Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 14

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
July 18, 2019 9 Mins Read
75 Comments

މައިހާ ވިސްނާލިއެވެ. ދުވަސްކޮޅަކަށް ނަމަވެސް އަޔާޒްއާ ކައިރީގައި އުޅެލަން ލިބުނު ފުރުސަތުގެ ބޭނުން ކުރަން ނިންމީ ކުއްލިއަކަށެވެ.

ދޭއް ޖެހި އިރުވެސް ނުނިދިފައި އޮތް ނަދާއަށް ގޭގެ ދޮރު ހުޅުވާލި އަޑު އޮވުނެވެ. އަޔާޒް ބޭރަށް ގޮސްފައި އައީއޭ ހިތަށް އެރުމުން ނަދާއަށް ހަމަޖެހިލުމުގެ ނޭވައެއް ލެވުނެވެ. އަނެއްކާވެސް ލޯ މަރާލަމުން ނަދާ އަނެއް ފަރާތަށް އެނބުރުނެވެ. އިރުކޮޅަކު އެހެން އޮވެފައި ނަދާ ކުއްލިއަކަށް ލޯ ހުޅުވާލީ އަޔާޒް ވާހަކަ ދައްކާ އަޑު އިވިގެންނެވެ. އެ ވަގުތު އަޔާޒް ވާހަކަ ދައްކަނީ ކާކާ ބާއޭ ހިތަށް އެރުމާ އެކު ޖަވާބުވެސް އައީ ހިތުންނެވެ. އަޔާޒް ވާހަކަ އެ ދައްކަނީ ފޯނުންނެވެ. ލޯ މަރާލާފައި އިރުކޮޅެއް ނުވެ އަނެއްކާވެސް ނަދާ ލޯ ހުޅުވާލުމާއެކު ތެދުވެ އިށީނެވެ. އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ.

ޔަގީން ނުވެފައި އިން ނަދާ އެނދުން ތެދުވެގެން ކޮޓަރީގެ ދޮރު ކައިރިއަށް އައިސް ހުއްޓުނީ އަންހެން ކުއްޖަކާ އަޔާޒް ވާހަކަ ދައްކާ ކަން ޔަގީން ވުމުންނެވެ.

“މައި މި ގޭގަ ހުރެގެން އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ، ނަދާއަކަށްވެސް އެއްޗެއް ނުބުނެވޭނެ” އަޔާޒް ބުނި އަޑު އިވުނެވެ.

ގަބޫލު ނުކުރެވިފައި ނަދާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.

އަޔާޒް އެއައީ މައިހާ ގޮވައިގެން ހެއްޔެވެ؟ އެއޮއް ދަންވަރުގައި އަޔާޒްއާ އެކީ މައިހާ އައީ ހެއްޔެވެ؟ އަޔާޒްއާ އެކީގައި އެ ގެޔަށް އަންނަން މައިހާއަށް ކެރުނު ހެއްޔެވެ؟ ނަދާ އުޅޭ ގެޔަށް މައިހާ ގެންނަން އަޔާޒްއަށް ކެރުނު ހެއްޔެވެ؟

އަޔާޒް އެ ކުރި ކަމަކުންވެސް އަޔާޒްގެ ހިތުގައި ނަދާއާ މެދު ވާ އެއްޗެއް ނަދާއަށް ކުރިއަށް ވުރެ ބޮޑަށް ސާފު ވެގެން ދިޔައެވެ.

އާތިފްގެ އެދުމަށް އަޔާޒް ނަދާއާ ކައިވެނި ކުރުމުން، އަދި އެއަށް ފަހު މައިހާއާ ވަކިވާން ޖެހުނީ ނަދާގެ ސަބަބުންނޭ ބުނެ އަޔާޒް ނަދާއާ ދިމާއަށް އެއްޗހި ކިޔާފައި ވާތީ، ނަދާއަށް ހީކުރެވުނީ އަޔާޒްއާ މައިހާގެ މެދުގައި އޮތް ގުޅުން އަޔާޒް ކަނޑާލީ ކަމަށެވެ. ނަމަވެސް އެ ގުޅުން ނުކެނޑެނީ ތާއެވެ. އެހެން ނޫން ނަމަ އަޔާޒްއާ އެކު އެ ގަޑީގައި މައިހާ އެ ގެޔަކަށް ނާންނާނެއެވެ.

ވީ އިރު އަޔާޒް އެ އުޅެނީ ނަދާގެ ކުރިމަތީގައި މައިހާ ގެންގުޅެން ހެއްޔެވެ؟ އެ ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި ނަދާއަށް ދައްކަން ހެއްޔެވެ؟

“އެކަމަކު… ނަދާ ހީކުރާނީ ކީކޭ؟” މައިހާ އެހި އަޑު އިވުނެވެ.

“ނަދާ ކޮންމެ އެއްޗެއް ހީކުރިޔަސް މައި ހުންނާނީ މި ގޭގަ” އަޔާޒް ޖަވާބު ދިނެވެ.

“އަޔާ… އެހާ ރަނގަޅު ކަމެއް ނޫނޭ މީކީ” މައިހާ އަނެއްކާވެސް ބުނި އަޑު އިވުނެވެ.

“ކޮންމެ ކަމަކީ ރަނގަޅު ކަމަކަށް ވާކަށް ނުޖެހޭ، އެހެން ނަމަ އަހަންނަށް ނަދާއާ އިންނާކަށްވެސް ނުޖެހުނީސް، އެއީ ރަނގަޅު ކަމެއްތަ؟” އަޔާޒް ޖަވާބުގައި ރުންކުރު ގޮތަކަށް ބުންޏެވެ.

ނަދާއަށް ފުދޭ ވަރަށް އަޑު އެހިއްޖެއެވެ. އިތުރަށް އަޑު އަހާކަށް ނަދާ ބޭނުމެއް ނޫނެވެ. އެނބުރި ގޮސް ނަދާ އެނދުގައި އޮށޯވެ ބާލީހުން މޫނު ފޮރުވާލިއެވެ. ދެރަވި ނަމަވެސް އިތުރަށް ރޯކަށް ނަދާ ބޭނުމެއް ނޫނެވެ. ލޯ މަރާ ބާރުކޮށްލަމުން ނަދާ ތުންފަތުގައި ބާރަށް ދަތް އަޅާލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމާއެކު ނަދާ ބާލީސް އިތުރަށް ބާރުކޮށްލިއެވެ. އަޔާޒް މައިހާއަށް ފާހާނާ ދައްކާފައި ނިކުތެވެ. މައިހާ ފާހާނާއިން ނިމިގެން ކޮޓަރިން ނިކުތުމުން އަޔާޒް ވަދެ އެނދުން ބާލީހަކާ ރަޖާ ނަގައިގެން ނިކުތެވެ.

“މި ސޯފާގަ ވަރަށް ފަސޭހަ ވާނެ ނިދާލަން. މައިގެ ކުޑަކުޑަ ބޮޑީއަށް މިތަން އޯކޭ ވާނެ. ދެން ނިދާލާ” ދޮރު ނުލައްޕާ ހުރުމުން އަޔާޒް ބުނި އަޑު ނަދާއަށް އިވުނެވެ.

“ތޭންކްސް އަޔާ… ގުޑް ނައިޓް” މައިހާ ބުންޏެވެ.

އަޔާޒް ބޯ ޖަހާލާފައި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އިރުކޮޅަކު ހުރެފައި ފާހާނާއަށް ވަދެ ފެން ވަރައިގެން ނިކުމެ ކޮޓަރީގައި ހުރި ސޯފާގައި އަޔާޒް އޮށޯތެވެ.

އެރޭ ނަދާ އެންމެ އިރުކޮޅަކުވެސް ނުނިދައެވެ. ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ނަދާ ތެދުވެގެން ގޮސް ނަމާދު ކުރަން ތައްޔާރު ވިއެވެ. އަޔާޒް ތެދުވީ ނަދާ ނަމާދަށް އިންދައެވެ. ނަދާ ނަމާދު ކޮށް ނިމިގެންވެސް އެނދުގައި އަލުން އިށީނީ ބޭރަށް ނިކުންނަން ބޭނުން ނުވާތީއެވެ. އަޔާޒް ނިމިގެން ކޮޓަރިން ނިކުތުމުން މައިހާ ވަނެވެ. އަޔާޒް ނިކުމެ މައިހާއަށް ގޮވީ ކަމެއް، ނޫނީ އޭރުވެސް މައިހާ ހޭލާ އިނީ ކަމެއް ނަދާއަކަށް ނޭނގެއެވެ. މައިހާ ވަނުމާ އެކު އިސްވެސް އުފުލާ ނުލާ ނަދާ އަވަސްއަވަހަށް ކޮޓަރިން ނިކުތެވެ.

ބައިގަޑިއެއްހާ އިރު ފަހުން މައިހާ ކޮޓަރިން ނިކުތް އިރު ނަދާ އުޅުނީ ސައި ހަދާށެވެ. އެ ހުރިހާ އިރު އަޔާޒް އިނީ ފޯނާ ކުޅެން ސިޓިންގރޫމް ސޯފާގައެވެ. ރޭގައި އެ ދެމެދުގައި ވީ ކަންތައް އަޔާޒްއާ ނަދާގެ ހިތުގައި ވީ ނަމަވެސް މައިހާ އެގޭގައި ހުރުމުން، ރޭގެ ކަންތަކަށް ވުރެ ބޮޑަށް ދެމީހުންގެ ހިތުގައިވެސް ވީ އެކަމެވެ.

މައިހާ އައިސް އަޔާޒް އިން ސޯފާގެ އަނެއް ކޮޅުގައި އިށީނެވެ. އަޔާޒްއާ ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހީލިއެވެ. ވާހަކަ ދައްކަން އެކަކުވެސް ނޫޅެއެވެ.

ނަދާ ކާމޭޒު ތައްޔާރު ކުރަން ނިކުތުމުން އަޔާޒް ގޮވާލިއެވެ. ނަދާ ހުއްޓުނު ނަމަވެސް އިސް އުފުލާ ބަލައެއް ނުލައެވެ.

“މީ މައިހާ، ދުވަސްކޮޅެއް ވަންދެން މައި ހުންނާނީ މި ގޭގަ” އަޔާޒް ބުންޏެވެ. ނަދާ އެއްޗެއް ނުބުނެ އަނެއްކާވެސް ބަދިގެއަށް ވަނެވެ. އަޔާޒް ދޭ އިތުރު ތަފްސީލެއް އަޑު އަހަން ބޭނުން ނުވާތީއެވެ.

މައިހާ ނަދާއަށް ބަލާލިއެވެ. އެއާއެކު ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން އައެވެ. މައިހާގެ ހިތުގައި، އަދިވެސް ކޮންމެވެސް ދުވަހަކުން އަޔާޒްއާ މައިހާ ގުޅޭނެ ކަމުގެ އުންމީދު ވެއެވެ. ނަމަވެސް އެ ވަގުތު ނަދާ ފެނުމުން އެ އުންމީދުގެ ހުޅުކޮޅު ފަނޑުވެގެން ދިޔައީ ނަދާގެ ރީތކަން ފެނިފައެވެ. އެހާ ރީތި އަންހެން ކުއްޖަކަށް އަޔާޒްގެ ހިތް އަނބުރާލަން އުނދަގޫ ނުވާނެކަން މައިހާއަށް އެނގެއެވެ. އަދި އަމްދުން އެއީ އަޔާޒްގެ އަންހެނުންނެވެ. އަޔާޒްގެ ހިތް ނަދާގެ މައްޗަށް ލަންބުވާލުމަށް ބޭނުން ކުރާނެ އެތައް ފުރުސަތެއް ނަދާއަށް ލިބޭނެއެވެ. މައިހާއަކީ ނަދާ ނަމަ، އެ ކައިވެންނަށް ހަތް މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާ އިރު އެ ފަދަ އެތައް ފުރުސަތެއްގެ ބޭނުން މިހާރު ކޮށްފީހެވެ.

މައިހާއަށް އަޔާޒްއާ ދިމާއަށް ބަލާލެވުނެވެ. ނަދާއާ އަޔާޒްގެ މެދުގައި، ދެމަފިރިންގެ ދެމެދުގައި ވާ ފަދަ ގުޅުމެއް ނުވާކަން މައިހާއަށް ޔަގީންވިއެވެ. ނަމަވެސް ނަދާ އެ ގުޅުން ބަދަލު ކުރަން ބޭނުން ވެއްޖެ ނަމަ އަޔާޒްއަށް ދެކޮޅު ހެދޭނެ ހެއްޔެވެ؟ މަޖުބޫރަކުން ނަދާއާ ކައިވެނި ކުރަން ޖެހުނީތީ ނަދާ ދެކެ ރުޅިއައިސްފައި ހުރި ނަމަވެސް ނަދާ ބޭނުން ވެގެން އަޔާޒް ހޯދަން މަސައްކަތް ކުރަން ފަށައިފި ނަމަ އަޔާޒްއަށް ދެކޮޅު ހެދޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

ހަސަދަވެރިކަމާ، ވާދަވެރިކަމުގެ އޮއެވަރެއް މައިހާގެ ހިތުގައި ނަދާއާ މެދު ހިނގާލިއެވެ. މައިހާ އަދި އެހާ ފަސޭހައިން އަޔާޒް ދޫކޮށްނުލާނެއެވެ. އަޔާޒްވެސް މައިހާ ދޫކޮށްލަން ގަސްތު ކުރާ ނަމަ، އަޔާޒްގެ އަންހެނުންގެ ކުރިމައްޗަށް މައިހާ ނުގެންނާނެއެވެ. އަޔާޒްގެ ހިތުގައި ނަދާއާ މެދު އެ ފަދަ އިހުސާސެއް ކުޑަކޮށްވެސް ވާނަމަ ނަދާއާ މެދު އަޔާޒްގެ ވާހަކަ އެހާ ފަރުވާ ކުޑަ ގޮތަކަށް ނުހުރީއެވެ.

އަޔާޒް ކޮޓަރިއަށް ވަދެ ފެން ވަރައިގެން އޮފީހަށް ދާން ތައްޔާރު ވެގެން ނިކުމެ ސައިބޯން އިށީންނަން ދެންވެސް މައިހާ އިނީ ސިޓިންގރޫމްގައެވެ. އެ ހުރިހާ އިރު ނަދާ ހުރީ ބެލްކަނީގައެވެ. އަޔާޒް ސައިބޯން އިށީނުމުން ނަދާ ބަދިގެއަށް ވަދެ އަޔާޒްއަށާ މައިހާއަށް ސައި ހެދިއެވެ. މައިހާއަށް ސައިބޯން ގޮވީ އަޔާޒްއެވެ. ނަމަވެސް ސައި ބޯނީ ފަހުން ކަމަށް ބުނެ މައިހާ އިނީއެވެ. އަޔާޒް އޮފީހަށް ދާން ނިކުންނަމުން މައިހާ ގާތު ދަނީއޭ ބުނެލި އަޑު ނަދާ އެހިއެވެ. ހިތަށް ތަދުވެލި ނަމަވެސް، މޭޒުމަތިން ތަށިތައް ނަގަން ހުރި ނަދާ، އެއްވެސް އަސަރެއް މޫނުމަތިން ނުދައްކައެވެ.

މައިހާ ސައި ބުއީ ނުވައެއް ޖަހަން އުޅެނިކޮށެވެ. ސައި ބޯން އިށީންނަމުން މައިހާ ނަދާއަށްވެސް ގޮވިއެވެ. ނަމަވެސް ނޫނެކޭ ބުނެފައި ކޮފީ ތައްޓެއް ގިރައިގެން ނަދާ ނިކުތީ ބެލްކަންޏަށެވެ.

ޖޯލީގައި ކޮފީ ބޯން އޮތް އިރު ނަދާ ވިސްނަމުން ދިޔައީ މައިހާއާ މެދުއެވެ. އަޔާޒްގެ މައިހާ އަކީ އެއީއެވެ. އަޔާޒްގެ ހިތް ދެވިފައި ވަނީ ރީތި އަންހެން ކުއްޖަކަށެވެ. ނަދާއަށް ވުރެ ޒަމާނީ ވެފައި ފަހުގެ ފެޝަންތަކަށް ލޯބި ކުރާ ކުއްޖެއް ކަން، ލާފައި ހުރި ހެދުމުންވެސް އެނގެއެވެ. ގަޔަށް ހިފާފައި ހުރި ފިޔާތޮށި ކުލައިގެ ދިގު ޓީޝާޓަކާ އެކު ގަދަ އަޅި ކުލައިގެ، ކަށިމައްޗާ ހަމައަށް ހުރި ޓައިޓެއް ލައިގެން ހުރި އިރު ހަށިގަނޑުގެ ބައްޓަން އެނގެން ހުއްޓެވެ. ބޮލުގެ މެދަށް މައްޗަށް އައްސާފައި އޮތް ބުޅި އިސްތަށިގަނޑު އޮތީ ގަދަ ޗޮކްލެޓް ކުލަ ޖައްސާފައި، ތަންތަންކޮޅުން ރަންކުލައިން ފަވާލާފައެވެ. ގޭތެރޭގައި ހުރި އިރުވެސް ތުންފަތުގައި ހުރީ ފިޔާތޮށި ކުލަ ޖައްސާފައެވެ. ގައިގެ ކުލަ ދޮންވެފައި ހަށިގަނޑުގެ ބައްޓަން ރީއްޗެވެ. ވީ އިރު އަޔާޒް ހިތާ ފުރާނައިން މައިހާ ދެކެ ލޯބި ނުވާނީ ކީއްވެ ހެއްޔެވެ؟

އަމިއްލަ ހަށިގަނޑާ މެދު ނަދާއަށް ވިސްނާލެވުނެވެ. އެއްވެސް ބުޅިއެއް ނެތް އާދައިގެ ފަން، ދިގު، ކަޅު އިސްތަށިގަނޑެކެވެ. އިސްކޮޅުން ޔަގީނުންވެސް މައިހާއަށް ވުރެ ތިން ހަތަރު އިންޗި ކުރު ވާނެއެވެ. ހަމުގެ ކުލަ ދޮން ނަމަވެސް މައިހާ އާ އެއްވަރެއް ނޫނެވެ. ނަދާއަކީ އަބަދުވެސް ހިކި އަންހެން ކުއްޖެކެވެ. ހަށިގަނޑުގެ ބައްޓަން ފާޅު ވާ ކަހަލަ އެއްޗެހި ލާ ހިތް ނުވާތީ، ނަދާ އަބަދުވެސް ހެދުން ލަނީ ދޫކޮށެވެ. ގިނައިން ލަނީ ކުރުތާ ފަދަ ހެދުމާ، ދިގު ގަމީހެވެ. ޚާއްސަ ކަމެއް ނުވަތަ ހަފްލާއަކަށް ދާން ޖެހިއްޖެ ނަމަ ދިގުކޮށް ހުންނަ ހެދުން ލައެވެ. ތިރިން ލަނީ ދޫކޮށް ހުންނަ ޖީންސެވެ. ގޭތެރޭގައި ލައިގެން އުޅެވެނީ ދޫކޮށް، ބޮޑެތިކޮށް ހުންނަ ހަރުވާޅެވެ. މޭކްއަޕް ކުރުމަކީ ނަދާ ފޫހިވާ ކަމަކަށް ވާތީ އެ ކަހަލަ އެއްވެސް އެއްޗެއް ނަދާ ނުވެސް ގެންގުޅެއެވެ. ބޭރަށް ނިކުންނަ ފަހަރެއްގައި ތުންފަތުގައި، މަޑު ކުލައެއްގެ ލިޕްބާމެއް ޖައްސާލުން ފިޔަވާ އެހެން ކަމެއް ކުރާ ހިތެއް ނުވެއެވެ.

މައިހާ ފަދަ ކުއްޖަކާ އެކު ދިރިއުޅުމެއް ފަށަން ބޭނުން ވާ މީހަކު، ނަދާއާ ދިމާއަށް އެ ފަދަ ނަޒަރަކުން ބަލާވެސް ނުލާނެއެވެ. އަދި އަމްދުން ނަދާއަކީ ކުޑަ އިރުން ފެށިގެންވެސް އަޔާޒްއަށް ފެންނަމުން އަންނަ އަންހެން ކުއްޖެކެވެ. ދުވަހަކުވެސް އަޔާޒްގެ ހިތުގައި ނަދާއަށް ޓަކާ އެ ފަދަ ޚިޔާލެއް ނުކުރެވޭނެއެވެ.

އަޔާޒްއާ މައިހާގެ ގުޅުމަށް ތިން އަހަރު ވީ އިރު، އެތައް ފަހަރެއްގެ މަތިން މައިހާއާ ބައްދަލު ކޮށްދިނުމަށް އަޔާޒް ކައިރީ ނަދާ އެދުނެވެ. އެންމެ ފަހުން މައިހާއާ ބައްދަލު ވުމުން ނަދާއަށް މައިހާގެ ފަރާތުން އެދެވޭ ސިފައެއް ނުފެނުނެވެ. މައިހާއާ މެދު ނަދާގެ ހިތުގައި އުފެދުނީ ފާޑެއްގެ ފޫއްސެކެވެ.

މެންދުރު ކައްކަން ބަދިގެއަށް ވަންނަން ދެން ނަދާ އިނީ ބެލްކަނީގައެވެ. މައިހާއާ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. އޭރުވެސް މައިހާ އިނީ ސިޓިންގރޫމްގައެވެ. ކައްކާ ނިންމާފައި ނަދާ ފެން ވަރަން ވަނެވެ. ބާރަ ޖަހާ ދިހަ ވަރަކަށް މިނަޓް ވާ އިރަށް އަޔާޒް ކާން އަންނާނެތީ ނަދާ ނިކުތީ ނަމާދު ނުކޮށެވެ. ނަމަވެސް އޭރު މައިހާ އުޅެނީ ކާން ހަދާށެވެ. އަޔާޒްވެސް ގެޔަށް ވަނީ އެ ވަގުތުއެވެ.

މައިހާ ފެނުމުން ހީލާފައި އަޔާޒް ފުރަތަމަ ވަނީ ކޮޓަރިއަށެވެ. ހިތް ހަމަ ނުޖެހުމާއެކު މައިހާއަށް ބަލާލާފައި ނަދާ ދެންވެސް ނިކުތީ ބެލްކަންޏަށެވެ. ޖޯއްޔަށް އަވި އަރާފައި އޮތް ނަމަވެސް ނަދާ އެތާ އޮށޯތެވެ. އަޔާޒް ނަމާދު ކޮށްގެން ނިކުމެ ކާން އައުމުން މައިހާވެސް ކާން އިށީނެވެ. ދެ މީހުން ވާހަކަ ދައްކާ އަޑު ކޮންމެވެސް ނަދާއަށް އިވުނު ނަމަވެސް ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. އެ އަޑު އަހަން ބޭނުން ނުވާތީ ނަދާ ފޯނުން ލަވައެއް ޖަހާލަމުން ހެޑްސެޓް ކަންފަތުގައި ޖަހާލިއެވެ.

“ބައްޕަ ނުވެސް ގުޅާތަ؟” ކާން ފަށާފައި އަޔާޒް އެހިއެވެ.

“އެއަށް ވުރެ މާ ރުޅި އައިސްފަ ބައްޕަ ހުންނާނީ، އަހަރެން ބުނާ އެއްޗަކަށް ވުރެ ބައްޕައަށް ގަބޫލު ކުރަން މާ ފަސޭހަ ވާނެ ދައްތަ ދައްކާ ވާހަކަ. ދެން ކީއްކުރަން އަހަރެން ނެތަސް ބައްޕަ ގުޅަން ވީ؟” ހިތްހަމަ ނުޖެހިފައި މައިހާ ބުންޏެވެ.

“މައި ބޭނުން ދުވަހެއް ވަންދެން މި ގޭގަ ހުރެވޭނެ. މައި ބޭނުމިއްޔާ ގެޔަށް ދާން ވީ، އެކަމަކު އެކަހަލަ ރޫމެއްގަ އެކަނި ހުންނާކަށް ނުދެވޭނެ” އަޔާޒް ބުންޏެވެ.

“ހީވަނީ އަޔާއަށް އަހަރެންގެ މައްޗަށް ތިހެން އަމުރު ހިންގާނެ ބާރެއް ލިބުނު ހެން” މައިހާގެ އަޑުގައި ސަމާސާ ގޮތެއް އެކުލެވިގެން ދިޔައެވެ.

“މައިގެ މައްޗަށް ބާރެއް ނުހިނގިޔަސް އަހަރެން ރުހޭ، ނޫނީ ނުރުހޭ ކަމެއްގެ ވާހަކަ ބުނެވިދާނެއެއްނު؟” އަޔާޒް ވެސް ބުނެލީ ސަމާސާ ރާގެއްގައެވެ.

“އިހަށް ހުރެލާނީ ދޯ؟ އަޔާގެ ލައިފް ދާ ގޮތްވެސް އޭރުންނެއްނު ބަލާލެވޭނީ” މައިހާ ބުނެލިއެވެ.

“ބަލާނެ އެއްވެސް ކަމެއް އޮތް ނަމައެއްނު؟” އަޔާޒް އެހެން ބުނެލި އިރު ރޭގެ ކަންތައް ހަނދާނަށް އައެވެ. އިޚްތިޔާރަކާ ނުލާ ދެ ފަރާތަށް ބަލާލެވުނީ ނަދާ ފެންނަން ނެތުމުންނެވެ.

“ބެލްކަނީގަ” އަޔާޒްއަށް ބަލަން އިން މައިހާ ބުނެލިއެވެ.

އިތުރު އެއްޗެއް ނުބުނެ ކައި ނިންމައިގެން އަޔާޒް ތެދުވިއެވެ. އަދި ގިނަ އިރު މަޑު ނުކޮށް އޮފީހަށް ދިޔައެވެ.

ނަދާ ނަމާދު ކުރަން ކޮޓަރިއަށް ވަނީ އަޔާޒް ދިޔުމުންނެވެ. ދެން އިނީ ކޮޓަރީގައެވެ. ތިނެއް ޖަހަން އުޅެނިކޮށް މައިހާ ދޮރުގައި ޓަކި ޖަހަލާފައި ވަނެވެ.

“ޑިޔުޓީއަށް ދާން ފެން ވަރާލަން…” އަތުގައި އޮތް ޔުނީފޯމް ދައްކާލަމުން މައިހާ ބުންޏެވެ.

ހަމަ އެކަނި ބޯ ޖަހާލާފައި ނަދާ ކޮޓަރިން ނިކުތެވެ.

މައިހާ ފެން ވަރައިގެން ތައްޔާރުވެގެން ދިޔުމުން ނަދާ ކޮޓަރިއަށް ވަދެ އަސުރު ނަމާދުކޮށްލިއެވެ. ބޭރަށް ނިކުމެފައި ޓީވީވެސް ބަލާ ހިތް ނުވެފައި އިނދެވުނީ، އަޔާޒް މައިހާ އެގެޔަށް ގެނައި ސަބަބަކާ މެދު ވިސްނާށެވެ.

މައިހާއަކީ ނަރުހެއް ކަން ނަދާއަށް އެނގުނީ އެ ދުވަހުއެވެ. ކިޔަވައިގެން ވަޒީފާއަށްވެސް ދާ ކުއްޖެކެވެ. ނަދާގެ ހިތުގައި އޮތް ފޫހިކަން ހައްތަހާ ބޮޑުވިއެވެ. އެ ކަމާ ވިސްނަން ބޭނުން ނުވެފައި އިނދެ ނަދާ، ހުދާއަށް ފޯން ކޮށްލިއެވެ. ފަނަރަ ވަރަކަށް މިނަޓް ވާހަކަ ދައްކާލެވުމުން ނަދާގެ މޫޑް ކޮންމެވެސް ވަރަކަށް ރަނގަޅު ވިއެވެ.

ހަވީރު އަޔާޒް އައުމުން ނަދާ ކޮފީއާ ސޭންޑްވިޗް ހަދާފައި ބެހެއްޓުމުން ސައި ބޮއެގެން އަޔާޒް ޓީވީ ހުޅުވައިގެން އިނެވެ. ނަދާ ވަނީ ކޮޓަރިއަށެވެ.

ހަފްތާއެއް ފަހުން ހީނާއާ ޝިމާއުގެ ކައިވެންޏަށް ނަދާއާއެކު އަޔާޒް ދިޔައެވެ. އެރޭ ދެ މީހުން ޕާޓީގައި ލަސް ވަންދެން ތިބި ނަމަވެސް ތިބީ ވަކިންނެވެ. ނަދާއާ އަސްނާއާ ނައުޝީން އެކީގައި ޕާޓީގެ އެކި ކަންކަމުގައި އުޅުނު އިރު އަޔާޒް އުޅުނީ ހާޒިމްއާ ނާސިފްއާ އެކީގައެވެ.

ދެ ހަފްތާ ވެގެން ދިޔަ އިރު، އެއް ފަހަރުވެސް އަޔާޒް ހުންނަ ތަނެއްގައި މިނަޓެއް ވަންދެންވެސް ނަދާ ނުހުރެއެވެ. މައިހާ ހުންނަ ތަނެއްގައިވެސް ނަދާ ނުހުރެއެވެ. ނަދާ ބެލީ އެއްވެސް ގޮތަކަށް އަޔާޒްއަށް ނުފެނި އުޅެވޭތޯއެވެ.

ނަދާއާ މެދު އަޔާޒްގެ ވިސްނުން ބަދަލުކޮށް، އެ ހިތް ނަދާގެ މައްޗަށް ލަންބުވާލުމަށް ނަދާ އެއްވެސް މަސައްކަތެއް ނުކުރާނެ ކަން، ހަފްތާއެއް ވީ އިރު މައިހާއަށް ޔަގީން ވިއެވެ. ނަދާ ދެކެ ފޫހި ވާން ބޭނުން ވި ނަމަވެސް، ނަދާ އެއީ އަޔާޒްގެ އަނބިމީހާއަށް ވީތީ އެކަމާ ހަސަދަވެރި ވާން ބޭނުން ވި ނަމަވެސް މައިހާގެ ހިތުގައި ނަދާއާ މެދު އެ ފަދަ އިހުސާސެއް ނުއުފެދުނެވެ. ނަދާއަކީ މީހަކު ފޫހިވެ ރުޅީ އަންނަ ފަދަ ސިފަތަކެއް ލިބިފައި ނުވާ އަނެހެން ކުއްޖެއްކަން ދެނެގަންނާކަށް މައިހާއަކަށް އުނދަގުލެއް ނުވިއެވެ. އެހެން ނޫނަސް، ނަދާ ދެކެ ރުޅި އަންނަން ވީ މައިހާއެއް ނޫނެވެ. މައިހާ ދެކެ ރުޅި އައިސް ހަސަދަވެރި ވާންވީ ނަދާއެވެ. ނަމަވެސް ނަދާގެ ފަރާތުން އެ ފަދަ އެއްވެސް ސިފައެއް މައިހާއަކަށް ނުފެނެއެވެ.

އެ ގޭގައި މައިހާ އުޅުނު ނަމަވެސް އެއްވެސް އުނދަގުލެއް ނަދާގެ ފަރާތުން މައިހާއަކަށް ނުވެއެވެ. އެގޭގެ އެއްވެސް މަސައްކަތެއް މައިހާއަކަށް ނަދާ ނުޖައްސައެވެ. މައިހާއާ މެދު ނަދާގެ ހިތުގައި ކިލަނބު ކަމެއް ވާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ނަދާގެ ފަރާތުން ނުފެނެއެވެ. ހަމަ އެކަނި ކަމަކަށް ފާހަގަ ކުރެވުނީ ނަދާ މައިހާއާ ވާހަކަ ނުދައްކާ ކަމެވެ. މައިހާ އިސްވެ ނަދާއާ ވާހަކަ ދައްކައިފި ނަމަ ނަދާ ޖަވާބު ދެނީ މަޑުމައިތިރިކަމާ އެކުއެވެ.

އެއީ ކޮން ކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ ނަދާ ކެތްތެރިކަން ދަސްކުރީ ކޮން ތަނަކުން ހެއްޔެވެ؟ މައިހާ ދެކެ ނަފްރަތު ކުރަން ފުރިހަމައަށް ނަދާއަށް ހައްގު އޮތް ނަމަވެސް އެ ހިތުގައި މައިހާއަށް ރުޅިވެރިކަމެއް ނުވަނީ ކީއްވެ ހެއްޔެވެ؟

ނަދާގެ މާޒީގެ ގިނަ ކަންތައްތަކެއް އަޔާޒްގެ ފަރާތުން މައިހާއަށް ވަނީ އެނގިފައެވެ. ނަދާއާ މެދު މައިހާގެ ހިތުގައި ހަމްދަރުދީ ވީ ނަމަވެސް، މައިހާއަށް އަޔާޒް ލިބެން އޮތް ކިތަންމެ ހަނި ފުރުސަތެއްވެސް ދޫކޮށްލާކަށް މައިހާ ބޭނުމެއް ނޫނެވެ. އެކަން މައިހާ ދޫކޮށްލާނީ އަޔާޒްގެ އަތްމައްޗަށެވެ. އަޔާޒް މައިހާ ބޭނުން ނަމަ، މިއަދު، ބައްޕަގެ ރުހުމާ ދެކޮޅަށް ވިޔަސް، އަދި ދެ އަނތްބަށް ވިޔަސް އަޔާޒްއާ ކައިވެނި ކުރަން މައިހާ ހުރީ ތައްޔާރަށެވެ.

އެ ގެޔަށް މައިހާ ގެނައި ނަމަވެސް، އެ ދެމެދުގައި ކުރިން އޮތް ގުޅުން އަލުން އިޔާދަ ކުރާކަށް އަޔާޒް ނޫޅެއެވެ. އެ ގެޔަށް އަޔާޒް މައިހާ ގެނައީ އެ ނިޔަތުގައެއް ނޫނެވެ. މައިހާއާ މެދު އަޔާޒް ކަންބޮޑު ވާތީ ގެނައީއެވެ. މައިހާވެސް އެ ގުޅުން ކުރިއަށް ގެންދަން ބޭނުން ވާ ކަން ދޭހަވާ ފަދަ ކަމެއް ނުކުރެއެވެ. އެ ފަދަ ވާހަކައެއްވެސް ނުދައްކައެވެ.

މައިހާ ގިނަ ފަހަރަށް ކާން އަރާފައި، ނޫނީ ސައިބޯ ގަޑީގައި ނަދާއަށް ގޮވާލައެވެ. ނަމަވެސް ނަދާ ކޮންމެ ފަހަރަކުވެސް ދެކޮޅު ހަދައެވެ. މައިހާވެސް އެކަން މާ ބޮޑު ކަމަކަށް ނަހަދައެވެ. ބައެއް ފަހަރަށް މައިހާ ބަދިގެއަށް ވަދެ ކާ ގަޑިއަށް ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލާނެއެވެ. ނަދާ ބަދިގޭގައި އުޅޭ ވަގުތު މައިހާ ކައިރި ނުވަނީ ނަދާއަށް އުނދަގޫ ވެދާނެތީއެވެ.

މައިހާއާ އަޔާޒް ކޮންމެ ރެއަކު ހެން ރޭގަނޑު ބާރަ ޖަހަން ކައިރި ވަންދެން ޓީވީ ބަލަން ބޭރުގައި ތިބެއެވެ. ދިހައެއް ޖަހާ އިރަށް ބަދިގޭގެ މަސައްކަތް ނިންމާފައި ކޮޓަރިއަށް ވަންނަ ގޮތަކަށް ނަދާ ބޭރަކަށް ނުނިކުމެއެވެ. ތަންކޮޅެއް އަވަހަށް އަޔާޒް ކޮޓަރިއަށް ވަނަސް، މައިހާ ގުޅައިގެން ނޫނީ ގޮވާލާފައި ބުނެގެން ވިޔަސް އަޔާޒް ބޭރަށް ނިކުންނާނެއެވެ. އެކަމާ ނަދާގެ ހިތަށް އުނދަގޫ ވި ނަމަވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ދެ ތިން ރެއަކު މައިހާ ގޮވައިގެން އަޔާޒް ބޭރަށް ދިޔުމުން ނަދާ އެއްޗެއް ބުނީ ހިތުގައި އޮތް ޚިޔާލެއް އަޔާޒްއާ ހިއްސާ ކޮށްލަން ބޭނުން ވީތީއެވެ.

އެއީ ހުކުރު ދުވަހެކެވެ. މައިހާގެ ހެނދުނުގެ ޑިޔުޓީ އޮތް ދުވަހެއް ކަމަށް ވުމުން އަޔާޒް އެކަނި އިނދެ ސައި ބޮއެގެން ކޮޓަރިއަށް ވަންނަން ދަނިކޮށް ނަދާ ގޮވާލިއެވެ.

“އަޔާ މައިހާއާ މެރީ ކުރަން ވީނު؟” މަޑުމަޑުން ނަދާ ބުންޏެވެ.

“ކީކޭ؟” އަޔާޒް އަހާލިއެވެ.

އަޔާޒް އެހެން އެހީ ނަދާ ބުނި އެއްޗެއް އަޑު ނީވިގެން ނޫން ކަން ނަދާއަށް އެނގެއެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް ނަދާ ބުންޏެވެ.

“ނަދާ ހީކުރީ ނަދާ ނުބުނާތީ ކަމަށްތަ އަހަރެން މައިހާއާ ނީނދެ މި ހުންނަނީ؟” އަޔާޒް އަހާލީ މަލާމާތް ކުރާ ކަހަލަ ގޮތަކަށެވެ.

“އަހަރެން ނުބުނެގެން ނޫން ކަން އެނގެއޭ، އެކަމަކު އަޔާއާ މައިހާ ބޭނުން ވަންޏާ… އަހަރެން އޯކޭ…” ބުނަން ބޭނުން ވި އެއްޗެއް ފުރިހަމަ ނުކޮށް ނަދާ ހުއްޓާލިއެވެ.

“އަހަންނާ މައިހާ ކަންތައް ކުރާ ގޮތަކާ ނަދާ ބެހޭކަށް ނުޖެހޭ، އަހަރުމެންގެ އެއްވެސް ކަމަކާ ނަދާ ކަންބޮޑު ވާނެ ކަމެއް ނެތް. ނަދާ ބޭނުން ކަންތައް ވެފައެއްނު މިއޮތީ؟ ދެން އެހެން މީހުން ކަންތައް ކުރާނެ ގޮތެއް އެހެން މީހުންނަށް ދޫކޮށްލައިގެން ނަދާ ހުރޭ، އަދި އަމްދުން މައިހާގެ އަމިއްލަ ކަންތަކާ ނަދާ ނުޖެހޭނެ ގޮތް ކިޔާކަށް” މައިހާއާ އަޔާޒްގެ ކަންކަމާ ނަދާ ބެހުނީތީ އައި ރުޅީގައި ނަދާއާ ދިމާއަށް ދެތިން ފިޔަވަޅު އަޅާލަމުން އަޔާޒް އަޑަށް ބާރު ލާފައި ބުންޏެވެ.

އެ ދުވަހުގެ ފަހުން އެ ކަމާ އެއްވެސް އެއްޗެއް ނަދާ ނުބުނެއެވެ. އަޔާޒްއާ މައިހާ ކައިވެނި ކުރުމަށް ނަދާ ބުނީ އެ ދެމީހުންގެ ދިރިއުޅުމަށް ފާޑެއް ކިޔުމުގެ ބޭނުމަކު ނޫނެވެ. މައިހާއާ އަޔާޒް ކައިވެނި ކުރަން ބޭނުން ނަމަ ނަދާގެ ފަރާތުން ނުރުހުމެއް ނެތް ކަން ބުނެދޭން ބޭނުން ވީއެވެ. ނަމަވެސް އަޔާޒްގެ ކަމަކަށް ނަދާ އެ ވަރުގެ ބަހެއް ބުނުމަށްވެސް އަޔާޒް ނުރުހޭ ނަމަ ދެވަނަ ފަހަރަކަށް ނަދާ އެ ވާހަކައެއް ނުދައްކާނެއެވެ.

މައިހާ އެ ގޭގައި ހުންނަތާ މަހެއް ވީ އިރު ހުދާއާ ރިދާ އެ ގެޔަށް އަންނަން ބޭނުން ވެގެން ދެ ފަހަރު ގުޅުމުންވެސް ނަދާ ދެކޮޅު ހެދީ، އެގޭގައި މައިހާ ހުރިކަން އެނގިގެން އެ މީހުން ސުވާލު ކޮށްފާނެތީއެވެ. ނަމަވެސް ތިން ވަނަ ފަހަރަށް ގުޅުމުން ދެކޮޅު ހަދަން ނުކެރިގެން، ޖެހިގެން އަންނަ ހުކުރު ދުވަހުން އައުމަށް ދައުވަތު ދިނީ، އެއީ މައިހާގެ ހަވީރުގެ ޑިޔުޓީ އޮންނަ ދުވަހަކަށް ވާތީއެވެ.

އެއީ އެ އެއްމަސް ދުވަސް ތެރޭ ނަދާ އަޔާޒްއާ ވާހަކަ ދެއްކި ދެވަނަ ދުވަހެވެ.

“އަޔާ… މާދަމާ ދޮންތައާ ރިދާ އަންނާނެ… ކުރިން ދެ ފަހަރަށް އަންނަން ބުނީމަވެސް އަހަރެން ނޫނެކޭ ބުނިން… އެކަމަކު ދެން ނާންނާށޭ ބުނަން ނުކެރިގެން އިއްޔެ ގުޅިމަ ބުނެފިން މާދަން އަންނަން… އެންމެ ރަނގަޅުތަ؟” ބުރާސްފަތި ދުވަހު މެންދުރު މައިހާވެސް ގޭގައި ނެތުމާ އެކީ ނަދާ އަހާލީ އަޔާޒް ކައި ނިމިގެން ކޮޓަރިއަށް ވަންނަން ދަނިކޮށެވެ.

އެ ކައިވެންޏަށް ފަހު، ފުރަތަމަ ފަހަރަށް ނަދާގެ ވާހަކައިން އަޔާޒްގެ ހިތަށް ގޮތެއް ވެގެން ދިޔައީ އެ ދުވަހުއެވެ. ނަދާގެ އަޑު އިވުމުން އަޔާޒްއަށް ބަލަހައްޓައިގެން ހުރެވުނީ، އާ ކަމެއް ފެނިގެން ބަލާ މީހެއް ހެންނެވެ.

ނަދާގެ އެކަނިވެރި ކަމާ، ނަދާ ފޫހިވާނެ ވަރު ފުރަތަމަ ފަހަރަށް އަޔާޒްއަށް އިހުސާސް ކޮށްލެވުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މަގޭ ވާހަކަ

Next

ބާކީ 2

Next
July 19, 2019

ބާކީ 2

Previews
July 18, 2019

މަގޭ ވާހަކަ

75 Comments!

  1. Mar Sha Marsha says:
    July 18, 2019 at 1:48 pm

    Salaam kudhin, v sorry mendhuru kurin vaahaka upload kohdheynamey bunefa las veema, dharifulhu laptop beynun kuraathyve las v, mibaives kamudhaane kamah hykuran. Kiyaalaafa comment kohlahchey ingey. 15 vana bai Monday ga genesdheynan. Have a fun weekend!

  2. Mal? says:
    July 18, 2019 at 2:27 pm

    V Reethi

    1. Mar Sha Marsha says:
      July 18, 2019 at 8:44 pm

      Thnq Mal

  3. Zee says:
    July 18, 2019 at 2:30 pm

    V salhi

    1. Mar Sha Marsha says:
      July 18, 2019 at 8:45 pm

      Thnq Zee

  4. Aish says:
    July 18, 2019 at 2:49 pm

    Vvv reethi..monday ge kurin upkoh nudheveynetha..v inthizaaru kurevey mi story ah…miharu mi site in kiyaalevey enme reethi vaahaka

    1. Mar Sha Marsha says:
      July 18, 2019 at 8:47 pm

      V ufaa vejje Aish ah mi story ehaa rhthi vyma, plz wait for Monday ingey, dhigu kolleveytho balaanan

  5. Aby says:
    July 18, 2019 at 3:02 pm

    Alhe monday noon. Eahvure avahah genesdheebala… Varah reethi mi baives… Varah kiyaa hithun huttaa nimijje… Varah reethi.. maashaa Allah ??

    1. Mar Sha Marsha says:
      July 18, 2019 at 8:49 pm

      Thnq so much Aby, but plz Monday ah wait kolladhy ingey, dhigu kolleveytho balaanan

  6. Meekkomee says:
    July 18, 2019 at 3:06 pm

    Woww mi part ves varah reethi ???

    1. Mar Sha Marsha says:
      July 18, 2019 at 8:49 pm

      Thnq dear

  7. jumkko says:
    July 18, 2019 at 3:13 pm

    alhe monday ge kurin up kohdheveyne th…v v reethi mi prt…

    1. Mar Sha Marsha says:
      July 18, 2019 at 8:50 pm

      Thnq jumkko, Monday aisdhaane v avahah, dhera nuvey dear

  8. Faru says:
    July 18, 2019 at 3:19 pm

    Varah reethi..

    1. Mar Sha Marsha says:
      July 18, 2019 at 8:51 pm

      Thnq Faru

  9. Shifa says:
    July 18, 2019 at 3:26 pm

    V reythi

    1. Mar Sha Marsha says:
      July 18, 2019 at 8:51 pm

      Thnq Shifa

  10. Mary says:
    July 18, 2019 at 3:46 pm

    Woww! Mi part ves v salhi??❤️❤️.. Alhe monday haadha lahey ?eavvure kurin up kohnuleveynetha? ??

    1. Mar Sha Marsha says:
      July 18, 2019 at 8:53 pm

      Thnq Mary, weekend v avahah dhaan, so Monday vv avahah aisdhaane dear, plz wait inge

  11. A girl says:
    July 18, 2019 at 3:47 pm

    Plx plx plx monday ge kurin up knla dheeba v v v reethi mi story kiyaahithun indha nimeni ves

    1. Mar Sha Marsha says:
      July 18, 2019 at 8:54 pm

      A girl, thnq dear, Monday ge bai dhigu kolladheynan inge

  12. Xa says:
    July 18, 2019 at 3:49 pm

    V reethi monday kurin .

  13. Axee ? says:
    July 18, 2019 at 4:11 pm

    Masha Allah varah reethi mi part vx

    1. Mar Sha Marsha says:
      July 18, 2019 at 8:54 pm

      Thnq so much Axee

  14. @$#@t#❤️❤️❤️❤️ says:
    July 18, 2019 at 4:20 pm

    Vrh ves reethi ❤️❤️❤️

    1. Mar Sha Marsha says:
      July 18, 2019 at 8:56 pm

      Thnq @$#@t#♥️♥️♥️♥️

  15. Kiuntheriyaa says:
    July 18, 2019 at 4:23 pm

    Mee konkahala firiehtha eulhey vahtharakun dhen varah foohi

    1. Ish says:
      July 18, 2019 at 4:37 pm

      Ekahala firihenun v Gina.

    2. Mar Sha Marsha says:
      July 18, 2019 at 8:57 pm

      Thnq Kiuntheriyaa, kamaku nudhey dho Ayaa ulhey gotheh?

    3. Mar Sha Marsha says:
      July 18, 2019 at 8:58 pm

      Thnq Ish,

  16. Maiha says:
    July 18, 2019 at 4:39 pm

    V reethi…

    1. Mar Sha Marsha says:
      July 18, 2019 at 8:58 pm

      Thnq Malha

  17. Ibsha says:
    July 18, 2019 at 5:11 pm

    Varah reethi.
    .nadhaa hiyvaru kurey adhi ayaa ah visneyne

    1. Mar Sha Marsha says:
      July 18, 2019 at 8:59 pm

      Thnq Ibsha, Insha Allah, Marsha ves ummeedhu kuraany thihen

  18. yaana says:
    July 18, 2019 at 6:10 pm

    neh tha monday ge kurin adhi eh part kiyaalan libeykh. cant wait.

    1. Mar Sha Marsha says:
      July 18, 2019 at 9:00 pm

      Oh, plz wait for Monday, dhigu kollaanan e bai inge

  19. Aby says:
    July 18, 2019 at 6:24 pm

    Monday kurin adhi eh part genesdheeba.. pls.. haadha salhi ey mi prt

    1. Mar Sha Marsha says:
      July 18, 2019 at 9:01 pm

      Thnq Aby, Monday aisdhaane v avahah

  20. Aish says:
    July 18, 2019 at 6:46 pm

    Reethi. Abadhu ves marsha ge vaahaka varah reethi

    1. Mar Sha Marsha says:
      July 18, 2019 at 9:02 pm

      Oh, thnq Aish. V ufaa vejje

  21. Ainee says:
    July 18, 2019 at 6:48 pm

    Rovijje… Nadhaa ehen buneli gothun… Ayaaz Balaali gothunves.

    1. Mar Sha Marsha says:
      July 18, 2019 at 9:03 pm

      Oww, Ayaa ahves gotheh vejje dho!! Thnq Ainee

  22. Rai says:
    July 18, 2019 at 6:56 pm

    Thanks Maash.Story eh up nuvegen foohi Vefa mi Iny. Kuhli akah fennee.Varah reethi.
    Ekam thankolheh DHIGU kohlahchey dhen faharakun.

    I’m so happy that Ayaa is turning for Nadhaa???

    1. Mar Sha Marsha says:
      July 18, 2019 at 9:04 pm

      Thnq Rai, 15 dhigu kollaanan inge dear

  23. My says:
    July 18, 2019 at 7:42 pm

    Mondayge kurin up kohdhevidhaanetha. Maa lasvaathyve. Mireyves beynun ithuru baeh kiyaalun

    1. Mar Sha Marsha says:
      July 18, 2019 at 9:09 pm

      Thnq My, plz Monday ah wait kolla, weekend v avahah gosdhaane, Monday ge bai dhigu kollaanan I ge

  24. Rau says:
    July 18, 2019 at 7:45 pm

    Alhe noon mondayge kurin up kohdhybr next part hyvany v interesting vandhen…so plxxx

    1. Mar Sha Marsha says:
      July 18, 2019 at 9:05 pm

      Thnq Rau, Monday ah wait kolladhy inge, e bai dhigu kolladheynan

  25. amin says:
    July 18, 2019 at 8:07 pm

    wow

    speechless. v salhi

    1. Mar Sha Marsha says:
      July 18, 2019 at 9:06 pm

      Oh, thnq amin

  26. Reader says:
    July 18, 2019 at 8:32 pm

    V v v v reethi. Im also checking for a new part every now and then. Hope the next part will come sooner than Monday ?

    1. Mar Sha Marsha says:
      July 18, 2019 at 9:11 pm

      Oh, alhe plz wait for Monday inge dear, thnq so much for reading

  27. Sleepy puffin says:
    July 18, 2019 at 9:07 pm

    Keep it up marsha?????????story is amazing. When is the next part?????????????curiously waiting.

    1. Mar Sha Marsha says:
      July 18, 2019 at 9:11 pm

      Next part on Monday, thnq so much Sleepy puffin

  28. Aby says:
    July 18, 2019 at 9:13 pm

    Nadhaa kihaa rangalhu… ? Kehtheri kamuge namoonaa eh. MARSHA ayaa nadhaa dheke moya vaa varu kuraathi… E fakeeru ekani maa ekani hithaama kuramun ethakeh dhuvas thakeh veythu kohfi…

    1. Mar Sha Marsha says:
      July 19, 2019 at 2:45 pm

      Ayaa moya kollan vaane dho, hehe, nadha aky v rangalhu kujjekey.

  29. Ainth says:
    July 18, 2019 at 9:24 pm

    Marsha hama monday gatha .. eyahvuren avaheh nukureveynetha… comment nukuriyas baraabarah vaahaka kiyan . Vaahaka v v salhi ?? waiting waiting

    1. Mar Sha Marsha says:
      July 19, 2019 at 2:46 pm

      Thnq for reading Ainth, dheythere akun comment kolahchey, mihaaru hithah mi arany Sunday ga 15 upload kollan, readers edhey varun?

  30. Aby says:
    July 18, 2019 at 9:51 pm

    Ebunaahen hurihaa kudhin ves beynun vey Monday ge kurin aneh part kiyan… Marsha pls. Avaskohdheeba.

    1. Mar Sha Marsha says:
      July 19, 2019 at 2:48 pm

      Sunday ga 15 upload kolleveytho miulheny mihaaru, OK dho? ?

  31. Xoona says:
    July 18, 2019 at 10:34 pm

    Kiyun therin lahva adheys kuruvan vegn hama…enmen monday ge kurin ney kiyaa varakah eba kiyaa monday ais dhaaney v avaha…monday v avahakka naanane..hama friday,saturday,sunday ninmaafa anaany

    1. Mar Sha Marsha says:
      July 19, 2019 at 7:42 pm

      Thnq Xoona, Marsha buny weekend ah fahu Monday las nuvaane vaahaka

  32. Shima says:
    July 18, 2019 at 10:36 pm

    Allah mi kiyaali mi story v v reethi ♥️

    1. Mar Sha Marsha says:
      July 19, 2019 at 7:33 pm

      Thnq Shima

  33. Princess says:
    July 18, 2019 at 11:15 pm

    Marsha, Varah Reethi… but since all of us are requesting you… please upload a part before Monday… the stories in this site are really getting boring and this is the only story I have been looking forward for… so please

    1. Mar Sha Marsha says:
      July 19, 2019 at 7:35 pm

      Thnq Princess, yes, I can’t ignore a request of my readers dho, Insha Allah, will upload 15 on sunday

  34. Haa? says:
    July 19, 2019 at 12:19 am

    Ayaaz aa hedhy hama rulhi ais gen rovey.. hate him..

    1. Mar Sha Marsha says:
      July 19, 2019 at 7:36 pm

      Evves kujjeh dheke hate nukurey Haa, let’s c wat hpns dho!

  35. Ninaa says:
    July 19, 2019 at 1:03 am

    vvvvv reethi mee mi site ga liyaa enme reethi story mi part 3 varakah faharu ki ijje hama reethi kamun ?Monday ge kurin kiyaalan libeyne Nama but still waiting for monday ?

    1. Mar Sha Marsha says:
      July 19, 2019 at 7:37 pm

      Thnq so much Ninaa, so happy that u like this story, iraadha kurevviyya Sunday ga kiyaaleveyne inge

  36. Mary says:
    July 19, 2019 at 1:35 am

    Vaahaka v reethi. V v kiyaahithun mihuree aneh baives. Alhe Monday annandhen Hama madukuran dho jeheynee.he he he

    1. Mar Sha Marsha says:
      July 19, 2019 at 7:38 pm

      Thnq Mary, nooney Monday Annan dhen madu kuraakah nujeheyne inge

  37. Aby says:
    July 19, 2019 at 9:55 pm

    Yeyyyyyyyyy. Sunday dhw.. thanks. Marsha… I’m so happy..

  38. Nnyii says:
    July 20, 2019 at 2:35 am

    My very first comment to this story .. curiously waiting for Monday to read nxt part?..
    Masha Allah varah rythi vaahaka eh ?

  39. Mar Sha Marsha says:
    July 28, 2019 at 12:50 pm

    Thnq Aby n Nnyii

Comments are closed.

Next Episodeކުށަކާ ނުލާ 15←


All Right Reserved!