Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 24

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
March 21, 2020 8 Mins Read
26 Comments

“ޝަނާ… މަންމައަށް އެނގޭ އަސަދުއާ އެކީ އުޅެން ޝަނާ ބޭނުމެއް ނުވާނެ ކަން… އެކަމަކުވެސް މަންމަ ވަރަށް އެދެން ޝަނާ އަސަދުއަށް އެހީ ވުން… އަސަދު ވަރަށް ލޯބިވޭ ޝަނާ ދެކެ… ކުރިންވެސް އޭނަ އެހިޔަސް އަހަނީ ޝަނާގެ ބަސް… ދެންވެސް އޭނަ ހަދާނީ ޝަނާ ބުނާ ގޮތް… މަންމަގެ ދަރިފުޅު އެ ކަމުން ދުރު ކޮށްދީ… މަންމައަށް އެނގޭ އެކަން ކުރެވޭނީ ހަމައެކަނި ޝަނާއަށް ކަން… ޝަނާ އޭނަޔާ ވަކި ވެއްޖެއްޔާ އަނެއްކާވެސް މި ކަހަލަ ކަމެއް ކުރާކަށް އޭނަ ފަހެއް ނުޖެހޭނެ… އެކަމުން އޭނަ ދުރު ކޮށްގެން ނޫނީ އޭނައަށް ވިސްނައެއް ނުދެވޭނެ… މަންމައަށް މަންމަގެ ދަރިފުޅު ހޯދައިދީ ޝަނާ… މަންމަ އާދޭސް ކުރަން… މަންމަ އާދޭސް ކުރަން…” ޝަނާޒްގެ ދެ އަތުގައި ހިފައިގެން އިނދެ ރޮމުން ރާބިޔާ އެދުނެވެ.

ރާބިޔާގެ އެދުމަށް ދެކޮޅު ހަދާކަށް ޝަނާޒް ހިތަށް ނުވެސް އަރައެވެ. ދަރިއަކަށް ޓަކާ މަންމައަކު އެ ކުރި އާދޭސް ބޮލާލާ ޖަހާކަށް ޝަނާޒްއަކަށް ނުކެރޭނެއެވެ. އެހެން ނޫނަސް ރާބިޔާ ޝަނާޒްއަށް ޝަނާޒްގެ އުފަން މަންމަ ހާ ހެވެވެ. ޝަނާޒް ދެކެ އަމިއްލަ ދަރިއަކު ފަދައިން ރާބިޔާ ލޯބިވެއެވެ. ވީ އިރު ރާބިޔާގެ އެ އެދުމާ ދެކޮޅު ހަދަން ޝަނާޒްއަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟

އޭގެ އިތުރުން އަސަދުގެ ގޮތް ޝަނާޒްއަށް އެނގެއެވެ. ދެވަނަ ފަހަރަށް އެ ފަދަ ކަމެއް ކުރުމުން އަސަދު ހުއްޓުވޭނީ ފުރަތަމަ އަސަދު އެ ކުރާ ނުބައި ކަންތައް ހުއްޓުވައިގެންނެވެ. ޝަނާޒް ބުނެފި ނަމަ އެ ކަންތައް ހުއްޓާނެ ކަމަށް އަސަދު އަބަދުވެސް ބުނެއެވެ. ރާބިޔާއާ ހުޒާމްއަށް ޓަކާ ނަމަވެސް އަސަދު އެ ކަމުން މިންޖު ވޭތޯ ޝަނާޒް މަސައްކަތް ކުރާނެއެވެ.

ބަހެއް ބުނުމެއް ނެތި ޝަނާޒް ރާބިޔާގެ އަތަށް ފިތާލަމުން ބޯ ޖަހާލިއެވެ.

 

ނިހާން ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ވަސީމްއާ ނަޝީލާއެވެ. ދެވަނަ ފަހަރަށް ހިނގި ތަޅާފޮޅުމުގެ ސަބަބުން އަނެއްކާވެސް ރުޅި ގަދަވެފައި ހުރި ވަސީމް، ނަވާޒްއާ އަޔާޒް ގެންދާކަށް އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ނިހާންގެ ބޮލުން ފަޅައިގެން ދިޔަ ތަން ފެހުމަށް ފަހު ގެޔަށް ދެވުނު އިރު އެރޭގެ ނުވައެއް ޖަހައިފިއެވެ.

ބާރަ ޖަހަން އުޅެނިކޮށް ނިހާން ގޮސް ނަވާޒްގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅު ނުލާ ހުރުމުން ނިހާން ވަން އިރު ނަވާޒް ފޯން ހިފައިގެން އެނދުގައި އޮތެވެ.

“އޯކޭ ލަވް، މާދަން ގުޅާނަން… ލަވް ޔޫ!” ނިހާން ވަނުމުން ނަވާޒް ފޯން ބޭއްވިއެވެ.

“ދެން މެރީ ކުރަން ވީނު؟” އެނދުގައި އިށީންނަމުން ނިހާން ބުންޏެވެ.

ނަވާޒް އެއްޗެއް ނުބުނެ ތެދުވެ ހެޑްބޯޑްގައި ލެނގިލިއެވެ.

“ސޮރީ! އަހަންނާ ހެދި ނަވާއަށްވެސް މެރީ ނުކުރެވިގެން ތި އުޅެނީ” ނަވާޒް އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ނިހާންއެވެ.

“ދޮންބެއާ ހެދިއެއް ނޫން” ނަވާޒް ބުންޏެވެ.

“އަހަންނާ ހެދި ނޫން ނަމަ އޭރު ނަވާއާ ނަބާއަށް މެރީ ކުރެވުނީހެއްނު؟” ނިހާން އެނދުގައި އޮށޯވެލިއެވެ.

“އަސްލު ކިހިނެއްތަ ވީ؟” ނިހާންއާ ދިމާއަށް އެނބުރިލަމުން ނަވާޒް އެހިއެވެ.

އެ ދުވަހު ޝަބާ ގުޅި ހިސާބުން ފެށިގެން ހުރިހާ އެއްޗެއް ނިހާން ކިޔާދިނެވެ.

“ބައްޕަ އެހާ ރުޅި އައިސްފަ ހުއްޓާ ދުވަހަކުވެސް ނުދެކެން” ނިހާން ވާހަކަ ދައްކާ ނިމުމުން އެއްޗެއް ނުބުނެ އޮވެފައި ނަވާޒް ބުންޏެވެ.

އެއްޗެއް ނުބުނެ ނިހާން އޮތެވެ.

“ފަހުން އޭނައަށް ކިހިނެއް ވީ ބާއޭ ހިތަށް އަރާ…” ނަވާޒް ބުނީ އަސަދުގެ ވާހަކަ ކަން ނިހާންއަށް ވިސްނުނެވެ. އެ ސުވާލު ނިހާންގެ ހިތުގައިވެސް އުފެދުނެވެ. ނަމަވެސް އެކަމާ ނިހާން އެއްޗެއް ނުބުނެ އޮތެވެ.

“ދޮންބޭ… ދެން ކިހިނެއް ހަދާނީ؟” ނަވާޒް އެހިއެވެ.

“ފުރަތަމަ ކުރަން ވީ ކަމަކީ ނަވާއާ ނަބާ މެރީ ކުރުން” ނިހާން ބުންޏެވެ.

“އެކަމަކު—” ނަވާޒް އެއްޗެއް ބުނަން އުޅުނެވެ.

“ނަވާ، މެރީ ކުރަން އުޅެފަ ކުއްލިއަކަށް ހުއްޓާލީ ދޮންބެއާ ހެދި. އޭރު އެހެން ވީމަ ލަސް ކުރިޔަސް ނަބާ ދެރަ ވާނެ މާ ބޮޑަށް ލަސް ކުރީމަ. އެހެން ހަދާކަށް ނުވާނެ. ދެން އަވަހަށް މެރީ ކުރަން އުޅޭ” ނިހާން ބުންޏެވެ.

ނަވާޒް ހަމައެކަނި ބޯ ޖަހާލިއެވެ.

އަނެއް ދުވަހު މެންދުރު ވާން އުޅެނިކޮށް އަސަދު ކޮޓަރިއަކަށް ބަދަލު ކުރެވުނެވެ. ރޭން ފެށިގެން ހޮސްޕިޓަލުގައި ތިބެފައި ރާބިޔާއާ ހުޒާމްއާ އިޔާދު ގެޔަށް ދިޔައީ ދޭއް ޖަހަން އުޅެނިކޮށެވެ. ދެ މީހުން އެކަނި ވުމުން އެނދު ކައިރީ ހުރި ގޮނޑީގައި ޝަނާޒް އިށީނެވެ.

“އަހަރެން އުޅުނީ ޝަނާ މިނިވަން ކޮށްދޭށޭ. އެހެން ގޮތަކަށް އަހަންނަށް ޝަނާ ދޫކޮށެއް ނުލެވޭނެ. ދެން ކީއްކުރަން އެ ކަމަށް ހުރަސް އެޅީ؟ އަހަރެން މަރުވާން ދޫކޮށްލި ނަމަ އަހަރެންގެ ފަރާތުން ސަލާމަތް ވެވުނީހެއްނު؟” ޝަނާޒް އެއްޗެއް ނުބުނެ އިނުމުން އަސަދު ބުންޏެވެ.

“އަހަރެންގެ ސަބަބުން މީހަކު މަރު ވާކަށް އަހަރެން ބޭނުމެއް ނޫން” އަސަދުގެ މޫނަށް ބަލާލަމުން ޝަނާޒް ބުންޏެވެ.

“އެއީ ޝަނާގެ ސަބަބުން ވީ ކަމަކަށް ނުވާނެ، އަހަރެން އަމިއްލައަށް ކުރި ކަމެއް އެއީ” އަސަރެއް ނެތް ގޮތަކަށް އަސަދު ބުނެލިއެވެ.

“އަހަރެން ބޭނުން ވީ އަސަދު މަރު ވެގެން މިނިވަން ވާކަށް ނޫނޭ” ޝަނާޒް ކައިރިއަށް ކުއްލިއަކަށް ރުޅި އައެވެ.

“އަހަރެން ދެކެ އެހާ ރުޅި އަންނަ އިރު އަހަރެން މަރު ވެގެންވެސް އަހަރެންގެ ފަރާތުން ސަލާމަތް ވެވުނިއްޔާއެއްނު ޝަނާއަށް ރަނގަޅު ވާނީ؟ އޭރުން ދުވަހަކުވެސް ދެން އަހަރެންގެ އުނދަގުލެއް ޝަނާއަކަށް ނުޖެހޭނެއެއްނު؟” ލޯ މަރާލަމުން ވަރުބަލި ވެފައިވާ އަޑަކުން އަސަދު ބުންޏެވެ.

“ވަރުބަލި ވާ ވަރަށް ވާހަކަ ނުދައްކާ ދެން ރެސްޓް ކޮށްލާ” ޝަނާޒް ގޮނޑިން ތެދުވެ އަސަދުގެ ގައިމަތީ އޮތް ރަޖާ ރަނގަޅު ކޮށްލިއެވެ.

ތިން ދުވަސް ފަހުން އަސަދު ގެޔަށް ދޫ ކޮށްލަން ދެން ކޮންމެ ދުވަހަކުވެސް ޝަނާޒް ގެޔަށް ދަނީ ހަމަ އެކަނި ފެން ވަރާލާށެވެ. އަސަދުއަށް ކާން ދިނުމާ، އެކި އެކި ކަންކަމުގައި އެހީ ވެދިނުމުގައި މުޅި ދުވަހު ޝަނާޒް އުޅެއެވެ. އެ މަންޒަރު ފެނިފައި އަސަދުއަށް ހައިރާންވެފައި އޮވެވެނީއެވެ. ސުވާލު ކުރަން ބޭނުން ވި ނަމަވެސް އަސަދު ޝަނާޒްއާ އެއްވެސް ސުވާލެއް ނުކުރެއެވެ.

ގެޔަށް އައި ގޮތަށް އަސަދު ފެންވަރަން ވަނުމުން ޝަނާޒް ބެލީ އަސަދު ނިކުތުމުގެ ކުރިން ތަންމަތި ބަދަލު ކޮށްލާ، ކޮޓަރިތެރެ ސާފު ކޮށްލެވޭތޯއެވެ. އަސަދު ނިކުންނަން ވާ އިރަށް ޝަނާޒް އެ ކަންތައް ނިންމާލާފައި އަސަދުއަށް ޖޫސް ތައްޓެއް ގެނެސްދިނެވެ.

އެއް ނޭވައިން ޖޫސްތަށި ހުސްކޮށްލާފައި ސައިޑް ޓޭބަލް މަތީ ތަށި ބަހައްޓާފައި އަސަދު އޮށޯވެލިއެވެ.

“އަސަދު ބުނީމެއްނު އަހަރެން ބުނެފިއްޔާ ތިކުރާ ކަންތައް ހުއްޓާލާނަމޭ؟” ޝަނާޒް އަހާލިއެވެ.

އަސަދު ޝަނާޒްއާ ދިމާއަށް ބަލާލި ނަމަވެސް ޖަވާބެއް ނުދިނެވެ.

“ބުނެބަލަ، ހުއްޓާލާނަންތަ؟” ޝަނާޒް އަނެއްކާވެސް އެހިއެވެ.

“އަހަންނާ އިން ފަހުން އެއް ފަހަރުވެސް ބުނިންތަ ހުއްޓާލާށޭ؟” އަސަދު އެހިއެވެ.

ޝަނާޒް އައިސް އެނދުގައި އިށީނެވެ.

“މިހާރު މި ބުނަނީ، ތި ކަންތައް ހުއްޓާލާ އަސަދު، ޕްލީޒް. ތި ކަމުން އަސަދުއަށް ކޮން ފައިދާއެއް ވީ؟ ތި އެއްޗެއް ބޭނުން ކޮށްގެން ދުވަހަކުވެސް އަސަދުއަށް ރަނގަޅު ކަމެއް ވިތަ؟ އަސަދުއަށް އުފަލެއް ލިބުނުތަ؟ އަސަދުގެ އާއިލާގެ އެއްވެސް މީހަކަށް އުފަލެއް ލިބުނުތަ؟ އަސަދުގެ މަންމައާ ބައްޕަ އަސަދުގެ ސަބަބުން ކަންބޮޑުވާ ވަރު އަސަދުއަށް އެނގޭތަ؟ އެ މީހުން އަސަދުއާ އިޔާދުއާ މެދު ހާދަ ވިސްނައޭ، ތި އުޅޭ ގޮތުން އެ މީހުން ހާދަ ދެރަވެޔޭ. އިޔާދުވެސް ހަމަ ތި ކަންތައް ފަށައިގެން އެ އުޅެނީ، އޭނައާ މެދުވެސް އަސަދު ވިސްނާ ނުލަންތަ؟ އަސަދުގެ ދިރިއުޅުން ތި ދަނީ ހަލާކު ވެގެން، މާދަމާ އިޔާދުއަށްވެސް މިހެން ވާން އަސަދު އެދެންތަ؟” އަސަދުގެ މޫނަށް ބަލަން އިނދެ ޝަނާޒް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އަސަދު އޮތެވެ.

“އަހަރެން ބުނީ ދޮގެއް ނޫން… އަހަރެން ހުރީ އަހަންނަށް ޝަނާ ލިބިއްޖެއްޔާ ހުއްޓާލަން… އަހަންނަށް އެނގޭ އަހަރެން އުޅޭ ހެން އުޅެގެން ޝަނާއަށް އުފަލެއް ހޯދައެއް ނުދެވޭނެ ކަން… އަހަރެން ހީ ކުރީ ޝަނާ އަހަންނަށް ހެލްޕް ވާނެ ކަމަށް… ތީ އަހަރެންގެ ފްރެންޑަކަށް ވީތީވެސް ހެލްޕް ވާނެ ކަމަށް ހީކުރީ… އެކަމަކު އެހެންނެއް ނުވި… ޔޫ ހޭޓް މީ… ޝަނާ އަހަރެން ދެކެ ނަފްރަތު ކުރަންޏާ ކީއްކުރަން އަހަރެން ހުއްޓާލަން ވީ؟ ކީއްކުރަން އަހަރެން ދުނިޔޭގަ ހުންނަން ވީ؟”

އަސަދުގެ ވާހަކަ އަޑު އަހާފައި ޝަނާޒް ދެރަވިއެވެ.

“އަސަދު ކަންތައް ކުރި ގޮތުން އަހަންނަށް ރުޅި ނާދެވޭނެތަ؟ އަސަދު ވިސްނާލަބަލަ! އެހެން ޗޮއިސްއެއް އަސަދު އަހަންނަށް ދިނިންތަ؟ އެ ގޮތަށް ކަންތައް ކުރީމަ އަސަދު ނަމަ ރުޅިއެއް ނޫންތަ އަންނާނީ؟” ޝަނާޒް މަޑުމަޑުން އަހާލިއެވެ.

އަސަދު ޖަވާބެއް ނުދީ ޝަނާޒް ބުނި އެއްޗަކާ މެދު ވިސްނާލިއެވެ. ކަންތައް ކުރެވުނު ގޮތާ މެދު އަސަދު ދެރަވި ފުރަތަމަ ވަގުތަކީ އެއެވެ.

ނަމަވެސް ދެންވެސް، އަލުން އެ ދުވަސް އައި ނަމަވެސް އެހެން ގޮތަކަށް އަސަދުއަށް ކަންތަކެއް ނުކުރެވުނީހެވެ. އެއަށް ވުރެ މާ ބޮޑަށް ޝަނާޒް ދެކެ އަސަދު ލޯބި ވެއެވެ. ޝަނާޒްއާ ނުލާ ދިރިހުރުމަށް ވުރެ ދެންވެސް އަސަދުއަށް ފަސޭހައީ މަރު ވުމެވެ.

“އައިމް ސޮރީ ޝަނާ… އެހެން ކޮންމެ ކަމެއްވެސް ކޮށްފާނަން… އެކަމަކު އައި ކާންޓް ލެޓް ޔޫ ގޯ… ޝަނާއަށް ގަބޫލު ނުކުރެވުނަސް އަހަރެން ވަރަށް ލޯބިވޭ ޝަނާ ދެކެ…” އަސަދު އެހެން ބުނުމާ އެކު އެ ލޮލުން ކަރުނައިގެ ރޮނގެއް ދެމިގެން އައެވެ.

އެ މަންޒަރު ފެނި ޝަނާޒްގެ މެއަށް ގޮތެއް ވެލި ކަން ޔަގީނެވެ.

ޝަނާޒް ކައިރިއަށް ޖެހިލަމުން އަސަދުގެ ލޮލުން އައި ކަރުނަ ފޮހެދިނެވެ.

“އިހަށް ތި ވާހަކައެއް ނޫން ދައްކާނީ… ފުރަތަމަ ބުނެބަލަ، އަހަރެން ބުނިއްޔާ އަސަދު ޑްރްގްސް ޔޫޒް ކުރުން ހުއްޓާލާނަންތަ؟” ޝަނާޒް އަހާލިއެވެ.

“ކީއްވެ؟” އަސަދު އަހާލިއެވެ.

“އަހަރެން ބޭނުމެއް ނޫން އަސަދު ތިހެން މުޅި އުމުރު ދުއްވާލާކަށް. މަންމަމެން އެ ތިބެނީ އަސަދުއާ މެދު ވިސްނާ ވިސްނާ ބޯ ގޮވަން ކައިރި ވެފަ. އަސަދު ބޭނުން ވަނީ ދަރިންނާ މެދު ވިސްނާ ވިސްނާ އެ މީހުން މަރު ވެގެން ދާންތަ؟ އަސަދުއަކަށް ނޭނގޭނެ އެ ދުވަހު އަސަދު ކަންތައް ކުރި ގޮތުން މަންމަ ރުއި ވަރެއް، އަސަދުއަށް ގޮތެއް ވެދާނެތީ މަންމަ ބިރު ގަތް ވަރެއް.

އަސަދު ދެކެ ލޯބި ނުވާތީއެއް ނޫނޭ އެ މީހުން އެއްޗެހި ކިޔަނީ. ތި އުޅުން ބަދަލު ކުރަން އެ މީހުން ބޭނުން ވާތީ އެއްޗެއް ބުނަނީ، އަސަދު ރަނގަޅު މީހަކަށް ވާން އެ މީހުން ބޭނުން ވާތީ. އެންމެ ދެ ކުދިން އެ މީހުންގެ ތިބި އިރު ދެ ކުދިންވެސް ތިހެން އުޅުނީމަ އެ މީހުންގެ ހިތަށް ކުރާނެ އަސަރާ މެދު އަސަދު ވިސްނާލަބަލަ. އެ މީހުންނަށް ޓަކާ އަސަދުއަށް ތި ކަންތައް ހުއްޓައެއް ނުލެވޭނެތަ؟ އެޓްލީސްޓް ޓްރައި ނުކުރެވޭނެތަ؟” ޝަނާޒް ވާހަކަ ދެއްކީ އެއީ ކުރީގެ އެކުވެރިޔާ ކަން ހަނދާން ކުރަމުންނެވެ.

“ޝަނާ ބޭނުން ވޭތަ އަހަރެން ރަނގަޅު ވާން؟” އަސަދު އަހާލިއެވެ.

ޝަނާޒް އެއްޗެއް ނުބުނެ އިސް ޖަހައިގެން އިން އިރު ހަނދާން ކުރަމުން ދިޔައީ ކުރީގެ ދުވަސްތަކެވެ. އޭރު އަސަދު އުޅުނު ގޮތެވެ. އެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމެވެ. ކުޑަ އިރުން ފެށިގެން ޝަނާޒްއާ މެދު އަސަދު އަޅާލަމުން އައި ގޮތެވެ.

“ޝަނާ… ބުނެބަލަ…” އަސަދު ގޮވާލިއެވެ.

“އަހަރެން ބޭނުން އަހަރެންގެ ކުރީގެ ފްރެންޑް… ތީ އަހަރެންގެ އޭރުގެ ފްރެންޑެއް ނޫން… އަހަރެން ބޭނުމީ ކުރީގެ އަސަދު…” ޝަނާޒް ބުންޏެވެ.

އަސަދުއަށް އެއްޗެއް ނުބުނެ އޮވެވުނީ އޭރުގެ ހަނދާންތައް އަސަދުގެ ހިތުގައިވެސް އާ ވެގެން ދިޔުމުންނެވެ.

“ބުނެބަލަ ދެން. އަސަދު ބަދަލު ވާނަންތަ؟ ތި ކަންތައް ހުއްޓާލާނަންތަ؟” ޝަނާޒް އަސަދުއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“ޝަނާ އަހަންނަށް ހެލްޕް ވާނަންތަ؟” އަސަދު އަހާލިއެވެ.

“ހެލްޕް ވާނެތީއެއްނު މިހެން މި ބުނަނީ؟” ޝަނާޒް ބުންޏެވެ.

“އަހަރެން ބޭނުން ވަނީ އަހަރެންގެ ވައިފްގެ ހެލްޕް… ފްރެންޑެއް ނޫން… ޝަނާ އަހަންނަށް ހެލްޕް ވެ ދޭންވީ މަންމަމެންނަށް ޓަކައެއް ނޫން… އަހަންނަށް ޓަކާ، އަހަރުމެންނަށް ޓަކާ ޝަނާ އަހަންނަށް ހެލްޕް ވާނަންތަ؟” އެނދުން ތެދުވެ ޝަނާޒްގެ ދެ އަތް ތިލައިގައި ހިފާލަމުން އަސަދު އެދުނެވެ.

ޝަނާޒްއަށް ޖަވާބެއް ނުދީ އިސް ޖަހާލެވުނެވެ. އަސަދު އެ ބުނަނީ ކީކޭ ކަން ވިސްނުމުން ޖަވާބެއް ދޭކަށް ޝަނާޒްއަކަށް ފަސޭހައެއް ނުވިއެވެ.

“ބުނެބަލަ ޝަނާ، އަހަރެން ރަނގަޅު ވެއްޖެއްޔާ އަހަންނަށް ޝަނާ ލިބޭނެތަ؟” އަސަދު އެހިއެވެ.

ޝަނާޒްއަށް އެ ވަގުތު ރޮވުނީއެވެ.

އަސަދު ދެ އަތުން ޝަނާޒްގެ މޫނު ފޮހެދިނެވެ.

“އަހަރެން ޓަރއި ކުރާނަން… ހަމަ އެކަނި ޝަނާއަށް ޓަކާ… ޝަނާގެ ފަރާތުން އަހަރެން ބޭނުމީ އަހަރެންގެ ލޯބި ކާމިޔާް ޝަނާ ލިބޭނެތަ؟” އަސަދު އެހިއެވެ. ނާޒްގެ ދެ އަތް ތިލައިގައި ހިފާލަމުން އަސބު ވާނެ ކަމުގެ އުންމީދެއް… ޕްލީޒް ޝަނާ…”

އަސަދުގެ އަޑުގައި ވި އާދޭސް ޝަނާޒްއަށް ސާފުކޮށް އިވުނެވެ. އިސް އުފުލާ ޝަނާޒް އަސަދުގެ މޫނަށް ބަލާލިއެވެ.

“އައި ލަވް ޔޫ ޝަނާ… އައި ނީޑް ޔޫ… ޕްލީޒް…”

އަސަދުގެ ދުލުން އެހެން ބުނެލުމާ އެކު ފުރަތަމަ ފަހަރަށް އެ ބަސްތަކުން ޝަނާޒްގެ ހިތަށް އެނގުން ވެލިއެވެ.

ކައިވެންޏަށް ފަހު މި ވީ ދުވަސްތަކުގައި ޝަނާޒްގެ ފަރާތުން ފެންނަމުން ދިޔަ ނަފްރަތުން އަސަދުގެ ހިތަށް ކުރާނެ އަސަރު ޝަނާޒްއަށް އިހުސާސް ކުރެވުނެވެ. ޝަނާޒް ހާސިލް ކުރުމަށް އަސަދު ޚިޔާރު ކުރީ ގޯސް މަގެއް ނަމަވެސް ޝަނާޒް ދެކެ އަސަދު ވަނީ ތެދުވެރި ލޯތްބެވެ. ޝަނާޒްގެ ޙަޔާތަށް ނިހާން ނޫން މީހަކު އައި ނަމަ އަސަދު ކަންތައް ކުރީހީ ހަމަ އެ ގޮތަށް ހެއްޔެވެ؟

ނޫނެކެވެ. އަސަދު އެ ގޮތަށް ކަންތައް ކުރީ އެއީ ނިހާންއަށް ވުމުންނެވެ. ދެ އާއިލާގެ މެދުގައި އޮތް ދުޝްމަން ކަމުގެ ސަބަބުންނެވެ. ކޮންމެ ގޮތަކުން ނަމަވެސް ޝަނާޒްއާ ނިހާން ވަކި ކުރަން އަސަދު ބޭނުން ވީ އެ ސަބަބާ ހެދިއެވެ.

އެ ކުށަށް ޝަނާޒްގެ ހިތުން އަސަދުއަށް މާފު ނުކުރެވޭނެ ހެއްޔެވެ؟ ޝަނާޒްގެ ލޯތްބަށް ޓަކާ ދުނިޔެއާ ވަކި ވާން ތައްޔާރަށް ހުރި އަސަދުއަށް ޓަކާ ޝަނާޒްގެ ޙަޔާތުން ދުވަސްކޮޅެއް ނުދެވޭނެ ހެއްޔެވެ؟

ޝަނާޒް ގޮތެއް ނިންމިއެވެ. އަސަދުއާ ދިމާއަށް ބަލާލަމުން ޝަނާޒް ބޯ ޖަހާލިއެވެ.

ލޯ މަރާލުމާ އެކު އަސަދު ޝަނާޒް ގައިގައި ބައްދާލިއެވެ. އަސަދުއާ ދުރަށް ދާކަށް ޝަނާޒް މަސައްކަތެއް ނުކުރެއެވެ.

އިރުކޮލަކު އެހެން އިނދެފައި އަސަދު ދުރަށް ޖެހިލާ ދެ އަތުން ޝަނާޒްގެ ކޮނޑުގައި ހިފާލަމުން ދެ މީހުން އެކުގައި އޮށޯތެވެ. ޝަނާޒްއަށް އަދި ވަގުތު ބޭނުން ވާނެ ކަން އެނގޭ އިރުވެސް ހިތް އެދެމުން ދިޔަ އެދުމަށް އަސަދުއަށް ދެކޮޅެއް ނުހެދުނެވެ. ޝަނާޒްގެ މޫނުގައި ހިފާލަމުން އެ ތުންފަތުގައި ބޮސްދިނެވެ.

ލޯ މަރާލައިގެން އަސަދުއަށް ފުރުސަތު ދީގެން އޮތް ޝަނާޒްގެ ފަރާތުން އިޖާބައެއް ނުލިބުމުން އަސަދު ދުރަށް ޖެހިލިއެވެ.

“އަހަރެން ޝަނާއަށް ބޭނުން ވާ ވަރު ބުނެދޭކަށް ނޭނގޭ… އެކަމަކު އަހަރެން ޝަނާއަށް ވަގުތު ދޭނަން… ޝަނާ ރެޑީ ވަންދެން އަހަރެން މަޑު ކުރާނަން… ޝަނާ ހުއްދަ ދިން ދުވަހަކުން ނޫނީ ދެން އެ ގޮތަށް ޝަނާ ގަޔަކު އަތެއް ނުލާނަން” ޝަނާޒްގެ އަތުގައި ހިފާ ތެދުވެފައި އަސަދު ބުންޏެވެ.

އެރޭ އަސަދު ނިދުމުން ޝަނާޒް ކޮޓަރިން ނިކުމެގެން ގޮސް ގޭގެ ޓެރެސްއަށް އަރާ އިރުކޮޅަކު ފޯނަށް ބަލަން ހުއްޓެވެ. ފާއިތުވި ތިން ދުވަސް ތެރޭގައި ނިހާން ޝަނާޒްއަށް އެތައް ފަހަރަކު ގުޅި ނަމަވެސް ޝަނާޒް އެއް ފަހަރުވެސް ނިހާންގެ ކޯލަކަށް ޖަވާބެއް ނުދެއެވެ. ސަތޭކަ ތިރީސް އަށް މިސްޑް ކޯލް އިން ނިހާންގެ ނަމްބަރަށް ޝަނާޒް ގުޅާލިއެވެ.

“ނާޒް… ކީއްވެ ފޯން ނުނެގީ؟” ފުރަތަމަ ރިންގުން ނިހާން ފޯން ނެގިއެވެ.

“ނިހާން…” ނިހާންގެ ސުވާލަށް ޖަވާބު ދޭކަށް އެ ވަގުތު ޝަނާޒް ބޭނުމެއް ނުވިއެވެ.

“ކިހިނެއް ހަދަން ވީ؟ އަހަރެން ކީއް ކޮށްދޭންވީ؟” ނިހާން އެހިއެވެ.

“ނިހާން… އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟” ޝަނާޒް އަހާލިއެވެ.

“ބުނެބަލަ…” ޝަނާޒް ބުނި ގޮތުން ނިހާން ކަންބޮޑުވިއެވެ.

“އަސަދު ބުނީ އަހަރެން ހެލްޕް ވެއްޖެއްޔާ އޭނަ ޑްރަގްސް ޔޫޒް ކުރުން ހުއްޓާލާނަމޭ… ނިހާން، އަސަދުގެ މަންމަ އަހަރެން ކައިރީ ރޮއެ އާދޭސް ކުރީ ބުނީ އެ ކަމުން އަސަދު ސަލާމަތް ކޮށްދޭށޭ ކިޔާފަ… އަހަންނަކަށް ނުކެރުނު ނޫނެކޭ ބުނާކަށް—”

“ނާޒް…” ޝަނާޒް ބުނަން އުޅުނު އެއްޗެއް ނިހާންއަށް އަންދާޒާ ކޮށްލެވުނެވެ. އަކުރުތަކަށް ދަމާލަމުން ޝަނާޒް ވާހަކަ ދައްކަދައްކާ ހުއްޓާ ނިހާންއަށް ޝަނާޒްގެ ނަމުން ގޮވާލެވުނީ އިތުރަށް އަޑު އަހަން ބޭނުން ނުވާތީއެވެ.

“އަހަންނަށް ދުވސްކޮޅެއް ދީ ނިހާން…” ޝަނާޒް ބުންޏެވެ.

“ނާޒް…” ނިހާންއަށް އަނެއްކާވެސް ޝަނާޒްގެ ނަމުން ގޮވާލެވުނީ ޝަނާޒް އެދުނު ކަންތަކަށް ހިތް ދެކޮޅު ހެދުމުންނެވެ.

“ޕްލީޒް ނިހާން… އަހަރެން ދޫކޮށްލާށޭ ބުނީމަ އެ ދުވަހު އަސަދު އުޅުނީ މަރު ވާން… އޭނައަށް ވިސްނައިދޭން ޖެހޭނީ އެއީ ހައްލެއް ނޫން ކަން… އެކަން ކުރެވޭނީ އޭނަ އެ ކުރާ ކަންތައް ހުއްޓާލައިގެން… ނިހާން، ޕްލީޒް… އެއީ ކުރީގަ އަހަރެންގެ ގާތް އެކުވެރިއެއް… ކުރިން އަސަދު އުޅުނީ މިހެންނެއް ނޫން… އަހަރެން މިހާރު އޭނަޔާ ވަކި ވެއްޖެއްޔާ އޭނަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ… އަހަރެންގެ ސަބަބުން އޭނަ އެ ކަހަލަ ކަމެއް ދެ ވަނަ ފަހަރަށް ކޮށްފިއްޔާ އައި ކާންޓް ފޮގިވް މައިސެލްފް… އަހަންނަށް އަދި ވަގުތު ބޭނުން ވޭ… ޕްލީޒް ނިހާން…” ރުއިމުގެ ތެރެއިން ޝަނާޒް އެދުނެވެ.

“އަހަރެން ވަރަށް ލޯބި ވޭ ނާޒް… ހަނދާން ނައްތާ ނުލައްޗޭ…” ލޯ މަރާލަމުން ނިހާން ބުންޏެވެ.

“ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ” ޝަނާޒް ޖަވާބުދިނެވެ.

“އަހަރެން އިންތިޒާރު ކުރަން ޖެހޭނީ ކިހާ ދުވަހެއް ވަންދެން؟” އެ ސުވާލުގެ ޖަވާބު ދޭން ޝަނާޒްއަށް އުނދަގޫ ވާނެ ކަން އެނގޭ އިރުވެސް ނިހާންއަށް ނާހާ ދޫކޮށެއް ނުލެވުނެވެ.

“އެނގެއެއްނު ތި ސުވާލުގެ ޖަވާބެއް ނުދެވޭނެ ކަން؟” ލޮލުން ކަރުނަ ފޮހެލަމުން ޝަނާޒް ބުންޏެވެ.

“ނާޒް… އަހަރެންގެ ލައިފް އިން ދިޔަ އިރު ހުރި ގޮތަށް އަހަންނަށް އަލުން ނާޒް ލިބޭނެތަ؟” ދެ މީހުންގެ މެދުގައި ހޭދަވި ވަގުތު ހަނދާން ކުރަމުން ނިހާން ސުވާލު ކުރިއެވެ.

ނިހާން އެ ކުރި ސުވާލު ވިސްނުމުން ޝަނާޒް ޖަވާބެއް ނުދިނެވެ.

“ނަވާއާ ނަބާ ކައިރީ ބުނޭ ދެން އަވަހަށް މެރީ ކުރާށޭ… ބުނެދީ އަހަރެންގެ ބެސްޓް ވިޝަސް އަބަދުވެސް އެ މީހުންނާ އެކީ ވާނެޔޭ… ދެން ބާއްވަނީ… ބާއި ނިހާން” ނިހާން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އެހެން ވާހަކައެއް ދައްކާފައި ނިހާންއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޝަނާޒް ފޯން ކަނޑާލިއެވެ.

ޝަނާޒް ފޯން ކަނޑާލުމުން އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ނިހާން ކުއްލިއަކަށް ފާރާ ދިމާއަށް ފޯން އެއްލިއެވެ. ދެ އަތުން ބޮލުގައި ހިފާ ލޯ މަރާ ބާރު ކޮށްލަމުން ނިހާން އެނދުގައި އިށީނެވެ.

އެ ވަގުތު ކޮޓަރިން ނިކުތް ނަވާޒްއަށް ނިހާންގެ ކޮޓަރިން އަޑެއް އިވުމުން ގޮސް އެ ކޮޓަރިއަށް ވަނެވެ.

“ދޮންބޭ…” ބައިބައި ވަކިވެފައި އޮތް ފޯނާ ދިމާއަށް ބަލާލާފައި އެނދުގައި އިން ނިހާންއަށް ބަލާލުމާ އެކު ނަވާޒްގެ މޫނުން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

“ކިހިނެއް ވީ؟” ނިހާން ކައިރީ އިށީނދެފައި ނިހާންގެ ކޮނޑުގައި ހިފާލަމުން ނަވާޒް ގޮވާލިއެވެ.

މޫނުން އަތް ނަގާ ނަވާޒްއާ ދިމާއަށް ނިހާން ބަލާލި އިރު އެ ލޮލުގައި ހުރި ކަރުނަ ނަވާޒްއަށް ފެނުނެވެ.

“ނާޒް ގުޅީ…” ނިހާން ބުންޏެވެ.

“ކީކޭ ބުނީ؟” ނަވާޒް އަހާލިއެވެ.

“ނަވާއާ މަބާ މެރީ ކުރާށޯ” ދެ އަތުން މޫނު ފޮހެލަމުން ނިހާން ބުންޏެވެ.

“އެހެން ބުނެގެންތަ ފޯނަށް އެވަރު ކޮށްލީ؟” ނަވާޒް އަހާލީ ސަމާސާ ރާގަކަށެވެ.

“ނާޒް ބޭނުން ވަނީ… އަސަދު އެ ކަމުން ދުރުވާން އެހީ ވާން… އަހަރެން ކައިރީ ބުނީ ނާޒްއަށް ދުވަސްކޮޅެއް ދޭށޭ…” ނިހާން ކިޔާދިނެވެ.

“ދެން…؟” ނިހާން އެއްޗެއް ނުބުނެ އިރުކޮޅެއް ވީ ފަހުން ނަވާޒް އަހާލިއެވެ.

“ނާޒްގެ ލައިފް އެއީ… ކަންތައް ކުރާނެ ގޮތެއް އެނގޭނީ ނާޒްއަށް… ކިތަންމެ ދުވަހެއް ފަހުން ވިޔަސް އަހަރެން މަޑު ކުރާނަން… އައި ވޯންޓް ހަރ ބެކް” ނިހާން ބުންޏެވެ.

ނަވާޒް އެއްޗެއް ނުބުނެ ނިހާން ގައިގައި ބައްދާލިއެވެ.

“ގޯ ގެޓް މެރިޑް!” ނަވާޒްގެ ބުރަކަށީގައި ޖަހާލާފައި ނިހާން ބުންޏެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނުވާނަން ތަފާތެއް… 6

Next

ކައަރީގައި އެހެނަސް.. ދުރުގައި… 4

Next
March 21, 2020

ކައަރީގައި އެހެނަސް.. ދުރުގައި… 4

Previews
March 21, 2020

ނުވާނަން ތަފާތެއް… 6

26 Comments!

  1. Mar Sha Marsha says:
    March 21, 2020 at 5:44 pm

    Hi, 24 miadhu mi genesdheny kudhin happy kollan, hykuran like vaane kamah, if so like eh dhyfa comment eh kollahchey. Part 25 on Monday ??❤️❤️

  2. Kairaa says:
    March 21, 2020 at 6:32 pm

    Varah varah reethi….???????waiting fir the nxt part……

    1. Kairaa says:
      March 21, 2020 at 6:33 pm

      For*

    2. Mar Sha Marsha says:
      March 22, 2020 at 12:35 pm

      Thank u Kairaa ??

  3. Yaanaa says:
    March 21, 2020 at 6:40 pm

    Hey marsha. U are so talented. Varah reethi vaahaka gendhaa goiy. Thigothuga kuriah dhaathi ingey n varah ufaavi miadhu vaahaka in than fenunyma???

    1. Mar Sha Marsha says:
      March 22, 2020 at 12:36 pm

      Thank u Yaanaa, miah vure ves rangalhu veytho trying, ???

  4. Reen says:
    March 21, 2020 at 7:48 pm

    Wow

    1. Mar Sha Marsha says:
      March 22, 2020 at 12:37 pm

      Thank u Reen ?

  5. Liyaa says:
    March 21, 2020 at 8:24 pm

    Nice keep it up ??

    1. Mar Sha Marsha says:
      March 22, 2020 at 12:37 pm

      Thank u Liyaa ?

  6. Yanaa says:
    March 21, 2020 at 8:29 pm

    Varah varah reethi.❤❤❤❤❤❤
    maa sha Allah❤❤❤❤❤❤❤❤
    waiting waiting waiting????

    1. Mar Sha Marsha says:
      March 22, 2020 at 12:39 pm

      Thank u Yanaa ??

  7. ♡Maiii♡ says:
    March 21, 2020 at 8:53 pm

    hey marsha sis، varah dhuvas fahun dhw mi comment eh kohlevunee?❤ bixy kamun comment nukurevunee but hurihaa part ehvx kiyan. Varah reethi hurihaa baeh vx. And mi bai vx v v v reethi. keep it up girl.?? waiting for the next part.❤??

    1. Mar Sha Marsha says:
      March 22, 2020 at 12:40 pm

      Hi dear, thank u, keep reading ingey, n time viyya comment kollahchey ?

  8. Imkko says:
    March 21, 2020 at 10:22 pm

    Maasha allah …. mi baives v reethi …. keep it up …… curiously waiting for next part ….. ❤❤❤❤

    1. Mar Sha Marsha says:
      March 22, 2020 at 12:41 pm

      Thank u Imkko ?

  9. Aisha says:
    March 21, 2020 at 10:25 pm

    Maazee ninmaalaba plxxxxxxxxx

    1. Mar Sha Marsha says:
      March 22, 2020 at 12:42 pm

      Past vyhaaves kurukohleveytho balan, thank u Aisha ?

  10. Yaal says:
    March 22, 2020 at 1:39 am

    Wow….mi part vx varah reethi………….waiting for next part…………

    1. Mar Sha Marsha says:
      March 22, 2020 at 12:42 pm

      Thank u Yaal ?

  11. Ainth says:
    March 22, 2020 at 12:07 pm

    Reethi… Ekamu mihaaru kureyge hadhaanuge baathah maa dhigu vehje…

    1. Mar Sha Marsha says:
      March 22, 2020 at 12:44 pm

      Thank u Ainth, vyhaaves kuru kohleveytho balaanan ingey ?

  12. Aaru says:
    March 22, 2020 at 2:41 pm

    Alhey v nice mi story…v inthixaaru ves kurevey….dhen vaane gothaka dhey the Rey…keep it up….

    1. Mar Sha Marsha says:
      March 22, 2020 at 6:31 pm

      Thank u Aaru ?

  13. LAZY_QUEENY says:
    March 22, 2020 at 9:49 pm

    Vvvv reethi mi part vx…. Curiously waiting for next part ngey…. N Marsha you are so talented….??????

    1. Mar Sha Marsha says:
      March 23, 2020 at 9:51 am

      Thank u Queeny ?

Comments are closed.


All Right Reserved!