”ކޮންތާކަށް ތި ދަނީ ދަރިފުޅާ؟” އިޔާން ކޮޓަރިން ނިކުމި އިރު ސޯފާގައި ނައީމު އިނީ ނޫހެއް ހިފައިގެން ކިޔާށެވެ. އަދި އިޔާން ފެނުމުން ތިދަނީ ކޮންތާކަށް ހޭ ސުވާލުކުރިއެވެ. ނަމަވެސް ނައީމު ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ކުރިއަށް ބަލަމުން ދިޔައީއެވެ. އިޔާން ލޮލު ކޮޅަށް ގެއްލުމުން ނައީމުއަށް ދެ ފަރާތަށް ބޯހޫރުވާލެވުނީ އޭނާގެ ދަރިފުޅު އުޅޭ ގޮތުގެ ސަބަބުންނެވެ. އެދަރިފުޅަށް ވިސްނޭނީ ކޮން ދުވަހަކުން ބާވައެވެ. އެ އުޅޭ އުޅުން ދޫކޮށްލާނީ ކޮން ދުވަހަކުން ބާވައެވެ. މަގުމަތީގައި ހިނގާލިޔަސް އިވެނީ އޭނާގެ ދަރިފުޅުގެ ނުބައި ވާހަކައެވެ. ފިހާރައަކަށް ވަނިއަސް އިވެނީ ހަމަ އެ އަޑެވެ. ”ދަރިފުޅާ ލޫޝާން.. މަންމަ ބުނެފީމެއްނު ނުދާށޭ.. ރަނގަޅު ބަޔަކާއި އެއްކޮށެއް ނޫނޭ ތިދަނީ.. ދަރިފުޅުވެސް މިހާރު ތިހުރީ އެމީހުންނާއި ޖެހިގެން ހަލާކުވެފައި.. ރަނގަޅު އެކުވެރިން ހޯދަބަަލަ ދަރިފުޅާ.. ދަރިފުޅަށް ރަނގަޅަކަށޭ މިބުނަނި ނުދާށޭ.. ތި ބުނާ އިޔާން އަކީ މިރަށުގައި އުޅޭ އެންމެ ނުބައި އެކަކު.. ދާނި ކަމެއް ނެތް..” ރުހުޒީ އެތަށް ފަހަރަކު ކިޔަމުން އެ ދަނީ އޭނާގެ ދަރިފުޅުގެ ގާތުގައި އެ ދަތުރެއް ނުދިޔުމަށެވެ. ނަމަވެސް ލޫޝަން އަޑު އަހާނެ ހެއްޔެވެ؟ އެމީހުންގެ ސިކުނޑިވަނީ ޝައިޠާނާގެ ނުބައި ވަސްވާސްތަކުން ފުރާލާފައެވެ. ”މަ ބޭނުން ތަނަކަށް މަ ދާނި.. މަންމައަކަށް ނުބެހެވޭނެ.. މަށަށް ލިބޭނެ އެންމެ ރަނގަޅު އެކުވެރިން މަށަށް އެހުރީ ލިބިފައި.. އެއަށްވުރެ ރަނގަޅު އެކުވެރިންނެއް ދެން ނުލިބޭނެ މަށަކަށް.. މަގޭ އެކުވެރިންނާއި ދިމާއަށް ފާޑުފާޑުގެ އެއްޗެހި ނުކިޔާތި މީގެފަހުން..” ލޫޝަން އޭނާގެ މަންމައާއި ދިމާއަށް ބަލައިވެސް ނުލައެވެ. ހިތަށްއާހައި އެއްޗެއް މަންމައާއި ދިމާއަށް ކިޔަމުން ދިޔައިރު ހިތަށް ހަމަ އެކައްޗެއްވެސް ނާރަނީ ބާވައެވެ. އެހަށިގަނޑު ތެރޭގައި ހިތޭ މިކިޔާ އެއްޗެއްވެސް ނޯންނަނީ ހެއްޔެވެ؟ ”ތީ ކުރީގެ ލޫޝާން އެއް ނޫން.. ތީ ކުރީގައި ނަމާދު ކޮށް ޤުރްޢާން ކިޔަވައި މީހުންނަށް ހެޔޮކޮށްހިތި ލޫޝާން އެއް ނޫން.. ދަރިފުޅާ ކީއްވެ ތިހެން ތި އުޅެނީ.. މާތްﷲ އަށްޓަކައި ކުޑަކޮށްވެސް ހިތުގައި ބިރުވެރިކަމެއް ނެތީތަ.. މުޅި ދުވަސް އެއްކޮށް ތި ދުއްވާލަނި ރައްޓެހިންނާއެކީ… ތިހެން އުޅެން ހެޔޮވާނެތަ؟ ތިހެން އުޅެންތަ މަންމަ ދަރިފުޅަށް ދަސްކޮށްދިނީ.. ބައްޕައަކާއި ނުލައި ދަރިފުޅު ބަލާ ބޮޑު ކުރީ ކިހާ ލޯބިން.. ބައްޕަގެ ލޯބި އުނިވިއަކަ ނުދެން.. މަންމަމެން އެހާ ތަނަވަސް ނޫނަސް ދަރިފުޅު ބޭނުންވާ އެއްޗެހި ދަރިފުޅަށް ގަނެދިނިން.. އެވަރުން ވެސް ދަރިފުޅު މަންމައަތުން ވަގަށް ރުފިޔާ ނަގަނީ.. މަންމައަށް އިނގޭ އެކަން.. ކިތަންމެ ސިއްރުން ކަމެއް ކުރިނަމަވެސް ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހެއްވާކަން ގަބޫލުކޮށްބަލަ.. އޭގެ ބަދަލު ދޭންވީ ގޮތަކީ ތީތަ ދަރިފުޅާ.. މަންމައަތުގައި އެވަރަށް ރުފިޔާ ނެތީމައޭ ރުފިޔާ ނުދެނީ.. އެކަމަކު ބޭކާރު ގޮތުގައި ދަރިފުޅު މަންމައަށް ނޭނގޭ ގޮތަށް ވަގަށް ރުފިޔާ ނަގައިގެން ހޭދަކުރީ.. އިނގޭތަ؟ މަންމަ ކިތައް މީހުންނަށް ދަރަނިވެފައި ވާކަން.. ތިދަރިފުޅަށްޓަކައި.. ހަމައެކަނި ހުރި ދަރިފުޅަށްޓަކައި އަހަރެން މީހުން އަތުން ރުފިޔާ ނެގީ.. ތިދަރިފުޅުގެ އެދުންތައް ފުއްދައިދޭން.. އެކަމަކު… އެކަަމަކު ދަރިފުޅެއް އެކަމެއް ނުދަނޭ.. މަންމަ ދައްކާ ވާހަކައަށް ކޮންމެފަހަރަކުވެސް ދެނީ ބީރު ކަންފަތެއް.. މަންމަ ދަރިފުޅަށްޓަކައި ނުކުރަނީ ކޮން ކަމެއް.. ތީތަ މައިންބަފައިންނާއި މެދު އަމަލު ކުރަން ޖެހޭ ގޮތަކީ… ދަރިފުޅާ.. އަދިވެސް ވަގުތު އެބައޮތް.. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ.. ވެގުތު ބޭކާރު ކޮށްނުލާ.. ވަގުތަކީ އަބަދު ލިބޭނެ އެއްޗެއް ނޫން.. އިސްލާހުވޭ ދަރިފުޅާ.. ހެޔޮ މަގަށް އެބުރިއާދޭ ދަރިފުޅާ.. މަންމައަށްޓަކައި.. ދަރިފުޅު ނުހަނު ލޯބިވި ބައްޕައަށްޓަކައި.. ހެޔޮނުވާނެ ދަރިފުޅާ..” ރުހުޒީއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެމައިމީހާގެ ހިތަށް ހާދަ އަސަރެއްކުރާނެއެވެ. ނުހަނު ގިނަ ހުވަފެންތަކެއް އެދަރިފުޅަށްޓަކައި ދެކުނު ރުހުޒީގެ ހިތް އެވަނީ ހަލާކުވެފައެވެ. ކުދިކުދިވެފައިއެވެ. ހުރި އެންމެ ދަރިއެއްގެ ސަބަބުންނެވެ. ކުރީގައިވެސް ކަންތައްކުރާ ގޮތަށް ލޫޝާން ދިޔައީ ރުހުޒީ ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއްދީފައެވެ. ބަލާވެސް ނުލައެވެ. އެމައިމީހާ ރޮއިރޮއި އިންދައެވެ. އާދޭސްކޮށްކޮށް އޮއްވައެވެ. ”ކޮބާތަ ލޫޝާން؟ ގުޅާ ގުޅާ ފޯނުވެސް ނުނަގައި.. އޭނާގެ އިންތިޒާރުގައި ކޮންއިރެއް މިހާރު މިތާ އިންނަތާ..” އާއިޒް ޝަކުވާކޮށްލިއެވެ. […]
”އޭ.. ދީބަލަ ސިނގިރޭޓެއް..” ޔުނިކް ފުޑްގެ ހިތްގައިމު މާހައުލުގައި އިޔާން އިށީންދެލައިގެން އިނީ އޭނާގެ ރައްޓެހިންނާއެކު ކޮފީއެއް ބޯލައިށެވެ. ”އަން.. މިއޮތީ..” ޝިބާން އޭނާގެ އަތުގައި އޮތް ސިނގިރެޓް ފޮށިން ސިނގިރޭޓެއް އިޔާން އަށް ދިއްކޮށްލިއެވެ. ”އޭ.. ދާން ހިނގާ.. މިހާރު ކޮފީ ބޮއެ ވެސް ނިމުނީނު… ލޫޝާން.. ކައެ ރުފިޔާ ދައްކާ.. މަ އަތަކު ނެތް އެކައްޗެއްވެސް..” އިޔާން ފޯނަށް ނަޒަރު ހުއްޓައިލައިގެން އިނދެ ބުނެލިއެވެ. ”ކައެ އަތުގަ ދުވަހަކުވެސް ރުފިޔާ ހުރޭތަ؟ ނިކަން ކައެ މަންމަ އަތުން އަތުލަބަލަ.. މަވެސް މަންމަ އަތުން ވަގަށް ރުފިޔާ ނަގަނި… އޭނާ ނުދޭނެ ދޭން ބުނެފިއްޔަކާ.. ވަރަށް ފޮނި ވާނެ.. މަ ވަރަށް ފޫހިވެސް ވޭ އޭނާ ދެކެ.. ރުފިޔާ އެއް ދޭށޭ ބުނާއިރަށް ފަތިވަރު ދަމަން ފަށާނެ.. ހުވާ.. ރުޅިގަނޑު ހިފަހައްޓާލެވެނި ހަމަ ކިރިޔާ..” ލޫޝާން އަނގައަށް ޖައްސަމުން ދިޔަ ވައްތަރުގެ ސަބަބުން އިޔާން އާއި ޝިބާން އިނީ ހީހީ ބަނޑަށް ތަދުވެފައެވެ. ”ކައެ ވެސް ތހާ ވަރަށް ފަތިވަރު ނުދަމަ އަންނަން ވީ ދާން..” އިޔާން ގޮނޑިން ތެދުވެލައިފައި މޯޅިއަކަށް ދެމިލިއެވެ. ލާފައިވާ ޖިންސު ހުރީ އުނަގަނޑުން ވެއްޓޭ ނުވެއްޓޭ ހިސާބުގައިއެވެ. އަދި ލައިފައިވަނީ ގަޔަށް ދޫ ކަޅުކުލައިގެ ބޮޑު ޓީޝާޓެެކެވެ. އިސްތަށީގަނޑެކޭ ބޮޑު ނޫޑުލީސް ގަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. ކަރުގައި ބޮޑެތި ޗޭނުފަށްތަށް އޮޅާލައިފައިވާ އިރު އަތުގެ އިނގިލިތަށް ވެސް ވަނީ ރިހި ކުލައިގެ އަނގޮޓިތަކުން ފުރައިލައިފައެވެ. ދުވަހަކު ފެން ވެރި ހެން ވެސް ހީނުވެއެވެ. ލޫޝާން އަދި ޝިބާން ވެސް ހުރީ ހަމަ އެގޮތަށެވެ. އެ ތިން މީހުން ވެސް ވައްތަރީ ޕާޓޭންނާއިއެވެ. ޔުނިކް ފުޑްގެ ދޮރުމަތީގައި ހުރި ތިން ސައިކަލަށް އަރައި ތިން މީހުންވެސް ދުއްވާލިއެވެ. ބާރު ސްޕީޑްގައި ތިން މީހުންވެސް ގޮސް މަގުގެ ކޮޅަށް އޮބައިލީ ސިކުންތެއްގެ ތެރޭގައިއެވެ. ”ކޮންތާކުން ތިއައީ އިޔާން.. އެއޮށް މިހާރު މެންދަމު ދޭއް ޖަހަނީ.. ކޮން އިރެއް މިހާރު މަންމަ އިޔާންގެ އިންތިޒާރުގައި އިންނަތާ..” ރޯޝީންއަށް އިޔާން ފެނުމާއިއެކު އޭނާ އިށީންދެލައިގެން އިން ގޮނދިން ތެދުވެ ގޮސް އިޔާންގެ ކުރިމައްޗަށް ހުއްޓިލިއެވެ. ”ކަލެއަށް ކީއް މަ ކޮންމެތާކު އުޅުނަސް.. ކަލޭ އާއި ބެހޭ ކަމެއް ނުން އެއީ.. އަދި.. ކާކު ބުނެގެން މަގޭ އިންތިޒާރުގަ އިނީ.. ހަމަގައިމުވެސް މަނުބުނަން ކަލޭ ކައިރިޔަކު މަ އަންނަންދެން މިތާ އިންނާކަށް ވަގުތުތަށް ގުނާކަށް..” އިޔާން ދިޔައީ އޭނާގެ މަންމައާއި ދިމާއަށް ހަޅޭއްލަވަމުންނެވެ. އުފަން މަންމަކަން ވެސް ހަނދާން ނައްތާލާފައިވާ ކަހަލައެވެ. ”އިޔާން! ތީތަ މައިންބަފައިންނާ މުހާތަބު ކުރަން ޖެހޭ ގޮތަކީ؟.. ތީތަ އަހަރެމެން އިޔާން ތަރުބިއްޔަތު ކުރި ގޮތަކީ؟.. ތިހެން ވާހަކަ ދައްކަންތަ އަހަރެމެން އިޔާން އަށް ދަސްކޮށްދިނީ؟ ނޫނީ ސްކޫލުންތަ އިޔާން އަށް ތިހެން އުޅެން ދަސްކޮށްދިނީ؟ ބަލާބަލަ ހުރި ވައްތަރު.. ދުވަހަކު ފެން ވެރި ވައްތަރު ނުޖަހާ.. ބުނެބަލަ އެންމެ ފަހުން ބޯކޮށި ދުވަހެއް؟ އެންމެ ފަހުން ނަމާދެއް ކުރި ދުވަހެއް؟ ދުވާލުދާ ހަތަރުދަމު ރައްޓެހިންނާއިއެކު މުޅި ރަށް ކުޑަ ކުރުމުގަ.. އުފަލާއި މަޖަލުގަ.. ތީތަ އުޅެން ޖެހޭ ގޮތަކީ؟ ތީތަ މުސްލިމުން އުޅެން ވީ ގޮތަކީ؟ ދަރިފުޅާ އިޔާން ވަގުތު ފާއިތުވުމުގެ ކުރިން ތި އުޅުން ދޫކޮށްލާ.. ވަގުތެއް އަހަރެމެން ފަހަތަކުން ނުދުވާނެ.. އަހަރެމެން ޖެހޭނީ ވަގުތުގެ ފަހަތުން ދުވަން.. އިސްލާހުވޭ ދަރިފުޅާ.. ތި އުޅުން ދޫކޮށްލާ ދަރިފުޅާ..” ނައީމު ދިޔައީ އިޔާން އަށް ވިސްނައިދިނުމުގެ ގޮތުން ވާހަކަދައްކަމުންނެވެ. އެއަޑުގައި ހަރުކަށި ކަމެއްވެސް ހުއްޓެވެ. އަދި މަޑު ތުރުތުރެއްވެސް ހުއްޓެވެ. ހަމައެކަނި ހުރި ދަރި ނުބައިކޮށް އުޅެން ދޫކޮށްލާނީ ކާކު ހެއްޔެވެ؟ ނަމަވެސް އިޔާން އަށް ކަހައިރުވަކު ދަނބެކޭވެސް ހީނުވެއެވެ. އެކީ އެއްވެސް އެއްޗެއް އޭނާ އަޑު އެހި ހެންނެއް ހިޔެއް ނުވެއެެވެ. ”ކަލޭމެންނަކަށް ނުޖެހޭ މަ އުޅޭ ގޮތް ބަލާކަށް.. މަ އުޅެން ވީ ގޮތް އިނގޭނީ މަށަށް.. ކަލޭމެންނަކަށް ނޫން.. މަ އަމިއްލަ ކަންތަކަށް އަނގަ ނުބާނާތި.. މަށަށް މިހެން އުޅެން ދަސް ކޮށްދިނީ ތިހިރި ފެންނަ އަންހެނާ..” އިޔާން އަށް އެހެން ބުނެވުމާއިއެކު އޭނާގެ ކޯތާފަތަށް ހޫނު އެތިފަހަރެއް އެރިއެވެ. ވީ ތަދުން އޭނާއަށް ކޮލުގައި އަތް އަޅައިލެވުނެއެވެ. އަދި އެތަނުގައި ނުހުންނަން ވެގެން ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން ބާރަށް ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެ ބާރަށް ދޮރުޖަހައިފައި ތަޅުލިއެވެ. އިޔާން ދިޔަތަން ބަލަން ނައީމު އަށާއި ރޯޝީންއަށް ހުރެވުނީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. ”ނައީމު.. އަހަންނަށް މަޢާފު ކުރޭ.. އަހަރެންގެ ސަބަބުން ހުރި ހަމައެކަނި ދަރިފުޅު ހަލާކު ވީ.. އަހަރެންގެ ސަބަބުން… އަހަރެންނަށް މަޢާފު ކުރޭ…” ރޯޝީންއަށް ބާރަށް ރޮއި ގަނެވުނެވެ. އަދި ނައީމްގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ”ރޯޝީން.. އަހަރެން ރޯޝީން އަށް މަޢާފުކުރިތާ ކޮން ދުވަހެއް.. ރޯޝީން މިހާރު އޭރު އުޅުނި ގޮތް ދޫކޮށްލާފީމެއްނު.. ވަގުތު ފާއިތުވުމުގެ ކުރިން ތައުބާ ވެއްޖައީމެއްނު.. އަަހަރެމެންނަށް ދެން ޖެހޭނީ ހުރި ހަމައެކަނި ދަރިފުޅަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރަން.. އެނޫން ގޮތެއް ނެތް އަހަރެމެންނަކަށް.. ދުޢާ އަކީ މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރު.. އެކަލާނގެ އަހަރެމެން ކުރާ ދުޢާ ކޮންމެވެސް ދުވަހަކުން އިޖާބަ ކުރައްވާނެ.. އަހަރެމެން ވީ ހުއްޓާނުލާ ދުޢާކުރަން.. ރޯޝީން އަށް އެނގޭތަ އަހަރެންވެސް ހާދަ ދުޢާއެއް ކުރީމޭ ރޯޝީން އަށް ހެޔޮ ވިސްނޭތޯ.. އެންމެ ފަހުން މާތްﷲ އަހަރެންގެ ދުޢާ އިޖާބަ ކުރެއްވީ.. އަލްހަމްދުލިއްލާހް.. އަހަރެމެންގެ ދަރިފުޅަށް ވެސް އަދި ހެޔޮ ވިސްނޭނެ.. އަހަރެމެން ގާތުން މައާފަށްވެސް އެދޭނެ.. ކުރެވުނު ކުށަށް ތައުބާވެސް ވާނެ.. އިންޝާﷲ..” ނައީމު އޭނާގެ ލޮލުން ވެއްޓެން އައި ކަރުނަ ބޮޑުވާ އިނގިލިން ފޮހެލިއެވެ. އަދި ރޯޝީންގެ ކޯތާފަތުގައި ރޮގަކަށް ދެމިގެން އައިސްފައި ހުރި ކަރުނަތަށް ވެސް ފޮހެލަދިނެވެ. ”ދެން ހިނގާ ނިދަން ދާން.. އަހަރެންނަށްވެސް ހޭލެވުނި އިޔާން ބާރަށް ވާހަކަ ދެއްކި އަޑަށް..” ދެން ވެސް ވާހަކަ ދެއްކީ ނައީމުއެވެ. **** އިމާރާތްތަކުގެ ދޭތެރެ ދޭތެރެރިން ފޫއަޅުވައިލައިފައި އިރުގެ ރަން ދޯދިތަށް އައީ ހާލާއި ކޮވެލީގެ ރީތި މިޔުޒިކީ ރާގު އަޑު އަހަމުންނެވެ. ހެނދުނުގެ ހިތްގައިމު ވަގުތުގައި ދޫނިސޫފާއި ސޫފީގެ އަޑު ފިޔަވައި އިތުރު އަޑެއްނީވެއެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއްހާ ހިސާބުވެސް ނެތެވެ. މަންޒަރުފެންނަ މީހެއްގެ ހިތްތަށް ކަތިލާހާވެއެވެ. އެހައިވެސް ފުރިހަމައެވެ. ހިތްގައިމެވެ. ގުދުރަތީ ރީތި މަންޒަރެކެވެ. އެ ހިތްގައިމު ވަގުތުން އުފާ ހޯދުމުގެ ބަދަލުގައި ރޯޝީން އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތިއެވެ. ”މިހާރުވެސް ބަނޑު ފުރިއްޖެ..” ނައީމުގެ ނޭފަތުގައި ކާއެއްޗެހީގެ މީރުވަސް ޖެހުމާއިއެކު ބޭއިޚްތިޔާރުގައި ބުނެވުނެވެ. ”އެހެންތަ؟ އެހެންނާ މޭޒުމަތިން ކާއެއްޗެހި ނަގަން ވީ ދޯ؟” ރޯޝީން އޭނާގެ މޫނުމަތީގައި ހުރި ދާތިކިތަށް ފޮހެލިއެވެ. ”ނޫނޭ.. އެހެން ނުހަދައްޗޭ..” ނައީމު އައިސް ގޮނޑިއެއް ދަމާލައިފައި އިށީންދެލިއެވެ. އަދި ރޯޝީން ގާތު އިޔާން އަށް ގޮވަންދާށޭބުނެލިއެވެ. ”ދަރިފުޅާ އިޔާން.. އާދޭ ސައިބޯން.. މަންމަ މިއަދު ހުންނާނި ދަރިފުޅާށް އެންމެ މީރު އެއްޗެހި ހަދާފަ.. ދެން ތެދުވެގެން އާދެބަލަ.. ބައްޕަވެސް އެބައިން…. އަވަސް ކުރޭ…ތެދުވޭ..” ރޯޝީން އިޔާންއަށް ގޮވަމުން ދިޔައީ ނުހަނު ލޯބިންނެވެ. ރޭގައި އިޔާން އޭނާއާއި ވާހަކަ ދެއްކި ގޮތް ހަނދާންވެސް ނެތްކަހަލައެވެ. ”ބޮޑު ކަމެއްނު.. މީހަކަށް ނިދާލެވޭކަށް ވެސް ނެތެއްނު ކަލޭގެ ކަންތަކާއި ހެދި… އަދި މާ ލޯބިވާ މީހަކަށް ހެދިގެން އެބަ އުޅެއެއްނު.. ދަރިފުޅާއޭ ކިޔާފަ މަށަށް ނުގޮވާތި.. މަމީ ކަލޭ ދަރިއެއް ނޫން.. މަ ނޫޅެން ކަލޭ ކައްކާފަ ހުންނަ އެއްޗެހި ނުކެވިގެންނެއް.. މަ ކުރިމަތިން ދާން އުޅޭ… މިހާރު މިކޮޓަރިންވެސް ނިކުމޭ..” އިޔާން ދިޔައީ އޭނާގެ އުފަން މަންމަ އާއި ދިމާއަށް ހިތުހުރިހާ އެއްޗެއް ގޮވަމުންނެވެ. ”ދަރިފުޅާ.. މަންމައަށް މަޢާފުކުރޭ.. މަންމައަށް އޭރު އުޅެވުނި ގޮތުން މިހާރު ދެރަވެސް ވޭ.. އިނގޭ މަންމަ އާއި ހެދިކަން ދަރިފުޅު ހަލާކު ވީ.. މަންމައަށް މަޢާފު ކުރޭ.. މަންމަދެން ދުވަހަކުވެސް އެގޮތަކަށް ނޫޅޭނަން..” ރޯޝީން ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. ދަރިއަކު މައިމީހާއާއި ދިމާއަށް ހިތުހުރިހާ އެއްޗެއް ގޮވާއިރު ކެތް ވާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އެ މައިމީހާގެ ލަގޮނޑި އަށް ކެތްވާނެ ހެއްޔެވެ؟ ”ކޮންމެހެން މަށަށް ދައްކަން ތި ކަރުނަ އެތި ބާލާނެ ކަމެއް ނެތް.. މަ ހިތަށް ނާރާނެ އެކައްޗެކޭވެސް… ދުވަހަކުވެސް އަހަރެންގެ މައާފެއް ކަލޭ އަކަށް ނުލިބޭނެ.. ހިތަށްވެސް ނާރުވާތި ލިބޭނޭ.. މިތަނުން ނިކުންނާށޭ..” އިޔާން އަދިވެސް ހުއްޓާކަށް ނޫޅެއެވެ. ރޯޝީން ކޮތަރިން ނިކުންނަން ނޫޅުމުން އެންމެފަހުން އިޔާން ގޮސް ރޯޝީން އެކޮޓަރިން ނެރުނެވެ. ކޮށްޕަމުންނެވެ. ރޯޝީން ރޮއިރޮއި އޮއްވައެވެ. ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. އިޔާންގެ ބާރު އަޑަށް ކޮޓަރި ދޮރުމައްޗަށް ގޮސް ހުއްޓުނު ނައީމު އަށް ސިހުން ލިބުނީ އޭނާގެ ކުރިމައްޗަށް އިޔާން ރޯޝީން ވައްޓާލީމައެވެ. މައިމީހާއަށް އެހެން ހަދަން ހެޔޮވާނެ ހެއްޔެވެ؟ ރޯޝީން ތަޅުންގަނޑު މައްޗަށް ވައްޓާލާފައި އިޔާން އޭނާގެ ކޮޓާރީގައި ދޮރު ޖަހައިފައި ތަޅުލިއެވެ. ނައީމުއަށް ހުރީ ބުނާޏެ އެއްޗެއް ނޭނގިފައިއެވެ. އިޔާން އެހާ ރަހުމު ކުޑަވާނެ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އޭނާގެ ލޮލަށް އެފެނުނީ ހަގީގަތެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ނުބައިކަމެވެ. ނައީމު އަވަހަށް ރޯޝީން ނަގައި އެތަނުން ދާން ހިނގައިގަނެވެ. ”އިޔައްޓޭ.. އަދިވެސް ނުހޭލެވޭތަ؟ ހޭލަބަލަ މިއުޅެނީ ދަތުރު ދާން.. ދާނަންތަ؟ ވަރަށް މަޖާވާނެ.. ދާނަން ދޯ؟” ޝިބާން ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފޯރީގައިއެވެ. […]
ކައިރީގައި ހުރި އައިޒަން ހުރީ ހިނިތުންވެލައިގެން އިހްސާންއާއި ދިމާއަށްބަލާށެވެ. އައިޒަން ބޮލުން ކޮށްލި އިޝާރާތާއިއެކު ތިން ޕޮލިހުން ގޮސް އިހްސާން އާއި ހަނާން އާއި ޝާނާގެ އަތުގައި ބިޑި އަޅުވައިލިއެވެ. ތިން މީހުންވެސް މާ ގަދަ ހަދާކަށް ނޫޅެއެވެ. ”އަދި އެބޮތް ދޯ ނޭނގޭ ކަމެއް؟” އައިޒަން މާނަ ފުން ގޮތަކަށް ބުނެލިއެވެ. ”ހައިޝަމް ކަލޭއާއި އެކު މަސައްކަތް ކުރަން ފެށީ މަ ބުނެގެން…. ސަބަބަކީ ހައިޝަމްއަކީ ސީކްރެޓް އިންވެސްޓިގޭޓާރ އަކަށްވީމަ..މަ އެކްސިޑެންޓު ވީ ވެސް ހައިޝަމްއަށް އެވާހަަކަ އެއްކޮށް ކިޔާދީފައި އޮއްވަ.. ހުރިހާ އެއްޗެއް ކިޔާދީ ނިމުނު ފަހުން.. މަ މިހުރިހާ ދުވަހު ކުރަމުން އައި މަސައްކަތް ކާމިޔާބު ވެއްޖެ..” އައިޒަން ދިޔައީ ހުރިހާ ހަގީގަތެއް ހާމަކުރަމުންނެވެ. އޭނާއަށް މިއަދު ނިފްޝާއަށް އިންސާފު ހޯދާދެވުމުން ހުރީ އެހައިމެ އުފާވެސް ވެފައިއެވެ. ”މަށަށް ހީވިއޭ ހައިޝަމް ކަލޭ މަފަހަތުން އުޅުނީ ކޮންމެވެސް ބޭނުމެއްގައޭ…” އިހްސާން ތެޅިފޮޅެން ފެށިއެވެ. ހީވީ މޮޔަވެފައި ހުރިމީހެއްހެންނެވެ. ”ހެހެހެެހެ.. ދެން ކިތަންމެ ވަރަކަށް ތިހެން ކިޔަސް ސަލާމަތެއް ނުވެވޭނެ..” ހައިޝަމް ހެމުން ބުނެލީ އިހްސާން ރުޅި އަރުވާލުމުގެ ބޭނުމުގައެއްނޫނެވެ. ނަމަވެސް އިހްސާން އައީ އަމަށަކު ރުޅިއެއްނޫނެވެ. ”އާދޭ ދާން” އައިޒަން އެހެން ބުނުމާއިއެކު އެންމެން އެތަނުން ނިކުންނަން ހިނގައިގަތެވެ. އިހްސާން ދިޔައީ ސަލާމަތްވާން އެކި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާއަށް ސަލާމަތްވެވޭނެ ހެއްޔެވެ؟ ތިން މީހުންނާއިއެކު އެތާ ތިބި ހުރިހާ ފުލުހުން ގޮސް އެމީހުންގެ ޖިޕަށް އެރިއެވެ. ނަމަވެސް އައިޒަން އާއި ހައިޝަމް ދިޔައީ އައިޒަންގެ ސައިކަލުގައިއެވެ. ދެ މީހުންގޮސް އެރީ ކޮފިއަކަށެވެ. ”ހައިޝަމް ވަރަށް ބޮޑަށް ތޭންކްސް.. ހައިޝަމްގެ އެހީއާއި ނުލައި މަށަށް މިކަން ނުވެސް ވާނެ… ތޭންކްސް އަ ލޮޓް…” އައިޒަން ދިޔައީ ހައިޝަމް ކޮށްދިން ކަންތަކަށް ފަށްފަށުން ޝުކުރުއަދާކުރަމުންނެވެ. ހައިޝަމް ވެސް އެއީ އެއްވެސް ކަމެއް ނޫނޭ ކިޔާފައި ކޮފީ ބުއިމާގެން ކުރިއަށް ދިޔައެވެ. ”އައިޒަން.. ދެން އަވަހަށް އިންނަންވީނުން.. މިހާރު ކުށްވެރިންވެސް ހޯދުނީނުން.. ގެއްލިދާނެ ލަސް ކުރަން ހަދައިގެން..” ހައިޝަމް ކޮފީން އެތިކޮޅެއް ބޯލިއެވެ. އައިޒަން ފެށީ ހޭށެވެ. ވަކި އެއްޗެކޭ ނުބުނެއެވެ. ދެމީހުން އެގޮތުގައި ތިބެ ކޮފީ ބޮއި ނިންމާފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. ހައިޝަމްވެސް ދިޔައީ އައިޒަން އާއިއެކު އައިޒަންމެންގެ ގެއަށެވެ. ”މަންމާ.. ބައްޕާ.. އާދެބަލަ.. ވާހަކައެއް ބުނަން..” އައިޒަން ގެއަށް ވަނެފައި ގޮވަން ފެށީ އޭނާގެ މަންމަ އާއި ބައްޕައަށެވެ. ހީވާގޮތުން މިއަދު ވީ ކަންތަކުގެ ވާހަކަ ބުނަން އުޅެނީ ކަންނޭގެއެވެ. ”ކިހިނެއްވީތަ ދަރިފުޅާ… ތަނެއްގަ ރޯވީތަ؟ ކިހިނެއްވެފަ ތިހުރީ ތުންފަތަށް؟ މުޅިގައިގައި ކިލާއެއްނު ތިހުރީ.. ކޮންތާކު އުޅެފައި ތިއައީ؟” އުސްވާ އެއްފަށްޗަކަށް ހުރިހާ ސުވާލެއް އަމުނާލިއެވެ. ދެވަނަ ފަހަރަށް އައިޒަންއަށް ކަމެއް ވާކަށް އުސްވާ ނޭދެއެވެ. ”ތެދެއް ދަރިފުޅާ.. ކިހިނެއް ވީތަ؟” ހުޒާމުވެސް ހާސްވެފައި ހުރިވަރުން ސުވާލުކުރިއެވެ. ”އަޅުގަނޑު މިއައީ ނިފްޝާއަށް އެހެން ހެދި މީހުން އަތުލައިގަނެފައި.. އަދި އަޅުގަނޑަށް އެހެން ހެދި މީހުންވެސް..” އައިޒަން ވާހަކަ ދައްކަން ފެށިއެވެ. ”ހައިޝަމް އެއީ ތެދެއްތަ؟ އަލްހަމްދުލިއްލާހް..” ހުޒާމްވެފައި ހުރި އުފަލާއިއެކު ގަބޫލުނުކުރެވިފައި އިނދެ ބުނެލިއެވެ. ”އާން ބޭބޭ.. އެކަން ވެއްޖެ.. ދެން އޮތީ އައިޒަންގެ ކައިވެނި އެއްނު…” ހައިޝަމް އައިޒަންއާއި ދިމާއަށް އެއްލޯ މަރައިލައިފައި ބުނެލިއެވެ. އެވަގުތު އައިޒަން ޖަހާލީ އިސް ދަށަށެވެ. ”އާން ދެން އޮތި ތި ކަމެއްނު.. ދޯ ދަރިފުޅާ.. އަވަހަށް އިނާޝާ އަށް އަންގަންވީ.. އެކަމަކު ކިހިނެއް ދަރިފުޅުމެން އިހްސާންމެން.. އުސްވާވެސް ހުރީ ވަރަށް އުފާވެފައިއެވެ. އައިޒަން އެމީހުން ކުރި ކަންތަކުގެ ވާހަކަ ދިޔައީ އަލިފުން ޔާއަށް ކިޔައިދެމުންނެވެ. ހުރިހާ ވާހަކައެއް ކިޔާއިދީ ނިމުމާއިއެކު އުސްވާ ދެން އަވަސްވެގަނީ އިނާޝާއަށް އެހަބަރުދޭށެވެ. އިނާޝާއަށް ވެސް ވީ އުސްވާއަށް ވީވަރެވެ. އައިޒަން އަދި ހައިޝަމް އެވާހަކަ ސިމާލުއަށް ކިޔާދިނުމުން އޭނާ ކުރީ ޝަކުވާއެވެ. ސިމާލު ކައިރީ ބުނެނުލައި ހުރިހާ ކަމެއް ކުރީމައެވެ. އެންމެންވެސް ދެން އަވަސް ވެގަނީ އައިޒަންއާއި ނިފްޝާގެ ކައިވެންޏަށެވެ. ** އެއް ހަފްތާ ފަސް** ކަޅު ކުލައިގެ ފަޓުލޫނަކާއިއެކު ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ކޯޓެއް ލައިގެން ހުރި އައިޒަން އެހާވެސް ފުރިހަމައެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު ތުނި ކޮށް ފަޅާފައިވި ތުނބުޅިން އައިޒަންގެ ފިރިހެންވަންތަ ކަމާއެކު އަދި އެ ފުރިހަމަކަންވެސް އިތުރު ކޮށްދެެއެވެ. ބަަލައިލަން ކިތަންމެހާވެސް ރީއްޗެވެ. ”އައިޒަނޫ…. މިރޭ ހާދަހާވާ ރީއްޗޭ… ޔަގީން ނިފްޝާގެ ކަޅި އެހެން ފަރާތަކަށް އަބުރާވެސް ނުލައިނެކަން..” އައިޒަން ސިއްސައިގެން ދިޔައީ ސިމާލު އާއި ހައިޝަމް އައިސް ވާހަކަދައްކަން ފެށުމުނެވެ. ”ހޫން.. ދެން ހެވޭ..” އައިޒަން ރަކިވެފައި އިނދެ ބުނެލިއެވެ. ”ހައިޝަމް.. މަށަކަށް ހިޔެއްނުވެ ދެން މިސޮރު ފެންނާނެ ހެން ވެސް… ޕޮލިހަކަށް ވީމަ ވެސް ހީވި އެހެން ކަމެއްހެން ވިޔަ.. ދެން ހުންނާނި އަބަދުވެސް ބިޒީވެފަ…” މިފަހަރުވެސް ވާހަކަދައްކަން ފެށީ ސިމާލުއެވެ. އައިޒަން އާއި ދިމާއަށް އެކި ވައްތަރު ޖައްސަމުންނެވެ. އަދި މީހުން ލަދު […]
”މަންމާ ކޮބާތަ ހައިޝަމް މިހާރު… ރަށަށް ގޮސް ނުވެސް ގުޅާލަ ގުޅާނަމޭ ކިޔައިފަ…” ސިމާލު އަހައިލިއެވެ. ”މަންމަ އަޑު އެހިން އެނެއް ދުވަހު އިހްސާން އާއިއެކު ރިސޯޓަކަށް ދިޔަ ވާހަކަ..” ލުބުނާ ބުނެލިއެވެ. އެހެން ހެއްޔޭ ކިޔައިފައި ސިމާލު ފޯނު ބޭއްވީ އޭނާ މިގަޑީގައި ބިޒީވީމައެވެ. އަދި މާދަން ފުރަން ރެޑީވަން ކަމުގައި ބުނެލިއެވެ. ސިމާލުވެސް އައިޒަންއަށް އަވަސް ޝިފާއެއް ދެއްވާ ތޯ ދުޢާ ކުރިއެވެ. ***** ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ފުރުސަތު ދެމުން ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. ފަތިހުގެ އެ ތެތްފިނި ވަގުތުގައި ކޮނޑުގައި ދަބަހެއް އަޅުވައިލައިގެން އަތިރީގައި ފިރިހެންވަންތަ ހިނގުމެއްގައި ހިނގަމުންއައި ސިމާލުގެ މޫނުމަތިން ފެންނަމުން ދަނީ ތާޒާކަމެވެ. އަތިރި އާއި މާދުރުނޫން ހިސާބެއްގައި ހޮސްޕިޓަލު ހުރުމުގެ ސަބަބަުން އޭނާ މިސްރާބު ޖެހީ ގެއަށް ނުގޮސް ހޮސްޕިޓަލަށް ދިޔުމަށެވެ. ބާރު ބާރަށް ހިނގާފައި ގޮސް ހޮސްޕިޓަލަށް ވަން ސިމާލު ދެން މިސްރާބު ޖެހީ ވޯޑާ ދިމާއަށް ދިޔުމަށެވެ. އެނދުގައި އިށީނދެއިން އައިޒަން ފެނިފައި ސިމާލުގެ ލޮލުން ވަގުތުން ކަރުނަ އައެވެ. އޭނާގެ ރަހްމަތްތެރިޔާގެ ހާލު ފެނިފައިއެވެ. ބަލަން ނުހުރެ ދުވެފައި ގޮސް އައިޒަންގެ ގައިގައި ބައްދާލިއެވެ. ”ކާކުތީ؟ ކާކުހޭ ތީ؟ އަހަރެންގައިން ދޫކޮށްލާ…” އައިޒަން ދިޔައީ ހެޅޭލަވަމުންނެވެ. ގޮތް ނޭނގޭ މީހަކު އައިސް ބައްދާލުމުން ވާނީ އެހެންނެއް ނޫން ހެއްޔެވެ؟ ”އައިޒަން މީ ސިމާލުއޭ… އައިޒަންގެ އެކުވެރި… އެއް ކުލާހެއްގަ ކިޔަވަމުން އައި ސިމާލު އޭ މީ… އައިޒަން ހަނދާނެއް ނުވޭތަ؟ އައިޒަން އަބަދުވެސް ބުނަމެއްނު އަހަރެމެން މަތިން ދުވަހަކުވެސް ހަނދާނެއް ނުނައްތާލާނަމޭ… މަށާއި ހައިޝަމް އަކީ އައިޒަންގެ ބެސްޓު ފުރެންޑުންނޭ… ނުބުނަންތަ އެހެންނެއް.. އައިޒަން ހަނދާނެއް ނުވޭތަ އަހަރެމެން ތިން މީހުން އެކީގައި ކުރި މަޖާ ކަންތައްތައް މަތިންނެއް…” ސިމާލުވެފައި ހުރި ދެރައިގައި ވާހަކަދައްކަމުން ދިޔައިރު އެންމެ ފަހަރަކުވެސް އައިޒަން އާ ދިމާއަށް ބަލައިނުލައެވެ. ސިމާލުއަށް އައިޒަން އާ ދިމާއަށް ބަލައިލަން މަޖުބޫރު ވީ އައިޒަންގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވުމުންނެވެ. އައިޒަން ބޮލުގައި އަތް އަޅައިގެން އިން ގޮތުން ސިމާލު ބިރުގަންނަ ގޮތްވިއެވެ. އެވަގުތު އެތާގައި އައިޒަންގެ މަންމަ އަދި ބައްޕަ ނެތުމުން އޭނާއަށް ހަނދާނެގޮތެއް ނޭނގުނެވެ. އެންމެ ފަހުން ގޮސް ޑޮކްޓަރަކަށް ގޮވާލީ އައިޒަން އަދިވެސް އެއިން ގޮތަށް އިނީމައެވެ. ޑޮކްޓަރު ދުވެފައި އައިސް އައިޒަން ބަލަން ވަނިއެވެ. ”ކިހިނެއްތޯ ވީ ޑޮކްޓާރ؟” ސިމާލު ވެފައި ހުރި ހާސްކަމާއިއެކީ ޑޮކްޓަރާ ސުވާލުކުރިއެވެ. ”އަޅުގަނޑުމެން ކުރިންވެސް ބުނީމެއްނު އައިޒަންއަށް ތިބޭފުޅުން އަމިއްލައަށް އެއްޗެހި ހަނދާކޮށްދީގެން ނުވާނޭ… އައިޒަންގެ ބޮލަށް އިތުރަށް ލިބޭނީ ގެއްލުން…. މިކަން ތަކުރާރު ކޮށްގެން ނުވާނެ ދެން…” އެވަގުތަކީ އުސްވާމެންނަށް އާދެވުނު ވަގުތު ކަމުން ޑޮކްޓަރު އުސްވާއަށް ބަލައިލާފައި ބޯޖަހާލައިފައި ދިޔައީއެވެ. އުސްވާވެސް ސިމާލުއަށް ހުރިހާ އެއްޗެއް ކިޔައިދިނެވެ. ސިމާލުވެސް ކުށްވެރިޔަކު ފަދައިން އުސްވާ ދައްކަމުން ދިޔަ ވާހަަކަ ކުޑަ ކުއްޖެއްހެން އަޑުއަހަން އިނެވެ. ”އިހްސާން… މަ ބުނީ ދެން ކޮންދުވަހަކުން އެއްކަ ޕުލޭން ފަށާނި… މަ މިއަދު ސިމާލުއަށް ގުޅާލީމަ ބުނީ އައިޒަންއަށް ދަނީ ހަނދާންތައް އާވަމުންނޭ… ދެން ވީ އަވަހަށް އެ ޕުލޭން ފަށަން..” އިހްސާން އަށް އަޑު އިވޭނޭ ވަރަށް ހައިޝަމް ދިޔައީ ތަންކޮޅެއް ދުރުގައި ހުރެގެން ވާހަކަދައްކަމުންނެވެ. ”އުހޫން… އަދި އަވަސް.. އޭނާ ވަޒީފާއަށް ނިކުންނަން ފެށީމަ އަހަރެމެން ފަށާނި… އޭރުން ހުންނާނި ހަނދާންވެސް އެއްކޮށް އައިސް…” އިހްސާންވެސް ދިޔައީ ހަމަ އެބާރު މިނުގައި ވާހަކަދައްކަމުންނެވެ. ހައިޝަމްވެސް އިހްސާން އަށް ފެންނަ ގޮތެއް ރަނގަޅުވާނޭ ބުނެފައި އޭނާ ކުރަން ހުރި މަސައްކަތަށް އަނބުރާ ދިޔައެވެ. ހައިޝަމްވެސް މިހާރު ދަނީ އެންމެ ފުރިހަމައަށް އިހްސާން އާ ބައިވެރިވަމުންނެވެ. ހިތުގައި ކުޑަކޮށްނަމަވެސް ބިރުވެރި ކަމެއްނެތެވެ. ****** ދުވަހަކަށްފަހު ދުވަހެއް ހަލުވި ކަމާއިއެކު ނިމެމުން ދަނީ އެއްބައެއްގެ އިންތިޒާރަށް ނިމުން ގެނެސް އެނެއް ބަޔަކު މަސައްކަތް ކުރަމުންދަނީ އެ އިންތިޒާރުގައި ހިތި ރަހަ ލައްވާލުމަށެވެ. މިއީ އިންސާނީ ޠަބީޢަތެވެ. މީހަކު އުފަލުގައި އުޅޭތަން ދެކެން އެހެން މީހަކު ބޭނުމެއް ނުވާނެއެވެ. އަބަދުވެސް ބޭނުންވާނީ އުފަލުގައި އުޅޭ މީހަކުގެ ދިރިއުޅުން ހަލާކު ކޮށްލެވޭތޯއެވެ. މިކަމުގެ ސަބަބުން ހަލާކުވެގެން ދާނީ ކިތައް މީހުންގެ ދިރިއުޅުމެއް ކަމެއް އެމީހުންނަކަށް ނޭނގެއެވެ. މިގޮތުން އިހްސާން އަދި ހައިޝަމްވެސް މަސައްކަތް ކުރަމުންއެދަނީ މީހެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހައިލުމަށެވެ. އިހްސާން އަދި ހައިޝަމްގެ އިތުރުން ހަނާން އަދި ޝާނާވެސް މަސައްކަތް ކުރަމުން އެދަނީ އެކަމަށެވެ. ހަތަރު މީހުންގެ ވާހަކައިން އައިޒަން މަރައިލާފައި ނޫނީ އެމީހުން ނުހުއްޓާނޭ ކަން ގައިމެވެ. ކޮން ފަދަ ރަހުމު ކުޑަ ބައެއް ހެއްޔެވެ؟ އައިޒަން އަށް މިހާރު ވަނީ އޭނާގެ ހަނދާނުގެ އެއްބައި އާވެފައެވެ. ކުޑައިރުގެ ހަނދާންތައް އެއްކޮށް އާވެފައި ވީ ނަމަވެސް އޭނާއަކީ ޕޮލިހެއް ކަމެއް އަދި އެހެން ކަންތައްތައްވެސް ހަނދާނެއްނެތެވެ. ނަމަވެސް އޭނާގެ އެންމެ ގާތް ދެ ރަހްމަތްތެރިން މަތިން މިހާރު ވަނީ ހަނދާން ވެފައެވެ. މިކަމުގެ ސަބަބުން ސިމާލުއަށް ލިބުނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ. ހަނދާން އާވީންސުރެ އައިޒަން ކޮންމެ ދުވަހަކުހެން ސުވާލުކުރަމުން ދަނީ ހައިޝަމް ކޮބައިތޯއެވެ. އޭނާ އެތަނަށް ގެނައި ދުވަހުވެސް އަދި ގެއަށް ބަދަލުކުރި އިރުވެސް ހައިޝަމް އޭނާ ދެކިލަން ނާންނާތީވެސް އައިޒަން ހުންނަނީ އެކަމާ ނުހަނު ދެރަވެފައިއެވެ. އުސްވާ އަދި ހުޒާމުވެސް އައިޒަން ގާތު ހައިޝަމް މަސައްކަތުގައި އުޅެނީ ކަމަށް ބުނެ ޖަވާބުދެއެވެ. ކުޑަކުއްޖެއް ފަދައިން އެހެން ބުނެލުމުން އަޑު އަހައިފައި އަނެއްކާވެސް ނުގުޅަނީ ކީއްވެގެންތޯ އަހައެވެ. މިހާރު އެތަށް ދުވަހަކު ހުޒާމުވެސް ހައިޝަމްއަށް ގުޅައިފިއެވެ. އިވެނީ އެއް ޖަވާބެކެވެ. ފޯނު އޮންނަނީ ނިއްވާލައިފައި ކަމުގައިއެވެ. ސިމާލުވެސް ހައިޝަމް އަށް ގުޅޭތޯ މަސައްކަތް ކުރެއެވެ. އެންމެ ދުވަހަކު ގުޅައިފައި ހަބަރެއް ނުވުމުން ސިމާލުވެސް ހުންނަނީ ނުހަނު ކަންބޮޑުވެފައިއެވެ. ނިފްޝާވެސް ހުއްޓުމެއްނެތި ދުޢާ ކުރަމުން ދަނީ އައިޒަންގެ ހަނދާންތައް އާވޭތޯއެވެ. އަދި އައިޒަންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯއެވެ. އިނާޝާވެސް އައިޒަން އަށްޓަކައި ދުޢާ ނުކުރާ އެންމެ ދުވަހެއް އެންމެ ވަގުތެއްވެސް ނުދާނެއެވެ. އަދި އައިޒަން ގާތަށް ނުދާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ނިފްޝާ އައިޒަންގާތަށް ނުދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާއަށް އައިޒަން ފެނުމުން ކެތްނުކުރެވޭނެތީއެވެ. ނިފްޝާގެ ހިތް ވެސް އަބަދު ގޮވަމުން ދަނީ އެންމެ ފަހަރަކު ނަމަވެސް އައިޒަން ދެކިލުމަށް ދިޔުމަށެވެ. ނަމަވެސް އޭނާގެ ޟަމީރުއެކަމަށް މާ ބޮޑަށް އަތް ގަދަ ކޮށްލައެވެ. އޭނާ އެގެއަށް ގޮއްސިނަމަ އެހެން މީހުންނަށް އޭނާކަން ޝައްކުވެދާނެއެވެ. ނޫނީ އެގެއަށް ގޮއްސިނަމަ އޭނާގެ އިހްސާސްތައް ނުހިފެހެއްޓިފާނެއެވެ. އެހެންވެ ނިފްޝާގެ ޟަމީރު ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ. **2 މަސް ފަސް**** ”ސިމާލު.. ހައިޝަމް ގެ ހަބަރެއް ނުވޭތަ؟” އައިޒަން އަދި ސިމާލު އިނީ މިނީޓީ ރެސްޓޯރެންޓުގައި ކޮފީއެއް ބޯލައިށެވެ. އައިޒަންގެ ހަނދާންތައްވެސް މިހާރު ވަނީ އެއްކޮށް އާވެފައިއެވެ. އެންމެން ކުރި ދިގު އިންތިޒާރަށް ނިމުން އައީ އެތަށް ދުވަހަކަށް ފަހުއެވެ. ނަމަވެސް ހައިޝަމްގެ ހަބަރެއް ނުވާތީ އައިޒަންގެ މޫނުމަތިން ފެންނަމުން ދަނީ ހާސްކެމެވެ. ”ހޫމްް… އަދިވެސް ނުވޭ… މަ ވަރަށް ބެލިން އިހްސާންގެ ނަންބަރު ލިބޭތޯވެސް… އެކަމަކު އޭނާގެ ނަންބަރު އިނގޭ މީހެއްވެސް ނެތް މިރަށަކު…ހައިޝަމް އަހަރެމެންނާއި އެހައި ދުރުވީ މި ކޮންސަބަބަކަށްޓަކައި ބާ… އަހަރެމެންނަށް ހައިޝަމް ހިތްހަމަ ނުޖެހޭ ވަރުގެ ކަމެއް ކުރެވުނުތަ؟” ސިމާޅުވެސް އިނީ ނުހަނު ހާސްވެފައެއެވެ. ދެ މީހުން ވާހަކަ ދައްކަން ތިބެފައި ގެއަށް ދާން މިސްރާބު ޖެހީ ދަންވެފައި ހުރުމުންނެވެ. އައިޒަންގެ ސައިކަލުގެ ފަހަތަށް ސިމާލު އެރުމުން އައިޒަން ފުރަތަމަވެސް މިސްރާބު ޖެހީ ސިމާލު ގެއަށް ލާން ދިޔުމަށެވެ. ސިމާލު ގެއަށް ލައިފައި ދިޔަ މަގުމަތީގައި އައިޒަންއަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. އެހައި ދަން ގަޑިއެއްގައި ގުޅާނީވެސް ވަކި ކާކު ހެއްޔެވެ؟ ގޭ މީހަކަށް ވެދާނެތީ އައިޒަން ދެހިޔާލެއްގެ މަތީގައި ހުރެ ފޯނުނެގިއެވެ. އެކޮޅުން ވާހަކަ ދެއްކި މީހަކުގެ އަޑު އިވިފައި އައިޒަންގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތިންވުމެެކެވެ. އައިޒަންވެސް އެމިހަކާ ނުހަނު ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ. ”އެންމެ ރަނގަޅު މަ މާދަން ރެޑީ ވާނަން… އޯކޭ…” އައިޒަން ބުނެލިއެވެ. އެކޮޅުންވެސް ވާހަކަ ދެއްކި މީހަކު އޯކޭ އޭ ބުނެފައި ފޯނު ބޭއްވިއެވެ. އައިޒަންވެސް ދެން އަވަސްވެގަނީ ގެއަށް ގޮސް ނިދާލުމާށެވެ. މާދަމާއޮތީ ހެނދުނު ޑިއުޓީ ކަމުން އަވަހަށް ހޭލަން ޖެހޭނެތީއެވެ. ***** ހެނދުނުގެ ތެތްފިނި ވަގުތުގައި ފިހާރައިން ނިކުތް ނިފްޝާއަށް އެރުނީ އައިޒަންގެ ކުރިމައްޗަށެވެ. ހީވާގޮތުން އައިޒަންވެސް އެއުޅެނީ އެއްޗެއް ގަންނަން ފިހާރައަށް ވަންނާށެވެ. އައިޒަން ފުރަތަމަ ހިނގާ ގަތް އިރަށް ނިފްޝާވެސް ހިނގާގަނެވެ. މިފަހަރުވެސް ދެމީހުންނަށް އެރުނީ ކުރިމައްޗަށެވެ. ސަބަބަކީ އައިޒަން ދިޔަ ފަރާތަށް ނިފްޝާއަށްވެސް ދެވުނީމައިއެވެ. އަނެއްކާވެސް ނިފްޝާ ވާތްފަރާތަށް ހަނގާލިތަނާ އައިޒަންވެސް ހަމަ އެފަރާތަށް ހިނގައިގަނެވެ. އެންމެ ފަހުން ނިފްޝާ ލަދުން އިސް ޖަހައިލިއެވެ. މިވީ ގޮތުން އައިޒަންގެ ކުރިމައްޗަށް އަރަންވެސް ދެން ނުކުރޭނެއެވެ. ”ލޭޑީސް ފަސްޓު” އައިޒަންގެ ފިރިހެންވަންތަ އަޑު ނިފްޝާގެ ކަންފަތަށް ފޯރި އިރަށް ނިފްޝާގެ ހަށިގަނޑުގެ އެންމެ ހިމަނާރަށް ވެސް އަސަރު ކުރިއެވެ. އައިޒަން އާއި ދިމާއަށް ބަލައިވެސް ނުލައި ނިފްޝާ ބެލީ އަވަހަށް އައިޒަންގެ ކުރިމަތިން ދެވޭތޯއެވެ. ނިފްޝާ ދިޔަތަން ބަލަން އައިޒަންހުރީ ހިނިތުންވެލައިގެންނެވެ. އެންމެފަހުން އޭނާ ފިހާރައަށް ވަނީ ޑިއުޓީއަށް ދާން ގަޑިޖެހެން ފަސް މިނެޓަށް ވުމުންނެވެ. އޭރުވެސް އައިޒަންގެ ތުންފަތުގައި ކުޅެލައިފައިވަނީ ރީތި ހިނިތުންވުމެކެވެ. ”ކިޔާން…. ފަޔާޒް… އަނިލް… އާދެބަލަ… މިއަދު އެބައޮތް ވަރަށް ބޮޑު ކަމެއް… އަދި ކޮބާ ޒިޔާން؟” އައިޒަން ދިޔައީ ޕޮލިސް ސްޓޭޝަން ގައި މިވަގުތު ހަރަކާތްތެރިވަމުން ދިޔަ ހުރިހާ މުވައްޒަފުންނަށް ގޮވަމުންނެވެ. ހީވާ ގޮތުން ރައިވައިގެން އުޅޭކަމެއް ކާމިޔާބު ވަނީ އެވެ. […]
”މި ޕްލޭން ކާމިޔާބު ވާނެ… އަދި އޭނާ މަރުވެސް ވާނެ… ހެހެހެހެ..” ހައިޝަމް ވެސް އިހްސާންއާއި އެއްބާވެލިއެވެ. އަދި އެމީހުންނާއިއެކު ދެ މީހުން ތިބިކަން އިހްސާން ހައިޝާމް ގާތު ބުނެލީ ވަރަށް ފޯރީގައިއެވެ. ހައިޝަމްވެސް މަކަރުވެރިކަމާއިއެކު ހޭންފެށީ އިހްސާން އާއި އެއްބައިވެލުމުގެ ގޮތުންނެވެ. ހައިޝަމް އިހްސާންއާއި ވަކިވެލީ އޭނާގެ ފޮށި ރެޑީ ކުރަން ދިޔުމަށެވެ. އޭރުވެސް އޭނާގެ މޫނުމަތީން ފެންނަމުން ދަނީ ނުލަފާކަމެވެ. އިހްސާންވެސް ހައިޝާމްއާއި ވަކިވެލީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. އޭނާގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ކުޑަވެސް ހިލަމެއް ނުވާހާލުއެވެ. ******* ހެނދުނުގެ ވަގުތުގައި އިނާޝާދިޔައީ ހޮސްޕިޓަލަށެވެ. ތަށި ބަަރިއެއް ހިފައިގެން ހޮސްޕިޓަލަށް ވަތް އިނާޝާއަށް ވަނީ އެތަށް ބައެއްގެ ނަޒަރު ހުއްޓިފައެވެ. ކޮންމެ މީހަކުވެސް އިނާޝާއާ ސުވާލުކޮށްފައި ދަނީ އޭނާގެ ދަރިއަކަށް ކަމެއްވީ ކަމަށް ހީކޮށެވެ. ނަމަވެސް އިނާޝާ ދިޔައީ އެމީހުންނަށް ތެދުތެދަށް ޖަވާބު ދެމުންނެވެ. އައިޒަންވަނީ މިހާރު ވޯޑަށް ބަދަލުކޮށްފައި ކަމުން އިނާޝާ ދެން މިސްރާބު ޖެހީ ވޯޑަށް ދިޔުމަށެވެ. ”އައިޒަން… ކިހިނެއްތަ މިހާރު؟” އިނާޝާ ފުރަތަމަވެސް ބޭނުންވީ އައިޒަންގެ ހާލުއަހުވާލު ބަލައިލާށެވެ. ”ރަނގަޅު.. އެކަމު އަދިވެސް ބޮލުގައި ހުރި ރިހުމެއް ނުފިލައި… އެކަމަކު ތީ ކާކު ކަމެއް އަޅުގަނޑަކަށް ނޭނގޭ… މަންމާ މިހިރީ ކާކު؟” އުސްވާގެ އެދުމުގެ މަތިން އައިޒަން މިހާރު އޭނާއަށް މަންމަ ކިޔަން ފަށައިފިއެވެ. ނަމަވެސް އެއީ ވަރަށް ހާލުންނެވެ. އެތަށް މަސައްކަތެއް ކޮށްގެންނެވެ. އުސްވާ އައިސް އައިޒަންއަށް އިނާޝާ ތަޢާރަފު ކޮށްދީފައި ދުރަށް ގެންގޮސް ޑޮކްޓަރު ބުނި ވާހަކަތައްކިޔައިދިނެވެ. އުސްވާ ބުނި ވާހަކައިން އިނާޝާއަށް ހިވީ އޭނާގެ ފައިދަށުން މިންގަނޑު ދެމިގަތް ހެންނެވެ. މިވީ ގޮތުން ނިފްޝާ އާއި އައިޒަންގެ ކައިވެނި ދެން ވަރަށް ބޮޑަށް ލަސްވާނޭ އިނާޝާގެ ހިތަށް އެރިއެވެ. އަދި ހަނދާން އާ ވުމަށް ވެސް ދުވަސްތަކެއް ނަނގާނޭ އުސްވާ ބުނެލިއެވެ. ”މިޚަބަރު ނިފްޝާއަށް ލިބިއްޖާ ނޭނގޭ އޭނާއަށް ވާނޭ ގޮތްވެސް…” އިނާޝާ ވަރަށް ދެރަވެލައިފައި ބުނެލިއެވެ. އުސްވާ ބުނެލި ހާވެސް އެއްޗަކީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ވާހަކައެވެ. ހުޒާމުގެ ނަސޭހަތުން އުސްވާވެސް މިހާރު އެވަނީ ހަމައަކަށް އެޅިފައެވެ. އެތަކެއް ވާހަކައެއް ދައްކާފައި އިނާޝާ ދެން މިސްރާބު ޖެހީ އޭނާގެ ގެއަށް ދިޔުމަށެވެ. ގެއަށް ދިޔަ މަގުމަތީގައި ނިފްޝާގާތު ބުނާނެރަނގަޅު ވާހަކައެއް އޭނާ ދިޔައީ ރާވަމުންނެވެ. ސަބަބަކީ ނިފްޝާގެ ސުވާލުތަކުން އޭނާއަށް ނުރެކެވޭނެތީއެވެ. ”ހައިޝަމް.. ހަނާން… ޝާނާ… އާދޭ އެއްޗެއް ބޯލަން… ވަރަށް ވަރު ބަލިވެފައި އެއްނު ތިހުރީ….” އިހްސާން މޭޒުމަތީގައި ހުރި ރާފުޅިއެއް ހިފައިގެން އައިސް ބުނެލިއެވެ. އެއްވެސް ޖެހިލުންވުމަކާއި ނުލައި ހައިޝަމް ގޮސް އިހްސާން ގާތު ގޮނޑިއެއްގައި އިށީނދެވެ.ހަނާން އަދި ޝާނާވެސް އައިސް ގޮނޑިއެއްގައި އިށީނެވެ. ”ދެން މަ ކޮން އިރަކުން މިތާ މަސައްކަތް ކުރަން ފަށަންވި؟” ހައިޝަމް މުޅިތަނަށް ނަޒަރު ހިންގަމުން ބުނެލިއެވެ. ”މާދަމާ…” އިހްސާން ދިން ޖަވާބު ވަރަށް ވެސް ކުރެވެ. ”އަން ދެން އަވަހަށް ބޯން ފަށާ… އެއަށްފަހު އަރާމުކޮށްލައިފައި ދާނީ ތަންތަން ބަލައިލަން..” އިހްސާން ވަރަށް ފޯރީގައި ބުނެލިއެވެ.”ޗިއާރޒް” އޭ ކިޔައިފައި އެންމެން ބޯން ފެށިއެވެ. ތިން މީހުން ވެގެން ދެ ފުޅި ހުސްކޮށްލިއެވެ. ނަމަވެސް ހައިޝަމް އިނީ އެންމެ ތަށްޓެއް އެޅި ގޮތަށެވެ. އެންމެން ބޯ އެއްޗެހި ބޯ ނިންމައިފައި ތަށިތަކާއި ފުޅިތަށް ވެސް މޭޒުމަތީގައި ބަހައްޓާފައި ގޮސް ސޯފާއަށްވެޑުވެފައި ތިއްބެވެ. ” ކަލޭމެން ދޯ ނިފްޝާއަށް ވެސް އެހެން ހެދީ؟” ހައިޝަމް މަސްތުވެފައި ކަހަލަ ރާގެއްގައި ބުނެލިއެވެ. ”އާން.. އަދި ކަލޭ ކައިރިޔަކު ނުބުނެވޭދޯ… މަށާ ހަނާން އާއި ޝާނާއާއި ތިން މީހުންވެގެން އެކަން ކުރީ… ނިފްޝާ ދައްތަ ޕާޓީ އޮތް ރޭ މަ އޭނާ ހިފެހެއްޓީ… އަދި ހޭނައްތާލީ…. ވެސް… މަ މިކަމަށް ހެދި ގެއެއް އެއީ ވަލު… ތެރޭގައި އެހުރީ… އެތަނަށް ގެންގޮސް މަނިފްޝާ ރޭޕް….. ކުރީ.. ނިފްޝާ އެތަށް ފަހަރަކު ކީ އޭނާ ދޫކޮށްލަން…. އެކަމަކު މަ ބޭނުންވީ ބަދަލު…. ހިފަން… އޭނާ މަރާލަން ބޭނުންވީ… އެންމެ ފަހުން މަ ބޭނުން ކަންތައް…. ވޭސް ވީ… ދެން އޮތީ އައިޒަން… ހައްހައްހާ….” އިހްސާން ވާހަކަ ކިޔައިދިން އިރު ބައެއްބަސް ބަސް ނުވެސް އެނގެއެވެ. މަސްތުވެފައި ހުރުމުގެ ސަބަބުންނެވެ. ހަނާން އަދި ޝާނާވެސް އިހްސާން އާ އެއްބައިވެލުމުގެ ގޮތުން ހޭންފެށިއެވެ. އެންމެ ފަހުން ހައިޝަމް ވެސް ހޭން ފެށިއެވެ. ”މަންމާ!” އައިޒަން ވަރަށް ބާރަށް ހަޅޭލަވައިލާފައި އޭނާގެ މަންމަ އަށް ގޮވާލިއެވެ. ”ކިހިނެއްވީ ދަރިފުޅާ… ކިހިނެއްވީ؟” އައިޒަން އޭނާގެ ބޮލުގައި އަތްއަޅައިގެން އިން ގޮތުން އުސްވާގެ މެއަށް ގޮތެއްވިއެވެ. އަދި ދަންވަރު ގަޑީގައި އެގޮތަށް އިނުމުން އުސްވާ މާ ބޮޑަށް ބިރުގަނެވެ. ކަމެއްވީ ކަމަށް ހީކޮށް ހުޒާމު ކައިރީ އޭނާ ހަޅޭލަވަންފެށީ ޑޮކްޓަރަށް ގޮވުމަށެވެ. އޭރުވެސް އައިޒަން އިނީ އޭނާގެ ބޮލުގައި އަތްއަޅައިގެންނެވެ. މުޅިގައި ވަނީ އުދާސްވެފައިއެވެ. ޑޮކްޓަރަކާއިއެކު ނަރުހެއް އައިސް އުސްވާ އާއި ހުޒާމު ކައިރީ އެތަނުން ބޭރަށް ނުކުމެލަން ބުނެލިއެވެ. ”ހާސް ނުވޭ… އައިޒަންއަށް މިހާރު އެދަނީ ހަނދާންތައް އާވަމުން…” ޑޮކްޓަރު ބުނެލި ވާހަކައިން އުސްވާ އުފަލުން މޮޔަ ނުވީ ކިރިޔާއެވެ. ދެމީހުންނަސް ވެސް ލިބުނު އުފަަލަކުން ވާހަކައެއް ނުދެއްކުނެވެ. އެންމެ ފަހުން ޑޮކްޓަރަށް ހިނިތުންވުމެއް ރައްދު ކޮށްލާފައި ދެ މީހުންވެސް ދިޔައީ އައިޒަންގެ ކައިރިއަށެވެ. އޭރު އައިޒަންއަށް އޮތީ ނިދިފައެވެ. އުސްވާގޮސް އައިޒަންގެ ބޮލުގައި ވަރަށް ލޯބިން ފިރުމައިލާފައި އައިޒަންގެ ނިތްކުރިއަށް ބޮސްދިނެވެ. އެ ދެ މީހުން އަދި އައިޒަންގެ ދެ ކޮއްކޮވެސް މިހާރު އިންތިޒާރު ކުރަމުން އެދަނީ އައިޒަންއަށް ހުރިހާ އެއްޗެއް ހަނދާންވާނެ ދުވަހަކަށެވެ. އަދި މާތްﷲ އަށް ދުޢާ ކުރުންމަތީ އެ މީހުން އަބަދުވެސް ދެމި ހުންނާނެއެވެ. އުސްވާ އަދި ހުޒާމު އައިޒަންއަށް އަވަސް ޝިފާ ދެއްވުމަށް އެދި ދުޢާ ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ****** މެންދުރުން ފެށިގެން ނިފްޝާ އެއުޅެނީ ޤުރްޢާން ކިޔަވައިދިނުމުގައި އަވަދިނެތިއެވެ. އެހެން އުޅެމުންވެސް އޭނާއަށް ކުރީގެ ހިޔާލުތަކަސް ދެވެއެވެ. ނަމަވެސް އެހިޔާލުތަށް އެއްފަރާތް ކޮށްލަނީ ކިޔަވައިދިނުމަށް ސަމާލުކަން ދިނުމަށެެވެ. ނިފްޝާ ޤުރްޢާން ކިޔަވައިދެނީ ކުޑަކުދިންނަށް ކަމުން އޭނާއަށް ނުހަނު ގިނައިން ހަޅޭލަވަން ޖެހެއެވެ. އެހެންވުމުގެ ސަބަބުން ބައެއް ދުވަސް ދުވަހު ނިފްޝާގެ އަޑުވެސް ރަނގަޅަށް ނުހުރެއެވެ. އަދި ބައެއް ދުވަސް ދުވަހު ނިފްޝާ ޤުރްޢާން ނުކިޔަވައިދީ އެ ކުދިންނަށް ވިސްނޭތޯ ޤުރްޢާނުގެ މާނަވެސް ވަަރަސް ޝައިގުވެރިކަމާއިއެކު ކިޔައިދެއެވެ. ކުޑަކުދިންވެސް އެކަމަސް ޝައުގުވެރިވެލައިގެން އިންނަ ގޮތުން އެ ކުދިންނަށް ވެސް އޭގައި ބުނާ އެއްޗެހި ވިސްނެނީކަން ގައިމެވެ. އެހެން ކަމުން ނިފްޝާ ކޮންމެ ބުރާސްފަތި ދުވަހެއް ހާއްސަ ކޮށްފައި ވަނީ ޤުރްޢާނުގެ ތަރުޖަމާ ކިޔައިދިނުމަށެވެ. އެގޮތަށް ކިޔައިދެމުން ގޮސް މިހާރު ނިފްޝާގާތަށް އަންނަ ގިނަ ކުދިން ވަނީ ހެޔޮ ވިސްނިފައިއެވެ.އަދި މިހާރު ފަސޭހަކަމާއިއެކު ނިފްޝާއަށް ޤުރްޢާން ކިޔަވައިދެވެއެވެ. ބައެއް ބެލެނިވެރިންވެސް ނިފްޝާގާތު މިހާރު ވަރަށް ގިނަ ވާހާކަ އެމީހުންގެ ދަރިންނާއި ބެހޭގޮތުން ކިޔައިދެއެވެ. ފަރުޟު ފަސްނަމާދު ކުރުމަށް އިސްކަންދޭ ވާހަކައާއި ކޮންމެ ނަމާދަކަށް ފަހު ޤުރްޢާން ކިޔެވުމަށް އިސްކަންދޭ ވާހަކައެވެ. އަދި ބައެއް ކުދިން ނިފްޝާ އުޅޭ ގޮތަށް އުޅެން ބޭނުންވާހަކަވެސް ބުނެފައިވެއެވެ. އަދި އެއްދުވަހު ނިފްޝާގެ ލޮލުން ކަރުނަ ނީރައިލީ އައިޒަން ކޮއްކޮ ކުރިކަމަކުންނެވެ. އަދި ބުނި ވާހަކައިންނެވެ. މައިހާ ފާހަނާއަށޭ ކިޔައިފައި ގޮސް އައީ މޫނުގައި އޭނާގެ ބުރުގައި އޮޅައިލައިގެންނެވެ. ބުރުގައި ބޮޑުކަމުން ހީވަނީ ހަމަ މޫނުބުރުގައި އަޅައިފައި ހުރިހެންނެވެ. ”ދައްތާ އަޅުގަނޑު ބޭނުމީ ދައްތަހެން މޫނުބުރުގާ އަޅަން… އަދި ދައްތަ ކަހަލަ ރަނގަޅު ކުއްޖަކަށް ވާން..” މައިހާ ބުނެލީ އެގޮތަށެވެ. ”މައިހާއަށް ވެވޭނެ.. އިންޝާﷲ… ހުރިހާ ކުދިންނަށް ވެސް ވެވޭނެ…” ނިފްޝާ ވެފައި ހުރި އުފަލާއިއެކު ބުނެލިއެވެ. އަހަރެންނަށްއެކުދިންނަށް ވަރަށް ރަނގަޅަށް ކިޔަވައިދެވޭބާ އޭ ނިފްޝާގެ ހިތަށްއެރިއެވެ. އަދި މާތްﷲ އަށް ހަމްދުކޮށްލީ އޭނާގެ ސަބަަބުން ކުޑަކުއްޖަކަށްވެސް ހެޔޮވިސްނުން ލިބުނީތީވެއެވެ. ”ކި…ކީކޭ… މަންމާ.. އައިޒަންއަށް ކީއްވެ އެހެން ވާންވީ… ކާކު އެހެން ހެދީ އައިޒަންއަށް؟” އެއް ފަށްޗަކަށް ސިމާލު ދިޔައީ އޭނާގެ މަންމަ ލުބުނާ އާއި ސުވާލުކުރަމުންނެވެ. އަދި އޭނާގެ ރައްޓެއްސަކަށް އެހެން ވުމުން އަވަހަށް ނުބުނުމުންވެސް ސިމާލު އެކަމާއިޝަކުވާ ކުރިއެވެ. ” މަންމާ… އަޅުގަނޑު މާދަން ރަށަށްް ދާނަން.. އައިޒަންގެ ކައިރިއަށް…” ސިމާލު ވަރަށް ދެރަވެލައިފައި ބުނެލިއެވެ. ”ދަރިފުޅާ! އައިޒަންގެ ހަނދާންތައް ފިލައިިފި… މަންމަ މިއަދު އައިޒަން ކައިރިއަށް ދިޔައިން… އައިޒަންއަކަށް ނޭނގުނު މަންމަ ވަކި ކުރާކަށް… އުސްވާ އައިސް މަންމަ ގާތު ބުނީ އައިޒަންގެ ހަނދާންތައް ފިލައިފި އޭ ބޮލަށް ލިބުނު ގެއްލުމަކުން… އެކަމަކު މިހާރު ދަނީ ހަނދާންތައް އާވަމުންނޭ ބުނީ..” ލުބުނާވެސް މިއަދު ވީ ކަންތަކުގެ ވާހަަކަ ސިމާލުއަށް ކިޔައިދެމުން ދިޔައެވެ. ލުބުނާ ބުނި ވާހަކައިން އައިޒަންއަށް ބުނާޏި އެއްޗެއްވެސް ނޭނގުނެވެ. އެހެންކަމުން އޭނާ ވާހަކަ އޮޅުވާލިއެވެ. ”މަންމާ ކޮބާތަ ހައިޝަމް މިހާރު… ރަށަށް ގޮސް ނުވެސް ގުޅާލަ ގުޅާނަމޭ ކިޔައިފަ…” ސިމާލު އަހައިލިއެވެ. ”މަންމަ އަޑު އެހިން އެނެއް ދުވަހު އިހްސާން އާއިއެކު ރިސޯޓަކަށް ދިޔަ ވާހަކަ..” ލުބުނާ ބުނެލިއެވެ. އެހެން ހެއްޔޭ ކިޔައިފައި ސިމާލު ފޯނު ބޭއްވީ އޭނާ މިގަޑީގައި ބިޒީވީމައިއެވެ. އަދި މާދަން ފުރަން ރެޑީވަން ކަމުގައި ބުނެލިއެވެ. ސިމާލުވެސް އައިޒަންއަށް އަވަސް ޝިފާއެއް ދެއްވާ ތޯ ދުޢާ ކުރިއެވެ. (ނުނިމޭ)
އައިޒަން އިނީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އޭނާގެ ލޮލުން ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުންދިޔެވެ. އެ ދެއްކި ވާހަކަތައް އައިޒަންއަށް އިނީ ގަބޫލުނުކުރެވިފައިއެެވެ. ނަމަވެސް އޭނާގެ މަންމަ އަކީ ދުވަހަކުވެސް ދޮގުހެދި މީހެއްނޫނެވެ. އެހެންކަމުން އޭނާއަށް ލިބުނު އުފާ ބަޔާން ކުރަން ވެސް ނޭނގުނެވެ. އެތައް ދުވަހަކަށްފަހު އައިޒަންގެ ހިތުގެ ރާނީ އޭނާގެ ހަޔާތަށް ގެއްނަން ފުރުސަތެއް ލިބެނީއެވެ. ﷲއަށް ޙަމްދުހުއްޓެވެ. ”ހާދަ ގަބޫލުނުކުރެވޭ.. އަދި ނިފްޝާގެ ރައްޓެހިން އެހެން ހަދައިފާނެ ކަމަކަށް… ވަރަށް އެއްކޮށް އުޅޭ ތިން ކުދިން އެއީ… އެކަމު ކާކު އެކަން ގަބޫލު ކުރާނީ ވެސް އެ ދެ ކުދިންނޭ އެހެން ހެދީ ނިފްޝާއަށް.. ތިމީހުން ހައްޔަރު ކުރަން ވެއްޖާ ދަރިފުޅު ޖެހޭނީ ހެކި ހޯދަން… އެކަމު ފުރަތަމަ އެ ކުއްވެރިން ހޯދާ ހައްޔަރުކުރޭ… ދެން ދަރިފުޅު ނިފްޝާއާ ކައިވެނި ކުރާނީ… ބައްޕަވެސް ގަބޫލު ތި ކައިވެންޏަށް..” ހުޒާމު ބުނެލި ވާހަކައިން އައިޒަން އަށް ލިބުނު އުފާ ބަޔާންކުރަން ވެސް ނޭނގުނެވެ. އަވަހަށް ގޮސް އޭނާގެ ބައަޕައާއި މަންމަގެ ގައިގައި ބައްދާލައިފައި ޝުކުރިއްޔާއޭ ބުނެލިއެވެ. އަދި ބައްޕަމެން މިތިބީ ދަރިފުޅާއި އެކީގައިކަން ހުޒާމް ބުނެލީ އައިޒަންގެ ބުރަކަށީގައި ފިރުމައިލަމުންނެވެ. އުސްވާވެސް އެކަމައި އެއްބައިވެލުމުގެ ގޮތުން ބޯޖަހައިލިއެވެ. އައިޒަންގެ ލޮލުން އެވަގުތު ހުރީ އުފާވެރިކަމުގެ ކަރުނަ ނީރައިލައިފައެވެ. ****** ހަވީރުގެ ހިތްގައިމު ވަގުތުގައި އައިޒަން ދިޔައީ އޭނާގެ ފޯނުން ކޮންމެވެސް މީހަކާ ވާހަކަދައްކަމުންނެވެ. ލާފައި ވަނީ ކަޅު ޖިންސަކާއި އެކު ހަމަ އެކުލައިގެ ގަމީހެކެވެ. ގަމީހުގެ އަތް އުޅަބޮއްޓައި ހަމައަށް އޮޅާލައިފައިވުމުން އެ ފިރިހެންވަންތަކަން ހާމަވެއެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލައިފާ ވާއިރު ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ އައިޒަންއަށް ވަނީ އެތަށް އަންހެން ކުދިންނެއްގެ ނަޒަރު ހުއްޓިފައެވެ. ނަމަވެސް އައިޒަން ދިޔައީ އެއިން އެއްވެސް ކަމަކަށް އަޅައިނުލައިއެވެ. ކުޑަ މިނުން މަގުމައްޗަށްވެސް ސަމާލުކަމެއް ނުދެއެވެ. އޭނާ ދިޔައީ ނުހަނު ބޮޑު ކަމެއް ރައިވަމުންކަން މޫނުގައިވި އަސަރުންވެސް ހާމަވަމުން ދިޔައެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ގޯޅިއަކުން ލަނބައިލި އައިޒަން ވިއްސައިގެން ދިޔަތަން ފެނި އެތަށްބައެއްގެ މޫނުމަތިން ކުރިން ފެނުނު އަސަރުތަކެއް ފެންނާކަށްނެތެވެ. ބާރު ސްޕީޑުގައި އައި ޕިކަޕުގައި ޖެހި އައިޒަން ވިއަސައިގެން ގޮސް ޖެހުނީ ދުރުގައި ހުރި ހޮޅިދަނޑިއެއްގައެވެ. އިސާހިތަކު އެތާނގައި ލޭގެ ކޯރެއް ހެދުނެވެ. އައިޒަންގެ ގައިގެ އެތައް މިތަން ވަނީ ހަލާކުވެފައެވެ. މީހުން އައިޒަންގެ ވަށައިގެން އެއްވެލީ ބަސްބުނާހާ އަވަހަށެވެ. ޕިކަޕް ދުއްވަންއިން މީހާ އައިޒަން އާއި ދިމާއަށް މަކަރުވެރި ގޮތަކަށް ބަލައިލައިފައި ޕިކަޕް ދުއްވާލިއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައި ކުޅެލައިފައި ވަނީ ނުލަފައި ހިނިތުންވުމެކެވެ. ފިހާރައިން ނިކުތް އިނާޝާގެ ލޮލުގައި އެގޯޅީގައި މީހުން އެއްވެފައި އޮތުމުން ކަމެއް ގޯސް ވެއްޖެކަން އެނގުމުން ބާރަށް ހިނގާފައި ދިޔައީ ވެގެން އުޅޭގޮތް ބަލާލުމުގެ ޝައުގުވެރިކަން ހުރުމުންނެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން ނިކުތް އިނާޝާގެ ދެ ލޯ ބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުންނެވެ. އާއެކެވެ. އޭނާގެ ކުރިމަތީގައި އެއޮތީ ލެއިން ޗަސްތެޅިފައި އޮތް އައިޒަން ނޫން ދެވަނަ މީހެއްނޫނެވެ. އޭނާ އައިޒަންގެ ކައިރިއަށް ތިރިވެލައިފައި ހަޅޭލަވަން ފެށިއެވެ. ”މީހެކޭ.. އެމްބިއުލެންސްއަށް ގުޅައިބަލަ… އަވަސް ކޮށްބަލަ.. ކަލޭމެންނަށް ތިހުރީ ކީއްވެފަތަ… މީހަކު މިތާ ލެއިން ޗަސްވެފައި އޮތްއިރުވެސް ބަލަން ހުންނަނީތަ… އާދޭސްކޮށްފައޭ.. މީހެކޭ.. އެމްބިއުލެންސްއަަށް ގުޅައިބަލަ..” އިނާޝާ ހީވަނީ މޮޔަވެފައި ހުރި މީހެއް ހެންނެވެ. އަމިއްލަ ދަރިއެއް ނޫނަސް އެހިތުގައި އައިޒަންއަށްޓާކައި މައިވަންތަކަމުގެ ލޯބިއޮވެއެވެ. އިނާޝާ ދިޔައީ އެތާނގައި ހުރި ފަހަރަކަު މީހަކު ތަޅުވަމުން އެމްބިއުލެންސަަށް ގުޅާށޭ ކިޔަމުންނެވެ. އެއްމެ ފަހުން އޭނާ ހުއްޓާލީ މީހަކު ފޯނުނަގައިފައި އެމްބިއުލެންސަށް ގުޅަން ފެށުމުންނެވެ. ބާރު ސްޕީޑްގައި ދިޔަ އެމްބިއުލެންސް ހޮސްޕިޓަލުގެ ގޭޓުތެރެއިން ވަނީ އެތާ ތިބި އެންމެންވެސް ހޭލައްވާލައިފައިއެވެ. އިނާޝާވެސް ހޮސްޕިޓަލަށް ވަނެ ވުމާއިއެކީ އައިޒަންގެ މައިންބަފައިންނަށް އެހަބަރު އެންގިއެވެ. އުސްވާ ވަގުތުން ރޯންފެށި އަޑު އިވިފައި އިނާޝާގެ ހިތަކަށްވެސް ކެތެއް ނުކުރެވުނެވެ. އޭގެ ފަސް މިނަޓްފަހުން އުސްވާގެ އާއިލާއެއްކޮށް ހޮސްޕިޓަލަށް އައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. އުސްވާ އައި ގޮތަށް އައިސް އޭނާގެ ދަރިފުޅަށް ވީ ކިހިނެއްތޯ އާއި އޭނާ ވީ ކޮންތާކުތޯ އިނާޝާކުރެން ސުވާލުކުރިއެވެ. އައިޒަން ވީ އަވަސް ފަރުވައިދޭ ކޮޓައީގައި ކަމަށާއި އަދި އޭނާއަށް މިއަދު ހަވީރު ފެނުނު މަންޒަރުތައް އުސްވާއަށް ކިޔާދެމުން ދިޔައެވެ. އަދި ކެތްތެރިވުމަށާއި ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އިނާޝާ ބުނެލީ އުސްވާ ރޯތަން ބަލަން އޭނާއަށް ކެތްނުކުރެވުމުންނެވެ. ހުޒާމުުވެސް ދިޔައީ އިނާޝާއަށް ނަސޭހަތްތެރިވަމުންނެވެ. ނަމަވެސް އޭނާއަށް ވެސް ކެތްވަނީ ހަމަ ކިރިޔާއެވެ. ލޮލުން ފައިބާ ކަރުނަތަށް ވެސް ފޮހެލަނީ އުސްވާއަށް ނުދައްކަންވެގެންނެވެ. ހޮސްޕިޓަލުގައި ނަރުހުންނާއި ޑޮކްޓަރުން އަވަދިނެތިކޮށް އުޅެމުން ދިޔައެވެ. އުސްވާ އިންތިޒާރު ކުރަމުން އެދަނީ ޑޮކްޓަރަކު ނިކުމަންނާނެ އިރަކަށެވެ. އޭނާއަށް އިރު އިރުކޮޅާ ގޮޑިން ތެދުވެލެނީ ނަރުހުންނާއި ޑޮކްޓަރުން އެ ކޮޓަރިން ނިކުންނާތީއެވެ. ނަމަވެސް އެމީހުން ނިކުމެގެން ދަނީވެސް ކޮންމެފަހަރަކު މެ ކޮންމެވެސް އެއްޗެއް ބަަލައިއެވެ. އެންމެފަހުން އުސްވާގެ އިންތިޒާރަށް ނިމުމެއްއައީ ތިން […]
ރޭގަނޑުގެ އެ ވަގުތުގައި ސީރީން އާއި އިނާޝާ އައީ އަތިރީގައި ހިނގާލުމަށެވެ. އިތުރު އެއްވެސް މީހަކު އެދެ މީހުންގެ ފަހަތުން އެނައީ އެއީ ތަންކޮޅެއް ދަން ގަޑިއަކަށް ވީމަ ކަމަށްވެސް ވެދާނެއެވެ. އެގަޑީގައި އެހައި ގިނަ މީހުން އަތިރީގައި ނެތުމުން ދެ މީހުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައިއެވެ. ހިނގަމުން ދިޔަ ސީރީން އަށާއި އިނާޝާއަށް ކުރިމަތީގައި ހުުރި ބެންޗެއްގައި އިށީންދެލައިގެން އިން އައިޒަން އާއި އަދިވެސް ކޮންމެވެސް ކުއްޖަކު ފެނުނެވެ. އިނާޝާ އެ މީހުންނާއި ދިމާއަށް ހިނގައިގަނުމުން ފަހަތުން ސީރީންވެސް އައެވެ. ހިނގަމުން ދިޔަ އިނާޝާ ހުއްޓުން އެރީ އައިޒަންމެން ދައްކަމުން ދިޔަ ވާހަކައަކުންނެވެ. އަދި އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަ އައީ ބޭއިޚްތިޔާރުގައިއެވެ. ސީރީން ވެސް ހުރީ އައިޒަން ދައްކަމުން ދިޔަ ވާހަކައިން ހުއްޓުންއަރައިފައެވެ. އަދި އޭނާގެ ލޮލުންވެސް ކަރުނަތަށް ފައިބަން ފެށީ އިސްކޫރަކުން ފެން އަންނަގޮތަށެވެ. އަޅައިގެން ހުރި މޫނު ފޮތިކޮޅުގެ އެއްބައި ތެމުނީ ބަސް ބުނާހާ އަވަހެށެވެ. އެހެން ހުރެގެން އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދެ މީހުން އެތާ ތިބިއިރު އައިޒަންމެންނަށް އެމީހުން އެތާ ތިބިކަން ރޭކާވެސް ނުލައެވެ. އެންމެ ފަހުން ދެމީހުން ގެއަށް ދިޔަ އިރުވެސް އައިޒަން އާއި ހައިޝަމް ކުރެ އެކަކު ލޮލުގައިވެސް އިނާޝާމެން އަޅައިއެއްނުގަނެއެވެ. **** މެންދުރުގެ ހޫނު ވަގުތުގައި މަގުމަތީގައި ގިނަ މީހުން ހޭލަމޭލިވެ އުޅެއެވެ. އެއްބައިމީހުން އެ ހޫނު އަވިން ސަލާމަތްވުމަށްޓަކައި ކުޑަ ނަގައިގެން އުޅެއެވެ. މިގޮތުން ޝާނާ އާއި ހަނާން ވެސް އަންނަނީ ކުޑަ ނަގައިގެން ވާހަކައެއް އޮލަކުރަމުންނެވެ. ދެ މީހުންގެ މޫނުމަތިންވެސް ފެންނަނީ ނުލަފައިކަމެވެ. ދެމިހުންވެސް ލައިފައި ވަނީ ގަޔަށް ބާރު ކުރު ޓޮޕް ކޮޅަކާއި ތަނބިކަށްޓާއި ހަމައަށް އަންނަ ފިޓު ޖިންސެކެވެ. އަޅާފައިވާ ޝޯލް ވަނީ ނަމަކަށް ބޮލުގައި އޮޅާލައިފައިއެވެ. ދެމީހުންވެސް ލައިފައި ހުރި އެއްޗެހީގެ ކުލަ ތަފާތެވެ. ޝާނާ ލައިފައި ވަނީ އޮރެންޖު ކުލައިގެ ޓޮޕް ކޮޅާއިއެކު މަޑު ނޫކުލައިގެ ޖިންސާއި ކަޅުކުލައިގެ ޝޯލްއެކެވެ. ހަނާން ލައިފައި ވަނީ ކަނޑު ނޫކުލައިގެ ޓޮޕް ކޮޅާއިއެކު ކަޅު ކުލައިގެ ޖިންސަކާއި މަޑު ފިޔާތޮށި ކުލައިގެ ޝޯލްއެކެވެ. ކޮށްފައިވާ ގަދަ މޭކަޕްއިން ދެއްކުންތެރިކަން ހާމަވަމުންދިޔައެވެ. ވާހަކައިގައި ދިޔަ ދެމީހުންވެސް ގޮސް ލައިގަތީ ނިފްޝާމެން ގެއިން ނިކުތް ސީރީން ގައިގައެވެ. ނުރުހުންތެރި ކަމާއިއެކު ޝާނާ ، ސީރީން އާއި ދިމާއަށް ބަލައިލާފައި ބަލައިގެން ހިނގަން ނޭނގެނީހޭ އެހިއެވެ. ނަމަވެސް ސީރީންއެއްޗެކޭ ނުބުނެ ދިޔައީ އޭނާ ވާހަކަ ދައްކަން ފަށައިފި ނަމަ މަސްލަހަތު މާ ގޯސްވެދާނެތީއެވެ. ޝާނާއާއި ހަނާން ދިޔައީ ސީރީން އާއި ދިމާއަށް ކުދި ކިޔަމުންނެވެ. އަދި އެއީ ކާކު ކަން ނޭނގިގެން ވެސް އެތައް ފަހަރަކު ސީރީން ދިޔަތަނަށް ބަލަން ހުރިއެވެ. ”އެމީހަކު އުޅެނީ އެ ނިފްޝާމެން ގޭގައި… އެކަމަކު އެއީ ކާކު؟ ހަމަގައިމުވެސް ނިފްޝާގެ ދައްތައެއްނޫން… ދޮންބެ ދައްތައެއް ވެސްނޫން… ހަނާން އަށް އިނގޭތަ އެއީ ކާކު ކަން؟” ޝާނާއަށް އެއީ ކާކުކަން ނޭނގިގެން ވާހަކަ ދައްކަމުން ދިޔައެވެ. ”ނޭނގެ… ވެދާނެ އެހެން ގެއަކު މީހަކަށްވެސް… އަހަރެމެން ކީއްކުރަން ބަަލަނީ އެކާކުތޯ…” ހަނާން ވަރަށް ފޮނިވެލައިފައި ބުނެލިއެވެ. އެދެ މީހުންވެސް މިހާރު އިހްސާން އެކޭ އެއްވެސް ތަފާތެއްނެތެވެ. ކުރީގައި ނަމާދު ކޮށްގެން އުޅުނު ދެމީހުން މިހާރު އެވަނީ އެހެން ބަޔަކަށް ވެފައެވެ. ދެ މީހުންވެސް މަސައްކަތް ކުރަމުން ދަނީ އިހްސާން އަޅާފައިވާ ރިސޯޓުގައެވެ. ހިތުގައި މާތްﷲ އަށްޓަކައި ބިރުވެރިކަމުގެ ކުޑަވެސް މިންވަރެއްނެތެވެ. ދެމީހުންގޮސް ވަނީ ވީރާނަވެ ފަޅުވެފައިވާ ގެއަކަށެވެ. ގޭ ކައިރީގައި ހުރި ސައިކަލުން އެތާނގައި އިހްސާންވެސް ހުރިކަން ގައިމެވެ. ހީވާ ގޮތުން އެމީހުން މިއަދުވެސް އެތަނަށް އެއައީ މަކަރުވެރި ރޭވުމެއް ރައިވާށެވެ. ފުދޭ ވަރަކަށް ބާރު ދުވެއްޔެއްގައި ދުއްވާފައި ދިޔަ އައިޒަންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހީވާގޮތުން އޭނާ އެ ދަނީ އަވަހަށް ގެއަށްގޮސް އަރާމުކޮށްލާށެވެ. ”ދަރިފުޅާ… ހާދަ ވަރުބަލިވެފައި.. މިއަދު ވަރަށް ބުރަކޮށްތަ އުޅުނީ؟؟” ގެއަށް ވަން އައިޒަންފެނި އުސްވާ ސުވާލުކުރިއެވެ. ހަމައެކަނި ހޫމް އޭ ބުނެލާފައި އައިޒަން މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށްދާށެވެ. އުސްވާވެސް ފަހުން އެއްޗެކޭ ނުބުނެ އިނީ އައިޒަން އަވަހަށް އަރާމުކުރަން ފޮނުވައިލުމަށެވެ. ކޮޓަރިއަށްވަނެ ދޮރު ލައްޕާލައިފައި ބެޑާހަމައަށް ދިޔަ އައިޒަންގެ ލޯ ހުރީ ކިރިޔާ ހުޅުވޭ ވަރަށެވެ. ހަށިގަނޑުގައި ކުޑަނަމަވެސް ވަރެއްނެތެވެ. ފައިވެސް އަންނަނީ ދަމަމުންނެވެ. އެއްޗެހި ވެސް ބަދަލު ނުކޮށް އައިޒަން ގޮސް ބެޑަށް ވެއްޓިގަނެވެ. އިސާހިތަކު އޭނާ ނިދީގެ ފުން ކަނޑަކަށް ގެނބުނެވެ. ***** ހަވީރުގެ ހިތްގައިމު ވަގުތުގައި އުސްވާ ދިޔައީ އޭނާގެ ހަނގަށް ހުންނަ މައިހާ ކިޔަވަންލާށެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ފެންނަ ކޮންމެ މީހަކަށް އުސްވާ ދިޔައީ ހިނިތުންވުމެއް ރައްދު ކުރަމުންނެވެ. ބަދަލުގައި އެމީހުންވެސް ދިޔައީ އުސްވާއަށް ހިނިތުންވުމެއް ރައްދުކުރަމުންނެވެ. ދެމީހުން ގޮސް އިނާޝާމެން ގެއަށް ވަންއިރު އެހެން ކުދިންވެސް އެމީހުންގެ ބެލެނިވެރިޔާ އާއި އެކު އާދެއެވެ. ކިޔަވައިދޭ ކޮޓަރިއަށް މައިހާ ލާފައި ނިކުތް އުސްވާ ސިއްސައިގެން ދިޔައީ އިނާޝާ ގޮވާލުމުންނެވެ. އޭނާދެން މިސްރާބު ޖެހީ އިނާޝާއާއި ދިމާއަށް ދިޔުމަށެވެ. ”ވަރަށް ބޮޑު ވާހަކައެއް ބުނަން މި ގޮވާލީ… މި ގަޑީ މަޑު ކުރެވިދާނެތަ؟” އުސްވާ ގޮސް އިނާޝާ ކައިރީ އިށީންދުމާއިއެކު އިނާޝާ ބުނެލިއެވެ. އިނާޝާވެސް ހުމް އޭ ބުނަލައިފައި މިގަޑީ މަޑު ކުރެވޭނެއޭ ބުނެލިއެވެ. އުސްވާގެ ޖަވާބު އިވިފައި އިނާޝާ ވާހަކަ ދައްކަން ފެށިއެވެ. ވާހަކަ އަޑުއަހަން ހުރި އުސްވާގެ މޫނުމައްޗަށް ދަނީ އެކި ކުލަވަރުތައް އަރަމުންނެވެ. އިނާޝާވެސް ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި ވާހަކަ ދައްކަމުން ދިޔައެވެ. ”މިވާހަކަ ނުބުނާތި އެހެން މީހެއްކައިރީ… މިއީ އަހަރެމެން ވެސް ވަރަށް ސިއްރު ކޮށްގެން ގެންގުޅޭ ވާހަކައެއް.. އަހަރެންނަށް މިވާހަކަ އުސްވާ ކައިރީ ބުނަން މަޖުބޫރުވީ ރޭގައި އައިޒަން ދެއްކި ވާހަކައަކުން… އަހަރެންނަށް މައްސަލައެއް ނެތް އައިޒަން އާއި އަދި ހުޒާމު ކައިރީ މިވާހަކަ ބުންޏަސް.. އެކަމަކު ދެމީހުން އެކީ ތިބި ވަގުތެއްގައި ބުނުން ރަނގަޅުވާނީ..” އިނާޝާ ބުނެލިއެވެ. އުސްވާވެސް އޭނާއަށް ވަގުތެއް ވެއްޖާ އެދެ މީހުންނަށް ކިޔައިދޭނާމޭ ބުނެ އެތާ މަޑު ކޮށްލި މައިހާ އަންނަތަން ފެނުމުންނެވެ. ދެ މީހުންނަށްވެސް ވާހަކަދައްކަން އެހައި ގިނަ އިރު ވަންދެން ތިބެވުނިކަން ރޭކައިލީ ދެނެވެ. ދެން ދަނީ އޭ ބުނެލައިފައި އުސްވާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ގެއަށް ވަނެ އުސްވާ މިސްރާބު ޖެހީ އައިޒަންގެ ކޮޓަރިއާއި ދިމާއަށެވެ. މެންދުރު ކޮޓަރިއަށް ވަނިގޮތަށް އަދިވެސް ނުނިކުންނާތީއެވެ. ކޮޓަރިއަށްވަނެ ދޮރު ލައްޕާފައި އުސްވާ ދިޔައީ ބެޑުގައި އަރާމުކޮށް ނިދާފައި އޮތް އައިޒަންއަށް ގޮވާށެވެ. އައިޒަންއަށް ގޮވަން އޭނާގެ ގަައިގައި ޖައްސާލިއަތް ދަމާގަނެވުނީ ހޫނު ތެއްޔެއްގައި އަތްލެވުނު ކަހަލަ އިހްސާސެއް ވެގެންނެވެ. އައިޒަން އޮތީ ހުންއައިސް ރަތްވެފައިއެވެ. އުސްވާ އަވަހަށް ދެން ދިޔައީ ކިރުތަށްޓަކާއި އެކު އަފަމޯލް ގުޅައެއް ބަލައެވެ. އެއްޗެހިތަށް ހިފައިގެން އައިސް އެނދު ކައިރީ ހުރި ސައިޑު ޓޭބަލް މަތީ އެއްޗެހިތަށް ބަހައްޓާފައި އުސްވާ ދެން އަވަސްވެގަނީ އައިޒަން އަށް ގޮވާށެވެ. ދެވަނަ ފަހަރަށް ގޮވުމުންވެސް އައިޒަން ނުހޭލައެވެ. ތިންވަނަ ފަހަރަށް އުސްވާ އައިޒަންއަށް ދެން ގޮވާލީ ވަރަށް ބާރަށެވެ. ސިއަސައގެން ގޮސް އައިޒަން ހޭލިއެވެ. އަދި ކިހިނެއްވީހޭ އުސްވާގާތު އެހިއެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހުމެއްވިއެވެ. ”ބޭސް ކާން މި ގޮވީ… ހުން އައިސް ރަތްވެފައެއްނު ތިއޮތީ.. އަންމި ކިރު ތަށްޓާއިއެކު ބޭސް ކާލާ.. މަންމަ އަންނާނަން ފެންތަށްޓެއް ހިފައިގެން…” އައިޒަން އަތަށް ކިރުތަށްޓާއި ބޭސް ގުޅަ ދީފައި އުސްވާ ދިޔައީ ފެން ތަށި ބަލައެވެ. އޭނާ ހަނދާންނެތިގެން އައީ ފެންތަށްޓެއްވެސް ނުލައެވެ. އައިޒަން އަތަށް ފެންތަށި ދިނުމުންބޯލިއެވެ. ދެން އަރާމުކޮށްލައިށޭ ކިޔައިފައި އުސްވާ ދިޔައީ ތަށިތައް ހިފައިގެންނެވެ. މިވީ ގޮތުންދެން އައިޒަންއަށް އެވާހަކަވެސް ނުކިޔާދެވުނީ އޭ އުސްވާގެ ހިތަށް އެރިއެވެ. މިއަދު ހުޒާމްވެސް ރަށުގައި އުޅޭތީ އޭނާއައީ ދެމީހުންނަށްވެސް އެވާހަކަ ކިޔައިދޭން ހިތުލައިގެންނެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އެ ވާހަކަ މާދަމާއަށް ލަސް ކޮށްލިއެވެ. **** ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއިއެކީ އެވެ. ނަމަވެސް އަދިވެސް އުސްވާއަކަށް އެވާހަކަ އެކަކު ކައިރީވެސް ނުބުނެވެއެވެ.މިހާރު އިނާޝާވެސް ދެދުވަހަކު ފެނުމުން އައިޒަން ކައިރީ އެވާހަކަ ބުނެފިންހޭ އަހައިފިއެވެ. ނަމަވެސް އުސްވާއަށް ދޭން ޖެހެނީ އެއްޖަވާބެކެވެ. ހެނދުނުގެ އެ ވަގުތުގައި އުސްވާ ތައްޔާރުވަމުން އެދަނީ އައިޒަން އަށާއި އޭނާގެ ފިރިމީހާ ހުޒާމުއަށް އެވާހަކަ ކިޔައިދޭށެވެ.”’ހުޒާމް… އައިޒަން.. އާދެބަލަ.. ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބޮތް..” އުސްވާ ވަކި ވަކިން ދެމީހުން ކައިރީ ބުނެލައިފައި ސިޓިންގް ރޫމަށް ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އައިޒަން އާއި ހުޒާމުވެސް އެތަނަށް އައެވެ. ދެ މީހުންވެސް އައިސް ސޯފައިގައި އިށީންދުމާއިއެކު އުސްވާ ވާހަކަ ދައްކަން ފެށިއެވެ. ”ދަރިފުޅާ… އަދިވެސް މީހަކާ އިންނާކަށް ނުވިސްނަންތަ؟” އުސްވާ ފެށި ވާހަކައަކުން އައިޒަން ދިޔައީ ސިއްސައިގެންނެވެ. ހުޒާމުވެސް އުސްވާ އާއި އެއްބައިވެލައިގެން ބޯޖަހައިލިއެވެ. އައިޒަން އިނީ އޭނާގެ މަންމަ އާއި ބައްޕައަށް އެވާހަކަތައް ކިޔާދޭންވީ ހޭ ނުވަތަނޫންހޭ ހިތަށް އަރައަރައެވެ. އެންމެފަހުން އޭނާ ވާހަކަދައްކަން ފެށިއެވެ. ”މަންމާ.. ބައްޕާ.. އަޅުގަނޑު މިދުނިޔޭގައި އެންމެ ލޯބިވި ކުއްޖާ ވަނީ މަރުވެފައި… އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެކުއްޖާމަތިން ހަނދާން ނައްތާލެވޭތޯ.. އެ..އެކަމަކުވެސް އަޅުގަނޑަކަށް އެކަމެއްނުވި.. މީހަކާ އިންނަންވެސް ބޭނުން… އެކަމަކު ހިތަށް އަރަނީ އެ އިންނަ މީހަކަށް ލޯތްބެއް ނުދެވޭނޭ އަޅުގަނޑަކަށް… އަދިވެސް އެކުއްޖާދެކެ ލޯބިވޭ.. ކުރީ ދުވަހު އިނާއްތަ މެން ގެއަށް ކާންދިޔައިރުވެސް އަޅުގަނޑަށް އެތާ މޫނު އާޅައިގެން ހުރި ކުއްޖާ އޭނާއާއި ވަރަށް ވައްތަރުވި… އެހަރަކާތް ތައް… އެ ދެލޯ… އެދޮންކަން… މަންމާ… ބައްޕާ… އަޅުގަނޑު ލޯބިވި ކުއްޖަކީ.. ނި..ނިފްޝާ…” އައިޒަން އޭނާގެ މަންމައާއި ބައްޕަގެ މޫނަށް ވަކި ވަކުން ބަލައިލާފައި ވާހަކަފެށިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރުވެސް ހިތްވަރުކޮށްފައި ވާހަކަ ދައްކަމުން ދިޔައީއެވެ. ”ދަރިފުޅާ… ދަރިފުޅަށް ހަމަ ތިހީވީ ރަނގަޅަށް.. މޫނު އަޅައިގެން އެހުރީ ހަމަ ނިފްޝާ… ނިފްޝާ މަރެއް ނުވޭ ދަރިފުޅާ.. އެއީ ހަމަ ނިފްޝާ..” އުސްވާ ދައްކަމުން ދިޔަ ވާހަކަ ޤަބޫލުނުކުރެވިފައި އައިޒަން އާއި ހުޒާމް އިނެވެ. ”އުސްވާ… ތިކިޔަނި ކީކޭ.. ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ.. ނިފްޝާ ވީ މީގެ ފަސް އަހަރު ކުރިން މަރު…” ހުޒާމު ދައްކަމުން ދިޔަވާހަކަ މެދު ކަނޑާލައިފައި އުސްވާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. ”އާން.. އަހަރެންނަށް އިނގޭ މި ކިޔޭ އެއްޗެއް.. އަހަރެން މިކިޔަނީ ހަމަ ތެދު ވާހަކައެއް.. އަޑު އަހާބަލަ.. ނިފްޝާ މަރުވެފައިއޭ ކިޔާގެން އޮޅުވާލީ ވަރަށް ބޮޑު ސަބަބަކަށްޓަކައި.. ނިފްޝާ މޫނު ބުރުގައި އެޅުވީވެސް ހަމަ ނިފްޝާ ފޮރުވަންވެގެން.. އެ ސަބަބަކީ.. ބައެއްގެ އަތްދަށުން ނިފްޝާ ސަލާމަތް ކުރުމަށް..އެ މީހުންނަށް މަޖުބޫރުވީ ނިފްޝާ ފޮރުވަން.. މީގެ ފަސް އަހަރު ކުރި އެއީ.. ނިފްޝާ ރޭޕް ކޮށްލީ އޭނާ އާއި ހެދި އުޅުން ނިފްޝާއާއި އެއްކުލާހެއްގައި އުޅުނު އިހްސާން… ކޮންމެ ފަހަރަކުވެސް އެކަމެއް ކޮށް ނިންމާފައި ނިފްޝާ ހޭ ނައްތައިލާ… ހޭ އެރުމުންވެސް ނިފްޝާ އޮންނަނީ ހޭނެތިފަ ކަމަށް ހަދައިގެން.. ސަބަބަކީ އިހްސާން މެން ދައްކާ ވާހަކަ އަޑު އަހަންވެގެން.. އެގޮތަށް އޮތް ފަހަރެއްގައި ނިފްޝާއަށް އަޑު އިވުނީ ނިފްޝާ މަރައިލާފައި ނޫނީ އޭނާ ދޫނުކުރާނެކަމަށް… އިހްސާން އެހެން ނިފްޝާއަށް ހެދީ ނިފްޝާ ގާތު ރައްޓެހިވާން ހެދުމުން ނުވީމަ.. އަދި ނިފްޝާ ނޫނެކޭ ބުނުމުން ކުދިން އިހްސާންއަށް މަލާމާތް ކުރުމުން […]
އިނާޝާމެން ގެއަށް އައިސް ވަން އައިޒަންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަނީ ދުރުގައި ކަޅުކުލައިގެ ބަޓަފުލައި އަބާޔާއަކާއިއެކު މޫނު ނިވާކޮށްފައި ހުރި އަންހެން ކުއްޖެކެވެ. ކަޅު ކުލައިގެ އަންގިއަކުން އަތް ނިވާ ކޮށްފައި ވާއިރު ފައި ވަނީ ކަޅު ކުލައިގެ އިސްޓާކީނަކުން ނިވާކޮށްލައިފައިއެވެ. ހަމައެކަނި ފެންނަން ހުރީ އެކުއްޖާގެ އެ ޖާދޫ ކަން ގަދަ ދެ ލޮލެވެ. އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ މަންމަ ގޮވާލުމުންނެވެ. އަވަހަށް ހިނގާށޭ ކިޔާފައި އެތަނުން އުސްވާ ހިނގައިގަނެވެ. އައިޒަން އަނެއްކާވެސް އެ ކުއްޖާ ހުރި ތަނަށް ބަލައިލިއެވެ. ނަމަވެސް އެ ކުއްޖާ މިފަހަރު ފެންނަން ވެސް ނެތެވެ. ދެން އައިޒަން އަވަސް ވެގަނީ އޭނާގެ މަންމަގެ ފަހަތުން ދިޔުމަށެވެ. ބާރު ހިނގުމެއްގައި ދިޔައީ އޭނާގެ މަންމަ އާއި އެއްވަރު ކުރުމަށެވެ. އަލަށް އެގެއަށް އައުމުން އޭނާ ވަނީ ކުޑަކޮށް ނުތަނަވަސްވެފައިއެވެ. ބޮޑު ބަދިގެއެކެވެ. ހަތަރު ފާރުގައިވެސް ލާފައި ވަނީ މަޑު ޕީޗް ކުލައެލެވެ. ރީތި ޑިޒައިނެއް ޖައްސާލައިފައިވާ ސީލިންގުގައި ލާފައި ވަނީ ތަންކޮޅެއް ގަދަ ޕީޗު ކުލައެކެވެ. އެއްފަރާތުގައި ހަ މީހުންނަށް ތިބެވޭނޭ ވަރުގެ ހަތަރެސްކަން މޭޒެއް ހުއްޓެވެ. އަދި ދިގު ކަބަޑް ސެޓެއް ހަމަ އެތަނުގައި ހުއްޓެވެ. ކޮންމެ ތަނަކަށް ބަލާލި ކަމުގައި ވީނަމަވެސް ފެންނަނީ ތަރުތީބުކަމެވެ. އައިޒަން ގޮސް މޭޒު ކައިރީ ހުރި ގޮނޑިތަކުން ގޮޑިއެއް ދަމާލައިފައި އިށީނިއެވެ. އަދި އިނާޝާމެން ކާން […]
ޕޮލިސް ޔުނީފޯމްގައި ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާނާއަށް ވަނީ އެތައް ބައެއްގެ ލޯތައް އަމާޒުވެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅާނުލާ އެ ޒުވާނާ ދިޔައީ މަގުމައްޗަށް ސަމާލުވަމުންނެވެ. ދުއްވާފައި ގޮސް އެ ޒުވާނާ މަޑު އެކޮށްލީ ހީވާގޮތުންނަމަ އޭނާގެ ގޭ ދޮރުމަތީގައިއެވެ. ”އަނހާ… ދަރިފުޅާ އައިޒަން… މިއަދު ހާދަ އަވަހަކަށް ތި އައީ… އެހެންނާ އަންނަ ގަޑިއަކު ނޫނެއްނު މިއަދު ތިޔައީ؟” އައިޒަން ގޮސް ގެއަށް ވަތް އިރަށް އައިޒަންގެ މަންމަގެ ސުވާލުތަކާ ކުރިމަތިވިއެވެ. ” ހޫމް… މިއަދު ކުޑަކޮށް ބޮލުގައި ރިއްސާތީ އަވަހަށް މިއައީ…” އައިޒަން އޭނާގެ މަންމަ ގާތުގައި އެހެން ބުނެފައި ކޮޓަރިއައި ދިމާއަސް މިސްރާބު ޖެހިއެވެ. ހަމަ ހަޤީޤަތުގައިވެސް އައިޒަން މިއަދު އެއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. އައިޒަން ގޮސް އެނދުގައި އޮށޯތްއިރަށް ނިފްޝާގެ އެކި ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރާލިއެވެ. އަދިވެސް އައިޒަންއަށް އެއުޅެނީ ނިފްޝާގެ ހިޔާލުތަކުން ދުރުނުވެވިގެންނެވެ. އެ ހިޔާލުތަކުން ދުރުވެވޭތޯ މިހާރު އައިޒަން އެތައް މަސައްކަތެއް ކޮށްފިއެވެ. އެކި ހިޔާލުތަކުގައި އޮތް އައިޒަންގެ ލޮލަށް ނިދި ސަވާރުވީ ބަސް ބުނާހާ އަވަހަށެވެ. އައިޒަންއަށް ނޭނގުނީ އޭނާގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އޭނާއަށް ވޭތު ކުރަން ޖެހޭނީ ކިހިނެއްކަމެވެ. އޭނާގެ ހަޔާތުގައި ކުރިއަށް ވާނީ ކޮންކަމެއް ކަމެވެ. ތަގުދީރު އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ ***** އާދުވަހަކަށް އިރު އެރީ އެތައް ބަޔަަކަށް އުފާވެރިކަން ގެނުވާ އެނެއްބަޔަކަށް ހިތާމަވެރިކަން ގެނުވަމުންނެވެ. މިއީ އަބަދުވެސް ދުނިޔޭގެ ހާލަތެވެ. އެއްދުވަހު ހިތާމަވެރިކަން އެމީހަކަށް ލިބިއްޖާ އޭގެ އަނެއް ދުވަހު އެމީހަކަށް ލިބޭނީ އުފާވެރިކަމެވެ. ހެނދުނުގެ ވަގުތުގައި އައިޒަން ހުރީ ގޭގައި ހަދާފައި އޮތް ބަގީޗާގައި ކޮފީއެއް ބޯންށެވެ. ފޮޅިވައިވާ ރަތް ކުލައާއި ފިޔާތޮށި ކުލައިގެ ފިނިމެންމާ ތަކުގެ ސަބަބުން ބަލާ ފޫހި ނުވާނޭ ކަން ގައިމެވެ. އަދި ދުރުގައި ހުރި އެކި ކުލަކުލައިގެ ސާމާ ގަސްތަކުގެ ސަބަބުން އެރީތި ކަން ދެގުނައެވެ. މާމަލުގައި ހުރި ޝަބުނަމް ތިކިތަަކުން މަލުގެ ފުރިހަމަކަން ބަޔާން ކުރަން ވެސް ދައްޗެވެ. ގަސްތަކުގެ ތެރެއިން އެއް މަލުން ފޮނި ކޮޅު ބޯލައި އެނެއް މަލުން ފޮނި ކޮޅު ބޮމުން އުޅުނި ކޮކާތަކާއި ކުޅަނދުރުތައްވެސް އެކަމުގެ އުފާ ހޯދަމުން ދެއެވެ. ކުޅަދުންވަންތަ ކަމުގެ ލާމަސީލު މަންޒަރެކެވެ. މިފަދަ މަންޒަރެއް އާޓިސްޓަކަށް ކުރުހަންވެސް އުނދަގޫ ވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެ ބަގީޗާއަކީ އައިޒަން އަބަދުވެސް އޭނާގެ ބޯ ހަމަޖައްސައިލަން އަންނަ އެއް ތަނެވެ. އައިޒަންގެ ކޮއްކޮއަކީ ގަސް ހެއްދުމަށް ނުހަނު ފޯރި ހުންނަ ކުއްޖެކެވެ. އެ ގަސްތަކަކީ ވެސް މާޔާގެ ބުރަ މަސައްކަތެވެ. ”ދަރިފުޅާ އެއޮށް ގަޑިޖެހެނީ މިހާރު… ދެން ދޭ އަވަހަށް ތައްޔާރުވާން…” ކޮފީ ބޯން ހުރި އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ މަންމަ ގޮވާލުމުންނެވެ. އައިޒަން އެތާ ނުހުރެ އަވަސްވެގަނީ އޭނާގެ ޑިއުޓީ ދާން ތައްޔާރުވާށެވެ. ޕޮލިހަކަށް ވުމަކީ އައިޒަން މާ ކުރާ ހިތް ވާ ކަމެއްނޫނެވެ. ނަމަވެސް އޭނާ އެވަޒީފާގައި އެއުޅެނީ އެނާގެ ލޯބިވާ ނިފްޝާއަށް އިންސާފު ހޯދައިދިނުމަށެވެ. ނިފްޝާއަށް އެކަން ކުރި މީހުން ހޯދައި ހައްޔަރު ކުރުމަށެވެ. ނަމަވެސް އަދިވެސް އެ ކުށްވެރިން ހޯދޭ ގޮތެއް ނުވެއެވެ. އެތައް މަސައްކަތެއް ކުރުމުންވެސް މެއެވެ. އެ ވަޒީފާއަށް ދާން ފެށިތާ ހަފްތާއެއް ނުވަނީހެން އައިޒަންގެ ހިތުގައި އެ ވަޒީފާއަށް ޝައުގުވެރިކަން އުފެދުނެވެ. ކޮންމެ ކަމެއްވެސް މިހާރު އެނާ ކުރަނީ ހިތްހަމަޖެހިލައިގެން ހުރެ ކުރާ ހިތުންނެވެ. ”އަނހާ… ދައްތަ މެން ކޮން އިރަކު އައީ…” މަޑު މަޑުން ސައިކަލު ދުއްވަމުން ދިޔަ އައިޒަން އަށް ނިފްޝާގެ މަންމަ އިނާޝާ ފެނުމުން ހިނިތުންވެލައި ވާހަކަދެއްކިއެވެ. އައިޒަންއަށް ނިފްޝާގެ މަންމަވެސް އެފެނުނީ އެތައް ދުވަހަކަށްފަހުއެވެ. ”އިއްޔެ އައީ… ދެން އަބަދަކު މާލެއަކު ނޫޅެވޭނެ ދޯ… އެހެންވެ އެންމެން ބަދަލުވީ މިކޮޅަށް…” އިނާޝާވެސް ހިނިތުނެވުމެއް ރައްދު ކޮށްލައިފައި އައިޒަންއާ ވާހަކަދެއްކިއެވެ. ވާހަކަ ދެއްކުން ހުއްޓާލައިފައި އައިޒަންއާއި ދިމާއަށް އިނާޝާއަށް ބަަލަން ހުރެވުނީ އައިޒަންއަށް އައިސްފައިވާ ބަދަލުތަކުންނެވެ. ބާމަތިފުޅައި ވެފައި ވާއިރު ތުނި ކޮށް ކޮށާފައިވާ ތުނބުޅިންނާއި ލައިފައި ހުރި ޕޮލިސް ޔުނީފޯމް އިން އައިޒަންގެ ރީތިކަން ބޮލީވުޑުގެ ތަރިއަކަށް ވުރެ ދެރައެއް ނޫނެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާނެކަން ގައިމެވެ. ”ޕޮލިހަކަށް ވީތަ… މާޝާﷲ… އައިޒަން ވަރަށް ފުރިހަމަ ތި ޔުނީފޯމް ގައި ހުންނަ އިރުވެސް… ޔަގީން އަންހެން ކުދިން މޮޔަ ވާނެކަން އައިޒަން ފެނިފަ… ހެހެހެ…..” އިނާޝާ އައިޒަން އަށް ތަޢުރީފު ކޮށްފައި ސަމާސާއެއް ކޮށްލިއެވެ. އިނާޝާވެސް މިހާރު ހިތްހަމަ ޖެހިފައި ވާކަން އައިޒަން އަށް ފާހަގަ ކުރެވުނެވެ. ”ހެހެހެ… ދައްތާ ދެން ދަނީ… ނެތް މިގަޑީ ވާހަކަ ދައްކަން ހުރެވޭކަށް….” އައިޒަން އެހެން ބުނެލައިފައި އެތަނުން ދިޔައީ އިނާޝާގާތު ފަހުން ދިމާވާނެ ވާޙަކަ ބުނެފައިއެވެ. ބުރަ މަސައްކަތުގައި ހުރި އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ހަޅޭއްލަވައިގަތް އަޑަށެވެ. ގުޅަނީ މަންމަކަމުން އަވަހަށް ފޯނުނަގައި ހަލޯއޭ ބުނެލިއެވެ. ”ދަރިފުޅާ… މިރޭ އެބަ ޖެހޭ އިނާޝާމެން ގެއަށް ދާން…. މިރޭގެ ކެއުމަށް ދައުވަތު ދީފައި އޮތީ… ދަރިފުޅު ފްރީ ވާނެތަ މިރެއަށް…” އައިޒަންގެ މަންމަ އުސްވާ ބުނެލިއެވެ. ” އާން މަންމާ… އަޅުގަނޑު މިރޭ ފްރީ… އެހެންވީމަ ދެވޭނެ… އެކަމަކު މިއަދު އިނާއްތައާ ދިމާވި އިރުވެސް ނުބުނެ ތިވާހަކައެއް…މަންމާ ދެން ބާއްވަނި…. ވަރަށް ބިޒީ ކޮށް މިއުޅެނި..” އައިޒަން ޖަވާބު ބުނެލިއިރު އޭނާގާތު އިނާއްތަ އެވާހަކަ ނުބުނުމުން ޝަކުވާ ކޮށްލިއެވެ. އަދި އިނާޝާ އޯކޭ އޭ ބުނުމުންއައިޒަން ފޯނު ކަނޑާލައިފައި އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ. ނިފްޝާ ދުނިޔޭގައި ހުރި ނަމައޭ އެވަގުތު އައިޒަންގެ ހިތަށް އެރިއެވެ. އަނެއްކާވެސް އައިޒަން ސިއަސައިގެން ދިޔައީ އޭނާގެ ފޯނު ހަޅޭއްލަވައިގަތުމުންނެވެ. މިފަހަރު ގުޅަނީ ހައިޝަމްއެވެ. އަވަސް ކޮށްލައިފައި ފޯނު ނެގީ ހައިޝަމް އާ ވާހަކަ ދައްކާ ނުލައިތާ ގިނަ ދުވަސްވުމުންނެވެ. ”ޕިސްޕިސްޕިސް….. މިހާރު ޕޮލިހަކަށް ވީމަ އަހަރެމެންނާ އަނގައިންވެސް ބުނެނުލެވެ ދޯ ބިޒީ ކަމުން…. ސާބަސް…. އަދި މީހަކާ އިނީމަ ކިހާވަރެއް ވާނެބާއޭ މަ ހިތައްއަރާ….. އަހަރެމެން ފެންނަ ކަމަށްވެސް ނުހަދާނަން ދޯ؟” ހައިޝަމްއަކީ އަބަދުވެސް މަޖާ މިޒާޖެއްގެ މީހަކަށްވުމުން ކޮންމެފަދަ ވަގުތެއްގައިވެސް ހުންނާނީ ސަކަރާތްޖަހަން ބޭނުންވެފައިއެވެ. ނަމަވެސް ސީރިއަސްވެފައި ހުންނަ ވަގުތެއްގައި ވަރަށް ސީރިއަސްވާނެއެވެ. ”ހެހެހެ… ހައިޝަމް ވެސް މަށަކަށް ނުގުޅާ ވިޔަ މާލެ ދިޔަފަހުން…. މާލެ ފެން ބޮވުނީމަ… ދެން މަވެސް ބިޒީކަމުން ހަމަ ގުޅާނުލެވެނީ… ތިއެއް ނޫނޭ ކީއްކުރަންތަ ތި ގުޅީ މިގަޑީ؟” އައިޒަން ވެސް ރައްދުގައި އެއްޗެކޭ ބުނެލަމުން ހައިޝަމް ގުޅި ސަބަބު އަހައިލިއެވެ. ”ހޫން…. މިހާރުވެސް ފޯނު ނުބޭއްވިގެން ލަސްވީ ދޯ…. ކަމެއް ހުރެއޭ… މީހަކު އަޅެފަހެ އަޖާބެއް ނުވާނެތަ ތި ފިރިހެނަކާ ހެދި… ބަލަ މަވެސް މީ ފިރިހެނެކޭ… ތިޔަހެންނެއް ނޫޅެން… ރައްޓެހިންނާ ވާހަކަދެއްކުމެއް ވެސް ނޯވޭ ދޯ؟ މަ ހިތަށް އަރާ އުސްވާއްތަ ކޮން އެއްޗެއް ބާއޭ ކާން ދިނީ […]