Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

ވަގުތު 3

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 27, 2018 4 Mins Read
15 Comments

”ނޫން ނައީމް.. އެއްފަހަރު ވެސް ގުޅާބަލަ.. ފޯނު ނަގަދާނެއްނު.. ހެނދުނު ދިޔަ މީހަ ވިޔަ.. މިހާއިރު ވާއިރު އެދިޔަތަނަކުން އަންނަން ޖެހޭނުން.. އެހެންޏާ އެހާ ގިނަ އިރެއްނުވޭ ތަނަކަށް ދިޔަޔަސް..” ރޯޝީން ދިޔައީ ނައީމް ގާތުން އާދޭސްކުރަމުންނެވެ. އެންމެފަހުން ނައީމުއަށްވެސް ކެތްނުކުރެވިގެން ފޯނު ނަގައިފައި ފިއްތަކަށް އޮބައިލައިފައި ކަންފަތުގައި ފޯނުޖައްސާލިއެވެ. އެތަށް އިރަކު ރިންގް ވުމަށްފަހު ފޯނު ކެނޑުނީއެވެ. ފޯނަކަށް ޖަވާބެއެއް ނުލިބެއެވެ. ރޯޝީންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމާއި އެއްވަރަށް ހިތާމަވެރިކަންވެސް މެއެވެ.

”ކޮބާ އަހަރެންގެ ދަރިފުޅު އާއިޒް؟ އަހަރެން ކިތައް ފަހަރު އައީމަތަ އެކުއްޖާ ވީ ތަނެއް ބުނާނި؟ ކަލޭމެންގެ ދަރިއާއި ހެދި އަަހަރެންނަށް ނޭވާއެއްވެސް ލެވެނީކީ ނޫނޭ.. ޔަގީން އަހަރެންގެ ދަރިފުޅުވެސް ނުބައި މަގަށް އަޅުވަން އެއުޅެނީ.. ބުނަންވީ އެމީހުން ދިޔަ ތަނެއް؟” ސޯފާގައި މާޔޫސްވެފައިތިބި ރޯޝީންމެން ސިއްސައިގެން ދިޔައީ ދަރިންފަތި ގޮވައިގެން އެގެއަށް އައިސް ހުރި އައްޒަ ފެނިފައިއެވެ. ލާފައި ވަނީ ކަޅު ކުލައިގެ އަބާޔާއަކާއިއެކު ހަމަ އެ ކުލައިގެ ކަންދިގު ބުރުގަލެކެވެ. ފައި އިސްޓާކީނަކުން ފޮރުވައިލައިފައި ވާއިރު އެ މޫނުމަތިން ފެންނަމުން ދަނީ ރުޅިވެރިކަމެވެ. ”އަހަރެމެންނަށް ވެސް ނޭނގިގެން މިއުޅެނީ އެ މީހުންދިޔަ ތަނެއް.. އަހަރެންނަށްވެސް އެނގޭނަމަ ބުނާނަން.. އިޔާން މިހެން ދަނިކޮށް އެހީމަވެސް ނުބުނި ދާ ތަނެއް…” ނައީމު ހާސްވަފެއިވާ އަޑަކުން ބުނެލިއެވެ. ”ހެނދުނު ނުވައެއް ޖެހިއިރު ދިޔަގޮތަށް…. މިހާރު އެއޮށް އެގާރަ ޖަހަނީ.. ގުޅާ ގުޅާ ފޯނުވެސް ނުނަގައި.. ދެން ކިހިނެއް އަހަރެން ހަދާނި..” އައްޒަވެސް ހުރީ ހާސްވެފައިއެވެ. އެމޫނުމަތިން ހިތާމަވެރިކަން ނޫން އަސަރެއްނުފެނެއެވެ.            ”މަަށަށް އިނގޭ އެމީހުން ދިޔަތަން.. މިތާ ކައިރީ މިއޮތް ފަޅުރަށަށް ދިޔައީ.. ލޫޝާން ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން ހުއްޓާ މަ އަޑު އެހީ.. ވަރަށް ކީން ނުދާށޭ.. އެކަމަކު ލޫޝާން އަހަރެންގެ އަޑެއް ނާހާ..” ރުހުޒީއަށްވެސް ހުރީ ހަމަ ރަނގަޅަށް ރޮވުފައިއެވެ. ހުރި ހަމައެކަނި ދަރިފުޅަށް ކަމެއްވާކަށް އެއްވެސް މަޔަކު ނޭދޭނެ ނޫން ހެއްޔެވެ؟ ރުހުޒީވެސް ލޫޝާންމެން އިޔާންގެ ގޭގައި ހުރިތޯ ބަލައިލަން އައިސް ގެއަށް ވަނި ވަގުތު އައްޒައާއި ނައީމު ވާހަަކަދެއްކި އަޑު އިވުނީއެވެ. އިރުކޮޅަކުން ފަރުހާނާވެސް އެގެއަށް އައިސް ވަނިއެވެ. އެންމެން އެއްކޮށް ސިއްރުވެރި ވާހަކައެއް ދައްކާ ނިންމާފައި އެންމެންވެސް އެމީހަކު ގެއަށްދާން ނިންމީ ދަންވެފައި ހުރުމުންނެވެ.

އިންނަފިނޮޅުގައި ޓެންޓު ޖަހައިގެން އެންމެ ބާރަށް އިޔާންމެން ލަވަ ޖަހަމުން ދިޔައީ އެއީ ފަޅު ރަށެއްކަން އަދި އެއީ ދަންވަރު ގަޑިކަން ވެސް ހަނދާން ނައްތާލާފައެވެ. ޓެންޓު އަޑީގައި ތިބި ހަތަރު މީހުންވެސް ދިޔައީ ސިނގިރެޓް ބޮމުންނެވެ. ކައިރީގައި ނުހަނު ގިނަ ސިނގިރެޓް ތަކާއި ހުސް ފޮށިތަށް ހުއްޓެވެ. އެމީހުންގެ އިންތިޒާރުގައި މައިންބަފައިން ތިބޭނެކަންވެސް ހަނދާން ނައްތާލައިފައި އެދަނީ ދުނިޔޭގެ އުފާ ހޯދަމުންނެވެ. ”މާދަން ދޯ ރަށަށް ދާނި؟ ޝިބާން އޭނާގެ އަނގަތެރޭގައި ހުރި ސިނގިރެޓް ދުންތަށް ދޫކޮށްލިއެވެ. ”މަ ނެތް މާދަންވެސް ރަށަށް ދާ ހިތެއް.. ގޮއްސިއްޔާ ބޮލަށް އުނދަގުވުން ނޫން ކަމެއް ނުވާނެ..” ލޫޝާން ވަރަށް ފޫހިވެފައި އިނދެ ބުނެލިއެވެ. އިޔާންވެސް އިނީ އެރަށުން ދާ ހިތް ނުވެފައިއެވެ. ”ކޮންމެ ގޮތެއްވިޔަސް ހަމަ ދާން ދޯ ޖެހޭނީ.. އަހަރެމެން މިތަނަށް އައީ ހަމަ އެކަނީ މިއަދަށް ވާވަރަށް ކާއެއްޗެހި ވެސް ހިފައިގެން.. ހަމައެކަނި ސިނގިރެޓް އެއް ނުބޮވޭނެއްނު..” އާއިޒް އިނީ އެ ރަށުން އަވަހަށް ދާހިތް ވެފައިއެވެ. ކޮންމެ ގޮތަކަށް އުޅުނަސް އާއިޒް އަބަދުވެސް އޭނާގެ މަންމައަށާއި ބައްޕައަށް އިހްތިރާމް ކުރެއެވެ. މިހާރުވެސް އޭނާ އެހުރީ ރަށަށް ދާހިތުން ކެތްމަދުވެފައިއެވެ. ނަމަވެސް ރައްޓެހިންގެ އުފަލަށްޓަކައި އޭނާ އެރަށުގައި މަޑު ކޮށްގެން ހުންނަނީއެވެ. އޭނާއަށް ނޭނގޭ ކަމަކީ މައިންބަފައިންނަށް އިހްތިރާމްކުރި ކަމުގައި ވިނަމަވެސް އޭނާ އެކުރާ ކަންތައްތަކަކީ ރަނގަޅު ކަންތައްތައް ނޫންކަމެވެ.

ގޭގެ ފެންޑާގައި ދެކޮޅަށް ހިނގަން ހުރި ލަމްހާގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ. އިރުކޮޅަކު ހިނގާލައިފައި އަނެއްކާވެސް ގޮޑީގައި އިށީންދެލައެވެ. އެގޮތަށް ހިނގާލަ ހިނގާލާ އޭނާ ހުންނަތާ ދެގަޑިއިރު ވަނީއެވެ. ”މަންމާ.. އަދިވެސް ދޮންބެ ނާދޭތަ؟” ލަމްހާގެ ދެވަނައަށް ހުންނަ ޝިނާންވެސް ހުރީ އޭނާގެ ދޮންބެ ގެއަށް ނައިސްގެން ދެރަވެފައިއެވެ. ނަމަވެސް ގޭގައި ޝިބާން އުޅުނު ކަމުގައިވިޔަސް އޭނާއަކީ ނެތް މީހެއްފަދައެވެ. މީހަކާ އަނގައަކުން ނުބުނެއެވެ. އެއީ މިފަހަކަށް އައިސް ޝިބާން އުޅެން ފެށި ގޮތެކެވެ. ޝިނާން އޭނާގެ ދޮންބެދެކެ ނުހަނު ލޯބިވެއެވެ. އެދޮންބެ އަށް ކަމެއްވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. ”އާން ދަރިފުޅާ.. އަދިވެސް ދޮންބެ ނާދޭ.. ދަރިފުޅާ އާދެބަލަ މިތާ އިށީންނަން..” ލަމްހާ އޭނާގެ މޫނުމަތީގައި ދެއަތްއަޅާފައި އެ ދޮން މޫނު ފޮރުވާލިއެވެ. ”ދަރިފުޅާ.. ދަރިފުޅު ނޫޅޭތި ދޮންބެ އެއުޅޭ ގޮތަށް.. ފަސް ވަގުތު ނަމާދުކޮށް ޤުރްޢާން ކިޔަވާތި.. މީހުންނަށް އިހްތިރާމް ކުރާތި.. ރަނގަޅު އެކުވެރިން ހިޔާރުކުރާތި… ދޮންބެވެސް އެހުރީ ހަލާކުވެފައި ނުބައި އެކުވެރިންނާއި ޖެހިގެން.. ދަރިފުޅު އެހެން ނޫޅޭތި އޭރުން މަންމައަށް ކިހާ ބޮޑު ހަޑިއެއް ލިބޭނީ.. މިހާރުވެސް ދޮންބެގެ ސަބަބުން މަންމައަށް މީހުން ކިޔާ އެއްޗެހި މަދެއްނޫން.. ދަރިފުޅާ އަބަދުވެސް ހަނދާންކުރާތި ކިތަންމެ ސިއްރުން ކަމެއް ކުރި ކަމުގައި ވިނަމަވެސް އެކަމެއް ދެނެވޮޑިގެންވާ ފަރާތެއްވާކަން.. ދަރިފުޅު މަންމައަށް ސިއްރުން ކަމެއް ކުރި ނަމަވެސް އެކަމެއް މާތްﷲ ދެނެވޮޑިގެންވާނެ… އަބަދުވެސް ހަނދާންކުރާތި ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތެއް ވާކަން.. ކުއްޖަކު ދަރިފުޅު ކައިރީ ނުބައި ކަމެއް ކުރަން ބުނިނަމަވެސް އެކަމެއް ނުކުރާތި.. މަރާލާނަމޭ ބުނިނަމަވެސް ނުކުރާތި.. ދަރިފުޅު އެކަމެއް ނުކޮށްގެން ކިތަންމެ ގިނަ އަނިޔާއެއް ކުރި ނަމަވެސް ނުބައި ކަމެއް ނުކުރާތި.. ދަރިފުޅު ކައިރީ ކުއްޖަކު ނުބައި ކަމެއް ކުރަން ބުނެފިއްޔާ އެކުއްޖަކަށް ވިސްނާދެވޭތޯ ބަލާތި.. އޭރުން ދަރިފުޅަށް އެކުރެވުނީ ވަރަށް ރަނގަޅު ކަމެއް.. ސަވާބުވެސް ލިބޭނޭ ކަމެއް.. ނުބައި ކަންތަކަށްވުރެ ހެޔޮ ކަންތައްތައް ކުރުމަށް އިސްކަންދޭން ޖެހޭނެ.. ނަމާދުގައި ހުންނަ އިރުވެސް ހުޝޫއަތްތެރިކަމާއި އެކު ނަމާދު ކުރާތި.. މަތްﷲއަށް ބިރުވެތިވާން ޖެހޭނެ.. މިނޫން އެހެން ދުވަހެއް އަންނާނެކަން ހަނދާން ކުރާތި.. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާތި..އިސްލާމްދީނުގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިރުޝާދު ދެއްވާފައިވޭ.. ” ލަމްހާ ދިޔައީ ޝިނާންއަށް ނަސޭހަތްތެރިވަމުންނެވެ. ޝިނާންވެސް ލަމްހާބުނާ ކޮންމެ ޖުމުލައަކަށް ދިޔައީ ބޯ ޖަހާލަމުންނެވެ. ”އާން މަންމާ.. އަޅުގަނޑު ދުވަހަކުވެސް ނުބައި ގޮތަކަށް ނޫޅޭނަން.. މަންމަގެ ނަސޭހަތްތަށް އަޑު އަހާނަން.. އިންޝާﷲ.. އެހެން ކުދިންނަށް ވެސް ނަމޫނާއަކަށް ވާނަން….” މިހުރިހާ ޖުމުލައެއްވީ ޝިނާންގެ ހިތުތެރޭގައިއެވެ. އޭނާއަކަށް ބުނާކަށް ނުކެރުނެވެ. މަންމަކައިރީ އެހުރިހާ ވާހަކައެއް ބުނެފައި އެހެން ނޫޅެވިދާނެތީ ކަންނޭގެއެވެ. ނަމަވެސް މިހާރުން ފެށިގެން ޝިނާން އެހުރީ އަޒުމެއްގައެވެ. ދުވަހަކުވެސް ނުބައި ކަމެއް ނުކުރުމަށެވެ. އަދި ހެޔޮ ކަންތައްތައް ކުރުމަށެވެ. އެ އަޒުމު އެކަކަށްވެސް ގުޑުވާ ނުލެވޭނޭ ވަރަށް ޝިނާންވަނީ ސިމެންތި އަޅައިފައިއެވެ. ޝިނާން އެގޮތަށް އިނދެފައި ނިދަން ކޮޓަރިއަށް ދިޔައިރުވެސް ލަމްހާއިނީ ހަމަ އެގޮތަށެވެ. ތަނެއްް ގުޑު ވާވެސް ނުލައެވެ. އެހެން އިނދެ އޭނާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ.

އިޔާންމެން ދަތުރުގޮސް އައީ ދިޔަދުވަހު ނޫން އެނެއްދުވަހުގެ މެންދުރުއެވެ. ނުކައި އުޅުމުގެ ސަބަބުން އެންމެން ވެސް ތިބީ ނުހަނު ބޮޑަށް ވަރުބަލިވެފައެވެ. އެންމެންގެ މޫނުމަތިން އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ރަށަށް އެރިގޮތަށް ހަތަރު މީހުންވެސް ދިޔައީ ރެސްޓޯރެންތަކަށް ކާށެވެ. ހަތަރެސްކަން މޭޒެއްދޮށުގައި ހަތަރުމީހުން އިށީންދެލައިގެން މާގިނައިރަކު ތިބޭކަށް ނުޖެހުނެވެ. މެނޫ އަދި ހަތަރު ފެން ބޯތަށްޓާއި ފެން ފުޅިއެއް ހިފައިގެން ވެއިޓާ އައެވެ. އޯޑާރ ދިނުމުމަށްފަހު އެންމެންވެސް އެމީހެއްގެ ފޯނު އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ކުޅެން ފެށިއެވެ. ”އެއްކަލަ މަންމަ އެބަހުރި ގުޅާފަ.. ވިހި ވަރަކަށް މިސްޑް ކޯލް އެބެން..” ލޫޝާން ފޯނާ ކުޅެމުން ބުނެލިއެވެ. އިޔާންވެސް އޭނާއަށް ގުޅާފައި ހުރި ވާހަކަ ބުނެލީ ފޯނު މޭޒުމައްޗަށް އެއްލާލަމުންނެވެ. ކާއެއްޗެހި ގެނުމުން ހަތަރުމީހުންވެސް އަވަސްވެގަނީ ފޯނު ދޫކޮށްލާފައި ކެއުމަށެވެ. އެންމެން ފުރައިޑް ނޫޑުލްސް ތަށި ކައި ނިންމާލިއިރު އިޔާން އިނީ ނޫޑުލްސްތަށީގެ އެއްބައި ކައިލި ގޮތަށެވެ. އިޔާންއަކީ އަބަދުވެސް ލުއިކާނާ ކައި މީހެކެވެ. އެނޫން އެއްޗެއް އިޔާން ނުކައެވެ. ދެން ބޯނީ ސިނގިރެޓް ނޫނީ ކޯކެވެ. ނޫނީ ކޮފީއެވެ. އެއީ ހަށިގަނޑަށް ނުހަނު ގެއްލުން ލިބޭ އެއްޗެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ކޯކް ތަށި ބޮއިލި ގޮތަށް އިޔާން އިނީ އޭނާގެ ފޯނު ހިފައިގެން އިންސްޓަގުރާމް އިން ފޮޓޯތަކެއް ބަލައިށެވެ. އިރުކޮޅަކާއި މީނި ސަޅި ފޮޓޯއެކޭ ކިޔާފައި އެންމެންނަށް ދަށްކާލައެވެ. ބައެއްފަހަރު އިޔާން ދައްކައިލައި ފޮޓޯތަކުން އެންމެން ހޭންވެސް ފަށައެވެ. ”ކާކަށް މިފަހަރު ބިލު ދެއްކުން އޮންނާނީ؟” ޝިބާން ހެމުން ހެމުން ބުނެލިއެވެ. ”ލޫޝާން އަށް.. އޭނާ އިއްޔަ ލަސްވީމަ..” އާއިޒް އެއްލޯ މަރާލަމުން ބުނެލިއެވެ. ލޫޝަންވެސް އޯކޭ އޭ ބުނަފައި ބިލު ދައްކަން ދިޔައެވެ. އަދި ބިލު ދައްކައިފައި އައުމުން އެންމެން ރެސްޓޯރެންޓުން ނިކުމީ ބޮޑު ރޭވުމެއް ރާވައިފައެވެ.

އިޔާންއަށް ގެއަށް ދެވުނު އިރު އަސްރު ނަމާދު ބަންގި ގޮވަނީއެވެ. ނަމަވެސް އޭނާ ބަންގީގެ އަޑު ނާހާ ދިޔައީ ކަންފަތަށް ހެޑްސެޓް ޖަހައިގެން އިނގިރޭސި ލަވައެއް އަޑު އަހަމުންނެވެ. ގޭގައި އެކަކުވެސް ނެތުމުން އިޔާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާއާއި ދިމާއަށް އެއްޗެކޭ ބުނާނެ މީހަކު ނެތީމައެވެ. ސިޑީގެ ހަރުފަތްތަށް ގިރާކުރުމަށްފަހު ބާރު ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެ ތަޅުލިއެވެ. މީހަކަށް ނޭނގޭނޭ ގޮތަށް ވަރަށް މަޑުމަޑުންނެވެ. ކޮޓަރީގެ އެއްފަރާތުގައި ކަޅާއި ހުދާއި ހުރި ބޮޑު ހެދުން އަޅާ އަލަމާރިއެއް ހުރި އިރު އޭގެ އެނެއް ފާރުގައި ހުރީ ބޮލީވުޑްގެ އެކި ތަރިންތަރިންގެ ފޮޓޯއެވެ. ކިންގް ސައިޒްގެ ބޮޑު އެނދުކައިރީ  ސައިޑް ޓޭބަލް އެއް އިންއިރު އޭގެ މަތީގައި ހުރީ މުޅިންވެސް ސިނގިރޭޓް ފޮށްޓެވެ. އަދި އެސައިޑް ޓޭބަލް ކައިރީގައި ބޮޑު މުށި ކުލައިގެ ގިޓާއެއް އިނެވެ. އެއްފަރާތުގައި ފާހަނާއެއް އިން އިރު މުޅި ކޮޓަރީގައި ލައިފައިވަނީ ހުދުކުލައެވެ. ތަޅުންގަނޑުގެ އެތަށް މިތަނުގައި ވަނީ އިޔާންގެ ފަޓުލޫނާއި ޓީޝާޓެވެ. އެއްވެސް ތަރުުތީބު ކަމެއްނެތެވެ. ފެންވަރައިލައިގެން އައިސް ކިންގް ސައިޒްގެ ބޮޑު އެދުގައި އިޔާން އަށް އޮށޯވެވުމާއިއެކު ނިދީގެ ފުންކަނޑަކަށް ގެބިގެން ދިޔައީ އެސްފިޔަޖަހާ ހާ އަވަހަށެވެ.

ރޯޝީންއާއި ނައީމު ގެއަށް އައިސް ވަން އިރު ގޭގެ ދޮރު މަތީގައި ހުރި ފައިވާނުން އިޔާން އައިއްސި ކަން އެނގުނެވެ. އަތުގައި  ހުރި ކޮތަޅުތަށް ބެހެއްޓުމަށްފަހު އިޔާން ކައިރިއަށް ދާން އުޅުނު ރޯޝީން ހުއްޓުވީ ނައީމުއެވެ. ރޯޝީން އާއި ނައީމުއަށް އެމީހުންގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއްވެސް ނުވެއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އަގުހުރި ފިލާވަޅުތަކެއް ލިބުނު ދުވަހެކެވެ.

Next

މަރާލުމަށްފަހު…

Next
December 27, 2018

މަރާލުމަށްފަހު…

Previews
December 27, 2018

އަގުހުރި ފިލާވަޅުތަކެއް ލިބުނު ދުވަހެކެވެ.

15 Comments!

  1. Nattu says:
    December 28, 2018 at 7:31 am

    Yay me firsr dhw v rethi stry eh my

  2. mariyanbu says:
    December 28, 2018 at 10:38 am

    Nattu.. yes u r first.. 🙂 congratulations on being first nattu.. nd thanks.. 🙂

  3. QUEEN❤ says:
    December 28, 2018 at 10:43 am

    It is nice

    1. mariyanbu says:
      December 28, 2018 at 10:49 am

      thanks queen.. 🙂

  4. mariyanbu says:
    December 28, 2018 at 11:04 am

    assalaam alaikum.
    miothy 3 part up vefai.. hope readers will like this part too.. please point out the mistakes for me so i can improve my writing.. 🙂
    next part monday gai.. insha allah.. 🙂
    nd mi part las vi kamahtakai readers ge faraathun vr bodah maafah edhen.. alhugandu vaany mi part wednesdaygai submit kohfai.. wednesdayge night gai up vaane kamah.. but edhuvahaku noon mi up v.. 🙂
    pls comment kohlahchey vaahaka aa behey gothun.. 🙂
    🙂 have a nice day.. 🙂

  5. Beryl Stone says:
    December 28, 2018 at 2:30 pm

    Masha allah…vrh vrh rythi mi prt vx??..kon irakun nxt prt upkohladheyny..vrh vrh kiyaa hiyy vey eba nxt prt??…vrh vrh bodah improve kohlaafa hurikan faahaga kurevey ..Alheyyy sis.. vrh curious kohlrfa thi nimmaaly??..Mariyanbu ge hurihaa stryx thakakyvx hama best ey buneveyny..
    ibaaraiy kurumah vx hama 100 dheyvaruvey..Dear ah ingeytha?????mihaaru thy alhugandu ge one of fav author eh ingey??..sis ge stry thakuge sababun alhugandu ge life ah vrh rangalhu changes thakeh aissi hagygathugaivx??..dhyny stry thah vx bodah kiyaa hiyy vany ein rangalhu iburaiy thakeh libi allah ge dhynugai saabithuve hurumah ithuru hiyyvareh libeythy??..alhugandu mi faahaga kohli kanthah sis ge stry thakun vx fennaathy happy vey??..ingeytha aee kyvvekan??..Cox dhyny kanthakun myhunnah heyo visnun libeyne mikahala gina dhyny stryx liyunu varakah..In sha Allah??..Vrh bodah shukuriyyaa mihaa rythi stry eh genesdheythy..Jazakhallah khairan??..LY alot… <3 <3 <3

    1. mariyanbu says:
      December 29, 2018 at 9:07 pm

      Thanks beryl stone.. ?next part Monday ga upkohla dheynan.. insha Allah?.. awwn beryl stone.. vr happy vehjje beryl stone ge lovely comment kiyaalaifa..❤️? once again thanks a lot beryl stone..??❤️ vr vr vr ufaavehjje dear ge favourite author ah v ma vr vr bodah vs…❤️? nd vr vr ufaavehjje beryl stone ge life ah bodethi badhalu thakeh ayyi ma alhuganduge story thakuge sababun.. asluves vr ufaa vehjje.. ?? yeah ehnve dheeny story liyany vs.. dheeny kankamah bodah baaru alhaafai hunnaany ehnve.. ☺️?❤️ thanks a lot beryl stone..❤️? beryl stone ge thi comment in mihaaru vs alhugandah vr bodu hiyy vareh libihjje… ??Thank u so much..?❤️ lysm.??❤️?

  6. Aroo says:
    December 28, 2018 at 6:10 pm

    Mivaahaka varah furihama keevve ehaalahun up kuranee

  7. mariyanbu says:
    December 28, 2018 at 6:27 pm

    Thanks aroo.. ??❤️
    lahun kureveni mi holiday v ma midhuvas kolhu kanthah thah othyma.?

  8. Aroo says:
    December 29, 2018 at 8:47 am

    Ok thanks

    1. mariyanbu says:
      December 29, 2018 at 8:51 pm

      Welcome..?

  9. Comment says:
    December 29, 2018 at 9:05 am

    Just unputdownable…!!
    ??

    1. mariyanbu says:
      December 29, 2018 at 8:52 pm

      Thanks?

  10. suhaan says:
    February 6, 2019 at 1:25 pm

    Are u from korea

  11. suhaan says:
    February 7, 2019 at 9:36 am

    Hehehheeh….korea henn hama hyvany

Comments are closed.

Next Episodeވަގުތު 4←


All Right Reserved!