Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
May 4, 2026 6 Mins Read
11 Comments

އަތް ދަބަހުގައި އެއްޗެހި ހަމަތޯ ބަލާލަން މަޑުކޮށްލި ނޫރީންއަށް އަޒްޔަންގެ ނަޒަރު ހުރިކަން އިހުސާސް ކުރެވި އަޒްޔަންއާ ދިމާއަށް ބަލާލެވުނެވެ.

“ގެންގޮސްދޭންވީތަ؟” ނޫރީން ބަލާލުމުން އަޒްޔަން ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ސޯފާގައި އިން ގޮތް ބަދަލުކޮށްލާ ކުރިއަށް ޖެހިލަމުން އަހާލިއެވެ.

“ނޫން، ޝަބާ ހަޒްބަންޑްއާ އެކީ ކާރުގަ އެ އައީ ބަލާ” އަޒްޔަންއަށް ޖަވާބު ދީފައި ނޫރީން ނިކުތެވެ.

އަޒްޔަން ފުން ނޭވައެއް ދޫކޮށްލަމުން ސޯފާގައި ދިގަށް އޮށޯވެ އަތްގަނޑުގައި ބޯ ޖައްސާލާ ލޯ މަރާލިއެވެ. ކަންތައް ވެފައި އޮތް ގޮތުން އެ ކަންތައް ރަނގަޅު ކުރަން ހަދާނެ ގޮތަކާ މެދު އަޒްޔަންއަށް ވިސްނާލެވުނެވެ. ނަމަވެސް ހައްލެއް ގެންނާނެ ގޮތެއް އަޒްޔަންގެ ވިސްނުމަކަށް ނައެވެ. އިރުކޮޅަކު ވިސްނަން އޮވެފައި އަޒްޔަން ގުޅާލީ އަޒްޔަންގެ އެންމެ ގާތް އެކުވެރިޔާއަށެވެ.

“ސައިފް، ހިނގާބަލަ ކޮފީއަކަށް” އެ ކޮޅުން ފޯނަށް ޖަވާބު ދިނުމުން އަޒްޔަން އެދުނެވެ. ސައިފް ޖަވާބު ދިނުމުން އަޒްޔަން ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްގެން ނިކުންނަން އުޅެފައިވެސް މަޑުކޮށްލާފައި ރައްޓެއްސަކާ އެކު ކޮފީއަކަށް ދާ ކަމަށް ބުނެ ނޫރީންއަށް މެސެޖް ކޮށްލިއެވެ.

“އަޒްޔަން، ކިހިނެއް ވެފަ؟” ބަހެއް ބުނުމެއް ނެތި ދުރު ބަލަން އިނދެ ކޮފީ ބޮމުން ދިޔަ އަޒްޔަން މާ މަޑުން އިންނާތީ ސައިފް އަހާލިއެވެ.

“އައި މެސްޑް އަޕް!” އަޒްޔަން އެ އިން ގޮތަށް އިނދެ ބުންޏެވެ.

“އަހަރެން އޭރުވެސް ބުނީމެއްނު ތި ކައިވެންޏަށް ދެކޮޅު ހަދާށޭ؟ ލޯބި ނުވާ މީހަކާ އިނދެގެން އުޅެވޭތަ؟ ދެންވެސް ހުރިހާ އެއްޗެއް މަންމަމެންނަށް ކިޔާދީބަލަ” އަޒްޔަން އެހެން އެ ބުނީ ކޮންކަމަކާ ގުޅިގެން ކަން ސައިފްއަށް ވަގުތުން ވިސްނުނެވެ. ސައިފް ބުނީ ކުރިންވެސް އަޒްޔަން ގާތު ބުނަމުން އައި ގޮތަށެވެ.

“ލޯބި ވާ މީހާއާ އިނދެވެން އެބަ އޮތްތަ؟” އަޒްޔަންގެ ޙަޔާތުގެ ހުރިހާ ކަމެއް އެނގޭ ހަމައެކަނި މީހަކީ ސައިފްއެވެ.

“ސޯ؟ ކުރިންވެސް އަޒްޔަންއަށް އެއީ މައްސަލައަކަށް ނުވެއެއްނު؟” އަޒްޔަންއާ ކިއާރާގެ ގުޅުން އޮތް ގޮތް ސައިފްއަށް އެނގެއެވެ.

“ޖެއްސުމަށްތަ ތިހެން ތި ބުނީ؟” އަޒްޔަން ހިތްހަމަ ނުޖެހިފައި ސައިފްއަށް ބަލާލިއެވެ.

“ސޮރީ!” އަޒްޔަން ކިއާރާއާ ކައިވެނި ކުރަން ބޭނުން ވާކަން ސައިފްއަށް އެނގެއެވެ. ނަމަވެސް ކިއާރާ ގަބޫލު ނުވާތީ ނުކުރެވިފައި ހުރީކަންވެސް އެނގެއެވެ. އެ ދެމީހުންގެ ގުޅުން އޮތް ގޮތާ ނުރުހެވޭތީ އެ ކަން ސައިފް ވާނީ އެތައް ފަހަރެއްގެ މަތިން އަޒްޔަންއަށް އަންގާފައެވެ. ނަމަވެސް ކައިވެނި ކުރަން ބޭނުން ނުވާ އިރު ކިއާރާއަށް މައްސަލައަކަށް ނުވާތީ އަޒްޔަންވެސް އެއީ ބޮޑު ކަމެއް ކަމުގައެއް ނުދެކެއެވެ.

“ދެން ބުނެބަލަ. ކިހިނެއް ވީ؟ މެރީ ކުރީމަ ކިއާރާ ދެކޮޅު—”

“މެރީ ކުރުމުގެ ކުރިން އައި އެންޑެޑް ތިންގްސް ވިތް ހަރ” ސައިފްގެ ވާހަކަ މެދުކަނޑާލަމުން އަޒްޔަން ބުންޏެވެ.

“ކީއްވެ؟” ސައިފް އަހާލީ ހިމޭން ވަގުތުކޮޅަކަށް ފަހުއެވެ.

“މީހެއްގެ ފިރިއެއްގެ ގޮތުގަ ހުރެ އެހެން އުޅެން ބޭނުން ނުވީ” އަޒްޔަން ބުންޏެވެ.

އަޒްޔަންގެ ވާހަކައިން ސައިފް ހައިރާންވިއެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ގުޅުން އެ ގޮތަށް އަޒްޔަން ނިންމާލަފާނެ ކަމަކަށް ސައިފް ހިއެއް ނުކުރެއެވެ. އެހާ ދުވަސްވީ އިރުވެސް އަޒްޔަން ހުރީ ކޮންމެވެސް ދުވަހަކުން ކިއާރާއާ ކައިވެނި ކުރެވޭނެ ކަމުގެ އުންމީދުގައެވެ. އަޒްޔަން ކިއާރާ ދެކެ ލޯބި ވާކަން ސައިފްއަށް އެނގެއެވެ. ވީ އިރު ލޯބި ނުވާ އަންހެން ކުއްޖަކާ ކައިވެނި ކުރުމަށް ޓަކާ އަޒްޔަން ކިއާރާއާ ގުޅުން ކަނޑާލަފާނެ ކަމުގައި ގަބޫލު ކުރަން ސައިފްއަށް އުނދަގޫވިއެވެ.

“ހަފްތާއެއްހާ ދުވަސް ތެރޭ ނޫރީން އަޒްޔަންއަށް ކިހިނެއް ހެދީ؟” ސައިފް އަހާލީ ސަމާސާ ގޮތަކަށެވެ.

އަޒްޔަން ފުން ނޭވައެއް ލަމުން ހުރިހާ އެއްޗެއް ކިޔާދިނެވެ.

“އޯހ! ސޯ އިނުމުގެ ކުރިން ޓެސްޓްވެސް ކުރީ؟ އެންޑް ޝީ އިޒް ރިއަލީ ޔޯރ ވައިފް؟” ކިއާރާ ނޫން އަންހެން ކުއްޖަކާ ދިމާއަށް އަޒްޔަންގެ ހިތް އެ ފަދަ ގޮތަކަށް ކުޑަކޮށްވެސް ލެނބިދާނެ ކަމަކަށް ސައިފް ހިއެއް ނުކުރެއެވެ. ކުރިން ކިއާރާއާ ހެދި އަޒްޔަން އުޅުނު ގޮތުން އެހެން އަންހެން ކުއްޖަކަށް އެފަދަ ނަޒަރަކުން ބަލާލުންވެސް އެއީ އަޒްޔަންއަށް ނުކުރެވޭ ކަމެކެވެ.

“ޝީ އިޒް ޑިފަރެންޓް.. އަހަރެންވެސް ހިއެއް ނުކުރަން މިހެން ވެދާނެ ކަމަކަށް. އެކަމަކު މިހާރު.. ނޫރީންއަށް ހަރޓް ވާކަށް ބޭނުމެއް ނޫން. އަހަންނާ ހެދި މިހާރުވެސް އޭނަ ވަރަށް ދެރަވެއްޖެ” އަޒްޔަން ބުންޏެވެ.

“ވަޓް އަބައުޓް ކިއާރާ؟” ސައިފް އަހާލިއެވެ.

“އަހަރެން އާދޭސް ކުރިން. ނޫރީން ރަންކީ ފަހުންވެސް ބުނިން އަދިވެސް ކިއާރާ އެއްބަސް ވެއްޖެއްޔާ އެ ކައިވެންޏެއް ނުކުރާނަމޭ. އެ ދުވަހު އަހަރެން ބުނިން މެރީ ކުރުމަށް ފަހު ކިއާއާ ގުޅުމެއް ނުބާއްވާނަމޭ. އެވަރުންވެސް ކިއާރާ ގޮތްދުލެއް ނުކުރި. އޭގެ ފަހުން، އެ ދުވަހު ހޮސްޕިޓަލުގަ ބުނިން ދެ އަނތްބަށް ވިޔަސް އަދިވެސް ކިއާރާއާ ކައިވެނި ކުރާނަމޭ. އަހަރެން ދެކެ ލޯބި ވާނަމަ އެ ވަރުން ކިއާރާ އެއްބަސް ވާނެ. ލޯބި ނުވާތީ އެއްބަސް ނުވީ، އަހަންނަށް އިތުބާރު ނުކުރީ. ދެން ކީއްކުރަން މިހާރު ގުޅާފަ ރޯންވީ؟

އަހަންނާ ހެދި ނޫރީންއަށް ކިހާ ބޮޑު ދެރައެއް މި ލިބުނީ. އައި ނެވަރ މެންޓް ޓު ހަރޓް ހަރ ލައިކް ދިސް.. އެކަމަކު ގަސްތުގަ ނޫނަސް އަހަންނަށް ނޫރީންގެ ހިތް ހަލާކު ކޮށްލެވުނީ. ނޫރީން އެހީމަ ހުރިހާ އެއްޗެއް ތެދަށް ކިޔާދެވުނު ނަމަ މިހެންނެއް ނުވީސް. މެރީ ކުރަން އޮތް ދުވަހުގެ ކުރީރޭވެސް ނޫރީން އެހި. އަހަރެން ނުބުނީ ކިއާރާގެ ކަންތައް ނިންމާލެވުނީ ކަމަށް ހީކޮށްފަ. ހިއެއް ނުކުރަން ނޫރީންގެ ކުރިމަތީ އެ ކަހަލަ ގޮތަކަށް ކަންތައް ވެދާނެއެކޭ. ނޫރީން ދެން އެހީ އެންމެ ސުވާލެއް. ނޫރީން ރަން ކިޔުމުގެ ފަހުން ކިއާރާއާ ގުޅުން އޮތްތޯ. އެ ސުވާލަށް އަހަންނަށް ޖަވާބެއް ނުދެވުނު. އަހަންނާ ކައިވެނި ކުރަން ނޫރީން ރަންކީ ފަހުން އައި ޝުޑްންޓް ހޭވް..” އެ ވަރަށް ބުނެފައި އަޒްޔަން ލޯ މަރާލަމުން ދެފަރާތަށް ބޯ ހަލުވާލިއެވެ.

“މިހާރު ބޭނުމީ ހުރިހާ އެއްޗެއް ކިޔާދޭން، އެކަމަކު ނޫރީން އަޑު އަހާކަށް ބޭނުމެއް ނުވޭ. ފަހުން އެއްވެސް ގޮތަކުން އަހަންނާ ކިއާރާގެ ގުޅުން ނޫރީންއަށް އެނގިއްޖެއްޔާ.. އެއްވެސް ކަމެއް ރަނގަޅު ކުރާކަށް އޭރުން އަހަންނަށް ކުޑަ ޗާންސެއްވެސް ނުލިބޭނެ. އޭނަ ބޭނުންވީ މެލޭއަށް ދާން. ވަރިވާން ބޭނުމޭ ސީދާ ނުބުނެ އޭނަ ބުނީ އެ ގޮތަށް ކަންތައް ކުރާކަށް އަހަންނަށް ހުރަހެއް ނާޅާނަމޭ” އަޒްޔަން އަނެއްކާވެސް އިރުކޮޅަކަށް މަޑުކޮށްލިއެވެ.

“ކީއްވެ އަޒްޔަން އެ ޗާންސްގެ ބޭނުން ނުކުރީ؟ ނޫރީން ދާން ބޭނުން ވެގެން އަމިއްލައަށް ބުނެފަ އަދި ތި ބުނީ އަޒްޔަން އޭނަ ވަރި ކުރިޔަސް ދެކޮޅަށް އެއްޗެއް ނުބުނާނަމޭ ބުންޏޭ؟ ދެން ވައި ޑިޑްންޓް ޔޫ؟” އަޒްޔަން ބޭނުން ވާ ގޮތެއް ނުވިސްނިފައި ސައިފް އަހާލިއެވެ.

“ކައިވެންޏަށް ދެ ދުވަސް ނުވަނީސް ވަރިއާ ހަމައަށް ދާން ޖްހުނު ގޮތާ ބެހޭ ގޮތުން މަންމަމެން ސުވާލު ކުރީމަ އަހަރެން ކީކޭ ބުނަންވީ؟” އަޒްޔަން އަހާލިއެވެ.

“ކިއާރާގެ ވާހަކަ މަންމަމެން ކައިރީ ބުނަން ޗާންސް ލިބުނީނު؟ އެ މީހުން ބޭނުން ވެގެން ކައިވެނި ކުރިޔަސް އެ މެރިޖް ވަރކްއައުޓް ނުކުރީމަ ދެން އަޒްޔަންއަށް އިތުރަށް ފޯސްއެއް ނުކުރާނެއެއްނު؟” ސައިފް ބުންޏެވެ.

“މައްސަލައަކީ އެއެއް ނޫނެއްނު؟ ކިއާރާ މެރީ ކުރަން ބޭނުން ނުވާތީނު؟ ކައިވެންޏަކާ ނުލާ އެހެން އުޅުން ކާކު ބަލައިގަންނާނީ؟ އަހަރެންވެސް ބޭނުމެއް ނޫނޭ މުޅި އުމުރަށް އެހެން އުޅޭކަށް. އެހެންނެއްނު ކިއާރާ ކައިރީވެސް އެހާ ދުވަސް ވަންދެން ކީ؟ މި ހުރިހާ ކަމެއްގެ ތެރޭ ނޫރީން ނެތް ނަމަވެސް އަހަރެން ކޮންމެވެސް ދުވަހަކުން ކިއާރާއާ ވަކި ވާން ޖެހޭނީ. މީހުންނަށް ސިއްރުން، އެ ގޮތަށް އުޅުމެއް ނޫން އަހަރެން ބޭނުންވީ. ރަނގަޅު ރީތި ލައިފްއެއް އަހަރެންވެސް ބޭނުން. ކައިވެނިކޮށް، ދަރިންވެސް ބޭނުން. މަންމަމެންވެސް އެ ދުވަސް ދެކެން ބޭނުން ވަނީ. ކިއާރާ އެއްބެސް ވި ނަމަ އަހަރެން ލޯބިވާ މީހަކާ އިންނާކަށް މަންމަމެން ދެކޮޅެއް ނުހަދާނެ” އަޒްޔަން ބުންޏެވެ.

“ދެން ކިހިނެއް ހަދަނީ؟” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ސައިފް ސުވާލު ކޮށްލިއެވެ.

“ހަފްތާއެއްހާ ދުވަސް ތެރޭ ބަދަލު ވީ ކޮން ކަމެއް ކަމެއް ނޭނގެ.. އެކަމަކު ނޫރީން ވަރި ކުރާކަށް މިހާރު އަހަރެން ބޭނުމެއް ނޫން. އައި ވޯންޓް ހަރ އިން މައި ލައިފް. ނޫރީން.. އެއީ ތަފާތު އަންހެން ކުއްޖެއް” ކައިވެނީގެ ފުރަތަމަ ރޭގެ ހަނދާނުގައި އިނދެ އަޒްޔަން ބުންޏެވެ.

“ހެހެ.. ކިއާރާއާ އެކީ ހަތަރު ވަރަކަށް އަހަރު އުޅެފަ އާ ކުއްޖަކާ ޖެހުނީމަ ކަންނޭނގެ ތިހާ ސްޕެޝަލް ވެގެން ތި އުޅެނީ. ނިއު އެކްސްޕީރިއެންސް..؟” ސައިފް ދިމާ ކޮށްލިއެވެ.

“ނޯ! އެހެންވެއެއް ނޫން. ކައިވެނީގެ ކުރިންވެސް ނޫރީންއަކީ ތަފާތު ކުއްޖެއް ކަން އެނގިއްޖެ” އަޒްޔަން ބުންޏެވެ.

“ހެހެ.. ތިހާ ބޭނުމިއްޔާ އޭނަ ވިން ކުރަން ޓްރައި ކޮށްބަލަ. މިހާރު ކިއާރާގެ ޗެޕްޓަރ ތި ނިމުނީނު؟” ސައިފް ބުންޏެވެ.

ޖަވާބެއް ނުދީ އަޒްޔަން ވިސްނަން އިނެވެ.

 

ޝަބާއާ ނޫރީންގެ މެދުގައިވެސް ދެކެވެމުން ދިޔައީ އެ ވާހަކައެވެ. ކައިވެނި ކުރުމުގެ ކުރީ ރެއިން ފެށިގެން ހިނގި ކަންތައް ނޫރީން ކިޔާދެމުން ދިޔަ އިރު ޝަބާ އަޑު އަހަން އިނެވެ.

“ދެން ކިހިނެއް ހަދަނީ؟” ހިމޭން ވަގުތުކޮޅަކަށް ފަހު ޝަބާ އެހިއެވެ.

“ނޭނގެ. އަޒްޔަން މަންމައަށް ވީ ގޮތުން އަހަރެން ވަރަށް ބިރުގަތް. އެއްވެސް އެއްޗެއް އަޒްޔަން މަންމަމެންނަށް އެނގޭކަށް ބޭނުމެއް ނޫން. އެކަމަކު.. އަހަރެން އެހީމަވެސް އަޒްޔަން ދޮގު ހެދީ، އައި ކާންޓް ފޮރގެޓް ދެޓް!” ނޫރީން ބުންޏެވެ.

“އަޒްޔަންގެ ޕޮއިންޓް އޮފް ވިއު އިންވެސް ވިސްނާލަބަލަ. އޭނަ އެ ބުނީ މެރީ ކުރުމުގެ ކުރިން އެ އަންހެން ކުއްޖާއާ ހުރިހާ ކަމެއް އެންޑް ކުރީމޭ. އެހެން ނޫނަސް ރީންއާ އެކީ އުޅެން ބޭނުން ނުވާ ނަމަ ރީން ބުނި އިރަށް އޭނަ އެ ޗާންސްގެ ބޭނުން ކުރީހެއްނު؟” ޝަބާ ބެލީ ނޫރީންއާ އަޒްޔަން ވަކި ނުވާނެ ގޮތެއް ވޭތޯއެވެ.

“އަހަންނާ އިންނަން ބޭނުން ނަމަ އެ ދުވަހާ ހަމައަށްވެސް އެ އަންހެން ކުއްޖާއާ އަޒްޔަން ގުޅުމެއް ނުބޭއްވީހެއްނު؟ ކީއްވެ ކުރިން އެ ގުޅުން ނިންމާނުލީ؟ އަޒްޔަން އަހަރެން ދެކެ ލޯތްބެއް ނުވޭ. އަހަންނާ އިނީ ކޮންމެހެން އިންނަން ބޭނުން ވެގެންނެއްވެސް ނޫން. އަޒްޔަން އަހަރެން ވަރިނުކޮށް އެ ހުރީ އޭނަގެ މަންމަމެންނަށް ހުރިހާ ކަމެއް ސިއްރުކުރަން” ނޫރީން ބުންޏެވެ.

“އަޒްޔަންގެ ހިތުގަ ރީންއާ މެދު ކޮންމެވެސް ފީލިންގްސްތަކެއް ނުވާ ނަމަ ތި ކައިވެނި ނިންމާލަން ޗާންސެއް ލިބުނީމަ އޭނަ އެ ޗާންސް ދޫކޮށެއް ނުލީސް. ފިރިހެނުންނަކީ ވަރަށް މޮޔަ ބައެއް. ބޭނުން ވަނީ ކޮން ކަމެއް ކަން އަމިއްލައަށްވެސް އެ މީހުންނަށް ގިނަ ފަހަރު ނޭނގޭނެ. ރީން އަދި އޭނައަށް ޗާންސެއް ދީބަލަ. ކޮންމެ ގޮތެއް ވިޔަސް ކައިވެނި ކުރެވިފަ ތިއޮތީ، އަދި ތީ ރީންގެ ބައްޕަ އެދުނު ގޮތް. ސޯ، ކުރިއަށް ދެވޭތޯ ދެ މީހުން މަސައްކަތް ކޮށްލުމަކުން ގޯހެއް ނެތެއްނު؟ އަޒްޔަން ބަދަލު ވީހެން ހީ ނުވަންޏާ، ނޫނީ އޭނަ އަދިވެސް އެ ކުއްޖާއާ ގުޅުން ބާއްވަންޏާ ދެން ރީންއަށް އެހެން ގޮތަކަށް ވިސްނިދާނެ” ޝަބާ ބުންޏެވެ.

“އަހަންނާ އަޒްޔަންއަށް އެކީ އުޅެވިދާނެ ހެން ޝަބާއަށް ހީވޭތަ؟” ނޫރީން އަހާލިއެވެ.

“އަޒްޔަން ދެކެ ރީން ލޯބިވެއެއްނު؟ އެ ލޯތްބަށް އަދި ޗާންސެއް ދީބަލަ، އިރާދަ ކުރެއްވިއްޔާ ރީންގެ ލޯބި ކާމިޔާބު ވާނެ” ޝަބާ އެހެން ބުނަމުން ނޫރީންގެ އަތުގައި ހިފާލިއެވެ.

 

ހަފްތާއެއް ވެގެން ދިޔަ އިރު ނޫރީންއާ އަޒްޔަންގެ ދިރިއުޅުމަށް އިތުރު ބަދަލެއް ނާދެއެވެ. އެދެމެދުގައި ވި ދުރުކަން ޝަފަގުއާ ޔާސިރުއަށް ފާހަގަ ކުރެވެއެވެ. އެކަމާ ޝަފަގު ކަންބޮޑުވީ ނަމަވެސް، އެ ކައިވެނި ކުރެވުނު ގޮތުން އެހެން ވެދާނެ ކަމަށް ޔާސިރު ވިސްނައިދިނުމުން ޝަފަގު ގަބޫލު ކުރިއެވެ.

އެހާ ދުވަހު ކިއާރާއާ އެކީ އުޅުމަށް ފަހު ވަކިވި އިރު، އެ ވަކިވުމާ މެދު ދެރަވުމުގެ ބަދަލުގައި އަޒްޔަންއަށް ވިސްނެމުން ދިޔައީ ނޫރީންއާ މެދުގައެވެ. ނޫރީންގެ އިތުބާރު އަލުން ހޯދާނެ ގޮތަކާ މެދު އަޒްޔަން ވިސްނަމުން ދިޔައެވެ. އަޒްޔަންގެ ސަބަބުން ނޫރީންގެ ހިތުގައި ޖެހުނީތީ ކަންބޮޑުވެއެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަން ނޫރީންއަށް ބުނެދޭން ބޭނުންވެއެވެ. ނަމަވެސް އަޒްޔަން ފަސްޖެހެނީއެވެ. އަޒްޔަންގެ ބަހަށް އިތުބާރު ކުރަން ނޫރީންއަށް ފަސޭހަ ނުވާނެ ކަން އެނގޭތީއެވެ.

 

ކައިވެންޏަށް މަހެއް ވީ އިރު، އަޒްޔަންއާ ނޫރީންގެ ދުވަސް ފެށެނީ ފަތިސް ނަމާދުންނެވެ. ދެ މީހުންނަށް ހެނދުނުގެ ސައި ހަދަނީ ނޫރީން އަމިއްލައަށެވެ. މެންދުރާ ރޭގަނޑުގެ ކެއުން އޮންނަނީ ޔާސިރުއާ ޝަފަގުއާ ޒަޔާންއާ އެކު ޝަފަގުމެންގެ އެޕާޓްމެންޓްގައެވެ.

ކައިވެންޏަށް ފަހު އޮފީހަށް ނިކުންނަން ހުރި ނަމަވެސް ކަންތައް ވީ ގޮތުން އަޅާނުލާ ހުރެފައި ނޫރީން އެކަމާ ވިސްނީ ޔާސިރު އެ ވާހަކަ ބުނުމުންނެވެ.

“އަންނަ ހަފްތާގަ ނޫރީން އޮފީހަށް ނިކުންނަން ވީނު؟” ރޭގަނޑު ކާން ތިބެފައި ޔާސިރު ބުންޏެވެ.

ނޫރީން އެއްޗެއް ނުބުނެ ބަލާލީ އަޒްޔަންއަށެވެ.

“ނޫރީން ބޭނުން ވީމަ ދާންވީ. އޮފީހުގަ ހުރިހާ ކަމެއް ރެޑީއަށް ހުންނާނީ” އަޒްޔަން ބުންޏެވެ.

“އެންމެ ރަނގަޅު” އެއީ ކުރިންވެސް ހަމަޖެހިފައި އޮތް ގޮތް ކަމަށް ވާތީ އަދި ނޫރީންވެސް ބޭނުން ވަނީ އެ ގޮތަ ކަމަށް ވާތީ ދެކޮޅެއް ނުހަދައެވެ.

 

ޖެހިގެން އައި ހަފްތާގެ ހޮނިހިރު ދުވަހު ނޫރީން އޮފީހަށް ނިކުތެވެ. ނޫރީން ދިޔައީ އަޒްޔަންއާ އެކުއެވެ. ފުރަތަމަ ކަމަކަށް އޮތީ ހުރިހާ މުއައްޒަފުންނާ ބައްދަލު ކުރުމެވެ. އެއަށް ފަހު މުހިންމު ކަންކަން ނޫރީންއާ ހިއްސާ ކުރުމަށް ބައްދަލުވުމެއް އޮތެވެ. އެ ބައްދަލުވުން ނިމުނު އިރު ބާރަ ޖަހަން ކައިރި ވެއްޖެއެވެ. މެންދުރުގެ ބްރޭކް ވަގުތު ކައިރިވެފައި ވާތީ މަސައްކަތް ފެށުމުގެ ބަދަލުގައި ޔާސިރުއާ އަޒްޔަންއާ ނޫރީން އައީ ގެއަށެވެ.

އެކެއް ޖެހި އިރު އަލުން އޮފީހަށް ގޮސްފައި ނޫރީންއަށް ހުސް ވަގުތެއް ނުވެއެވެ. މަސައްކަތަށް ގެއްލިފައި އިން ވަރުން ވަގުތު ދިޔަ ގޮތްވެސް ނޭނގިފައި އިން ނޫރީންއަށް ގަޑިއަށް ބަލާލަން ހަނދާންވީ ކެބިންގެ ދޮރުގައި ޓަކި ޖަހާލާފައި އަޒްޔަން ވަނުމުންނެވެ.

“ގެއަށްވެސް ނުދަންތަ؟” ދޮރު ހުޅުވާލި ގޮތަށް އެތެރެއަށް ނުވަދެ ހުރެ އަޒްޔަން އަހާލިއެވެ.

ނޫރީން ގަޑި ބަލާލީ ދެނެވެ. އޭރު ގަޑިން ފަސްގަޑިބައި ވެއްޖެއެވެ.

“މިހާ އިރު ވީ ކަމެއް ނޭނގެ. އަދި ކުޑަ އިރުކޮޅެއް.. މި ނިމެނީ” ނޫރީން ގަޑި ބަލާލާފައި އަނެއްކާވެސް ލެޕްޓޮޕްއާ ދިމާއަށް ބަލާލިއެވެ.

އެއްޗެއް ބުނުމެއް ނެތި އަޒްޔަން އެތެރެއަށް ވަދެ ކައިރިއަށް އައިސް ނޫރީންއާ ދިމާއަށް ތިރިވެލަމުން ލެޕްޓޮޕްގައި ހުޅުވާފައި އިން ފައިލް ސޭވް ކޮށްލާފައި ލެޕްޓޮޕް ލައްޕާލިއެވެ.

ނޫރީންއަށް އަޒްޔަންއާ ދިމާއަށް މޫނު އަނބުރާލެވުނު އިރު ދެ މީހުންގެ މެދުގައި ވީ ދެތިން އިންޗީގެ ދުރުމިނެވެ. ދުވަސްތަކެއް ފަހުން އެހާ ކައިރީގައި ތިބެވުނުކަން އިހުސާސްވެ ދެ މީހުންގެ ނޭވާވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެ ޚިޔާލުގައި 2

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 51

Next
May 4, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 51

Previews
May 4, 2026

އެ ޚިޔާލުގައި 2

11 Comments!

  1. Mar Sha Mar Sha says:
    May 4, 2026 at 5:34 pm

    Hello everyone, uploaded part 11, 12 on Thursday. plz read and let me know what you think in a comment. Bye!

  2. Aisherr says:
    May 4, 2026 at 6:17 pm

    Mi part ves vrh Reethi MA! 💝
    Dhen kiara ge chapter ninmaala 😀

    1. Mar Sha Mar Sha says:
      May 5, 2026 at 3:12 pm

      Kiara adhi annaane hen hyveytha Aisherr ah? thank u dear

  3. 🌺🌹N🌹🌺 says:
    May 4, 2026 at 6:22 pm

    MA mi part vx varah varah…
    Nooryn and azyan okay kohba…
    Can’t wait…
    I’m starting to count 😭😭😅

    1. Mar Sha Mar Sha says:
      May 5, 2026 at 3:13 pm

      hmm, ok vaan ulhey hen eba hyvey dho? InshaAllah Thursday ga 12, thank u dear

  4. Aisha says:
    May 4, 2026 at 6:33 pm

    Vrh reethi ♥️.. aslu aharen dhekey gothugaa dhemyhun dheythiry hingaa hurihaa kamaky kithahme gai myhakas kiyadheyn vaane kameh noon.. hiyaaleh hodhumaky mahsala eh noon

    1. Mar Sha Mar Sha says:
      May 5, 2026 at 3:15 pm

      hmm good point! aslu life ga kiyaeh nedheveyne dho! but mee story eh vyma ehen vedhaanethaa. thank u ❤️

  5. Sheex says:
    May 4, 2026 at 7:28 pm

    Wow v reethi MA 🩷
    Alhey reen ar yan ge life dhww 😔😔😔
    V dheravey aslu 🥺
    Feels like romantic thankolhen annanhen e ulhenii❤️❤️❤️😘
    Eeeeeeeppppp🫣🫣🫣🫣
    CW4THENEXTP 💫
    Tc💛

  6. Sheex🎀 says:
    May 4, 2026 at 7:29 pm

    Wow v reethi MA 🩷
    Alhey reen ar yan ge life dhww 😔😔😔
    V dheravey aslu 🥺
    Feels like romantic thankolhen annanhen e ulhenii❤️❤️❤️😘
    Eeeeeeeppppp🫣🫣🫣🫣
    CW4THENEXTP 💫
    Tc💛

  7. Sheex🎀 says:
    May 4, 2026 at 7:30 pm

    Wow v reethi MA 🩷
    Alhey reen ar yan ge life dhww 😔😔😔
    Feels like romantic thankolhen annanhen e ulhenii❤️❤️❤️😘
    CW4THENEXTP 💫
    Tc💛

    1. Mar Sha Mar Sha says:
      May 5, 2026 at 3:17 pm

      anhaa, Sheex haadha varakah comment kollaafa miothy! thank u dear, adhi vaane gotheh neynge dho, lets see

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 12←


All Right Reserved!