ހުދުކުލައިގެ ބޮޑު ކޮޓަރީގެ މެދުގައި ހުރި ކިންގް ސައިޒް އެނދުގެ މެދުގައި އޮށޯވެލައިގެން އޮތް ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަހިމޭންކަމެވެ. ފަންކާގެ ވައިން ޒުވާނާގެ އިސްތަށިތައް ނަށަމުން ދިޔައިރު އިރުއިރުކޮޅުން އަތް ނަގައި އިސްތަށިތައް މޫނުމަތިން އެއްފަރާތް ކޮށްލައެވެ. އިރުކޮޅަކު އެގޮތުގައި އޮވެ ޒުވާނާ އޭނާގެ ގައިގައި އޮޅާލާފައި އޮތް ރަޖާގަނޑު ނަގައި އެނދުން ތެދުވެލައިގެން ގޮސް ކޮޓަރީގެ އެއްކަނެއްގައި ހުރި ހުދާއި ކަޅުން ފަރުމާކުރެވިފައިވާ އަލަމާރި ކުރިމަތީގައި ހުއްޓިލިއެވެ. އަތި ކަންނެތްކަމާއިއެކު މޯޅިއަކަށް ދެމިލުމަށްފަހު […]
އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށްކަން އެނގުމުން ލަދު ގަންނަ ގޮތްވާން ފެށިއެވެ. އޭނާ ފެނުމާއިއެކު ކުރިން މީހަކު ފެނިގެން ނުވާ ގޮތްތަކެއް އަހަރެންނަށް ވާން ފެށިއެވެ. ހިތުގެ ތެޅުން އަވަސްވެ އަތްފާ ފިނިވެގެން ދިޔައެވެ. ހިނގަން އުނދަގޫވެ ހަރަކާތެއް ކުރަން ދަތިވިއެވެ. އަހަރެމެން ދެމީހުން ދިމާމިވީ އަލަށްކަމުން އަހަރެންނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ފަސްޖެހެވުނެވެ. ލަދުގަންނަނީވެސް އިންތިހާއަށެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި އަޑުގައި ކިތަންމެ ތުރުތުރެއް އެޅިނަމަވެސް އޭނާ ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދިނީމެވެ. […]
”ފަހަރުގައި ވެދާނެ މިއީ ޔަނާ ހިތްހަމަ ނުޖެހޭ ވާހަކައަކަށްވެސް. އެކަމަކު ޔަނާ މިކަމުގަ ހިތްހަމަނުޖެހެންޏާ މިއީ ހަމަ ނުދައްކާވާހަކައެއް ކަމަށް ބަލާ. މި ވާހަކައިގެ ސަބަބުން އަހަރެން ބޭނުމެއް ނޫން އަހަރެމެން ދެމީހުންގެ ދެމެދުގަ މިއޮތް އެކުވެރިކަން ގެއްލޭކަށް. އަހަރެން ބޭނުން ޔަނާ. އަހަރެން ވަރަށް ލޯބިވޭ ޔަނާ ދެކެ. ވިލް ޔޫ ބީ މައިން؟.” ތުރުތުރު އަޅަމުން ދިޔަ އަޑަކުން މާއިޒްގެ ބަސްތައް އަހަރެންގެ ކަންފަތާ ހަމައަށް ފޯރީ މިޔުޒިކެއް ފަދައިންނެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. އަހަރެން […]
”ނޫން ތިހެން ނުބުނޭ. އަހަރެންގެ އާލާ އަހަރެން ދޫކޮށްލާފަކާ ނުދާނެ. ތި ހަދަނީ ދޮގު. އަހަރެމެންގެ ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާ ލީ ދުވަހު އާލާ ކީއްވެ އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލަންވީ؟ ތީ އޮޅުމެއް. ޑޮކްޓަރ.. އާލާ ރަނގަޅަށް ބަލާދީ. ތިއުޅެނީ އޮޅިގެން.” އަހަރެންނަށް ބާރު ބާރަށް ރޮއި ގަނެވުނެވެ. މޫނުގައި ދެއަތް އަޅައިލެވުނެވެ. ހިތުގައި އަތް އަޅައިލެވުނެވެ. ފާޜުގައި ލެގިލައިގެން ހުރެ ތިރިވެވުނެވެ. އަހަރެންގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ދިލަ […]
އޮފީހަށް ވަންއިރަށް އަހަރެން ގަނޑުވިއެވެ. ދެފައި ތަޅުންގަނޑުގައި ހަރުވިއެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. ގައިން ދާ ހިއްލަން ފެށިއެވެ. އެއީ މީގެ ކުރިން އަހަރެން ހޯދަން އަންނާނެކަމަށް އުންމީދު ކުރި މީހެއް ނޫނެވެ. އަހަރެންގެ ކުރި މައްޗަށް އަރާނެ ކަމަށް ހީ ކޮށްގެންވެސް ހުރި މީހެއް ނޫނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން އަހަރެންނަށް ދަތިވިއެވެ. ކުރިމަތީގައި ހުރި މީހާއަށް ދެވަނަ ފަހަރަށް ނުބަލަން އަހަރެން އަނެއް ފަރާތަށް އެނބުރި ދާން ހިނގައިގަތީމެވެ. ކިތަންމެ ރޯން […]
ދެފައި ތުރުތުރު އަޅައިގަތީ އޭނާއަށް ވެފައި އޮތް ގޮތް ފެނުނީމައެވެ. މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. ބޮލަށް އެނބުރުން އަރައިގެން ފަހަތަށް ވެއްޓެން ދާން އުޅޭހެންވެސް ހީވިއެވެ. ނަމަވެސް މިއިން އެއްވެސް ލިސާނެއް އަހަރެންގެ މޫނުމަތިން ނުދައްކާވޭތޯ މަސައްކަތް ކުރީމެވެ. އެކަން ކާމިޔާބުވެސް ކުރީމެވެ. އާދައިގެ އަސަރެއް މޫނުމައްޗަށް ވެރިކުރުވައިގެން ކުޅުންތެރިން އެއްވެފައި ތިބި ތަނާ ކައިރިވެލީމެވެ. އަމިއްލަ ނަފުސާމެދު ހިތުން ފަހުރުވެރިވެ އުފާކުރާ ހާލުއެވެ. ބޭރުފުށުން އާދައިގެ އަސަރެއް، ފެންނަ މީހަކަށް […]
އަހަރެންނަކީވެސް އެހެން މީހުން ފަދައިން އިންސާނެކެވެ. މި ހަށިގަނޑު ތެރޭގައި ލޭ ހިނގާ ހިތެއް އެބަވެއެވެ. ހަމަ އެހެން މީހުންވެސް ފަދައިންނެވެ. ހުރިހާ ހިއްސުތަކެއް ސަލާމަތުންނެވެ. ހުރިހާ ގުނަވަނެއް ސަލާމަތުންނެވެ. ނަމަވެސް ތަފާތީ މިޒާޖެވެ. ކުލައެވެ. ސިފައެވެ. ފަގީރުކަމެވެ. މިއީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ މިޒާޖު ތަފާތުވުމަކީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ ސިފަ ހުތުރުވުމަކީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ ކުލަ އަނދިރި ވުމަކީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ އަހަރެން ފަގީރު އާއިލާއަކަށް އުފަންވުމީ […]
”ދަރިފުޅާ. މަންމަ މި ދަނީ. ތަންކޮޅެއް ލަހުން ކަންނޭނގެ އާދެވޭނީ. ކައިގެން އުޅޭތި.” މަންމަ އެބުނީ އަހަރެން އެންމެ ރުޅި އަންނަ ޖުމުލަތަކެވެ. ކޮންމެ ދުވަހަކު ގެއިން ނުކުމެގެން ދާނީ އެޖުމުލަތައް ތަކުރާރު ކޮށްފައެވެ. އެންމެ ފަހަރަކުވެސް ނަމާދުކޮށް ޤުރުއާން ކިޔަވާކަށް މަންމަ ނަސޭހަތްތެރިއެއް ނުވެއެވެ. ފިލާވަޅުތައް ހަދައި ފޮތް ކިޔާކަށް ނުބުނެއެވެ. ނަމަވެސް މަންމަ އެހެން ނުބުނި ކަމުގައި ވިޔަސް އަހަރެން ބަރާބަރަށް ނަމާދުކުރަމެވެ. ގުރުއާން ކިޔަވަމެވެ. މަންމައަށް މިއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. އިނގޭނީވެސް […]
ހޮނިހިރު ދުވަހެކެވެ. މޫސުން ރީތި އުޑުމަތި ސާފު ދުވަހެކެވެ. ހެނދުނު ހޭލީންސުރެ އަހަރެން އުޅެމުން ދިޔައީ ކޭކެއް އަޅަންޖެހޭތީ އެކަމުގެ ވާހަކަ ދެއްކުމުގައިއެވެ. އެންމެ ކޭކެއް ނޫނެވެ. ދެ ކޭކެވެ. ފަހަރިއާ ދެމީހުން މަޝްވަރާ ކުރުމަށްފަހު ޅިޔަނަށް އަޅައިދޭ ކޭކުގައި ރަތް ކުލައިން އައިސިން ޖަހައި ހުދުކުލައިގެ ހިތްކުރުހަން ނިންމީމެވެ. އަދި ދައްތަގެ ކޭކުގައި ޗޮކްލެޓް ކޮކޯ އަޅާފައި އޭގައި އެކިއެކި ބިސްކޯދާއި ޗޮކުލެޓް ހަރުކުރަން ނިންމީމެވެ. ކޮންމެއަކަސް މިއީ ވަރަށް މަޖާ ދުވަހަކަށް ވާނެ ކަމަށް […]