ހާސިލް ވުމަށް އެދި 10
މިހާރު..
އީނާޝް މާޒީއާއި މެދު ވިސްނަން އޮވެފައި ނިދީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައީ ވެފައި ހުރި ވަރުބަލިކަމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އީނާޝްގެ މާޒީ އެނގޭ ކޮންމެ މީހެއްގެ ހިތުގައިވެސް އީނާޝް އާ މެދު ހަމްދަރުދީ އުފެދޭނެއެވެ.
*******
”ދަރިފުޅާ ކައި.. އާދޭ އަވަހަށް ކާން.. ސުކޫލުން އައި ގޮތަށް ނުވެސް ކާ އަދި ތިއުޅެނީ.. އަވަހަށް އާދޭ..” ޒިރާން ކައިޒީންގެ ކޮޓަރި ދޮރުގައި ތަޅަމުން ކައިޒީންއަށް ގޮވަމުން ދިޔައީ ކެއުމަށް އައުމަށެވެ. ”ބައްޕާ މިދަނީ..” ކައިޒީންގެ ފަރާތުން ޖަވާބެއް ލިބުމުން ޒިރާން ދިޔައީ އީނާޝްގެ ކޮޓަރި އާ ދިމާއަށެވެ. އީނާޝް އަށް ގޮވައިފައި ޒިރާން ދެން ދިޔައީ ބަދިގެ އާ ދިމާއަށެވެ.
ކައިޒީން އުނދަގުލާއިއެކީ ލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަ ވެސް ކައިޒީންގެ ހަނދާނަށް އައީ އީނާޝް ކީ ބަސްތަކެވެ. އެކަމާ ރޯ ރޯ ކައިޒީންގެ ލޯވެސް ވަނީ ރަތްވެފައިއެވެ. އަދި ލޯ ކައިރިއާއި މުޅި މޫނުވެސް ވަނީ ދުޅަވެފައިއެވެ. ކައިޒީން އެނދުމަތީގައި ކުޑައިރުކޮޅަކު އިނެފައި ތެދުވެގެން ދިޔައީ ފެންވަރާލުމުގެ ބޭނުމުގައިއެވެ. ސުކޫލުން އައި ގޮތަށް ޔުނީފޯމްވެސް ބަދަލުނުކޮށް ނިދުމުން ކައިޒީން ދިޔައީ އަމިއްލަ ނަފްސަށް ކުދި ކިޔަމުންނެވެ. ފެން ވަރައިގެން ނުކުމެފައި ކައިޒީން އެންމެ ފުރަތަމަ ވެސް އަވަސްވެގަނީ އިޝާ ނަމާދު ކުރުމަށެވެ. އެއަށްފަހުގައި ކައިޒީން ކާން ދިޔައެވެ. ކައިޒީން ކާގެއަށް ވަންއިރު ޒިރާން އީނާޝް އަދި އާރިފާވެސް މޭޒު ދޮށުގައި އިނެވެ. ”ދަރިފުޅާ.. އިރެކޭ ދޯ.. ދަރިފުޅު އަންނަން ދެން ބައްޕަމެން މިތިބީ ނުވެސް ކައި.. ދެންވެސް އަވަހަށް އާދޭ..” ކައިޒީން ޒިރާންއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އީނާޝްގެ ކުރިމައްޖަށް ވާ ގޮތަށް އިން ގޮޑީގައި އިށީންނެވެ. އަދި އީނާޝްގެ މޫނަށް ބަލައިލިއެވެ. އެއްވެސް އަސަރެއް ނެތް އެމޫނު ވަނީ މިލައި މޯޅިވެފައިއެވެ. މީހަކަށް ބަލައިވެސް ނުލައި އިސްޖަހާލާގެން އިން އިރު ހީވަނީ މިލައި މޯޅިވެފައި އިން ފިނިފެން މަލެއް ހެންނެވެ.
ޒިރާންއަށް އީނާޝްގެ އެ މިޒާޖު ކަމުނުދިޔުމުން އީނާޝް އާ ވާހަކަ ދައްކަން ފެށިއެވެ. ”އީނާޝް.. މިއަދު ސުކޫލު ކިހިނެއްވަނީ.. ކިޔަވައި ދިނުން ރަނގަޅުތަ އީނާޝްއަށް؟ ” އީނާޝް ޖަވާބު ނުދީ އިނުމުން އާރިފާގެ ރުޅިގަނޑު ވީ ހައްތާ ގަދައެވެ. ދެވަނަ ފަހަރަށްވެސް ޒިރާން ހަމަ އެސުވާލު ތަކުރާރު ކޮށްލިއެވެ. ”ނޫން.. އަހަރެން ބޭނުމެއް ނޫން އެސުކޫލަކަށް ދާކަށް.. އަހަރެން ކައިޒީން ދާ ސުކޫލު ނޫން އެހެން ސުކޫލަކަށް ދާން ބޭނުމީ..” އީނާޝްގެ ޖަވާބު އިނގިފައި ކައިޒީންއަށް އިނީ ރޮވެން ކައިރިވެފައިއެވެ. ޒިރާންވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ.
”އީނާޝް ސުކޫލަށް ވެއްދުނީ ވެސް އެހައި އުނދަގުލުންނެވެ. ސަބަބަކީ ނުކިޔަވައި ހުރުމުންނެވެ. ގުރޭޑް ދިހަ އަކަށް ވެސް އީނާޝް ވެއްދުނީ އިނާޝް ގެ އެތަށް ޓެސްޓް ތަކެއް ހަދައި ގެންނެވެ. އަދި އެ ޓެސްޓް ތަކުން ނުހަނު މަތިން ފާސްވެފައި ހުރުމުންނެވެ. ޒިރާންގެ ވެސް އެތަށް އާދޭހާ އެކީއެވެ. މިއަދު މިވަނީ އަނެއްކާ އީނާޝް އެހެން ސުކޫލަކަށް ބަދަލުކުރަން ޖެހިފައިއެވެ. ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ މީހަކު ރަނގަޅަކަށް ކަންތައް ކުރުމުން އޭގެ ބަދަލުގައި ޝުކުރުވެރި ވާން ވެސް ނޭނގޭ ކުއްޖެކެވެ.” ޒިރާންގެ ސިކުނޑިވަނީ މިކަަހަލަ އެކި އެކި ބަސްތަކުން ފުނިޖެހިފައިއެވެ. ”ކޮންމެ އަކަސް ހެޔޮލެވެ. އަހަރެން އާރިފާއަށްޓަކައި އީނާޝް އަށް އެކަން ވެސް ކޮށްދޭނަމެވެ.” ޒިރާން އަޒުމެއް ކަނޑައެޅިއެވެ.
ޒިރާން ޖަވާބެއް ނުދީ އިންދާ އީނާޝް އެތަނުން ނުކުމެގެން ނުހަނު ހަލުވިކަމާއި އެކީ ދިޔައެެވެ. ކައިޒީންވެސް ނުވެސް ކައި އެތަނުން ނުކުމެގެން ގޮސް ކޮޓަރިއަށް ވަނެ ދޮރު ތަޅުލިއެވެ. އާރިފާވެސް މިއަންނަނީ ކަމުގައި ބުނެ އެތަނުން ނުކުމެގެން ގޮސް ކޮޓަރިއަށް ވަނެވެ. ޒިރާންވެސް ނުކައި ދިޔައީ އޭނާ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅުވެސް ނުކައި ދިޔުމުންނެވެ.
”އީނާޝް.. ކަލޭއަކަށް ނޭނގޭތަ ކަލޭ ސުކޫލަށް ޒިރާން ވެއްދީ ކިހާ މަސައްކަތަކުން ކަމެއް.. ތިހެން ބުނާހާ ފަސޭހައަކަުން ނޫނޭ ކަލޭ ސުކޫލަށް ވައްދާފަ އެހުރީ.. ކަލޭ ގަންނުވާ ކިތައް ޓެސްޓް ހެދުވިތަ ސުކޫލުން.. ތިޔާ ދިހައަކަށް ވަނެވުނީ ވެސް ކަލޭގެ ހުރި މޮޅު ފެންވަރެއްގެ ސަބަބުން.. މަށަކަށް ނޭނގެ ކަލޭ ކިޔެވީ ކޮންތާކުން ކަމެއްވެސް އެހައި މޮޅުވެެގެން ތިއުޅެނީ.. މަ ހާދަ ދުޢާއެއް ކުރީމޭ ކަލޭ ސުކޫލަށް ނުވަދެވޭތޯ.. އެކަމުވެސް ޒިރާންގެ އާދޭހުން ކަލޭއަށް ސުކޫލަށް ވަނުވުނީނުން.. ހަނދާން ކުރާތި! ޒިރާން ކައިރީ ދެން ތިޔާހެން ބުނެގެން ނުވާނެ.. ކަލޭ ހަމަ ޖެހޭނީ އެސުކޫލަށް ދާން.. ޒިރާން ސުވާލުކުރުމުން ދެންމެ ޖަވާބު ދިން ގޮތަށް ޖަވާބު ދިންކަން އިނގިއްޖާ މަގޭ ނުބައިކަން ދައްކާލާނަން.. މަ މިދަނީ ޒިރާން ކައިރީ އެހެން ބުނަން..” އީނާޝް ގެ ހިތުގައި ހީވަނީ މީހަކު ވަޅިއަޅައި ކަފާ ކުދި ކުރާހެންނެވެ. އެހުރިގޮތަށް ތަޅުންގަނޑު މައްޗަށް ތިރިވިއިރު އެދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. އެތަށް އިރަކު އެއިންތާ ރޯން އިނެފައި އީނާޝް ފާހަނާއަށް ގޮސްވަނީ މޫނު ދޮވެލާށެވެ. ފަސް މިނެޓްތެރެ ފާހަނާއިން ނުކުމެފައި އީނާޝް އިއްތީ ފިލާވަޅު ހަދާށެވެ.
”އަހަރެންނަށް މިއަހަރު ވަރަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ނަބާހުއަށް ވުރެ މޮޅުވާން އެބަޖެހެއެވެ. ނަބާހުވެސް މިއަހަރު އުޅޭނީ ދިހައެއްގައިއެވެ. އަހަރެން އިރާދަކުރެއްވިއްޔާ ހުރިހާ މާއްދާއަކުން އޭ ސްޓާރ ހޯދާނަމެވެ. ނަބާހުއަކަށް އަހަރެންނަށް ވުރެ މޮޅެއް ނުވެވޭނެއެވެ. ނަބާހު އެއުޅެނީ ކީކޭ ހިތައް އަރައިގެން ހެއްޔެވެ؟” އީނާޝް ފިލާވަޅު ހަދަން ގޮޑީގައި އިޝީންނުމާއިއެކު އެންމެ ފުރަތަމަ ވެސް ހަނދާނަށް އައީ ނަބާހުގެ މަތިންނެވެ. ނަބާހުއަށް ވުރެ ކިޔެވުމުން މޮޅު ވުމަށްޓަކައި އީނާޝް އެރޭ ގޮޑިން ތެދުވީވެސް އެދުވަހު ދިން ހުރިހާ ފިލާވަޅެއް ދޮސްކޮށްފައިއެވެ. އަދި ހުރިހާ ފިލާވަޅުތަކެއްވެސް ހަދާ ނިންމާފައިއެވެ.
******
”ދަރިފުޅާ ނަބާހު.. އާދެބަަލަ މިތަނަށް..” ސޮބާހު އައިސް ނިކަން ބާރަށް ނަބާހުއަށް ގޮވައިލުމާއެކީ ނަބާހު ދުވެފައި އައިސް ސޮބާހުގެ ކައިރީ ހުއްޓުނެވެ. ”ކީއްވެ އެނެއްދުވަހު ސައިކަލު ދުއްވީ؟ އަދި ތިވީ ސޯޅަ އަހަރޭ.. ޕޮލިހަކަށް ފެނުނު ނަމަ ކިހިނެއް ވާނީ.. ބައްޕަ ބުނީމެއްނުން ސައިކަލު ދުއްވަން ދަސްކޮށްދިން ދުވަހުވެސް އަށާރަ އަހަރު ވީމަ ނޫނީ ސައިކަލު ނުދުއްވާށޭ.. ކިތައް ދުވަހަށް ފަހު އަދި މިއިނގުނީ އެކަން.. މިއަދު އެ ހަސަނު ނުބުނިނަމަ މަށަށް ނުވެސް އެނގޭނެ.. ކީއްކުރަން އެދުވަހު ސައިކަލު ދުއްވީ؟” ”ބައްޕާ އަހަރެން.. އެދުވަހު ފާހަނާއިން ނުކުތް އިރު ބައްޕަ ނެތް ފެންނާކަށް.. މުޅި އެހިސާބުގަނޑު ބެލިން ފެނޭތޯ.. އެކަމު އެހިސާބުން ބައްޕަ ނުފެނުނީމަ އަހަރެން ސައިކަލަށް އަރައިގެން ދިޔައީ.. ބައްޕަ އަވަހަށް ހޯދުމުގެ ބޭނުމުގައި.. މުޅި މާލޭގައި ދުއްވިއިރުވެސް ބައްޕައެއް ނުފެނުން އެދުވަހުއެއް.. އެކަމު ގެކައިރިއަށް އައިސް ސައިކަލު މަޑު ކޮށްލިތަނާ ބައްޕަ އައީ.. އަހަރެން ހީކުރީ އެދުވަހު ބައްޕައަށް އަހަރެން ފެންނާނެކަމަށް ސައިކަލުގައި އިންތަން.. އެހެންވެ ބައްޕަ ކައިރީ ނުބުނީ.. އަހަރެންނަށް މަޢާފު ކުރޭ ބައްޕާ..” ނަބާހު ސޮބާހު ކައިރީ އެވާހަކަ ނުބުނަން ހުރީ އެއީ ސޮބާހު ރުޅިގަދަ ވެފައި ހުރި ދުވަސްކޮޅަކަށް ވުމުންނެވެ. ނަމަވެސް އެވާހަކަ އަދި ސޮބާހުއަށް އެއިވުނީ މާ ރުޅި އައިސްގެން އުޅޭ ދުވަސްވަރެއްގައިއެވެ. ސަބަބަކީ އީނާޝްވެސް އެގެއިން ފިލައިގެން ދިޔުމުންނެވެ. ”ދެން އެންމެ ރަނގަޅު..” ސޮބާހު އެހެން ބުނެފައި ދާން އުޅުމުން ނަބާހު ސޮބާހު ހުއްޓުވައި އެކި އެކި މަޖާ ވާހަކަދައްކަން ފެށިއެވެ. ސޮބާހު އެކަމާ ބައިވެރި ނުވަން އުޅުމުންވެސް ނަބާހުގެ ސަކަ މިޒާޖާއި ހެދި އެތާ އިނެވުނެއެވެ. އަދި އެކަމުގައި ނަބާހުއާ އެކީ އެއްބައި ވެސް ވިއެވެ.
********
އީނާޝް ސުކޫލަށް ވަނީ ފުރަތަމަ ޓާމް ޓެސްޓް ކައިރިވެފައި ހުއްޓައެވެ. އެހެންކަމުން އީނާޝް މިހާރު އަވަދިނެތި އުޅެމުން އެދަނީ ފޮތް ކިޔުމުގައިއެވެ. ދަންވަރެއް ފަތިހެއް މެންދުރެއް އީނާޝްއަކަށް ނެތެވެ. އަބަދު އެއުޅެނީ ފޮތްކިޔުމުގައިއެވެ. އާރިފާވެސް އެއްފަހަރު މިހާރު އީނާޝްއާ ދިމާއަށް އެއްޗެހި ގޮވާގަނެފިއެވެ. ޒިރާންވެސް މެއެވެ. ނަމަވެސް އީނާޝް ފޮތް ކިޔުން ހުއްޓައެއް ނުލައިއެވެ. ސުކޫލު ދުވަސްދުވަހުގައިވެސް ނުވެސް ނިދައި ފޮތް ކިޔުމުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ.
ނަމަވެސް ކައިޒީން ތޯއެވެ. ޓެސްޓް ކައިރިވި އޭ ކިޔާފައި އެންމެ ފަހަރަކުވެސް ދަސްކުރަން ފޮތުގައި ނާތްލައެވެ. އަބަދު އެއުޅެނީ ކޮންމެވެސް އެހެން ކަމެއްގައިއެވެ. ނޫނީ ފިހާރާގައި މާހިލް އާއި އެކީއެވެ. އެހެންނޫނީ ފަޒީލް އާއި އެކީއެވެ. އެއީ އަބަދުވެސް ކައިޒީންގެ އާދައެވެ. ކިޔަވައިގެން މޮޅުވާކަށް ކައިޒީން ބޭނުމެއް ނުވެއެވެ. ފާސްވެއްޖާ ނިމުނީއެވެ. ކައިޒީން ދެކޭ ގޮތުގައި އޭނާއަށް ކުލާހުގައި މުދައްރިސުން ކިޔަވާދޭ އެއްޗެހި އަޑު އަހާފައި ހުރުމުން ޓެސްޓް ހެދޭނެއެވެ. ނަމަވެސް އެގޮތަށް ބުނާ ކޮންމެ ފަހަރެއްފައި ކައިޒީން ފާސްވެފައި ހުންނަނީ ދެ މާއްދާ ނޫނީ ތިން މާއްދާއިންނެވެ. ބައެއް ފަހަރަށް އެއްވެސް މާއްދާއަކުން ފާހެއް ނުވެއެވެ. ޒިރާން ވެސް ކައިޒީން ފޮތް ދަސްކުރުމުގައި ނޫޅޭތީ އެއްޗެހި ގޮވާފިއެވެ. އެވަރުން ވެސް ފޮތް ދަސްކުރަން ދިޔުމުގެ އެއްވެސް ހިޔާލެއް ކައިޒީން ނެތެވެ.
*******
ނަބާހުވެސް ދިޔައީ ޓެސްޓު ކައިރިވަމުން އަންނާތީ ޓެސްޓަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެންމެ ވަގުތެއްވެސް ބޭކާރު ކޮށްނުލައި ކިޔަވަމުން އެދަނީ ގުރޭޑް ދިހައަކުން ވެސް ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައިއެވެ. އެކި ކުދިންނާއި އެކީ ގުރޫޕް ސްޓަޑީސް ހަދައި މައުލޫމާތު ލިބޭ އެއްޗެހި ބަލައި ނޭނގޭ އެއްޗެހި އޮޅުން ފުލިވަން އެކި މީހުންގެ ގާތަށް ދިޔުމަކީ މިހާރު ނަބާހުގެ އާދައެކެވެ. އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ސޮބާހު ނަބާހުއަށް އެއްވެސް އެއްބާރުލުމެއް ނުދެއެވެ. އަބަދު އެއުޅެނީ ބޭރުގައިއެވެ. ނޫނީ ކޮންމެވެސް މަސައްކަތެއްގައިއެވެ. ނަމަވެސް ނަބާހު އެކަމާ އެހައި އަޅައެއްނުލައިއެވެ. އޭގެ ބަދަލުގައި ނަބާހުވެސް ބައެއް ފަހަރަށް ސޮބާހު ކުރާ މަސައްކަތުގައި އެއްބާރުލުން ދީ އެހީތެރިވެއެވެ.
*******
ފުރަތަމަ ޓާމް ޓެސްޓް ފެށިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ކައިޒީން އެކަމާ ހިތް ނުތަނަވެސްވެފައި ވާއިރު އީނާޝްގެ ހިތަށް އެއްޗެކޭ ހިތަށްވެސް ނާރައެވެ. ކޮންމެ ދުވަހަކުވެސް ޓެސްޓް ހަދައި ނިންމާފައި ކައިޒީން އައިސް ޒިރާންގެ ގާތުގައި ހުރެގެން ރޮއެވެ. ޓެސްޓް އުނދަގުލޭ ކިޔާފައިއެވެ. ނަމަވެސް ކުރިއަށް އޮތް ޓެސްޓަކަށް އެއްވެސް ވަރަކަށް ދަސްކުރާކަށް ނޫޅެއެވެ. އީނާޝް އަބަދުވެސް އެއިންނަނީ ޓެސްޓުން އަންނަ ގޮތަށް ފޮތް ކިޔުމުގައިއެވެ.
ފުރަތަމަ ޓާމް ޓެސްޓް ނިމި މިއަދަކީ އޭގެ ނަތީޖާ ލިބޭ ދުވަހެވެ. އިނާޝް އެކަމާ ހުރީ ނުހަނު ބޮޑަށް ނުތަނަވަސްވެފައިއެވެ. ލިބޭނޭ ނަތީޖާއެއް ނޭނގޭތީއެވެ. އެނެއްކޮޅުން ކައިޒީން އުޅެނީ އެއްތާ ދެފައި ހަރުނުލައިގެންނެވެ. އީނާޝް ހުރީ ކައިޒީންގެ އެ އުޅުމުގެ ސަބަބުން ބޯ ގޮވާފައިއެވެ. މުޅި ގޭގަ އާއި ފިހާރާގައި ދުވެ ހަދާއިރު ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ”ކައީއީ…..” މަހީލް ރީތި ރާގަކަށް ކައީ އޭ ކިޔައި ފަހު އަކުރަށް ނުހަނު ދިގުކޮށް ދަމާލިއެވެ. ”ކީއްވެގެންތަ ތިއުޅެނީ.. ބަލައި އެންމެން އެތިބެނީ ކައި ތިއުޅޭ ގޮތުން ބަލަން.. ހީވަނީ ކުޑަކުއްޖެއްހެން..” ”ނޭނގޭތަ މި ވެގެން މިއުޅޭ ގޮތެއް.. މިއަދަކީ ޓެސްޓްގެ ނަތީޖާ ލިބޭ ދުވަހޭ.. އެހެންވެ ބިރުން މިއުޅެނީ..” ދުވުން ހުއްޓާނުލައި ކައިޒީން މާހިލް ކުރި ސުވާލަށް ޖަވާބުދިނެވެ. ޔުނީފޯމް ލައިގެން ދުވަމުން ދިޔައިރު ކައިޒީންވަނީ އެއްކޮށް ތެމި ފޯވެފައިއެވެ. އިސްތަށިތައް ވަނީ މުޅި މޫނުގައި ހިފާފައިއެވެ. މާހިލް އެންމެ ފަހުން ނުހުރެވިގެން ގޮސް ކައިޒީން ހުއްޓުވިއެވެ. ”ބިރު ގަނެއޭ ކިޔައި މުޅި ދުނިޔެ ވަށައި ދުވިޔަސް ތި ބިރެއް ހިޔެއް ނުވޭ ފިލާނެހެންނެއް.. ބަލައި މިހާރު މުޅި މީހާވެސް ތިވަނީ ތެމި ފޯވެފަ.. ދެން ނެތް ރީތި ވާނެ ވަގުތެއްވެސް.. އެއޮށް އައީ އީނާޝްވެސް.. ހިނގާ ދާން ދެން..” ފިހާރައަށް ވަނެގެން އައި އީނާޝް ފެނި މާހިލް ބުނެލިއެވެ. ނަމަވެސް އެހެން ބުނި އިރުވެސް މާހިލްގެ ނަޒަރުވަނީ އިނާޝް އާ ދިމާއަށް ހުއްޓިފައިއެވެ. ނޫކުލައިގެ ފަލަމަސްގަނޑާ ހަމައަށް އަންނަ ޔުނީފޯމް ލައިފައި ތިރިން ކަލުކުލައިގެ ބެލްސެއް ލައިފައި ހުރިއިރު އީނާޝް ގެ ދޮން ހަންގަނޑާ އެ ޔުނީފޯމް ނުހަނު ގުޅެއެވެ. އިސްޓަށިގަނޑު ފަހަތަށް ގަތާފައި ވާއިރު ކުރިމައްޗަށް ވަނީ ކުރު އިސްތަށިތައް ގެނެސް ރީތި ގޮތަކަށް ހަދާލައިފައިއެވެ. އަޅުވައިގެން ހުރީ އެންމެ ޒަމާނީ ވައްތަރުގެ ދަނބު ކުލައިގެ ދަބަހެކެވެ. މޫނުގައި އެއްވެސް މޭކަޕް އެއްކޮށްފައި ނުވާއިރު މޫނުގައި ފުށްކޮޅެއްވެސް ޖަހާފައި ހުރިހެންނެއް ހިޔެއް ނުވެއެވެ. ނަމަވެސް އެ ރީތިކަމަށް ތައުރީފުކޮށް ނިމޭހާ ނުވާނެއެވެ. މޫނުމަތީގައި އެއްވެސް އަސަރެއް ނެތް އިރުވެސް ހީވަނީ ހަމަ ޕަރީއެއް ހެންނެވެ.
ނަބާހު އެހާވަރަށް ބަލަން ހުރުމުން އީނާޝްގެ ކޮލަށްވަނީ ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް ޖަމާވެފައި އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަބާހު އެވަަރަށް ބަލަން ހުރިއިރު އީނަޝްވެސް އެންމެ ފަހަރަކުވެސް ނަބާހުގެ ލޮލުން ނަޒަރު ހުއްޓައެއް ނުލައެވެ. މަޑު ނޫކުލައިގެ ގަމީހަކާއި އެކު ހުދު ޖިންސެއް ލައިފައި ހުރިއިރު ނަބާހުގެ ރީތިކަން ދެގުނައެވެ. އަދި އެރީތިކަން އިތުރަށް ފުރިހަމަ ކޮށްދީފައިވަނީ އުޅަބޮށްޓާއި ހަމައަށް ގަމީހުގެ އަތް އޮޅާފައި ހުރުމުންނެވެ. އަދި ބޮލުގެ އިސްޓަށިގަނޑު ރީތި ގޮތަަކަށް ސްޓައިލް ކޮށްލާފައި ހުރުމުންނެވެ. މާހިލް ފެނިފައި އަންހެން ކުދިން ފިދާވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
”އެއޮށް ގަޑި ޖެހެނީ.. ހިނގާ ދާން..” އެކަކު އަނެކަކަށް ގެއްލިފައި ހުރި ދެމީހުންނަށް ހޭވެރިކަން ވީ ކައިޒީން ވާހަކަ ދައްކަން ފެށުމުންނެވެ. މާހިލް އަވަހަށް އެތަނުން ނުކުމެގެން ދިޔައިރު ކައިޒީން އަދި އީނާޝް ވެސް އެތަނުން ނުކުމެގެން އަވަހަށް ދިޔައީ ގަޑި ޖެހެން ކައިރިވެފައި ހުރުމުންނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Ma Sha Allah???..This is awsm nafoo.. whn next..btw me first dhww????????????
Yes ur first jiji.. congrats ?????? Nd thank u soo much..❤️❤️❤️ next part Wednesday gai..??????
Masha allah ???varah reethi mi part ves… ????????when is next … can’t wait to know what will happened next…. love you ???????ma’am???
Awwn???? thank u soo much dear..❤️❤️❤️❤️ next part Wednesday gai..??? keep waiting.. ??? lysm ❤️❤️❤️
Meega eba inn masala eyh… aslu innan jeheyney nabaahu fenifa anhen kudhin fidhaavaane vaahaka… ekam meega iny maahil fenifa anhen kudhin fidhaavaane vaahaka… anyway story fama varah rythi waiting for yhe next ep
dear.. aslu nafu ah eyny nubaakoshey ethan liyevifa.. nabaah eh nooney ethaa innaany.. aslu ethaa innaany maahil.. rangalhah check nukohlaa up kurevunyma ehn v.. btw thanks a lot dear.. 🙂 🙂 🙂 ya keep waitin.. 🙂 🙂
Fahah 2 nd ga mahsala ah ulhey hen heyveyba maahil nabauwt ah badhalu vefa dhw?
Nabaah
Yea.. aslu ethaa innaany maahil.. rangalhah check nukohlaa submit kurevuny..???
Mi part ves hama vrah obi masha allah????cant wait.????? For nest ❤️❤️❤️Whan next ???lysm
Awwnn??? thank u soo much dear..??? next part Wednesday gai..??? keep waitin ??? lysm❤️❤️❤️
Second last paragraph ga Mahil ge nan Nabaah ge gothuga hury.. Nafu kiyaalaafatha up kury thi?
??? rangalhah check nukohlaa up kohlevuny.. vr vr vr vr bodah maafah edhen.. ?
Assalam alaikum.. alhamdulillah..??? miothy 10th vana Bai Vs up vefai.. hope readers will like this part too..?? adhi mistakes huriyyaa bunela dhehchey.. Nd mi part GA mistake eh ebaan.. fahah dhevana paragraph ga aslu innaany maahil Inge.. not nabaah.. rangalhah check nukohlaa up kohlevuny.. vr vr vr bodah maafah edhen.. lahun up kurevunyma vs..
Next part Wednesday gai.. keep waiting ??? lysm❤️❤️ have a nice day..???
V. Reethi ❤️❤️
Thank u soo much shun❤️?❤️?❤️❤️?
Shyn*
Nafu.. V Salhi ey… Next part ah foni inthizaareh ❤️❤️❤️
Thank u soo much ®¥N..❤️❤️❤️❤️❤️? ya keep waitin Inge??????