ހިތުގެ ހިނގުމަށް ބަދަލު އަންނަމުން ދިޔަކަން ޒިއާމްއަށް އެނގެއެވެ. ހިތާ ދެކޮޅު ހަދަމުން ދިޔަ ޒިއާމްގެ އަތުން އެ ހިތުގެ މައްޗަށް އޮތް ބާރު ދޫވާން ފެށީ ޒިއާމްގެ މޭގައި މައިޜާގެ އަތްތިލަ ޖައްސާލުމުންނެވެ. ނޭވާ ހިފަހައްޓާލައިގެން އިން ޒިއާމްގެ ހިތް ސިކުނޑީގެ މައްޗަށް ކުރި ހޯދީ މައިރާގެ ނޭވާ ޒިއާމްގެ މެއަށް އެޅެން ފެށުމުންނެވެ. ދެ އަތުން މައިރާގެ މޫނުގެ ދެފަރާތުން ހިފާ އުފުލާލަމުން ޒިއާމް މައިރާގެ ތުންފަތުގައި ބޮސްދިނެވެ. ފަސްޖެހުމެއް ނެތި މައިރާ އިޖާބަ […]
ހަ މަސް ފަހުން މައިރާ ވަޒީފާއަށް ނިކުންނަން ފެށިއެވެ. ވަކިވެ ދިޔަ ފިރިމީހާއާ ދަރިފުޅުގެ ހަނދާން އެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ. އެހެން ނަމަވެސް އެ ހަނދާންތަކާ އެކު ދިރިއުޅެން މައިރާ ދަސްކޮށްފިއެވެ. އޭގެ ފަހުން އަހަރެއް ވީ އިރު މައިރާގެ މޫނުމަތިން ހިނިތުންވުން ފެންނަން ފެށިއެވެ. އެ ލޮލުން ހިތާމައިގެ އަސަރު ފިލަން ފެށީ އެހާ ދުވަސް ފަހުންނެވެ. އޭރުވެސް މައިރާ ހުރީ ރައިހާނާމެން ގޭގައެވެ. ދެ ތިން ފަހަރު ގެއަށް ބަދަލުވުމަށް މުނާ ބުނުމުން […]
“ޒިއާމްއާ ޒިއާމްގެ ލޯތްބާ ދެމެދު ހުރަހަކަށް ވެގެން ހުންނާކަށް އަހަރެން ބޭނުމެއް ނޫން. ޒިއާމްއާ ދޭތެރޭ އަހަރެންގެ ހިތުގަ އެއްވެސް ބުރަ ކަމެއް ނެތް. އަހަންނަށް އެނގޭ ޒިއާމްއަށް އަހަރެން ދެކެ ލޯބި ނުވެވޭނެ ކަން. އެއަށް ވުރެ މާ ބޮޑަށް ޒިއާމް އޭނަ ދެކެ ލޯބި ވަނީ. އަހަރެން ޒިއާމް ހިފަހައްޓާކަށް ބޭނުމެއް ނޫން. އައި ވޯންޓް ޔޫ ޓު ބީ ހެޕީ. ޒިއާމް އޭނަ ދެކެ ލޯބި ވަންޏާ މަސައްކަތް ކުރޭ އޭނަގެ ހިތް […]
“ތީ އަބަދުވެސް އަހަރެންގެ އެންމެ ހެޔޮ އެދޭ، އެންމެ ގާތް އެކުވެރިޔާ…” ޒިއާމްގެ ކޮނޑުގައި އަތް ޖައްސާލަމުން މައިރާ ބުންޏެވެ. ޒިއާމް އެއްޗެއް ނުބުނެ މައިރާއަށް ބަލަން ހުރީއެވެ. އެންމެންގެ ހާލަތުވެސް ބަދަލު ވީ އެ ދުވަހުގެ ފަހުންނެވެ. އެކަކު އަނެކަކަށް ޓަކާ ހިތްވަރު ކުރަމުން، ކޮންމެ މީހަކުވެސް ބެލީ އަނެއް މީހާއަށް އެހިވެވޭތޯއެވެ. އަނެކަކުގެ ހިތާމަ ލުއިކޮށްދެވޭތޯއެވެ. އެ މަސައްކަތާއެކު ކޮންމެ ހިތަކަށްވެސް ލުއިލިބެމުން އައީ އެންމެންގެ ލޯބިންނެވެ. ހާފިޒްއާ ޒިއާމް ވަޒީފާއަށް ނިކުންނަން ފެށިއެވެ. […]
އައިދަން އައުމުން ކުރިއެކޭ އެއްގޮތަށް ޒިއާމްގެ ވަގުތާ ސަމާލުކަން އަލުން ޔަލްދާއަށް ލިބޭނެ ކަމަށް ހިތަށް ވިސްނައިދީގެން ޔަލްދާ ކެތްކުރިއެވެ. ޒިއާމްގެ ހިތް ހޯދުމަށް ކުރިއަށް ވުރެ ބޮޑަށް ޔަލްދާ މަސައްކަތް ކުރަން ފެށިއެވެ. ކޮންމެ ދުވަހަކުވެސް އައިދަން މައިރާއަށް ގުޅައެވެ. އައިދަން ގުޅާނެ ވަގުތަކަށް މުޅި ދުވަހު މައިރާއަށް އިންތިޒާރު ކުރެވެއެވެ. ހެނދުނު ގުޅައިގެން ވާހަކަ ދެއްކުމަށް ފަހު ދެން އިނދެވެނީ ރޭގަނޑުގެ ކޯލުގެ އިންތިޒާރުގައެވެ. ދެ ހަފްތާ ދިޔައީ އެ ގޮތުގައެވެ. އައިދަން […]
“ޒިއާމްގެ ލައިފްގަ… ކުރިން… އެއްވެސް ސްޕެޝަލް ކުއްޖަކު ހުރިތަ؟” ފަސް ޖެހިފައިވެސް ޔަލްދާ ސުވާލުކޮށްލިއެވެ. ޒިއާމް ޔަލްދާގެ މޫނަށް ބަލާލިއެވެ. މައިރާގެ ސޫރަ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ. ލޯ މަރާލަމުން ޒިއާމް ދެފަރާތަށް ބޯ ހަލުވާލިއެވެ. “ކީއްވެ ތި ސުވާލު ތި ކުރީ؟” ލޯ ހުޅުވާ ޔަލްދާގެ މޫނަށް ބަލާލާފައި ޒިއާމް އަހާލިއެވެ. ޔަލްދާ ޖަވާބެއް ނުދީ އިނެވެ. ޒިއާމްއަށް ވިސްނާލެވުނެވެ. ސަބަބެއް ނެތި ޔަލްދާ އެ ސުވާލެއް ނުކުރާނެއެވެ. ޒިއާމްގެ ފަރާތުން ޔަލްދާއަށް ކަމެއް […]
“ޒެޑް!” ޒިއާމް ނިކުތުމުގެ ކުރިން އައިދަން ގޮވާލިއެވެ. ޒިއާމް ހުއްޓިފައި ބަލާލި އިރުވެސް އައިދަން ރަނގަޅު އެއްޗެއް ނުބުނާނެ ކަން އެނގެއެވެ. “ކެތް ކުރަން ދަސް ކުރަން ޖެހޭ އިނގޭ” އައިދަން ބުންޏެވެ. “އައިދަން!” މައިރާ އައިދަންގެ ނަމުން ގޮވާލި އަޑު އިވުނެވެ. “ތީ ވަރަށް ކެތް ކުރި މީހެއްނު؟ މެރީ ކުރަން ގަޑިއެއްގެ އިރަށް ވުރެ ކައިރި ވީ އިރުވެސް މައި ކައިރިން ދުރަށް ނުދެވިގެން އުޅުނު ހަނދާން ވޭތަ؟” ހިނި އައިސްފައި ޒިއާމް އެހެން […]
ޒިއާމް އެ ވަގުތު ގޮތެއް ނިންމިއެވެ. މާޒީގެ ހުރިހާ ކަމެއް ހިތުގައި ފޮރުވާފައި ދިރިއުޅުމާ ކުރިމަތި ލާންވީއެވެ. މަންމައަށް ޓަކައެވެ. ރަޒާނާގެ ދިރިއުޅުންވެސް މިހާރު އެ ވަނީ ފަޅުވެފައެވެ. އާރިޒް ނިޔާވުމަށް ފަހު ރައިހާނާއާ ހާފިޒްއާގެ އެދުމަށް އެ މީހުންނާ އެކު އެއް ގެއެއްގައި އުޅުނު ނަމަވެސް އާރިޒް ނެތުމުން އެ ހުސްކަން އަދިވެސް ރަޒާނާއަށް އިހްސާސް ކުރެވޭކަން ޒިއާމްއަށް އެނގެއެވެ. ވީ އިރު އެ ހުސްކަން ރަޒާނާގެ ޙަޔާތުން ފިލުމަށް އެހީ ވެދޭން ހުރީވެސް ޒިއާމް […]
“ހޫ އިޒް ޝީ؟” އިރުކޮޅަކު ވާހަކަ ނުދައްކާ އޮވެފައި އައިދަން އެހިއެވެ. ޒިއާމް ޖަވާބެއް ނުދިނެވެ. “ޒިއާމް… އެޓް ލީސްޓް ނަން ބުނެބަލަ” އައިދަން އެދުނެވެ. “ނޯ!” ޒިއާމް ބުންޏެވެ. “ކީއްވެ؟” އައިދަން ޒިއާމްއަށް ބަލާލިއެވެ. “ކިތައް ފަހަރު ބުނިއްޔާ އައިދަން އެ ވާހަކަ ނުދައްކާނީ؟” ޒިއާމްގެ އަޑުގައި ހިތްހަމަ ނުޖެހުން ވިއެވެ. “ކިތައް ފަހަރު އެހިއްޔާ ޒެޑް ކިޔާދޭނީ؟” އައިދަން ގޮތްދޫނުކޮށް އެހިއެވެ. “ހަނދާން ނައްތާލަން ބޭނުމީ… އައިދަން އަބަދު އަހަންޏާ ކިހިނެއް ހަނދާން ނެތޭނީ؟” […]