“ވަރަށް އުފާވެއްޖެ ބައްޕައާ އަޒްޔަންއާ އޯކޭ ވީމަ. އެންމެންނަށް ވުރެވެސް ޒާއިން އުފާވި ހެން ހީވަނީ” އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ނޫރީން ވާހަކަ ދެއްކިއެވެ. ނޫރީން ބުނި އެއްޗަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އަޒްޔަން ހަމައެކަނި ހީލީއެވެ. “އަޒްޔަން.. ބޭބީ.. ބޭބީގެ ވާހަކަ އަޑު އިވުނީމަ.. އޭރު ގުޅާލަން ބޭނުންވި، އެކަމަކު ނުކެރުނީ.. އައިމް ސޯ ސޮރީ..” ނޫރީން ލަސްލަހުން ބުންޏެވެ. “އިޓްސް އޯކޭ.. ނޫރީން ބޭޑް ފީލް ވާކަށް ނުޖެހޭ.. އެ މީހަކު ހެދި މިސްޓޭކްއަށް […]
“އައި ވޯޒް ނެވަރ ޕޭޝަންޓް ރީން. ރީންއަށް ވަގުތު ދީގެން ހުއްޓަސް އަހަރެންގެ ހިތެއް އެ ގޮތަކާ ނުރުހޭ. އައި ވޯންޓް ޔޫ ޓު ބީ މައިން! އައި ވޯންޓް ޓު މޭކް ޔޫ މައިން..” ފަހު ޖުމްލައާ އެކު ދާނިޝްގެ އަޑާ ރާގުވެސް ބަދަލުވެގެން ދިޔައެވެ. އެއާއެކު ނޫރީންގެ ހުނުމުގެ އަޑު އިވުނެވެ. ފެންބޯން އައި ކަން ހަނދާން ނެތި އަޒްޔަން ބާރު ހިނގުމުގައި ނިކުތީ އިތުރަށް އަޑު އަހަން ހުންނަން ކެތް ނުވާނެތީއެވެ. އެ […]
ނޫރީންއާ މެދު ޝައުގުވެރިވާން ފެށުމުން ދާނިޝް އެކަން ސިއްރެއް ނުކުރެއެވެ. ނޫރީންއާ އެ ކަން ހިއްސާ ކުރުމުން ފުރަތަމަ ނޫރީން ދާނިޝްއާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ނަމަވެސް ދާނިޝްގެ ހުށަހެޅުން ނޫރީން ގަބޫލު ކުރީ، ދިރިއުޅުމާއިގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމާފައެވެ. ދާނިޝްމެންގެ އާއިލާގެ ވާހަކަ ނޫރީންއަށް ކިޔާދިނީ އަޝްދާއެވެ. ދާނިޝްއަކީ ސަމީއުއާ ނަޒާހާގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. މެދަށް ހުންނަނީ އަޝްދާއެވެ. އެންމެ ކުޑައީ ޝަދާއެވެ. އަޝްދާގެ ފިރިމީހާ […]
“ހުރިހާ ކަމެއް ވީ ދާނިޔާލް ދުނިޔެއަށް އައީތީ.. އެކަމަކު ދާނިޔާލް ވަކިވެގެން ދިޔައިރު އަހަންނަށް އެހެން ހުރިހާ އެއްޗެއްވެސް ގެއްލުނީ.. ނޫރީންވެސް، އަހަރެންގެ ފެމިލީވެސް.. މިއަދު ބައްޕަ އެ ހާލުގަ އޮތް އިރުވެސް އަހަރެން ދެކެންވެސް ބައްޕަ ބޭނުމެއް ނުވި.. ނޫރީން އުފަލެއްނު ވާންވީ؟ އަހަރެން ނޫރީންއަށް ހެދި ގޮތުގެ ބަދަލެއްނު މީ؟” އަޒްޔަން ބުންޏެވެ. އެއާއެކު ސިހިފައި އަޒްޔަންގެ މޫނަށް ބަލާލެވުނު އިރު ނޫރީންގެ ދެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ބުނެވުނީ ކީކޭ ކަން އަޒްޔަންއަށްވެސް […]
އަޒްޔަންއަށް ހީވީ އިރުކޮޅަކަށް ހިތުގެ ހިނގުންވެސް ހުއްޓުނު ހެންނެވެ. ބައްޕައާ މެދު ކަންބޮޑުވީ ވަރުން ނޫރީންގެ ވާހަކަ ނުނިމެނީސް އަޒްޔަން ތެދުވެގެން ކޮޓަރިއަށް ވަނެވެ. “މި ދަނީ..” ފޯން ސްޕީކަރަށް ލާފައި ޓީޝާޓެއް ލަމުން އަޒްޔަން ބުންޏެވެ. “އަޒްޔަން، އަހަންނަށް ވާނުވާ އަންގައިދެއްޗޭ” ނޫރީން އެދުނެވެ. “އޯކޭ، ފަހުން ގުޅާނަން” އެހެން ބުނި އިރު އަޒްޔަން ހުރީ ލިފްޓް ކުރިމަތީގައެވެ. އަދި އެ ކޯލް ކަނޑާލުމާއެކު ފުރަތަމަ ގުޅީ އެމްބިއުލާންސަށެވެ. ޝަފަގުއަށް ގުޅީ އޭގެ ފަހުންނެވެ. އަޒްޔަންއަށް […]
“ދަނީ މަންމާ..!” އައިސް ޝަފަގު ގައިގައި ބައްދާލަމުން އަޒްޔަން އެހެން ބުނެފައި ދުރަށް ޖެހިލާ އަޒްޔަންއާ ދުރަށް މޫނު އަނބުރައިގެން ހުރި ޔާސިރުއަށް ބަލާލާފައި ލޮލުން އައި ކަރުނަ ފޮހެލާފައި ޝަފަގުގެ ނިތްކުރިއަށް ބޮސްދިން ގޮތަށް އިތުރަށް މަޑު ކުރުމެއް ނެތި އަޒްޔަން ނިކުމެގެން ދިޔައެވެ. ޝަފަގުއާ ޔާސިރުގެ ކައިވެނީގެ އަހަރީ ދުވަސް އައީ ޒާއިންގެ އިމްތިހާނުގެ މެދުތެރެއިންނެވެ. މަންމައާ ބައްޕައަށް ގުޅާފައި އެ ދުވަހުގެ ތަހުނިޔާ ކިޔުމަށް ފަހު އަޒްޔަންއަށް ގުޅާލީ އަބަދުވެސް އެ […]
އަޒްޔަން ބުނަން އުޅޭ އެއްޗެއް ނުވިސްނި ހައިރާންވެފައި އިންދާ އަޒްޔަން ދެން ބުނެލި ބަސްކޮޅާ އެކު ނޫރީންއަށް އަޒްޔަންއާ ދިމާއަށް ބަލާލެވުނެވެ. “އައި ލަވް ޔޫ!” ރަތްވެފައިވި ދެ ލޮލުގައި ގިނަވެފައި ހުރި ކަރުނައާ އެކު ނޫރީންއާ ހަތަރުކަޅި ހަމަކޮށްލަމުން އެހެން ބުނި ގޮތަށް އަޒްޔަން ތެދުވެގެން ގޮސް ދޮރު ހުޅުވާފައި ނިކުތެވެ. އިން ގޮތަށް އިނދެ ނޫރީންއަށްވެސް ރޮވުނީއެވެ. އެ ބަސްތައް ސިކުނޑީގައި ތަކުރާރުވަމުން ދިޔަ ނަމަވެސް ނޫރީންއަށް އަޒްޔަންގެ އެ ބަހަށް އިތުބާރެއް ނުކުރެވުނެވެ. […]
“ނޫރީން، ދަރިފުޅު ބުނެބަލަ.. ކިހިނެއް ވީ؟ އަޒްޔަން އެއްޗެއް ބުނީތަ؟ ނޫނީ ނޫރީން ރުޅި އަންނަ ކަހަލަ ކަމެއް ކުރީތަ؟” ދެންވެސް އަޒްޔަން އެއްޗެއް ނުބުނުމުން ޝަފަގު އައިސް ނޫރީންގެ އަތުގައި ފިރުމާލަމުން އެހިއެވެ. “މަންމާ.. އަހަރެން ބޭނުމެއް ނޫން އަޒްޔަންއާ އެކީ އުޅޭކަށް.. އަޒްޔަން ކައިރީ ބުނޭ އަހަރެން ވަރިކޮށްދޭށޭ” ލޮލުން ކަރުނަ އައި ނަމަވެސް ނުރޯން މަސައްކަތް ކުރަމުން ނޫރީން އިސްޖަހައިގެން ހުރެ މަޑުމަޑުން ބުންޏެވެ. “ދަރިފުޅާ، ކަމެއް ވާ އިރަށް އެހާ އަވަހަށް […]
“އަދިވެސް ކިއާރާ ތި ގޮތް ދޫކޮށްލާކަށް ނުވޭތަ؟ އަދިވެސް ނުވިސްނޭތަ؟ އަހަރުމެން ދެ މީހުންނަށް އޯކޭ ވިޔަކަސް މި ކަންތަކުގެ ތެރެއަށް ކުއްޖަކު އުފަންވުން އެއީ ކުޑަ ކަމެއް ނޫނޭ” ރުޅިމަޑު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަޒްޔަންއަށް ނާކާމިޔާބު ވަމުން ދިޔައެވެ. “މި ބުނީނު މީ އަޒްޔަންއާ ބެހޭ ކަމެއް ނޫނޭ” އަޑަށް ބާރުލާފައި ކިއާރާ ބުންޏެވެ. “އަހަރެންގެ ދަރިއެއް ވިއްޔާ އަހަންނާ ބެހޭނެ” އަޒްޔަންގެ އަޑުވެސް ބާރުވިއެވެ. “ބެހޭ ނަމަ އެހެން މީހަކާ […]