މިޝާލް ކޮޓަރިއަށް ވަން އިރު އަނޫޝާ ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އިނެވެ. ފޮތާ ދިމާއަށް ބަލަހައްޓައިގެން އިން ނަމަވެސް އަނޫޝާގެ ސަމާލުކަން އެފޮތަށް ނުވާކަން މިޝާލްއަށް އެނގުނެވެ. އަނޫޝާ އިނީ ފުން ވިސްނުމެއްގައެވެ. މިޝާލް އިރުކޮޅަކު އަނޫޝާއާ ދިމާއަށް ބަލަން ހުއްޓެވެ. ފުރަތަމަ ފަހަރަށް އަނޫޝާގެ ހިތުގެ ހާލު އަނޫޝާގެ ދުލުން ފާޅުކުރި އަޑު އެދުވަހު މިޝާލްއަށް އިވުނެވެ. އެންމެންގެ ތެރޭ ސީދާ ބަހުން ނުބުނި ނަމަވެސް ޒިހާން ދެކެ އަދިވެސް ލޯބިވާކަން އަނޫޝާ ވަނީ […]
“އަނޫ، ޕްލީޒް… އިހަށް އަޑު އަހާބަލަ!” މިޝާލް އަނެއްކާވެސް އަނޫޝާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. “ދެން އިތުރަށް އަޑު އަހަން ކޯޗެއްތަ އޮތީ؟ ހުރިހާ އެއްޗެއް އަޑު އިވިއްޖެ” އަނޫޝާ ބުންޏެވެ. އަދި ނަސީރާ ކައިރިން ލާފައި ގޮސް ދުވެފައި ސިޑިން ފޭބިއެވެ. މިޝާލް އަނޫޝާގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ނަސީރާ މިޝާލްގެ އަތުގައި ހިފާ ހުއްޓުވިއެވެ. “ފުރަތަމަ ގޮސް ގަޔަށް އެއްޗެއް ލާބަލަ! އޭގެ ފަހުން ތިދައްކާ ވާހަކައެއް ދައްކަން އުޅޭ. ޝަމްހާވެސް އާދޭ […]
އެގާރަ ޖެހިތަނާ ޝިޔާޒް މިޒްނާ ބަލާ އައިސް އެގޭ ކައިރީ މަޑުކޮށްލާފައި މިޒްނާއަށް ގުޅާލިއެވެ. މިޒްނާއާ އެކީ އަނޫޝާވެސް ބޭރަށް ނިކުތެވެ. “ދޮންބެ ހަމަ ނުވަންނާނަންތަ؟” އަނޫޝާ އަހާލިއެވެ. “ނުވަނިއްޔާ އަހަރެން ބަލަން ބޭނުން ނޫން މަންޒަރެއް ނުފެންނާނެ، އަޑު އަހަން ބޭނުން ނޫން އެއްޗެއް އަޑެއްވެސް ނީވޭނެ… މިގޮތް މާރަނގަޅެއްނު؟ އެހެން ނޫނަސް މިހާރު އަނޫ ފެނިއްޖެ، ސަލާމަތުން ހުރިކަން އެނގިއްޖެ” ޝިޔާޒް އަނޫޝާއަށް ބަލާލާފައި ބުންޏެވެ. “ޝިޔާޒް، ގެޔަށް ދިޔައީމަ ވާހަކައެއް ބުނާނަން އިނގޭ” […]
މިޝާލްގެ ފަރާތުން އެއްވެސް އެދެވޭ ހަރަކާތެއް ނުފެނުމުން އަނޫޝާގެ ލޮލުން ކަރުނަ އައެވެ. މިޝާލްގެ އަތުން ދޫކޮށްލާފައި އަނޫޝާ އިސްޖަހާލަމުން ލޯފޮހެލިއެވެ. އިވުނު އަޑާ މެދު މިޝާލްއަށް ޝައްކުވިއެވެ. އެއަޑު އަހާފައި ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ބުނަންވީ އެއްޗެއް ނޭނގުނެވެ. ހަދަންވީ ގޮތެއް ނުވިސްނުނެވެ. އެއީ ހިތަށް ހަމަޖެހުމާ އުފާ ލިބުނު ޚަބަރެއް ކަން މިޝާލްއަށް އިހުސާސް ކުރެވުނީ އަމިއްލައަށް ހިނިތުން ވެލެވުމުންނެވެ. އެކަން އިހުސާސް ކުރެވުމުންނެވެ. އަނޫޝާ އެދިން އުފާވެރި ޚަބަރުގެ ސަބަނުން […]
އެނދުން ތެދުވެގެން ދިޔަ އަނޫޝާއަށް މިޝާލްގެ އެސުވާލުގެ އަޑު އިވުމުން އެނބުރި ބަލާލެވުނީ އިވުނު އަޑާ މެދު ޔަގީން ނުވާތީއެވެ. އަނޫޝާއެކޭ އެއްފަދައިން މިޝާލްވެސް އިނީ އެއީ އަމިއްލައަށް ކުރެވުނު ސުވާލެއްކަމާ މެދު ޝައްކުވެފައެވެ. އެނޫނީ މިޝާލް އަނޫޝާއާ މެދު އެފަދަ ސުވާލެއް ކޮށްފައި ނުވާތީއެވެ. ކުރަން ހިތަށްވެސް ނާރާތީއެވެ. “ބަލިވެހޭ ތިއުޅެނީ؟” އަނޫޝާ ޖަވާބެއް ނުދީ ބަލަން ހުރުމުން މިޝާލް ރުޅިއައެވެ. “ނޫން… ބައްޔެއް ނޫން… އެކަމަކު—” އަނޫޝާއަށް ވާހަކަ ދެއްކުނީ ލަސްލަހުންނެވެ. އަދިވެސް މިޝާލް […]
“އެވެސް މީހެއްގެ ދަރިއެކޭ… އޭނަވެސް އުފަލާ ހިތްހަމަ ޖެހުން ބޭނުން ވާނެ، ލޯބިވެސް ބޭނުން ވާނެ… އޭނަ ޒިހާންއާ އިނުން އެއީ ގޯހެއްތަ؟ ލޯތްބާ އުފަލާ ހިތްހަމަ ޖެހުމާ ލިބެން ވަނީ ހަމަ އެކަނި މަންމަގެ ދަރިންނަށްތަ؟ މިގޭގަ އޭނަ ހަތް އަހަރު ދުވަހު ހުރި އިރު ރުޅި އައިސްގެން ނޫނީ އެއް ދުވަހުވެސް މަންމަގެ ދުލުން އޭނަގެ ނަން ބޭރުވިތަ؟ ޝަމްހާއަށް ޓަކާ މަންމަ ޒިހާންއާ އަނޫ ވަކި ކުރި އިރު ޒިހާން އެގޮތް ބޭނުން […]
ޝަމްހާގެ އަތުން ދޫކޮށްލާފައި މިޝާލް ތިރިއަށް ފައިބާ ޝިޔާޒް ކައިރިން ލާފައި ގޮސް އެގޭން ނިކުތެވެ. އެތާނގައި ކަމެއް ވެދާނެޔޭވެސް މިޝާލްގެ ހިތަށް ނާރައެވެ. ނޫންނަމަ އެކަމާ މިޝާލް ކަންބޮޑު ނުވަނީއެވެ. މިޝާލް ދިޔަތަން ފެނުމުން ޝަރީފާ ޝިޔާޒްއާ ދިމާއަށް ބަލާލިއެވެ. އެވަގުތު ޝިޔާޒްވެސް އެނބުރިފައި ޝަރީފާއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. މިޝާލް ދިޔަތަން ބަލަން ހުރި މިޒްނާ އެނބުރި ބަލާލީ ޝިޔާޒް މިޒްނާގެ އަތުގައި ހިފާ ދުރުކޮށްލަމުން ސިޑިން މައްޗަށް އަރަން ފެށުމުންނެވެ. މިޒްނާ […]
“ދެން ކީއްކުރަންވީ؟” ޝަމްހާ އަހާލިއެވެ. މިޝާލް ހީގެންފައި ހަދަންވީ ގޮތް ބުނެދިނެވެ. “ޝިޔާޒް…” ޑްރެސިންގޓޭބަލް ކައިރީ އިން މިޒްނާ ގޮވާލިއެވެ. “ހްމްމް…؟” އެނދުމަތީ ލެޕްޓޮޕް ހުޅުވައިގެން އިން ޝިޔާޒް މިޒްނާއަށް ބަލައެއް ނުލައެވެ. މިޒްނާ ތެދުވެގެން ގޮސް ޝިޔާޒް ކައިރީ އިށީނެވެ. “ޝިޔާޒް… އަހަރެން ވާހަކައެއް ބުނަންތަ؟” މިޒްނާ އަހާލިއެވެ. “އާނ…” މިޒްނާއަށް މާބޮޑު ސަމާލު ކަމެއް ނުދީ ޝިޔާޒް ބުންޏެވެ. “އަހަރެން ބުނީ—” “މިޒޫ، އިހަށް ކޮފީއެއް ގެނެސްދީބަލަ” މިޒްނާއަށް އެވަރަށް ބުނެވުނު އިރަށް […]
“ރޭގަ ނުނިދުނީތަ؟ ނޫނީ ދޮންބެ އަނޫ ނިދިޔަ ނުދިނީތަ؟” އަނޫޝާ ކައިރިއަށް ޖެހިލާފައި މަޒްނާ އަހާލިއެވެ. އަނޫޝާއަށް މަޒްނާއާ ދިމާއަށް ބަލާލެވުނެވެ. އަނޫޝާއަށް ހީވީ މަޒްނާ އެހެން އެބުނީ އަނޫޝާއާ މިޝާލްގެ މެދުގައި ކަންތައް ވީގޮތް އެނގިގެން ކަމަށެވެ. ނަމަވެސް މަޒްނާގެ މޫނުމަތިން ފެންނަން ހުރި ލާނެތް ހިނިތުންވުމުގެ ސަބަބުން އެހާސްކަން އަނޫޝާގެ ހިތުން ފިލިއެވެ. “އެހެން ވީމަތާ ކޮންމެ ދުވަހަކު ފަތިހު ހޭލާ އަނޫއަށް މިއަދު މިހާލަސް ވިއިރުވެސް ހޭނުލެވުނީ… ކުރީރޭ އަނޫ ދެކެ ރުޅި […]