Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 15

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
April 7, 2016 7 Mins Read
34 Comments

އެނދުން ތެދުވެގެން ދިޔަ އަނޫޝާއަށް މިޝާލްގެ އެސުވާލުގެ އަޑު އިވުމުން އެނބުރި ބަލާލެވުނީ އިވުނު އަޑާ މެދު ޔަގީން ނުވާތީއެވެ. އަނޫޝާއެކޭ އެއްފަދައިން މިޝާލްވެސް އިނީ އެއީ އަމިއްލައަށް ކުރެވުނު ސުވާލެއްކަމާ މެދު ޝައްކުވެފައެވެ. އެނޫނީ މިޝާލް އަނޫޝާއާ މެދު އެފަދަ ސުވާލެއް ކޮށްފައި ނުވާތީއެވެ. ކުރަން ހިތަށްވެސް ނާރާތީއެވެ.

“ބަލިވެހޭ ތިއުޅެނީ؟” އަނޫޝާ ޖަވާބެއް ނުދީ ބަލަން ހުރުމުން މިޝާލް ރުޅިއައެވެ.

“ނޫން… ބައްޔެއް ނޫން… އެކަމަކު—” އަނޫޝާއަށް ވާހަކަ ދެއްކުނީ ލަސްލަހުންނެވެ. އަދިވެސް މިޝާލް އެކުރި ސުވާލާ މެދު ހައިރާންވެފައި ހުރުމާއެކު ބުނަން އޮތް ވާހަކައިގެ ބާވަތުންނެވެ. ނަމަވެސް މިޝާލް އަނޫޝާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދިނެވެ.

“އެހެން ވިއްޔާ ގޮސް ކާން ހަދާބަލަ!” އަލަމާރި ކައިރިއަށް ގޮސް ޓީޝާޓެއް ނަގަމުން މިޝާލް ބުންޏެވެ.

އަނޫޝާ އަވަހަށް ގޮސް މިޝާލްއަށް ކާން ހެދިއެވެ. އެވަގުތު އެވާހަކަ ނުބުނެވުނީތީ އަނޫޝާއަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ.

ކައިގެން ބޭރަށް ދިޔަ ގޮތަށް މިޝާލް އެރޭ ގެޔަށް އައިއިރު އަނޫޝާއަށް އޮތީ ނިދިފައެވެ. އެކަމާ ހިތްހަމަ ނުޖެހިފައި މިޝާލް އަނޫޝާއަށް ގޮވަން އެނދާ ކައިރިއަށް ޖެހިލިއެވެ.

އަނޫ…” މިޝާލް ގޮވާލިއެވެ. ނަމަވެސް އަނޫޝާއަށް ހެއެއް ނުލެވުނެވެ. މިޝާލް އެނދާ ދިމާއަށް ގުދުވެލީ ތަޅުވައިގަނެގެން ވިޔަސް އަނޫޝާ ހޭލައްވާށެވެ.

ނަމަވެސް ނިދިފައި އޮތް އަނޫޝާގެ މޫނު އެހާ ކައިރިން ފެނުމުން ގޮވާ އުނދަގޫ ކުރާކަށް އެވަގުތު މިޝާލްއަކަށް ނުކެރުނެވެ. ބަނޑުހައި ވެފައި ހުރި ނަމަވެސް އެވަގުތު އަނޫޝާއަށް ގޮވާކަށް މިޝާލް ބޭނުމެއް ނުވިއެވެ.

އެހެން ހިތަށް އެރުމުން ޚުދު މިޝާލްވެސް ހައިރާން ވިއެވެ. އޭގެ ކުރިން ދުވަހަކުވެސް އަނޫޝާއާ މެދު ވިސްނާފައި ނުވާ މިޝާލްއަށް ކުއްލިއަކަށް މިވީ ގޮތެއް ނުވިސްނުނެވެ.

މިޝާލް އަނޫޝާ ކައިރީގައި އެނދުގެ މަގަތުން އިށީނެވެ. އެއްއަތް މައްޗަށް ތިރިވެލަމުން މިޝާލް އަނޫޝާގެ މޫނާ އަދިވެސް ކައިރިވެލިއެވެ. އެސްފިޔަވެސް ޖަހާނުލާ މިޝާލް އަނޫޝާގެ މޫނަށް ބަލަން އިނެވެ.

އަނޫޝާގެ މައުސޫމް މޫނާ އެރީތިކަން ފެނިފައި ފުރަތަމަ ފަހަރަށް މިޝާލްގެ ހިތުގެ ވިންދަށް ބަދަލެއް އައީ އެވަގުތުއެވެ. ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ސިހިފައި ކަހަލަ ގޮތަކަށް މިޝާލްއަށް އަމިއްލަ މޭގައި އަތް އަޅާލެވުނެވެ.

މިޝާލް އަނެއްކާވެސް އަނޫޝާގެ މޫނަށް ބަލާލިއެވެ. އެމޫނުގައިވާ ވަރުބަލިކަން އެވަގުތު މިޝާލްއަށް ފާހަގަ ކުރެވުނެވެ. މިޝާލް ސުވާލު ކުރުމުން ބައްޔެއް ނޫނޭ ބުނި ނަމަވެސް އަނޫޝާ ބަލީއޭ މިޝާލްގެ ހިތަށް އެރިއެވެ. އެއާއެކު ފަހަކަށް އައިސް އަނޫޝާއަށް އަންނަމުން ދިޔަ ބަދަލާ މެދު މިޝާލްއަށް ވިސްނާލެވުނެވެ.

މެންދުރު މިޝާލްއަށް ހޭލެވޭ އިރު ބައެއް ދުވަސް ދުވަހު އަނޫޝާ ސޯފާގައި އޮށޯވެލައިގެން އޮންނަތަން މިޝާލް ދެކެއެވެ. އަދި އަނޫޝާގެ ހިމަ ހަށިގަނޑު ކުރިއަށް ވުރެން ހިކިކަންވެސް މިޝާލްއަށް ފާހަގަ ކުރެވުނެވެ. ކުރިން އެކަން ފާހަގަ ނުކުރެވުނީ އެކަމާ ވިސްނާ ނުލެވުނީތީއެވެ. ނަމަވެސް އެކަމާ ވިސްނާލުމުން އެބަދަލު އަންނަން ފެށީ އޭގެ މަހެއްހާ ދުވަސް ކުރިން ކަންވެސް މިޝާލް ހަނދާންވިއެވެ. ޔަގީނެވެ. އަނޫޝާ ނުބުންޏަސް އޭނަ ބަލީއެވެ.

މިޝާލް މަޑުމަޑުން އަނޫޝާގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. އާދަޔާ ޚިލާފް ހޫނުކަމެއް ނެތެވެ. ކުރެވެމުން މިދާ ޚިޔާލުތަކާ، ހިތުގައި އުފެދެމުންދާ ޝުޢޫރުތަކާ މެދު އަމިއްލަ ހިތާ ސުވާލު ކުރަމުން މިޝާލް އަނޫޝާގެ ކަރުގައި އަތް ޖައްސާލިއެވެ.

މިޝާލްގެ އަތް އަނޫޝާގެ ކަރުގައި ޖެހުމާއެކު އަނޫޝާ ލޯހުޅުވާލިއެވެ. އެހާ ކައިރިން މިޝާލް ފެނުމުން ސިހިފައި އަނޫޝާ ކުއްލިއަކަށް ތެދުވެ މިޝާލްއާ ދުރަށް ޖެހިލިއެވެ.

“ނޫޅެމޭ ކާލާކަށް، ހުން ހުރިތޯ ބަލާލީ…” ތެދުވަމުން މިޝާލް ބުންޏެވެ.

“ހުން ހުރިތޯއޭ…؟” އަނޫޝާއަށް މިޝާލް ބުނި އެއްޗެއް ނުވިސްނުނެވެ.

“އޭރު އަނބުރައިގަތީމަ… މަ ހީކުރީ ބަލީ ކަމަށް…” މިޝާލް ޖަވާބު ދިނީ ލައިގެން ހުރި ޓީޝާޓް ބާލާފައި ސޯފާމައްޗަށް އެއްލާފައި ފާހާނާއަށް ވަންނަމުންނެވެ.

“ބައްޔެއް ނޫން…” އަނޫޝާ މެންދުރު މިޝާލްއަށް ދިން ޖަވާބު އަނެއްކާވެސް ދިނެވެ.

ފާހާނާއަށް ވަދެވަދެ ހުރި މިޝާލް ހުއްޓިފައި އަނޫޝާއަށް ބަލާލިއެވެ.

“ބައްޔެއް ނޫން… އޭރުވެސް ތިހެން ބުނި، އެކަމަކު ކަމެއް ނުވެ މީހަކު ހަމަ ހުރެފަ އަނބުރައެއް ނުގަންނާނެއެއްނު؟” މިޝާލް އެހެން ބުނެފައި އަނޫޝާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފާހާނާއަށް ވަނެވެ.

އަނޫޝާއަށް އެއްޗެއް ނުބުނެވުނެވެ. ބުނާނެ އެއްޗެއް ވިސްނުމަށް ނައީއެވެ. މިޝާލްއާ ކައިވެނި ކޮށްގެން މިވީ އަހަރަކަށް ވުރެން ގިނަ ދުވަސް ތެރޭ މިޝާލް އަނޫޝާއާ މެދު ކުޑަކޮށްވެސް އަޅާލާކަން ދޭހަވާ ފަދަ ކަމެއް ކޮށްފައެއް ނުވެއެވެ. ވީއިރު މިއަދު މިޝާލްއަށް އެވީ ކިހިނެއް ހެއްޔެވެ.

އަނެއްކާ މިޝާލްއަށް އެނގުނީބާއެވެ. ނަސީރާ ބުނީ ބާއެވެ. ނޫނީ މިލްނާއަށް ނުހުރެވިގެން ބުނެވުނީ ބާއެވެ. އަނޫޝާ ހިތަށް އެރިއެވެ. ނޫނެކެވެ. އެދެމީހުން އެވާހަކަ މިޝާލް ގާތަކު ނުބުނާނެއެވެ. އެހެން ވީއިރު މިޝާލްއަށް އެނގުނީ ކިހިނެއް ހެއްޔެވެ.

މިޝާލްއަށް އެނގޭ ކަމަށް ވާނަމަ އެގޮތަށް ކަންތައް ކުރުމުން އޭގެ މާނައަކީ މިޝާލް އެކަމާ ރުޅި ނާންނަނީއޭ ހެއްޔެވެ. އެތައް ގޮތަކަށް ވިސްނައިގެންވެސް އަނޫޝާއަށް އެކަން މިޝާލްއަށް އެނގޭނެ ގޮތެއް ނުވިސްނުނެވެ. އެހެން ނޫނަސް އަނޫޝާ ބަލިވެއިންކަން އެނގުނު ނަމަ މިޝާލް ގާތު އެވާހަކަ ނުބުނެގެންވެސް އޭނަ ރުޅި އައީހެވެ. އަނޫޝާ އަނބުރައިގަތުމުން މިޝާލް ކަންބޮޑުވީ ކަންނޭނގެއެވެ. އެއީ މިޒާޖު ނޭނގޭ މީހެކެވެ. މިއަދަކީ އޭނަގެ މޫޑް ރަނގަޅު ދުވަހަކީ ކަންނޭނގެއެވެ. ރުޅި އައިސް ހަޅޭ ލެވުމުގެ ބަދަލުގައި މިއަދު އޭނަ އަނޫޝާއާ ވާހަކަ ދައްކަން ހިތަށް އެރި ގޮތަކީ މިއީ ކަމަށް ވެދާނެއެވެ.

ފާހާނާގެ ދޮރު ހުޅުވުނު އަޑަށް އަނޫޝާ އަވަސްއަވަހަށް އެނދުން ފޭބިއެވެ.

“ކާން ހަދަން ވީތަ؟” މިޝާލް ނިކުތުމުން އަނޫޝާ އެހިއެވެ.

މިޝާލް އަނޫޝާއާ ދިމާއަށް ބަލާލިއެވެ.

“އުހުނ، ބަނޑުހައެއް ނުވޭ… އަނޫ އޮށޯވޭ” މިޝާލް ބުންޏެވެ.

ނަމަވެސް އަނޫޝާއަށް މިޝާލްއާ ދިމާއަށް ބަލަން އިނދެވުނެވެ. އެހެން ދުވަސްދުވަހާ މިޝާލް ތަފާތު ކަމުންނެވެ.

“ނުކާނަމޭ… އޮށޯވެބަލަ!” އަނޫޝާ ބަލަން އިނުމުން މިޝާލް ބުންޏެވެ.

އިތުރު އެއްޗެއް ނުބުނެ އަނޫޝާ އޮށޯތެވެ. މިރޭ ނުބުނި ނަމަވެސް އެޚަބަރު އެހެން ފަހަރަކުން މިޝާލްއަށް ދޭން ނިންމައިގެންނެވެ. ބުނާނެ ގޮތެއް ވިސްނާނީއެވެ. މިރޭ މިޝާލްގެ މޫޑް ކިތަންމެ ރަނގަޅަށް ހުރި ނަމަވެސް އެފަދަ ޚަބަރެއް ލިބުމުން އޭނަ ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އަނޫޝާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އިހަށް އެވާހަކަ ނުބުނެ މަޑުކޮށްލުމެވެ. މިދަންވަރު އެފަދަ ކަމަކާ ހެދި ގޭ އެންމެންނަށް ހޭލެވިދާނެ ކަހަލަ ކަމެއް ކުރާކަށް އަނޫޝާ ނޭދެއެވެ.

 

“އޭ، މިޝާލް، ކިހިނެއް ވެފަތަ ތިއިންނަނީ؟” ރަހުމަތްތެރިންގެ ތެރޭގައި އިން ނަމަވެސް އެމީހުންނާ ވަކިން މިޝާލް އިނުމުން މާޒިން ގޮވާލިއެވެ.

“ކަމެއް ނުވޭ…” މިޝާލް އެމީހުންނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

“އަންހެނުން މަނާ ކުރީތަ މިއަދު؟” އެމީހުން ކުރަމުން ދިޔަ ކަންތަކުގައި މިޝާލް ބައިވެރި ނުވުމުން އިހުސާން އެހިއެވެ. ނަމަވެސް މިޝާލް ޖަވާބެއް ނުދީ އިނެވެ.

“މިޝާލް؟ ކޮބާތަ މައްސަލައަކީ؟” ނާހިދުވެސް ގޮވާލިއެވެ.

“ކަމެއް ނުވެޔޭ، ތިކުރާ ކަމެއް ކޮށްބަލަ! މަ ބޭނުން ވީމަ ބުނާނަން” ހިތްހަމަ ނުޖެހިފައި މިޝާލް ބުންޏެވެ.

“އަޅާނުލާ ނާހިދު. އަންހެނުން ވޯނިންގ ދިނީ ކަންނޭނގެ” ހީގަންނަމުން މާޒިން މިޝާލްއާ ދިމާ ކޮށްލިއެވެ.

“ބުނަން؟ އޭނަޔާ ނުބެހޭތި އިނގޭ!” އަނޫޝާއާ މުޚާތަބްކޮށް އެއްޗެއް ބުނުމުން އެމީހުން ހީކުރި ގޮތާ ޚިލާފަށް މިޝާލް މިފަހަރު އައީ ރުޅިއެވެ.

“އޭއި އޭއި… އެއީ އެހެން ބުނި އެއްޗެއް ނޫނޭ…” މިޝާލް އިން ތަނުން ތެދުވެގެން މާޒިންއާ ދިމާއަށް އަންނަން ފެށުމުން މާޒިން ކުރިމައްޗަށް ދެއަތްތިލަ ދިއްކޮށްގެން މިޝާލްއާ ދުރަށް ދަމުން ބުންޏެވެ.

މިޝާލް އިތުރަށް އެތާ ހުންނާކަށް ބޭނުމެއް ނުވިއެވެ. ބާރު ހިނގުމެއްގައި ގޮސް މިޝާލް ދޮރު ހުޅުވާލިއެވެ.

“މިޝާލް، އެއީ ސަމާސާއޭ… އާދޭ…” އިހުސާން ގޮވާލިއެވެ. ނަމަވެސް މިޝާލް މަޑު ނުކޮށް ނިކުމެގެން ދިޔައެވެ.

މިޝާލް ގެޔަށް އައި އިރު ސިޓިންގރޫމްގައި ނަސީރާއާ ޒަރީރު ޓީވީ ބަލަން ތިއްބެވެ. މަޑު ނުކޮށް މިޝާލް މައްޗަށް އަރާ ކޮޓަރިއަށް ދިޔަ އިރު އަނޫޝާ ކޮޓަރީގައި ނެތުމުން ތިރިއަށް ފޭބިއެވެ.

“މަންމާ، އަނޫ ކޮބާ؟” މިޝާލް ނަސީރާއާ ސުވާލު ކޮށްލިއެވެ.

“ކޮޓަރީގަ ނެތްތަ؟” ނަސީރާ އެހިއެވެ.

“ނެތް…” މިޝާލް ބުންޏެވެ.

“ވެދާނެ މަޒްނާ ކައިރީގަ ކަމަށްވެސް… ބަލާލަބަލަ” ނަސީރާ މިޝާލްއާ ދިމާއަށް ބަލާލަމުން ބުންޏެވެ.

މިޝާލް އަނެއްކާވެސް މައްޗަށް އެރުމުން ނަސީރާއާ ޒަރީރު އެކަކު އަނެކަކަށް ބަލާލިއެވެ. އެހެން ދުވަސްދުވަހާ މިއަދު މިޝާލް ތަފާތު ކަން ދެމީހުންނަށްވެސް ވިސްނުނީއެވެ. ގެޔަށް އައި ގަޑި އަވަސް ވެފައި މިޝާލް ހުރި ގޮތްވެސް ފާހަގަ ކުރެވުނީއެވެ.

“އަނޫ ބުނީ ކަންނޭނގެ…” ނަސީރާއަށް އަމިއްލަ ނަފްސަށް ބުނެވުނެވެ.

“ކީކޭ ބުނީ؟” ޒަރީރު އަހާލިއެވެ.

ހިތަށް އެރި ޖުމްލަ ދުލުން ބުނެވުނުކަން ނަސީރާއަށް ވިސްނުނީ ޒަރީރު އެސުވާލު ކުރުމުންނެވެ.

“އެއީ… އަނޫ ބަނޑުބޮޑު ވާހަކަ” ނަސީރާ ބުންޏެވެ.

އެއަޑު އިވުމުން ޒަރީރު އުފާވިއެވެ. ނަމަވެސް އެއުފަލަށް ވުރެން މިޝާލްގެ ރަނގަޅު ނުވި އުޅުމާމެދު ހިތުގައިވާ ހާސްކަން އެވަގުތުވެސް ކުރި ހޯދިއެވެ.

“ޕިސްޕިސް….” ދެފަރާތަށް ބޯހަލުވާލަމުން ޒަރީރުގެ އަނގައިން އެއަޑު ނިކުތެވެ.

“ކިހިނެއްވީ؟” ނަސީރަ އެހިއެވެ.

“ކަމެއް ނުވޭ… ހިތަށް އެރީ އެއުޅުން އިސްލާހު ނުކޮށް ދަރިން ހޯދައިގެން މިޝާލް ކިހިނެއްބާއޭ އުޅޭނީ… އޭނަ މާ އަވަހަށް މީހަކާވެސް އެއިނީ. އެހެން އުޅޭ މީހުންނަށް މީހުންނާ އިނދެގެން ދަރިން ހޯދައިގެންނެއް ނޫޅެވޭނެ… އަނބިދަރިން ބިކަވުން ނޫން ކަމެއް ނުވާނެ. އަހަރުމެންނަކީ ތަނަވަސް ބަޔަކަށް ވީތީ އިރާދަ ކުރެއްވިއްޔާ އަނޫ ހާލެއްގަ ޖެހުނަކަ ނުދޭނަން… އެކަމަކު އެންމެން އެހެންނެއް ނުވާނެ…” ޒަރީރު ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

ނަސީރާ އެވާހަކަޔާ އެއްބަސްވިއެވެ. އަނޫޝާ ދެއްކި ވާހަކަތައް ޒަރީރު ގާތު ބުނަން އެވަގުތު ނަސީރާ ހިތަށް އެރިއެވެ. ނަމަވެސް އެއްވެސް މީހެއް ގާތު އެވާހަކަ ނުބުނުމަށް އަނޫޝާ ގާތު ވަޢުދު ވެވިފައި އޮތްކަން ހަނދާން ވުމުން އެޚިޔާލު ދޫކޮށްލިއެވެ.

“މަންމަ ބުނަނީ ހަމަ ރަނގަޅަށް. އަހަރުމެންނަށް މިޝާލް ގެންގުޅެވުނު ގޮތުން މިއަދު އޭނަޔަށް އެހެން އެވީ” ނަސީރާ ބުނެލިއެވެ.

“އެހެން ކަމެއް ރަނގަޅު ނުވިޔަސް މިއަދު ގެޔަށް އައި އިރު އެހުރިހެން ހުންނާނެ ނަމަ… ވަޒީފާއަކަށް ނުދިޔަޔަސް މިޝާލް އަނޫއަށް އަޅާލާނަމަ…” ޒަރީރުއަށް ބުނެވުނެވެ.

މަޒްނާގެ ކޮޓަރީ ދޮރު ހުޅުވާލަމުން މިޝާލް އަނޫޝާއަށް ގޮވާލިއެވެ. ރައްޔާން އުނގަށް ލައިގެން ނިންދަވަން އިން އަނޫޝާ މިޝާލްގެ އަޑަށް ބަލާލިއެވެ. ކައިރީގައި އޮށޯވެލައިގެން އޮތް މަޒްނާވެސް ތެދުވިއެވެ.

“މަޒޫ ބަލީތަ؟” މިޝާލް ސުވާލު ކޮށްލީ މަޒްނާއާއެވެ.

“ބަނޑަށް ތަދުވާތީ…” މަޒްނާ ބުންޏެވެ.

“ރައްޔާން ނިންދަވާލާފަ މިދަނީ… ލަސްވާނެތަ؟” އަނޫޝާ އަހާލިއެވެ.

“ރަނގަޅު ވާނެ” އަނޫޝާގެ އުނގުގައި އޮތް ރައްޔާންއާ ސަކަރާތް ޖަހާލަމުން މިޝާލް ބުންޏެވެ.

“ގެނޭ އަހަރެން އަތަށް، އަނޫ ދޭ ދެން… ދޮންބެއަށް ލަސްވެދާނެ” މަޒްނާ ބުންޏެވެ.

“އުހުނ… ނުވާނެ” ނިކުންނަމުން މިޝާލް ބުންޏެވެ.

ފަނަރަ ވަރަކަށް މިނެޓް ފަހުން އަނޫޝާ ކޮޓަރިއަށް އައި އިރު މިޝާލް ޓީވީ ހުޅުވައިގެން ސޯފާގައި އޮށޯވެލައިގެން އޮތެވެ.

“ކޯޗެއް ކާން ހުރީ؟” އަނޫޝާ ފެނުމުން މިޝާލް އެހިއެވެ.

“މުގުރިހަޔާ ބަތާ…” އަނޫޝާ ބުންޏެވެ.

“މުގުރިހައޭ…؟ ނެތްތަ ނޫޑްލްސް ޕެކެޓެއް؟” މުގުރިހައަކީ މިޝާލްއަށް ކަމުދާ އެއްޗަކަށް ނުވާތީ މިޝާލް އެހިއެވެ.

އެއްޗެއް ނުބުނެ އަނޫޝާ ނިކުތެވެ. ނަމަވެސް ބަދިގެއަށް ވަދެ ނޫޑްލްސް ކައްކާނެ އެއްޗެހި ހަމަކޮށްފައިވެސް އަނޫޝާއަށް އިރުކޮޅަކު ހުރެވުނެވެ. ފިޔާ މީރު ކުރަން ޖެހޭނެތީއެވެ. ނަމަވެސް މިޝާލް ރުޅި އައިސްދާނެތީ އަނޫޝާ މަސައްކަތް ފެށިއެވެ.

ފިޔާ މީރުކުރަން ފެށުމާއެކީ އަނޫޝާ މޭނުބައި ކުރަން ފެށިއެވެ. އަތްމަތި އަވަސްކޮށްލާފައި އެކަން ނިންމާލަން އުޅުނު ނަމަވެސް މިނަޓެއްހާ އިރަށް ވުރެން ގިނަ އިރަކު އަނޫޝާއަކަށް ކެތެއް ނުކުރެވުނެވެ. އުނދުން ނިއްވާލާފައި ސިންކާ ހަމައަށް ދެވުނީ ކިރިޔާއެވެ.

ކޮޓަރީގައި އިން ނަސީރާ އެވަގުތު ބަދިގެއަށް ވަނީ އަނޫޝާ ބަދިގޭގައި ހުރިކަން އެނގިގެނެއް ނޫނެވެ. ނަމަވެސް އަނޫޝާ ބަދިގެއިން ފެނުމުންނާ، އެވަގުތު އަނޫޝާ ހުރި ގޮތުން ނަސީރާއަށް ކުރެވުނީ ސުވާލެވެ.

“އަނޫ، މިގަޑީގަ ބަދިގޭގަ ކީއްތަ ތިކުރަނީ؟ ކީއްވެ ހޮޑު ލެވުނީ؟ ކޯޗެއް ކައްކަން ތިއުޅެނީ؟” ނަސީރާ އަނޫޝާއަށް ފެންތައްޓެއް ދިނެވެ.

“މުގުރިހަ ހުރީމަ މިޝާލް ބުނެގެން ނޫޑްލްސް ކައްކަން އުޅުނީ… އެކަމަކު ފިޔާ މީރު ކުރަން ޖެހޭތީ…” އަނޫޝާ ބުންޏެވެ.

“ދެން އަމިއްލައަށް ކުރަން ނޫޅެ މަންމައަށް ގޮވާލިނަމަ…” ނަސީރާ ބުންޏެވެ.

އަނޫޝާ އެއްޗެއް ނުބުނެ ހުއްޓެވެ.

“އަނޫ ދޭ އިހަށް، މަންމަ ކައްކާލަފާނަން” ނަސީރާ ބުންޏެވެ. އެވަގުތު މިޝާލް އައިސް ބަދިގެއަށް ވަނީ ކައްކާ ނިމިދާނެ ކަމަށް ހީކޮށެވެ.

“ނުނިމޭތަ އަދި؟” މިޝާލް އަހާލިއެވެ.

“އާނ، އަދި ނުކެކިގެން މިއުޅެނީ، ދެން ނުވާނެ ގިނަ އިރެއް” ނަސީރާ ބުންޏެވެ.

“މަންމަތަ ކައްކަނީ؟” މިޝާލްއަށް އަހާލެވުނެވެ.

“އަނޫ ފާހާނާއަށް ދާން ޖެހިގެން… މަންމަ ކެއްކިޔަސް ކެވިދާނެއެއްނު؟ މަޑު ކޮށްލާ، މިނިމެނީ” ނަސީރާ އަނޫޝާއަށް ބަލާލަމުން ބުންޏެވެ.

އަނޫޝާ ތިރިއަށް އައި އިރު މިޝާލް އިނީ ކާށެވެ. މިޝާލް ކައި ނިމުމުން އަނޫޝާ ތަށިތައް ދޮވެލާފައި ކޮޓަރިއަށް ދިޔަ އިރު މިޝާލް ވީ ފާހާނާގައެވެ. ސޯފާގައި އަނޫޝާ އިށީނީ މިޝާލް ޓީވީ ހުޅުވާފައި ހުރުމުންނެވެ. އެވަގުތު ސޯފާމަތީ އޮތް މިޝާލްގެ ފޯން ރިންގވާން ފެށިއެވެ. އަނޫޝާ ފޯނަށް ބަލާލިއެވެ.

ސްކްރީނަށް އިނގިރޭސި އަކުރުން “ޝަމް” އެނަން އަރާފައި އޮތުމުން އެއީ ޝާމް ކިޔާ މިޝާލްގެ ރައްޓެއްސެކޭ އަނޫޝާގެ ހިތަށް އެރިއެވެ. އަނޫޝާ އެފޯނެއް ނުނަގައެވެ. އެއްފަހަރު ރިންގް ކެނޑި ދެވަނަ ފަހަރަށްވެސް ފޯން ރިންގވާން ފެށިއެވެ.

އެޝާމްއެއް އެގުޅަނީ ކޮންމެވެސް ބޮޑު ކަމެއް ވެގެންނޭ އަނޫޝާ ހިތަށް އެރިއެވެ. ނަމަވެސް ފޯން ނަގާކަށް ނުކެރުނެވެ. ފާހާނާގައި ހުއްޓާ މިޝާލްއަށް ގޮވައިފި ނަމަ ރުޅި އައިސްދާނެތީ ގޮވާކަށްވެސް ނުކެރުނެވެ. އަނޫޝާ ބަލަން އިންދާ ދެވަނަ ކޯލް މިސްވެ ތިންވަނަ ފަހަރަށްވެސް އެމީހަކު ގުޅިއެވެ.

އަނޫޝާ ފޯން ނަގާ ސައިލެންޓަށް އޮބާލާފައި ފޯން ބޭއްވިއެވެ. މިޝާލް ފާހާނާއިން ނިކުތުމުގެ ކުރިން ހަމަ އެނަމްބަރުން 5 ކޯލް ކުރިއެވެ. އޭގެ އިތުރުން ދެފަހަރު މެސެޖްވެސް ކުރިއެވެ.

މިޝާލް ފާހާނާއިން ނިކުމެ ފޯން ނަގާ ބަލާލީ އޭނައަށްވެސް ފޯން ރިންގވި އަޑު އިވުމުންނެވެ. ފޯނަށް ބަލާލުމާއެކު މިޝާލް އަނޫޝާއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ.

“ކޮންމެސް ކަމަކު ކަންނޭނގެ، ވަރަށް ގިނައިން ގުޅި…” އެނަމްބަރަށް ގުޅާނުލާ މިޝާލް ސޯފާމައްޗަށް ފޯން އެއްލުމުން އަނޫޝާ ބުންޏެވެ.

“މުހިންމެއް ނޫން…” މިޝާލް ދިނީ ކުރު ޖަވާބެކެވެ. ގުޅީ ޝަމްހާ ކަން އެނގުމުން މިޝާލްއަށް އެކޯލް މުހިންމެއް ނުވިއެވެ. އެރޭ ޝަމްހާއާ ވާހަކަ ދައްކާ ހިތް ނެތީއެވެ.

“ކޮބާ ސްޕްރޭ ފުޅި؟” ޑްރެސިންގޓޭބަލް ކައިރީ ހުރެ މިޝާލް އަހާލިއެވެ.

“ވަތްގަނޑުގަ އޮންނާނެ” ބުނަން ނުބުނަން ހުރެފަވެސް އަނޫޝާ ބުންޏެވެ. މިޝާލްގެ ސްޕްރޭ ފުޅި އަނޫޝާ ފޮރުވީ އޭގެ ވަސް އަނޫޝާއަށް ކަމުނުދާތީއެވެ. ޑްރެސިންގޓޭބަލް މަތީ އެހެން ސްޕްރޭ ފުޅިއެއް ބަހައްޓާފަ ހުރި އިރުވެސް މިޝާލް އެފުޅި ހޯދާނީ އާފުޅި ކަމުނުދާތީއޭ ހިތަށް އަރާފަ އަނޫޝާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.

ސޯފާގެ އަތްގަނޑުމަތީ މިޝަލް ބޭއްވި ތުވާލި ހިފައިގެން ތެދުވި އަނޫޝާ ނޭފަތުގައި އަތް އަޅާލުމާއެކު ބޮލަށް އެނބުރުން އެރީ އެވަގުތު މިޝާލް ސްޕްރޭ ޖަހާލުމުންނެވެ.

“އަނޫ…” މިޝާލްއާ ދެފޫޓެއްހާ ދުރުގައި ހުރި އަނޫޝާ ވެއްޓުމުގެ ކުރިން ހިފެހެއްޓިއެވެ.

“ފާހާނާ…” ހޮޑު ލެވިދާނެހެން ހީވުމުން އަނޫޝާ ބުންޏެވެ. މިޝާލް އަނޫޝާގެ އަތުގައި ހިފައިގެން ފާހާނާއާ ހަމައަށް ދިޔައެވެ.

“ކިހިނެއްތަ ތިވަނީ؟ އަނޫ ނުކަނީތަ؟” މިޝާލް އެވަގުތު އައީ ރުޅިއެވެ.

“ވަސް…” ސިންކާ ދިމާއަށް ގުދުވެގެން އޮތް އަނޫޝާ ބުންޏެވެ.

“ވަހޭ؟” މިޝާލްއަކަށް ނުވިސްނުނެވެ.

 

އަނޫޝާ ނިމެންދެން މިޝާލް ފާހާނާގައި ހުއްޓެވެ. އަނގަޔާ މޫނުވެސް ދޮވެލައިގެން އަނޫޝާ މިޝާލްގެ އެހީގައި ގޮސް އެނދުގައި އިށީނެވެ.

“ކޮން ވަހެއްތަ؟ ނުބައި ވަހެއް ދުވަނީތަ؟” އެނދުގައި އަނޫޝާ ކައިރި އިށީންނަމުން މިޝާލް އެހިއެވެ.

“ތި ސްޕްރޭ އިން މީރު ވަހެއް ނުދުވާ… އެހެންވެ…” އަނޫޝާ މަޑުމަޑުން ބުންޏެވެ.

އަދިވެސް ވީގޮތެއް ނުވިސްނިފައި އަނޫޝާއަށް ބަލަން އިނދެފައި މިޝާލް ތެދުވެގެން ގޮސް ޑްރެސިންގޓޭބަލް މަތީ ހުރި އަނޫޝާގެ ސްޕްރޭ ފުޅި ނަގާ ގަޔަށް ޖަހާލިއެވެ.

“މިހާރު ރަނގަޅެއްނު؟ ދެން ބުނެބަލަ! ކިހިނެއްތަ ތިވަނީ؟ އަހާ އިރަށް ބުނާނެ ބައްޔެއް ނޫނޭ…” މިޝާލް އައިސް އެނދުގައި އިށީނދެފައި ބުންޏެވެ.

“އަހަރެން ބައްޔެއް ނޫނޭ… އަހަރެން—” އަނޫޝާ އެވާހަކަ ބުނާނެ ގޮތެއް ވިސްނާލަން މަޑުކޮށްލިއެވެ. ނަމަވެސް މިޝާލްއަށް އެވަރު ލަސްވިއެވެ.

“ހެޔޮ، ނުބުނެ ހުރޭ. އަހަންނަށް ވަރިހަމަ!” މިޝާލް ރުޅިއައިސްގެން އެނދުން ތެދުވިއެވެ.

“މިޝާލް!” އަނޫޝާ މިޝާލްގެ އަތުގައި ހިފެހެއްޓިއެވެ. އެއީ އަނޫޝާ އިސްވެ މިޝާލް ގައިގައި އަތްލި ފުރަތަމަ ފަހަރެވެ.

މިޝާލް އަނޫޝާއާ ދިމާއަށް ބަލާލިއެވެ.

“އަހަރެން ބަނޑުބޮޑު…” މިޝާލްގެ މޫނަށް ބަލަން އިނދެ އަނޫޝާ ބުންޏެވެ.

މިޝާލްގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ދެލޯ ބޮޑުކޮށްލާފައި މިޝާލް އަނޫޝާއާ ދިމާއަށް ބަލަން ހުއްޓެވެ.

އެގޮތުގައި ދިޔަ ދެމިނަޓެއްހާއިރު ތެރޭ އެޚަބަރަކީ މިޝާލްއަށް އުފާވެރި ޚަބަރަކަށް ވޭތޯ ހިތާހިތުން އެތައް ފަހަރަކު އަނޫޝާއަށް ދުޢާ ކުރެވުނެވެ. އެއީ މިޝާލް ހިތްހަމަ ނުޖެހޭ ކަމެއް ނަމަ އޭނަ ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. މިވީހާ ތަނަށް މިޝާލް އަނޫޝާއާ ދިމާއަށް ކީ ކޮންމެ އެއްޗެއް އަޑުއަހާ، މިޝާލްގެ ކޮންމެ އަނިޔާއަކަށް ކެތްކުރި ނަމަވެސް ލިބެން އުޅޭ ދަރިފުޅަށް ގެއްލުމެއް ވެދާނެ ފަދަ ކަމަކަށް އަނޫޝާއަކަށް ކެތެއް ނުކުރެވޭނެއެވެ.

މިޝާލްގެ ފަރާތުން އެއްވެސް އެދެވޭ ހަރަކާތެއް ނުފެނުމުން އަނޫޝާގެ ލޮލުން ކަރުނަ އައެވެ. މިޝާލްގެ އަތުން ދޫކޮށްލާފައި އަނޫޝާ އިސްޖަހާލަމުން ލޯފޮހެލިއެވެ.

އިވުނު އަޑާ މެދު މިޝާލްއަށް ޝައްކުވިއެވެ. އެއަޑު އަހާފައި ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ބުނަންވީ އެއްޗެއް ނޭނގުނެވެ. ހަދަންވީ ގޮތެއް ނުވިސްނުނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފުންއަސަރު 22

Next

ހާދަހާވޭ ކުރާހިތް ސަމާސާ 11 ވަނަ ބައި

Next
April 7, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 11 ވަނަ ބައި

Previews
April 7, 2016

ފުންއަސަރު 22

34 Comments!

  1. aff says:
    April 7, 2016 at 6:11 pm

    alhey .. mishal ah anu dheke loabi vevuny thwhche .. story vrh habbu

  2. aff says:
    April 7, 2016 at 6:13 pm

    m first dhw .. yey

  3. lyn says:
    April 7, 2016 at 6:26 pm

    Story hama vvvvv salhi…nd plzzz anu nd mishal ngey gulhuvaany..eyna anu dheke love varn vashaifi…nd knme myhaka vx second chance eh liben varne.. 🙂

    1. SoMeOnE says:
      April 8, 2016 at 7:49 pm

      e dhogeh zihaan aa anu aa gulhuvaanee plxx
      second cance eh libigen nuvaane :p
      mee lyn dheke rulhin bunaa ehcheh nun
      story reethi vaanee anu aa zihaan aa gulhuveema hen heevaathi mihen mibunee

  4. Shaai says:
    April 7, 2016 at 6:28 pm

    Vvvvvvvvv rythi Inge

  5. thoo says:
    April 7, 2016 at 6:41 pm

    Marsha vaahaka salhi.

  6. anee says:
    April 7, 2016 at 6:46 pm

    Shamha e gulhany preg vgn evaahaka bunan dhw.. ehn vehjeyya salhi vaane..
    V reethi mi part vx ❤❤❤❤❤❤

    1. ken? says:
      April 7, 2016 at 9:48 pm

      i also thought de same…story vv habeyss…its really interesting..
      good luck marsshh…???

  7. Aisha says:
    April 7, 2016 at 7:23 pm

    Dhnnnnnn alhe enme reethi hisaabun e ninmaaly ?❤️❤️❤️❤️Waiting for next part

  8. seym says:
    April 7, 2016 at 7:45 pm

    mi vaahaka nulibeynetha gannaakah? maasha ge v gina vaahaka hure eh nu gannan liben.

  9. pretty says:
    April 7, 2016 at 8:25 pm

    Alhey..enme reethi hisaabun ninmaalytha?? Haadha salhiey marshaage vaahaka. Keep it up IN SHAA ALLAH….nxt prt avahah up kohdhejchey..

  10. Kaira says:
    April 7, 2016 at 9:13 pm

    ? dhen othee Friday Saturday de means hve to wait till Sunday…..
    Anyway story varau awesome in gey Mar ?

  11. ken? says:
    April 7, 2016 at 9:42 pm

    i guess miulhey nia gandu nooree ah ves fanditha ri kaandheefa hurihen…otherwise he ll not behave rudely wit latha…hhhmmmm..something is really fishy here…

    1. Aisha says:
      April 9, 2016 at 7:04 pm

      L think nubai story akah thiothi comment kurevifa… This is nt funasaru….

  12. ken? says:
    April 7, 2016 at 9:46 pm

    ahahhahaha….sowreee marsha i was tryn to comment on ” fun asaru” but somehw my 4n got stucked n de comment came to here…??

  13. aleena says:
    April 7, 2016 at 10:07 pm

    Alhey waiting waiting nxt part ah..

  14. Xeeniya Ahmed says:
    April 7, 2016 at 10:11 pm

    Komme meehaku vs maru v ma dhen konhaa thahugeegeh tha. Maru vumuge kurin ragalhu faruvaa eh dhevey tho beliyya maa ragalheh nu.

  15. Aeyesha says:
    April 7, 2016 at 10:12 pm

    stry hama vrh habeyss marsha ……… keep it up 🙂

  16. mary says:
    April 8, 2016 at 6:24 am

    Salhi

  17. zeee says:
    April 8, 2016 at 8:19 am

    reethi reethi vaahaka kiyaalaahitun miharru mihiry keymadhu vefa 🙂

  18. Mary says:
    April 8, 2016 at 9:37 am

    Anu a mishal nugulhuwachey….
    Zihan wany anu dheke thedhuweri loabi

  19. maree says:
    April 8, 2016 at 7:16 pm

    Dhen kon dhuvahakun mivaahaka upload kuraany? Mihaaru dhen oeh bai kiyaahithun hurevenyky nun….

  20. maree says:
    April 8, 2016 at 7:20 pm

    Alhe friday n saturday ga upload nukuraanetha mivaahakaeh? Knmx kuhjaku bunedhybela….. Plxx

  21. amsoo says:
    April 9, 2016 at 11:28 am

    Varah salhi vaahaka ah

  22. Fathun says:
    April 9, 2016 at 1:54 pm

    Waiting for the next part

  23. beeeee says:
    April 9, 2016 at 5:51 pm

    :p 🙂 🙁

    1. beeeee says:
      April 9, 2016 at 5:53 pm

      😛

  24. beeeee says:
    April 9, 2016 at 5:53 pm

    😀

    1. beeeee says:
      April 9, 2016 at 5:56 pm

      :O :L EVERY EXPRESIONS ARE IN THIS STORY O LOVED IT

  25. Aisha says:
    April 9, 2016 at 7:07 pm

    Marshaa kba hey part 16… Mioh mihaaru inthizaaru koh koh moya vaan kaari vany avahah up koh bala…

  26. xenn says:
    April 9, 2016 at 7:24 pm

    Mi vahaka rythi vaany dhen mishal r anu gulhunyma..aniyaa koh kohfa fahun anu dheke maa lobin mishal ulhunyma varh salhi vaane edhemyhun ge character…avahah up koh dhyba

    1. eeeek says:
      April 10, 2016 at 1:56 pm

      no way. eirun hadi… it would be much better if anu get her first love. since her first love is zihaan so she should get him… once you get in love with someone you will know that feeels, its something magic. i remember how i felt when my first love left me .. anyways nice story.. 🙂

  27. Mar Sha Marsha says:
    April 10, 2016 at 3:33 pm

    Heyyy thnx every one… miadhu haveeru around 5 ga part 16 up kohdheynan.. Insha Allah.. happy that u ppl like thisssss…
    For seym.. marsha ge only 2 books gannan libeyny.. ithubaaru gelluvaa nulaa (published as ithubaaru nagaa nulaa in books) n vakivee asaraa manzar.. no other book.. sorry
    Inthizaaru kuri kudhinnnnn marsha bunymennu fri sat ga up nukuraane vaahaka dho!!! Only on weekdays..

  28. SoMeOnE says:
    April 10, 2016 at 5:31 pm

    mi storyga kitheh part innany

Comments are closed.


All Right Reserved!