
މަޢާފް އެދެމުން 41

“އާރިޝް ކިހިނެއް؟ ދަރިފުޅަށް އެގޭ މީހުން ރަނގަޅުތަ؟” ރާނިޔާގެ ހިތުގައި އަބަދުހެން ވާ ކަންބޮޑުވުމަކީ އެއީއެވެ.
“އާރިޝްގެ މަންމަ ނޫން އެހެން މީހުން ވާހަކަ ދައްކާ، ވަރަށް ރަނގަޅު” ރާނިޔާގެ ކޮނޑުގައި ބޯ ޖައްސާލަމުން ރީވާ ޖަވާބު ދިނެވެ.
ރީވާ އިތުރު އެއްޗެއް ބުނޭތޯ ރާނިޔާ މަޑުކޮށްލިއެވެ.
“އާރިޝްގެ ވާހަކަ އެހީމަ ކީއްވެ ޖަވާބެއް ނުދިނީ؟ ދަރިފުޅާ، ކަމެއް ވީތަ؟” ރާނިޔާ އަހާލީ ރީވާ އިތުރު އެއްޗެއް ނުބުނުމުންނެވެ.
“އާރިޝްވެސް ރަނގަޅު. މި ދުވަސްކޮޅު ތަންކޮޅެއް ބިޒީކޮށް އުޅެނީ. އެހެންވެ އާރިޝްއާ ނުލާ އަހަރެން އައީވެސް” ރާނިޔާއަށް ހުރިހާ އެއްޗެއް ތެދަށް ކިޔާދޭން ބޭނުން ވި ނަމަވެސް އެހެން ހަދާކަށް ރީވާގެ ހިތެއް ނުރުހުނެވެ.
“ޔަޒްދާންމެން ކޮބާ؟ އެންމެން ރަނގަޅުތަ؟ މައިލީންއާ ދަރިފުޅު ރަނގަޅުތަ؟” ރާނިޔާ އެންމެންގެ ޚަބަރު އޮޅުން ފިލުވުމަށް ސުވާލުތައް ކުރަމުން ދިޔައެވެ. ކޮންމެ ދުވަހަކު ހެން ކޮންމެ މީހަކުވެސް ރާނިޔާއަށް ގުޅައެވެ. ރާނިޔާއާ ރިޔާންގެ ޙާލު އޮޅުން ފިލުވައެވެ. ރިޔާން ގޮވައިގެން ރާނިޔާ ދިޔަ ފަހުން އެ މީހުން ކައިރިއަށް ތިން މީހުންވެސް ދިޔައެވެ.
“އެންމެންވެސް ރަނގަޅު. މައިލީންއާ ބޭބީވެސް ރަނގަޅު. މީ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Look forward for next episodes.. vrh vrh rythi👍🤍
thank you dear