Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 27

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 26, 2020 6 Mins Read
14 Comments

“މަޖުބޫރު ވާންވީ ކީއްވެ؟” ޒައިނާއަކަށް ނުވިސްނުނެވެ.

“އަހަރެން ޒައި ދެކެ ލޯބި ވާތީ” އިޔާދު ބުނެލިއެވެ.

“ކީއްވެ އިޔާދު އަހަރެން ދެކެ ލޯބި ވާންވީ؟ އަހަރުމެންނަކީ ދަންނަ ބައެއްވެސް ނޫން. ދުވަސްކޮޅަކު ޗެޓްކޮށްލީމަ އެ ލޯތްބަށް ވޭތަ؟” ޒައިނާއަށް ގަބޫލެއް ނުކުރެވެއެވެ.

“އެނގޭ އަހަރެން ބުނި އިރުވެސް ޒައި ގަބޫލެއް ނުވާނެ ކަން. އަހަންނަށް ޗާންސެއްވެސް ނުދެވޭނެތަ؟” އިޔާދު އެދުނެވެ.

“ތީ ތެދަކަށް ވިޔަސް އަހަރުމެންގެ ފެމިލީއިން ގަބޫލެއް ނުވާނެ” ޒައިނާ ބުންޏެވެ.

“އެކަމާ ފަހުން ވިސްނާނީ. އިހަށް އަހަރުމެންނަށް ފޯނުން ވާހަކަ ދައްކައެއް ނުލެވޭނެތަ؟ ޕްލީޒް…” އިޔާދު އަނެއްކާވެސ ްއެދުނީ ވާހަކަ ދައްކާލުމަށެވެ.

ޒައިނާ ވިސްނާލިއެވެ. ފޯނުން ވާހަކަ ދެއްކުމުގައި ގޯހެއް ނެތް ކަމަށް ނިންމާފައި ޒައިނާ އިޔާދުއާ ވާހަކަ ދައްކަން ފެށިއެވެ. ގޭ މީހުންނަށް އަދި ދައުހާއަށްވެސް ސިއްރުންނެވެ. ނަމަވެސް އެންމެ ފަހުން ޒައިނާ އެ ކަން ދައުހާއާ ހިއްސާ ކުރީ ޒައިނާއަށް އިޔާދު ދެކެ ލޯބި ވެވިއްޖެ ކަން އިހުސާސް ކުރެވުމުންނެވެ.

“އަޅެ ޒައި. ކީއްކުރަން ފުރަތަމަވެސް ވާހަކަ ދެއްކީ؟ ފަހުން މިހެން ވެދާނެ ކަން ވިސްނާލި ނަމަ… އެނގެއެއްނު ޒައިގެ މަންމަމެން ގަބޫލެއް ނުވާނެ ކަން؟” ދައުހާއަށް ބުނެވުނީ ކަންބޮޑުވީ ވަރުންނެވެ.

“ދައުވެސް ތިހެންތަ ބުނަނީ؟ އަހަންނަށްވެސް އެނގެޔޭ ތިކަން… އެކަމަކު…” ރޮވިފައި އިނދެ ޒައިނާ ބުންޏެވެ.

“ދެންވެސް ވާހަކަ ދެއްކުން ހުއްޓާލަން ވީނު؟” ދައުހާ ބުންޏެވެ.

“ދައު… އައި ލަވް ހިމް… އަހަރެން ލޯބިވޭ އިޔާދު ދެކެ…” މޫނުގައި އަތް އަޅާލަމުން ޒައިނާއަށް ރޮވުނެވެ.

ދައުހާއަށް އެކުވެރިޔާއާ ދިމާއަށް ބަލަން އިނދެވުނެވެ. ލޯބި ވެވުމަކީ ކޮން ކަހަލަ ކަމެއް ކަން ދައުހާއަށް އެނގެއެވެ. އެ ލޯބި ކާމިޔާބު ކުރުމަށް އެދި މަސައްކަތް ކުރެވެނީ ކިހާ ވަރަކަށް ކަންވެސް ދައުހާއަށް އެނގެއެވެ.

ޒައިނާގެ ލޯބި ކާމިޔާބު ކޮށް ދިނުމަށް ދައުހާއަށް ކުރެވުނު ކޮންމެ ކަމެއް ކޮށްދޭން އެ ވަގުތު ދައުހާ ނިންމިއެވެ.

އެ ގޮތުގައި ހަތަރު މަސް ވީ އިރު، ޒައިނާއާ ބައްދަލު ކުރަން ބޭނުން ވެގެން އެތައް ފަހަރަކު އިޔާދު ބުންޏެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޒައިނާ ދެކޮޅު ހަދައެވެ. ނަމަވެސް އެރޭ ޒައިނާ އިޔާދުއާ ބައްދަލު ކުރަން އެއްބަސް ވީ އެއީ އިޔާދުގެ އުފަން ދުވަހަށް ވުމުންނެވެ.

އެރޭ އިޔާދުއާ ބައްދަލު ކުރުމަށް ޒައިނާ ދާން އުޅޭ ކަން އެނގުމުން އެންމެ ފަހު ވަގުތާ ހަމައަށް ދައުހާ ދެކޮޅު ހެދިއެވެ. ނަމަވެސް ޒައިނާގެ އާދޭހަށް ދެކޮޅު ހަދަން ނުކެރިގެން އެންމެ ފަހުން ދައުހާމެން ގެޔަށް ދެ ކުދިން ދަނީ ކަމަށް ބުނެ އަށެއް ޖަހަން އުޅެނިކޮށް ޒައިނާ ގޮވައިގެން ދައުހާ ނިކުތެވެ.

އިޔާދުއާ ޒައިނާ ބައްދަލު ކުރީ ރެސްޓޯރެންޓަކުންނެވެ. އެ މީހުން ކައިރީ ދިހަ ވަރަކަށް މިނަޓް މަޑުކޮށްލާފައި، ދިހައެއް ޖަހަން ވާ އިރަށް ދައުހާމެން ގެޔަށް އައުމަށް ހަނދާން ކޮށްދީފައި ދައުހާ ދިޔައީއެވެ.

އެރޭ އިޔާދުމެން ގޭގައި އެއްވެސް މީހަކު ނޫޅޭ ވާހަކަ އިޔާދު ޒައިނާ ކައިރީ ބުންޏެވެ. ކަންބޮޑު ވީ ނަމަވެސް ޒައިނާ އެކަމާ އެއްޗެއް ނުބުނެ އިޔާދުއާ އެކު ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރީގައި ހުރި ސޯފާގައި ދެ މީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި އިޔާދު ޒައިނާގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ. އެ ފަދަ ކަންތަކަށް އާ ވެފައި ޒައިނާ އިނީ ހަނދަންވީ ގޮތެއް ނުވިސްނިފައެވެ. އިޔާދު ދެ އަތުން ޒައިނާގެ މޫނުގައި ހިފާލަމުން ޒައިނާގެ ތުންފަތުގައި ބޮސްދިނެވެ.

“އިޔާދު…” ޒައިނާގެ ކަރުގައި އިޔާދު ބޮސްދޭން ފެށުމުން ދުރަށް ޖެހިލަމުން ޒައިނާ ގޮވާލިއެވެ.

“ޒައި… އިޓްސް އޯކޭ… އަހަރެންގެ ބަރތްޑޭ ވީމަ ހަދިޔާއެއްވެސް އޮންނަން ވާނެއެއްނު؟” ހީލަމުން އިޔާދު ބުންޏެވެ.

އިރުކޮޅަކު އިޔާދުއަށް ފުރުސަތު ދީގެން ޒައިނާ އިނެވެ. ނަމަވެސް އެހެން އިނދެވުނީ އިރުކޮޅެއް ވަންދެނެވެ. އަބަދުވެސް ނަޝީލާ ދޭ ނަސޭޙަތް ހަނދާން ވުމުން ޒައިނާއަށް ދުރަށް ޖެހިލެވުނެވެ.

“ޒައި، އަހަރުމެންނަށް މި ކަހަލަ ޗާންސެއް ދެން ލިބޭނެ ދުވަހެއް ނޭނގެ… ޕްލީޒް…” އިޔާދު އެދުނެވެ.

ނަމަވެސް ދެންވެސް ޒައިނާ ދެކޮޅު ހެދުމުން އިޔާދު ދުރަށް ޖެހިލިއެވެ.

“ސޮރީ، ޒައި ބޭނުން ނުވަންޏާ ދުރުގަ ހުންނާނީ” އިޔާދު ބުންޏެވެ. އަދި ބޭރަށް ނިކުމެފައި ދެ ތަށި ޖޫސް ހިފައިގެން އައިސް އެއް ތަށި ޒައިނާއަށް ދިނެވެ.

ކަންބޮޑުވެފައި އިން ޒައިނާ އަވަސްއަވަހަށް ޖޫސްތަށި ބޯލިއެވެ.

“ދެން ހިނގާ ދާން. މާ ލަސް ވެދާނެ” ޒައިނާ އެދުނެވެ.

ބޯ ޖަހާލި ނަމަވެސް އިޔާދު ތެދުވާކަށް ނޫޅުނެވެ. ޒައިނާއާ ދިމާއަށް ބަލަން އިނީއެވެ.

“އިޔާދު، ހިނގާ ދެން” ޒައިނާ ތެދުވެފައި ބުންޏެވެ. އެއާއެކު ބޮލަށް އެނބުރުން އަރައިގެން ދިޔުމުން އަނެއްކާވެސް އިށިނެވެ.

“ކިހިނެއް ވީ؟” އިޔާދު އެހިއެވެ.

“ބޯ އަނބުރަނީ…” ޒައިނާއަށް އެއް އަތުން ނިތްކުރީގައި ހިފަހައްޓާލެވުނެވެ.

އިޔާދު އެއްޗެއް ނުބުނެ ހީލިއެވެ.

ބޮލަށް އެނބުރުން އަރަމުން ގޮސް މޫނު މައްޗަށް އަނދިރި ވަމުން ގޮސް ޒައިނާގެ ލޯ މެރުނެވެ.

ޒައިނާއަށް ހޭލެވުމުން ލޯ ހުޅުވާލާފައިވެސް އަނެއްކާ ލޯ މަރާލެވުނީ ބޮލުގައި ރިހުމެއް ހުރުމުންނެވެ. ލޯ ހުޅުވާނުލާ އިރުކޮޅަކު އޮވެފައި ކުއްލިއަކަށް ލޯ ހުޅުވާލެވުނީ ޒައިނާއަށް އޮވެވުނު ގޮތް އިހުސާސް ކުރެވުމުންނެވެ. އެއާއެކު ތެދުވަން އުޅުނު ނަމަވެސް ޒައިނާއަކަށް ތެދެއް ނުވެވުނެވެ. ހީވީ މުޅި ހަށިގަނޑު އެކީ އައްސި ވެފައި ހުރި ހެންނެވެ.

ދެންވެސް ޒައިނާ ތެދުވަން މަސައްކަތް ކުރަމުން ދަނިކޮށް އިޔާދު އައިސް ޒައިނާ ކައިރީ އިށީނެވެ. އިޔާދު ފެނުމާއެކު ޒައިނާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ނަމަވެސް އިޔާދު ޒައިނާގެ ރުއިމަކަށް ނުބެލިއެވެ.

“ނޫން… ނޫން… ނޫން…” ޒައިނާ ރޮމުން ބުނަމުން ދިޔައެވެ. ނަމަވެސް އިޔާދު އެ އަޑެއް ނޭހިއެވެ. ބޭނުން ހުރިހާ ކަމެއް ކޮށްފައި އިޔާދު ތެދުވަން ދެން ޒައިނާއަށް ޖެހުނީ އެހެން އޮންނާށެވެ.

ޒައިނާއަށް ތެދުވެވޭ ވަރު ވުމުން އިޔާދުއާ ދިމާއަށް ބަލާނުލާ އިނދެ ދާން ތައްޔާރު ވިއެވެ. ހަށިގަނޑުގައި ކުރިން އިހުސާސް ނުވާ ފަދަ ރިހުމެއް ހުރި ނަމަވެސް ޒައިނާ އަޑެއްވެސް ލައްވާ ނުލައެވެ. ޒައިނާއާ އެކު ގޭ ދޮރާ ހަމައަށް އިޔާދު ނިކުތެވެ.

އެ ވަގުތު މުޅިން ފަޅުވެފައި އޮތް މަގު ހުރަސްކޮށް ޒައިނާ ދެވުނު އެންމެ ބާރަކަށް ގޮސް ގެޔަށް ވަނެވެ. ގޭތެރެއިންވެސް އެއްވެސް މީހަކާ އެ ވަގުތު ދިމާ ނުވިކަން އެއީ ނަސީބެކޭ ޒައިނާ ހިތަށް އެރިއެވެ. ކޮޓަރިއަށް ވަން ގޮތަށް ދޮރު ތަޅުލާފައި ލައިގެން ހުރި އެއްޗެހި ބާލާފައި ފާހާނާއަށް ވަދެ ޒައިނާ ފެންވެރިއެވެ.

ފެން ވަރައިގެން ނިކުތް އިރަށް ދައުހާ ޒައިނާއަށް ގުޅިއެވެ.

“ޒައި، އަދިވެސް އަންނާކަށް ނުވޭތަ؟ މިހާރު ދިހައެއް ޖެހީ” ކަންބޮޑުވެފައި ދައުހާ ސުވާލު ކުރިއެވެ.

ދައުހާގެ އަޑު އިވުމާއެކު ޒައިނާ ރޯން ފެށިއެވެ.

“ޒައި، ކިހިނެއް ވީ؟ ކީއްވެ ތޮ ރޮނީ؟” ދައުހާ ކަންބޮޑު ވެގެން އެހިއެވެ.

“ދައު… ދައު…” ޒައިނާއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

“ޕްލީޒް ޒައި… އިހަށް ރުއިން ހުއްޓާލެވޭތޯ ބަލާބަލަ… ދެން ބުނެބަލަ ވީ ގޮތެއް” ޒައިނާއަށް ވެދާނެ ގޮތަކާ މެދު ކަންބޮޑު ވީ ވަރުން ދައުހާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

ޒައިނާ ރުއިން ހުއްޓާލެވުމުން ހުރިހާ އެއްޗެއް ކިޔާދިނެވެ.

ދައުހާއަށް ބުނާނެ އެއްޗެއް ނުވިސްނިފައި ހުރެވުނެވެ. އިޔާދު ދެކެ ރުޅިއައިސްގެން ދައުހާއަށް ދަތްތަކަށް ބާރު ކޮށްލެވުނު ނަމަވެސް ކުރެވޭނެ ކަމެއް ނެތްކަން ހަނދާން ކުރަމުން އަމިއްލަ ނަފްސަށް އެއްޗެހި ކިޔަން ފެށިއެވެ.

“އަހަރެން ނުވާނެ އެ ގޮތަށް އޭނައާ އެކީ ޒައި ފޮނުވައިގެންނެއް… އަހަންނާ ހެދި މިހެން މިވީ… އިޓްސް މައި ފޯލްޓް…” ދައުހާ ބުންޏެވެ.

“ނޫން ދައު… އަހަންނަށް ހެދުނު ގޯހެއް މީ، ދައު އަމިއްލައަށް ބްލޭމް ނުކުރޭ…” ޒައިނާ ބުންޏެވެ.

ދެން އައި ދެ ހަފްތާއެއްހާ ދުވަހު ކޮންމެ ދުވަހަކު އޮފީސް ނިންމާފައި ޒައިނާމެން ގެޔަށް ދައުހާ ދެއެވެ. ޒައިނާ ހީކުރީ ދެން އިޔާދު ޒައިނާއާ ވާހަކަވެސް ނުދައްކާނެ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އިޔާދު ގުޅައެވެ. ނަމަވެސް ހިނގާ ދިޔަ ކަންތަކުގެ ވާހަކައެއް އިޔާދު ނުދައްކައެވެ.

ތިންވަނަ ހަފްތާ ނިމުނު އިރު ޒައިނާ ބިރު ގަންނަން ފެށިއެވެ. ދައުހާގެ އެހީގައި ބަލިވެ އިންތޯ ބަލަން ޓެސްޓް ހަދަން ކިޓެއް ގަތް ނަމަވެސް ގޭގައި ޓެސްޓް ކުރާކަށް ޒައިނާއަކަށް ނުކެރުނެވެ. އެންމެ ފަހުން ދައުހާ އެދުމުން ދައުހާމެން ގެޔަށް ގޮސް ޒައިނާ ޓެސްޓް ކުރިއެވެ.

އެ ދުވަހު އިޔާދުއަށް ޒައިނާ ގުޅާފައި ބަލިވެ އިން ވާހަކަ ބުންޏެވެ. ކަންބޮޑު ނުވުމަށް ބުނެ، ކޮންމެ ގޮތެއް ވިޔަސް ޒައިނާއަށް އެހީ ވާނެ ކަމުގެ ޔަގީން ކަން އެ ދުވަހު އިޔާދު ދިނެވެ.

ނަމަވެސް އެއީ އިޔާދު ޒައިނާއާ ވާހަކަ ދެއްކި އެންމެ ފަހު ދުވަހެވެ. އޭގެ ފަހުން ދެ ހަފްތާ ވަންދެން ޒައިނާ އިޔާދުއަށް ގުޅިއެވެ. މަގުމަތިންވެސް އިޔާދު ފެނޭތޯ ބެލިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.

އެންމެ ފަހުން ޒައިނާ ނަޝީލާ ކައިރީ އެ ވާހަކަ ބުންޏެވެ. މަންމަގެ ދުލުން ޒައިނާއާ ދިމާއަށް ބާރަށް އެއްޗެއް ބުނި އަޑު އިވުނު ހަމައެކަނި ދުވަހަކީ އެއީއެވެ.

އެ ކޮޓަރިން ނަޝިލާ އެ ދުވަހު ރޮމުން ނިކުތް އިރު ސިޓިންގް ރޫމްގައި ވަސީމްއާ ނިހާންއާ ނަވާޒްއާ ނަބާހާ ތިއްބެވެ.

“ނަޝީ، ކިހިނެއް ވީ؟” ނަޝީލާ ފެނުމުން ވަސީމް އަހާލީ ކަންބޮޑުވެގެންނެވެ.

އެއްޗެއް ނުބުނެ ނަޝީލާ އައިސް ވަސީމްގެ މޭގައި ބޯ ޖައްސާލުމާއެކު ބާރަށް ރޯން ފެށިއެވެ.

“މަންމާ… ކިހިނެއް ވީ؟” ނިހާން ތެދުވެގެން އައިސް ނަޝީލާ ކައިރީ ހުއްޓެމުން އެހިއެވެ.

“ވަސީމް… އަހަރުމެންގެ ޒައިނާ…” ނަޝީލާއަށް ބުނެވުނީ އެ ވަރަށެވެ. އަނެއްކާވެސް ރޮވުނީއެވެ.

“ޒައިނާއަށް ކިހިނެއް ވީ؟” ނިހާން އަހާލިއެވެ. އަދި ބާރަށް ގޮސް ޒައިނާގެ ކޮޓަރީގެ ދޮރު ހުޅުވާ ބަލާލިއެވެ.

އެނދުމަތީ ރޯން އޮތް ޒައިނާ ބަލާލިއެވެ. ޒައިނާ ރޯން އޮތް ތަން ފެނުމުން ނިހާން ގޮސް ކޮއްކޮ ކައިރީ އިށީނެވެ.

“ނަންނާ، ކީއްވެ ތި ރޮނީ؟ ކިހިނެއް ވީ؟ މަންމަވެސް ރޮނީ… ބުނެބަލަ ވީ ގޮތެއް” ދެ އަތުން ކޮއްކޮގެ މޫނު ފޮހެދެމުން ނިހާން އެހިއެވެ.

“ދޮންބޭ… އައިމް ސޮރީ… އަހަރެން ގަސްތުގައެއް ނޫން… އެހެން ވެދާނެ ކަމަކަށް ހިޔެއް ނުކުރަން… އައިމް ސޮރީ…” ރޮމުން ޒައިނާ ބުންޏެވެ.

“ކޮން ކަމެއް ކުރެވުނީތަ؟ ބުނީމައެއްނު އެނގޭނީ؟” ނިހާން ބުންޏެވެ.

“އޭނަ އޭނީ ބަލިވެ…” އެ ވަގުތު ވަސީމްގެ ގައިން ދޫކޮށްލާފައި ގޮސް އެ ކޮޓަރީގެ ދޮރުމައްޗަށް އަރާފައި ނަޝީލާ ބުނެލިއެވެ.

މުޅި ތަން އެކީ ހިމޭން ވެގެން ދިޔައެވެ. ނަޝީލާ ބުނި އެއްޗެއް ގަބޫލު ނުކުރެވިގެން ވަސީމްއާ ނިހާންއާ ނަވާޒްއާ ނަބާހާވެސް ނަޝީލާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.

“ނަޝީ، ކީކޭތަ ތި ކިޔަނީ؟ ކިހިނެއް ވެފަ ތިހިރީ؟” ވަސީމްއަށް އެ ވާހަކަ ކުޑަކޮށްވެސް ގަބޫލެއް ނުކުރެވުނެވެ. ނަޝިލާ ބުނި އެއްޗަކާ މެދު ވަސީމްއަށް ޝައްކު ކުރެވުނެވެ.

“އަހާބަލަ ޒައިނާ ކައިރީ” ނަޝީލާ ބުންޏެވެ.

“ނަންނާ، ތެދެއްތަ އެއީ؟” ޒައިނާ ކައިރީގައި އިން ނިހާން އެއްޗެއް ނުބުނެ އިނުމުން އެ ސުވާލު ކުރީ ނަވާޒްއެވެ.

އިސްޖަހައިގެން އިން ޒައިނާ ބޯޖަހާލިއެވެ.

“ޒައިނާ!” ވަސީމްއަށް ބުނެވުނެވެ.

“ކާކު؟” ނިހާން އަހާލިއެވެ.

ޒައިނާއަށް އިޔާދުގެ ނަން ބުނަން ނުކެރިފައި އިނދެވުނީ އެ ނަން އަޑު އިވުމުން އެންމެންނަށް ވުރެ ބޮޑަށް ނިހާން ރުޅި އަންނާނެ ވަރު އެނގޭތީއެވެ.

“ނަންނާ، ތި ބޭބީގެ ބައްޕައަށް އެނގޭތަ؟” އެ ފަހަރުވެސް ސުވާލު ކުރީ ނަވާޒްއެވެ.

ޒައިނާ ބޯޖަހާލިއެވެ.

“އޭނަ ކީކޭ ބުނީ؟” ނަވާޒް އެހިއެވެ.

ޖަވާބެއް ނުދީ އިން ޒައިނާއަށް އަނެއްކާވެސް ރޮވުނީއެވެ.

“ނަންނާ، އޭނަ އަޅާނުލީތަ؟” ނަވާޒް އަނެއްކާވެސް އެހިއެވެ.

އެ ފަހަރުވެސް ޒައިނާ ބޯ ޖަހާލިއެވެ.

“ކާކު އެއީ؟” ނިހާން އެހިއެވެ.

“އިޔާދު” ވައި އަޑުން ޒައިނާ ބުންޏެވެ. ނަމަވެސް އެ އަޑު އެތާ ތިބި އެންމެންނަށްވެސް އިވުނެވެ.

“ރާބިޔާއާ ހުޒާމްގެ އިޔާދު؟” ނަޝީލާއަށް އަހާލެވުނެވެ.

ޒައިނާ އަނެއްކާވެސް ބޯ ޖަހާލިއެވެ.

އެއާއެކު ނަޝީލާ އައިސް ޒައިނާގެ އަތުގައި ހިފާ ކޮޅަށް ނެގި ގޮތަށް ހަޅޭ ލަވަން ފެށިއެވެ.

“ޒައިނާ ތިހިރީ މޮޔަ ވެފަތަ؟ ހަމަ ހޭގަ ހުރެގެންތަ ތި ވަރުގެ ކަމެއް ކުރީ؟ ޒައިނާއަށް ނޭނގޭތަ އޭނަޔާ ފުރަތަމަ ވާހަކަ ދައްކަން ފޭށި އިރުވެސް ތީ މޮޔަ ކަމެއް ކަން؟ މި ދެ އާއިލާގެ މެދުގަ ވިހާ ކަންތައް ނޭނގޭތީތަ ތި ވަރުގެ ކަމެއް ކުރީ؟” ނަޝިލާ ހަޅޭ ލަވަމުން ދިޔަ އިރު ހިވީ ދެންމެ ދެންމެ ޒައިނާ ގައިގައި ޖަހާފާނެ ހެންނެވެ.

“މަންމާ، ކިހިނެއް ވީ؟” ނަޝީލާ ހަޅޭ ލަވާ އަޑަށް މަތީގައި ތިބި އާހިލްއާ ރާއިދުއާ ރިޔާންވެސް ތިރިއަށް އައެވެ.

“މި ޒައިނާ މީނީ އެގޭ އިޔާދުގެ ދަރިއަކަށް ބަލިވެ” އާހިލްގެ ސުވާލަށް ނަޝީލާ ޖަވާބު ދިނެވެ.

“ވަޓް؟ ނުވާނެ އެހެންނެއް!” އާހިލްއަށް ބުނެވުނެވެ.

“ތެދެއްތަ؟” ރާއިދުއަށްވެސް ގަބޫލު ކުރަން ދަތި ވުމުން އަހާލީ ވަކި މީހެއް ކައިރިއަކު ނޫނެވެ.

“ބައްޕާ، އިހަށް މަންމަ ގޮވައިގެން ބޭރަށް ނިކުމެލާ، ނަވާމެންވެސް އިހަށް ދޭ” ނިހާން އެދުނެވެ.

ނަޝީލާގެ އަތުގައި ހިފައިގެން ވަސީމް ނިކުތުމުން އެހެން އެންމެންވެސް ނިކުތެވެ.

“ނަންނާ، ފަށައިގެން ދޮންބެއަށް ކިޔާދީބަލަ” ޒައިނާގެ ބޮލުގައި ފިރުމާލަމުން ނިހާން ބުންޏެވެ.

ޒައިނާ ހުރިހާ އެއްޗެއް ކިޔާދިނެވެ.

އިޔާދު ޒައިނާއަށް ހެދި ގޮތް އަޑު އަހަން ނިހާން މަޑުން އިން ނަމަވެސް ނިހާންގެ ސިކުނޑީގައި ރުޅިގަނޑު ކެކެމުން ދިޔައެވެ. ޒައިނާ ވާހަކަ ދެއްކުން ހުއްޓަލުމާއެކު އިން ތަނުން ތެދުވެގެން ނިހާން ގޭ ދޮރާ ދިމާއަށް ދިޔައެވެ.

“ނިހާން!” ވަސީމް ނިހާންއަށް ގޮވާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އާލް

Next

ނުވާނަން ތަފާތެއް… 11

Next
March 26, 2020

ނުވާނަން ތަފާތެއް… 11

Previews
March 26, 2020

އާލް

14 Comments!

  1. Mar Sha Marsha says:
    March 26, 2020 at 11:20 am

    Hi, mi bai thankolheh kuru vedhaane, but upload kolly. Hykuran kamudhaane kamah. Like n comment ingey ??❤️❤️ 28 on Sunday. Happy weekend, and wish u all a blessed friday! Stay at home, n be safe

  2. LAZY_QUEENY says:
    March 26, 2020 at 11:28 am

    Vvvv reethi mi part vx… Curiously waiting for next part ngey… Lysm N Marsha you are so talented….. ????

    1. Mar Sha Marsha says:
      March 26, 2020 at 7:18 pm

      Thank u Queeny ❤️❤️❤️

  3. LAZY_QUEENY says:
    March 26, 2020 at 11:28 am

    Me first tha ??

    1. Mar Sha Marsha says:
      March 26, 2020 at 7:21 pm

      Yes dear ?

  4. Kairaa says:
    March 26, 2020 at 1:16 pm

    Varah varah reethi….waiting for the nxt part….

    1. Mar Sha Marsha says:
      March 26, 2020 at 7:22 pm

      Thank u Kairaa ?

  5. Ainth says:
    March 26, 2020 at 1:19 pm

    Adhives hiyaaluga

    1. Mar Sha Marsha says:
      March 26, 2020 at 7:24 pm

      Next part in past nimeynee, thank u Ainth ?

  6. Yaal says:
    March 26, 2020 at 1:22 pm

    Varah reethi mi part.
    When next
    Waiting for next part

    1. Mar Sha Marsha says:
      March 26, 2020 at 7:24 pm

      Thank u Yaal ?

  7. Yanaa says:
    March 26, 2020 at 2:15 pm

    Varah Varah reethi ❤❤❤❤❤
    Maa sha Allah ??????
    waiting waiting ❤❤❤❤❤❤❤

    1. Mar Sha Marsha says:
      March 26, 2020 at 7:25 pm

      Thank u Yanaa ?❤️❤️

  8. Mäřęé Āđhų says:
    March 26, 2020 at 8:35 pm

    Liusha Mohamed

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 28←


All Right Reserved!