Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 6

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 11, 2026 5 Mins Read
15 Comments

ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު ނޫރީން ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން އަޒްޔަން އަނެއްކާވެސް ދެ އަތުން ނޫރީންގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ކައިރިވެލިއެވެ. ހަމަ އެއާއެކު އަޒްޔަންގެ ހަށިގަނޑުގެ ބާރުގައި މަޑުމަޑުން ފަހަތަށް ކޮއްޕާލަމުން ނޫރީންގެ ބުރަކަށި ސޯފާގައި ޖައްސާލާ ނޫރީންއަށް ބަރު ނުވާނެހެން އެއް އަތް ވިއްދާލި އިރު ނޫރީންއަށް އޮވެވުނީ އަޒްޔަންގެ ގައިދަށުގައެވެ. ނޫރީންގެ ތުންފަތް މިނިވަން ވީ އިރު އަޒްޔަން އަތުން ނޫރީންގެ ބުރުގާ ހިއްލާލުމާއެކު އެ ތުންފަތުގެ ހޫނުކަން އިހުސާސްވީ ނޫރީންގެ ކަރާ ހިސާބުންނެވެ. ކުރެވެމުން ދިޔަ އިހުސާސްގައި ބެހެމުން ދިޔަ ނޫރީންއަށް ލޯ ހުޅުވާލެވުނީ ލައިގެން އިން ޓީޝާޓުގެ ދަށުން އަޒްޔަންގެ އަތްތިލައިގެ އިހުސާސް ކުރެވެން ފެށުމުންނެވެ.

“އަޒްޔަން..” ނޫރީން ގޮވާލިއެވެ.

“ހްމްމް..” ނޫރީންގެ މޫނަށް ބަލާލާފައި އަޒްޔަން އަނެއްކާވެސް ނޫރީންގެ ތުންފަތުގައި ބޮސްދިނެވެ.

“އަޒްޔަން..” މޫނު އަނބުރާލަމުން އަޒްޔަންގެ މޭގައި އަތް ޖައްސާ ބާރުކޮށްލާފައި ނޫރީން ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

އަޒްޔަން ބޯ ހިއްލާލާފައި ނޫރީންގެ މޫނަށް ބަލާލިއެވެ.

“އަޒްޔަން..” ނޫރީން އަނެއްކާވެސް އަޒްޔަންގެ މޭގައި ޖައްސާލައިގެން އިން އަތަށް ބާރުކޮށްލަމުން ކޮއްޕާލިއެވެ.

ތިބެވުނު ގޮތާމެދު ވިސްނާލަން އަޒްޔަންއަށް އިރުކޮޅެއް ނެގިއެވެ. އެއާއެކު ތެދުވެ ނޫރީންގެ އަތުގައި ހިފާ ތެދުވުމަށް އެހީވިއެވެ.

“ސޮރީ..” ދެ އަތް މޫނުގައި ހާކާލާފައި އެއްއަތުން ނިތްކުރިން ފެށިގެން އިސްތަށިގަނޑުގައި ހިންގާލާ ކަނދުރާއާ ހިސާބުގައި ހިފާ ބާރުކޮށްލަމުން އަޒްޔަން ބުންޏެވެ. އެރޭ އަޒްޔަންއަށް އެ ވީ ކިހިނެއް ކަމެއް އަޒްޔަންއަކަށް ނުވިސްނުނެވެ. ނޫރީންއާ މެދު އެ ފަދަ އިހުސާސްތަކެއް އުފެދި، ހިތް އެދުނު އެދުމަށް އިޖާބަ ދެވުނީ ކިހިނެއް ކަމެއް ނޭނގުނެވެ.

އަޒްޔަން މާފަށް އެދުމުން ޖަވާބުގައި ބުނާނެ އެއްޗެއް ނުވިސްނުމުން ނޫރީން އިސްޖަހާލީއެވެ.

“ނޫރީންއާ މެރީ ކުރަން ޖެހޭތީއެއް ނޫން.. އެއީ އަހަރެން ބޭނުންވި ކަހަލަ ރިލޭޝަންޝިޕްއަކަށް ނުވީ، އެހެންވެ ކުރިއަށް ގެންދެވެން ނެތީ. އަހަރެންގެ އަނތްބަކަށް ވާނީ ނޫރީން. އަހަރެންގެ ފިއުޗަރއަކީ ނޫރީން” އެ ދެމެދުގައި ދެކެވުނު ވާހަކަ ހަނދާން ކުރަމުން ކުރިން ނޫރީން ކުރި ސުވާލުގެ ޖަވާބު އަޒްޔަން ދިނެވެ.

“ތެންކްޔޫ!” އަޒްޔަންއާ ދިމާއަށް ބަލާލަން ނުކެރިފައި އިނދެ ނޫރީން ބުނެލިއެވެ.

“އައި ލައިކް ޔޫ..” ނޫރީންގެ ދަތްދޮޅީގައި އިނގިލިތައް ޖައްސާ މޫނު އުފުލާލަމުން އަޒްޔަން ބުނެލި އިރު އެ ބަސްތަކުގެ ތެދުކަން އިހުސާސްކުރެވި އަޒްޔަން ހައިރާންވިއެވެ.

އަޒްޔަންގެ މޫނަށް ބަލާލާފައި ނޫރީން އެސްފިޔަތައް ތިރިކޮށްލިއެވެ.

ނޫރީން ލަދުން އިން ގޮތުން އަޒްޔަންއަށް ހީލެވުނެވެ. އެހެން އިނދެފައި އަޒްޔަން ނޫރީންގެ އަތުގައި ހިފާ ދަމާލާފައި ޖީބުން ނެގި އަނގޮޓި ނޫރީންގެ އިނގިލީގައި އަޅުވާލިއެވެ. އެރޭ އަޒްޔަން ނޫރީން ކައިރިއަށް އައީ އެ އަނގޮޓި ދޭން ވެގެންނެވެ. ނޫރީންއަށް ދިނުމަށް އަޒްޔަން އެ އަނގޮޓި ގަތީ ރަންކީ ދުވަހުއެވެ. ނުދީ ހުރީ އޭރުވެސް ގޮތެއް ނުނިންމޭތީއެވެ. ނަމަވެސް ކިއާރާއާ ބައްދަލު ކުރި ރޭ އަޒްޔަން ވަނީ ގޮތެއް ނިންމާފައެވެ.

އަޒްޔަންގެ ކައިވެނި ކުރެވުމަކީ ޝަފަގުއާ ޔާސިރު ދެކޭ ހުވަފެނަކަށް ވީ އިރު، އަޒްޔަންއާ ކައިވެނި ކުރަން ކިއާރާ ބޭނުން ނުވާ ނަމަ ދެން އެ ގުޅުން އަޒްޔަންއަކަށް ކުރިއަކަށް ނުގެންދެވޭނެއެވެ. އެ ހުރިހާ ދުވަހު ކިއާރާއާ ވަކި ނުވެ އެ ގުޅުން ކުރިއަށް ގެންދިޔައީ ކޮންމެވެސް ދުވަހަކުން ކައިވެނި ކުރަން ކިއާރާ އެއްބަސް ވާނެ ކަމުގައި އަޒްޔަންއަށް އުންމީދު ކުރެވުނީތީއެވެ. ނަމަވެސް އެހެން މީހަކާ އަޒްޔަން ކައިވެނި ކުރަން އުޅޭ ކަން އެނގުމުންވެސް ކިއާރާގެ ނިންމުން ބަދަލު ނުކުރާނީ އަޒްޔަންއަށް ހީކުރެވުނު ވަރަށް ކިއާރާ އަޒްޔަން ދެކެ ލޯބި ނުވާތީއެވެ. ކިއާރާ ދެކެ ލޯބި ވިޔަސް މުޅި އުމުރަށް ކައިވެންޏަކާ ނުލާ އެހެން އުޅޭކަށް އަޒްޔަން ބޭނުމެއް ނޫނެވެ.

އެ ކައިވެންޏަކީ މަންމައާ ބައްޕަގެ އެދުން ނަމަވެސް ކިއާރާއަށް ޓަކާ އެ އެދުމާ ދެކޮޅު ހަދަންވެސް އަޒްޔަން ހުރީ ތައްޔާރަށެވެ. ނަމަވެސް ކައިވެނި ކުރަން ކިއާރާ ބޭނުން ނުވާ އިރު ނޫރީންއާ ކައިވެނި ކުރަން އަޒްޔަން ދެކޮޅު ހަދަން ދައްކާނެ ބަހަނާއެއް ނެތެވެ. ވީ އިރު ނޫރީންއާ އެކީ ދިރިއުޅުމެއް ފެށުމުގައި ގޯހެއް ނެތެވެ. އެރޭ އެދެމެދުގައި އެވީ ކަންތަކަކީ އަޒްޔަން ކުރިއާލާ ރާވައިގެން ވީ ކަމެއް ނޫނަސް، ކައިވެންޏަށް ފަހު ނޫރީންއާ އެކުގައި އުޅެން އުނދަގޫ ނުވާނެ ކަމުގެ ހެއްކަކަށް އެކަން ފުދެއެވެ. އަދި ނޫރީންގެ ހިތުގައި އަޒްޔަންއާ މެދު އޮތީ ކީކޭކަން ޔަގީން ނުވި ނަމަވެސް އެ ހިތުގައި އަޒްޔަންއާ މެދު ޝައުގުވެރިކަން ވާކަން އަޒްޔަންއަށް އެރޭ އެނގުނެވެ.

ހީކޮށްފައި ނުވާ ފަދަ ގޮތަކަށް އެރޭ ނޫރީންއަށް އަޒްޔަންގެ ހިތާ ކުޅެލެވިއްޖެ ކަން ޔަގީނެވެ. އަޒްޔަންއަށް ހީވެފައި އޮތީ އެފަދަ ބާރެއް އަޒްޔަންގެ މައްޗަށް އޮތީ ކިއާރާއަށް އެކަނި ކަމަށެވެ. އެހާ ދުވަހު ކިއާރާއާ އެކު އުޅެވުނީ ހަމައެކަނި ލޯބި ވާތީ ބާއޭ، ނޫން ނަމަ އެދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ބާއޭ އަޒްޔަންގެ ހިތުގައި ސުވާލު އުފެދުނެވެ. އޭގެ ކުރިން ނޫރީންއާ މެދު ނުކުރެވޭ އިހުސާސްތަކެއް އެރޭ ކުރެވިއްޖެ ކަން ޔަގީނެވެ. އެއާއެކު އަޒްޔަންގެ ހިތުގައި ޖަވާބު ހޯދަން ދަތި ސުވާލުތަކެއް އުފެދުނެވެ.

އަޒްޔަން ނޫރީންގެ އަތުގައި އަނގޮޓި އަޅުވާލާފައި އެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ.

“އައި ހޭވް ޓު ގޯ” އަޒްޔަން ބުނެލިއެވެ. ނޫރީންއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަޒްޔަން އަދިވެސް އެއް ފަހަރު ނޫރީންގެ ތުންފަތުގައި ބޮސްދީފައި ތެދުވެގެން ދިޔަ ގޮތަށް ނިކުމެ ދޮރު ލައްޕާލިއެވެ.

ނޫރީން އަނގޮޓިއަށް ބަލާލީ އަޒްޔަން ދިޔުމުންނެވެ. ރަތް ކުލައިގެ ރޫބީގެ ވަށައިގެން ހުދު ކުލައިގެ އެސްތަކެއް ޖަހާފައި އިން ރަން އަނގޮޓި ނޫރީންއަށް ވަރަށް ކަމުދިޔައެވެ. ހިތަށް ވެރިވި އުފާވެރިކަމާއެކު އަޒްޔަންގެ ފަރާތުން ލިބުނު ފުރަތަމަ ހަދިޔާގައި ނޫރީން ތުންފަތް ޖައްސާލިއެވެ. އެއާއެކު އެދެމެދުގައި ހިނގާދިޔަ ކަންތައް ހަނދާންވެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔަ އިރު، ކައިވެންޏަށް ފަހު ވާނެ ގޮތް ހިތަށް އެރުމުން ނޫރީންއަށް މޫނުގައި ދެއަތް އަޅާލެވުނެވެ.

 

ކައިވެންޏަށް ތައްޔާރުވެގެން އިން ނޫރީން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. މާ ބޮޑު ގޮތެއް ހަދާފައި ނުވާ ހުދު ކުލައިގެ ވެޑިންގްޑްރެސް ގެ މަތީބުރީގައި ލޭސްގެ ޑިޒައިންއެއް ވީ އިރު ތިރިއަށް ފުޅާކޮށް އޮތް ބައި އޮތީ ސެޓިން ފޮތިންނެވެ. ހެދުމުގެ ކޮނޑުން ފެށިގެން އަތާ ހަމައަށް އެތެރެއިން އޮތް ބައި ބާރުކޮށް ހުރި އިރު ބޭރުން ލޭސް ފޮތިން އޮތް ބައި އޮތީ އަތުކުރިއާ ހަމައަށް ފުޅާކޮށެވެ. ނޫރީން އަޅައިގެން ހުރި ޝޯލްގެ ނިތްކުރިއާ ދިމާލުން ލޭސްގެ ބައެއް ހުރި އިރު މޭމައްޗާ އެކު ފަހަތަށް ދޫކޮށްލާފައި އޮތް ބައި ހުރީ ޝިފޯން ފޮތިންނެވެ. ހުދު ކުލައިގެ ސްޓޮކިންގއެއް ލާފައި ހުރި އިރު ނޫރީން އަރައިގެން ހުރީ ފުންނާބު އުސް ހުދުކުލައިގެ ބޫޓަކަށެވެ.

“ނޫރީން، ދާންވީ ދެން” އެ ވަގުތު ކޮޓަރިއަށް ވަން ޝަފަގު ބުންޏެވެ. ބޯ ޖަހާލަމުން ނޫރީން ތެދުވިއެވެ. ޝަފަގުގެ ފަހަތުން އައި ނޫރީންގެ އެކުވެރި ޝަބާ ނޫރީންގެ ހެދުމުގެ ފަސްބައި ރީތިކޮށްލަދިނެވެ.

ޝަފަގުއާ ޝަބާއާ އެކު ނޫރީން ޓެރެސްއަށް ނިކުތް އިރު ކައިވެންޏަށް ތައްޔާރު ކޮށްފައި ހުރި މޭޒު ކައިރީ ޔާސިރުއާ ޒަޔާން ކައިރީ އަޒްޔަން ހުއްޓެވެ. ގަދަ އަޅި ކުލައިގެ ސޫޓްގައި އަޒްޔަން ހުރި އިރު އެހާ ރަސްމީކޮށް އޭގެ ކުރިން ނޫރީންއަށް އަޒްޔަން ފެނިފައެއް ނުވެއެވެ. އަޒްޔަންގެ އިސްތަށިގަނޑު ހުރީ ދިގު ކުރަން ބޭނުން ނުވެ ދިގުވެފައި ހުރިހެން ހިސާބަކަށް ތަރުތީބު ގެއްލިފައެވެ. ލައިގެން ހުރި އެއްޗިއްސާ، ތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅިމަތިމަހާ އެ އިސްތަށިގަނޑު ނުގުޅެއޭ ނޫރީން ހިތަށް އެރިއެވެ. އެހެން ވިޔަސް އެ ކަމަކުން އަޒްޔަންގެ ސޫރައަށް އުނިކަމެއް ނާދެއެވެ.

“އޯހ މައި! ރީން، ޔޯރ ހަޒްބަންޑް އިޒް ސޯ ހޭންޑްސަމް އެންޑް ހޮޓް!” ނޫރީންގެ ކަންފަތް ދަށުގައި ޝަބާ ބުނެލިއެވެ.

“ސާބަސް! އަމިއްލަ ހަޒްބަންޑްގެ ހެންޑްސަމްނެސް މިހާ އަވަހަށް ހަނދާން ނެތުނީތަ؟ އެހެން ނޫނަސް އަޒްޔަން އަދި އަހަރެންގެ ހަޒްބަންޑްއަކަށް ނުވޭ” ހިތާ ހިތުން ޝަބާއާ އެއްބަސް ވަމުން ނޫރީން ޝަބާގެ އަތުގައި ވިކާލިއެވެ.

“އޯކޭ އޯކޭ! މަގޭ ހަޒްބަންޑްއަށް ފަސްޓް، ރީންގެ އޯލްމޯސްޓް ހަޒްބަންޑްއަށް ސެކަންޑް” ނޫރީންގެ ކޮނޑުގައި ޖެހިލަމުން ޝަބާ ދެންވެސް ސަމާސާ ކޮށްލިއެވެ.

ގިނައިރެއް ނުވެ އަޒްޔަންގެ އަނތްބަކަށް ނޫރީންވިއެވެ. ނުވައެއް ޖެހި އިރަށް މީހުން އަންނަން ފެށި ގޮތަށް ނޫރީންއާ އަޒްޔަންއަށް އިށީނދެލާނެ ވަގުތެއް ވީ އެގާރަ ޖެހި ފަހުންނެވެ.

“ވަރަށް ވަރުބަލި ވެއްޖެ ދޯ؟ ކައިގެން ދާންވީ ދެން” ޝަފަގު އައިސް ނޫރީންއާ އަޒްޔަން ކައިރީ ހުއްޓިލަމުން ބުންޏެވެ.

އަލަތު ދެމަފިރިންނާ އާއިލާ އެކުގައި ކެއުމަށް ޚާއްސަ ކޮށްފައި ހުރި މޭޒު ކައިރީ އަޒްޔަންއާ ނޫރީން އިށީނުމުން ޔާސިރުއާ ޝަފަގުއާ ޒަޔާންވެސް އިށީނެވެ. ވަރުބަލިވެފައި ހުރުމާއެކު ހިސާބަކަށް ހާސްވެފައި ހުރުމުން ނޫރީންއަކަށް ނުކެވުނެވެ. ލަސްލަހުން ޗީޒްކޭކް ފޮއްޗެއް ކާން ނޫރީން އިނީ އަޒްޔަން ނިމެންދެނެވެ. އަޒްޔަންވެސް ހީވީ ކާން ބޭނުން ނުވެފައި އިން ހެންނެވެ. ނޫރީން ފަދައިން އެރޭ އަޒްޔަންވެސް ހުރީ ހާސްވެ ކަންބޮޑުވެފައޭ ނޫރީންގެ ހިތަށް އެރިއެވެ.

ދެ މީހުންނަށް ގެއަށް ވަދެވުނީ ބާރަ ޖެހި ފަހުންނެވެ. ކޮޓަރިއަށް ވަން ތަނާ ފޯނެއް އަންނަން ފެށުމުން އަޒްޔަން ޖީބުން ނެގި ފޯނަށް ބަލާލިއެވެ. ކިއާރާގެ ނަން ފެނުމުން އިރުކޮޅަކަށް މަޑުޖެހިލި ނަމަވެސް އަޒްޔަން އެ ކޯލަށް ޖަވާބެއް ނުދެއެވެ. ކޯލް ކެނޑުމުން ފޯން އަންލޮކް ކޮށްފައި ބަލާލި އިރު އެރޭގެ ހަތަކާ އަށަކާ ދެމެދު ކިއާރާގެ ހަ ކޯލް މިސްވެފައި، ހަތަރު މެސެޖް އިނެވެ. އަޒްޔަން ފޯން ސައިލެންޓަށް ލާފައި އެނދު ކައިރިއަށް ގޮސް ސައިޑްޓޭބަލް މަތީ ބަންޑުން ބޭއްވިއެވެ.

އަޒްޔަން އެ ކައިވެނި ކުރީ ކިއާރާއާ އޮތް ގުޅުން ނިމުމަކަށް ގެނެސްފައެވެ. ކައިވެނި ކުރާ ވަހަކަވެސް ބުނެފައެވެ. ވީ އިރު ދެން ކިއާރާ އަޒްޔަންއަށް ގުޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

“ކާކު މި ގަޑީގަ؟” ނޫރީން އަހާލިއެވެ.

“ނޮޓް އިމްޕޯޓެންޓް” އަޒްޔަން ބުނެލިއެވެ.

ނޫރީން އައިސް ޑްރެސިންގްޓޭބަލް ކުރިމަތީ ހުއްޓިލިއެވެ.

“ނޫރީން ފްރެޝް ވެލަން ދާންވީނު؟” ނޫރީންގެ ފަހަތުގައި ހުއްޓިފައި އަޒްޔަން ބުނެލިއެވެ.

ބޯ ޖަހާލަމުން ނޫރީން އެނބުރުނީ ފާހާނާއަށް ވަންނާށެވެ. ނަމަވެސް އަޒްޔަން ނޫރީން ހިފެހެއްޓިއެވެ. ދެ އަތުން ނޫރީންގެ މޫނުގައި ހިފާލަމުން ނޫރީންގެ ތުންފަތުގައި ބޮސްދިނެވެ. އިރުކޮޅަކު އެ ގޮތުގައި ހޭދަވީ ފަހުން އަޒްޔަން ދުރަށް ޖެހިލިއެވެ.

“މައި ވައިފް.. ޔޫ ލުކް ވެރީ ބިއުޓިފުލް!” އަޒްޔަން ހިނިތުންވެލައިގެން ހުރެ އަނބިމީހާގެ ރީތިކަމަށް ތައުރީފް ކޮށްލިއެވެ.

ލަދުން ހުރި ނޫރީން އިސްޖަހާލަމުން ދުރަށް ޖެހިލިއެވެ. އަޒްޔަން ނޫރީންގެ އަތުގައި ހިފާލިއެވެ.

“އަވަސް ކޮށްލައްޗޭ..” އަޒްޔަން ބުނެލިއެވެ.

ބޯ ޖަހާލަމުން ނޫރީން ގޮސް އަލަމާރި ހުޅުވާލިއެވެ. ހިތް އަވަސްވެ ޖެހިލުންވެފައި ހުރި ނޫރީން ބޭނުން ވާ އެއްޗެހި ނަގައިގެން އަޒްޔަންއަށް ބަލާނުލާ ފާހާނާއަށް ވަނެވެ.

ސޯފާގައި އިށީނދެ އަޒްޔަން ލޯ މަރާލިއެވެ. ކިއާރާގެ ތަސްވީރު ހިތަށް ސިފަވުމާއެކު ދެ ފަހަރަކު އަޒްޔަން މޭގައި ޖަހާލިއެވެ.

“ކީއްކުރަން މިހާރު ތި ގުޅަނީ؟ އަހަރެން ބޭނުންވާ ގޮތަށް ކިއާރާއަށް ކަންތައް ކޮށްނުދެވެންޏާ ދެން ގުޅުމުގެ ބޭނުމެއް ނެތް. އެހެން ނޫނަސް މިހާރު މާ ލަސް ވެއްޖެ. އަނތްބަކު ހުރެ އެހެން އަންހެނަކު ގެންގުޅޭ މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން. ނޫރީންއަކީ އަހަރެންގެ ފުރަތަމަ ޗޮއިސްއަށް ނުވިޔަސް އަހަރެން ކިއާރާއަށް ދޭން ބޭނުންވި މަގާމުގަ މިހާރު އެހުރީ ނޫރީން. ރެއާ ހަމައަށްވެސް އަހަންނަކީ ކިއާރާގެ ހައްގެއް، އެކަމަކު މިރެއިން ފެށިގެން އަހަރެން މީ އަހަރެންގެ އަނބިމީހާގެ ހައްގެއް. އަހަރެން ކިއާރާއަށް ފުރުސަތު ދިނިން. ވަގުތު އޮއްވާ އެ ފުރުސަތުގެ ބޭނުން ނުކޮށްފަ މިހާރު ކީއްކުރަން އަހަރެން ހޯދަން ތި ގުޅަނީ؟ އަހަރެން ކައިވެނި ކުރަން އެދުނީ ކައިވެނި ކޮށްފަ ކިއާރާއަށް ދެރައެއް ދޭކަށް ނޫން. ކިއާރާގެ ބައްޕައާ އަހަރެން އެއްގޮތް ވާނެ ކަމަށް ނިންމި އިރު އަހަރެން ލޯބި ވާ ވަރު ކިއާރާއަށް ނޭނގޭތަ؟ ކިއާރާ ގޮތެއް ނިންމި ހެން އަހަރެންވެސް މިހިރީ ގޮތެއް ނިންމައިގެން. އަހަރެން ނޫރީންއަށް ބޭވަފާތެރިއެއް ނުވާނަން، އަހަންނަކީ މިހާރު ނޫރީންގެ ފިރިމީހާ. އަހަރެންގެ ހިތާ ހަށިގަނޑަށް ދެން ނޫރީން ނޫން އަންހެން ކުއްޖެއްގެ ބާރު ހިނގާކަށް ބޭނުމެއް ނޫން. މިހާރު އަހަރެންގެ ހުރިހާ އެއްޗަކީ ނޫރީން” ލޯ މަރާލައިގެން އިން އިރު އަޒްޔަންގެ ހިތަށް އަރަމުން ދިޔައެވެ.

ދެ ފަރާތަށް ބޯ ހަލުވާލާ އެ ޚިޔާލުތައް ހިތުން ނެރެލަން މަސައްކަތް ކުރަމުން އަޒްޔަން ލައިގެން ހުރި ކޯޓް ބާލާފައި ސޯފާގެ އަތްގަނޑުމަތީ ބާއްވާލާފައި ގަމީހުގެ ފުރަތަމަ ދެތިން ގޮށް ނައްޓާލިއެވެ.

ދޮރު ހުޅުވާލި އަޑަށް އަޒްޔަން ބަލާލިއެވެ. މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ޓީޝާޓަކާ އެކު އެއަށް ވުރެ ގަދަ ފިޔާތޮށި ކުލައިގެ ހަރުވާޅެއް ލައިގެން، ކްރީމް ކުލައިގެ ކުޑަ ވަށް ބުރުގާއެއް އަޅައިގެން ނިކުތް ނޫރީންގެ އަތުގައި އެރޭ ލައިގެން ހުރި ކައިވެނީގެ ހެދުން އޮތެވެ. އަޒްޔަންއަށް ބަލާލާފައި ނޫރީން އައިސް ކޮނޑެއްގައި ހެދުން އަޅުވާފައި ޑްރެސިންގްޓޭބަލް ކައިރީ ހުއްޓިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދުރުވާން ޖެހުނަސް 2

Next

ދިވެހިވަންތަ ރަހަތަކުން ޖަރީވީ ވަޅޯމަހު ސުޕެކެޓީ

Next
April 11, 2026

ދިވެހިވަންތަ ރަހަތަކުން ޖަރީވީ ވަޅޯމަހު ސުޕެކެޓީ

Previews
April 11, 2026

ދުރުވާން ޖެހުނަސް 2

15 Comments!

  1. Mar Sha Mar Sha says:
    April 11, 2026 at 5:53 pm

    ކިޔުންތެރިންނަށް ސަލާމް! ހަވަނަ ބައި އަޕްލޯޑް ކޮށްލެވުނީ ވަރަށް ހިތްވަރުން. މާޝާއަށް ދެން އަނެއްކާވެސް ވާހަކަ ގެނެސްދިނުން އުނދަގޫވާނެ، ބުރާސްފަތި ދުވަހު މާޝާގެ ދަރިފުޅު އެކްސިޑެންޓެއް ވެގެން ސަރޖަރީއެއް ކުރަން ޖެހޭތީ ކުރިއަށް މި އޮތް މަހެއްހާ ދުވަހު ވާހަކަ ލިޔުމާ އަނެއްކާވެސް ދުރުވެލަން އެބަޖެހޭ. މި ބައިވެސް މި ގެނެސްދެވުނީ މި ވަރަށް ލިޔެވިފަ އޮތީމައާ އެކު ކިޔުންތެރިން ގާތު ބުރާސްފަތި ދުވަހޫ ނޫން ނަމަ މިއަދު އާ ބައެއް ގެނެސްދޭނަމޭ ބުނެވުނީމަ.

  2. Jung_su_99 says:
    April 11, 2026 at 6:17 pm

    Marsha allah.
    Mi part vs vehicle reethi.
    It’s ok Marsha. Hope ur child get well soon!!
    TV n lysm!

    1. Mar Sha Mar Sha says:
      April 12, 2026 at 7:29 pm

      thank you so much dear

  3. Sheex says:
    April 11, 2026 at 6:50 pm

    MA part v reethi🥰
    Dw I understand you 😘
    Insha Allah hurihaa kamah ves raglhu vaane😊
    I will pray for ur child to get well soon 🤲
    May he/she have a safe recovery 🤲
    It’s OK take all the time u want to write the story 😊
    Marsha ge child recover vandheh break eh nagaala I think that’s the better way aslu 🙂
    We (readers) will understand 🙃
    Get well soon to ur child ☺️
    Tc 🥰

    1. Mar Sha Mar Sha says:
      April 12, 2026 at 7:30 pm

      thank you so much Sheex

  4. Nayaa Nayaa says:
    April 11, 2026 at 8:00 pm

    hii marsha.. missed you so muchh.. how have you been?
    as always mi vaahaka ves varah varah reethi, ingey marsha ge vaahaka eh viyya disappoint nuvaanekan.. alhe please let nauryn and azyan be happy.. dont let kiara ruin anything and please make sure azyan stays loyal to nauryn like he is now
    waiting for the next episode, im so so excited!!

    1. Mar Sha Mar Sha says:
      April 12, 2026 at 7:33 pm

      thank u Nayaa, next part dho, i m also hoping maa las nuve upload kolleveyne kamah, and your story ah kihinehtha thi hadhany, haadha varakah wait koffeemey!!! hoping to see more parts without much delay.

    2. Nayaa says:
      April 13, 2026 at 5:44 pm

      just saw your comment about your child.. take your sweet time hama i understand..

      alhey yeah nayaa midheytherein baivaru kanthah thakeh dhimaavegen hama evves varakah site ah vanna hiy ves nuve dhen ekahala gotheh vee.. but im back on track trying to upload at least twice a week.

    3. Mar Sha Mar Sha says:
      April 20, 2026 at 10:57 am

      thank u dear, aslu ehen kanthah mind ga hunna iru writing is very difficult dho, InshaAllah, will start again soon

  5. Niraa says:
    April 12, 2026 at 5:58 pm

    Hoping a fast recovery for your son.. Marsha
    Recently finished reading your pro story Maafah Edhemun.. really liked it. And im honestly still shocked cause of the plot twist. Hoping to see more amazing works from you..

    1. Mar Sha Mar Sha says:
      April 12, 2026 at 7:36 pm

      thank u so much, glad that u liked maaf edhemun, e story kee v gina kudhin buni v unexpected twist ekey aee, and some said Aarish didn’t deserve either Reeva or Riyaan’s forgiveness.. but then he loves Reeva vv much dho. and btw is this the writer Niraa?

  6. Niraa says:
    April 12, 2026 at 10:05 pm

    Hehehe.. Yes

    1. Mar Sha Mar Sha says:
      April 20, 2026 at 10:59 am

      wow!! your story is very interesting too! avas avas koh upload vaane namaey hithah araa.

  7. zulaikha says:
    April 15, 2026 at 9:23 pm

    Good

    1. Mar Sha Mar Sha says:
      April 20, 2026 at 10:55 am

      thank you dear

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 7←


All Right Reserved!