Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 9

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 27, 2026 7 Mins Read
3 Comments

“ދެންވެސް ތި ބުނަނީ ދޮގެއް ނުހަދަމޭ؟ އަޒްޔަންއަށް ނޭނގުނަސް އަޒްޔަންގެ އަނތްބަކަށް ވެވޭނެ ދުވަހަކަށް އަހަރެން ވަރަށް އިންތިޒާރު ކުރިން. ބައްޕަމެން މި ކައިވެނި ހަމަޖެއްސި އިރު މީ އަހަރެން ކުރަން ބޭނުންވި ކަމެއް ނޫން. އެކަމަކު އެ ވާހަކަ ދެކެވުނު ފަހުން ފުރަތަމަ އަހަންނަށް އަޒްޔަން ފެނުނު ފަހުން އަހަރެން.. ފިރިއެއްގެ ގޮތުގަ ހަޔާތަށް ގެންނަން އަހަރެން ބޭނުންވި ހަމައެކަނި މީހަކީ ތީ.. އަޒްޔަންއަށް އަހަރެން ދެކެ ލޯބި ނުވެވިދާނެ ކަން އެނގޭ އިރުވެސް އަހަރެން ލޯބި ވީން.. އެހެން ވިޔަސް އަހަރެން އެދުނަސް އަޒްޔަން ބޭނުން ނުވެދާނެތީ އެހީ. އެ ދުވަހު އަޒްޔަން ރީއްޗަށް ކިޔާދިން ނަމަ އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން.

އަހަރެންގެ ފިރިއަކަށް ވީ އިރުވެސް އަޒްޔަން ދިޔައީ އަހަންނަށް ބޭވަފާތެރި ވަމުން. އަހަންނަށް އެކަން ހަނދާން ނައްތާލަން ފަސޭހައެއް ނުވާނެ. ތީ އަހަރެންގެ ފިރިމީހާއަށް ވިޔަސް ދެން އަހަންނަށް.. އައި ކާންޓް ބީ އަ ވައިފް ޓު ޔޫ އާފްޓަރ ދިސް..” އެ ވަރަށް ބުނެފައި ނޫރީން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

އަޒްޔަން ދެ އަތުން މޫނު ފޮރުވާލީ ދެން ހަދާނެ ގޮތަކާ މެދު ވިސްނަމުންނެވެ. ނަމަވެސް ދިމާވެފައިވާ ކަންތައްތައް ހައްލު ކުރާނެ ގޮތެއް އަޒްޔަންގެ ވިސްނުމަކަށް ނައެވެ.

ދެވަނަ ފަހަރަށް ޝަފަގު ގުޅީ އެރޭ ދިހައެއް ޖެހިއިރުވެސް ނޫރީންއާ އަޒްޔަންގެ ޚަބަރެއް ނުވުމުންނެވެ. ދެ ފަހަރަށް ނޫރީންގެ ފޯނަށް ގުޅި އިރުވެސް ޖަވާބެއް ނުލިބުމުން ޝަފަގު އަޒްޔަންއަށް ގުޅިއެވެ.

“މަންމާ..” އަޒްޔަން ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން ގޮވާލިއެވެ.

“އެއް ފަހަރުވެސް ކާން ނާންނާތީ މި ގުޅީ. ނޫރީން ނުނަގާ ފޯނެއްވެސް. ކައިގެންތަ ތި ތިބީ؟” ޝަފަގު އަހާލިއެވެ.

ހެނދުނު ކޮފީ ބުއި ފަހުން ނޫރީން އެއްވެސް އެއްޗެއް ނުކައެވެ. ދެވަނަ ފަހަރަށް އަޒްޔަން ނޫރީންއާ ވާހަކަ ދައްކަން މަސައްކަތް ކުރުމުން، އަޒްޔަން ދައްކާ ވާހަކަ އަޑުއަހަން އަދި ތައްޔާރު ނޫން ކަމަށް ބުނެ ކޮޓަރިން ނިކުމެގެން ގޮސް ވަނީ ނޫރީންގެ ބައްޕަ އުޅުނު ކޮޓަރިއަށެވެ. އޭގެ ފަހުން ނޫރީން ބޭރަކަށް ނުނިކުމެއެވެ.

ބަނޑުހައި ވި ނަމަވެސް ކާ ހިތް ނުވާތީ އަޒްޔަން ހޯދީ ކަޅުކޮފީގެ އެހީއެވެ. ޝަފަގުގެ އެ ސުވާލާއެކު އަޒްޔަންއަށް ބަނޑުހައިކަން އިހުސާސް ކުރެވުނެވެ. އެހެން ވިޔަސް އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އަޒްޔަންއަށް ވިސްނުނީ ނޫރީންއާ މެދުއެވެ.

“އެބަ ގުޅަން މަންމާ..” އެހެން ބުނި ގޮތަށް ފޯން ކަނޑާލާފައި އަޒްޔަން ކޮޓަރިން ނިކުތެވެ. ނޫރީން ވަން ކޮޓަރީގެ ދޮރު ހުޅުވާލަން ނުކެރިފައި އަޒްޔަން ހުއްޓާ ޝަފަގު އައިސް އެ ބަރަޔަށް ވަނެވެ.

“ކީއްވެތަ މަންމަ ގުޅީމަ ފޯން ނުނަގަނީ؟ ނޫރީން ކޮބާ؟” ޝަފަގު އެހިއެވެ.

“މަންމާ..!” ހާސްވެފައި އަޒްޔަންއަށް ގޮވާލެވުނީ ޝަފަގު ކޮޓަރިއަށް ވަންނަން އުޅުމުންނެވެ.

“ކިހިނެއްވީ؟” ޝަފަގުއަށް އަހާލެވުނެވެ.

“މަންމާ.. ފަހުން ދާނަން” އަޒްޔަން ބުންޏެވެ.

ވާނުވާ ނޭނގިފައި ޝަފަގުއަށް އަޒްޔަންއާ ދިމާއަށް ބަލަން ހުރެވުނެވެ.

“ކަމެއް ވީތަ؟” ޝަފަގު އަހާލިއެވެ.

އަޒްޔަން ޖަވާބެއް ނުދީ އިސްޖަހާލިއެވެ.

“އަޒްޔަން، ކިހިނެއް ވީ؟ ތިހެން ނުހުރެ ވީ ގޮތެއް ބުނެބަލަ! ކޮބާ ނޫރީން؟” ހާސްވީ ވަރުން ސުވާލު ކުރުމާއެކު ޝަފަގު ކޮޓަރީގެ ދޮރު ހުޅުވާލާފާއި ވަނެވެ.

“އަޒްޔަން، ނޫރީން ކޮބާ؟” ކޮޓަރީގައި އަދި ފާހާނާގައިވެސް ނޫރީން ނެތްކަން އެނގުމުން ޝަފަގު އެހިއެވެ. އަޒްޔަންއާ ނޫރީންގެ މެދުގައި ކަންތައްތައް ރަނގަޅު ނޫނޭ ޝަފަގުގެ ހިތް ބުނެލިއެވެ.

އަޒްޔަން އެއްޗެއް ނުބުނެ އަނެއް ކޮޓަރިއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

އެ ކޮޓަރިއަށް ޝަފަގު ވަންނަން އުޅުމުން ހުއްޓުވަން ހިތަށް އަރާފައިވެސް އަޒްޔަން މަޑުކޮށްލިއެވެ. ވީ ގޮތެއް ސާފު ނުވަނީސް ޝަފަގު ނުދާނެކަން ވިސްނުނީއެވެ.

ޝަފަގު ވަން އިރު އެނދުގެ މެދުގައި ކަހަލަ ގޮތަކަށް އެއް އަރިއަކަށް އޮތް ނޫރީން ފެނުމުން މަޑު ނުކޮށް އެނދުގެ މަގަތުން އިށީނދެ ނޫރީންގެ ކޮނޑުގައި ޝަފަގު އަތް ޖައްސާލިއެވެ.

ސިހިފައި ބަލާލި ނޫރީން ދެ އަތުން މޫނު ފޮހެލަމުން ތެދުވިއެވެ.

“ނޫރީން، ރޮނީތަ؟” ޝަފަގުއަށް އަހާލެވުނެވެ.

ޝަފަގު ކުރި ސުވާލަށް ނޫރީން ޖަވާބެއް ނުދިނެވެ. ޖަވާބެއް ނުދިނަސް ނޫރީން ރުއިކަން ޝަފަގުއަށް ސިއްރު ނުވާކަން އެނގޭތީއެވެ.

“އަޒްޔަން!” ޝަފަގު ބާރަށް ގޮވާލިއެވެ.

އަޒްޔަން އައިސް ދޮރުން އެތެރެއަށް ދެ ފިޔަވަޅު އަޅާފައި ހުއްޓުނެވެ.

“އަޒްޔަންއާ ނޫރީން ނުރުހޭ ކައިވެންޏެއްތަ މި ކުރެވުނީ؟” ޝަފަގު އަހާލީ ހިތުގައި އޮތް ސުވާލެވެ.

ޝަފަގު ކުރި ސުވާލާއެކު ނޫރީންއަށް މޫނުގައި ދެއަތް އަޅާލެވުނެވެ. ރުއިމުގެ އަޑު ބޭރުވިޔަ ނުދޭން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ.

“ނޫރީން، ނޫރީންގެ ނުރުހުމުގަތަ އަޒްޔަންއާ ކައިވެނި ކުރީ؟ މަންމަމެންނަށް ނޫރީންއަށް މަޖުބޫރު ކުރެވުނީތަ؟” ނޫރީންގެ ބުރަކަށީގައި ފިރުމާލަމުން ޝަފަގު އެހިއެވެ.

ނޫރީންއަށް ނުހިފެހެއްޓިގެން ރުއިމުގެ އަޑު ބާރުވެލީ ޝަފަގު އެ ސުވާލު ކުރުމުންނެވެ. އެނބުރި އެނދުގައި އޮށޯވެ ބާލީހުން މޫނު ފޮރުވާލި އިރު ނޫރީންގެ ރުއިމުގެ އަޑު ކޮޓަރީގައި ހަރުލާފައި ހުއްޓެވެ.

އަނގަމަތީ އެއް އަތް ޖައްސާލަމުން އަޒްޔަންއާ ދިމާއަށް ޝަފަގުއަށް ބަލާލެވުނެވެ. އިރުކޮޅަކު އިނދެފައި ޝަފަގު ފޯން ނަގާ ޔާސިރުއަށް ގުޅާފައި އެ ބަޔަށް އައިސްދިނުމަށް އެދުނެވެ.

“މަންމާ! މަންމަ ތި ހީކުރާ ގޮތަކަށް ނޫނޭ ވީކީ. ކީއްކުރަން ބައްޕައަށް ތި ގުޅީ؟” ޝަފަގު ކައިރިއަށް އައިސް އަޒްޔަން އަހާލިއެވެ.

“އެހެން ވިއްޔާ ދެން ކިހިނެއްތަ ވީ؟ އެއް ކުއްޖަކުވެސް ނުބުނަންޏާ ވެގެން އުޅޭ ގޮތެއް މަންމައަށް ކިހިނެއް އެނގޭނީ؟ ކޮންމެ ގޮތެއް ވިޔަސް ނޫރީންއަށް ލިބޭ ދެރައެއްގެ ޒިންމާ ނަގަން ޖެހޭނީ މަންމައާ ބައްޕަ. އެހެން ވީމަ ބައްޕައަށް ގުޅާނެއެއްނު؟” ކަންބޮޑު ވެގެން ޝަފަގުއަށް ވާހަކަ ދެއްކުނީ ބާރަށެވެ.

ޝަފަގުއަށް ޖަވާބެއް ނުދީ، ނޫރީން އޮތް ފަރާތުން އެނދާ ކައިރި ވެލާފައި އަޒްޔަންއަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ. އަޒްޔަން ފަސްޖެހިފައިވެސް އެނދުގައި އިށީނދެ ނޫރީންގެ ކޮނޑުގައި ހިފާލަމުން ގޮވާލިއެވެ.

“ނޫރީން..” ދެވަނަ ފަހަރަށްވެސް ނޫރީންއަށް ގޮވާލުން ފިޔަވާ އިތުރު އެއްޗެއް އަޒްޔަންއަކަށް ނުބުނެވުނެވެ.

ޔާސިރު އައިސް ގޮވާލުމުން ޝަފަގު ކޮޓަރިން ނިކުތެވެ.

“ނޫރީން، ދެން ހުއްޓާލާ.. އައިމް ސޯ ސޮރީ! އަހަރެން ކިހިނެއް ހެދިއްޔާ މި ކަންތައް ރަނގަޅު ވާނީ؟ ނޫރީން ބުނެބަލަ..” ނޫރީން ކައިރީ އިށީނދެ ނޫރީންގެ ކޮނޑުގައި އަތް ޖައްސާލަމުން އަޒްޔަން އެހިއެވެ.

ހަގީގަތުގައިވެސް އަޒްޔަން ބޭނުން ވަނީ އަޒްޔަންއަށް ހެދުނު ގޯސް ރަނގަޅު ކުރާށެވެ. ގަސްތުގައި ނޫނަސް އަޒްޔަންއަށް ނޫރީންގެ ހިތުގައި ޖެއްސިއްޖެއެވެ. ދޮގެއް ނުހެދިޔަސް ތެދަށްވެސް ނުބުނެވުނީއެވެ. އެއީ އޮޅުވާލުމަކަށް ނޫނީ ނުވާނެ ކަން އަޒްޔަންއަށް ގަބޫލު ކުރެވިއްޖެއެވެ.

“އަހަރެން ދާން ދެކޮޅު ނުހަދާ، ޕްލީޒް..” އެނދުން ތެދުވެ ކަރުނައިން ފުރިފައިވި ލޮލުން އަޒްޔަންއަށް ބަލާލަމުން ނޫރީން އެދުނެވެ.

އެ ވަގުތު ޔާސިރުއާ ޝަފަގު އެ ކޮޓަރިއަށް ވަނެވެ.

“ނޫރީން، ބައްޕަ އެކަނި ހަމަޖެއްސި ކައިވެންޏެއް ނޫން މީ. ނޫރީންގެ ބައްޕަގެ ރުހުމާ އެކީ ނޫރީންގެ ރުހުންވެސް ލިބުނު ކަމަށް ބައްޕަ ހީކުރީ. ނޫރީން ކީއްވެ އެއްފަހަރުވެސް ނުބުނީ؟ ނޫރީން ނުރުހޭ ކަން އެނގުނު ނަމަ ބައްޕަމެން މި ކައިވެންޏެއް ނުކުރުވީމުސް” އެނދު ކައިރީ ކޮޅަށް ހުރެ ޔާސިރު ބުންޏެވެ. ޔާސިރުގެ އަޑުގައި ވި ކަންބޮޑުވުމާ ހާސްކަން އަޒްޔަންއަށާ ޝަފަގުއަށް އިހުސާސް ކުރެވުނެވެ.

“އެ ކުއްޖާގެ މަންމައާ ބައްޕަވެސް ނެތް ދުވަހު އަހަރުމެންނަށް މި ކުރެވުނީ ކޮން ކަހަލަ ކަމެއް؟ އާސިޔާ ދުނިޔޭގަ ހުރި ނަމަ އަހަރެން އާސިޔާއަށް ދޭނީ ކޮން ޖަވާބެއް؟” ރޮވިފައި ހުރި ޝަފަގު އެހެން ބުނުމާއެކު ޔާސިރުގެ ގައިގައި ހިފާލަމުން ތިރިވިއެވެ.

“ޝަފަގު..” ޝަފަގު ގައިގައި ހިފަހައްޓަމުން ޔާސިރު ޝަފަގުއާ އެކު ތިރިވެ މުށިތައް މަތީ އިށީނެވެ.

“މަންމާ!” އަޒްޔަންވެސް ކަންބޮޑުވުމާއެކު ގޮވާލަމުން އައިސް ޝަފަގު ކައިރީ އިށީނެވެ.

ވިސްނާނުލާ އަޒްޔަން ނިންމި ނިންމުމެއްގެ ސަބަބުން އޭގެ އަސަރު ކުރީ ނޫރީންއަށް އެކަންޏެއް ނޫނެވެ. މަންމައާ ބައްޕައަށްވެސް ހިތްދަތިކަމެއް ދެވުނީއެވެ. ނޫރީން ދެކެ ޝަފަގު ލޯބިވާ ވަރު އަޒްޔަންއަށް އެނގެއެވެ. ދުނިޔެ ދޫކޮށް ގޮސްފައިވާ އެކުވެރިޔާގެ ހުރި ހަމައެކަނި ދަރިފުޅަށް ޝަފަގުގެ ސަބަބުން ދެރައެއް ލިބުނު ކަން އެނގުމުން ޝަފަގުގެ ހިތަށް ކުރާނެ އަސަރު އަޒްޔަންއަށް ވިސްނެއެވެ.

ކިއާރާ ދެކެ ވެވުނު ލޯބީގެ ސަބަބުން އަޒްޔަންއަށް އެހެން މީހަކާ މެދު ނުވިސްނުނީއެވެ. ކައިވެނި ކުރަން ކިއާރާ އެއްބަސް ނުވުމުން އެ ގުޅުން ނިންމާލާފައި ދުވަސްކޮޅަކު މަޑުކޮށްލެވުނު ނަމަ އެ ފަދަ ގޮތެއް ނުވީހެވެ. ނޫރީން އެ ވަރަށް ސުވާލު ކުރި އިރު ތެދަށް ހުރިހާ އެއްޗެއް ކިޔާދެވުނު ނަމަވެސް އެ ނަތީޖާއެއް ނުނިކުތީހެވެ.

“މަންމާ!”

“ޝަފަގު!”

އަޒްޔަންއާ ޔާސިރު އެއްފަހަރާ ގޮވާލީ ޝަފަގު އަނބުރައިގަތުމުންނެވެ.

އެ އަޑަށް ނޫރީންވެސް ތެދުވެ ދެ އަތުން މޫނު ފޮހެމުން އައިސް ޝަފަގު ކައިރީ އިށީނެވެ.

ޝަފަގު ގޮވައިގެން ޔާސިރު ހޮސްޕިޓަލަށް ދިޔަ އިރު އަޒްޔަންއާ ނޫރީންއާ ޒަޔާންވެސް ދިޔައެވެ. އަވަސް ފަރުވާއަށް ފަހު ޝަފަގުގެ ޙާލު ރަނގަޅު ވުމުން ގެއަށް އާދެވުނު އިރު އަނެއް ދުވަހު ހެނދުނު ނުވައެއް ޖަހައިފިއެވެ. ކޮޓަރީގައި ހަމަޖެހިލެވުމުން ޝަފަގު އެދުނީ އަޒްޔަންއާ ނޫރީން މަޑުކޮށްފައި ޔާސިރުއާ ޒަޔާން ބޭރަށް ނިކުތުމަށެވެ.

“ނޫރީން، މަންމަ އެއްފަހަރުވެސް ހިތަކަށް ނާރާ ނޫރީންއަށް މަޖުބޫރު ކުރެވެނީއެކޭ. އެއީ ދުވަހަކުވެސް މަންމަ ކުރާނެ ކަމެއް ނޫން. މަންމައަށް މާފް ކޮށްދީ. މަންމަގެ ސަބަބުން ނޫރީންއަށް ކުޑަވެސް ދެރައެއް ލިބޭކަށް ނޭދެން، އަދި އަމްދުން ނޫރީންގެ ދިރިއުޅުން ހަލާކު ވާކަށް ދުވަހަކުވެސް ނޭދެން. މަންމަގެ އުފަލަށޭ ކިޔާފަ ނޫރީން ނުޖެހޭނެ ތި ކައިވެނި މަތީ ހުންނާކަށް. އަޒްޔަން، މަންމަމެންނަށް ދަރިފުޅަށްވެސް މަޖުބޫރު ކުރެވުނު ކަމަށް ވަންޏާ މަންމައާ ބައްޕައަށް މާފު ކޮށްދީ. ނޫރީންގެ ނުރުހުމުގަ އޭނަ ނުހިފަހައްޓާ މިނިވަން ކޮށްދީ” ވާހަކަ ދައްކަމުން ޝަފަގުއަށް އަނެއްކާވެސް ރޮވުނެވެ.

ޝަފަގު އެންމެ ފަހުން ބުނެލި ޖުމްލައިން ހިތަށް އުނދަގޫވެފައި ހުރި އަޒްޔަން ޝަފަގުގެ މަގަތުން އިށީނދެ މަންމަގެ އަތުގައި ހިފާލަމުން ނޫރީންއަށް ބަލާލިއެވެ. ޝަފަގުގެ އެ އެދުމަކީ ނޫރީންގެވެސް އެދުމަށް ވާނަމަ އެ އެދުން ފުރިހަމަ ކޮށްދިނުމަށް އަޒްޔަން ނިންމިއެވެ.

“މަންމަ ނިޔާވި ފަހުން ޝަފައްތަ ތީ ހަމަ އަޅޫގަނޑުގެވެސަ މަންމަ ފަދަ.. އަޅުގަނޑު ދެރަވާ ކަމެއް ނޫނީ ނުރުހޭ ކަމެއް އަޅުގަނޑުގެ މަންމައެކޭ އެއް ފަދައިން ޝަފައްތަވެސް ނުކުރާނެ ކަން ޔަގީން. ތީ އަޒްޔަންގެ މަންމައަށް ވާ އިރު ދެ ގޮތުންވެސް އަޅުގަނޑުގެ މަންމައަކީ މިހާރު ތީ. ޝަފައްތަ މާ ބޮޑަށް ތި ވިސްނަނީ. މީ އަޅުގަނޑގެ ނުރުހުމުގަ ކުރި ކައިވެންޏެއް ނޫން. އަޅުގަނޑު ރުހިގެން، ބޭނުން ވެގެން އެއްބަސްވީ. އަޅުގަނޑަށް މިއަދު އައިސްފައި ހުރި ބަދަލަކީ މި ކައިވެންޏާ ހެދި ނޫނީ އަޒްޔަންއާ ހެދި އައި ބަދަލެއް ނޫން. ބައްޕަ މަތިން މާ ބޮޑަށް މިއަދު ހަނދާންވީ، އެހެންވެ ރޮވުނީ” އަނެއް ފަރާތުން އެނދަށް އަރާ ޝަފަގުގެ އަތްތިލައިގައި ފިރުމަމުން ނޫރީން ބުންޏެވެ.

“ތެދަށްތަ ތި ބުނީ؟ މަންމަ ހިތްހަމަޖައްސައިދޭން ބުނި އެއްޗެއް ނޫންތަ ތީ؟” ގަބޫލު ކުރަން ދަތިވެފައި ޝަފަގު އަހާލިއެވެ.

ނޫރީން ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“އަޒްޔަން، ދަރިފުޅު ނޫރީންއަށް ވަގުތު ދެއްޗޭ. ހިތްހަމަނުޖެހޭ ކަމެއް ވިޔަސް ނޫރީންއަށް ވިސްނައިދެއްޗޭ. ނޫރީންއަށް މި ކައިވެންޏަށް އެޖަސްޓް ވާން ވަގުތު ބޭނުން ވާނެ، އެ ކަން އަޒްޔަން ވިސްނައްޗޭ.. ނޫރީން، ދަރިފުޅުވެސް އަޒްޔަންއާ އެކީ އުޅެން މަސައްކަތް ކުރަން ވާނެ އިނގޭ. ކައިވެންޏެއް ދެމެހެއްޓޭނީ ދެ ކުދިންވެސް އެއްވަރަށް މަސައްކަތް ކޮށްގެން. ނޫރީންއާ އަޒްޔަންގެ ކައިވެންޏަކީ އަދި ތަފާތު ކައިވެންޏެއް. މިހާރު ކުދިން އަމިއްލައަށް މި ކަހަލަ ކަންތައް ނިންމާ އިރު ތި ދެ ކުދިން މި ވަރުގެ ނިންމުމެއް ނިންމީ މަންމަމެންނަށް ޓަކާ. އެހެން ވީމަ ކަންތައްތައް އުނދަގޫ ވާނެ، އެހެން ވިޔަސް ދެ ކުދިންވެސް އެކަކު އަނެކަކާ ދޭތެރޭ ވިސްނަން ވާނެ..” ޝަފަގު ނަސޭޙަތުގެ ގޮތުގައި ދެކުދިންނަށް ބުނެދެމުން ދިޔައެވެ.

އަޒްޔަން އަނގައިން ނުބުނެ ބޯ ޖަހާލިއެވެ.

“ޝަފައްތަ ކަންބޮޑު ނުވޭ” ނޫރީން ބުންޏެވެ.

“މީ ދެން ޝަފައްތައެއް ނޫނޭ. ނޫރީންވެސް ދެން މަންމަ ކިޔަން އާދަ ކުރޭ. މަންމަމެންނާ ވާހަކަ ދައްކާ އިރު އަޅުގަނޑު ނުކިޔަސް ރަނގަޅު ވާނެ. އަޒްޔަންއާ ޒަޔާންވެސް އުޅޭހެން ނޫރީންވެސް މަންމަމެން ކައިރީ އުޅެން ވާނީ” ހިނިތުންވުމަކާއެކު ޝަފަގު ބުންޏެވެ.

“އޯކޭ މަންމާ!” ޝަފަގުގެ އަތުގައި ހިފާލަމުން ނޫރީން އެއްބަސް ވިއެވެ.

 

ޝަފަގުއަށް ނިދެން ދެން އަޒްޔަންއާ ނޫރީން ޝަފަގު ކައިރީ ތިބެފައި ދެމީހުން އެޕާޓްމެންޓަށް ދިޔައީ ޔާސިރުއާ ޒަޔާންއާ އެކު ސައިގައި ބައިވެރި ވެފައެވެ. ގެއަށް ވަދެ އަޒްޔަން ސޯފާގައި އިށީނުމުން ނޫރީން ކޮޓަރިއަށް ވަނެވެ. އެ ކޮޓަރިއަށް ނޫރީން ވަނުމުން އަޒްޔަންއަށް ހައިރާންވެފައި ބަލަން އިނދެވުނެވެ. ބައިގަޑިއެއްހާ އިރު ވީ އިރުވެސް ނޫރީން ނުނިކުންނާތީ އަޒްޔަން ކޮޓަރިއަށް ވަނެވެ. އޭރު ފެންވަރައިގެން ނިކުތް ނޫރީން، ރީތިވާ މޭޒު ކައިރީ އިނެވެ.

“މަންމަމެންނަށް އެއްވެސް ކަމަކާ ޝައްކެއް ވާކަށް ބޭނުމެއް ނޫން. އެއް ގެއެއްގަ އުޅޭ އިރު މަންމަ މި ތަނަށް އަންނާނެ. މަންމަ ކައިރީ ނާންނާށެކޭ ނުބުނެވޭނެ. އެހެންވެ އަހަރެން މި ރޫމްގަ އުޅޭނީ. އެކަމަކު.. އައި ނީޑް ޓައިމް.. އެންޑް ޑިސްޓެންސް..” އަޒްޔަންގެ ހިތުގައިވި ސުވާލަށް ނޫރީން ޖަވާބު ދިނެވެ.

“ނޫރީން.. އައިމް ސޮރީ. އެއްވެސް ކަމެއް ކުރީ ނޫރީންއަށް ދެރައެއް ދޭކަށް ނޫން.. ކުރިން ނުވިސްނުނަސް މިހާރު ގަބޫލު ކުރެވޭ އަހަންނަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަން. އަހަންނާ އިންނަން ނޫރީން ރަން ކީ ވަގުތުން ފެށިގެން ނޫރީންއަކީ އަހަރެންގެ ލައިފްގެ އެއްބަޔަށް ވީ ހެން އަހަންނަކީވެސް އެ ވަގުތުން ފެށިގެން ނޫރީންގެ ހައްގެއް. އެ ވަގުތުން ފެށިގެން އެހެން މީހަކާ ގުޅުމެއް އޮތުމަކީ ނޫރީންއަށް ބޭވަފާތެރިވުން. އެކަމަކު މިހާރު އެއީ އަހަރެންގެ ޕާސްޓް. ދެވަނަ ފަހަރަށް އަހަންނާ ނޫރީންގެ މެދަށް ކިއާރާއެއް ނާންނާނެ. އަހަންނަށް އަދި ޗާންސެއް ދީ. މި ކައިވެންޏަށް އަދި ޗާންސެއް ދީ” ނޫރީންގެ ފަހަތުގައި އައިސް ހުއްޓި ލޯގަނޑުން ނޫރީންގެ މޫނަށް ބަލަން ހުރެ އަޒްޔަން ވާހަކަ ދެއްކިއެވެ.

“އަޒްޔަންއަށް އިތުބާރު ކުރަން ޖެހޭ ސަބަބެއް ނެތަސް ވަރަށް އިތުބާރު ކޮށްފަ ކައިވެނި ކުރީ، އަދި ފިރިމީހާއަށް ވީތީ ހުރިހާ ހައްގެއް ދިނީ. އެކަމަކު ސައުވީސް ގަޑި އިރު ނުވަނީސް އެ އިތުބާރު ގެއްލިގެން ދިޔައީ. އަޒްޔަންއަށް ހީވޭތަ ދެން ތިހެން ހަމަ ބުނާ އިރަށް އަހަންނަށް އަލުން އެ އިތުބާރު ކުރެވިދާނެ ހެން؟ އޭރު އަޒްޔަންގެ މަންމަ ކައިރީ އަހަރެން ބޭނުމީ މި ކައިވެނިން މިނިވަން ވާށޭ ބުނި ނަމަ މި ވަގުތު މިތާ މި ގޮތަށް އަހަރުމެން ނުތިބޭނެ. އެ ވަރުން އަހަރެން މި ދިނީ އިތުރު ފުރުސަތެއް ކަން އަޒްޔަންއަށް ނުވިސްނޭތަ؟ އެކަމަކު މީ އަޒްޔަންއަށް ޓަކާ ދިން ފުރުސަތެއް ނޫން. މަންމަގެ ސަބަބުން އަޒްޔަންއަށް ލިބުނު ފުރުސަތެއް މީ. އެހެން ވިޔަސް އަހަންނަށް އަދި ވަގުތު ބޭނުން” ނޫރީން ބުންޏެވެ.

އަޒްޔަން އިތުރު އެއްޗެއް ނުބުނެ ނޫރީންގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ހޮސްޕިޓަލުގައި ރޭ އެކުގައި ހޭދަ ވުމުން ފަތިސް ނަމާދު ނުކުރެވުނީތީ ނޫރީން ނަމާދަށް އެރިއެވެ. ފެންވަރައިގެން ނިކުމެ އަޒްޔަންވެސް ނަމާދުކޮށްލީ ކޮޓަރީގައެވެ. އޭރު ނޫރީން އެނދުގައި އޮތެވެ. ދެ ޚިޔާލެއްގައި ހުރެފައިވެސް އަޒްޔަން އެނދާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އެނދުގައި އިށީނދެވުމުގެ ކުރިން އަޒްޔަންގެ ފޯންގެ ރިންގްގެ އަޑުން ކޮޓަރިތެރޭގައި ވި ހިމޭން ކަން ނަގާލިއެވެ. އަވަސްއަވަހަށް ސައިޑްޓޭބަލް މަތީ ބަންޑުން އޮތް ފޯން ނަގާ ބަލާލި އިރު ސްކްރީންގައި އިން ނަން ފެނުމާއެކު އަޒްޔަންއަށް ބަލާލެވުނީ ނޫރީންއާ ދިމާއަށެވެ. ކިއާރާގެ ނަން ފޯންގެ ސްކްރީނުން ފެނިފައި ފުރަތަމަ ފަހަރަށް އަޒްޔަންގެ ހިތުގައި ފޫހިކަމެއް އުފެދުނެވެ. އެ ކޯލް ނެގުމުގެ ބަދަލުގައި ބިޒީކޮށްލާފައި އަޒްޔަން ފޯންގެ ރިންގް އޮފް ކޮށްލިއެވެ. ނަމަވެސް އަޒްޔަންއަށް ހަމަޖެހިލާނެ ވަގުތެއް ނުލިބުނެވެ. ދެވަނަ، ތިންވަނަ އަދި ހަތަރު ފަހަރަށްވެސް ކިއާރާ ގުޅަމުން ދިޔައެވެ. ހަވަނަ ފަހަރަށް އައި ކޯލްއާ އެކު ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން އަޒްޔަން ބެލްކަންޏަށް ނިކުތެވެ.

“އަޒްޔަން.. ކަމް ބެކް ޕްލީޒް—” ކިއާރާ ބުނަން ފެށި ނަމަވެސް އަޒްޔަން އެ އަޑު އަހާކަށް މަޑެއް ނުކުރިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބުލީކުރުން ހުއްޓުވުން: މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން!

Next

މި ލޯތްބާއި ތި ވަޢުދު (1)

Next
April 27, 2026

މި ލޯތްބާއި ތި ވަޢުދު (1)

Previews
April 27, 2026

ބުލީކުރުން ހުއްޓުވުން: މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން!

3 Comments!

  1. Mar Sha Mar Sha says:
    April 27, 2026 at 4:43 pm

    ސަލާމް، މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން، 10 ވަނަ ބައި ބުރާސްފަތި ދުވަހު ގެނެސްދެވޭތޯ ބަލާނަން.

  2. Sheex says:
    April 27, 2026 at 5:46 pm

    V reethi mi part MA
    Sheex v kiyaalaa hiy vey azyan ar nooreen ar v loabin ulhey part thah
    Azyan ves kuh kuri but I hope ragalhu vaane kamah
    His ex his life thereah nuvadhejjiyaa hahthahaaves ragalhu
    CW4THENEXTP
    Tc

    1. Mar Sha Mar Sha says:
      April 30, 2026 at 11:17 am

      thank u Sheex, lets see dho kuriah dhaany kihineh tho

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 10←


All Right Reserved!