“މިއަދު ގަރލްސް ޑޭއެއްތަ؟ ކޮބާ ނާބިމެން؟” އާރިޝް އަހާލިއެވެ. “އާރިޝް އައީމަ ގަރލްސްޑޭ އަކަށް ނުވީއެއްނު؟ އެ މީހުން ގެންނަން ބޭނުމިއްޔާ އާރިޝް ގުޅާ” މައިލީން ބުންޏެވެ. ރީވާއާ އެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމަށް އާދެވުނު ދުވަހު ގޭގައި އެހެން މީހުން ތިބުމުން ހިތުގައި އުފެދުނު ޝަކުވާ ފޮރުވާލަމުން އާރިޝް ނާބިތުއަށް ގުޅިއެވެ. ރީވާގެ އެކުވެރިންނާ އެކު ހޭދަ ކުރުމަށް ރާވާފައިވާ ރޭވުމަށް ހުރަސް އެޅުމަކީ އާރިޝް އެދޭ ގޮތެއް ނޫނެވެ. އާރިޝް ގުޅުމުން ވިއްސަކަށް […]
އާރިޝްއަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެހެން ހުރިހާ ޖަޒްބާތެއްގެ މައްޗަށް ރުޅި ގަދަވެގެންފައިވީ ވަގުތެއްގައި ރަނގަޅު ނިންމުމެއް ނުނިންމޭނެއެވެ. އާރިޝްއަށް ވީ އެހެންނެވެ. ރިޔާން ދެކެ އައިސްފައި ހުރި ރުޅީގައި ރީވާއާ މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. އަޒްހަރުއާ ޔަޒްދާން ވިސްނައިދޭން އުޅުނީ ކޮން ކަމެއް ކަން އާރިޝްއަށް ވިސްނުނީ އަދި ކިރިޔާއެވެ. ރީވާއާ މެދު ކަންތައް ވަމުން ދަނީ ކިހާ ނާއިންސާފުން ކަން ރީވާގެ އެ ކުޑަކުޑަ ޝަކުވާގެ ސަބަބުން އާރިޝްއަށް […]
“އާރިޝް ކިހިނެއް؟ ދަރިފުޅަށް އެގޭ މީހުން ރަނގަޅުތަ؟” ރާނިޔާގެ ހިތުގައި އަބަދުހެން ވާ ކަންބޮޑުވުމަކީ އެއީއެވެ. “އާރިޝްގެ މަންމަ ނޫން އެހެން މީހުން ވާހަކަ ދައްކާ، ވަރަށް ރަނގަޅު” ރާނިޔާގެ ކޮނޑުގައި ބޯ ޖައްސާލަމުން ރީވާ ޖަވާބު ދިނެވެ. ރީވާ އިތުރު އެއްޗެއް ބުނޭތޯ ރާނިޔާ މަޑުކޮށްލިއެވެ. “އާރިޝްގެ ވާހަކަ އެހީމަ ކީއްވެ ޖަވާބެއް ނުދިނީ؟ ދަރިފުޅާ، ކަމެއް ވީތަ؟” ރާނިޔާ އަހާލީ ރީވާ އިތުރު އެއްޗެއް ނުބުނުމުންނެވެ. “އާރިޝްވެސް ރަނގަޅު. މި ދުވަސްކޮޅު ތަންކޮޅެއް ބިޒީކޮށް […]
ހިތުގައި އޭރުވެސް ހިނގަމުން ދިޔަ ޚިޔާލުތައް ފާޅު ނުކޮށް އާރިޝްއާ ކުރިމަތިލާނެ ގޮތެއް ރީވާއަށް ނުވިސްނުނީއެވެ. ދިހައެއް ޖަހަން އުޅެނިކޮށް ރީވާ ރާނިޔާއަށް ގުޅިއެވެ. އެ ދުވަހު ރިޔާންގެ އިތުރު ޓެސްޓްތަކާ އެމްއާރްއައި ހަދަން ހަމަޖެހިފައި އޮތް ވާހަކަ ރާނިޔާ ބުންޏެވެ. ލައިރާގެ ވާހަކަ ބުނަން އުޅެފައިވެސް ރީވާ ނުބުނީ އެ ދުވަހު ރާނިޔާ ހާސްވެފައި ހުންނާނެ ކަން އެނގޭތީއެވެ. އަދި ހަމަ އެ ވަގުތު ރީވާ އަމިއްލައަށް ކަމެއް ނިންމިއެވެ. ޗުއްޓީއެއް ހަމަޖެހުނުހާ އަވަހަކަށް […]
“އަހަރެން ހީކުރީ މިއަދު ނާންނާނެ ކަމަށް” ގަސްތަކާ ނުލާ ރީވާގެ ދުލުން އެ ބަސްތައް ބުނެވުނެވެ. ރީވާގެ އެހެން ބުނެލި ގޮތުން އާރިޝްގެ ހިތަށް ގޮތެއް ވެލިއެވެ. އާރިޝްއާ މެދު ރީވާއަށް އެއްވެސް ޔަގީންކަމެއް ނެތްކަން އެ ބަސް ބުނެލި ގޮތުން އާރިޝްއަށް ވިސްނުނެވެ. އެހެން އެވީ އާރިޝްއަށް ކަންތައް ކުރެވޭ ގޮތުން ކަން އާރިޝްއަށް އެނގެއެވެ. އާރިޝްގެ ސަބަބުން ރީވާގެ ހިތަށް ތަދުވާކަން އެނގުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެ ދެމީހުން ގުޅުމަށް އެހެން […]
“އަހަރެން… އަހަރެން… ރީވާ…” އާރިޝްއަށް ހިތުގައިވި އިހުސާސްތައް ބަސްތަކެއްގެ ގޮތުގައި ބޭރުކުރަން އުނދަގޫވިއެވެ. އެއްޗެއް ބުނަން ފަށާފައިވެސް އާރިޝް ހުއްޓުނެވެ. އާރިޝްއަށް ބަލަން އިން ރީވާ އިސްޖަހާލިއެވެ. “ރީވާ… ޔޫ އާރ ޕްރެޝަސް ޓު މީ… ކްލޯޒަރ ޓު މައި ހާޓް ދޭން އެނީވަން އެލްސް… އަހަރުމެންގެ މެދުގަ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެ ކަން ހަނދާން ކުރައްޗޭ” ރީވާގެ އަތްތިލައަށް ބޮސްދީފައި އެ އަތްތިލަ ގެނެސް މޭގައި ޖައްސާލައިގެން އިނދެ ހިތުގައި ވާ އިހުސާސްތައް […]
(ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއެކު ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި އަޕްލޯޑް ކޮށްލި އިތުރު އެޕިސޯޑްއެއް) އެ ކައިވެނި އެ ގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަން އެ ވަގުތު އާރިޝްގެ ހިތާ ސިކުނޑިން އެއް އަޑަކުން ބުނަމުން ދިޔައެވެ. ކުށެއް ނެތި ރީވާއަށް އަނިޔާ ލިބެމުން ދިޔުމަކީ އިންސާފެއް ނޫނެވެ. އެ ގޮތުގައި އެ ކައިވެނި ދެމެހެއްޓުމަށް ވުރެ އާރިޝްއާ ވަކިވުން ރީވާއަށް ރަނގަޅު ވާނެ ކަމުގައި އާރިޝްއަށް ގަބޫލު ކުރެވުނެވެ. އެހެން ނަމަވެސް […]
އެ ހަފްތާގެ ބުރާސްފަތި ދުވަހަކީ ރީވާގެ އުފަން ދުވަހެވެ. އެރެއަށް ޚާއްސަކޮށް އާރިޝް ކަންތައްތަކެއް ރޭވިއެވެ. އަނެއްކާވެސް އާރިޝް އެދުނީ އައިމަންގެ އެހީއަށެވެ. ރީވާއަށް ދޭނެ ކޭކަކާ ހަދިޔާ ގަނެފައި ހަވާލުކުރީ އައިމަންއާއެވެ. އެރޭ ކެއުމަށް ފަހު ރީވާގެ އެޕާޓްމެންޓަށް ދިޔަ ގޮތަށް ހުރިހާ ކަމެއްވެސް އާރިޝް ކުރަމުން ދިޔައީ މާ އަވަހަށެވެ. އާރިޝް އުޅޭ ގޮތުން ސުވާލު އުފެދުނު ނަމަވެސް ރީވާ އެއްޗެއް ނުބުނެއެވެ. ނުވަގަޑި ބައިވީ އިރަށް ރީވާ ގޮވައިގެން ކޮޓަރިއަށް ވަން ގޮތަށް […]
ފެންނަމުން ދިޔަ މަންޒަރަށްވެސް ރީވާގެ ސަމާލުކަމެއް ނުދެވުނެވެ. އެހެން އޮވެފައި ރީވާ ސިހުނީ ދޮރު ހުޅުވާލުމުންނެވެ. ރީވާއަށް ފުންމައިގެން ތެދުވެވުނު އިރު އާރިޝް ވަދެ ދޮރު ލައްޕާލީއެވެ. “އަހަންނޭ” ރީވާއަށް ވީ ގޮތް ފެނިފައި އާރިޝް ބުންޏެވެ. އާރިޝް ފެނުމުން އުފާވުމުގެ ބަދަލުގައި ރީވާއަށް އާދެވުނީ ރުޅިއެވެ. އެއްޗެއް ނުބުނެ ރީވާ ތެދުވީ އެއްޗެހި ބަދަލު ކޮށްލަން ދާށެވެ. ނަމަވެސް ކޮޓަރިއަށް ވަދެ ރީވާއަށް ދޮރު ލައްޕާ ނުލެވެނީސް އާރިޝް ފަހަތުން ވަނެވެ. “ޗޭންޖް ކޮށްގެން މި […]