Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 29

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
March 31, 2020 7 Mins Read
17 Comments

އަސަދުގެ ދެ އަތުގެ ތެރެއިން ދުލެއް ލިބުމުން ޝަނާޒް ތެދުވެ އިސްތަށިގަނޑު އެއްކޮށްފައި ހުޅިއެއް ޖަހާލިއެވެ.

“އެ ގޮތަށް އަހަންނާ ދިމާލަށް އެއްޗެހި ކިޔާފަ ތީތަ އަސަދު ކަންތައް ކުރަން ވީ ގޮތަކީ؟” ޝަނާޒް އަހާލިއެވެ.

އަސަދު އެއްޗެއް ނުބުނެ ތެދުވި ގޮތަށް ޝަނާޒް ގެނެސް މޭގައި ޖައްސާލިއެވެ.

“އައި ލަވް ޔޫ…” އަސަދު ބުނެލިއެވެ.

“ސޮރީއެކޭ ނޫންތަ ބުނަންވީ؟ އެހެން ނޫނީ… އަހަރެން ކޮންމެ ގޮތަކަށް އުޅެފަ އަޔަސް އަސަދު ބޭނުންވާ އިރަށް އަހަރެން އަސަދުއަށް އެ ފުރުސަތު ދެންޏާ އަސަދުއަށް އޯކޭ ވަނީތަ؟” އަސަދުގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ޝަނާޒް އެހިއެވެ.

“އައިމް ސޮރީ ޝަނާ. އެނގޭ މިހެން ހަމަ ބުނެލާ އިރަށް މާފު ކުރަން ފަސޭހަ ވާނެ ކަހަލަ ކަންތައްތަކެއް ނޫން ކަން އަހަރެން ޝަނާގެ ބޮލުގަ އެޅުވީ… އަހަންނަށް އެނގޭ ޝަނާ އެހެންނެއް ނޫޅޭނެ ކަން. އެހާ ބޮޑު ކަމެއް ވީ އިރު އަހަންނަށް ވުރެ ކުރިން ޝަނާ އޭނަޔާ އެކަން ޝެއަރ ކުރީމަ އަހަންނަށް ރުޅި އާދެވުނީ… އޭނަޔާ ޝަނާ ވާހަކަ ދައްކާކަންވެސް އެނގުނީމަ ހައްތަހާ ރުޅި ގަދަ ވީ… އަހަރެން ޝަނާއަށް ދޮގު ހަދާކަށް ބޭނުމެއް ނޫން… ކުޑަ ވަގުތު ކޮޅަކަށް އެކަހަލަ އެއްޗެއް ހިތައް އެރި، އެހެންވެ އެ ގޮތަށް ޝަނާއާ ދިމާއަށް އެއްޗެހި ކިޔުނީ… ޝަނާ ބޭނުން އަދަބެއް އަހަންނަށް ދީ، ސުވާލެއް ނެތި ގަބޫލު ކުރާނަން… އެކަމަކު އަހަންނަށް މާފު ކޮށްދީ، އައިމް ސޯ ސޮރީ… އަހަންނަށް އެނގޭ އެ ގޮތަށް ޝަނާ ނޫޅޭނެ ކަން” ޝަނާޒްގެ ދެ އަތްތިލައިގައި ހިފާ ގެނެސް މޭގައި ޖައްސާލަމުން އަސަދު ވާހަކަ ދައްކަމުން ދިޔަ އިރު، ކިޔުނު އެއްޗެއްސާ މެދު އަސަދު ދެރަވެފައި ހުރި ވަރު އެ ލޮލުން ޝަނާޒްއަށް ފެނުނެވެ.

“އަހަރެން ފުރަތަމަ ބުނަން ބޭނުން ވީ އަސަދު ކައިރީގައޭ، އެކަމަކު ނިހާން ކައިރީ ބުނީ އަހަރެންގެ ލައިފްގަ ދެން ނިހާންއަށް އެއްވެސް ޕްލޭސްއެއް ނޭތް ކަން އޭނައަށް ޔަގީން ކޮށްދޭން ވެގެން. ފުރަތަމަ އޭނަޔާ ވާހަކަ ދެއްކި އިރު ހިތުގަ އޮތީ ކޮންމެސް ދުވަހަކުން އަދި އޭނައާ ގުޅޭނެ ކަމުގެ އުއްމީދު. އެކަމަކު އަހަންނަށް ޓަކާ އަސަދު އަމިއްލަ ނަފްސަށް ގެނައި ބަދަލު ފެނުފަ އަހަރެންގެ ހިޔާލު ބަދަލުވީ. އެކަމަކު އޭރުވެސް ނިހާން ހުރީ އޭނައަށް އަހަރެން ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ. މި ހުރިހާ ދުވަހު އަހަރެން މަސައްކަތް ކުރީ އަހަރެން ދޫކޮށްލަން ނިހާން އެއްބަސް ކުރަން. ރޭގަވެސް އަހަރެން ބޭނުން ވީ އެހެން އެއްވެސް ސަބަބެއް ނެތަސް، މި ދަރިފުޅަށް ޓަކާ ނަމަވެސް އަހަރެން ދެން އަސަދުއާ ވަކި ނުވާނެ ކަން ނިހާންއަށް ޔަގީން ކޮށްދޭން. އަހަންނަށް ކާމިޔާބުވެސް ވެއްޖެ. ނިހާން އުޅެނީ މީހަކާ އިންނަން.

އަހަރެން ރޭގަ ހުރީ ވަރަށް އުފަލުން. އެކަމަކު… އަސަދު އެ ގޮތަށް ވާހަކަ ދެއްކީމަ އަހަރެން ވަރަށް ދެރަވި. ހިތަށް އެރި މި ދަރިފުޅާ މެދު އަސަދުއަށް ޔަގީން ނުވަންޏާ ދެން އަސަދުއާ އެކީގަ އުޅުމުގެ ބޭނުމެއް ނެތޭ. އެހެން ވިޔަސް ފަހުން ވިސްނާފަ ހިތަށް އެރީ އެހާ ފަސޭހައިން އަސަދު ދޫކޮށެއް ނުލާނަމޭ. އަސަދުއަށް ޔަގީން ކޮށްދޭން މަސައްކަތް ކުރާނީއޭ. މިއަދު އަހަރެން ބޭނުމެއް ނޫން އަސަދު ދޫކޮށްލާކަށް. ނިހާން ބޭނުން ވެގެން ބުންޏަސް ދެން ބޭނުމެއް ނޫން…” އިސް ޖަހާލަމުން ޝަނާޒް ލޮލުން އައި ކަރުނަ ފޮހެލިއެވެ.

“ކީއްވެ…؟” ޝަނާޒްގެ ދަތްދޮޅީގައި އިނގިލި ޖައްސާ އިސް އުފުލާލަމުން އަސަދު ސުވާލު ކޮށްލިއެވެ.

“އަސަދުއަކަށް ނޭނގޭތަ ކީއްވެ ކަމެއް؟” ޝަނާޒް އެހިއެވެ.

“ބުނެބަލަ…” އަސަދު އެދެނީ ޝަނާޒްގެ ދުލުން ބުނުމަށެވެ.

“ބިކޯޒް އައި ލަވް ޔޫ…” ސިއްރުން ކަހަލަ ގޮތަކަށް ޝަނާޒް ބުނެލިއެވެ.

އަސަދުއަށް ލޯ މަރާލެވުނެވެ. އެ ޖުމްލަ ޝަނާޒް ބުނޭތޯ އަސަދު ކިހާ ދުޢާއެއް ކުރި ހެއްޔެވެ؟ އެ ތިން ބަސް ޝަނާޒްގެ ދުލުން ބުނާ އަޑު އަހާލުމަށް އެދި އެދި ހުންނަތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ އެ ތިން ލަފްޒުން އަސަދުގެ ހިތަށް އެ ލިބުނީ ކިހާ ބޮޑު އުފަލެއް ކަން ޝަނާޒްއަށް އެނގޭ ހެއްޔެވެ؟

އެއްޗެއް ނުބުނެ ލޯ މަރާލައިގެން އިން އަސަދުގެ މޫނަށް ބަލަން އިން ޝަނާޒް ކައިރި ވެލަމުން ދެ އަތުން އަސަދުގެ މޫނުގައި ހިފާލުމާއެކު އެ ތުންފަތުގައި ބޮސްދިނެވެ. ދެންވެސް ދިޔައީ ކުރިން ދިޔަ ފަދަ ވަގުތުކޮޅެކެވެ.

ކުރީރޭ ދެގަޑި ބައި ވަންދެން ނިހާންއާ ނަވާޒް ވާހަކަ ދައްކަން ތިބި ގޮތަށް، ޒައިނާއާ ދައުހާވެސް ނިދީ އެހާ ލަސްވަންދެން ވާހަކަ ދައްކަން ތިބެފައެވެ. އަނެއް ދުވަހަކީ ހުކުރު ދުވަހެއް ނަމަވެސް ގޭ އެންމެންވެސް އަވަހަށް ހޭލިއެވެ. ނިހާންއާ ދައުހާ، އެކަކު އަނެކަކު ފެނުމުން ކަންތައް ކުރާނެ ގޮތް ބަލަން އެންމެން ތިބީ ކެތް މަދު ވެފައެވެ. ދައުހާއާ ދިމާކޮށްލާ ހިތުން ރާއިދުއާ ރިޔާންވެސް ހަތެއް ޖެހި އިރަށް ތިރިއަށް އައެވެ.

“މިއަދު މޭޒުމައްޗަށް އެއްޗެހި ނަގަން ވާނީ ދައު އިނގޭ. ދޮންބެ ހުންނާނީ ދައު ނުފެނިގެން ކެތް މަދު ވެފަ މިހާރު” ސައި ތައްޔާރުކޮށް ނިމުމުން ނަބާހާ ބުނެލީ ދައުހާއާ ދިމާކޮށްލުމަށެވެ.

“ތެދެއް. އަހަރުމެން ގޮސްގެން ދޮންބެއަކަށް ކަމަކު ނުދާނެ މިއަދަކު” ޒައިނާވެސް ނަބާހާގެ ސަމާސާގައި ބައިވެރިވިއެވެ.

“ނޫން ދެން. ޒައި ދޭބެލަ” ދައުހާ ލަދުން ހުރެ ބުނެލިއެވެ.

“އައްދޭ! ދޮންބެ ދެކެ ކުއްލިއަކަށް ހާދަ ލަދެއް ތި ގަންނަން ފެށީ؟” ދައުހާގެ ކޮލުގައި ހިފާލަމުން ޒައިނާ ހިނިއައިސްފައި ބުނެލިއެވެ.

“ނޫން. އެހެން ވެގެންނެއް ނޫން. ކުޑަދޮންބެމެން ދިމާ ކުރާނެތީއޭ” ޒައިނާގެ އަތުގައި ވިކާލަމުން ދައުހާ ބުންޏެވެ.

“ދޮގެއް ނޫން. އެ ރިޔާން މިއަދު ދައު ނޭވައެއްވެސް ލިޔަ ނުދޭނެ. އެކަމަކު ދައުއަކަށް ފިލައިގެނެއްވެސް ނޫޅެވޭނެ، ދައު ނުނިކުތިއްޔާ ރިޔާން އައިސް ދައު ހޯދައިގެންވެސް ދިމާ ކުރާނެ. ރިޔާން އެކަންޏެއް ނޫން، ރާއިދުވެސް ނުހުންނާނެ ފަހަތަކު. އަދި އަޔާ އައިއްސިއްޔާ ކަންތައް ހުންނާނެ” ނަބާހާ ހެމުން ތަށިތައް ހިފައިގެން ބޭރަށް ނިކުތެވެ. ދެން ހުރި ތަށިތައް ހިފައިގެން ޒައިނާވެސް ނިކުތެވެ.

“ކޮބާ ދައު؟” ނަބާހާ ފެނުމާއެކު ރިޔާން އަހާލިއެވެ.

“ކުޑަދޮންބެއަށް ފިލައިގެން ދައު އުޅެނީ. އޭނައަށް އެނގޭ ކުޑަދޮންބެއަށް ފެނިއްޖެއްޔާ ސަލާމަތެއް ނުވެވޭނެ ކަން. ބުނަންތަ؟ އެކަކުވެސް ދައުއާ ދިމާ ކޮށްގެން ނުވާނެ އިނގޭ” ރިޔާންއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ޒައިނާ ބުނެލިއެވެ.

“އައްދޭ، ނަންނަ ބުންޏަކަސް ކިހިނެއް މި ކަހަލަ ޗާންސެއް ދޫކޮށްލާނީ؟ ދައު ފެނިއްޖެއްޔާ އެއްޗެއް ނުބުނެއެއް ނުހުރެވޭނެ، ސޮރީ” ރިޔާން ހުރީ ދައުހާއާ ދިމާކޮށްލާނެ ފުރުސަތެއް ނުލިބިފައެވެ.

“ނޫން، އެހެން ހަދައިގެން ނުވާނެ” ޒައިނާ ބުންޏެވެ.

“އެހެންނެއްނު ވާނީ؟ ދޮންބެވެސް ވެއްޖެ އެންމެންގެ ކުރިމަތީ އެހެން އުޅެން. ދޮންބެއާ މެދި ލަދުން ފިލައިގެން އުޅެން މި ޖެހެނީ ދައުއަށް. އެބަ އިނެއްނު އަނގައިން ނުބުނެ ހަމަ ޖެހިގެން ސައި ބޯލަބޯލާ” ނަވާޒް ނިހާންއާ ބެހިލިއެވެ.

“އެހެން ވިއްޔާ ދޮންބެއާ ދޯ ދިމާ ކުރަންވީ؟ ދޮންބެ އަސްލު ގަދަ އިނގޭ. މިހާރު ހިތަށް އަރާ ރޭގަ ވީޑިއޯ ކޮށްލެވުނު ނަމައޭ. އޭރުން ދައުއާ ރަނގަޅަށް ދިމާ ކޮށްލެވުނީސް—” ރިޔާން ފޯރިއާއެކު ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލީ ނިހާން އެވެ.

“ރިޔާން، ދައުއާ ދިމާ ނުކުރާތި!” ނިހާން ބުންޏެވެ.

“އޯކޭ! މި ދޮންބެ ސީރިއަސް ކަމުންވެސް ކަމެއް ނުވާނެ. އީވަން ބައްޕަ އިޒް މޯރ ފަން” ކާން އިން ތައްޓާ ދިމާއަށް ބަލަން އިނދެ ރިޔާން ޝަކުވާ ކޮށްލިއެވެ. އެއާއެކު ސިހިފައި އިސް އުފުލާ ބަލާލީ ނިހާން އެއްލި ރޮށިކޮޅު އައިސް ރިޔާންގެ މޫނުގައި ޖެހުމުންނެވެ.

ރިޔާން ހައިރާންވެފައި ފަހަރަކު މީޙެއްގެ މޫނަށް ބަލާލީ، އެކަން ކުރި މީހަކު ނޭނގުމުންނެވެ. ދެން ތިބި މީހުންވެސް ރިޔާންގެ މޫނަށް ބަލަން ތިބެފައި ނިހާންއާ ދިމާއަށް ބަލާލިއެވެ. އެއާއެކު ނަވާޒްއަށް ނީނދެވިގެން ބާރަށް ހޭން ފެށިއެވެ. ރިޔާން ނޫން އެހެން މީހުންވެސް ނަވާޒްގެ ހުނުމުގައި ބައިވެރި ވިއެވެ.

“ދޮންބެތަ މި އެއްލީ؟” ރޮށިކޮޅު ދައްކާލަމުން ރިޔާން އަހާލީ ގަބޫލު ނުކުރެވިގެންނެވެ.

“ސީރިއަސް ނޫން ކަން އަންގާލީ” ނިހާން ބުންޏެވެ.

ނިހާންމެން ސައި ބޮއެގެން ތެދުވުމުން ނަބާހާއާ ދައުހާއާ ޒައިނާ ސައިބޯން އެރިއެވެ. ދައުހާ ފެނުމާއެކު ރިޔާންއަކަށް ދިމާ ނުކޮށެއް ނުހުރެވުނެވެ. ދައުހާ ރަކިވެފައި ހީލަހީލާ އިނީއެވެ. ނިހާން ހިނިއައިސްފައި ބަލަން އިނީއެވެ. ރިޔާންގެ ސަމާސާގައި އާހިލްއާ ނަވާޒްއާ ރާއިދުވެސް ބައިވެރިވިއެވެ. ދޭތެރެއަކުން ނަބާހާއާ ޒައިނާވެސް އެއްޗެއް ބުނެލައެވެ.

ދިހައެއް ޖެހުމުން ޒައިނާއާ ނަބާހާ ބަދިގެއަށް ވަނީ މެންދުރަށް ކައްކާށެވެ. ދައުހާއާ ހަވާލު ވީ ހުކުރަށް ދާން ލާނެ އެއްޗެހި އިސްތިރި ކުރުމެވެ. އެހެން މީހުންގެ އެއްޗެހި ކޮޓަރިއަށް ލާފައި އެންމެ ފަހުން ނިހާންގެ އެއްޗެހި ހިފައިގެން ގޮސް އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.

ނިހާން ދޮރު ހުޅުވުމުން ދައުހާ ވަދެ އަލަމާރީގައި އެއްޗެހި އަޅުވާފައި އެނބުރުނު އިރު ނިހާން ދައުހާ ކައިރީ ހުއްޓެވެ.

“ހެޕީ؟” ނިހާން އަހާލިއެވެ.

ދައުހާ ބޯ ޖަހާލާފައި ނިހާންގެ މޭގައި މޫނު ޖައްސާލިއެވެ.

“އަހަރެން ވަރަށް ގޯސް ދޯ؟ އެހާ ވަރަށް ދައުއަށް ހަރޓް ކޮށްފަ—” ނިހާން ބުނަން އުޅުނެވެ. ނަމަވެސް ދައުހާ ނިހާންގެ އަނގަމަތީ އަތް ޖައްސާލިއެވެ.

“އަހަރެން ބުނަމެއްނު އެންމެ ފަހުން އަހަންނަށް ނިހާން ލިބެންޏާ ކޮންމެ ކަމަކަށްވެސް ނިޙާންއަށް މާފު ކުރާނަމޭ؟ ކިތަންމެ އާދޭސް ކުރަން ޖެހުނަސް، އަހަރެންގެ ހިތަށް ކިތަންމެ ތަދު ވިޔަސް ރޭގަ ނިހާން އަހަރެން ދެކެ ލޯބި ވެޔޭ ބުނި ވަގުތު އަހަރެން ނިހާންއަށް މާފު ކޮށްފިން. މިހާރު އަހަރެންގެ ހިތުގަ އެއްވެސް ޝަކުވާއެއް ނެތް. އަހަންނަށް އެނގޭ އެހެން މީހުންނަށް ސިއްރު ކޮށްގެން އުޅުނަސް، އެންމެންނަށް ސިއްރު ކުރަން މަސައްކަތް ކުރިޔަސް މި ހިތަށްވެސް ތަދުވާކަން…” ނިހާންގެ މޭގައި އަތް ޖައްސާލަމުން ދައުހާ ބުންޏެވެ.

“ދައު، އަދިވެސް އެއްވެސް ކަމެއް ހައްލެއް ނުވޭ… ނަވާމެން އަހަންނާ އެއްކޮޅަށް ތިއްބަސް މަންމަ ހިތަށް އަރާފާނެ އެއްޗަކާ މެދު ވަރަށް ކަންބޮޑު ވޭ، އަދި ދައުގެ ފެމިލީ… ދައުގެ ބައްޕަ ގަބޫލެއް ނުވާނެޔޭ އަހަރެންގެ ހިތް ބުނަނީ، ދައުގެ މަންމަވެސް ހިތް ހަމައެއް ނުޖެހޭނެ. އަހަރެން ބިރު ގަނޭ…” ނިހާން އަދިވެސް ކަންބޮޑު ވަނީ އެ ގުޅުމާ މެދު ދައުހާގެ އާއިލާއިން ދެކޭނެ ގޮތަކާ މެދުގައެވެ.

“ނިހާން! ތި ވަރަށް ހާސް ނުވެބަލަ. ތި ހިޔާލު ހިތުން ފޮހެލަބަލަ. އަހަރެންގެ ލައިފްއަށް ނިހާން ކަހަލަ މީހަކު އައީމަ އެ މީހުން އުފާ ވާނީ. މި ގޭ ކޮންމެ ކުއްޖަކަށްވެސް އަހަރެންގެ މަންމަ އިތުބާރު ކުރާނެ. އެއީ ނިހާންއަށް ވީތީ މަންމަ ވަކިން އުފާ ވާނެ. ނިހާން ބަލަން ހުންނައްޗޭ” ދައުހާ ޔަގީން ކަމާއެކު ބުނެލިއެވެ.

“އެކަމަކު… އަހަރެން މީ ދައުއާ ބަލާފަ—” ދައުހާގެ ބަސްތަކުން ނިހާންގެ ހިތަށް ވެރިވެފައިވާ ހާސްކަމެއް ނުފިލިއެވެ.

“އޭޖް އިޝޫއަކަށް ހަދަނީ ނިހާންއޭ. ރޭގަވެސް މިގޭ މީހުންނަށް އެނގުނީމަ އެކަކުވެސް އޭޖްގެ ވާހަކައެއް ދެއްކިތަ؟” ދައުހާ އަހާލިއެވެ.

“އެކަމަކުވެސް—” ދެންވެސް ނިހާން ދެކޮޅަށް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ދައުހާ އެ ފުރުސަތު ނުދީ ކައިރިއަށް ޖެހިލާ ކޮރާލަމުން ނިހާންގެ ބަސް ހުއްޓުވީ އެ ހާސްކަން ނިހާންގެ ހިތުން ފޮހެލަން ބޭނުން ވެގެންނެވެ.

އެ ދުވަހުގެ ހަވީރު އަސުރު ނަމާދަށް ފަހު އަޒްމަން އައި އިރު ނަޝީލާއާ ވަސީމް ނޫނީ އެ އާއިލާގެ އެންމެން އެ ގޭގައި ތިއްބެވެ. ހަވީރަށް ސައި ތައްޔާރު ކުރުމުގައި ނަބާހާއަށް އެހީ ވާން ދައުހާއާ ޒިދުނާއާ ހޫރިޔާ އުޅެއެވެ. އަދާއަށް ކާން ދޭން ޒައިނާ އިން އިރު ޒައިނާ ވަށައިގެން އާއިޝްއާ އީޝަލްއާ ނީލަން ތިއްބެވެ. ހުރިހާ ފިރިހެނުން ސިޓިންގްރޫމްގައި ޓީވީއިން ފުޓްބޯޅަ މެޗެއް އަޅުވައިގެން އޭގެ ފޯރީގައި ތިއްބެވެ.

“އަޒްމަން، ރަނގަޅު ގަޑިއަށް ހަމަ ތި އާދެވުނީ. އިރުކޮޅަކުން ސައި ރެޑީ ވާނެ” މޭޒު ކައިރީ ސޭންޑްވިޗް ހަދަން އިން ނަބާހާ އަޒްމަން ފެނުމުން ބުންޏެވެ.

ނަބާހާ އެހެން ބުނުމުން ޒައިނާ ބަލާލިއެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލާފައި އަޒްމަން ގޮސް އިށީނީ ނިހާންމެން ކައިރީގައެވެ. އިރުކޮޅެއް ނުވެ ފުޓްބޯޅައިގެ ފޯރީގައި އަޒްމަންވެސް އެ މީހުންނާ އެއްވަރަށް ބައިވެރިވިއެވެ.

ސައި ބޮއެ ނިމިގެން ޒައިނާ އައިސް އަޒްމަން ކައިރީ އިށީނެވެ.

“ޒައި، އާރާ އެބަ ކިޔާ ޑިނަރ އަކަށް ދާން ހިނގާށޭ” ޒައިނާ އަތުގައި އިން އަދާ އުރާލަމުން އަޒްމަން ބުންޏެވެ.

“ޑިނަރ އެކޭ؟ ފެމިލީ އެއްކޮށްތަ؟” ކަންބޮޑުވެފައި ޒައިނާއަށް އަހާލެވުނެވެ.

“ނޫން. އާރާއާ އަހަންނާ ޒައިއާ” ޒައިނާ ހާސްވިކަން އެނގިގެން، ޒައިނާގެ އަތްތިލައިގައި ހިފާލަމުން އަޒްމަން ހިނިއައިސްފައި ބުންޏެވެ.

“އެހެންތަ؟ އެހެން ވިއްޔާ އޯކޭ. ކޮން އިރަކުން؟” ޒައިނާ ހަމަޖެހިލިއެވެ.

“މި ގެޔަށް އައި ދުވަހުން ފެށިގެން އާރާ ކިޔާ އެހެން. އޭނައަށް މިރޭވެސް ލަސް” އަޒްމަން ޖަވާބު ދިނެވެ.

“ވަކި ދުވަހެއް ނުބުނޭތަ؟” އާރާ މަތިން ހަނދާން ވެފައި ޒައިނާއަށްވެސް ހީލެވުނެވެ.

“ކިޔަވަ ކިޔަވާފަ ބްރޭކްއެއް ލިބުނީމަ އޭނަ ބޭނުން ވަނީ އެއް ދުވަސް އެއްކޮށް ހަމަ މަޖާ ކޮށްލާށޯ. މިރޭ ދާން ޒައިއަށް އޯކޭ ވިއްޔާ އާރާ ރެޑީ ވާނެ” އަޒްމަން ބުންޏެވެ.

“އެކަމު މިރޭ ދައުވެސް ހުއްޓާ ދާން އެހާ ރަނގަޅެއް ނުވާނެއެއްނު؟ މާދަން ރެއަށް ހަދަން ވީނު؟” ޒައިނާ އެދުނެވެ.

“އޯކޭ. ޒައިއަށް ރަނގަޅު ރެއެއް އާރާއަށް ރަނގަޅު ވާނެ. އެކަމު އާރާގެ އަދި އެއް ވިޝް އެބައޮތް” އަޒްމަން ބުންޏެވެ.

“މި ގެޔަށް އަންނަން ދޯ؟” ހިނި އައިސްފައި ޒައިނާ އަހާލީ އާރާ އެދޭނީ އަދާ ކައިރިއަށް އައުން ކަން އެނގޭތީއެވެ.

އަޒްމަން ބޯ ޖަހާލިއެވެ.

އަނެއްރޭ އަށެއް ޖެހި ތަނާ އަޒްމަންއާ އާރާ އައެވެ. އޭރު އަދާ ހޭލާ އުޅޭތީ އާރާ ހުރީ ވަރަށް އުފަލުންނެވެ. ޒައިނާ ތައްޔާރު ވެގެން ނިކުންނަން ދެން އާރާ އިނީ އަދާ އުރައިގެންނެވެ.

“ދާންވީ ދޯ؟” ޒައިނާ ނިކުތުމުން އަޒްމަން ބުންޏެވެ.

“މަންމާ. ދިހައެއް ޖަހާ އިރަށް އަންނާނަން. އެކަމަކު އަދާ ރޮންޏާ ގުޅާލާ އިނގޭ” އަޒްމަންއަށް ބޯ ޖަހާލަމުން ގަޑިއަށް ބަލާލާފައި ޒައިނާ ނަޝީލާއަށް ބުންޏެވެ.

“އަދާ ކީއްވެތަ ރޯން ވީ؟ ދަރިފުޅުމެން އެހާ އަވަސް އަރުވާލައިގެން ނަޔަސް އެންމެ ރަނގަޅޭ. ބޭރަށް ދެވޭ ފަހަރަކު މަޖާ ކޮށްލާފަ އާދޭ” އާރާ އަތުން އަދާ އުރާލަމުން ނަޝީލާ ބުންޏެވެ.

ކުރިން ދިމާވި ފަހަރުވެސް އާރާއަކީ މީހުންނާ ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއް ކަން ޒައިނާއަށް ވަނީ އެނގިފައެވެ. ދެވަނަ ފަހަރަށް ބައްދަލު ވި އިރު އާރާ ހީވީ ދުވަސް ވީ އެކުވެރިއަކާ ބައްދަލު ވީ ހެންނެވެ. އަމިއްލަ އެކިއެކި ވާހަކަތައް ޒައިނާއާ ހިއްސާ ކުރަމުން އެކި ސުވާލު ކުރަމުން ދިޔަ އިރު ދޭތެރެއަކުން އަޒްމަންވެސް ވާހަކައިގައި ބައިވެރި ކުރެއެވެ. ކައި ނިމިގެން ގަޑިއެއްހާ އިރު ވަންދެން ތިބި އިރު ގިނަ ވާހަކަ ދެއްކީ އާރާއެވެ.

ދިހަގަޑި ބައި ވުމުން ގެޔަށް ދާން ބޭނުން ވެފައިވެސް ޒައިނާއަށް އާރާގެ ވާހަކަތައް އަޑު އަހަން އިނދެވުނީ އެ އަންހެން ކުއްޖާގެ މަޖާ ވާހަކަތަކުގެ ސަބަބުންނެވެ.

“އާރާ، އަދި ޒައިއާ ދިމާ ވާނެޔޭ، ބައެއް ވާހަތައް ފަހަށްވެސް ބަހައްޓަން ވާނެއެއްނު؟ މިރޭ ދެން ހިނގާ ދާން” އެގާތަ ޖަހަން ކައިރި ވުމުން އަޒްމަން ބުންޏެވެ.

“ދާން ވީ ދޯ! ދޮންބޭ، ދެން އަވަހަށް ޒައިއާ މެރީ ކުރަން އުޅޭ. އައި ލައިކް ހަރ. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް އަހަރެންގެ ސިސްގެ ގޮތުގަ ޒައި އަހަރުމެން ގެޔަށް ގެންދަން” އާރާ ބުންޏެވެ.

“އައްދޭ! އާރާއަށް ވުރެ މާ ބޮޑަށް ދޮންބެ ބޭނުމޭ. އެކަމަކު އަދި ދުވަސްކޮޅަކު މަޑުކޮށްލަން ޖެހޭނީ، ދޯ ޒައި؟” އާރާ ބުނި ގޮތުން ހީގެންފައި އަޒްމަން ބުންޏެވެ.

އެއްޗެއް ނުބުނެ ޒައިނާ ހީލިއެވެ.

ޒައިނާ ގެޔަށް ލާން ގޮސްފައި ޒައިނާއާ އެކު ގޭ ދޮރާ ހަމައަށް އަޒްމަން ދިޔައިރު އާރާ ކާރުގައި މަޑުކޮށްލިއެވެ.

“ޒައި، މަންމަމެން ކައިރީ ބުނެފިން. ހުކުރު ދުވަހު މީޓް ކޮށްލަން ދެވިދާނެތަ؟” ދޮރުމަތީ މަޑުކޮށްލާފައި އަޒްމަން އަހާލިއެވެ.

އެއްޗެއް ނުބުނެ ޒައިނާ ބޯ ޖަހާލި ނަމަވެސް ހިތުގައި އެ ބައްދަލުވުމާ މެދު ކަންބޮޑުވުމެއް ވިއެވެ.

“ކަންބޮޑު ނުވައްޗޭ. ޔޫ ވިލް ލައިކް ދެމް. އެ މީހުން ޒައި ޖަޖްއެއް ނުކުރާނެ” ޒައިނާގެ އަތުގައި ހިފާލަމުން އަޒްމަން ޔަގީން ކަން ދިނެވެ.

ދެންވެސް ޒައިނާ ހަމައެކަނި ބޯ ޖަހާލީއެވެ.

ޖެހިގެން އައި ހުކުރު ދުވަހެވެ. ޑިޔުޓީ ނިމުމާއެކު ގެޔަށް ދާން ބޭނުންވެފައި ހުރި ނަމަވެސް އަޒްމަންއަށް ގެޔަށް ދެވުނު އިރު ފަހެއް ޖަހައިފިއެވެ. ވީހާވެސް އަވަސް ކޮށްގެން އަޒްމަންއަށް ޒައިނާ ބަލާ ދެވުނު އިރު ފަސްގަޑި ސާޅީސް ވެއްޖެއެވެ.

“ސޮރީ، ޑިޔުޓީ ނިމުނު އިރު ފަހެއް ޖަހަނީ. ނިކުމެފަ ޒައިއަށް ގުޅާލަން ވެގެން ފޯން ބަލާލި އިރު އޮތީ ނިވިފަ” ޒައިނާމެން ގެޔަށް ވަދެފައި ޒައިނާ ފެނުމުން ފުރަތަމަވެސް އަޒްމަން ބުނީ އެހެންނެވެ.

“އިޓްސް އޯކޭ. ދެން ދާން ވީތަ؟” ހީލަމުން ޒައިނާ އަހާލިއެވެ.

އަޒްމަން ބޯ ޖަހާލުމުން ނަޝީލާ ކައިރީ ބުނެފައި ޒައިނާ އަޒްމަންއާ އެކު ނިކުތެވެ.

ހަތަރު މަސް ތެރޭ އަޒްމަންގެ މަންމައާ ބައްޕައާ ބެހޭ ގޮތުން އަޒްމަން ބުނެދީފައި ވާ ކަންތަކަށް ވުރެ ގިނައިން ފާއިތުވި ހަފްތާއެއްހާ ދުވަހު އާރާގެ ފަރާތުން ޒައިނާއަށް ވަނީ އެނގިފައެވެ. ކާޏް ދިޔަ ރޭގެ ފަހުން ކޮންމެ ދުވަހަކުވެސް އާރާ އެ ގެޔަށް އައިސް އަދާއާ ޒައިނާ، އަދި އެ ގޭ އެހެން މީހުންނާ އެކު ވަގުތު ހޭދަ ކުރިއެވެ.

އަޒްމަންއާ އެކު ގޭ ދޮރުން ވަން އިރު ޒައިނާގެ ހިތުގެ ތެޅުން އަވަސް ވެފައިވިއެވެ. ބިރުގަނެފައި ހުރި ނަމަވެސް އެކަން ނުދައްކާ ވޭތޯ ޒައިނާ މަސައްކަތް ކުރިއެވެ. ގޭ ތެރެއަށް ވަދެވުމާއެކު އާރާ އައިސް ޒައިނާގެ އަތުގައި ހިފާލަމުން ކަންބޮޑު ނުވުމަށް ބުނެލީ ސިއްރުސިއްރުންނެވެ.

“މަންމާ، ބައްޕާ، މީ ޒައިނާ” ސިޓިންގްރޫމް ސޯފާގައި ތިބި ނާދިޔާއާ ނާޝިދުއަށް ޒައިނާ ތަޢާރަފް ކޮށްދިނީ އާރާއެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތަޤްދީރު 08 ވަނަ ބައި

Next

ނުވާނަން ތަފާތެއް… 17

Next
March 31, 2020

ނުވާނަން ތަފާތެއް… 17

Previews
March 31, 2020

ތަޤްދީރު 08 ވަނަ ބައި

17 Comments!

  1. Aki says:
    March 31, 2020 at 4:51 pm

    hama bala balaa Indha thi up kohla dhinee.. thanks

    1. Mar Sha Marsha says:
      April 1, 2020 at 3:13 pm

      Welcum!,???

  2. Mar Sha Marsha says:
    March 31, 2020 at 4:52 pm

    Hi, mi bai thankolheh kuru vedhaane, but miadhah vee varu mee. Kiyaalaafa like akaa comment eh dhehchey. Part 30 on Thursday. ????

  3. Aishath Inaa Inaa says:
    March 31, 2020 at 4:55 pm

    Shaa Rimaa

    1. Mar Sha Marsha says:
      April 1, 2020 at 3:13 pm

      Nameh tha comment kollaafa myny?? ?

  4. Mannu says:
    March 31, 2020 at 5:05 pm

    Broooooo haaadha laheyyyyy eyrah mi Tuesday adhi kithah dhuvas eba oiyy avahah neridheeba maadhan!!! ??

    1. Mar Sha Marsha says:
      April 1, 2020 at 3:15 pm

      Tomorrow is Thursday ehnu??
      Thanks Mannu ?

  5. Yaal says:
    March 31, 2020 at 5:36 pm

    Wow …….haadha reehchey………….. When next part…..

    1. Mar Sha Marsha says:
      April 1, 2020 at 3:15 pm

      Thank u Yaal ??

  6. aish says:
    March 31, 2020 at 9:05 pm

    story ge main character aky kaakutha?

    1. Mar Sha Marsha says:
      April 1, 2020 at 3:16 pm

      Dhauha & nihaan
      Zaina & azman

  7. Kairaa says:
    March 31, 2020 at 9:33 pm

    Varah varah reethi mi part vx masha allah….waiting for the nxt part…

    1. Mar Sha Marsha says:
      April 1, 2020 at 3:16 pm

      Thank u Kairaa ??

  8. Quiiin? says:
    April 2, 2020 at 1:03 am

    ވަރަށް ވަރަށް ވަރަށް ރީތި މި ޕާޓް ވެސް މާޝާ ސިސް ޔޫއަރ ސޯ ޓެލެންޓެޑް މާޝާﷲ
    ލޮޓްސް އޮފް ލަވް ފްރޮމް މީ …
    ދެން އޮތް ޕާޓް އަށް އިންތިޒާރު ކުރަން
    be safe

    1. Mar Sha Marsha says:
      April 2, 2020 at 9:32 am

      Thank u Quiiin, miadhu ge bai around 2 ga upload kollaanan ???

  9. Nash says:
    April 2, 2020 at 11:25 am

    I just love this story ❤

    1. Mar Sha Marsha says:
      April 2, 2020 at 12:21 pm

      Thank u Nash ?

Comments are closed.


All Right Reserved!