Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 31

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments1K Visits
April 5, 2020 8 Mins Read
21 Comments

“ކޮން އިރަކުން މެރީ ކުރާނީ؟” ދައުހާ އަހާލިއެވެ.

“ދައުގެ މަންމަމެން އައީމަ މި ވާހަކަ ދައްކާފަ އެ މީހުން އޯކޭ ވިއްޔާ ވީހާވެސް އަވަހަކަށް މެރީ ކުރާނީ” ނިހާން ބުންޏެވެ.

ދައުހާ އުފަލުން ނިހާން ގައިގައި ބައްދާލިއެވެ.

 

ސިޓިންގްރޫމްގައި ދެ މީހުން އެކަނި ވުމުން އަޒްމަން ޒައިނާގެ އަތުގައި ހިފާފައި ޒައިނާގެ އިނގިލީގައި އަނގޮޓިއެއް އަޅުވާލިއެވެ.

“މީ…؟” އަތަށް ބަލަން އިނދެ ޒައިނާ އަހާލިއެވެ.

“ތީ މަންމަ ޒައިއަށް ދޭން ގަތް އެއްޗެއް، އަހަރެން ކައިރީ ބުނީ ޒައި އަތުގަ އަޅުވާށޭ” ހިނިއައިސްފައި އިނދެ އަޒްމަން ބުންޏެވެ.

“އޯހ… މަންމަ ކައިރީ ބުނެދެއްޗޭ އަހަރެން ބުންޏޭ ޝުކުރިއްޔާއޭ” އަދިވެސް އަނގޮޓިއަށް ބަލަން އިނދެ ޒައިނާ ބުންޏެވެ.

“އެ ނިމުނީތަ؟ އަހަންނަށް ޝުކުރިއްޔާއެއް ނެތްތަ؟” އަޒްމަން އަހާލިއެވެ.

“ދެން… ޝުކުރިއްޔާ އަޒްމަންއަށްވެސް” ހީލަމުން ޒައިނާ އަޒްމަންއަށް ބަލާލިއެވެ.

އަޒްމަން އެ ވަގުތު ޒައިނާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެ ޒައިނާގެ ގައިގައި ބައްދާލައިގެން ހުއްޓެވެ.

“ކިހިނެއްވީ؟” އަޒްމަންއާ ދުރަށް ޖެހިލާފައި ޒައިނާ އަޒްމަންގެ މޫނަށް ބަލާލިއެވެ.

“ބައެއް ފަހަރު ހިތަށް އަރަނީ މީ ހަގީގަތެއް ބާއޭ… އަހަންނަށް ޒައި ހަމަ ލިބޭނެ ބާއޭ. އެހެންވެ ޔަގީން ކޮށްލީ” އަޒްމަން ޖަވާބު ދީފައި އަދާގެ އެނދު ކައިރީ ހުއްޓުނެވެ.

ޒައިނާވެސް އަޒްމަން ކައިރީ މަޑުކޮށްލަމުން ދަރިފުޅަށް ބަލާލިއެވެ.

“އައި ވިޝް…” އަދާއަށް ބަލަން ހުރެ ބުނަން ފަށާފައި އަޒްމަން މަޑުކޮށްލިއެވެ.

“ޔޫ ވިޝް… ކީކޭ؟” އަޒްމަން އިތުރަށް ނުބުނުމުން ޒައިނާ އެހިއެވެ.

“އައި ވިޝް މީ އަހަރެންގެ ކުއްޖަކަށް ވީ ނަމައޭ… އެހެން ނަމަ އަދާ ވާނީ އަހަންނާ ޒައިގެ މެދުގަވާ އެންމެ ވަރުގަދަ ބޮންޑަށް. އަހަރެން މިހެން ބުނީމަ ޒައިއަށް ގަބޫލު ކުރަން އުނދަގޫވެސް ވެދާނެ، އެކަމަކު އައި ލަވް ހަރ ލައިކް ޝީ އިޒް މައި އޯވްން” އަޒްމަން ބުންޏެވެ.

ޒައިނާ އަޒްމަންގެ ދެ އަތުގައި ހިފާލިއެވެ. އަޒްމަން އެ ބުނި އެއްޗަކާ މެދު ޒައިނާގެ ހިތުގައި ޝައްކެއް ނުވެއެވެ. އެ ބަސްތަކާ އެކު ޒައިނާގެ ހިތުގައި އަޒްމަންއަށް ދެވިފައިވާ މަގާމު ފުންވެގެން ދިޔައެވެ. އަޒްމަންއަށް ޓަކާ އެ ހިތުގައި އޮތް ގަދަރު އުފުލިގެން ދިޔައެވެ.

“އަދާގެ ސަބަބުން ނޫން ނަމަ އަހަންނާ އަޒްމަން ދިމާވެސް ނުވީސް ކަންނޭނގެ. އަހަރުމެންގެ މެދުގަ މި ގުޅުމެއްވެސް ނުއުފެދުނީސް. އެހެން ވީމަ އަޒްމަންގެ އަމިއްލަ ދަރިއަކަށް ނުވިޔަސް އެއީ އެއްނު އަހަރުމެންގެ މެދުގަ ވާ އެންމެ ވަރުގަދަ ބޮންޑަކީ؟ އަޒްމަން އަދާ ދެކެ ވާ ލޯތްބާ މެދު އަހަރެންގެ ހިތުގަ ޝައްކެއް ނެތް. އަމިއްލަ ދަރިއަކަށް ނުވާ އިރު އަދާ ދެކެ އަޒްމަން ތި ވާ ލޯތްބަކީ ތީ ރަނގަޅު މީހެއް ކަމުގެ އެންމެ ބޮޑު ހެކި” ޒައިނާ ބުންޏެވެ.

ޒައިނާއަށް އިސް ޖަހާލެވުނެވެ. އެކުގައި ދިރިއުޅުމެއް ފެށުމަށް އަޒްމަންއަށް ވުރެ ރަނގަޅު ބައިވެރިއަކު ދެން ނުވާނެ ކަމާ މެދު ޒައިނާއަށް މިއަދު ޝައްކެއް ނުވެއެވެ. އެހެން ނަމަވެސް އަޒްމަން ފަދަ މީހަކާ ޒައިނާ އެކަށީގެން ނުވާ ހެން ޒައިނާއަށް ހީވަނީއެވެ.

“އައި ޑޯންޓް ޑިޒަރވް ޔޫ…” މަޑުމަޑުން ޒައިނާ ބުނެލިއެވެ.

“ތިހެން ދެން ނުބުނާތި. ޕާސްޓްގަ ވީ ކަންތައްތަކުގެ ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. އަދާގެ ސަބަބުން އަހަރެންނަށް ޒައި ފާހަގަ ކުރެވުނީ، އަދާގެ ސަބަބުން އަހަންނަށް ޒައި ދެކެ ލޯބި ވެވުނީ، އަދާގެ ސަބަބުން ޒައިގެ ހިތުގަ އަހަންނަށް ޖާގައެއް އުފެދުނީ. އެހެން ވީމަ އެ ޕާސްޓަކީ އެއްވެސް ގޮތަކުން މިސްޓޭކެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެއީ ޒައިގެ ކުށެއް ނޫން، އަދި އެއީ އަދާގެ ކުށެއްވެސް ނޫން” ޒައިނާގެ ދެ އަތްތިލައިގައި ހިފާލަމުން އަޒްމަން ބުންޏެވެ.

ޒައިނާ އެއްޗެއް ނުބުނެ އިސްޖަހާލައިގެން ހުރީ އަޒްމަން އެ ދެއްކި ވާހަކައިގެ ޖަވާބުގައި ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.

އަޒްމަން ޒައިނާއަށް ބަލަން ހުއްޓެވެ. ހިތް އެދެމުން ދިޔައީ ޒައިނާގެ ދުލުން އަޒްމަން ދެކެ ލޯބި ވެޔޭ ބުނާ އަޑު އަހާލުމަށެވެ. ނަމަވެސް، ކައިވެންޏަށް އެއްބަސް ވީ އިރުވެސް އަޒްމަން ދެކެ ލޯބިވާ ވާހަކައެއް ޒައިނާ ނުބުނެއެވެ. ޒައިނާގެ ހިތުގައި އަޒްމަންއަށް ޖާގައެއް ވާކަން އަޒްމަންއަށް ޔަގީނެވެ. ނަމަވެސް އެއީ ލޯތްބަށް ނުވާ ނަމަ އެ ވަރުން އަޒްމަންއަށް ފުދޭނެ ހެއްޔެވެ؟ އަޒްމަން ވާ ލޯބީގެ ބަދަލުގައި ޒައިނާގެ ފަރާތުން އެ ފަދަ ލޯތްބެއް އަޒްމަން ބޭނުން ވެއެވެ.

ޒައިނާގެ ހިތުގައި އަދިވެސް އިޔާދުގެ ލޯބި ނުފިލާ ވަނީ ހެއްޔެވެ؟ އެ ލޯތްބާ އިތުބާރުގެ ބަދަލު ޒައިނާއަށް އެންމެ ހިތި ގޮތެއްގައި ލިބިފައި ވާ އިރު، އެ ހަނދާންތައް ހިތުން ގފޮހެލަން އުނދަގޫ ވާނެ ކަން އަޒްމަންއަށް ވިސްނެއެވެ. އެހެން ނަމަވެސް، ޒައިނާގެ ދުލުން އަޑު އެހުމަށް އަޒްމަން އެންމެ އެދޭ ބަސްތައް ނުބުނެވެނީ ޒައިނާގެ ހިތުގައި އަދިވެސް އެ ލޯބި ވާތީ ހެއްޔެވެ؟ އެ ހިތުގެ ކޮންމެވެސް ހިސާބަކުން އަދިވެސް އިޔާދުއަށް އެދެވޭތީ ހެއްޔެވެ؟

އެ ޚިޔާލުން އަޒްމަންގެ ހިތަށް ތަދުވެލިއެވެ.

“ޒައި، ޑޫ ޔޫ… ޑޫ ޔޫ ސްޓިލް ލަވް ހިމް؟” ފަސް ޖެހިފައިވެސް އަޒްމަން އަހާލީ ޝައްކެއްގެ މަތީ ހުންނަން ބޭނުން ނުވާތީއެވެ.

“އައި ހޭޓް ހިމް!” ފަސް ޖެހުމެއް ނެތި ޒައިނާ ޖަވާބު ދިނެވެ.

“ތި ރުޅީގެ ފަހަތުގަ… އެއްވެސް އެހެން ފީލިންގްއެއް ނެތްތަ؟ ނޯ ރިގްރެޓްސް؟” އަޒްމަން އެހިއެވެ.

“ނޫން އަޒްމަން. އޭނައަކަށް އަހަރެންގެ ހިތުގަ މިހާރު އެއްވެސް އެއްޗެއް ނެތް. ރުޅި އަންނަނީ. އަދާއާ ދޭތެރޭ ވިސްނާލީމަ ދެރަ ވަނީ އެހެން ވީތީ. ކުރިން ހިތަށް އަރާ އެހެން ގޮތަކަށް ކަންތައް ވީ ނަމައޭ، ހަމަ އެކަނި އަދާއަށް ޓަކާ…” އެ ވަރަށް ބުނެފައި ޒައިނާ އަޒްމަންގެ އަތުގައި ހިފާ އުފުލާލަމުން އެ އަތްތިލަ ޒައިނާގެ މޭގައި ޖައްސާލިއެވެ.

“އެކަމަކު މިހާރު އަހަންނަށް އެނގިއްޖެ އެ ހުރިހާ ކަމެއްވެސް ވީ އަހަންނާ އަޒްމަން ދިމާ ވާން ކަން. އަދާއަށް ބައްޕައެއްގެ ލޯބި ލިބެން އޮތީ އަޒްމަންގެ ފަރާތުން ކަން. މި ހުރިހާ ކަމަކަށް ފަހުވެސް އަހަންނަށް އަހަރެން ދެކެ ލޯބިވާ މީހަކު ލިބުން އެއީ އަހަރެންގެ ނަސީބު ކަން އަހަރެން ގަބޫލު ކުރަން. ހުރިހާ ކަމަކަށް ވުރެ އަހަންނަށް އަޒަމަން ހާއްސަ ވާ ކަމަކީ އަޒްމަން އަދާ ދެކެ ވާ ލޯބި، ދެޓް މޭކްސް މީ ލަވް ޔޫ މޯރ” ހިތުގައި އަޒްމަންއާ މެދު ވާ އިހުސާސް ފުރަތަމަ ފަހަރަށް ޒައިނާ ފާޅު ކުރިއެވެ.

“ޔޫ… ލަވް މީ؟” އަޒަމަންއަށް ގަބޫލު ކުރަން ދަތި ވިއެވެ.

ޒައިނާ ބޯ ޖަހާލިއެވެ.

“ދެން ކީއްވެ ޒައި އަހަންނާ ދުރު ދުރުން އުޅެނީ؟ އަހަންނަށް އިތުބާރު ނުކުރެވެނީތަ؟” އަޒްމަން އެހިއެވެ.

“އަހަރެން އަޒްމަންއަށް އިތުބާރު ނުކުރަނީއެއް ނޫން. އަހަރެން ބުނާ އެއްޗެއްގެ މާނަ ގޯސްކޮށް ނުނަގައްޗޭ އަޒްމަން… ކުރިން ވީ ގޮތުން އަހަރެން ބިރުގަނޭ. ހިތަށް އަރަނީ އަހަންނަށް ލީޑް ކުރެވިގެން ބާއޭ އެ ގޮތަށް ކަންތައް ވީ؟ އެއްވެސް ގޮތަކުން އެ ކަހަލަ ކަމަކަށް އަހަރެންގެ ފަރާތުން އިޝާރާތެއް ލިބުނީ ބާއޭ؟

އަހަރެން… އަހަރެން އަޒްމަން ދެކެ ލޯބިވޭ، އެކަމަކު ބިރު ގަނޭ އަހަންނަށް ބުނެވޭ އެއްޗަކުން ނޫނީ ކުރެވޭ ކަމަކުން އެ ކަހަލަ ދައުވަތެއް އަޒްމަންއަށް ދެވިދާނެތީ. އަހަރެން ބޭނުމެއް ނޫން އަހަންނަށް އަޒްމަން ގެއްލޭކަށް. ޔޫ މީން ޓޫ މަޗް ޓު މީ ނައު” ޒައިނާ އަޒްމަންގެ އަތް ގެނެސް ތުންފަތުގައި ޖައްސާލިއެވެ.

“އެހާ ފަސޭހައިން އަހަރެން ޒައިގެ ފަހަތަކުން ނުނައްޓާނަން، އައި ލަވް ޔޫ މަރިޔަމް ޒައިނާ ވަސީމް!” ހިތަށް ލިބިގެން ދިޔަ ހަމަޖެހުމާއެކު އަޒްމަން ހީލަމުން ބުންޏެވެ.

“އައި ލަވް ޔޫ ޓޫ ޑޮކްޓަރ އަޒްމަން އަހުމަދު ނާޝިދު!” ޒައިނާ ޖަވާބުގައި ބުންޏެވެ.

 

އަނެއް ދުވަހު ހެނދުނު ސަޔަށް ފަހު ދައުހާއާ އެކު ނަޝީލާ ދައުހާމެން ގެޔަށް ގޮސް ގޭތެރެ ފޮޅާ ސާފު ކުރުމުގައި ދައުހާއަށް އެހީވިއެވެ. ނަޝީލާއާ ވަސީމްގެ އެދުމަށް އަމީރާމެން މާލެ އައި ގޮތަށް ފުރަތަމަ ނަޝީލާމެން ގެޔަށް ދިޔައީ މެންދުރު ކެއުމުގައި ބައިވެރި ވާށެވެ. ކައިގެން ދިޔަ އިރު ދައުހާވެސް މަންމަމެންނާ އެކު ގެޔަށް ދިޔައެވެ.

ފެން ވަރައިގެން އަމީރާ ނިކުތް ތަނާ ދައުހާވެސް އައިސް އަމީރާ ކައިރީ އިށީނެވެ.

“މަންމަމެން ނެތީމަ ދަރިފުޅު ވަރަށް ފޫހިވިތަ؟” ދައުހާގެ ބޮލުގައި ފިރުމާލަމުން އަމީރާ ލޯބިން އަހާލިއެވެ.

“ފޫހި ވާނެއެއްނު؟ އަހަރެން އެކަނި ބަހައްޓާފަ އެންމެން ދިޔައީ ވިއްޔަ” ދައުހާ ބުންޏެވެ.

“މަންމައަށް އެނގޭ ދެން އެހާ ފޫއްސެއްވެސް ނުވާނެ ކަން. ޒައިއާ ދެމީހުން އެއްތަން ވީމަ ފޫހި ވާނެ ވަގުތު ވާނެތަ؟ އެހެން ނޫނަސް ނަޝީލާވެސް ދައު ފޫހި ވިޔަކަ ނުދޭނެއެއްނު؟” ހީލަމުން އަމީރާ ބުންޏެވެ.

“މަންމާ… ވާހަކައެއް ބުނަން ބޭނުން…” މަންމަގެ ކޮނޑުގައި ބޯ އަޅާލަމުން ދައުހާ ބުންޏެވެ.

“ބުނޭ އަވަހަށް” ދައުހާ ބުނި ގޮތުން، ބުނަން އެ އުޅެނީ ބޮޑު ކަމެއްގެ ވާހަކަ ހެން އަމީރާއަށް ހީވިއެވެ.

“އަހަރެން ބޭނުން… މެރީ ކުރަން” ދައުހާ ބުންޏެވެ.

“އަސްލުވެސްތަ؟ އެކަމަކު ދަރިފުޅު ހާދަ ސިއްރުން ތި އުޅެނީ؟ މަންމަ ނުވެސް ދެނެހުރިން ދައު ތި ކަހަލަ ކަމަކާ އުޅޭ ކަމެއްވެސް” ހިނި އައިސްފައި އަމީރާ ބުންޏެވެ.

ނަމަވެސް އަމީރާމެން އިންޑިޔާއަށް ދިޔުމުގެ ކުރިން ހަތަރު ފަސް މަސް ވަންދެން، ދައުހާ ހިތުން މީހަކަށް ނާންގާ ކުރި ހިތާމަ އަމީރާއަށް ސިއްރެއް ނުވެއެވެ. ދައުހާ އެއްވެސް އެއްޗެއް ނުބުނާތީ އަމީރާ ސުވާލެއް ނުކުރި ނަމަވެސް އޭރު ދައުހާއާ މެދު އަމީރާ ވަރަށް ކަންބޮޑުވިއެވެ.

“ސިއްރުން އުޅުނީ ކާމިޔާބު ވީމަ ނޫނީ މަންމައާ ޝެއަރ ނުކުރަން ވެގެން” ދައުހާ ބުންޏެވެ.

“ހާދަ ވަރުގަދަ ކަމެކޭ ދޯ އެހެން ވިއްޔާ ތި ކޮށްލީ؟” އަމީރާ ސަމާސާ ކޮށްލިއެވެ.

“އާނ މަންމާ. ވަރަށް މަސައްކަތުން ކާމިޔާބު ވީ” މަންމަގެ މޫނަށް ބަލާލަމުން ދައުހާ ރަކިވެފައި ބުންޏެވެ.

“އެހެން ވިއްޔާ ބުނޭ އަވަހަށް، ކާކު މަންމަގެ ދަރިފުޅުގެ ހިތް އަތުލައިގެން މި އުޅެނީ؟” އަމީރާ ހުރީ ދައުހާ ދިރިއުޅުމެއް ފަށަން ނިންމީތީ އުފަލުންނެވެ.

“ދެން މަންމާ…” ދައުހާ ލަދުގަތެވެ.

“ބުނެބަލަ ދެން. މަންމަމެންނަށް އަންގާވެސް ނުލާ ކާކު ހޯދައިގެން ތި އުޅެނީ؟” އަމީރާ ހީގަނެފައި އަނެއްކާވެސް އަހާލިއެވެ.

“މަންމާ، އަހަރެން ބޭނުން ކޮންމެ މީހަކާ އިންނަން މަންމްމެން އޯކޭ ވާނަންތަ؟ ނުރުހުން ވެދާނެ ކަމުގެ އެއްވެސް ޗާންސެއް އޮވެދާނެތަ؟” ނިހާންގެ ކަނބޮޑުވުމާ މެދު ވިސްނަމުން، އަމީރާގެ މޫނަށް ބަލަން އިނދެ ދައުހާ އަހާލިއެވެ.

އަމީރާ އިރުކޮޅަކު އެއްޗެއް ނުބުނެ ދައުހާއަށް ބަލަން އިނެވެ. ދައުހާ އެ ސުވާލު ކުރުމުން ހިތުގައި ސުވާލު އުފެދުނު ނަމަވެސް ހަމަ ވަގުތުން ހުރިހާ ކަންބޮޑުވުމެއް ހިތުން ފޮހެލީ ދައުހާއަށް އިތުބާރު ކުރެވޭތީއެވެ.

“މަންމައަށް ޔަގީން ދައު ގޯސް ކުއްޖަކު ނުހޯދާނެ ކަން. މަންމަ ދައުއަށް އިތުބާރު ކުރަން. އެހެން ވީމަ ދައުގެ ހޮވުމާމެދު މަންމަ ނުރުހެން ވީ އެއްވެސް ސަބަބެއް ނެތެއްނު؟ ދެން ތީ މަންމަމެން ދަންނަ ކުއްޖަކަށް ވެއްޖެއްޔާ މަންމައަށް ކަމުދެޔޭ ނޫނީ ނުދެޔޭވެސް ވަގުތުން ބުނާނަން. އެކަމަކު އެއްޗެއް ބުނެވޭނީ ކާކު ކަން އެނގިގެނެއްނު؟ ބުނެބަލަ މަންމަ ކައިރީ” އަމީރާ ބުންޏެވެ.

“މަންމަ ދަންނާނެ އޭނަ، އޭނަގެ ފެމިލީވެސް” ދައުހާ ބުނެލިއެވެ.

“ތިވީ މާ ރަނގަޅަކަށްނު؟ އަވަހަށް ބުނޭ، ކޮން ކުއްޖެއް އެއީ؟” އަމީރާ އަހާލިއެވެ.

“ނިހާން… ޒައިގެ ދޮންބެ… ނަޝީއްތަގެ ދަރިފުޅު” ލޯ މަރާލަމުން، އެއީ ކާކު ކަމާކެދު އަމީރާގެ ހިތުގައި ސުވާލެއް ނުވާނެ ވަރަށް ދައުހާ ބުނެދިނެވެ.

“ނިހާން…؟” އަމީރާއަށް ނިހާންގެ ނަން ތަކުރާރު ކޮށްލެވުނެވެ. ދެން އެއްޗެއް ނުބުނެ ދައުހާއަށް ބަލަން އިނީއެވެ.

“މަންމާ…؟” އަމީރާ އިތުރު އެއްޗެއް ނުބުނުމުން ދައުހާ ލޯ ހުޅުވާލުމާއެކު ސިހިގެން ދިޔައީ އަމީރާ ދެ އަތުން ދައުހާ ގެނެސް މޭގައި ޖައްސާލުމުންނެވެ.

“މަންމާ، އެއްޗެއް ބުނެބަލަ…” ދެންވެސް އަމީރާ އެއްޗެއް ނުބުނުމުން ގަދަ ކަމުން ކަހަލަ ގޮތަކަށް އަމީރާއާ ދުރަށް ޖެހިލާފައި ދައުހާ ބުންޏެވެ.

ނިހާންގެ ނަން އިވުމުން ފުރަތަމަ ހައިރާން ވި ނަމަވެސް، އަމީރާ އުފާވިއެވެ. ދަރިފުޅުގެ ހޮވުމާ މެދު ހިތްހަމަ ޖެހުނެވެ. ދައުހާއާ ނިހާންގެ މެދުގައި އާއްމުކޮށް ގުޅޭ ދެ ކުއްޖެއްގެ ދެމެދުގައި ހުންނަ ވަރަށް ވުރެ އުމުރުގެ ތަފާތު ބޮޑުވި ނަމަވެސް، ދައުހާގެ ޙަޔާތަށް އައުމަށް ނިހާންއަށް ވުރެ ވަކި ރަނގަޅު ފިރިހެން ކުއްޖަކު ނުވާނެ ކަން އަމީރާއަށް ޔަގީންވެއެވެ.

“ދަރިފުޅުގެ ހޮވުމާ މެދު މަންމަ ފަޚުރުވެރި ވަން. މަންމަ ވަރަށް ހިތްހަމަ ޖެހިއްޖެ. ދެ ކުދިންގެ މެދުގަ އުމުރުގެ ތަފާތު ތަންކޮޅެއް ބޮޑު ދޯ؟ އެހެން ވިޔަސް އެއީ މައްސަލައެއް ކަމަކަށް މަންމަ ނުދެކެން. އެއީ ރަނގަޅު އާއިލާއެއްގެ ރަނގަޅު ކުއްޖެއް. އެއަށް ވުރެ ރަނގަޅު ކުއްޖަކު މަންމައަކަށްވެސް ނުދެއްކޭނެ ކަންނޭނގެ ދައުއަކަށް. އެއީ ނިހާން ނޫން އެހެން ކުއްޖެއް ނަމަ ފަހަރެއްގަ ބައްޕަ ހިތްހަމަ ނުޖެހިދާނެ، އެކަމަކު ނިހާންއާ ބައްޕަވެސް ގަބޫލު ވާނެ ކަން މަންމައަށް ޔަގީން” ދައުހާގެ ނިތްކުރިއަށް އަމީރާ ބޮސްދިނެވެ.

“އޯހް މަންމާ… ވަރަށް އުފާ ވެއްޖެ… މަންމައަށް އެނގޭތަ؟ ނިހާން ވަރަށް ދެކޮޅު ހެދި. ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ނިހާން އަހަންނާ ރައްޓެހި ނުވާން ހުރީ އަހަރުމެންގެ ގުޅުމަށް މަންމަމެން ގަބޫލެއް ނުވާނެޔޭ ކިޔާފަ. އަބަދުވެސް ބުނާނެ އަހަންނަށް ވުރެ އުމުރުން އެހާ ދޮށީ މީހަކާ އަހަރެން އިންނާކަށް މަންމަމެން ގަބޫލެއް ނުވާނެޔޭ. އެކަމަކު އެންމެ ފަހުން މިދިޔަ ހަފްތާގަ ގޮތް ދޫކޮށްފަ އާނއެކޭ އެ ބުނީ. އޭގެ ފަހުންވެސް ވަރަށް ކަންބޮޑުވެފަ ހުންނަނީ މަންމައަށް އެނގުނީމަ ބުނާނެ އެއްޗެއް ނޭނގިގެން. މަންމަ ގަބޫލު ވާހަކަ ބުނީމަ ވަރަށް އުފާ ވާނެ” ދައުހާ ކިޔާދިނެވެ.

“މަންމަމެން ނުގަބޫލު ވެދާނެތީ އެ ހުރިހާ ދުވަހު ނިހާން ދައުއަށް އާނއެކޭ ނުބުނެ ހުރީ؟ އެހެން ވިއްޔާ ދައުތަ ފުރަތަމަ ނިހާން ދެކެ ލޯބި ވާ ވާހަކަ ބުނީ؟” ހިނިއައިސްފައި އިން އަމީރާ އަހާލިއެވެ.

ދައުހާ ލަދުން އަނެއްކާވެސް އަމީރާ ގައިގައި ބައްދާލިއެވެ.

“އަހަރެން ބުނުން އެއީ ގޯހެއްތަ މަންމާ؟” ދައުހާ އަހާލިއެވެ.

“ނޫން، ގޯހެއް ނޫން. އެކަމަކު މަންމަ ބޭނުމީ ގިނަ ދުވަސް ނުކޮށް އަވަހަށް ކައިވެނި ކުރުން. އެކީ އުޅެން ބޭނުންވެ އެކަމަކު ފަހުން ކައިވެނި ކުރަން ތިބުމަށް ވުރެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަކަށް ކައިވެނި ކުރުން” އަމީރާ ނަސޭޙަތުގެ ގޮތުން ބުންޏެވެ.

“އާނ، މަންމާ. އަހަރެންވެސް ބޭނުމެއް ނޫން ލަސް ކުރާކަށް. މަންމަ ބައްޕައާ ވާހަކަ ދައްކާލަދޭނަން ދޯ؟ ބުނެދީ ވީހާވެސް އަވަހަކަށް މެރީ ކުރަން ބޭނުމޭ” ދައުހާ ބުންޏެވެ.

“އާނ، ބައްޕަ ގެޔަށް އައިހާ އަވަހަކަށް ބުނާނަން. ދެން ދޭ ނިހާންއަށް ގުޅާލާފަ ބުނަން، އޭރުން އޭނަ ހިތްހަމަ ޖެހޭނީ” ހީލަމުން އަމީރާ ބުންޏެވެ.

ކޮޓަރިއަށް ވަދެ ނަމާދު ކޮށްގެން ދައުހާ ނިހާންއަށް ގުޅީ ނިހާންމެން މިސްކިތުން އަންނަހާ އިރު ކޮށްފައެވެ.

“އައި ލަވް ޔޫ! ވަގުތުން ޖަވާބު ބޭނުން” ނިހާން ފޯން ނެގުމާއެކު ދައުހާ ބުންޏެވެ.

“އޯކޭ. އައި ލަވް ޔޫ ޓޫ!” ނިހާން ހިނިއައިސްފައި ވަގުތުން ޖަވާބު ދިނެވެ.

އެ އަޑު އިވުމާއެކު ދެ ފަރާތަށް ބޯ ހަލުވާލަމުން ނިހާންގެ ބުރަކަށީގައި ޖަހާލާފައި ނަވާޒް ގެޔަށް ވަނެވެ.

“އައި ލަވް ޔޫ މޯރ!” ދައުހާ ބުންޏެވެ.

“ހާދަ އުފާ ވެފަ ހުރިހެން ހީވެޔޭ، ކިހިނެއް ވީ؟ ދައު މަންމަ މާ ރަނގަޅު ހަދިޔާއެއް ދިނީތަ؟” ނިހާންގެ އަޑުގައި ވީ ސަމާސާއެވެ.

“އާނ، އަހަރެން އެންމެ ބޭނުން ވާ ހަދިޔާ މަންމަ ދިނީ” ދައުހާ ހީވީ އުފަލުން ގޮސް ހަޅޭ ލަވައިގެންފާނެ ހެންނެވެ.

“ކޯޗެއް؟” ނިހާން އަހާލިއެވެ.

“ޝީ ސެޑް ޔެސް!” ދައުހާ ދިނީ އެ ވަގުތު ނިހާންއަށް ލިބޭނެ އެންމެ އުފާވެރި ޚަބަރެވެ.

“އަސްލުވެސްތަ؟ މަންމަ ކައިރީ ބުނީތަ؟ އެއްވެސް އެއްޗެއް ނުބުނޭތަ؟ އެއްވެސް ސުވާލެއް ނުކުރޭތަ؟” ނިހާންއަށް ގަބޫލު ކުރަން ދަތިވިއެވެ.

“އާނ، ދެންމެ މަންމަ ކައިރީ ބުނީ. މަންމަ ބުނީ ނިހާންއަށް ވުރެ ރަނގަޅު ކުއްޖަކު މަންމައަކަށްވެސް ނުދެއްކޭނެޔޯ. ބައްޕަ ގެޔަށް އައިހާ އަވަހަކަށް ބައްޕައާ ވާހަކަ ދައްކާނަމޯ ބުނީ” ދައުހާއަށް ވާހަކަ ދެއްކުނީ އަވަސްއަވަހަށެވެ.

ނިހާން މޭގައި އަތް ޖައްސާލާފައި ލޯ މަރާލަމުން ފާރުގައި ބުރަކަށި ޖައްސާލިއެވެ. ހިތަށް ލިބިގެން ދިޔަ ހަމަޖެހުމާއެކު ނިހާންއަށް ހީލެވުނެވެ. ދުވަސްތަކެއް ވަންދެން ހިތުގައި އޮތް ބިރު ފިލުމުން ހިތަށް ލުއިވެގެން ދިޔައެވެ.

“ނިހާން…؟” ނިހާންގެ ފަރާތުން ޖަވާބެއް ނުލިބުމުން ދައުހާ ގޮވާލިއެވެ.

“ހިނގާ ދެން އަވަހަށް މެރީ ކުރަން” ނިހާން ބުންޏެވެ.

“އަހަރެން ރެޑީ. ނިހާން، އައި މިސް ޔޫ” ދައުހާ ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ.

“މިސް ޔޫ ޓޫ. ކޮން އިރަކުން ދެން މި ގެޔަށް އަންނާނީ؟” ނިހާން އެހިއެވެ.

“ބޭނުން މިހާރުވެސް ދާން. އެކަމަކު ދެން ދެވޭނީ ދެ ތިން ދުވަސް ފަހުން. ނިހާޏް ބޭނުމިއްޔާ މި ގެޔަށް އާދެވޭނެއެއްނު މިހާރު؟” ދައުހާ ބުންޏެވެ.

“އަހަރެން ބޭނުނމީ ދައު ދެން އެއްކޮށް މި ގެޔަށް ބަދަލު ވާން” ނިހާން ބުންޏެވެ.

“ހާދަ ކެތްތެރިކަން ކުޑަ ވެގެން ތި އުޅެނީ؟ އަދި ދުވަސްކޮޅަކު މަޑުކޮށްލާ، އިރާދަ ކުރެއްވިއްޔާ ދެން ގިނަ ދުވަހެއް ނުވާނެ. އަހަރެން އަބަދުވެސް ބުނަމެއްނު މަންމަމެން ދެކޮޅެއް ނުހަދާނެޔޭ؟ އަހަރެންގެ ވާހަކަ ނިހާން ގަބޫލު ނުކުރީމަ މިހާ ދުވަސްވެސް މި ވީ. ދެން އެކަމަކު ނިހާން ޖެހޭނީ ދުވަސްކޮޅަކު މަޑުކޮށްލަން” ދައުހާ ބުންޏެވެ.

“އައިމް ސޮރީ…” ނިހާން މާފަށް އެދުނީ އެ ހުރިހާ ދުވަހު ދައުހާގެ އެދުމަށް ދެކޮޅު ހެދުމުންނެވެ.

“މިރޭ ނިހާން އަންނަން ވީނު މި ގެޔަށް؟” ދައުހާ އަހާލިއެވެ.

“މިރެއަކު ނޫން. މިރޭ ދައުގެ ޓައިމް ދައުގެ ފެމިލީއަށް. އެކަމަކު ދައު ބުނެފިއްޔާ މިހާރުވެސް ދައު ބަލާ ގޮސްދާނަން. އިރުކޮޅަކުން އަޒްމަންގެ ފެމިލީ އަންނާނެ، އެ މީހުންނާ ދައުވެސް މީޓް ކޮށްލަން ވާނެއެއްނު؟” ނިހާން ބޭނުން ވީ އެ ބަހަނާގައި ނަމަވެސް ދައުހާއާ އެރޭ ބައްދަލުކޮށްލުމެވެ.

“ތި އުޅެނީ ކޮންމެސް ގޮތަކުން އަހަރެން ގެންދަން ދޯ؟ އެހާ ދުވަސްކޮށްފަ މަންމަމެން އައި ދުވަހު ނުވާނެއެއްނު އެހެން ހަދާކަށް؟ ނިހާން މާދަން އައިމަ އޯކޭ ވާނެ. އެހާ އިރަށް ކެތްކޮށްލެވޭނެއެއްނު ދޯ؟” ސަމާސާ ރާގަކަށް ދައުހާ ބުންޏެވެ.

“އޯކޭ. އެހެން ވިއްޔާ މާދަން ރޭ” ނިހާން އެއްބަސް ވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments1K Visits

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އަނދިރިފަރާތް 41

Next

ކައިރީގައި އެހެނަސް.. ދުރުގައި… 8

Next
April 5, 2020

ކައިރީގައި އެހެނަސް.. ދުރުގައި… 8

Previews
April 5, 2020

އަނދިރިފަރާތް 41

21 Comments!

  1. Mar Sha Marsha says:
    April 5, 2020 at 4:22 pm

    Hi, here’s part 31. Sorry for being late. Kiyaalaafa like akaa comment eh dhehchey. Part 32 on Tuesday. ??❤️❤️

  2. Nervi? says:
    April 5, 2020 at 5:26 pm

    This is one of the best story that i read.?? And this part is amazing.?? Curiously waiting for next part??☺

    1. Mar Sha Marsha says:
      April 7, 2020 at 12:15 pm

      Thank u Nervi, ??❤️

  3. Yaal says:
    April 5, 2020 at 6:46 pm

    Varah reethi mi part………When next part……..

    1. Mar Sha Marsha says:
      April 7, 2020 at 12:15 pm

      Thank u Yaal ?

  4. Kairaa says:
    April 5, 2020 at 6:59 pm

    Varah varah reethi… Waiting for the nxt part….and Whn nxt Marsha… Waiting

    1. Mar Sha Marsha says:
      April 7, 2020 at 12:16 pm

      Thank u Kairaa ?

  5. Aashaa Aash says:
    April 5, 2020 at 7:02 pm

    Varah reethi vaahaka. keep it up sis. Sis ge hurihaa vaahaka eh ves varah riythi.Keep it up will always support u ???

    1. Mar Sha Marsha says:
      April 7, 2020 at 12:17 pm

      Thank u Aashaa ❤️

  6. Reesh says:
    April 5, 2020 at 9:53 pm

    One of the best story I ever read . Keep going girl ❣️. Curious for next part?♥️

    1. Mar Sha Marsha says:
      April 7, 2020 at 12:17 pm

      Thank u Reesh ??

  7. Shifoo.... says:
    April 6, 2020 at 10:00 am

    Vrh vrh reethi mi part vx. ?Ekm thahkolheh kuru. Next part thankolheh dhigy kollahchey. Curiously waiting for the next part???

    1. Mar Sha Marsha says:
      April 7, 2020 at 12:18 pm

      Will try Shifoo, thank u ?

  8. Anoy says:
    April 7, 2020 at 12:26 pm

    When is next part?

    1. Mar Sha Marsha says:
      April 7, 2020 at 5:27 pm

      Trying….

  9. Someone says:
    April 7, 2020 at 2:11 pm

    Kobaa miadhuge part???

    1. Mar Sha Marsha says:
      April 7, 2020 at 5:28 pm

      Mirey upload kolleveytho mi balany

  10. Reader says:
    April 7, 2020 at 3:37 pm

    Kobaatha miadhuge part?

    1. Mar Sha Marsha says:
      April 7, 2020 at 5:28 pm

      Typing…

  11. Nam says:
    April 7, 2020 at 5:22 pm

    Haadha lahey up kuraaleh…….

    1. Mar Sha Marsha says:
      April 7, 2020 at 5:30 pm

      Insha Allah will upload before 8

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 32←


All Right Reserved!