Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 8

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 23, 2026 5 Mins Read
5 Comments

“ހިނގާ” ނޫރީންއާ އަރާ ހަމަވުމުން މަޑު ނުކޮށް އަޒްޔަން ބުނުމުން ނޫރީން ފަހަތުން ދިޔައެވެ. ކާރުގައި ގެއާ ހަމައަށް ދެވުނު އިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ގެއަށް ވަނުމާ ހަމައަށްވެސް ނޫރީން ސުވާލެއް ނުކުރެއެވެ. ނޫރީންގެ ފަހަތުން ގެއަށް ވަދެ އަޒްޔަން ދޮރު ލައްޕާފައި އެނބުރުނު އިރު ނޫރީން ކޮޓަރި ދޮރާ ހަމަވަނީއެވެ.

“ނޫރީން..” އަޒްޔަން ގޮވާލުމުން ނޫރީން ހުއްޓިފައި އެނބުރުނެވެ. “އައިމް ސޮރީ!” އަޒްޔަން ބުންޏެވެ.

“ޔޫ ލައިޑް ޓު މީ. އަހަރެން އެހީމަވެސް އަޒްޔަން ދޮގު ހެދީ” ނޫރީން ވާހަކަ ދެއްކީ ދެނެވެ.

“އަހަރެން ދޮގެއް ނުހަދަން” އަޒްޔަން ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުންޏެވެ.

“އަޒްޔަން..!” ނޫރީންއަށް ގަބޫލެއް ނުކުރެވުނެވެ. އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާތީ ނޫރީން އަނެއްކާވެސް ކޮޓަރިއަށް ވަންނަން އުޅުނެވެ.

“މެރީ ކުރުމުގެ ކުރިން ކިއާރާއާ އޮތް ގުޅުން ކަނޑާލިން” އަޒްޔަން ބުނެލިއެވެ.

“އަޒްޔަން ބުނީ އަޒްޔަންގެ ލައިފްގަ އެހެން ކުއްޖަކު ނެތޭ. އަހަރެން ބުނިން އަޒްޔަން އެހެން ކުއްޖަކާ މެރީ ކުރަން ބޭނުން ވަންޏާ ބުނާށޭ، އޭރުން އަހަރެން މިކަން ކުރިއަކަށް ނުގެންދާނަމޭ. ދެން ކީއްވެ ނުބުނީ؟” ނޫރީންގެ ހިތުގައިވި ހުރިހާ ޝަކުވާއެއް ބޭރު ކޮށްލަން ބޭނުން ވިޔަސް ހުރިހާ ވާހަކައެއް ނުދެއްކުނެވެ.

“އަހަރެން ބުނީމެއްނު މެރީ ކުރާ ހިސާބަކަށް ނުދެޔޭ؟ އެއީ އަހަރެން ބޭނުން ވާ ގޮތަށް ކުރިއަށް ގެންދެވޭނެ ގުޅުމެއް ނޫން، ކިއާރާ ބޭނުމެއް ނުވޭ އިންނާކަށް” ވީހާވެސް ކުރުކޮށް އަޒްޔަން ކިޔާދިނެވެ.

“އެހެން ވިއްޔާ މިރޭ އެއީ ކޮން ކަމެއް؟ އަޒްޔަންއާ މެރީ ކުރަން ބޭނުން ނުވަންޏާ އޭނަ ކީއްވެ އެހެން އުޅެންވީ؟” ނޫރީން އެހިއެވެ.

ކިއާރާއާ އަޒްޔަންގެ މެދުގައި އޮތް ގުޅުމުގެ ވާހަކަ އިތުރު މީހަކަށް ކިޔާދޭން ވުމުން އަޒްޔަންއަށް އުނދަގޫ ވިއެވެ. ކައިވެންޏާ ހަމައަށް ނުދިޔަޔަސް އެދެމެދުގައި އޮތީ ކޮން ކަހަލަ ގުޅުމެއް ކަން އެނގިއްޖެ ނަމަ އަޒްޔަން ބަލައިގަންނަން ނޫރީން ބޭނުން ވެދާނެ ބާއޭ ހިތަށް އެރިއެވެ. ޖަވާބެއް ދޭނެ ބަސްތަކެއް ދުލާ ހަމައަށް ނައިސްގެން އުޅެނިކޮށް އަނެއްކާވެސް ނޫރީން ވާހަކަ ދެއްކިއެވެ.

“އަޒްޔަން ކިޔާދޭން ބޭނުން ނުވަންޏާ އޯކޭ. އެކަމަކު އަހަންނަށް އޮޅުވާނުލާ ކަމަކަށް ނުވާނެ. އަހަންނާ އިނުމުގެ ކުރިން ގުޅުން ކަނޑާލީމޭ ބުންޏަސް މި ފެނުނު ކަންތައްތަކުން އެކަން ގަބޫލު ކުރަން އުނދަގޫ. އަހަރެން އެއްވެސް ވަރަކަށް އަޒްޔަންއަށް ފޯސްއެއް ނުކުރަން. އަހަންނާ މެރީ ކުރަން ބޭނުން ނޫން ނަމަ ދެކޮޅު ހަދަން ޗާންސް ދިނިން. ތިހެން ކަންތައް ކުރަން އަޒްޔަންއަށް އެއްވެސް އެކްސްކިޔުޒްއެއް ނޯންނާނެ.

ކައިވެނި ކުރެވުނަސް އަޒްޔަން ބޭނުން ނުވަންޏާ މި ގުޅުމުގަ ބަނދެވިގެން ހުންނާކަށް ނުޖެހޭނެ. އަޒްޔަން ބޭނުން ނަމަ މި ވަގުތުވެސް މި ގުޅުން ނިންމާލެވިދާނެ، އަހަރެން ދެކޮޅެއް ނުހަދާނަން” ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ނޫރީންއަށް ހިފަހައްޓާލެވުނީ އެ ހިސާބަށެވެ. ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަދެ ނޫރީންއަށް އަނގަމަތީ އަތް އަޅާ ބާރުކޮށްލެވުނެވެ. މަޑު ނުކޮށް ނޫރީން ވަނީ ފާހާނާއަށެވެ.

އެ ދުވަހަކަށް ޓަކާ ތިން އަހަރު ވަންދެން އިންތިޒާރު ކުރި ދުވަސް އައި އިރު ކަންތައް މިވީ ކިހިނެއް ހެއްޔެވެ؟ ތިން އަހަރު ތެރޭ އެއް ފަހަރުވެސް އަޒްޔަންއަށް އަމިއްލަ ހިތުގެ އެދުން މައިން ބަފައިން ގާތު ފާޅު ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ އަޒްޔަންގެ ފަރާތުން ލިބުނު އާނބަސް ބަދަލު ނުވީތީ ނޫރީންއަށް ހީކުރެވުނީ ނޫރީން ފަދައިން އަޒްޔަންވެސް އެ ކައިވެންޏާ ރުހޭ ކަމުގައެވެ. ނޫރީންއަށް އަޒްޔަން ދެކެ ލޯބި ވެވުނު ނަމަވެސް އަޒްޔަން ނޫރީން ދެކެ ލޯބި ވުން އެއީ ނޫރީންގެ އުންމީދެއް ނަމަވެސް އެހެން ވާން ޖެހޭނެ ކަމަކަށް ނުދެކެއެވެ. ހިތުގައި އޮތީ އެކުގައި ދިރިއުޅުން ފެށުމަށް ފަހު އަނތްބެއްގެ ފަރާތުން ދޭންވާ ލޯބި ދީގެން އަޒްޔަންގެ ހިތް ހޯދުމުގެ ޢަޒުމެވެ. އެހެން ނަމަވެސް އަޒްޔަންގެ ހިތުގައި އެހެން އަންހެން ކުއްޖަކާ މެދު އެ އިހުސާސް ވެދާނެ ކަމަކަށް ނޫރީންއަށް ހީކުރެވިފައެއް ނެތެވެ. އެ ލޯބި އަޒްޔަން ބޭނުން ވާނީ އެހެން އަންހެން ކުއްޖެއްގެ ފަރާތުން ކަމަކަށް އެއް ފަހަރުވެސް ނޫރީންގެ ހިތަކަށް ނާރައެވެ.

އެހެން އަންހެނަކު ދެކެ ލޯބި ވާ އިރު ނޫރީންއާ އެކު އެހާ ގާތްކޮށް އުޅުންވެސް އަޒްޔަންއަށް އެއްވެސް ކަމަކަށް ނުވިއެވެ. އެއީ އަޒްޔަންއަށް އާދައިގެ ކަމަކަށް ވިޔަސް ނޫރީންގެ ހިތުގައި އެ ވަގުތުތައް ވަނީ ބިންވަޅު ނެގިފައެވެ. ނޫރީންއަށް ހީކުރެވުނީ އަޒްޔަންގެ ހިތުގައިވެސް ނޫރީންއާ މެދު ނޫރީންގެ ހިތުގައި ވާފަދަ އިހުސާސްތަކެއް ވަނީ ކަމުގައެވެ. އެހެން ނަމަވެސް ނޫރީންއަށް ހީކުރެވުނީ ގޯސްކޮށެވެ. އެ ކައިވެންޏަކީ ނޫރީން ހީކުރި ފަދަ ކައިވެންޏަކަށް ނުވިއެވެ. އަދި ނޫރީން ހީކުރި ފަދަ މީހަކަށްވެސް އަޒްޔަން ނުވިއެވެ.

ނޫރީން ފާހާނާއިން ނިކުމެ އެނދުގައި އޮށޯތީއެވެ. އެހެން އޮވެ މޫނުގައި ބާލީސް ޖައްސާ ބާރުކޮށްލަމުން ނޫރީންއަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ. އެހެން އޮވެއޮވެ ލޮލުން ކަރުނަ އައުން ހުއްޓުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ލޯމެރި ނިދީގެ ތެރެއަށް ނޫރީން ގެނބުނު އިރު ދޭތެރެއަކުން އިވިލާ މަޑު ގިސްލުމެއްގެ އަޑު ފިޔަވާ އެ ކޮޓަރި ތެރޭގައިވީ ހިމޭން ކަމެވެ.

ނޫރީން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން އަޒްޔަން ދެ އަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލުމާއެކު ސޯފާގައި އިށީނދެ މޫނުގައި އަތް އަޅާލިއެވެ. ނޫރީންއަށް ވީ ގޮތުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔަ އިރު ކިއާރާގެ ޚިޔާލުތަކުން އަޒްޔަންގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ.

ކިއާރާ ގޮތްދޫކޮށް އަޒްޔަންގެ އެދުން ގަބޫލު ކުރި ނަމަ މިހެން ނުވީހެވެ. ނޫރީން ސުވާލު ކުރުމުން ތެދަށް ހުރިހާ ވާހަކައެއް ބުނެވުނު ނަމަ އަޒްޔަންގެ ފަރާތުން ނޫރީންއަށް ދެރައެއް ނުލިބުނީހެވެ. ދިރިއުޅުމެއް ފެށުމަށް ކައިވެންޏެއް ކުރެވުނު ނަމަވެސް ހާސިލްވީ ކޮން ކަމެއް ހެއްޔެވެ؟ ކުށެއް ނެތް އަންހެން ކުއްޖަކަށް ހިތާމައެއް ދިނުން ފިޔަވާ ވީ ކަމެއް ނެތެވެ. އަމިއްލަ ހިތަށް ލިބުނު ހަމަޖެހުމެއްވެސް ނެތެވެ.

ދެން ހަދަންވީ ގޮތަކާ މެދު ވިސްނަން އިނދެފައި އަޒްޔަން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. ނޫރީންއާ ކިއާރާގެ ޚިޔާލުތައް ހިތާ ސިކުނޑިއަށް ބަރު ކުރަމުން ދިޔަދިޔަހެން އަޒްޔަންގެ ބޮލުގައި ރިހުމެއް އުފެދި ހިނދެއް ހިނދަކަށް އެ ރިހުން ގަދަ ވަމުން ދިޔައެވެ. އެންމެ ފަހުން ސޯފާގައި އޮށޯވެ ކުޝަންއެއް ނަގާ މޫނުގައި ޖައްސާ ބާރުކޮށްގެން އަޒްޔަން އޮތީއެވެ. އެހެން އޮވެ އަޒްޔަންއަށްވެސް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

 

އަޒްޔަންއަށް ހޭލެވުނު އިރު ސިޓިންގްރޫމްއަށް އަވިއަރާފައި އޮތެވެ. ޓީވީއާ ދިމާ މަތީގައި ހުރި ގަޑިއަށް ބަލާލި އިރު އެގާރަ ޖަހާ ބޮޑު ވެއްޖެއެވެ. ދެ އަތުން މޫނު ފޮހެލާފައި އަޒްޔަން ތެދުވެ ކޮޓަރިއާ ދިމާއަށް ބަލާލިއެވެ.

ނޫރީންއާ ވާހަކަ ދައްކައިގެން ނޫނީ އެއްވެސް ކަމެއް ހައްލެއް ނުވާނެއެވެ. ނޫރީން ރުޅި އައުން ހައްގެވެ. އެ ވަރަށް ސުވާލު ކުރި އިރުވެސް އަޒްޔަން ތެދަށް ކިޔާނުދިނީއެވެ. ދޮގެއް ނުހެދި ނަމަވެސް ސިއްރު ކުރުމަކީ ދޮގެއް ހެދުމަށް ވުރެ ވަކި ރަނގަޅު ކަމެއް ނޫނެވެ. ކައިވެނި ކުރެވެން އުޅޭ އިރު، އެ ކައިވެންޏަށް އަޒްޔަން ރުހުނީ ކުޅިވަރެއް ކުޅޭކަށް ނޫނެވެ. ނޫރީންއާ އެކީ ދިރިއުޅޭށެވެ. އެހެން ވިޔަސް އަޒްޔަންއަށް ގޯހެއް ހެދިއްޖެއެވެ. އެ ކައިވެނި ދަމަހައްޓަން ބޭނުން ނަމަ އަޒްޔަން ޖެހޭނީ ނޫރީން ރުއްސަން މަސައްކަތް ކުރާށެވެ. ހުރިހާ ކަމެއް ފެށުނީއްސުރެ ނިމެން ދެން ނޫރީންއަށް ކިޔާދޭށެވެ.

އަޒްޔަން ކޮޓަރިއަށް ވަން އިރު އެނދުގައި، ހެޑްބޯޑްގައި ލެނގިލައިގެން ނޫރީން އިނެވެ. އަޒްޔަންއަށް ބަލާލާފައި ނޫރީން އިސްޖަހާލީއެވެ.

އަޒްޔަން ފުރަތަމަ ބޭނުންވީ ފެންވަރާލާށެވެ. އަޒްޔަން ފާހާނާއިން ނިކުތް އިރު ނޫރީން ކޮޓަރިއަކު ނެތެވެ. ބޭރަށް ނިކުތް އިރު ކާމޭޒު ދޮށުގައި ކޮފީ މަގެއްގައި ދެ އަތުން ހިފާލައިގެން ނޫރީން އިނެވެ. އަޒްޔަން ފެނުމުން މޭޒުގެ އަނެއް ފަރާތުގައި ހުރި ކޮފީމަގު ދައްކާލިއެވެ.

އަޒްޔަން އިށީނދެ ކޮފީ ބޯން ފެށިއެވެ. ދެ މީހުންވެސް ކޮފީ ހުސްވަންދެން ވާހަކައެއް ނުދައްކައެވެ. ހުސް މަގު މޭޒުމަތީ ބަހައްޓާފައި އަޒްޔަން ނޫރީންއަށް ބަލާލިއެވެ.

“ނޫރީން..” ފަށާނީ ކިހިނެއްބާއޭ ހިތަށް އަރާ އިނދެ އަޒްޔަން ގޮވާލިއެވެ.

“ޝަފައްތަ ގުޅި.. ސައިބޯން ނާންނާތީ..” އަޒްޔަން ގޮވާލުމާ އެކީ ނޫރީން ބުންޏެވެ.

“ފަހުން ދާނީ.. އިހަށް ވާހަކަ ދައްކާލަން ބޭނުން. މަޑު ކޮށްލެވިދާނެތަ؟” ހިސާބެއްގެ ޖެހިލުންވުމެއް އަޒްޔަންގެ އަޑުގައި ވިއެވެ.

“މިކޮޅުގަ ހުންނާކަށް ބޭނުމެއް ނޫން.. އަހަރެން ބޭނުމީ އަލުން ދާން” އަޒްޔަން ބުނި އެއްޗަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ނޫރީން ބުންޏެވެ.

“އަހަންނަށް އެއްޗެއް ބުނަން ޗާންސެއްވެސް ނުދޭނަންތަ؟” އަޒްޔަން އަހާލިއެވެ.

“މި ވަގުތު އަޒްޔަން ކޮންމެ އެއްޗެއް ބުންޏަސް އަހަންނަށް ގަބޫލެއް ނުކުރެވޭނެ. އަހަންނަށް ރަނގަޅީ ސުވާލެއް ނުކޮށް އަހަރެން ދާން ދޫކޮށްލިއްޔާ” އަޒްޔަން ބުނަން އުޅޭ އެއްޗެއް އަޑު އަހާނެ ހިތްވަރެއް ނޫރީންގެ ކިބައިގައި އަދި ނެތެވެ.

“ނޫރީން ޕްލީޒް.. ލެޓް މީ އެކްސްޕްލެއިން.. އޭގެ ފަހުން ނޫރީންގެ ނިންމުން އަހަރެން ގަބޫލު ކުރާނަން.. އަހަންނަށް އިހަށް ޗާންސެއް ދީ..” އަޒްޔަން އެދުނެވެ.

“އައި ކާންޓް..” މަޑުމަޑުން ނޫރީން ބުންޏެވެ.

“ރޭގަ މެރީ ކުރީ.. މަންމަ ހިތަށް އަރާނީ ކީކޭ؟ މަންމަ ކައިރީ ބުނާނީ ކީކޭ؟” ޝަފަގު ހިތަށް އަރާނެ އެއްޗަކާ މެދު ނޫރީން ވިސްނާނެ ކަން އެނގޭތީ އަޒްޔަން ބުންޏެވެ.

“އަޒްޔަން ކަންތައް ކުރި ގޮތުން އަހަރެން ހިތަށް އަރާނެ އެއްޗަކާ މެދު ވިސްނާލިންތަ؟” ނޫރީން އަހާލިއެވެ.

“ގަބޫލު ކުރަން އަހަރެން ކަންތައް ކުރީ ރަނގަޅަކަށް ނޫން ކަން. އެކަމަކު އަހަރެން ދޮގެއް ނުހަދަން..” އަޒްޔަން އަމިއްލަ ދިފާޢުގައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

“އަހަރެން މި ކައިވެންޏަށް ރަން ކީ އިރު އަޒްޔަންއާ އޭނައާ ގުޅުން އޮތްތަ؟ ނޫނީ އޭގެ ކުރިން ތި ގުޅުން ނިންމާލިންތަ؟” ނޫރީން އަހާލީ އަޒްޔަންއާ ދިމާއަށް ބަލަން އިނދެއެވެ.

ގެއަށް އައީއްސުރެ އެ ސުވާލު ނޫރީންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އަޒްޔަން ދޮގެއް ނުހަދާ ނަމަ އެ ސުވާލުގެ ޖަވާބު އަންނާނެ ގޮތް ނޫރީންއަށް އެނގެއެވެ. އަޒްޔަންއަށް ފުރުސަތެއް ދިނުން އޮތީ އަޒްޔަން ދޭ ޖަވާބެއްގެ މައްޗަށެވެ.

“ނޫރީން..” އެ ސުވާލުގެ ޖަވާބު ދޭން ފަސްޖެހިފައި އަޒްޔަން ނޫރީންގެ ނަން ކިޔާލިއެވެ.

“ޖަވާބު ދޭން އުނދަގޫ ސުވާލެއް ނޫން އަހަރެން ކުރީ. އޭގެ ކުރިން ތިދެމެދުގަ ގުޅުމެއް އޮތަކަސް އަހަރެން މައްސަލައެއް ނުޖައްސާނަން. އެއީ އަހަންނާ ބެހޭ ކަމެއް ނޫން. މި ސުވާލުގެ ޖަވާބު އަހަރެން ބޭނުން. އަހަރެން އަޒްޔަންއާ އިންނަން ރަންކީ ރޭގެ ފަހުން އަޒްޔަން އެ އަންހެން ކުއްޖާއާ އެއްވެސް ގުޅުމެއް ބޭއްވިންތަ؟ ނޫނީ އޭގެ ކުރިން ތި ދެމެދުގަ އޮތް ގުޅުން ކަނޑާލިންތަ؟” ހަގީގަތުގައިވެސް ނޫރީން ހުރީ އެ ސުވާލަށް އަޒްޔަން ދޭ ޖަވާބަށް ބަލާފައި އަޒްޔަންއަށް ފުރުސަތެއް ދޭށެވެ.

ޖަވާބެއް ނުދީ އަޒްޔަން އިސްޖަހާލިއެވެ. އެ ހިމޭން ކަމުން ނޫރީންއަށް ޖަވާބު ލިބުނެވެ.

“ދެންވެސް ތި ބުނަނީ ދޮގެއް ނުހަދަމޭ؟ އަޒްޔަންއަށް ނޭނގުނަސް އަޒްޔަންގެ އަނތްބަކަށް ވެވޭނެ ދުވަހަކަށް އަހަރެން ވަރަށް އިންތިޒާރު ކުރިން. ބައްޕަމެން މި ކައިވެނި ހަމަޖެއްސި އިރު މީ އަހަރެން ކުރަން ބޭނުންވި ކަމެއް ނޫން. އެކަމަކު އެ ވާހަކަ ދެކެވުނު ފަހުން ފުރަތަމަ އަހަންނަށް އަޒްޔަން ފެނުނު ފަހުން އަހަރެން.. ފިރިއެއްގެ ގޮތުގަ ހަޔާތަށް ގެންނަން އަހަރެން ބޭނުންވި ހަމައެކަނި މީހަކީ ތީ.. އަޒްޔަންއަށް އަހަރެން ދެކެ ލޯބި ނުވެވިދާނެ ކަން އެނގޭ އިރުވެސް އަހަރެން ލޯބި ވީން.. އެހެން ވިޔަސް އަހަރެން އެދުނަސް އަޒްޔަން ބޭނުން ނުވެދާނެތީ އެހީ. އެ ދުވަހު އަޒްޔަން ރީއްޗަށް ކިޔާދިން ނަމަ އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން.

އަހަރެންގެ ފިރިއަކަށް ވީ އިރުވެސް އަޒްޔަން ދިޔައީ އަހަންނަށް ބޭވަފާތެރި ވަމުން. އަހަންނަށް އެކަން ހަނދާން ނައްތާލަން ފަސޭހައެއް ނުވާނެ. ތީ އަހަރެންގެ ފިރިމީހާއަށް ވިޔަސް ދެން އަހަންނަށް.. އައި ކާންޓް ބީ އަ ވައިފް ޓު ޔޫ އާފްޓަރ ދިސް..” އެ ވަރަށް ބުނެފައި ނޫރީން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…21

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 41

Next
April 23, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 41

Previews
April 23, 2026

ހަގީގަތަކީ ކޮބައިހޭ؟…21

5 Comments!

  1. Mar Sha Mar Sha says:
    April 23, 2026 at 2:19 pm

    އަށް ވަނަ ބައި އަޕްލޯޑް ކޮށްލީ މި ވަރަށް ލިޔެވުނީމަ، އެކަމަކު މިބައި ތަންކޮޅެއް ކުރުވާނެ، ނުވަ ވަނަ ބައި މިއަށް ވުރެ ދިގުކޮށްލެވޭތޯ މަސައްކަތް ކުރާނަން. ވާހަކަ ކުރިއަށް ދާ ގޮތް ކުދިންނަށް ކަމުދޭތަ؟ ކޮމެންޓަކުން އަންގާލައްޗޭ. ދެން އޮތް ބައި ހޯމަ ނޫނީ އަންގާރަ ދުވަހު އަޕްލޯޑް ކޮށްލެވޭތޯ ބަލާނަން.

  2. Nauuuuuuuuuuuuuuuuuuuraaaaaaaaaaaaa says:
    April 23, 2026 at 3:02 pm

    Alheyy Anyang and nooryn vaki nukurahceyy..

    1. Mar Sha Mar Sha says:
      April 27, 2026 at 1:36 pm

      vaki vaane hen hyveytha? thanks for reading dear

  3. Anonymous says:
    April 23, 2026 at 6:33 pm

    Maasha allah.
    Mi prt vs vrh reethi
    When next sissy??
    Lysm n TC 🖤💛

    1. Mar Sha Mar Sha says:
      April 27, 2026 at 1:37 pm

      thank u dear, will upload today inshaAllah

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 9←


All Right Reserved!