޭ ވާހަކައެވެ.” މައުނާ އަނެއްކާވެސް ތެދުވެ ފާރުގައި ބުރަކަށި ޖައްސާލައި ދެފައި ވަށްކޮށްލައިގެން އިދެ ދަތްދޮޅީގައި އަތް ވިއްދާލައި ވިސްނަން ފެށިއެވެ.

”އެކަމު. ނައިޝަމް އެބުނީ އަހަރެންގެ ގައިގައި އެއްވެސް ރީތި ސިފައެއް ނެތް ވާހަކައެވެ. އެއީ ކީއްވެ ހެއްޔެވެ؟ އަހަރެން ބަރާބަރަށް ހަންގަނޑު ރީތި ކުރަން އެއްޗެހި އުނގުޅަމެވެ. ދޮންވާ ބޭސް އުނގުޅަމެވެ. މޫނު އެހައި އޮމާނެވެ. ހެދުން މިއަޅަނީ އެންމެ ފެޝަން ގޮތަށެވެ. އިސްތަށިގަނޑުވެސް މިހުރީ މިޒަމާނުގެ ގޮތަށެވެ. ދެން އަހަރެން ހަޑިވާންވީ ކީއްވެ ހެއްޔެވެ؟” މައުނާ ވިސްނަމުން ދިޔައީ މޮޔައަކު ވިސްނާނެ ފަދައަކުންނެވެ. ވިސްނޭ މީހަކު އެފަދަ ގޮތަކަށް ނުވިސްނާނެކަން ޔަގީނެވެ. މައުނާގެ މޮޔަ ހަމަނުޖެހޭ ސިކުނޑިއަށް ނައިޝަމް ދެއްކި ވާހަކަތައް ރޭކައިނުލާކަން ޔަގީނެވެ.

ފުން ވިސްނުމުގައި އިން މައުނާ ސިއްސައިގެން ދިޔައީ ދޮރުގައި ތަޅަން ފެށި އަޑަށެވެ. ގިރި ގޮތަކަށް އެތަނުން ތެދުވެލަމުން ލައިގެން ހުރި ޓީޝާޓް ރީތިކޮށްލައި ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒާހިދާ ފެނިފައި މައުނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި ބޮޑަށް ދޮރު ހުޅުވާލާއި ޒާހިދާއަށް ކޮޓަރިއަށް ވަދުމަށް ބުނެލިއެވެ. ”މަންމަ މިއައީ ދަރިފުޅު މިއަދު ނުފެންނާތީ. ދައްތަވެސް ހަވީރު ހޮސްޕިޓަލަށް ދިޔަ ގޮތަށް އަދި ނާދޭ. އެހެންވެ ފޫހިވެގެން މިއުޅެނީ.”

އެނދުގައި ޒާހިދާ އިށީންދެލުމާއިއެކު މައުނާ އޭނާގެ ހަށިގަނޑު ސީދާ ކޮށްލާ ޒާހިދާގެ އުނގުގައި ބޯ އަޅައިލިއެވެ. އަދި ދެލޯ މަރައި ނިކަން ލޯބި ގޮތަކަށް ޒާހިދާގެ އުނގަށް ހަމަޖެހިލީ ޒާހިދާ އޭނާގެ ބޮލުގައި ފިރުމަން ފެށުމުންނެވެ. ”އާން. މިއަދު ހަމަ ކޮޓަރިން ނުކުންނަ ހިތެއް ނުވި. މަންމާ. އަޅެ ބުނެބަލަ. އަހަރެން ހަޑިތަ؟” މައުނާ ޒާހިދާގެ މޫނާ ދިމާލަށް ބޯ އަނބުރާލައި އެމޫނަށް ބަލަން އޮތެވެ. ”ތީ ކާކު ބުނި ވާހަކައެއް ދަރިފުޅާ. ދަރިފުޅު ތީ ނުލާހިކު ރީތި ކުއްޖެެއްނު. އަނެއްކޮޅުން އެހައިމެ ރީތި ބައްޓަމެއް ލިބިފަ. އެހައި އޮމާން ހަންގަނޑެއް. ހަޑިވާނެ ތަ؟” ޒާހިދާ ހިނިތުންވުމެއް ރައްދުކޮށްލައި އަނެއްކާވެސް މައުނާގެ ބޮލުގައި ފިރުމާލިއެވެ. އެގޮތުގައި އޮވެ މައުނާއަށް ނިދިގެން ދިޔައީ ޒާހިދާގެ ބަސްތަކަށް ފޮނިބޮޑުވެފައި އޮއްވައެވެ. އެކަމާ ވިސްނަން އޮވެ އަމިއްލަ ނަފްސަށް ތައުރީފު ކުރަމުންނެވެ. މައުނާއަށް ނިދުނުކަން ޔަގީން ކޮށްލާ މައުނާގެ ނިތަށް ބޮސްދިނުމަށްފަހު ކޮޓަރީގައި އިން ބޮކި ނިއްވާލާ ޒާހިދާ ކޮޓަރިން ނުކުމެ ދޮރުޖަހާލިއެވެ. އަދި ގޭގެ ސިޓިން ރޫމުން ބޭރަށް ނުކުމެވެން އިން ބެލްކަންޏަށް ނުކުމެ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލާ ހަަށަން ބަނެލައިފައި މާލޭގެ ކާރުބާރު ބޮޑު މަގަށް ނަޒަރު ހިންގައިލިއެވެ.

***

އިމާރާތްތައް ފޫ އަޅުވާލާއި އިރުގެ އަލި ދޯދިތައް ކޮޓަރީގައި އިން ދޮރުފޮތިގަނޑު ފުރޭނިގެން ގޮސް އައިލީޝްގެ މޫނަށް އެޅުމާއިއެކު މޯޅިއަކަށް ދެމިލަމުން އޮތްތަނުން ތެދުވެލިއެވެ. އޭރު ކާޅާ ކޮތަރުގެ ރީތި ރާގުން ލަވަ ކިޔަމުން ދިޔައިރު މަގުމަތި ފުރިފައިވި ކާރުންނާއި ސައިކަލުތަކުގެ ‘ބޫން’ އަޑުން މީހުން ނިދިން ހޭއްލައްވަމުން ދިޔައެވެ. އެ ހިތްގައިމު ވަގުތުގައިވެސް މީހެއްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ނުދާއިރު އައިލީޝް އެކަމާ ނުވިސްނާ ފާހަނާއަށް ވަދެ މޫނު ދޮވެލައިގެން ރީތި ވެލައިގެން ގޮސް ބަދިގެޔަށް ވަދެލީ ހެނދުނުގެ ނާސްތާ ހަދާލާށެވެ. ތިރީސް މިނެޓް ތެރޭ ކާލާނެ އެއްޗެއް ހަދާލާ މޭޒު މައްޗަށް އަރުވައިލުމަށްފަހު ނައިޝަމްއަށް ގޮވަން އައިލީޝް ހިނގައިގަތެވެ. މަޑު ހިނގުމެއްގައި ގޮސް ނައިޝަމްގެ ކޮޓަރި ދޮރުމައްޗަށް ހުއްޓިލައި ތަޅުގައި ހިފައިލިއެވެ. ތަޅުނުލައި ހުރުމުން އައިލީޝް އެކޮޓަރިއަށް ވަދެ ނައިޝަމްއަށް ގޮވަން ތައްޔާރުވެލިއެވެ.

އެނދުމަތީގައި އަރާމުކޮށް ނިދާލާފައި އޮތް ނައިޝަމް ފެނިފައި އައިލީޝްގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. މޮޅު ރޭވުމެއް އޭނާގެ މޮޅު ސިކުނޑިން ވިސްނާލުމަށްފަހު ވަރަށް ބާރަށް ނައިޝަމްއަށް ގޮވައިލިއެވެ. ނަމަވެސް ނައިޝަމް ކަހައިތަން ހިރުވައިވެސް ނުލިއެވެ. ”ނައިޝަމް. ދިހަ އެއް ޖަހަން ފަނަރަ މިނެޓަށް ވެއްޖެ. ނައިޝަމް ބުނީމެއްނު ގޮވާށޭ. ދިހައެއް ޖަހާއިރު އޮފީހަށް ދާން ޖެހޭ. އަވަހަށް ތެދުވޭ. އަވަސް.” ނައިޝަމް ފުންމައިގެން އެނދުން ތެދުވުމާއިއެކު އައިލީޝްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެނދުން ތެދުވެ އަނގައިން ބަހެއްވެސް ބުނެނުލާ ނައިޝަމް ގޮސް ފާހަނާއަށް ވަދުމާއިއެކު އައިލީޝް ކޮޓަރިން ނުކުމެ ސޯފާގައި އިށީންދެލިއެވެ.

ދިހަ މިނެޓް ތެރޭގައި ތައްޔާރުވެލައިގެން އަވަސް ހިނގުމެއްގައި ނައިޝަމް ގެއިން ނުކުމެލަން ދިޔައެވެ. ”އޭބަލަ ނައިޝަމް. މާ އަވަސް އަރުވައިލައިގެން ތިދަނީ ސައިވެސް ނުބޮއެއްނު. އާދޭ ސައިބޯން.” އައިލީޝް މޭޒު ކައިރިން ގޮޑިއެއް ދަމައިލާ ނައިޝަމްއަށް އިށީންދުމަށް އެންގިއެވެ. ”ދެން ސައެއް ނުބޮވޭނެ. ފަސް މިނެޓް ދެން އިނީ. އައިލީޝް މާލަހުން ގޮވީމަ ފެންވެސް ނުވަރައި ދާން މިޖެހުނީ.” ނައިޝަމް ބުނަމުން ދިޔަ ބަސްބަހުން އައިލީޝްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނުވާ ނޭނގިފައި ނައިޝަމްއަށް ހެމުން ދިޔަ އައިލީޝްއަށް ބަލަހައްޓާގެން ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިއެވެ.

”ސާބަސް ނައިޝަމްއަށް. އަދި ގަޑިން ހަތްގަޑި ބައޭ އެވީ. އަހަރެން ހިޔެއް ނުކުރަން ނައިޝަމް ގަޑިވެސް ނުބަލާލަ އުޅެދާނެ ކަމަކަށް.” އައިލީޝް އަދިވެސް ބަނޑުގައި އަތް އަޅައިގެން ހުރެ ހެނީއެވެ. ”ދެން އައިލީޝްއަށް ވެސް އިނގެއެއްނު. ފަސް މިނެޓް ނެތިއްޔާ އަހަރެންނަށް އެގަޑި ޖެހުނީކަން. ތިކަހަލަ ސަކަރާތް ނުޖަހައްޗެ ދެން. ކިރިޔާ މޭގަނޑު އަނގައަށް ނައީ. އެކަމަކު ލަޑެއް ދޭނަން އިނގޭ އަދި.” ނައިޝަމް އައިލީޝްއާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް އައިލީޝް ހުރީ ހޭށެވެ. ނައިޝަމްއާ އެކަހަލަ ސަމާސާ ކުރުމަކީ އައިލީޝް އަބަދުވެސް ލޯބި ކުރާ ކަމެކެވެ. އަބަދުވެސް ކުރާ ކަމެކެވެ.

ހޭން ހުރި އައިލީޝްއަށް ހަމަބިމަށް އާދެވުނީ އޭނާގެ ބޮލުގައި ފިނި އެއްޗެއް ޖެހުމުންނެވެ. ރަނގަޅަށް ކަންތައްވީ ގޮތް އެނގުނު އިރު އައިލީޝް ތެމި ފޯ ވެއްޖެއެވެ. މޭޒުމަތީގައި ހުރި ފިނި ފެންފުޅި ނައިޝަމް އައިލީޝްގެ ބޮލަށް އަޅައިލީއެވެ. އައިލީޝްވެސް އިތުރުކަމެއް ނުކޮށް އެއްޗެހިވެސް ބަދަލުނުކޮށް ގޮޑީގައި އިށީންދެލީ ކެއުމަށެވެ.

ކައި ނިންމާގެން ދެމީހުންވެސް އެންމެ ފުރިހަމައަށް ތައްޔާރުވެލައިގެން ހޮސްޕިޓަލަށް ނައިޝަމްގެ ކާރުގައި ދިޔައެވެ. ފުލުސް ޔުނީފޯމުގައި އައިލީޝް ހުރިއިރު ނައިޝަމް ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ގަމީހާއި ފަޓްލޫނުގައިއެވެ. ހޮސްޕިޓަލަށް ވަދެގެން ދިޔައިރު ގިނަ ބައެއްގެ ސަމާލުކަން ދެމީހުންނަށް ހުއްޓިފައިވާއިރު އެނެއް ބަޔަކު ދިޔައީ ސިއްރު ސިއްރުން ކައިރީގައި ހުންނަ މީހާގެ ކަންފަތުގައި ވާހަކަ ބުނަމުންނެވެ. ނަމަވެސް ދެމީހުންވެސް އެއިން ކަމަކަށް ވިސްނާނުލާ ވާހަކާގައި ދިޔައީ ޒާހިދާ ހައްޔަރު ކުރަން ޖެހޭ ވާހަކަ ދައްކަމުންނެވެ.

”އައިލީޝް.” އައިލީޝް ކުއްލިއަކަށް ސިއްސައިގެން ގޮސް ފަހަތަށް އެނބުރިލީ އޭނާއަށް މީހަކު ގޮވައިލުމުންނެވެ. ފަހަތަށް އެނބުރިލި އައިލީޝްގެ ދެލޯ ވަނީ ބޮޑު ވެފައިއެވެ. އަނގަވަނީ ތަންމިނަށް ހުޅުވިފައިއެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ކުއްލި ބަދަލް (2)

Next

ކުރިންބުނީ ނުވާނެޔޭ

Next
June 10, 2020

ކުރިންބުނީ ނުވާނެޔޭ

Previews
June 10, 2020

ކުއްލި ބަދަލް (2)

8 Comments!

  1. Livy says:
    June 10, 2020 at 5:49 am

    Varah Varah Varah Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting waiting waiting waiting for the next part ?✨? ly ⚡???

    1. ?Nafu✨ says:
      June 11, 2020 at 10:10 am

      vr ufaavehjje dear ge comment kiyaalaafa, and mi bai vs kamudhiyae ma. thank u soo much livy. keep waiting ingey livy.. lym. stay safe.

  2. Kairaa says:
    June 10, 2020 at 2:11 pm

    Varah varah reethi mi bai vx…..curiously waiting for the nxt part…lysm…be safe

    1. ?Nafu✨ says:
      June 11, 2020 at 10:11 am

      vr ufaavehjje kairaa ah mi bai kamudhiyae ma. and comment kiyaalaafa vs. thank u soo much dear. keep waiting.. lym.. u too stay safe..

  3. Izabell says:
    June 10, 2020 at 2:12 pm

    Mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤ Naisham nd Ailysh haadha lwbi eyy dhw ulhey goiyy ??????????????? Imma curiously waiting for next part. Avahah up kollahche ?????????????ly

    1. ?Nafu✨ says:
      June 11, 2020 at 10:13 am

      vr vr ufaavehjje izabell ge colorful comment kiyaalaafa. and comment kohlymavs. adhi kamudhiyae ma vs. thank u soo much dear. aslu vs dhw vr loabi ulheyleh.. keep waiting.. yeah enme avahah upload vaa irakun up vaane vaahaka.. lym. stay safe

  4. ?Aashko?? says:
    June 10, 2020 at 7:40 pm

    Maasha Allah. V v riythi mi part ves. Konirakun next part. Curiously waiting for the next part.
    Ly sis

    1. ?Nafu✨ says:
      June 11, 2020 at 10:15 am

      vr vr ufaavejje aashko ah mi bai vs kamudhiyae ma. and comment kohlyma vs.. thank u soo much dear.. dhn oii bai upload vaane enme avahah upload vaa irakun. keep waiting.. lym.. stay safe

Comments are closed.

Next Episodeލޯ ފޮހެލާދޭށެ މަގޭ 26←


All Right Reserved!