އެއީ އުފާ ވާންވީ ކަމެއްކަން އެނގޭ އިރުވެސް އާރިޝްގެ ހިތަށް ވެރިވީ ނުތަނަވަސްކަމެވެ. ކުއްޖަކު ހޯދަން ބޭނުން ނުވާކަން އާރިޝްގެ އަމަލުތަކުން ރީވާއަށް ސާފުކޮށްދިން އިރު، އިނާރާ ބަލިވެ އިން ކަން އެނގުމުން ރީވާގެ ހިތަށް އަރާނެ އެއްޗަކާ މެދު އާރިޝްއަށް ވިސްނުނެވެ. “އާރިޝް، ބޭބީއެއް ބޭނުން ނުވަނީތަ؟” އާރިޝްގެ ފަރާތުން އިނާރާ އެދުނު ފަދަ އުފާވެރިކަމެއް ނުފެނުމުން އިނާރާ އަހާލިއެވެ. “ނޫން… އަސްލު އަހަރެން ސަޕްރައިޒް ވީ… އަހަރުމެން ބޭބީއެއް ހޯދަން ވެއްޖެ ދޯ މިހާރު؟” […]
ނަމަވެސް އެ ކަން އިނާރާއަށް ނުދައްކާ ވޭތޯ އާރިޝް މަސައްކަތް ކުރެއެވެ. އިނާރާގެ ހިތުގައި އާރިޝްއާ މެދު އެއްވެސް ޝަކުވާއެއް އުފެދިދާނެ ކަމެއް ނުދައްކާވޭތޯ ބަލައެވެ. އިނާރާގެ ބޭނުންތަކަށް ފުރިހަމަ ސަމާލުކަން ދެއެވެ. ރީވާއަށް ވުރެ އިނާރާއަށް އިސްކަން ދެވޭތޯ ބަލައެވެ. އިނާރާއަކީ އާރިޝްގެ ފުރަތަމަ އަނބިމީހާއަށް ވީތީއެވެ. ރީވާއާ ކައިވެނި ކުރުމަށް ހިތާ ދެކޮޅަށް އިނާރާ އެއްބަސްވި ނަމަވެސް އެއީ އާރިޝް ދެކެ އިނާރާ ވާ ލޯބީގެ ހެއްކެއް ކަމުގައި އާރިޝް ގަބޫލު ކުރެއެވެ. […]
ރީވާ ތައްޔާރު ވާން ހުއްޓާ އާރިޝް ގުޅާފައި އާރިޝްއާ އިނާރާއާ އެކުގައި ކާރުގައި ދިޔުމަށް އެދުނެވެ. ނަމަވެސް ރީވާ ދެކޮޅު ހެދީ އިނާރާ ހިތްހަމަ ނުޖެހިދާނެ ފަދަ ކަމެއް ކުރަން ބޭނުން ނުވާތީއެވެ. އާރިޝްވެސް އިތުރަށް ބާރު ނޭޅީ ހަމަ އެ ސަބަބަށް ޓަކައެވެ. އެކަނި ދާން ބޭނުން ނުވެ ހުރެވެސް ރީވާ ތައްޔާރު ވެގެން ނިކުތެވެ. އެޕާޓްމެންޓުން ނިކުތް ތަނާ ހަނާން ގުޅާފައި ރީވާ ބަލާ އަންނަ ވާހަކަ ބުނުމުން ހަނާންއަށްވެސް ނޫނެކޭ ބުނަން ރީވާ […]
އެ މީހުން ގުޅަނީ ގަސްތުގައި އާރިޝްއަށް އުނދަގޫ ކުރަން ކަން އެނގޭތީ އެ ކޯލްތަކަށް އާރިޝް ޖަވާބު ނުދެނީ މުހިންމު ކަމެއް ނަމަ މެސެޖް ކުރާނެ ކަން އެނގޭތީއެވެ. ޖެހިގެން އައި ހޮނިހިރު ދުވަހު އާރިޝްމެން ގޭގެ ފަސްވަނަ ފްލޯރގައި ހުރި އެއް ކޮޓަރީގެ އެޕާޓްމެންޓަށް ރީވާ ބަދަލުވިއެވެ. އާރިޝްމެން ދިރިއުޅެނީ އެންމެ މަތީގައި، ނުވަވަނަ ފްލޯރގައެވެ. ސައުސަންއާ އައިމަން އުޅެނީ ދެވަނަ ފްލޯރގައެވެ. ރީވާ ބަދަލުވި އެޕާޓްމެންޓް ހުރީ އެތަނުގައި އުޅުމަށް ބޭނުންވާނެ ހުރިހާ […]
“އާރިޝް…” އާރިޝްގެ ހަރަކާތް އަވަސްވެފައި ވީ ނަމަވެސް ރީވާ ގޮވާލި ގޮތުން އާރިޝް ރީވާއަށް ބަލާލިއެވެ. “ވީ ކާންޓް… ނޮޓް ޓުޑޭ… އަދި ދުވަސްކޮޅެއް ވާނެ…” ލަދުން އޮވެ ރީވާ ބުންޏެވެ. އެ ވަރުން ރީވާ ބުނަން އުޅުނީ ކީކޭ ކަން އާރިޝްއަށް ވިސްނުނެވެ. އެ އެދުން ފުރިހަމަ ނުވި ނަމަވެސް އެ ވަގުތު ރީވާއާ ދުރުވާކަށް އާރިޝް ބޭނުމެއް ނުވިއެވެ. “އިޓްސް އޯކޭ… އިހަށް ލެޓް މީ…” ފުންވެފައިވާ ނޭވާތަކާއެކު ބަރުވެފައި ވާ އަޑަކުން އާރިޝް […]
“ރިޔާން ކުރި ކަންތަކުގެ ޕޭބެކް އެއީ. އާރިޝްގެ ޕްލޭން އަކީ ރީވާ ޔޫޒް ކުރުން. އަލްޔާގެ ބަދަލުގަ ރީވާ!” އާރިޝްއަށް އެއްޗެއް ބުނާނެ ފުރުޞަތު ނުދީ ޔަޒްދާން ބުނެލިއެވެ. އެކަކަށްވެސް ވިސްނިފައި ނުވާ ކަމެއް ޔަޒްދާންއަށް ވިސްނުނީއެވެ. “ވަޓް؟ ތެދެއްތަ އާރިޝް؟” ހައިރާންވީ ވަރުން ނާބިތުއަށް އަހާލެވުނެވެ. ނާބިތު ކުރި ސުވާލަށް އާރިޝް ޖަވާބެއް ނުދިނެވެ. ޔަޒްދާން ކުރި ތުހުމަތަށް އާރިޝް އިންކާރު ނުކުރުން އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި އެ މީހުންނަށް ފުދުނެވެ. “އާރިޝް މޮޔަވީތަ؟” […]
އެ ދިރިއުޅުމަކީ ރީވާއަށް ފަސޭހަ ދިރިއުޅުމަކަށް ނުވާނެ ކަން ރާނިޔާއަށް ވިސްނެއެވެ. އެހެން ބައެއްގެ ދިރިއުޅުމުގެ ތެރެއަށް ދަރިފުޅު ވަނުމަކީ ރާނިޔާ އެދޭ ގޮތަށް ނުވި ނަމަވެސް އާރިޝް ދެކެ ރީވާ ލޯބި ވާ ވަރު ރާނިޔާއަށް އެނގޭތީ، އެ ފުރުސަތު ދުކޮށްލަން ރީވާ އެއްގޮތަކަށްވެސް ނޭދޭނެ ކަންވެސް ރާނިޔާއަށް އެނގެއެވެ. “އާރިޝްއާ؟” ރާނިޔާ އަހާލިއެވެ. ރީވާ ހަމައެކަނި ބޯ ޖަހާލިއެވެ. “ރީވާއަށް އެނގޭ ދޯ ދެ އަނތްބަށް އިނދެގެން އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަން؟ […]
“ރީވާއަކަށް ނޭނގޭނެ… އެނގޭ ނަމަ ތިހެން ނުބުނާނެ…” އިސްޖަހާލަމުން އާރިޝް ބުންޏެވެ. “އެހެން ވިއްޔާ އާރިޝް ތެދަށް ބުނެބަލަ، އަހަރެން ބޭނުން ވެގެން ތި ބުނީ އަހަންނާ މެދު އާރިޝްގެ ހިތުގަ ފީލިންގްސް ވާތީތަ؟ ނޫނީ އަހަރެން މެދުވެރި ކޮށްގެން ދޮންބެގެ ކިބައިން ރިވެންޖް ހޯދަންތަ؟ ޕްލީޒް، ތެދަށް ބުނާތި!” އާރިޝްއާ ހަތަރުކަޅި ހަމަކޮށްލަމުން ރީވާ ބުންޏެވެ. ޖަވާބު އާރިޝްގެ ދުލުކުރީގައި އޮތެވެ. ނަމަވެސް ބުނަން ފަސް ޖެހުނީ އެއީ ރީވާ އެދޭ ޖަވާބަށް ނުވާނެ ކަން […]
“އޭރު ހެދުނު މިސްޓޭކް މަތިން ހަނދާން ނެތުނީތަ؟” މަޑުމައިތިރި އަޑަކުން ރީވާ އަހާލިއެވެ. އާރިޝް ޖަވާބެއް ނުދީ ރީވާގެ އަތުން ދޫކޮށްލަމުން ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ. “މިހާރު ތި ހެދެނީ އެއަށް ވުރެ ބޮޑު މިސްޓޭކެއް… ތީ މީހެއްގެ ފިރިއެއް… އެކަން ހަނދާން ނެތުނީތަ؟ ބުނީމެއްނު އަހަރެން ބޭނުމެއް ނޫނޭ؟ އާރިޝް ހަނދާން ނެތުނަސް އަހަރެން ހަނދާން އެބަހުރި… ރަނގަޅު ވާނީ އާރިޝްވެސް ހަނދާން ނައްތާނުލިއްޔާ” އެހެން ބުނެފައި ރީވާ މަޑުނުކޮށް ދިޔައީއެވެ. އާރިޝް އެނބުރި ރާނިޔާ […]