ހާސިލް ވުމަށް އެދި 9
*******
ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ދިޔައީ އެއްބަޔަކު ހިތްތަކަށް އުފާވެރިކަން ގެނެސްދީ އެނެއްބަޔެއްގެ ހިތްތަކަށް ހިތާމަވެރިކަން ގެނެސްދެމުންނެވެ. މިއީ އަބަދުވެސް ދުނިޔޭގެ އާދައެވެ. އީނާޝް އާދައިގެ ގޮތަކަށް އުޅެމުން ދިޔައިރު އާރިފާ އުޅެމުން ދިޔައީ ހިތާމައާ ވޭނުގައިއެވެ. އާރިފާގެ ހަގީގަތް ސޮބާހުއަށް އެނގުނު ދުވަހުން ފެށިގެން ސޮބާހު އާރިފާއަށް ނަފްރަތު ކުރަން ފެށީ އެޔެއް މިޔެއް ބަލާފައިއެއް ނޫނެވެ. އަދި އެދުވަހަށްފަހު ސޮބާހު އާރިފާއަށް އަނިޔާވެސް ކުރަން ފެށިއެވެ. ކޮންމެ ދުވަހަކުހެން އާރިފާ ގައިގެ ކޮންމެސް ތަނެއް އިންނާނީ ހަލާކުވެފައިއެވެ. މިކަމާ އިނާޝް އާއި ނަބާހު ހުންނަނީ ނުހަނު ބޮޑަށް ބޯ ގޮވާފައިއެވެ. ނަމަވެސް އެއްޗެެކޭ ބުނާކަށް އެއިން އެކަކަށް ވެސް ނުކެރެއެވެ.
އެނެއްކޮޅުން އީނާޝް އަބަދު އޮންނަނީ ކޮޓަރީގައެވެ. ކޮޓަރިން ނުކުންނަނީ ހަމައެކަނި ކައްކާ ކާށެވެ. މީހަކާ ވާހަކަ ދައްކަނީ އެއް ނޫނެވެ. ނަބާހުއަށްވެސް މިހާރު އީނާޝް އާ ވާހަކަ ދައްކާކަށް ނުކެރެއެވެ. އީނާޝްގެ ހުންނަ ހަރުކަށި ކަމެއްގެ ސަބަބުންނެވެ. މީހަކު އެއްޗެކޭ ބުނެފިއްޔާ އެމީހަކާ ދިމާލަށް އެއްޗެހި ގޮވާ ބަވާލައިއެވެ. އީނާޝްގެ މިޒާޖު މިހާރު ވަނީ އެއްކޮށް ބަދަލުވެފައިއެވެ. ކުރީގައި އެއީ ނުހަނު އަނގަ ގަދަ އަބަދުވެސް މަޖާ ކުރަން ބޭނުންވާ ކުއްޖެކެވެ. ނަމަވެސް މިހާރު ކުރިއާއި ދިމާ އިދިކޮޅެވެ.
އާރިފާއަށް ކޮންމެ ދުވަހަކުހެން ސޮބާހުގެ އަނިޔާވެރި ވަކިތަކާއި ކުރިމަތި ލާން ޖެހެއެވެ. ނަމަވެސް އީނާޝްއަށް ލިބެމުން ދިޔައީ ސޮބާޙުގެ ލޯތްބެވެ. އީނާޝް ވާހަކަ ނުދެއްކިޔަސްމެއެވެ. އީނާޝް މިހާރު ލަނީވެސް ސޮބާހު ގަނެގެން ގެނެއްސައި ހުންނަ ރީތި ހެދުންތަކެވެ. ސޮބާހު އީނަޝްއަށް ނުހަނު ހެޔޮއެވެ. ނަމަވެސް އީނާޝްގެ ހިތުގައި ސޮބާހުއަށްޓަކައި ވަނީ ނަފްރަތެވެ. ނަބާހުއަށްވެސް މެއެވެ.
ސޮޮބާހު އާ ހެދި އާރިފާއަށް މިހާރު އީނާޝްއާއިި ދިމާއަށް އެކައްޗެކޭވެސް ނުބުނެވެއެވެ. އަބަދުހެން ސޮބާހު ހުންނަނީ އާރިފާގެ ފަސްފަހަތުގައިއެވެ. އީނާޝްއާއި ދިމާއަށް އެއްޗެހި ގޮވަދާނެތީއެވެ. ނަމަވެސް އަދިވެސް އިނާޝްއަށް ސުކޫލަށް ދެވޭ ގޮތެއް ނުވެއެވެ. ސުކޫލަށް ދާން ޔުނީފޯމް ފަހާއިރަށް ސޮބާއަށް ނޭނގޭނެ ހެން އެ ޔުނީފޯމް އިރާލައިއެވެ. އަދި އެކަން އީނާޝްގެ ބޮލަށް ޖަހަނީ ސުކޫލަށް ނުދާންވެގެން ކުރާ ކަންތަކޭ ކިޔާފައިއެވެ. ކޮން ފަދަ ނުބައި އަންހެނެއް ހެއްޔެވެ. އަމިއްލަ ދަރި ކިޔަވައިގެން މޮޅުވާކަށް ނޭދެއެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ.
އީނާޝް ނަބާހުދެކެ ކިތަންމެ ރުޅިއަޔަސް ކޮންމެ ދުވަހަކު އީނާޝް ދިޔައީ ނަބާހުގެ ފޮތްތަކުން ކިޔަވަމުންނެވެ. ކޮންމެ ރެއެއްގައި އީނާޝް ނިދަން އޮށޯންނަ ގަނޑީ ނަބާހު އައިސް އީނާޝްގެ ކައިރީ ފޮތްތަށް ބަހައްޓައެވެ. އަދި ނަބާހު ދިޔުމުން އީނާޝް ތެދުވެ އެ ފޮތްތަކުން އަމިއްލައަށް ކިޔަވަން ފަށައެވެ. ނަމަވެސް ނަބާހުއަށް އީނާޝް އެފޮތްތަކުން ކިޔަވާ ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ސަބަބަކީ ކިޔަވާ ނިންމާފައި އީނާޝް ހަމަ އެފޮތްތަށް ހުންނަ ގޮތަށް ނަބާހު ބަހައްޓާތާ ބަހައްޓާތީއެވެ. އީނާޝްއަކީ ވިސްނުން ތޫނު ކުއްޖެއްކަމުން ވަރަށް އަވަހަށް އެއްޗެހި ހިތަށް ނަގައިގަނެވެއެވެ.
******
އަމާން ކަމާއިއެކު އިރު އަރާއި އޮއްސެމުން ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކާމާއިއެކުއެވެ. އީނާޝްގެ ރުހުން ސޮބަހުއަށް ނުލިބުނު ތާނގައި ނަބާހުއަށްވެސް އެރުހުމެއް ނުލިބުނެވެ. އެހެންކަމުން އާރިފާއަށްޓަކައި ސޮބާހުގެ ހިތުގައި އޮތް ނަފްރަތު އީނާޝްއަށް ވެސް ކުރެވެމުން ދިޔައެވެ. އީނާޝް އާއި ދިމާއަށް އެއްޗެހި ގޮވާ ރޮއްވާލައިއެވެ. މިހާރު އާރިފާގެ ވެސް އަދި އީނާޝްގެ ހަޔާތަކީވެސް އަނިޔާވެރިކަމުގެ ތޫނު ވަކިތަކުން ފުރިފައިވާ ހަޔާތެކެވެ. އީނާޝް އެތަށް ފަހަރަކު އާރިފާ ކައިރީ އެގޭން ނުކުންނަން އުޅޭށޭ ބުންޏަސް އާރިފާ އެކަމަކަށް އަޅައެއް ނުލައިއެވެ. އޭގެ ބަދަލުގައި އާރިފާ ކޮންމެ ގޮތެއްވެސް ވަރިހަމަކަމަށް ބަލައި އެގޭގައި އުޅެމުން ދިޔައީ އޭނާއަށް ސޮބާހުގެ މުދަލުން އެއްބައި ލިބޭތީއެވެ. އެހެންނޫންނަމަ އާރިފާ އެގޭގައި އެންމެ ވަގުތުކޮޅަކަށްވެސް ނުހުންނާނެކަން ހަމަ ގައިމެވެ.
******
ނުވަ އަހަރު ފާއިތުވެގެން ދިޔައިރުވެސް އީނާޝް، އާރިފާ އަދި ސޮބާހުގެ އަމަލުތަކަކަށްވެސް ބަދަލެއް ނާދެއެވެ. އެތިން މީހުންވެސް ހަމަ އެގޮތް ދޫނުކުރުމުގައި ހުރެ ދުވަސްތައް ގުނަމުން ދިޔައެވެ. ނަމަވެސް ނަބާހު މިހާރު އެތިން މީހުންނަށް އެހައި ބޮޑަށް ވިސްނާދީ ހަދާކަށް ނޫޅެއެވެ. އެންމެ ފަހު އަހަރަށް ވީމާ ކަމަށްވެސް ވެދާނެއެވެ. ސޮބާހު ނަބާޙުއަށް ކިތަންމެ ބޮޑަކަށްވެސް ހެވެވެ. ނަމަވެސް އީނާޝް އަދި އާރިފާއަށް އަނިޔާ ނުކުރާށޭ ބުނުމުން ސޮބާހުގެ ރުޅިގަނޑު ގަދަވެއެވެ. އެހެން ކަމުން ނަބާހުއަށް އެކަމާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް ވާހަކަ ދައްކާކަށް ނުކެރެއެެވެ.
*******
ނަބާޙު އޭނާގެ ނުވަ ވަނަ އަހަރު ނިންމާލީ ސުކޫލުންވެސް ހޮވާލެވޭ ފަދަ ދަރިވަރަކަށް ވަމުންނެވެ. އިނގިރޭސި މާއްދާއިން ނޫނީ ހުރިހާ މާއްދާއަކުން އޭ ސްޓާރ ހޯދާފައިވާއި އިރު އަހްލާގީ ގޮތުންވެސް އެންމެ ރަނގަޅު އެއް ދަރިވަރުގެ ގޮތުގައި ނަބާހު ހޮވުނެވެ. ސޮބާހު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. އެހާ ބޮޑު ކާމިޔާބީއެއް ހޯދުމުން ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ސޮބާހުގެ ދަތްކޮޅު ސޭލަށް ލައިގެން އުޅުނީ ނަބާހުގެ އެއުފަލުގައި ބައިވެރިވުމުގެ ގޮތުންނެވެ. އާރިފާވެސް ހުރީ އެކަމާ ނުހަނު ބޮޑަށް އުފާވެފައިއެވެ. ސޮބާހު އިރުކޮޅަކާ ކޮންމެވެސް އެއްޗެއް ހިފައިގެން އައިސް ނަބާހުއަށް ދިއްކޮށްލައިއެވެ. އަދި އެންމެ ފަހުން އެންމެ އަގު ބޮޑު ވައްތަރުގެ އެއާރބުލޭޑް ސައިކަލެއްވެސް ސޮބާހު ނަބާހުއަށް ގަނެދިނީ ސޮބާހުގެ ހުވަފެންތަކުގައި ނަބާހު ކުލަޖައްސާ ދިނީމައިއެވެ. ނަމަވެސް ނަބާހު ދެރަވީ އޭނާއަށް އަދި އަށާރަ އަހަރު ނުފުރޭތީއެވެ. ސައިކަލެއް ލިބުމުންވެސް އަދި ތިން އަހަރު އެ ނުދުއްވައި ބަހައްޓަން ޖެހޭތީ ނަބާހު ގެ ހިތް މޯޅިވިއެވެ. ”ބައްޕާ އަހަރެންނަށް އަދި އަށާރަ އަހަރުވެސް ނުވޭ..” ”އާން ތެދެކޭ ދޯ.. އުފާވެފައި ހުރވަރުން ހަމަ ދަރިފުޅަށް ވީ ކިތަށް އަހަރުކަމެއް ވެސް ނޭނގުނީ.. ހެހެ.. ” ސޮބާހު ކަމެއް ހަދާންވި ފަދައިން ބުނެލިއެވެ. ސޮބާހު ނަބާހުގެ ކިޔެވުމަށް އެހައި ބޮޑު ސަމާލުކަމެއް ނުދިނަސް އަބަދުވެސް ނަބާހުއަށް ނަސޭހަތްދީ ހަދައެވެ. ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށް އަބަދުވެސް ނަސޭހަތްތެރިވެއެވެ.
ނަބާހުއަށް އެހައި ބޮޑު ކާމިޔާބީއެއް ލިބުމުން އީނާޝް ހުރީ އެކަމާ ނުހަނު ބޮޑަށް ހަސަދަވެރިވެފައިއެވެ. ނަމަވެސް ނަބާހުގެ ހިތުގައި އީނާޝް އާއި މެދު އެއްވެސް ނުބައި ގޮތަކަށް ނުދެކެއެވެ. އީނާޝްއަށްޓަކައި ނަބާހުގެ ހިތްހަމަ ސާފެވެ. އީނާޝް މިކަމާ ވެސް ނަބާހު ދެކެ ހުރީ ނުހަނު ބޮޑަށް ރުޅިއައިހެވެ. އަދި އެކަމާ އީނާޝް ނުހަނު ބޮޑަށް ހިތާމަވެސް ކުރިއެވެ. އޭނާއަށް ސުކޫލަށް ދެވުނި ނަމަ ނަބާހުއަށް ވުރެ މޮޅުވާނޭ އީނާޝްގެ ހިތަށް އަރައި ކޮންމެ ފަހަރަކު އީނާޝްއަށް ރޮވެއެވެ.
*******
މިހާރު..
އީނާޝް މާޒީއާއި މެދު ވިސްނަން އޮވެފައި ނިދީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައީ ވެފައި ހުރި ވަރުބަލިކަމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އީނާޝްގެ މާޒީ އެނގޭ ކޮންމެ މީހެއްގެ ހިތުގައިވެސް އީނާޝް އާ މެދު ހަމްދަރުދީ އުފެދޭނެއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.







Aishoo first dhw yey… ????
V reethi mi part ves… ????hama v vvvv obi….???? waiting for next part…?? v kiyaa hithun indha nimuny….❤?❤?❤?❤?❤?❤? next part dhigu kohgenes dhehchey.. ??? lysm nafoo dear..?????.
Yes ur first aishoo.. congrats..???awwnn???? thank u soo much aishoo..❤️❤️❤️❤️ yeah next part vr dhigu kohlevey thr try kuraanan.. Insha Allah?? luv u more aishoo????
Assalam alaikum..
Enme furathama Vs beynumy kiyun theringe faraathun mafah edhen mi Bai MAA lahun genes dhevunu kamahtakai..?? vr Bura koh ulhumuge sababun ehaa kurukoh adhi lahun vs genes dhevuny.. nihaayathah maafah edhen.. dhn oii Bai iraadha kurehviyyaa vr dhigu koh genes dhevey thr balaanan Friday gai.. Insha Allah.. mistakes huriyyaa bunela dhehchey .???? Have a good night ? lysm??
?haadha lahey it is ok ahen ves vaane ??????lysm ?????god night sweet dreams
Hope all readers will understand..??? and u too friend eh..???? yeah u too dear..
It’s ok … don’t be sorry… we are happy that you have up the story even you r so busy…dhw readers…
✨✨✨✨✨✨✨✨✨Masha allah varah salhi mi part ves ?… can’t wait to read next part ?… ?lysm?
Awwnn..????? thank u soo much dear..❤️❤️❤️❤️ keep waiting Inge..???? luv u more???
Aslu buney friday ga up Kuraathy lahey
I think u are thinking in wrong way am i right
Me too.. aslu nafu Vs hykury ehgothah.. maafah ehdhen lahun up kureveythy vs..??
????Masha allah mi part ves hama varah ???obi ?????lysm ????u are my biggest fan ?????waitting for next part????????????
Awwnn..???? thank u soo much friend eh..???? Keep waiting ingey dear..❤️❤️❤️❤️lysm
Wait what. ..??? she is u r big fan…???????? by the way stry v reethi nafu dear…?????
Surahyaaaaaaaa???????go to hell
Thank u soo much dear..?????
Nafu mivaahaka haadha reehchey.Eenash is so much stressed.She have been going through a lot.Ehenve udhagoo vanee meehun maagadha ah vaahaka dhehkeema
When next part
Awwn????.. thank u soo much Rai dear..???? yess she have been going through a lot.. ???? next part Friday gai.. Insha Allah??
Wow…Speechless❤❤❤..I’m so curious to read next??????..Lysm???
Awwnn???? jiji thank u soo much..???? keep waitin Inge..???? luv u more..❤️❤️
Alheyyy… V. Salhi ingey????
Awwn??? thanks a lot Ryn dear..???????❤️❤️
Mi part ves varah reethi keep up
???? thanks a lot jasmine..??❤️??❤️?❤️?❤️?
Wow dear. Mi story hama habeys. Ko irakun next part. ???????????????????????????????????????????????????????waitig to read ingey.????????????? good luch??
Good luck ingey.
Awwnn????? thank u soo much anjel dear..?????? next part Friday gai.. Insha Allah..??? keep waiting ingey..???? once again thanks??
❤️❤️❤️❤️I am speech less ????????u are so good at wirrtting story best of lack.????? Nafu❤️❤️❤️❤️
Awwnn???? thank u soo much dear..❤️❤️❤️❤️❤️
waitin for the nxt prt???❤❤??????
Thank u dear..??? ya keep waiting ?????
Next part dhigukohlah chey btw this part is v nice ????
Yeah.. next part vr dhigu kohlevey thr balaanan.. Insha Allah..???? awwnn??? thank u so much dear????
whn nxt part?????
can’t waittttt??
Alhey.. iyya genesdheyne vaahaka innaany.. ekam adhivs upload nuvegen miulheny.. iyye submit Vs kurin..???
Reeeeeeethi
thanks.. 🙂