ނޫރީން އެއްޗެއް ނުބުނެ އަޒްޔަންގެ މޫނަށް ބަލާލިއެވެ. “ނޫރީން..” އަނެއްކާވެސް އަޒްޔަން ގޮވާލި އިރު އެ އަޑުގައިވި އަސަރުން ނޫރީންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރެވެމުން ދިޔަ އިހުސާސުން އަޒްޔަންއާ ހަތަރުކަޅި ހަމަކޮށްގެން އޮންނަން ނުކެރިގެން ނޫރީން އިސްޖަހާލިއެވެ. “ނޫރީން..” ކުރިއަށް ވުރެ މަޑުން އަޒްޔަން ދެންވެސް ނޫރީންގެ ނަން ކިޔާލިއެވެ. ނޫރީން އަނެއްކާވެސް އަޒްޔަންގެ މޫނަށް ބަލާލިއެވެ. އެ ގޮވާލުމުގެ ފަހަތުގައިވީ އެދުން އެ ދެ ލޮލުން ނޫރީންއަށް ސާފުކޮށް ފެނުނެވެ. […]
އެއްޗެއް ބުނުމެއް ނެތި އަޒްޔަން އެތެރެއަށް ވަދެ ކައިރިއަށް އައިސް ނޫރީންއާ ދިމާއަށް ތިރިވެލަމުން ލެޕްޓޮޕްގައި ހުޅުވާފައި އިން ފައިލް ސޭވް ކޮށްލާފައި ލެޕްޓޮޕް ލައްޕާލިއެވެ. ނޫރީންއަށް އަޒްޔަންއާ ދިމާއަށް މޫނު އަނބުރާލެވުނު އިރު ދެ މީހުންގެ މެދުގައި ވީ ދެތިން އިންޗީގެ ދުރުމިނެވެ. ދުވަސްތަކެއް ފަހުން އެހާ ކައިރީގައި ތިބެވުނުކަން އިހުސާސްވެ ދެ މީހުންގެ ނޭވާވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ސިކުންތުކޮޅަކަށް ފަހު ފުރަތަމަ އެނބުރިލީ ނޫރީންއެވެ. “ނުނިމި ހުރި […]
އަތް ދަބަހުގައި އެއްޗެހި ހަމަތޯ ބަލާލަން މަޑުކޮށްލި ނޫރީންއަށް އަޒްޔަންގެ ނަޒަރު ހުރިކަން އިހުސާސް ކުރެވި އަޒްޔަންއާ ދިމާއަށް ބަލާލެވުނެވެ. “ގެންގޮސްދޭންވީތަ؟” ނޫރީން ބަލާލުމުން އަޒްޔަން ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ސޯފާގައި އިން ގޮތް ބަދަލުކޮށްލާ ކުރިއަށް ޖެހިލަމުން އަހާލިއެވެ. “ނޫން، ޝަބާ ހަޒްބަންޑްއާ އެކީ ކާރުގަ އެ އައީ ބަލާ” އަޒްޔަންއަށް ޖަވާބު ދީފައި ނޫރީން ނިކުތެވެ. އަޒްޔަން ފުން ނޭވައެއް ދޫކޮށްލަމުން ސޯފާގައި ދިގަށް އޮށޯވެ އަތްގަނޑުގައި ބޯ ޖައްސާލާ ލޯ މަރާލިއެވެ. ކަންތައް […]
ހަވަނަ ފަހަރަށް އައި ކޯލްއާ އެކު ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން އަޒްޔަން ބެލްކަންޏަށް ނިކުތެވެ. “އަޒްޔަން.. ކަމް ބެކް ޕްލީޒް—” ކިއާރާ ބުނަން ފެށި ނަމަވެސް އަޒްޔަން އެ އަޑު އަހާކަށް މަޑެއް ނުކުރިއެވެ. “ކިއާރާ ޕްލީޒް. ތިހެން އަހަންނަށް އުނދަގޫ ނުކުރޭ. އަހަރެން މީ މިހާރު ކިއާރާގެ އަޒްޔަންއެއް ނޫން، އަހަންނަކީ ނޫރީންގެ ހަޒްބަންޑް. ކިއާރާއާ އަހަރެންގެ ގުޅުމެއް މިހާރަކު ނެތް. ދެން ދުވަހަކުވެސް އަހަންނާ ކިއާރާގެ މެދުގަ އެ ގުޅުމެއް ނޯންނާނެ. ތިން […]
“ދެންވެސް ތި ބުނަނީ ދޮގެއް ނުހަދަމޭ؟ އަޒްޔަންއަށް ނޭނގުނަސް އަޒްޔަންގެ އަނތްބަކަށް ވެވޭނެ ދުވަހަކަށް އަހަރެން ވަރަށް އިންތިޒާރު ކުރިން. ބައްޕަމެން މި ކައިވެނި ހަމަޖެއްސި އިރު މީ އަހަރެން ކުރަން ބޭނުންވި ކަމެއް ނޫން. އެކަމަކު އެ ވާހަކަ ދެކެވުނު ފަހުން ފުރަތަމަ އަހަންނަށް އަޒްޔަން ފެނުނު ފަހުން އަހަރެން.. ފިރިއެއްގެ ގޮތުގަ ހަޔާތަށް ގެންނަން އަހަރެން ބޭނުންވި ހަމައެކަނި މީހަކީ ތީ.. އަޒްޔަންއަށް އަހަރެން ދެކެ ލޯބި ނުވެވިދާނެ ކަން އެނގޭ އިރުވެސް އަހަރެން […]
“ހިނގާ” ނޫރީންއާ އަރާ ހަމަވުމުން މަޑު ނުކޮށް އަޒްޔަން ބުނުމުން ނޫރީން ފަހަތުން ދިޔައެވެ. ކާރުގައި ގެއާ ހަމައަށް ދެވުނު އިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ގެއަށް ވަނުމާ ހަމައަށްވެސް ނޫރީން ސުވާލެއް ނުކުރެއެވެ. ނޫރީންގެ ފަހަތުން ގެއަށް ވަދެ އަޒްޔަން ދޮރު ލައްޕާފައި އެނބުރުނު އިރު ނޫރީން ކޮޓަރި ދޮރާ ހަމަވަނީއެވެ. “ނޫރީން..” އަޒްޔަން ގޮވާލުމުން ނޫރީން ހުއްޓިފައި އެނބުރުނެވެ. “އައިމް ސޮރީ!” އަޒްޔަން ބުންޏެވެ. “ޔޫ ލައިޑް ޓު މީ. އަހަރެން އެހީމަވެސް އަޒްޔަން […]
“……އަހަރެންގެ ހިތާ ހަށިގަނޑަށް ދެން ނޫރީން ނޫން އަންހެން ކުއްޖެއްގެ ބާރު ހިނގާކަށް ބޭނުމެއް ނޫން. މިހާރު އަހަރެންގެ ހުރިހާ އެއްޗަކީ ނޫރީން” ލޯ މަރާލައިގެން އިން އިރު އަޒްޔަންގެ ހިތަށް އަރަމުން ދިޔައެވެ. ދެ ފަރާތަށް ބޯ ހަލުވާލާ އެ ޚިޔާލުތައް ހިތުން ނެރެލަން މަސައްކަތް ކުރަމުން އަޒްޔަން ލައިގެން ހުރި ކޯޓް ބާލާފައި ސޯފާގެ އަތްގަނޑުމަތީ ބާއްވާލާފައި ގަމީހުގެ ފުރަތަމަ ދެތިން ގޮށް ނައްޓާލިއެވެ. ދޮރު ހުޅުވާލި އަޑަށް އަޒްޔަން ބަލާލިއެވެ. މަޑު ފިޔާތޮށި […]
ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު ނޫރީން ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން އަޒްޔަން އަނެއްކާވެސް ދެ އަތުން ނޫރީންގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ކައިރިވެލިއެވެ. ހަމަ އެއާއެކު އަޒްޔަންގެ ހަށިގަނޑުގެ ބާރުގައި މަޑުމަޑުން ފަހަތަށް ކޮއްޕާލަމުން ނޫރީންގެ ބުރަކަށި ސޯފާގައި ޖައްސާލާ ނޫރީންއަށް ބަރު ނުވާނެހެން އެއް އަތް ވިއްދާލި އިރު ނޫރީންއަށް އޮވެވުނީ އަޒްޔަންގެ ގައިދަށުގައެވެ. ނޫރީންގެ ތުންފަތް މިނިވަން ވީ އިރު އަޒްޔަން އަތުން ނޫރީންގެ ބުރުގާ ހިއްލާލުމާއެކު އެ ތުންފަތުގެ […]
މަދީ ހަމައެކަނި ލޯތްބެވެ. އެހެން ވިޔަސް އަޒްޔަން މަސައްކަތް ކުރާނެއެވެ. ހިތުގައި ނުވިޔަސް ޢަމަލުން ލޯބި ދައްކަން މަސައްކަތް ކުރާނެއެވެ. ކޮންމެވެސް ދުވަހަކުން އެ ހިތުގައި ނޫރީންގެ ނަންވެސް ލިޔެވިދާނެއެވެ. ދެން އައި ދެ ދުވަހުވެސް އަޒްޔަންގެ ކޯލެއް ނޫރީންއަކަށް ނުލިބެއެވެ. ޝަފަގުމެން އުޅޭ ބަޔަށް ނޫރީން ދިޔަ ނަމަވެސް ގޭތެރެއިން އަޒްޔަންއެއް ނުފެނެއެވެ. އަޒްޔަންއާ ބެހޭ ގޮތުން ޝަފަގު ގާތު އަހާލާކަށްވެސް ނޫރީންއަކަށް ނުކެރެއެވެ. އެހެން ނަމަވެސް ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން “ގުޑްނައިޓް” […]