Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 5

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 6, 2026 5 Mins Read
11 Comments

މަދީ ހަމައެކަނި ލޯތްބެވެ. އެހެން ވިޔަސް އަޒްޔަން މަސައްކަތް ކުރާނެއެވެ. ހިތުގައި ނުވިޔަސް ޢަމަލުން ލޯބި ދައްކަން މަސައްކަތް ކުރާނެއެވެ. ކޮންމެވެސް ދުވަހަކުން އެ ހިތުގައި ނޫރީންގެ ނަންވެސް ލިޔެވިދާނެއެވެ.

 

ދެން އައި ދެ ދުވަހުވެސް އަޒްޔަންގެ ކޯލެއް ނޫރީންއަކަށް ނުލިބެއެވެ. ޝަފަގުމެން އުޅޭ ބަޔަށް ނޫރީން ދިޔަ ނަމަވެސް ގޭތެރެއިން އަޒްޔަންއެއް ނުފެނެއެވެ. އަޒްޔަންއާ ބެހޭ ގޮތުން ޝަފަގު ގާތު އަހާލާކަށްވެސް ނޫރީންއަކަށް ނުކެރެއެވެ. އެހެން ނަމަވެސް ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން “ގުޑްނައިޓް” ކިޔާފައި އަޒްޔަން މެސެޖެއް ކޮށްލައެވެ. ޖަވާބުގައި ނޫރީންވެސް ފޮނުވަނީ ހަމަ އެ މެސެޖެވެ.

އަޒްޔަންގެ ފޯނެއް ނޫރީންއަށް އައީ ކައިވެނި ކުރެވެން އޮތް ދުވަހުގެ ކުރީ ރޭގައެވެ. އެ ދުވަހު ހެނދުނު ހޭލި ގޮތަށް ނޫރީން އުޅުނީ އެކިއެކި ކަންކަމުގައެވެ. ކައިވެންޏަށް ތައްޔާރުވުމަށް ނޫރީން ބޭނުންވާ އެންމެ ފަހުގެ ކަންތައް ނިންމުމަށް ޝަބާއާ އެކު ބޭރުގައި އުޅެފައި ނޫރީންއަށް ގެއަށް އާދެވުނު އިރު އެގާރަ ޖަހައިފިއެވެ. ފެންވަރައިގެން ނިކުތް ތަނާ ފޯނެއް އަންނާތީ ބަލާލި އިރު ގުޅަނީ އަޒްޔަންއެވެ.

“ނޫރީން، ނިދީތަ؟” ނޫރީން ފޯން ނެގިލެއް ލަސްވުމުން އަޒްޔަންއަށް ހީވީ ނޫރީން ނިދީ ކަމުގައެވެ.

“ނޫން، ކިހިނެއް ވީ؟” ނޫރީން އަހާލިއެވެ.

“އަހަރެން ދަންތަ؟” އަޒްޔަން އަހާލީ ޖެހިލުންވެފައި ހުރެއެވެ.

“އަރާ، މި ހުޅުވަނީ” ވަރުބަލިވެ ނިދި އައިސްފައި ހުރި ނަމަވެސް ނޫރީން ދެކޮޅެއް ނުހަދައެވެ.

ނޫރީން ކުޑަކޮށް ރީތިވެލައިގެން ކޮޓަރިން ނިކުތް ވަގުތު ބެލް ޖަހާލި އަޑު އިވުނެވެ.

ދޮރު ހުޅުވުމުން އަޒްޔަން ވަދެ ސޯފާގައި އިށީނެވެ.

“ކޮފީ ބޯނަންތަ؟” ނޫރީން އަހާލިއެވެ.

އަޒްޔަން ދެފަރާތަށް ބޯ ހަލުވާލީ އެރޭ ކޮފީ ބޯން ބޭނުން ނުވާތީއެވެ.

“ސޮރީ އިނގޭ ގުޅާވެސް ނުލެވުނީމަ.. އޮފީހުގަ ތަންކޮޅެއް ބިޒީ ވީ” ފާއިތުވި ދެތިން ދުވަހު ނޫރީންއާ ދުރުދުރުން އުޅެވުނީތީ ނޫރީންގެ ހިތުގައި އެ ސުވާލު އުފެދިދާނެ ކަމުގައި ހީވެ އަޒްޔަން މާފަށް އެދުނެވެ.

“އިޓްސް އޯކޭ” ނޫރީންވެސް އިށީނެވެ. އެރޭ އެހާ ލަސްވީ ފަހުން އަޒްޔަން އަންނަން ބުނީ ކީއްވެ ބާއޭ ހިތަށް އެރި ނަމަވެސް ނޫރީންއަށް އަހާލާކަށް ނުކެރުނެވެ. އެހެން ވިޔަސް އަޒްޔަން އައީތީވެސް ނޫރީން އިނީ އުފަލުންނެވެ.

“މެރީ ކޮށްގެން ކިހިނެއް އުޅެން ނޫރީން ބޭނުމީ؟” އަޒްޔަން އަހާލިއެވެ.

“ތި ބުނީ..؟” އަޒްޔަން ބުނި އެއްޗެއް ނޫރީންއަކަށް ނުވިސްނުނެވެ.

“މި ބުނީ.. އަހަރެންގެ ފެމިލީއާ އެކީތަ ނޫރީން އުޅެން ބޭނުމީ؟ ނޫނީ މިތާތަ؟” އަޒްޔަން އަހަން ބޭނުންވި އެއްޗެއް ސާފުކޮށްދިނެވެ.

“އަޒްޔަން ބޭނުން ވަނީ ކޮން ގޮތެއް؟” ނޫރީން އަހާލިއެވެ.

“އަސްލު އަހަރުމެންގެ ކައިވެންޏަކީ ނޯމަލް ކައިވެންޏަކަށް ނުވާނެ ދޯ؟ މި ބުނީ.. ކުރިން އެނގިފަ އޮތަސް މީ ފެމިލީ އިން އެރޭންޖް ކޮށްގެން ކުރެވޭ ކަމެއް ވީމަ.. އަހަރުމެންގެ މެދުގަ ކަންތައްތައް ކުރިއަށް ދާ ގޮތް އެހެން މީހުންނަށް އެނގުން މުހިންމު ހެން ހީ ނުވާތީ.. ނޫރީންއަށް އޯކޭ ވިއްޔާ މި އެޕާޓްމެންޓްގަ އަހަންނާ ނޫރީން އުޅެން ކިހިނެއް ވާނެ؟ ނޫނީ އެހެން ތަނެއްގަ އުޅެންވެސް އޯކޭ. އެކަމަކު ނޫރީންއަށް އޯކޭ ވިއްޔާ” އަޒްޔަން ވިސްނާލާފައި ބުނެލިއެވެ.

ހަގީގަތުގައި އަޒްޔަން ބޭނުން ވީ އަޒްޔަންގެ މައިންބަފައިންނާ ވަކިން އުޅޭށެވެ. ނޫރީންގެ ޚިޔާލެއް ހޯދަން ބޭނުން ވީ އެ ގޮތަށް ނިންމޭނީ ނޫރީންގެ ރުހުންވެސް ލިބިގެން ކަމަށް ވާތީއެވެ.

“މިތާ އުޅެން އޯކޭ. ފަސޭހަ ވާނެ ދޯ؟” ނޫރީންވެސް ބޭނުން ވަނީ އެ ގޮތް ކަމުގައި ވާތީ ޖަވާބު ދޭކަށް ފަހެއް ނުޖެހުނެވެ. އެހެން ވިޔަސް އަޒްޔަން އެ ސުވާލު ކުރުމުން ނޫރީންގެ ހިތުގައިވެސް ސުވާލެއް އުފެދިއްޖެއެވެ.

ކައިވެންޏަށް ފަހު އަޒްޔަން ކުރިއަށް ދާން ގަސްތު ކުރަނީ ކިހިނެއް ހެއްޔެވެ؟ އެ ދެމީހުންގެ މެދުގައި އުފެދޭ ގުޅުން ކުރިއަށް ގެންދަން އަޒްޔަން ބޭނުން ވަނީ ކޮން ގޮތަކަށް ހެއްޔެވެ؟

އެންމެ މުހިންމު ސުވާލަކީ، އެ ކައިވެނި ކުރަން އަޒްޔަން ބޭނުންވޭ ހެއްޔެވެ؟

ކައިވެނި ކުރަން އަޒްޔަން ބޭނުން ނުވާ ކަން ދޭހަވާ ފަދަ އެއްވެސް ކަމެއް އަޒްޔަންގެ ފަރާތުން ފެނިފައި ނުވިޔަސް، އެއީ އަޒްޔަން ކުރަން ބޭނުން ނުވާ ކަމެކޭ ނޫރީންއަށް ހީވަނީއެވެ. އަޒްޔަންގެ ފަރާތުން އިހުސާސް ކުރެވޭ ދުރުކަން ނޫރީންގެ ހިތަށް އުނދަގޫ ކުރަނީއެވެ. ނޫރީންއަށް އަޒްޔަން ދެކެ ލޯބި ވެވުނު ނަމަވެސް އަޒްޔަންގެ ނުރުހުމެއް ކުޑަކޮށްވެސް ވާނަމަ އެ ކައިވެނި ކުރާކަށް ނޫރީން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ކުރިންވެސް ނޫރީން ސުވާލު ކުރީ އެހެންވެއެވެ. ނަމަވެސް ނޫރީންގެ ސުވާލަށް އަޒްޔަން ސީދާ ޖަވާބެއް ނުދެއެވެ.

“އަޒްޔަން..” އަނެއްކާވެސް އެ ސުވާލު ކުރަން އުޅެފައި ނޫރީން ފަސްޖެހުނެވެ.

“ހްމްމް..؟” އެއް ބުމަ ހިއްލާލަމުން ސުވާލެއް ފަދައިން އަޒްޔަން އަޑެއް ލައްވާލިއެވެ.

“އިޒް ދިސް ވަޓް ޔޫ ވޯންޓް؟” އަނެއްކާވެސް ނޫރީން އަހާލިއެވެ.

“މާދަމާ ކައިވެނި ކުރެވޭ އިރު އަދިވެސް ނޫރީންގެ ހިތުގަ ތި ސުވާލު އުފެދޭތަ؟” އަޒްޔަން އަހާލިއެވެ.

“ކުރެވެން މި އުޅެނީ ދެ މީހުންވެސް ރުހޭ ކަމެއް ކަން ޔަގީން ނުވާތީ ސުވާލު ކުރެވެނީ” އެހެން ބުނެވުމާއެކު އަޒްޔަންގެ ޖަވާބު އައިސްދާނެ ގޮތެއް ނޭނގި ނޫރީންގެ ހިތުގެ ތެޅުން އަވަސްވެލިއެވެ.

“އަހަރެން ބޭނުން ނުވާހެން ނޫރީންއަށް ހީވީތަ؟” ނޫރީންއަށް ބަލާލަމުން އަޒްޔަން އަހާލިއެވެ.

“މީ ލައިފްގެ ވަރަށް ބޮޑު ނިންމުމެއް. އަސްލުގަ މީ މީހަކު ބުނެގެން ކުރަން ޖެހޭ ކަމެއް ނޫން. ކައިވެންޏަކީ ދެމީހަކު އަމިއްލައަށް ބޭނުން ވެގެން، ލޯބިވާތީ، ލައިފް އެކީގަ އުޅެން ބޭނުން ވާތީ ކުރަން ޖެހޭ ކަމެއް. އަހަރުމެންނަށް އެހެން ގޮތަކަށް ކުރަން ޖެހުނަސް، އެއްވެސް މަޖުބޫރެއް އޮވެގެން ކުރާކަށް ބޭނުމެއް ނޫން. އަހަރެންގެ ލައިފްގަ އެހެން މީހަކު ނެތް. އެކަން އަހަންނަށް ޔަގީން. އަޒްޔަންގެ ލައިފްގަ އެހެން މީހަކު ނެތް ކަން، އަޒްޔަން ލައިފްއެއް ފަށަން ބޭނުން ވަނީ އެހެން މީހަކާ އެކީ ނޫން ކަން ޔަގީން ކުރަން ބޭނުން ވަނީ” ނޫރީން ބުންޏެވެ.

“ނޫރީން ތީ އަބަދުވެސް އަހަރެންގެ ލައިފްގަ ހުރި ކުއްޖެއް، ކުރިންވެސް ހުރި، މިހާރުވެސް ތި ހުރީ، ދެންވެސް ހުންނާނީ ނޫރީން” ނޫރީންގެ މޫނަށް ބަލާލަމުން އަޒްޔަން ބުނެލިއެވެ.

“އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން ތީކީ. ތެދަށް ބުނެބަލަ، އަޒްޔަންގެ ލައިފްގަ އެހެން ކުއްޖަކު ހުރީތަ؟” ނޫރީން ފަސް ޖެހުނު ނަމަވެސް ކުރަން ބޭނުން ވި ސުވާލު ކޮށްލިއެވެ. އަޒްޔަން އެ ދިން ޖަވާބުން ނޫރީންގެ ހިތުގައި ސުވާލު ގިނަވުން ނޫން ކަމެއް ނުވިއެވެ. އަޒްޔަން ސާފުކޮށް ނުބުނަން އުޅޭހެން ނޫރީންއަށް ހީވަނީއެވެ.

“އަހަރެންގެ ލައިފްއަށް ކުއްޖަކު އައި.. އެކަމަކު މެރީ ކުރާ ހިސާބަކަށް ނުދޭ” އަޒްޔަން ޖަވާބު ދިނީ އިރުކޮޅެއް ފަހުންނެވެ.

“އަހަންނާ މެރީ ކުރަން ޖެހޭތީތަ؟” ނޫރީން އަހާލިއެވެ.

އަޒްޔަން ދެފަރާތަށް ބޯ ހަލުވާލިއެވެ. ކިއާރާގެ ވާހަކަ ނޫރީން ގާތު ބުނަންވީ ބާއޭ އެ ވަގުތު އަޒްޔަންގެ ހިތަށް އެރިއެވެ. އެ ޚިޔާލު ހިތަށް ވަނުމާ އެކު އަޒްޔަން ލޯ މަރާލަމުން ކިއާރާގެ ޚިޔާލު ހިތުން ނެރެލަން މަސައްކަތް ކުރިއެވެ. އެ ވާހަކަތައް ނޫރީންއަށް ކިޔާދިނުމުގެ ބޭނުމެއް އޮތް ކަމަކަށް އަޒްޔަންއަށް ގަބޫލެއް ނުކުރެވެއެވެ.

އަޒްޔަން ސޯފާގައި ހަށިގަނޑު ސީދާ ކޮށްލާފައި ނޫރީންއާ ދިމާއަށް ބަލާލިއެވެ. އެ މޫނަށް ބަލަން އިން އިރު އަނތްބެއްގެ ގޮތުގައި ނޫރީން ސިފަ ކުރުމަށް އަޒްޔަން އަމިއްލަ ނަފްސަށް ބާރު އަޅާލިއެވެ. ނޫރީންގެ މޫނާ ހަށިގަނޑަށް ކުރިން ބެލިފައި ނުވާ ނަޒަރަކުން ބަލާލިއެވެ.

އެފަދަ ގޮތަކަށް ނޫރީން ސިފަ ކޮށްލާކަށް އަޒްޔަންއަށް އުނދަގުލެއް ނުވިއެވެ. ނޫރީންއަކީ ރީތި އަންހެން ކުއްޖެކެވެ. އެންމެ ދޮން ކުދިންގެ ތެރޭގައި ނުހިމެނުނަސް އެ މޫނުގައި އައިބެއް ނެތެވެ. އަޅައިގެން އިން ރަތް ކުލައިގެ ބުރުގާގެ ތެރެއިން މޫނު ފެންނަ އިރު އެ ކުލަ ނޫރީންއާ ވަރަށް ގުޅެޔޭ އަޒްޔަން ހިތަށް އެރިއެވެ. ބޮޑު ދެލޮލުގެ ޗޮކްލެޓް ކުލައިގެ ކަޅި އާންމުކޮށް ދިވެހިންގެ ތެރެއިން ފެންނަ ވަރަށް ވުރެ ކުލަ މަޑެވެ. އެއީ ނޫރީންގެ މަންމަގެ ފަރާތުން ވާރުތަ ކޮށްފައިވާ ސިފައެއް ކަން އަޒްޔަންއަށް އެނގެއެވެ. ފިޔާތޮށި ކުލައިގެ ތުންފަތުގައި އޭރުވެސް ހުރީ ލިޕްބާމްއެއް ހާކާފައި ކަން އެނގެއެވެ. އެ ތުންފަތް ހަރަކާތް ކޮށްލާ ގޮތުން ވައަތު ކޮލަށް އެޅޭ އަޑިކޮޅަކީ އެ މޫނުގެ ރީތި ކަން އިތުރު ކޮށްދޭ ކަމެކެވެ. ނޫރީންއަކީ ކޮންމެ ފިރިހެނަކުވެސް އެމީހެއްގެ ޙަޔާތަށް ގެނެސް މިލްކު ކުރަން އެދޭނެހާ ފުރިހަމަ ސިފައެއް ލިބިފައިވާ އަންހެން ކުއްޖެކެވެ.

އަޒްޔަން ބަލަން އިންކަން ފާހަގަވެ ނޫރީންގެ މޫނު ރަތްވެލިއެވެ. އިސްޖަހާލަމުން ނޫރީން ތިރީ ތުންފަތުގައި ދަތް އަޅާލާފައި ދޫކޮށްލިއެވެ. އެއާއެކު ތުންފަތަށް ރަތްކުލަ އަރައިގެން ދިޔައެވެ.

ނޫރީންއަށް ވަމުން ދިޔަ ގޮތް ފެނިފައި އަޒްޔަންގެ ހިތަށް ތަފާތު ޚިޔާލުތަކެއް ވެރިވާން ފެށިއެވެ. އެ އަންހެން ކުއްޖާއާ ލޯބިން ސަމާސާކޮށްލާ ގޯނާ ކޮށްލަން ހިތް އެދެން ފެށިއެވެ. ހިތަށް އަންނަމުން ދިޔަ ޚިޔާލުތަކުން އަޒްޔަން ހައިރާންވިއެވެ. ނޫރީންއާ މެދު އެ ފަދަ ޚިޔާލުތަކެއް ކުރެވިދާނެ ކަމަށް އަޒްޔަން ހިއެއް ނުކުރެއެވެ. ނޫރީންގެ މޫނާ ނަޒަރު ވަކިކޮށްލަމުން އަޒްޔަން ސޯފާގައި އިން ގޮތް ބަދަލު ކޮށްލާފައި އަނެއްކާވެސް ބަލާލީ ނޫރީން ކުރި ސުވާލަށް ޖަވާބު ދޭންވެގެންނެވެ. އެހެން ނަމަވެސް އަޒްޔަންއަށް ބަލަން އިން ނޫރީން ފެނި ބުނަން އުޅުނު ބަސް ހަނދާން ނެތުނެވެ.

އަޒްޔަން ބަލަން ފެށުމުން އިސްޖަހާލި ނަމަވެސް ނޫރީންގެ ލޯ އިރުއިރުކޮޅާ އަޒްޔަންއަށް އަމާޒުވަމުން ދިޔައެވެ. ސިއްރުން ބަލާލި ނަމަވެސް އަޒްޔަން ކޮންމެ ފަހަރަކުވެސް އިންނަނީ ނޫރީންއާ ދިމާއަށް ބަލާށެވެ.

އެ ދެމެދުގައި ކޮންމެވެސް ކަމެއް ބަދަލުވެއްޖެ ކަން ދެ މީހުންނަށްވެސް އިހުސާސް ކުރެވުނެވެ. އެރޭ ނޫރީންއަށް އަމާޒު ވަމުން ދިޔަ އަޒްޔަންގެ ބެލުން ތަފާތު ކަން ނޫރީންއަށް ފާހަގަ ކުރެވުނެވެ. ދެ މީހުންގެ ކައިވެނި ހަމަޖެހިފައި ވާތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް އެރޭ އަޒްޔަން ނޫރީންއަށް ބަލަން އިނީ ކުރިން ނުބަލާ ގޮތަކަށެވެ. އެ ބެލުމުން ހިތުގެ ތެޅުން އަވަސްވެ، އަތްފަޔަށް ހޫނުވާން ފެށިހެން ނޫރީންއަށް ހީވިއެވެ.

ހިތަށް ވެރިވާން ފެށި ޚިޔާލުތަކުން އަޒްޔަންއަށްވެސް ބަދަލުތަކެއް އަންނަމުން ދިޔައެވެ. އެސްފިޔަ ޖަހާލުމެއް ނެތި ނޫރީންއާ ދިމާއަށް ބަލަން އިނދެވޭ ކަން އަޒްޔަންއަށް އިހުސާސް ނުވާ ކަހަލައެވެ.

“އެބަ އަންނަން..” އެ ދެމެދަށް ވެރިވެފައިވި ހިމޭން ކަމުންނާއި، އަޒްޔަން ބަލަން އިން ގޮތުން އުނދަގޫ ވާން ފެށުމުން ނޫރީން އިން ތަނުން ތެދުވެ ބަދިގެއާ ދިމާއަށް ދާން ފިޔަވަޅެއް އަޅާލިއެވެ. އެހެން ނަމަވެސް އަޒްޔަން އިން ސޯފާއާ އަރާ ހަމަވީ އިރަށް އަޒްޔަން ނޫރީންގެ އަތުގައި ހިފާ ހުއްޓުވިއެވެ. ނޫރީން ބަލާލުމުން ނޫރީންގެ އަތުގައި ހިފާ ދަމާލަމުން އަޒްޔަން ކައިރީ ބައިންދާފައި ނޫރީންގެ ކަންފަތް ކައިރިން މޫނުގައި އެއްއަތުން ހިފާލިއެވެ.

“އަޒް—” ނޫރީންއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. އަޒްޔަންގެ ތުންފަތުގެ ބީހިލުމާއެކު ބަސް ހުއްޓުނު ނޫރީންއަށް ލޯ ބޮޑުކޮށްލެވުނެވެ.

“ނޫރީން..” ސިކުންތަކަށް ދުރުވެލާފައި އަޒްޔަން މަޑުމަޑުން ނޫރީންގެ ނަން ކިޔާލިއެވެ.

ޙަޔާތުގައިވެސް ފުރަތަމަ ފަހަރަށް ކުރެވުނު އިހްސާސަކުން ވިސްނަން ވީ ގޮތެއް ނޭނގިފައި އިން ނޫރީން ބިރުވެސް ގަތެވެ. ނަމަވެސް އެއީ ވާން އުޅޭ ފިރިމީހާ ކަން ހިތަށް ވިސްނައިދެމުން އަޒްޔަންއަށް ފުރުސަތު ދެމުން ނޫރީން ލޯ މަރާލިއެވެ. ނޫރީންގެ މޫނުގައި ހިފާލަމުން އެދެމެދުގައި ވި ދުރުކަން ނައްތާލާ އަޒްޔަން އަނެއްކާވެސް ނޫރީންގެ ތުންފަތުގައި ބޮސްދިނެވެ. އެހެން އިނދެފައި ނޫރީން އަޅައިގެން އިން ބުރުގާގެ ދަށަށް އަތް ލައްވާލަމުން ނޫރީންގެ ކަނދުރާގައި އަޒްޔަން ހިފަހައްޓާލިއެވެ. ދެންވެސް ދުރަށް ޖެހިލުމެއް ނެތި ނޫރީންގެ ކޮނޑުން ފެށިގެން އަތުގެ ތިރިއަށް އަތްތިލަ ހިންގާލަމުން އައިސް ނޫރީންގެ އަތްތިލައިގައި ހިފާ ގެނެސް އަޒްޔަންގެ މޭގައި ޖައްސާލިއެވެ. ނޭވާ ހުސްވެދާނެހެން ހީވާހާ އިރު ފަހުން އަޒްޔަން ދުރުވެލިއެވެ.

“ބްރީދް..” ލޯ މަރާލައިގެން އިން ނޫރީންގެ ކަންފަތް ކައިރީ ފިރުމާލަމުން އަޒްޔަން ބުނެލިއެވެ.

ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު ނޫރީން ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން އަޒްޔަން އަނެއްކާވެސް ދެ އަތުން ނޫރީންގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ކައިރިވެލިއެވެ. ހަމަ އެއާއެކު އަޒްޔަންގެ ހަށިގަނޑުގެ ބާރުގައި މަޑުމަޑުން ފަހަތަށް ކޮއްޕާލަމުން ނޫރީންގެ ބުރަކަށި ސޯފާގައި ޖައްސާލާ ނޫރީންއަށް ބަރު ނުވާނެހެން އެއް އަތް ވިއްދާލި އިރު ނޫރީންއަށް އޮވެވުނީ އަޒްޔަންގެ ގައިދަށުގައެވެ. ނޫރީންގެ ތުންފަތް މިނިވަން ވީ އިރު އަޒްޔަން އަތުން ނޫރީންގެ ބުރުގާ ހިއްލާލުމާއެކު އެ ތުންފަތުގެ ހޫނުކަން އިހުސާސްވީ ނޫރީންގެ ކަރާ ހިސާބުންނެވެ. ކުރެވެމުން ދިޔަ އިހުސާސްގައި ބެހެމުން ދިޔަ ނޫރީންއަށް ލޯ ހުޅުވާލެވުނީ ލައިގެން އިން ޓީޝާޓުގެ ދަށުން އަޒްޔަންގެ އަތްތިލައިގެ އިހުސާސް ކުރެވެން ފެށުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…8

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 22

Next
April 6, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 22

Previews
April 6, 2026

ހަގީގަތަކީ ކޮބައިހޭ؟…8

11 Comments!

  1. Mar Sha Mar Sha says:
    April 6, 2026 at 6:24 pm

    ހުރިހާ ކިޔުންތެރިންނަށް ސަލާމް! މިހާރު ކޮންމެ އާ ބައެއް ގެެނސްދީފަ ދެން އިންނަ ބައި ގެނެސްދޭނެ ދުވަހެއް މާޝާ ނުބުނަނީ ވަގުތުގެ ދަތިކަމުން ބުނާ ދުވަހަށް އާ ބައެއް ނުގެނެސްދެވިދާނެތީ އިނގޭ. އެހެން ވިޔަސް އިރާދަކުރެއްވިއްޔާ ހަފްތާއަކު އެއްބައި އަޕްލޯޑް ކޮށްލާލަން. އަދި ވަގުތު ވިއްޔާ ދެބައިވެސް އަޕްލޯޑް ކޮށްލެވޭތޯ ބަލާނަން.
    މާޝާ ހީކުރަން ކިޔުންތެރިންނަށް އަންޑަރސްޓޭންޑް ވާނެކަމަށް. އަދި ކުރިއެކޭ އެއްގޮތަށް މިހާރުވެސް ތި ހުރިހާ ކުދިންގެ ސަޕޯޓް ލިބޭނެ ކަމަށް އުންމީދު ކުރަން. ވާހަކަ ކިޔާލާފަ ކޮމްނެްޓް ކޮށްލައްޗޭ!

  2. Anonymous says:
    April 6, 2026 at 6:44 pm

    V nice but marry kuran ulhey iru what’s the point of doing all that…? 😭😭Marry koffa ves ehen ulhevuneehennu cuz kaaveni kuran hama jehifa thibo 2 kudin veema
    Story varah reethi inge ekam

    1. Mar Sha Mar Sha says:
      April 7, 2026 at 5:42 pm

      yes, point note kollaifin inge dear, thank u

  3. Jung_su_99 says:
    April 6, 2026 at 7:22 pm

    Maasha allah.
    Mi prt vs varah reethi.
    Azyan n nooreen. Aawwnn so cute.
    Take care.

    1. Mar Sha Mar Sha says:
      April 7, 2026 at 5:43 pm

      thank u Jung su

  4. Aisha says:
    April 6, 2026 at 7:41 pm

    Masha Allah vrh reethi ♥️❤️.. aley marsha edhemyhun huhthuvabala esoru eulenee kiyara mathin maa bodhah miss vaathy mihaaru marry kuran ehdhuvahah veema not good dhw

    1. Mar Sha Mar Sha says:
      April 7, 2026 at 5:43 pm

      hehe, lets see dho kihineh tho vany, thank u Aisha

  5. Sheex says:
    April 6, 2026 at 8:17 pm

    Wow v reethi MA
    The story kiyaalaa iru hama image kurevey
    OMGGGGGG!!!!!! IM BLUSHING SO HARD
    AAAAAARR MARSHA HOW CAN U WRITE THESE THINGS
    Keep it upppppp gurll
    HOW IS UR FEELINGS? While writing this?
    LOV it
    Can’t wait for the next part
    Tc

    1. Mar Sha Mar Sha says:
      April 7, 2026 at 5:45 pm

      hehe, this is a funny comment Sheex, hoping to see more comments from you dear, thank u

  6. Un_known says:
    April 6, 2026 at 8:22 pm

    Vaahaka vrh reethi MA ❤️
    Azyan ah nooryn dheke loabi vevenee kanneynge dhw 🙈
    It’s ok Marsha..
    Vrh curious vejje dhn in part kiyaalan…
    Keep it up

    1. Mar Sha Mar Sha says:
      April 7, 2026 at 5:47 pm

      ehen vedhaane tha Unknown? balama dho, InshaAllah part 6 Thursday ga upload kolleveytho try kuraanan, e dhuvahu nuvejjeyya Saturday, thank u

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 6←


All Right Reserved!